ލޯބިއެހެނަސް..8
*މިހިތް އެދޭ….*ގޮތް ނުވަނީ އެކީއްވެގެންބާއޭ…*އުފާ މަގޭ މިހިތަށް ދެން ލިބުން ނެތީބާއޭ…؟*މަގޭ މިހިތުގަ އަޅާވޭންް ބުނަން މިހިތް އެދެޔޭ…..*މިހިތުގެ މާޒީ ހަނދާނުން ފިލައިގެނެއް ނުދެޔޭ… *ކަލާގެ ލޮތްބާއަޅާލުން ލިބުން މިހިތް އެދެޔޭ….*ފުރާނަޔާ ގުޅިފައިވާ ފަރާތަކީ ތޔައޭ….*ފިސާރި ލޯބިން އެކީގައި އުޅެން މިހިތް އެދެޔޭ….މިއީ ރީމާގެ ހިތުގެ ގޮވުންތަކެވެ. ހަގީގަތުގައިވެސް އަޔާޒަށްކަމެއްވުމުން ރީމާގެ އުފާވެރި ދުނިޔެ ނިމުމަކަށް އައިސްފައިވާހެން އޭނާއަށް ހީވެއެވެ. މިދުނިޔެއިން އޭނަދެކެ އެހައި ލޯބިވާނެ ފަރާތެއް ލިބޭނޭ ހެއްޔެވެ؟
ދުވަސްތަށް މާޒީވަމުންދިޔައީ އެންމެންގެ އުންމީދުތަކަށް ފަނޑުކަން ގެނެސްދެމުންނެވެ. ދުވަހެއްގެ އިރުއަރައި އޮއްސޭ ކޮންމެ ދުވަހަކީ އާ އުންމީދެއްގެ ހުޅުކޮޅެއް ލެވި އެ ހުޅުކޮޅު ކަނިވެގެން ދާ ދުވަހެކެވެ. ނަމަވެސް ރީމާގެ އުންމީދުތަކަށް ނިމުމެއް ނުވާފަދައެވެ. އޭނާގެ ހިތްވަރަށް ގުޑުމެއްވެސް ނާރައެވެ.ލޯބިވެރިޔާއަށް ހެޔޮ ދުޢާ ކުރުމުގައި ރޭގަނޑުގެ ނިދި ނަގާލައެވެ. އަދި ދުވާލުގެ ގިނަވަގުތުތަށް އޭނާ ހޭދަކުރަނީ އަޔާޒު ކައިރީ ހޮސްޕިޓަލުގައެވެ. އެ ލޯބީގެ ހިތްވަރުފެނި އެންމެންހެން ތިބީ ހައިރާންވެފައެވެ. ރީމާ ވަމުންދިޔައީ އަންހެނަކަށް ލޯބީގައި ވެވޭނެ އެންމެ މަތީ ގުރުބާނީއެވެ. ރީމާގެ މި ދިރިއުޅުން އާދަޔަކަށް ވިއެވެ.
2017ވަނަ އަހަރުގެ ޗުއްޓީނިމި ކިޔެވުމުގެ އާއަހަރެއް ފެށުނެވެ. ހަނާގެ ފަހު އަހަރު ކަމުން ހަނާވެސް ބުރަ މަސައްކަތާ ކުރިމަތި ލިއެވެ. ރީމާ ކިޔެވުމަށްޓަކައި ހިތުގައި ކަނޑައެޅި އަޒުމް ފެނަށްވިޔަ ނުދިނުމަށްޓަކަށް މަސައްކަތް ކުރަންފެށިއެވެ. އަޔާޒު ކައިރީގައި އިނދެގެން އިންޓަނެޓް ބޭނުން ކޮށްގެން ކިޔަވަން ފެށިއެވެ. އެންމެންވެސް އޭނާއަށް ހިތްވަރުދިނެވެ. ދުވަސްތަށް ހަފްތާތަކުން މަސްތަކަށް ބަދަލުވެ ކަލަންޑަރުން ގުނެމުންދެއެވެ.
2އަަހަރު ފަސް……………………………………………..
ދުނިޔޭގެ އެކި ކަންކަމަށް ބަދަލު އަންނާނޭ ފަދައިން ދިރިއުޅުމަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަމުންދިޔައެވެ. މި ލިސްޓުގެ އެންމެ ކުރީގައި ހިމެނޭނެ ނަމަކަށް ގައިމުވެސް ރީމާ ވާނެއެވެ. ރީމާގެ ދިރިއުޅުން ބަދަލުކުރަން އޭނާ ބޭނުން ނުވިޔަސް އަޔާޒުގެ ހަނދާންތަކުގައި ދިރިއުޅުން ބަރުބާދު ކޮށްލާކަށް ހުދު އަޔާޒުވެސް ބޭނުން ނުުވާނެކަން އޭނާއަށް އެނގެއެވެ. އެހެންކަމުން ރީމާ ފައިމަގުގައި ހިނގުން އެއްކޮށް ދޫކޮށްލިއެވެ. އޭނާ ގެންގުޅެނީ ބައިސްކަލެކެވެ. ކާރު ދެކެ ނަފްރަތު ކުރެވުނެވެ. ސްކާފް އެޅުން ޙަރާމްކަމަކަށް ހެދިއެވެ. މުޅިންވެސް ކަޅުކުލައިގެ ޓޮޕް ލާން ދަސްވި ގޮތެއްވެސް ނޭނގެއެވެ. ދުވަހަކުވެސް ދާއިމަށް މޭކަޕް ނުކުރާ ރީމާ މިހާރު އަބަދުހެން މޭކަޕް ކުރެއެވެ. އޭނާގެ މޫނުމަތިން ފެންނަ ހިތާމައިގެ ކުލަތަށް ފޮރުވަން ކަމަށްވެސް ވެދާނެއެވެ. ހުރިހައިކަމެއްހެން ވަނީ ބަދަލުވެފައެވެ. ކުޑަމިނުން ސެންޓަށް ދާންދެނެވެ. އަޔާޒުގެ ހަނދާންތަށް ހިތުގައި ރައްކާކުރެވުނެވެ. އެ މޫނުމަތިން ހިނިތުންވުން ފެންނާނެ އިރެއްގެ އިންތިޒާރުގައި ގާތް އެންމެންވެސް ތިބެއެވެ.
އާދައިގެ މަތިން ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. ބަނަކޮށް އޮތް އުޑުމަތި އިތުރަށް ބަނަވާހެންވެސް ހީވެއެވެ. ބައިސްކަލުގައި ރީމާއާ ހަނާ ނައްޓާލީ އަޔާޒުގެ ބައްޕަގެ ދައުވަތަކަށެވެ. މޫދާވީފަޅިއަށް ހުރި ބޮޑު ގޭގެ ދޮރާށި ހުޅުވަމުން ރީމާ ވަދެގެންދިޔައީ ބަގީޗާތެރެއަށް ފުން ނަޒަރެއް ދެމުންނެވެ. ދޮރާށިންވެސް ކިޔަނީ ބަރު އަޑެކެވެ. އެގޭގައި މީހުން އުޅުނަސް ފެންނަނީ ފަޅުތަނެއްހެންނެވެ. މަރު ފަދަ ހިމޭންކަމެއްވި އެގޭތެރެއަށް ރީމާވަދެގެން ގޮސް ކާބަޔަށް ވަނެވެ. ފަހަތުން ހަނާވެސް އައިސްވަނެވެ.”ދަރިފުޅުމެން އައީތަ….ކުއްހު….” އިޝާމް އައިސް މޭޒުގައި ޖައްސާލިއެވެ. އަޔާޒުގެ ކަންތަކަށްފަހު އެފަކީރުގެ ހާލަކީ އެއީއެވެ. އަބަދުހެން ރޯގާ ޖެހި ކެއްސައެވެ. “ބޭބޭ…. ކޮބާ އަހޫ…” ހަނާ ހޯދާލަމުން އަހައިލިއެވެ. އަހޫވީ އޮފީހުގަ…މިހާރު ބޭބެގެ ހުރިހައި މަސައްކަތެއްކުރަނީ އަހޫއެއްނު..ދަރިުޅުމެން ނުފެންނަތާ ގިނަދުވަސްތަކެއްވީމާ ހަމަ މިއަދު ހިތަށްއެރީ އިންވިޓް ކޮށްލާނީއޭ ބޭބެ ބަލިކަމުން މިހާރު ހޮސްޕިޓަލަށް ނުދެވޭތާވެސް 1 ހަފްތާމިވީ…….” ރީމާ އިނީ އަނގައިންވެސް ނުބުނެ އިސްޖަހާލި ގޮތަށެވެ. “ރީ… ރަނގަޅުތަ؟ކޯސްތަށް ދަނީ ކިހިނެއް؟” “ރަނގަޅު….ދެން އޮތީ އިމްތިޙާން…” ހިތުން ރޯލަމުން ރީމާ ބުނެލިއެވެ. އެގެއަށް އައުމުން އަޔާޒުގެ ހަނދާންތަށް އެހިތަށް ހަމަލާ ދޭން ފެށިއެވެ. ނޭނގޭކަހަލަ ވޭނެއް އެހިތުގައި އަޅައިލިއެވެ. ރީމާގެ ލޯބީގެ ހުޅުކޮޅު ކަނިވާން އުޅޭހެން ހީވެ ހިތްބިރުގަނެއްޖެއެވެ.
“ދަރިފުޅާ ރީ….. ބޭބެ ބޭނުން ވާހަކައެއް ދައްކާލަން…….. ފުންވިސްނުމެއްގައި އިނދެފައި ރީމާ އިސްއުފުލައިފައި އިޝާމްގެ މޫނަަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. “އާނ.. ބޭބެ ބޭނުމެއް ނޫން ރީމާގެ ދިރިއުޅުން ތި ގޮތުގަ ހޭދަވެގެން ދާކަށް….. ދަރިފުޅު ތީ ބޭބެ ދެކޭ ގޮތުގަ ބޭބެގެ ނުއުފަންދަރިއެއް.. ދިރިއުޅުމައިގެން ކުރިއަށްދާން މަސައްކަތް ކުރޭ…މިއޮތް ބޮޑުގޭގަ 2 އަހަރު ބޭބެ ހޭދަ މިކުރީ ވަރަށް ކެތްކޮށްގެން…..އިނގޭ ބޭނުން ނުވާނެކަން…..އެކަމުވެސް މަސައްކަތް ކުރަންވާނެ… އަޔާއަކަށް ކުރިއެރުމެއް ލިބޭކަމަކަށް އަދިފެނިފައެއްނެތް….ދަރިފުޅު އެހަނދާންތަކާ ދުރުވެ އަމިއްލަ ދިރިއުޅުމަށް އިސްކަން ދޭންވީނު…… މީ ބޭބެގެ ހެޔޮނަސޭހަތެއް…” ފެންކަޅިވެފައިވި ދެލޮލުން ކަރުނަތަށް ފޫއަޅުވާލީ ދެންވެސް މީހެއްގެ ދިރިއުޅުން ހަލާކުވެގެންދާތަން ބަލަން ބޭނުން ނުވާތީއެވެ. އަޔާޒަކީ ނެތްމީހެއްފަދައެވެ. ރީމާ އިނީ ބުނާނެ އެއްޗެއް ސިކުނޑިއަށް އަންނަވަރަށްވުރެ މާ ބޮޑު ޝޮކެއްގައެވެ. ނޭވާ ތާށިވާހެން ހީވެ މުޅިމީހާ ފިނިވެސްވިއެވެ. ވަގުތުން އިންތަނުން ތެދުވެގެން ދުއްވައިގަނެވުނީ ބޭރަށެވެ. ފަހަތުންދާން އުޅުން ހަނާ ހިފެހެއްޓީ އިޝާމެވެ.ރީމާ އެކަނިވާން ދޫކޮށްލުމަށް ބުންޏެވެ.
ދުވެފައި ގޮނޑުދޮށަށްފޭބި ރީމާވަނީ ދާހިއްލާފޯވެފައެވެ. ރީމާ ހުއްޓުނީ ރާޅުޖަހާ ހިސާބުގައެވެ. އަދި ކަނކޫޖަހަމުން އިށީނެވެ. “މަންމާ…ބައްޕާ…އަހަރެންބަލައި އާދޭ…އަހަރެން މިއަނިޔާވެރި ދުނިޔޭން ގެންދޭ… އަހަރެން ބޭނުމެއްނޫން އެހެންމީހެއްގެ ލޮތްބެއް…. އަހަރެން ބޭނުމީ އަޔާ… އަޔާ ނެތިއްޔާ އަހަރެން ވެސް ހުންނާކަށްބޭނުމެއްނޫން…..އަހަރެން ކިހިނެތް އަޔާ އެހާލުގަ އޮއްވައި އެހެން މީހަކަށް ފުރުސަތުދޭނީ.. ކީއްވެ….ކީއްވެ އަހަރެން ދެ އަހަރު މިހޭދަކުރީ އިންސާނަކަށްޓަކައި….ލޯބިވާ ފުރާނަޔަށްޓަކައި…” ވެހިގަންނަން ތައްޔާރަށް އޮތް ވިލާގަނޑު ފޫއަޅުޅުވާލީ ރީމާ އެހެން އިންދައެވެ. “އެކަކަށްވެސް ނުފެނުނީ ކީއްވެ އަހަރެން އަޔާދެކެ ލޯބިވާވަރު…..އެހެން މީހަކުދެކެ އަހަރެންދެން ލޯބިވާނީ ކޮން ހައިސިއްޔަތަކުން…..އޭރުން އަޔާ އަހަރެންނާ ދޭތެރޭ ދެކޭނީ ބޭވަފާތެރިލޮލަކުން….. އަހަރެން ދެކެ އަޔާވަނީ ހަގީގީ ލޯބި… އެ ލޮތްބަށްޓަކައި އަހަރެން ހާސްއަހަރުވެސް އިންތިޒާރުކޮށްފާނަން…” ހިތަށް އައި ހުރިހައި އެއްޗެއް ދުލަށް ގެންނަމުންދިޔަ ރީމާ އިނީ ތެމިފޯވެފައެވެ.
ރީމާއަށް ނޭނގުނަސް އިޝާމް އޭނާގެ ކޮޓަރީގެ ކުޑަދޮރުން އެ މަންޒަރު ބަލަން ހުއްޓެވެ. ކަރުނައުގެ ކޯރަކަށް އޭނާވެސް ފެތިފައިވެއެވެ. އެދަރިފުޅުގެ އެކަނިވެރި ދިރިއުޅުން ބަލަން އިޝާމަށް ކެތްނުވީއެވެ. ހިތްވަރުގަދަޔަސް އޭނާގެ ނެތްފަދަ ދަރި އަޔާޒާހެދި އެހެން ދިރިއުޅުމެއް ހަލާކުވާން ހިތްނޭދޭތީ އިޝާމަށް ހިތާދެކޮޅަށްވެސް އެ ނިންމުން ނިންމަން ބޭނުންވަނީއެވެ. ކުރާނެ ކަމެއް އެބޮތްހެއްޔެވެ؟ އޭނާވެސް ބޭނުމީ ރީމަފަދަ ޅީދަރިއެކެވެ. ނަމަވެސް މިއަދުމިއޮތީ ކަންތައްތައް ބަދަލުވެފައެވެ. އިޝާމްގެ ފޯނަށް ކޯލެއްއައުމުން ފޯން ނަގައި ވާހަކަ ދެއްކިއެވެ. “އޯކޭ..ކާރު އެބަ ފޮނުވަން..” އެކޮޅުން ވާހަކަދެއްކި މީހާއަށް ބުނެލަމުން އިޝާމް ބޭރަށް ނުކުމެ އަރުގަމަށް ތަޅުދަނޑިދީފައި ފެރީޓާތމިނަލަށް ދިޔުމަށް އެދުނެވެ. އަރުގަމަކީ އެގޭގެ ހުރިހައިކަމެއްހެން ބަލަހައްޓާ ނޯކަރެވެ. ހީވާގޮތުން އެގެއަށް މީހަކު އަންނަނީއެވެ. “އިރާދަކުރެއްވިއްޔާ ދެން ހުރިހާކަމެއްވެސް ދާނީ މަޑުމަޑުން ރަނގަޅުވަމުން” އިޝާމްގެ ހިތާހިތާ ކިޔާލަމުން މޫނު މަތިން ހިތާމައިގެ އަސަރު ކުޑަ ހިނދުކޮޅަކަށް ފިލައިފިއެވެ.
ވާރޭގެ ތިކިތަކަށް ބަލަން ހުރި ހަނާ ހުރީ އަހުނަފްގެ ކޮޓަރީގައެވެ. ކުޑަދޮރުން ބޭރުބަލަން ހުރިއިރު ފުންހިޔާލުތަކެއްގެ ކަނޑަކަށް އޭނާވަނީ ގެނބިފައެވެ. އަހުނަފް ރާއްޖެ އައިފަހުން އަދި އޭނާއާ ދިމައެއްވެސް ނުވެއެވެ. މިފާއިތުވި ދެއަހަރު އަހުނަފް ހުރީ ބެންކޮކްގައި ކިޔަވާށެވެ. އަހުނަފް ދެކޭ ހިތްވީ ކީއްވެކަމެއް ހަނާއަކަށްވެސް ނޭނގެއެެވެ. ކުއްލިއަކަށް ފަހަތުން މީހެއްގެ ހިލަންވެ ހަނާ އެނބުރެލިއެވެ. “ހަނާ…..” އޮފީހުން ބްރޭކަށް އައި އަހުނަފަށް ހަނާ ފެނުނީ އޭނާގެ ކޮޓަރިންނެވެ. ހަނާގެ ތަފާތު މޫޑު ފެނުމުން އަހުނަފް ފުންކޮށް ބަލާލިއެވެ. ބަދަލުއައިސްފައިވާލެއް ބޮޑުކަމުން އަހުނަފަށް ހުރެވުނީ އާގަމަވެފައެވެ. ފަންއިސްތަށިގަނޑުވަނީ ބުޅިކޮށްފައެވެ. ކުރިއަށްވުރެ އަންހެންވަންތަކަން އިތުރުވެފައި ޅަކަން މޫނުމަތިން ފިލައިފައިވެއެވެ. ލޮލުގައި ވީ ނަންބަރު އައިނެއް އަޅައިފައެވެ. ހެދުންއެޅުމަށް ބަދަލެއް ނާދެއެވެ. ހަނާ ހިނިތުންވެލަމުން އަހުނަފްގެ ހާލު އެހިއެވެ. ގެއްލިފައި ބަލަން ހުރި އަހުނަފް ވާހަކަފެށިއެވެ. “ފައިން.ހަނާ ކިހިނެތް…؟ކޮބާ މަންމަމެން އެންމެންގެ ހާލަކީ…ރީ މިހާރުއޯކޭ ދޯ….؟” “މަމްމެން ގޭގަ…ކޫ އެބައުޅޭ ބޭރުގަ…އެންމެންވެސް އޯކޭ ހަމަ” އަހުނަފަށް ލިބުނީ ރަނގަޅަށްވެސް ޝޮކެކެވެ. އެ ވާހަކަ ދެއްކުމުގައި ހުރި މަޑުމައިތިރިކަން އަޑުއިވިފައެވެ. ހަނާގެ މިޒާޖަށް މިހައި ބޮޑުބަދަލެއް އައީ ކޮންއިރަކު ބާއެވެ. އެއީ މިހާރު މުޅިން އެހެން މީހެކޭ ބުންޏަސް ދޮގަކަށްނުވާނެވެ. އަހުނަފް އަލަމާރިން އެއްޗެއް ނަގަމުން ހަނާއަށް ދިއްކޮށްލުމުން ހަނާ އޭގައި ހިފިއެވެ. އެކޮތަޅުގައިވީ ހުސް ޗަންކީޗޮކެވެ. ކޮތަޅު ކައިރީގައި ހުރި މޭޒުމަތީ ބަހަށްޓަމުން ހަނާ ކުޑަދޮރުން ބޭރުބަލައިލިއެވެ. އަހުނަފް އިށީނީ ސޯފާގައެވެ. ހަނާގެ ލޮލުން ކަރުނަ ނީރާލީ އަޔާޒުގެ ހަނދާންތަށް ސިކުނޑިއަށްވެރިވުމުންނެވެ. އެންމެ ގިނައިން ހަނާއަށް ޗަންކީޗޮކް ދޭނީ އަޔާޒެވެ. މީ އަޔާޒުގެ ހަނދާންތަށް ވެރިވުމުން އެންމެންނަށްވެސް ވާގޮތެވެ. “ހަނާ..ކިޔަވަނީތަ އަދިވެސް…” ފަހަތުގައި ހުރެފައި އަހުނަފް ވާހަކަ ދެއްކުމުން ހަނާ އަހުނަފާ ދިމާއަށް އެނބުރެމުން ބޯހޫރާލިއެވެ. “ދެން ބޭނުމެއް ނޫން ކިޔަވާކަށް….” ކިޔެވުމަށްވުރެ ވަޒީފާއަދާކުރާ ހިތްވާ ކަމަށް ހަނާ ބުންޏެވެ. ހަނާގެ ކުލަމަރުވެފައިވި ހިނިތުންވުން ފެނި އަހުނަފްގެ ހިތަށް ގުޑުން އެރިއެވެ. ނަމަވެސް ކުރެވޭނެ ކަމެއް އެބޮތްހެއްޔެވެ؟ ހަނާއާ ގާތްވާން އެ ހިތް އެދުނަސް އެ ސިކުނޑިއަށް ވިސްނެމުންދިޔައީ އެއީ ރަނގަޅުކަމެއް ނޫންކަމެވެ. ކީއްވެކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ.ސުވާލުގެ ދުނިޔެއެއްގައި ހުރި އަހުނަފް ހޭވެރިކަންވީ ހަނާ އެ ކޮތަޅު ހިފައިގެން ބޭރަށްދާން ހިނގައިގަތުމުންނެވެ.
ވެހެނމުންދިޔަ ވާރޭ ތުނިކުރިއިރުވެސް ރީމާއިނީ އިސްޖަހާލިގޮތަށެވެ. ރީމާގެ ބަނަވެފައިވާހަޔާތަށް ދެންދިރުން އަންނާނެބާއެވެ. އަޔާޒުގެ ހަނދާންތަކުގައި ކަރުނަ އަޅަމުންދިޔައިރު އެކަރުނަތަށް މީހުންނަށް ސިއްރުވެފައިވީ ވެހެމުންދިޔަ ވާރޭގެ ތިކިތަކުންނެވެ. ކަނޑުންއަންނަ ފިނިވައިރޯޅިތަށް ރީމާގެ ހަށިގަނޑުގައިފިރުމަމުންދިޔުމުގެ ސަބަބުން ހިސާބަކަށް ރީމާވަނީ ހީކަރުވައިގަނެފައެވެ. ރީމާމަޑުމަޑުން ތެދުވަމުން އެނބުރި ހިގައިގަތީ ކަރުނަ ހުސްނުވިޔަސް ހިތްހަމަޖެހޭވަރަށް ރޯލަމުންނެވެ. ބަގީޗާތެރެއިން ހުއްޓުން އެރީ އަޔާޒާ ރީމާ ހީސަކަރާތް ޖަހަމުން ދިޔަ މަންޒަރު ސިކުނޑިއަށް ސިފަވުމުންނެވެ. އިސްޖަހައިގެން ދޮރާށިން ނުކުންނަން ދިޔަ ރީމާ ހުއްޓުންއެރީ މީހެއްގެ މޭގައި ބޯޖެހުމުންނެވެ. އެމީހެއްގެ ހޫނު ނޭވާތަށް ރީމާގެ ބޮލަށް އެޅެމުންދިޔައެވެ. އިސްއުފުލާލައި ރީމާ ބަލާލިއެވެ. ދަންނަ މޫނެއް ނޫނެވެ. މީގެ ކުރިން ދެކެފައިވި މޫނެއްވެސް ނޫނެވެ. ސާފު ދޮން އަލި މޫނެކެވެ. ހިތްހެޔޮކަމުގެ ހިނިތުންވުމެއް އެ ރަތް ތުންފަތުގައިވިއެވެ. އެހެން ފިރިހެންކުދިންނާ ތަފާތުކޮށް އެޒުވާނާގެ ލޮލުގެ އެސްފިޔަ ވަރަށް ދިގެވެ. މީކާކުބާއެވެ..؟ ބޯތެމިފައިވުމުން ވަރަށް އެހެންކަހަލަ ފާޑެއް ޖަހައެވެ. ކޮންމެއަކަސް މިގެޔަށް މިމީހެއް އަންނަންވި ސަބަބަކީ ކޮބާހެއްޔެވެ؟ އަނެއްކާ މީ އަޔާޒުގެ ކަޒިންއެއް ހެއްޔެވެ؟ ހިތަށް ވެރިވަމުންދިޔަ ސުވާލުތަކުން ނުކުމެވުނީ ހަނާއައިސް ގޮވާލުމުންނެވެ. ބޮޑު ސިންގާ ދަބަހެއް އަޅުވައިގެން ހުރި އެ ޒުވާނާ ލުއި ހިނިތުންވުމާއެކީ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ރީމާ އެޒުވާނާގެ ޖާދުވީ ލޯ ސިފަކޮށްލަމުން ބައިސްކަލަށް އަރައިގެން ދުއްވާލިއެވެ. ތަފާތު ނަޒަރެއްވި އެ ލޮލުން މެސްޖެއް ރީމާއަށް ރައްދުކޮށްލިހެން ހީވެއެވެ.
“ތެމިއްޖެ ދޯ….އެތެރެއަށް ވަދެގެން އައި ޔަޒިން އަށް ބަލާލަމުން އިޝާމް ވާހަކަ ދެއްކިއެވެ. އަހުނަފް ނުކުމެގެން އައިސް ހުއްޓިލީ ސުވާލުގެ ނަޒަރަކުން ޔަޒިންއަށް ބަލާލަމުންނެވެ. “އަހޫ…މީ އަހަރެންގެ ދަރިއެއްފަދަ ކުއްޖެއް އަޔާގެ މަންމަގެ އެއްބަނޑު މީހެއްގެ ދަރިއެއް…..ޔަޒިން..ޔަޒިން މީ އަޔާގެ ބެސްޓް ފްރެންޑް….އަހުނަފް…. ” އިޝާމް ދެމީހުންނަށް ދެމީހުން ތަޢާރަފް ކޮށްދިނެވެ. އަހުނަފް ސަލާމްކޮށްލިއެވެ.އަދި ހާލުއެހިއެވެ. ސިޓިން ރޫމްގެ ކައުޗްގައި ޖައްސާލަމުން ޔަޒިން އެ ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އިޝާމް އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. އަހުނަފްވެސް ބޭރަށް ދިއުމުން ޔަޒިން އެކަނިވިއެވެ. ވިސްނަން ވަގުތުކޮޅެއް ލިބުމުން ދެންމެ ފެނުން ކުއްޖާއާ ދޭތެރޭ ވިސްނާލެވުނެވެ. އެއީ ކާކުބާއެވެ. މިގެއިން ނުކުމެގެން ދާނީ މިގެއާ ގުޅުމެއްވާތީނޫންހޭ ޔަޒިން ހިތަށްއެރިއެވެ. އެ މިލާފައިވާ މޫނުން ވޭނެއް ތަޙައްމަލްކުރާކަން އެނގިހާމަވެއެވެ. ރަތްކުލައިގެ ދެލޮލުން ރަނގަޅަށް ރޮއެފައިވީކަން ހެކިވެއެވެ. އެރީތިކުއްޖާއެވަނީ ހިތާމައެއްލިބިި މުޅިން ދުވަސް ގޮއްސައޭ ޔަޒިންގެ ހިތް ބުނަމުން ދިޔައެވެ. އެ މޫނުމަތިން ފެންތިކިތަށް ބަބުޅަމުން ދިޔައީ ރަތްފިނިފެންމަލެއްގައިވާ ޝަބްނަމްތިކިތަކެއްފަދައިންނެވެ. ފުން ޙިޔާލުގެ ކަނޑަށް ގެނބިފައި އިންދާ އިޝާމް ގޮވާލުމުން ތެދުވެގެން ހިނގައިގަތެވެ.
އެރޭގެ ދަންވަރުގެ ހިމޭން ވަގުތެވެ. ހަނާ ފުރޮޅެމުންދިޔައީ ނިދީގެ މީރުކަން ހާސިލް ކުރުމަށެވެ. ނަމަވެސް އެ ލޮލަކަށް ނިންޖެއްނައެވެ.ހަނާގެ ހިތަށް އުނދަގޫ ކުރަމުންދިޔައީ އަހުނަފްގެ ހިޔާލުތަކެވެ. އަހުނަފަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ.ކުރީގައި އަބަދުހެން ހަނާ ރުޅިއަޅުވަން އުޅޭ މީހާ މިހާރު ވާހަކަދައްކަނީ ގަދަކަމުން ކަހަލަ ގޮތަކަށެވެ. އެކަހަލަ ކޫސަނި ހިޔާލުތަށް ހަނާގެ ހިތަށް ހަމަަލަދެމުން ދިޔުމުން ނިދި ލޮލަށް ސަވާރުވީ ވަރަށް އުނދަގުލުންނެވެ.
ގަދަނިދީގެ ތެރެއިން އަހުނަފަށް ހޭވެރިކަންވީ ފޯން ރިންގުވީއަޑަށެވެ. މިއަދަކީ އޮފީހުގެ ބުރަ ދުވަހަކަށްވާނެވެ. އޭނާގެ ސެކެޓްރީގެ މަގާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރަން ދާ ގަޑި ކުޑަތަންވެއްޖެއެވެ. އަވަސް ފިޔަވަޅުތަކާއެކު އޭނާގެ ކެބިންއަށްވަދެގެން ދިޔައިރު ކިޔުގައި ފުދޭވަރަކަށް ކުދިންތިއްބެވެ. ހަނާއަށް ވަދެގެންދިޔަ އަހުނަފްފެނި އާޝޯޚްވެވުނެވެ. ސްމާރޓްކަމުން އެތާތިބި އެހެން އަންހެން ކުދިންތަށްވެސް އެހެން ސިއްރުން ކީއަޑު ހަނާއަށް އިވުނެވެ. ބްރައުން ކުލައިގެ ފަޓްލޫނެއްގައި ހުރި އަހުނަފް ހުދުގަމީހުގެ މަތިން ބްރައުން ސޫޓެއް ލާފައިވުމުން ވަރަށް ހެންސަމްކަމަށް ހަނާއަށް ފާހަނގަވިއެވެ. އަދި ކަޅުޓައީ ނުހަނު އަހުނަފާ ގުޅެއެވެ. އަހުނަފްގެ ރީތިކަމަށް ފުރަތަމަފަހަރަށް ހަނާއަށް ތައުރީފް ކުރެވުނެވެ.
5 ކުދިންގެ އިންޓަވިއު ދިޔައިރުވެސް އަހުނަފް ހިންހަމަޖެހޭވަރުގެ ކުއްޖަކު ނުވިއެވެ. “އެކްސްކިއުޒް މީ ސާރ….” އަނެއްފަރާތަށް އެނބުރި ފައިލެއް ހިފައިގެން އިން އަހުނަފް ސިއްސައިގެންދިޔައީ ދަންނަ އަޑެއް ކަންފަތުގައި ޖެހުމުންނެވެ. އެނބުރިބަލައިލުމާއެކު ދެލޯ ބޮޑުކޮށްގެން ހިނދުކޮޅަކުބަލަން ހުރެވުނީ ހަނާ ލައިފައިވި އޮފިޝަލް ހެދުންފެނިފައެވެ. ކަޅުސްކާރޓް އިނީ ކަނކުަލާ ހަމައަށެވެ. ހުދު އަތްދިގުނހުދުގަމީހުގެ މަތިން ކަޅުވެސްޓެއް ލައިފައިވުމުން ވަރަށް ފުރިހަމައެވެ. އިއްޔެއާ ޚިލާފަށް މިއަދުވަނީ ބޯފަންކޮށް ހުޅިއެއް ޖަހާފައެވެ.އަރާފައިވި ހީލްގައި ހަނާ ހީވަނީ މޮޑެލްއެއް ހެންނެވެ. މި ފެންނަނީ ހުވަފެނެއް ނޫންކަން އެނގުނީ ހަނާ އިށީންނަން ހުއްދަޔަށް އެދުމުންނެވެ.
6 Comments!
Comments are closed.
Wow v reeti?. But bayeii thanthan nuvaxx feney. Kiyan v udhagooh
When next part. I luv this story
thanks.. dear Microsoft ga Kuda massala eh jehigen ehnve.. varah undhagulun liyefa.. next part miadhu inshallah
Wow
Vrh reethi
Thanks Icy ❤️ sorry for the late. Kuda massala eh jehigen lasvee.. iraadha kurehviyyaa dhn try kuraanan gadiyah up kureveytho
Hiii thuhoo ???… Mi part vx hama varah varah reethi ???… Waiting for next part ???… Keep up the good work ???