އަނެއްކާވެސް އިތުރު ބައްދަލުވުމެކެވެ. މިފަހަރުގެ ވާހަކަ ފަށަން މިޖެހެނީ ގާޑިޔާދޮށަށް ކުރުނބާ ބޯން ދިޔަ ދުވަހެއްގެ ވާހަކައިންނެވެ. އަހެރެންނާ ލަމްއާ ދެމީހުން ކޮލެޖު ނިމިގެން ދަމުން ގާޑިޔާ ދޮށަށް މަޑުކޮށްލީ ކުރުނބާއެއް ބޯހިތްވީތީއެވެ. ލާރިދައްކާ ހަދައި ކުރުނބާ ހިފައިގެން ގޮސް އަހަރުމެން އިށީނީ ދިގުކޮށް ރާނާފައި ހުރި ފާރުބުރީގެ މަތީގައެވެ. ކުއްލިއަކަށް އައި ނައިތަނެއް ނޭނގި ފެނުނީ ޒާން އައިސް ދާދި ގާތުގައި ހުއްޓިލީ މަންޒަރެވެ. “ޢީޝް…. އެންމެ ފަހަރަކުވެސް އަޅެ އަހަރެން ދައްކާ ވާހަކަ އަޑުއަހައި […]
“ދޮންތާ… ނަމާދުކޮއްލައިގެން ކުޑަ ވަގުތު ކޮޅެއް ދެވިދާނެތަ؟” މައިލީން ބުނެލިއެވެ. އެހެން ބުނިއިރުވެސް މައިލީން އަށް މި ބުނެވެން އުޅޭ ވާހަކައިގެ ބޮޑުކަން އިހްސާސްވަން ދިޔައެވެ. ކޮފީ ތަށި ހަދައިގެން މޭޒު ދޮށުގައި އިށީނަސް އެ ބޮވޭ ގޮތެއްނުވިއެވެ. ދޮންތަ އަށް ހަގީގަތް ކިޔާ ދިނުމުން ބަދަލް ވާނި ކޮންކަމެއްތޯ އޭނާ އަމިއްލަ ންފްސާ ސުވާލުކުރިއެވެ. އެއްވެސް ކަމެއް ބަދަލެއް ނުވާނެއެވެ. އެހެނެއްކަމަކު އިތުރަށް ހިތް ދަތި ވުން ނޫންކަމެއް ނުވާނެއެވެ. އަނެއްކާވެސް އޭނާގެ ސިކުނޑި ހާސްވުން […]
“އޯކޭ ޓެންކިޔޫ” މިހެން ބުނުމައްފަހު ކުރަމުން ދިޔަ މަސައްކަތައިގެން ޔާން މަސްއޫލުވިއެވެ. އިތުރު ވާހަކައެއް ޔާން ނުދެއްކުމުން ނިޝާއައް އިތުރަށް މަޑު ކުރާކަށް ނުކެރުނެވެ. ޑިޕާޓްމެންޓް ހެޑް މުޙައްމަދު އަރީފް ހުރިހާ ޑޮކްޓަރުންގެ ސަމާލުކަމައްޓަކާ މާލެއިން ޓްރެއިނިންގް ޕްރޮގްރާމް ތަކެއް ހިންގުމައްޓަކާ ޑޮކްޓަރުންގެ ޓީމްއެއް އަންނަ ވާހަކަ ބުންޏެވެ. އަދި ޓީމް އައުމައް ހަމަޖެހިފައި ވަނީ ފެށޭހަފްތާގެ އާދިއްތަ ދުވަސްކަމުން ޓީމްގައި ހިމެނޭ ބައިވެރިންނައް މަސައްކަތުގެ މާހައުލުން ވީހާވެސް ބޮޑަކަށް އެހީތެރިކަން ފޯރުކޮށް ދިނުމައް ބުންޏެވެ. ޔާން […]
ނަމަވެސް ކެތްތެރިކަމެއްނެތި އެތާތިބި އެންމެންވެސް އިންތިޒާރު ކުރަމުންދިޔައީ ޑޮކްޓަރުގެ ބަހަކަށެވެ. ދަންވަރުގަޑިން 2 ޖަހަންކައިރިވެފައިވޔަސް ނިދިލޮލަށް އަންނާނެހެއްޔެވެ؟ އަޔާޒަކީ އެންމެންގެ ލޮލުގެ ނޫރުފަދަ މީހެކެވެ. ޑޮކަޓަރެއް ނުކުތުމުން އެންމެން އެއްފަހަރާ ގޮސް ކައިރިވެލިއެވެ. “އޮޕަރޭޝަން ކާމިޔާބު..އެކަމް” “އެކަމް ކިހިނެތްވީ؟” ކެތްތެރިކަންކޮޅުންލާ ހިސާބަށް ގޮސްފައިވުމުން ހަނާ އަހައިލިއެވެ.”އެކަމް ޕޭޝަންޓްގެ ހާލަތު ވަރަށް ދަށް… މީ އިޝާމް ދެއްތޯ..؟ އަޅުގަނޑާއެކު ވަޑައިގަންނަވާ.. ހިއްސާ ކޮށްލަން ބޭނުންވާ ވަރަށް ބައިވަރު ވާހަކަ އެބަހުރި..” ޑޮކްޓަރ އަރީފް ގެ ފަހަތުން އިޝާމް ހިނގައިގަތީ […]
ކޯސްގާރޑު ހުދު ޔުނީފޯރމުގައި ޝަނުމް ފެންނަމުން ދިޔައީ ވަރަށް ވެސް ހަރުދަނާ ކޮށެވެ. ގައުމުގެ ދިފާއުގައި ނިކުތުމުން އެއްމެންގެ މެދުގައި ޝަނުމްއަށް އޮތް އިހުތިރާމް ވަރަށްވެސް ބޮޑުވެއްޖެއެވެ. ޖަލްސާއަށް ހާޟިރުވި އެތައް ބަޔަކު ޖަލްސާ ފެށުމުގެ ކުރިން ޝަނުމް ކައިރިއަށް އައިސް އޭނާއަށް ފަށްފަށުން ޝުކުރު އަދާކުރިއެވެ. އަދި އެއްމެހާ ދިވެހީން ޝަނުމް އެ ދެއްކި ނަމޫނާގައި ހިފައި ގައުމާއި ދީނުގެ ހައްގުގައި ތެދުވެއްޖެނަމަ އެއްވެސް އަދުއްވަކަށް މިފަސްގަނޑުގައި ފައި ނުޖެއްސޭނެ ކަމަށް ބުންޏެވެ. ޝަނުމްއަށް އެތައް […]
ކުރީގެ އަދަދާއި ގުޅޭ : ” ހަމަ އަސްލުވެސްތަ ބްރޯ.. އެހެންވީއިރު ތި އިޔާޒް ތީ ހާދަ ނުބައި މީހެކޭ.. ބްރޯ ހާސްނުވޭ.. އިތުރު އެއްވެސް މީހަކަށް އެއްވެސް އެއްޗެއް ނޭނގޭނެ.. ” ހަގީގަތް އެނގުމުން މައުލޫމާތުތައް ސިއްރުކޮށްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވިއާމް ދިނެވެ. ******************* ގެއަށް ވަދެގެން އައިއިރު ބަދިގެ ފަރާތުން ކޮންމެވެސް ބަޔަކު ވާހަކަދައްކާއަޑު ޔަޒްދާންއަށް އިވުނެވެ. އެހެންވެ ބަލާލާނަމޭ ހިތަށް އަރާފައި ޔަޒްދާން ބަދިގެފަރާތަށް ގޮސް ކުޑަކޮށް ބަލާލިއެވެ. ބަދިގެތެރޭގައި ޒާރާ […]
ޔުއާން އަށް އެވަގުތު ފޯނެއް އައެވެ. އޭނާ ވާހަކަ ދައްކަމުން ފޯނަށް ސަމާލުކަން ދީގެން ހިނގައިގަތް ވަގުތު ޖެހިގެން ހުރި ލިފްޓުން ނުކުތް މީހެއްގެ ގައިގައި ޖެހިފައި ފޯން ބިންމައްޗަށް ވެއްޓުނެވެ. އޭނާ އިސް އުފުލާލާ ބަލާލިއެވެ. އެވަގުތަކީ އެ އަންހެން މީހާވެސް އިސްއުފުލާލާ ބަލާލިވަގުތެވެ. އެއާއެކު އެ އަންހެން މީހާ އާއި ޔުއާން ގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. “ޔަޝްމް” އެވަގުތު އެ އަންހެންމީހާ އެހެން ބުނެވުނީ ވައިއަޑުން ކަމުގައި ވީނަމަވެސް ޔުއާން އަށް […]
“ދޮންބޭ.. ” މިއުނާ އަޑުގެނެތް ތަނަށް ހަލޭލަވައި ގަތެވެ. “މިއުނާ އެއީ އަހަރެމެންގެ މަންމައޭ… ” ލީވާން ބެލީ މިއުނާއަށް ވިސްނާދެވޭތޯއެވެ. “މަންމަ އޭ.. ކޮން މަންމައެއް.. އެމަންމަ ކޮބާ އަހަރެމެން ތިންމީހުން ދޫކޮށްލާފަ ދިޔައިރު…އެއޮއް ކުޑަކުޑަ ޔަނާ ދޫކޮށްލާފައި ދިޔައީ އެންމެ ތިންމަހުގައޭ.. އެކުއްޖާފުލުގެ ހާލުބަލާލަންވެސް މިއޮއް 5 އަހަރު ވީއިރު، އެއް އިރަކު ވެސް ނައީ ކީއްވެތަ..؟ އޭނާ ހާދާން ނޭތުނީތަ އޭނާގެ ތިން ދަރިން ދުނިޔޭގަ ތިބި ކަން ވެސް… އެވަރުންވެސް މަ […]
އަހަރެންގެ އަތުގައި ހިފައި ޒާންދަމައިގަތީ ނުހަނު ބާރަކަށެވެ. ” ހީވަނީތަ ޢީޝްއަށް އަހަރެން އެހެން ހެދީ ޢީޝް ބޭނުންނުވާތީއޭ” އަދިވެސް އަދިވެސް ޢީޝް ހާދަ ބޭނުމޭ…. އެހެނަސް އަހަރެންނަށް މަޖުބޫރޭ….. އައިއެމް ސޮރީ ޢީޝް” ނުވިސްނާ ހުއްޓާ ޒާން އަހަރެންގެ ގައިގައި ބައްދައިގަތީ ނުހަނު ބާރަށެވެ. އިތުރަށް ސިހުން ގެނުވީ ޒާން ދެން ކޮށްލި ކަމަކުންނެވެ. ކުއްލިއަކަށް އަހަރެން ކޮއްޕާލުމަށްފަހު ސައިކަލަށް އަރައިގެން ދިޔައީ ފަސް އެނބުރި ބަލާލުމެއްވެސް ނެތެވެ. އަހަރެންނަށް ރުޅިއާދެވުނެވެ. ޒާން ބަދަލެއް ނުވާނެއެވެ. […]