Skip to content
އެސްފިޔަ

އާލާ ވާތީ އެހަނދާން

ފެހިގަސްތަކުން ހިޔާއެޅިފައިވާ ބޮޑުމަގުން އަހަރެން ހިނގަމުން ދިޔައީ ކުރިއަށެވެ. މަގުން ހިނގަމުންދާ އެހެންމީހުންނަށް ބެލުމަކީ އަހަރެންގެ އާދައެއް ނޫނެވެ. މީހަކު އަރާފައި ހުރި ފައިވާނެއް ރީތިވެގެން، މީހަކު ލާފައި ހުރި ހެދުމެއް ރީތިވެގެން އެވާހަކަ ދައްކާ އިރު އަހަރެން ގާތަށް ވަރަށް ހިނި އާދެއެވެ. އެމީހަކު ރީތި ފައިވާނަކަށް އަރާފައި ހުއްޓޭ ކިޔާފައި އަހަރެންނަށް ލިބެނީ ކޮންފައިދާ އެއްބާއެވެ. “ވާވްވ.. ހާދަ ލޯބި މަންޖެއެއް” ކުއްލިއަކަށް އަހަރެން ސިއްސައިގެން ދިޔައީ ކުރިމައްޗަށް އެރި ސައިކަލުގައި އިން ފިރިހެނަކު އެހެން ބުނުމުންނެވެ. އަހަރެން ރަނގަޅަށް ސިފައަށްވެސް ބަލާލުމެއް ނެތި ކުރިއަށް ހިނގައިގަތީމެވެ. ގަޑި ޖެހެން ކައިރިވެފައި ހުރުމާއިވެސް އެކުގައެވެ. ޖެހިގެން އޮތް ގޯޅިން އަޅައިލައިގެން ގޮސް އޮފީހަށް ވަދެވުނު އިރު 8 ޖަހަން އިނީ އެންމެ 5 މިނެޓެވެ. އަވަހަށް ގޮސް އޮފީހުގެ މަސައްކަތާއިގެން މަސްޢޫލުވީމެވެ.

ނިމުނުއިރު ހަވީރު ހަތަރެއް ޖަހަނީއެވެ. އޮފީހުން ނިކުމެ ހިނގައިގަތީ އޮފީހުގައި އެންމެ އެއްކޮން އުޅޭ އަމީ އާއި އެކުގައެވެ. “ހަމަ އަނގައިންވެސް ނުބުނާނަންތަ؟ ” އަނެއްކާވެސް މިއަދު ހެނދުނު އިވުނު އަޑެވެ. މިފަހަރު އަހަރެން ބަލައިލީމެވެ. އަވިއައިނެއް އަޅައިގެން ނޫކުލައިގެ ޓީޝާރޓެއް ލައިގެން އިން ޒުވާނެކެވެ. ބޮލުގެ އިސްތަށިގަނޑު ދިގުވެފައި ބުޅިއެވެ. ނަމަވެސް ބަލާލަން ހުތުރެއް ނޫނެވެ. ކަރުގައި ފަށް އަޅައިގެން އަތުގައި ބޮޑު ޗޭނުގަނޑެއް އޮތުމުން ވައްތަރަކަށް އަހަރެން ލޯއަޅައިލިތަން ފެނިފައި އަނެއްކާވެސް އޭނާ ވާހަކަދައްކަން ފެށިއެވެ. “މަންމަން ކުއްޖެއްތަ ތީ އަޅެ…އައިއޭމް ޓޯކިންގ ޓުޔޫ މައި ލަވް…” އަހަރެން އަޅައިވެސް ނުލައި އަމީ އާއި އެކު ހިނގައިގަތީމެވެ.

ޖެހިގެން އައިދުވަހުވެސް ހެނދުނު އޮފީހަށް ވަންއިރުވެސް އެ ޒުވާނާ ފެނުނެވެ. ދުވަސްތައް ފާއިތު ވަމުން ދެއެވެ. ކޮންމެ ދުވަހަކުހެން ވެސް އެ ޒުވާނާ އަހަންނަށް ފެނެއެވެ. ނަމަވެސް ފުރަތަމަ ދުވަހާއި ޚިލާފަށް އޭނާ އަހަންނާއި ވާހަކަ ދައްކާކަށް ނޫޅެއެވެ. ހަފްތާ އެއް ފަހުން އަހަރެންގެ ފޯނަށް އައީ މެސެޖެކެވެ.ރީތި ގުޑް ނައިޓް މެސެޖެކެވެ.  ނޭނގޭ ނަމްބަރެއް ކަމުން އަހަރެން އަޅައިވެސް ނުލަމެވެ. ޖެހިގެން އައި ދުވަހުވެސް ހަމަ އެކަހަލަ މެސެޖެއް އެއެވެ. މިފަހަރު އެ ނަމްބަރ ނަގާފައި އިނީ ކޮން ނަމެއްގެ މަތީގައި ތޯ ބަލައިލީމެވެ. ނުދަންނަ ނަމެކެވެ. ނުދަންނަ އެޑްރެސްއެކެވެ.

(ނުނިމޭ)

Comments (9)

  1. Icy♡

    Nice

    1. Amaya
      Icy♡

      Thank you so much

  2. Mirnaal

    Wooow, awwsmm..

    1. Amaya
      Mirnaal

      Thank you so much Mirnaal

  3. Pinky shifoo

    Nice bt maa kuru…

    1. Amaya
      Pinky shifoo

      Thank you Shifoo.. dhen anna faharakun dhigu koh upload kohlaanan inge.. 

  4. Minna

    Wow nice

    1. Amaya
      Minna

      Thank you

  5. Annu

    tey koahchah

Comments are closed.