Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިމަޖާލޯބި

ޒާރާ (23)

Crystal Level 210 Stories100 Comments
February 7, 2018 5 Mins Read
30 Comments

ކުރީގެ އަދަދާއި ގުޅޭ: ” އަސްލުވެސްތަ.. އަހަރެންނަމަ ތިހެން ކެތެއް ނުކޮށްލެވޭނެ.. އެކަމަކު ނުބެހެންޏާ ރަނގަޅުތާ.. ދެން ބެހެން އުޅެފިއްޔާ އަހަރެން ގާތުގައިވެސް ބުނޭ.. ނިކަން ހިތްވަރެއްލާފައި އެގަޑީގައި ހަޅޭއްލަވައިގަނޭ.. އޭރަށް ދިޔާނާ ދައްތައަށްވެސް ހޭލެވޭނެއެއްނު.. އެރަކަށް ގައިމު ނުބެހެވޭނެ.. އޭރަށް ޒާރާ އިތުރު ކަމެއް ކުރާކަށްވެސް ނުޖެހޭނެ.. އޭރަަަށް އެއޮތީ ހެކިވެސް ލިބިފަ.. ” ހަދާނެގޮތެއް ރިޔާ ކިޔާދިނެވެ.

” މިހާރު އަހަންނަށް ތިކަން ކުރެވިދާނެ.. އެވަރަށް ހިތްވަރުވެސް ލިބިއްޖެ.. މިހާރު އަހަރެންވާ ދެރައަށްވުރެ ބޮޑަށް އަންނަނީ ރުޅި.. ބައްޕަގެ ސޫރަދެކޭކަށްވެސް އަހަރެން މިހާރު ބޭނުމެއްނޫން.. ފެނުނަސް ފާޑެއްގެ ފޫއްސެއްވަނީ.. ހަމަ ބަދަލުހިފާ ހިތްވަނީ.. އެކަމަކު އޯލެވެލް އަހަރުވީމަ މަޑުން މިހުންނަނީ.. ” ޒާރާ އިތުރަށް ކިޔާދިނެވެ.

*******************

” ޒާރާ.. އަހަރެން އެއްޗެއް އަހަންތަ؟ ” ޔަޒްދާން އެހެންބުނެލިތަނާ ޒާރާއަށް އެފިކުރުތަކުގެ ދުނިޔެއިން އެނބުރި އާދެވުނެވެ.

” އަހާ.. ” ދާން ބުނަން އުޅޭ އެއްޗެއް އަޑުއަހަން ޒާރާ ބޭނުންވިއެވެ.

” ޒާރާ އަހަންނާ ކައިވެނިކޮށްފާނަންތަ؟ އަހަރެން މުޅިއުމުރަށްވެސް ޒާރާ ވަރަށް އުފަލުގައި ގެންގުޅޭނަން.. ” ތަންކޮޅެއް ދުރުދުރުން ޔަޒްދާން ވާހަކަފެށިއެވެ. އެވަގުތު، ޔަޒްދާންގެ މޭގައި ބޯއަޅާލައިގެން އޮވެފައި ބޯހިއްލާލަމުން ޒާރާ ޔަޒްދާންގެ މޫނަށް ބަލާލިއެވެ.

އޭރު ޔަޒްދާން ޒާރާ ދެކެވާ ތެދުވެރި ލޯބި އޭނާގެ ދެލޮލުންވެސް ފާޅުވޭވެ ހުއްޓެވެ. ޒާރާއަށްވެސް އެކަން އިހްސާސްކުރެވުނެވެ.

” އަސްލު ބޭނުން ދާންއާ އެކީ އުޅެން.. ކައިވެނިކުރަންވެސް.. އެކަމަކު.. އެކަމަކު.. ” ޒާރާ ކޮންމެވެސް ވާހަކައެއް ބުނަންއުޅުނެވެ. “އެކަމަކު؟.. ކީކޭ ޒާރާ؟.. ” ޒާރާ ބުނަންބޭނުންވާ އެއްޗެއް ޔަޒްދާން ހުރީ އަޑުއަހަން ބޭނުންވެއެވެ. ” އެހާ ފަސޭހައިން ނުވެދާނެ.. ” އެެެެެހެންބުނެފައި ޒާާާރާ އިސްްްްްްޖެހިއެވެ. އޭރު ޒާރާގެ ދެލޯ އަނެއްކާވެސް ފެންކަޅިވާން ފައްޓައިފިއެވެ.

ޔަޒްދާން ޒާރާގެ ދަތްދޮޅީގައި ހިފާފައި ޒާރާގެ މޫނު މައްޗަށް ހިއްލާލިއެވެ. އޭރު ޒާރާގެ ދެލޮލުން ކަރުނަތައް ފައިބަނީއެވެ. ” އަހަރެމެންގެ ކައިވެނިވެސް އަދި ކުރެވޭނެ.. ޒާރާ އެގޮތަށް ގަބޫލުކުރޭ.. އިނގޭ.. ތިހެން އެއްގޮތަކަށްވެސް ހިތަށް ނާރުވާ.. މިކަން އަދި ވާނެ.. އަބަދުވެސް ހިތަށް އަރުވަންވާނީ ވާނެއޭ.. އަހަންނަކީ މިކަމުގައި އެހާ ފަސޭހައިން އުއްމީދު ގެއްލުވާލާނެ މީހެއް ނޫން.. ޒާރާ އަހަރެންގެ މީހަކަށް ނުހެދެނީސް އަހަރެން އުއްމީދު ގެއްލުވައެއް ނުލާނަން.. އަހަރެން އަބަދުވެސް ޒާރާާއާއެކު ވާނަން.. ޒާރާއަށް ދިމާވާ ކޮންމެ އުނދަގުލަކާ ފަސޭހައެއްގައިވެސް އަހަރެން ހުންނާނަން.. ދެން ޒާރާ އެކަންޏެއް ނުވާނެ.. ޒާރާ އެކަން ގަބޫލުކުރޭ.. އިނގޭ.. ” ޒާރާގެ ކަރުނަތައް ޔަޒްދާންގެ އަތުން ފުހެދެމުން ޔަޒްދާން ޒާރާއަށް ހިތްވަރުދިނެވެ.

ޔަޒްދާންގެ އެބަސްތަކުން ޒާރާއަށްވެސް ވަރަށް ހިތްވަރުލިބުނެވެ. ޔަޒްދާންގެ ފަރާތުން އެލިބޭ އަޅާލުމާއި އޯގާތެރިކަމަކީ ޒާރާ އެންމެ އުފާވާ ކަންތަކެވެ.

**********************

” ބްރޯ.. މަ ބަލައިފިން އިނގޭ.. އިޔާޒް މިހާރު ހުރީ ހުޅުމާލޭ ޖަލުގަ.. އޭނާގެ ފުރިހަމަ ނަމަކީ އިޔާޒް ނަސީރު.. އުމުރަކީ 57 އަހަރު.. ކުރިން ހުރީ މާލޭ ޖަލުގައި.. ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވެގެން ގައިދީއިންތަކެއް ހުޅުމާލޭ ޖަލަށް ބަދަލުކުރަން ޖެހުނީ.. ހުޅުމާލޭ ޖަލުގެ ގައިދީންތަކެއް އެތަނުގެ ތަޅު ހަލާކުކޮށްގެން ނިކުންނަން އުޅެނިކޮށް އެކަން އެނގިގެން.. އެމީހުންނަށް މާލޭ ޖަލުގެ ތެރެއިން އެގޮތަށް ނިކުންނާކަށް ލާހިކެއް ނޫން.. މާލޭ ޖަލުތަކުގެ ސެކިއުރިޓީ ވަނީ ވަރުގަދަކުރެވިފައި.. ” ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު ކަންއޮތް ގޮތް ވިއާމް ކިޔާދިނެވެ. އޭރު ޔަޒްދާންއާ ވިއާމް ތިބީ ލެމަން ގްރާސް ރެސްޓޯރެންޓްގައެވެ.

” އަހަރެން ބޭނުން އިޔާޒްއާ ބައްދަލުކުރަން.. ކޮންމެގޮތެއްވިއަސް ޒާރާގެ ވަލީވެރިޔަކީ އެއީ.. ވަލީވެރިޔަކާ ނުލާ ކިހިނެއް އަހަރެމެން ކައިވެނިކުރާނީ.. ވަލީވެރިޔަކާ ނުލާ ކުރާ ކައިވެނި އެހާ ސައްހައެއްވެސް ނުވާނެ.. ޒާރާގެ ބައްޕަ ދުނިޔޭގައި ހުރިއްޔާ ވަލީދިނުން ހައްގުކަން ބޮޑުވާނީވެސް އިޔާޒްއަށް.. އެހެން މީހުންނަށްވުރެ.. އަނެއްކާ މިހާރު ދެފަރާތުގެ އާއިލާގެވެސް ވަލީދެވޭ ކަހަލަ އެންމެންވެސް ވަނީ ޒާރާއާ ގުޅުން ކަނޑާލާފައި.. އެހެންވީމާ އިޔާޒްއާ ބައްދަލުކުރަން އަހަންނަށް މަޖުބޫރު.. ” ޒާރާއަށް ދިމާވެގެން އުޅޭކަންތައް ކުޑަކޮށް ކިޔާލަދީފައި ޔަޒްދާން އޭނާގެ މަގްސަދުވެސް ވިއާމްއަށް ކިޔާދިނެވެ.

” އިޔާޒްއާ ބައްދަލުކުރެވިދާނެ.. ބޮޑުބޭބެގެ ހާއްސަ ހުއްދައެއްގެ ދަށުން.. އަހަރެން އެހީމަ ބޮޑުބޭބެ އާއެކޭވެސް ބުނެފި.. ބުނީ ދާން ރެޑީވީމަ އަންގާލާށޯ.. ” ވިއާމް ކިޔައިދިނެވެ.

” އަހަރެން ހަމަ ރެޑީ.. ވަޒީފާއަށް ނިކުންނަ ފުރަތަމަ ދުވަހުވެސް.. ތިހުއްދަ ލިބިއްޖިއްޔާ އަހަރެން ފުރަތަމަ ދުވަހުވެސް ދާން ތައްޔާރު.. ” ޔަޒްދާން ވިސްނާލާފައި ބުނެލިއެވެ.

” އެހެންވީމަ އަހަރެން ބަލާނަން.. ވޭތޯ.. މިއަދު ބުނާނަން ބޮޑުބޭބެ ގާތުގައި އިނގޭ.. އަހަރެންވެސް ބްރޯއާއެކު ހުޅުމާލޭ ޖަލަށް ދާނަން.. އެއީ އެކަމަކު އެއީ މައްސަލައެއް ނެތިއްޔާ.. ” ވިއާމް އިނީ ޔަޒްދާން ބުނަނީ ކީކޭތޯ ބަލާށެވެ.

” އަހަރެންގެ މައްސަލައެއް ނެތް.. ވިއާމް ހަމަ އަހަންނާއެކީގައި އަންނަންވީ.. ވިއާމް ތީީ އަހަރެންގެ އެންމެ ގާތް އެންމެ އިތުބާރުހިފޭ ރަހުމަތްތެރިޔާވިއްޔަ.. ” ޔަޒްދާންއާ އެކީ ދިއުމުގެ ހުއްދަ ޔަޒްދާން ވިއާމްއަށް ދިނެވެ.

*އެއްހަފްތާ ފަސް*

” ދަރިފުޅާ ކޮންތާކަށް ދާން މާ އަވަސްކޮށްލާފައި ތިއެއްޗިހި އަޅަނީ.. މިއަދު މީ ދަރިފުޅު ވަޒީފާއަށްވެސް ނިކުންނަ ދުވަހެއްނު.. އަދި ތިހިރީ ޔުނީފޯރމްވެސް ނުލާ.. ” ޔަޒްދާންގެ ކޮޓަރިއަށް  ހެނދުނު ސައިބޯންގޮވަންވެގެން އައި ވަފިއްޔާއަށް ފެނުނު މަންޒަރަކުން އެހެން ބުނެވުނެވެ.

” މަންމާ.. މިދަނީ ކަމެއްކުރަން ހުޅުމާލެއަށް.. ދެ ދުވަހަށް.. އަހަރެންގެ ޔުނީފޯރމް ހުރީ އިސްތިރިކޮށްްްްްފަތަ؟ ” ބޮޑު ދަބަހަކަށް ގެެެންގުޅޭ ބައެއް ސާާާާާމާނާއި ހެެެެެދުން ފަަަަދަ ތަކެތި އަޅަމުން ޔަޒްދާން އޭނާގެ މަަަންމަ ގާތުގައި އަހާލިއެވެ.

” އާނ.. މަންމަ ހުންނާނެ ވަރަށް ކުރިން އިސްތިރިކޮށްފައި.. އަން.. މިހިރީ އަލަމާރި ބޭރުގައި އަޅުވާލާފައި މިބެހެއްޓީ.. ދަރިފުޅު ސައިވެސް ނުބޮއިތަ ތިދަނީ؟ ” ޔަޒްދާންގެ ޔުނީފޯރމް އަޅުވާފައި ހުރި ކޮނޑު އަލަމާރިން ނަގާފައި، ވަފިއްޔާ، އަލަމާރި ބޭރުގައި އަޅުވާލިއެވެ.

” އާނ.. ސޮރީ މަންމާ.. މިއަދު ނެތް މަޑުކުރެވޭކަށް.. އެކޮޅަށް ގޮއްސަ ސައިބޯނަން..” މަންމަގެ ސުުުުުުުުވާލަށް ޖަވާާާބުދެމުން ޔަަަޒްދާން ބުުުުުުުުުނެލިއެވެ.

“އާނ.. މަންމަ މިދަނީ ކޮޓަރި ތަޅުލާފައި.. ދަރިފުޅު ޔުނިފޯރމް ލާ.. ” އެހެންބުނެފައި ވަފިއްޔާ ދަމުން ދިޔައީ އެކޮޓަރި ތަޅުލާފައެވެ.

***********************

ޓިއުޝަން ކްލާހަށް ކިޔަވައިދޭން ދާން ތައްޔާރުވެލައިގެން ޒާރާ ކޮޓަރިން ނުކުތް ވަގުތަކީ ޔަޒްދާންއަށްވެސް ޔުނީފޯރމްލައިގެން ބޭރަށް ނުކުމެވުނު ވަގުތެވެ.

ޔުނިފޯރމްލައިގެން ހުރި ޔަޒްދާން ހަމަ ފެނުމާއެކު ޒާރާގެ އަނގަ ތަންމިނަށް ހުޅުވުނެވެ. ޒާރާއަށް ހުރެވުނީވެސް އަޖައިބުވެގެން ގޮސް ހުރި ފިޔަވަޅުމަތީ ހުއްޓިގެންނެވެ.

ހައިރާންވެފައިވާ ޒާރާގެ މޫނަށް ބަލާލަމުން ޔަޒްދާން ހިނިތުންވެލިއެވެ. ޔަޒްދާން ދަމުން ދިޔައީ ޒާރާއާ ދިމާއަށް އެއްލޯވެސް މަރާލާފައެވެ.

ޔަޒްދާން އެޕާޓްމެންޓުން ނުކުމެގެން ދިޔައިރުވެސް ޒާރާ ހަމަ ހުރިގޮތަށް ހުރީއެވެ. ޒާރާ އަށް ހަމަ ހޭވެރިކަންވީ އެގޭ ފާރުގައި އިން ބޮޑު ގަޑި 9 ޖެހިކަން އިއުލާންކުރަންވެގެން އެކި ރާގުރާގަށް ރަނގަބީލުގެ އަޑުތަކެއް އިއްވަން ފެށުމުންނެވެ.

އެހެންވެ ޒާރާ އަވަސްއަވަހަށް އެޕާޓްމެންޓުން ނުކުންނަން ހިނގައިގަތެވެ. 9:15 ވާއިރު ޓިއުޝަން ކްލާހުގައި ހުންނަން ޖެހޭނެއެވެ.

*********************

އާދައިގެ ހިނގުމެއްގައި ހުޅުމާލޭ ޖަލު ގޮޅިތައް ހުންނަ ތަނުގެ އެތެރޭގައި ޔަޒްދާން ހިނގާލާފައި ދިޔައިރު އޭނާ ލައިގެން ހުރި ޔުނީފޯރމްގެ އަތުގެ ދެފަރާތު އަރިމަތީގައްޔާއި ބުރަކަށީގައި ޖަހާފައި އިނީ ” ޕޮލިސް ” އެވެ.

ޔަޒްދާންއާ އެއްވަރަށް ވިއާމްވެސް ހިނގާފައި ދިޔައެވެ. ވިއާމްވެސް ހުރީ ޕޮލިސް ޔުނީފޯރމްގައެވެ. ވިއާމްމެން ގޮސް ހުއްޓުނީ ޖަލުގޮޅިތަކުގެ އެންމެ ދުރަށްވާގޮތަށް އިންނަ ގޮޅިއަކުއެއްގެ ކުރިމަތީގައެވެ.

ވަގުތަކީ ދުވާލުގެ ވަގުތުކަމުން މުޅި ޖަލުގެ ތެރެއަށްވެސް ވެރިވެފައިވަނީ އަލިކަމެވެ. އެއަލިކަން އިތުރު ކޮށްދޭން ޖަލުގެ އެކިތަންތަނުގައިވާ ހޮޅިބުރިތައްވެސް ހުރީ ދިއްލާފައެވެ.

ޖަލުގެ ގޮޅިތެރޭގައި ޔަޒްދާންމެންނަށް ފުރަގަސްދީގެން ވާގޮތަށް މީހަކު އިށީނދެލައިގެން އިނެވެ.

” އައްސަލާމް އަލައިކުމް.. އަޅުގަނޑުމެން މިއައީ އިޔާޒް ނަސީރާ ބައްދަލުކޮށްލާ ވާހަކަދައްކާލަން.. ތިއީތޯ އިޔާޒް ނަސީރަކީ؟ ” އެގޮޅީގެ ދަގަނޑު ތޭރިތައް ޖަހާފައިހުރި ދޮރާއި ތަންކޮޅެއް ގާތްވެލަމުން ވިއާމް އިސްވެ ވާހަކަދެއްކިއެވެ.

” އާނ.. އަހަރެންގެ ނަމަކީ އެއީ.. ” ޖަލުގެ ކުޑަގޮޅީގައި އިންމީހާ އެނބުރިލަމުން ވާހަކަދެއްކިއެވެ.

” އަދިވެސް ފުލުހުން؟ މިހާރު މައްސަލަވެސް ނިމިއްޖެއެއްނު.. ” އިޔާޒް ކުރިމައްޗަށް އެނބުރެލި ގަޑީގައި ޕޮލިސް ޔުނިފޯރމްލައިގެން ތިބި ޔަޒްދާންއާއި ވިއާމް ފެނުނެވެ. އެއާއެކު ވިއާމްއާއި ޔަޒްދާންއަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނެވެ.

” މިއައީ އަމިއްލަ ކަމަކު.. އެކަމަކު އަސްލު  ވާހަކަދައްކަން މިއައީ އަޅުގަނޑެއް ނޫން.. ވާހަކަދައްކަން ބޭނުންވާ މީހާ މިހިރީ އަޅުގަނޑު ގާތުގައި.. ” ވިއާމް އޮޅުންފިލުވައިދިނެވެ.

” އަހަރެން އެތާ ތަންކޮޅެއް ދުރުގައި މަޑުކޮށްލާނަން.. އަހަންނަށް ހީވަނީ އެކަނި ހުރީމާ މާ ރަނގަޅަށް ވާހަކަދެއްކޭނެހެން.. ބޭނުންވެއްޖިއްޔާ އަހަންނަށް ގޮވާލާ.. ” ޔަޒްދާންގެ ކަންފަތް ދޮށުގައި މަޑުމަޑުން އެހެންބުނެލާފައި ވިއާމް އެތަނުން ދުރަށް ދިޔައެވެ.

ވިއާމް ދިއުމުން ޔަޒްދާން ވަރަށް ފަރުވާތެރިކަމާއެކު އިޔާޒްއަށް ބަލާލިއެވެ. އިޔާޒްގެ މޫނުމަތިން ވަރުބަލިކަމުގެ ފާޑުޖެހިއެވެ. އެކަމަކު ލޮލަށް ބަލައިލުމުން އެކަމުގެ ފާޑެއް ނުޖަހައެވެ. އިޔާޒްގެ ލޮލުން ފެންނަމުން ދިޔައީ މުޅިން އެހެން ކަމެކެވެ.

ޖަލުގެ މީހުންލާ ފެހިކުލައިގެ ޖަލުހެދުންލައިގެން ހުރިއިރު އިޔާޒްގެ ބޯހުރީ ނުރަވެފައެވެ. އިޔާޒް ހުރީ އިސްކޮޅު ކުރުކޮށް އަދި ގައިގެ ހަމުގެ ކުލަވެސް ކަޅުކޮށެވެ.

” ތެދެއް؟ ތިއީ ކާކު؟. ބުނެބަލަ.. ” އިޔާޒް ވާހަކަ ދައްކަން ފެއްޓިއެވެ. ” އަޅުގަނޑަށް ކިޔަނީ ޔަޒްދާން.. ” ޔަޒްދާން ތަަަަައާރަފްވެލިިިިިއެވެ.

އެހާ ހިސާބަށް ޔަޒްދާންއަށް ބުނެވުންތަނާހެން އެޖަލު ގޮޅީގެ ތެރެއަށް ޒިލާލް ފާޅުވިއެވެ. “އޭތް..” އެއާއެކު ޒިލާލް ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. ސިއްސައިގެން ގޮސްފައި އަޑުއައި ދިިިިިިިމާއަށް އިޔާޒް ބަލާލިއެވެ.

ކުރިމަތީގައިހުރީ ވަރަށް ބިރުވެރި ސިފައަކަށް ހުރި އެއްޗެކެވެ. އިންސާނެއްގެ ހަށިގަނޑު ހުރިގޮތަށް ހުއްޓަސް އޭތީގެ މުޅިގައި ހީވަނީ ތަތް ތެރަސްގަނޑެއް ހެންނެވެ. މިޔަރުގައި ހުންނަ ދަތްތައް ފަދަ ތޫނު ހުދު ދަތްތައް ދިލުވައިގެން އޭރު އޭތި ނާމާން ޒާތަކަށް ހެމުން ގެންދެއެވެ. އެވަގުތު އިޔާޒް އަވަސްއަވަހަށް ޔަޒްދާންއާ ދިމަ ބަލާލާފައި އޭއްޗާއި ދިމަ ބަލާލިއެވެ.

” ވަރަށް ބިރުގަނެއްޖެދޯ.. އޭނައަކަށް މަށެއް ނުފެންނާނެ.. ކަލެއަށް އެކަނި މަ ފެންނާނީ.. އެކަމަކު މަވެސް މިއައީ އޭނާއާއެކީ.. ” ޒިލާލް ދަތްތައް ދިލުވައިގެން ހުރެ ހެމުންހެމުން ބުނެލިއެވެ.

” ތިއީ ޒާރާގެ ބައްޕަ ދެއްތޯ؟ ” ޔަޒްދާން ވާހަކަދައްކަން ފެއްޓިއެވެ. އެއާއެކު އަނެއްކާވެސް އިޔާޒްއަށް ޔަޒްދާންއާ ދިމާއަށް ބަލާލެވުނެވެ.

” އަޅުގަނޑު މިއައީ ޒާރާާާާއާ ކައިވެނިކުރަން ބޭނުންވެގެން.. ޒާާާރާގެ ބައްޕަ ވަލީދީީީީީީފާނަންތޯ އަަަހާލާާ އެކަމާ ބެހޭގޮތުން ކުުުޑަކޮށް ވާާާާާހަކަދައްކާލަން ވެެެގެން..” ޔަޒްދާން އިތުރަށް ކިޔާދިނެވެ.

” ޒާރާ މީހަކާ އިންނަނީތަ.. އެވެސް އަދި ފުލުހަކާ.. ފުލުހަކާ އިންނަން އަހަރެން ވަލީދޭނެތަ؟” އޭރު އިޔާޒް ހިތާހިތާ ބުނަމުން ދިޔައެވެ. އެތާ ހުރި ޒިލާލް މަތިންވެސް އިޔާޒް ހަނދާންނެތް ކަހަލައެވެ.

” އޭތް.. ކަލޭ ވަލީ ނުދޭންދޯ ތި ވިސްނަނީ.. އަދިވެސް ކަލޭގެ ކަންތައްގަނޑު ހާދަ ބޮޑޭދޯ؟ މަށަށް އެބަ އެނގެއޭ ކަލޭ ހިތަށް އަރާ އެއްޗިހި.” ޒިލާލް އެހެން ބުނެލިއަޑަށް އަނެއްކާވެސް އިޔާޒް ސިހިފައި ބަލާލިއެވެ.

” ޒާރާގެ ބައްޕައަށް އަޅުގަނޑު ކިޔާ އެއްޗެއް އެބަ އެނގިލައްވާތޯ؟ ” އެކި ފަރާތް ފަރާތަށް ބަލަމުންދާ އިޔާޒް ފެނުމުން ޔަޒްދާން ހީީކުރީ އޭނާ ބުނި އެއްޗެއް އަޑު ނީވުނީކަމަށެވެ. ނޫނީ އަޑު ނާހަން އުޅެނީ ކަމަށެވެ.

” އޭނަ އެ އަހަނީ ސުވާލެކޭ .. އޭނައަށް ޖަވާބު ދީބަލަ.. ” ޒިލާލް ވަރަށް ބިރުވެރި ބަރު އަޑަކުން އެހެން ބުނެލިއެވެ.

” ކަލޭގެ ކަންތައް މާ މައްޗަށް ދެން ތިދަނީ .. ވަލީދޭން އެއްބަސްވޭ.. ކަލޭ އަދިވެސް ޒާރާއާ މެދު ތިދެކެނީ ކުރީގައިވެސް ދެކުން ނުބައިގޮތަށް ދޯ.. ބަލަ ކަލޭގެ އަމިއްލަ އުފަންދަރިއެކޭ އެއީ.. އަދިވެސް ތިހެން އުޅެން ދިމާކުރަންޏާ ކަލޭ މަ އަތުން މަރުވާނެ..” އިޔާޒް އަނގައިން ނުބުނެ ހުންނަން ފެށުމުން ޒިލާލް ރުޅިއައިސްގެން ގޮސް ފަޅައިގެން ދާވަރުވިއެވެ. ޒިލާލްގެ ދެލޯވެސް ވަގުތުން އަނގުރު އަލިފާން ކުލައަށް ބަދަލުވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Crystal

Level 210 Stories100 Comments

I love to read & write stories

Other Articles

Previous

ތިޔަ އަސަރު 26

Next

ތިޔަނޫން އެހެން ހިތެއް ބޭނުމެއް ނޫން

Next
February 7, 2018

ތިޔަނޫން އެހެން ހިތެއް ބޭނުމެއް ނޫން

Previews
February 7, 2018

ތިޔަ އަސަރު 26

30 Comments!

  1. N@-B says:
    February 7, 2018 at 4:12 pm

    Me vaahaka varah reethi ingey. ..☺

    1. Crystal says:
      February 7, 2018 at 4:59 pm

      Thankyou N@-B ☺???

  2. maikko says:
    February 7, 2018 at 4:22 pm

    Varah reethi…….waiting for the next part

    1. Crystal says:
      February 7, 2018 at 4:59 pm

      Thankyou maikko ☺???

  3. Ali faan says:
    February 7, 2018 at 4:28 pm

    Dhn ehaa interesting gothakah dhaa vaahaka eh noon.jinni eh ulhey. Ekamu biruveri vaahaka akah ves nuvey

    1. Crystal says:
      February 7, 2018 at 5:02 pm

      Alifaan.. aslu mi vaahaka feshun iru buneleen mee bodah lobeege vaahaka ekey. Jinni eh ulheythy biruveri category ves laafa eynee.. mivaahakaiga jinni Bai ehaa bodahkah nynnane.. Thankyou for commenting and sharing your thought ☺

  4. Beauty?? says:
    February 7, 2018 at 4:45 pm

    Varah kiyaa hithun indha up kuree

    1. Crystal says:
      February 7, 2018 at 5:03 pm

      Hehe… Ehnveema beauty varah happy vehjje dho ☺??? thankyou

  5. aish_@ says:
    February 7, 2018 at 4:46 pm

    shut up Alif aan….the stories the best

    1. Crystal says:
      February 7, 2018 at 5:04 pm

      aisha_@ it’s ok .. hurihaa readers ah ves khiyaalu faalhu kureveyne.. Thankyou ☺???

  6. Beauty?? says:
    February 7, 2018 at 5:12 pm

    Yes I am happy, mirey part 24 up kurevidhaane tha hama kiyaa hithun keh madhu vanee

    1. Crystal says:
      February 7, 2018 at 5:30 pm

      Hehe egey beauty v kiyaahithun inkan. enme avahah ves up kohdheveynee maadhama or madhama Rey .. sorry beauty

  7. Advice❤ says:
    February 7, 2018 at 5:54 pm

    Komme neivaa akaa ehkoh wiam ge character “bro”, mi lafzu beinun kuraathy varah bodah ves bolah undhagoo vei. Sorry but just saying, hoping to see an improvement okayy

    1. Crystal says:
      February 7, 2018 at 6:16 pm

      Aslu viaam yazdhaan ah bro kiyany Vs sababeh ovegen. and yazdhaan viaam ah viaam ge name in kiyany ves sababeh ovegen. Vahakaige thankolheh fahu part eh GA ekan egeyne.. hope u understand advice.. but viaam yazdhaan ah bro kiyaa varu madhukureveytho I’ll try ?☺

    2. Crystal says:
      February 7, 2018 at 6:18 pm

      Thanks for sharing your thoughts ☺???

    3. Crystal says:
      February 7, 2018 at 7:18 pm

      Advice.. kuryge part thakuga bro kiyaafa huri adhadhu madhukohffa eheree … Edit kohffa .. kuriah oii part thakuga ves egothah ebai madhukoh genesdheynan ?

    4. Crystal says:
      February 8, 2018 at 1:17 am

      But part 20 and 21 edit nukurevey

  8. Mai says:
    February 7, 2018 at 6:16 pm

    V reeti camt wait for anothe part love you ????crystal

    1. Crystal says:
      February 7, 2018 at 6:19 pm

      Thankyou mai ☺???

  9. Icy♡ says:
    February 7, 2018 at 6:23 pm

    Wow
    Nice

    1. Crystal says:
      February 7, 2018 at 7:09 pm

      Thankyou icy ☺???

  10. Pinky shifoo says:
    February 7, 2018 at 7:45 pm

    Mi part vx hama varah reethi… Waiting for next part ??

    1. Crystal says:
      February 9, 2018 at 7:21 am

      Thankyou shifoo ☺???

  11. yai says:
    February 8, 2018 at 12:48 am

    V reethi

  12. Crystal says:
    February 8, 2018 at 1:17 am

    Thankyou shifoo & Yai ☺???

  13. Shuhu says:
    February 8, 2018 at 11:33 am

    V reethi vaahaka..kuriyah dhaa varakah adhi miyahvurenves reethi vaane kamah ummeedhu kuran ???

    1. Crystal says:
      February 9, 2018 at 7:20 am

      Thankyou shuhu ☺???

  14. Jail_amm18 says:
    March 10, 2018 at 5:58 pm

    wow

  15. Jail_amm18 says:
    March 10, 2018 at 5:58 pm

    Nice story

  16. Jail_amm18 says:
    March 10, 2018 at 5:59 pm

    Keep it up

Comments are closed.

Next Episodeޒާރާ (24)←


All Right Reserved!