Skip to content
އެސްފިޔަ

ހިތި މާޒީ

ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހޮރެމުންދާ ހާލު، އެކަރުނަތަށް ފޮހެމުން މި ލިޔަނީ އަހަރެންގެ މާޒީގެ ކަޅު ދުވަސްތަކުގެ ވާހަކަ އެވެ. މިހާރު ހިތުގައި މި އަޅާ ވޭންތަކުން އެ މާޒީ ވަރަށް ރަނގަޅަށް ހަނދާން އާވެ އެވެ.

އެއީ މީގެ އަހަރުތަކެއް ކުރި އެވެ. ﷲ ގެ ކުޅަދުންވަންތަ ކަމުން އަހަރެންގެ ހިތުގައި މީހަކު ދެކެ ލޯބި އުފެދުނީއެވެ. އެއީ “ހައިޝަމް” އެވެ. އެ ލޯބި ހާސިލް ކުރަން އަހަންނަށް ކުރެވޭނީ މަސައްކަތެވެ.

ހައިޝަމަކީ އަހަރެންގެ ބައްޕަގެ އޮފީހުގައި ވަޒީފާ އަދާކުރަމުން ދިޔަ ހީވާގި މުވައްޒިފެކެވެ. މީހުންގެ ހިތް އޭނާއަށް ލެނބޭނެ ފަދަ އެތަށް ސިފައެއް އޭނާގެ ގައިގައި ހުރެ އެވެ. ޒުވާން ފިރިހެން ވަންތަ އަޑެ ކެވެ. ފެންނަނީ ވަރަށް ހަރުދަނާ ޝަހުސިއްޔަތެއްގެ ގޮތުގައެވެ. އޭނަގެ މަޑުމައިތި ކަމާއި ހިތްހެޔޮކަން އަހަންނަށް ވަރަށް ކަމު ގޮސްފި އެވެ.

ތަނުގެ ސުޕާރވައިޒަރު ކަމުން އޮފީހުގައި އުޅޭ ހުރިހާ އެންމެންވެސް އަހަރެން ވަރަށް ގިނައިން ދަންނަމެވެ. އޮފީހުގައި މަސައްކަތްކުރާ އެހެން މީހުނާއި ހައިޝަމް ވަރަށް ތަފާތެވެ. ކަމަށް ފަރުވާތެރި ވުމުގެ އިތުރުން އެހެންމީހުންނަށް ޢިޚްތިރާމު ކުރުމުގެ ލާމަސީލު މިސާލެކެވެ. މިހެން ކިތަންމެ ވަރަކަށްވެސް ތަޢުރީފު ބަންޑުން ކުރެވިދާނެ އެވެ.

ހައިޝަމްއާއި ލޯބީގެ ގޮތުން ގުޅުމަކީ އަހަރެންގެ ހުވަފެނަކަށްވި އެވެ. ނަމަވެސް އެ ހުވަފެން ހަޤީގަތަކަށް ނުވެ ވެގެންދިޔައީ ބިލާހަކަށެވެ.

އެއްދުވަހު އަހަރެން އޮފީހަށް ވަދެގެން ދިޔައިރު ފެނިގެންދިޔައީ ހައިރާން ކުރުވަނިވި މަންޒަރެކެވެ. އޮފީސް އެންމެން ކަހަލަ ގޮތަކަށް ހައިޝަމަށް ސަލާން ކުރުމަށްފަހު މަރުހަބާ ކިޔަމުން އެދަނީ އޭނަގެ އަލަތު ކައިވެންޔަށެވެ. ” މަރުހަބާ ހައި.. ށައި އޮންނާނެ ދޯ؟ ” އޮފީހުގައި ތިބި މީހުންނަށް އަހަރެން ފެނުމާއެކެ ބުންޏެވެ. ” ބޮސް… ހައިޝަމް ގޮޓް މެރީޑް ” އަހަރެންވެސް ހައިޝަމަށް މަރުހަބާ ކިޔާލީމެވެ. ނަމަވެސް އެއީ ހިތާ ދެކޮޅަށް ކީ މަރުހަބާއެކެވެ.

ކުއްލިއަކަށް މިލިބުނު ހަބަރު ވެގެން އެދިޔައީ އަހަރެން ހަޔާތް މަތިން ފޫހި ކުރުވި ހަބަރަކަށެވެ. އެންމެ ފުރަތަމަ ލޯބި ވެވުނު މީހާއަށް ލޯބި ހުށަނޭޅި އުޅެނިކޮށް “ތެޔޮނާށި ކާޅު ޖަހައިގަތީ” އެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

އަދިވެސް އަހަރެން ލޯބިވަނީ ހައިޝަމް ދެކެއެވެ. އަހަރެންގެ ހިތުގައި އެހެންމީހަކަށް ޖާގައެއްދެވޭހާ ހިތްވަރެއްނެތެވެ. އެހެންކަމުން އަހަރެހަރެން އަދިވެސް މިހުރީ ހުސްކޮށެވެ. ހައިޝަމް ހަނދާންވާ ކޮންމެ ފަހަރަކު އަހަރެން ވަަރަށް ދެރަވެއެވެ. ބަދު ނަސީބު ވެރިއެކޭ ހިތަށްއަރަ އެވެ.

ކުރާނީ ކީތްހެއްޔެވެ؟ ތަޤުދީރުގައި ލިޔެވިފައި ނެތް އެއްޗެއް ނުލިބޭނެއެވެ. އަހަރެން ޖެހޭނީ އެކަލާނގެއަށް ޝުކުރު ކޮއްލައިގެން އިންނާށެވެ.

Comments (9)

  1. Beauty??

    Yey me first

    1. ?ttt
      Beauty??

      Wht first idiot

  2. ishnash

    zidhaan dhigu vhk liyan v nun

  3. Mehek

    Vaahaka v rythi bt maaka kury ninmum miah vuren ragalhu khlevi dhrne hn hyvany bt v nice

  4. Icy♡

    Nice

  5. Sweetie

    Meeves vaahaka??? Mivaahaka mi haadhisaa miavvure dhigukovves geneveyne dho? Thankolhe fashuvikoh ibaaraaiy kuran visnabala

  6. Sana

    Alhey this is real story?
    Varah reethi?
    And zidhan pls horror story eh liyan veenun pls
    Try!
    You can
    Ok kuruvaahaka eh viyas ok vaane
    Hope you will try!
    Best of luck zidhan??

  7. shaan

    nice but maakuree dhw v reethi mievaahaka ???

  8. Nice

    Nice nice ???❤?

Comments are closed.