ކުރީގެ އަދަދާއި ގުޅޭ: ” ހުމްމް.. ވަރަށް މިސްޓީރިއަސް.. އެކަމަކު ދެން ތިހެން ކިޔަންޏާ އަހަރެން ދެންއޮތް ބައި ނުވެސް ކިޔާދޭނަން އިނގޭ..” ޖެއްސުންކުރުމުގެ ރާގެއްގައި ޒާރާވެސް ބުނެލިއެވެ. ” އުނހު.. އުނހު.. ދެން ތިހެން ހަދާކަށް ނުވާނެއެއްނު.. އޭރަށް އަހަރެން ކިހާ ދެރަވާނެ.. ތިވާހަކަތައް ޖެހޭނެ ކޮންމެހެންވެސް އަހަންނަށް ކިޔާދޭން.. ” ދެރަވެފައިވާ ރާގެއްގައި ރިޔާ ބުނެލިއެވެ. ” ހެހެ.. ދެން ރިޔާވެސް ދޯ.. ” ރިޔާ އުޅޭގޮތުން ޒާރާއަށް އަނެއްކާވެސް ހެވުނެވެ. ” އޭ ދައްކަބަލަ […]
ޒީކްގެ ފަހަތުގައި ހުރެގެން އަލްޔަން ހިނގަމުންދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން އަލްޔަން އެތެރެއަށް ވަންނަން ތަންދެއްކިއެވެ. އެނދު ކައިރީގައި ހުރި ލަކުޑި ގޮނޑިއެއްގައި އަލްޔަން އިށީދެލިއެވެ. އެނދުމަތީގައި އިށީދެލައިގެން އިން ހަފީޒާ ފަރުވާތެރިކަމާއެކު ދެކުދިންގެ މޫނަށް ބަލައިލިއެވެ. މާމަގެ ހަރަކާތްތަކަށް ބަލަންހުރި ޒީކްގެ ހިތުގައި ސުވާލު މާކްތަކުން ފުނިޖެހެމުންދިޔައެވެ. ހުދު ޒީކްއަށްވެސް މާމަ ދައްކަން އެއުޅެނީ ކޮންވާހަކައެއް ކަމެއް ނޭނގެއެވެ. “އަލްޔަން ހީކުރަން މިދައްކާ ވާހަކައާއި ދޭތެރޭ ވިސްނާނެ ކަމަށް” ހަފީޒާ މަޑުމަޑުން ބުނެލިއެވެ. އެއަޑުގައި ވަނީ […]
“ދޮންތާ… އައި ލަވް ހިމް ސޯ މަޗް… އައި ލަވް ހިމް… ވަރަށް ބޮޑަށް.. ދޮންތާ ހެލްޕް މީ… އައި ވޯންޓް ފޮގެޓް އެބައުޓް ހިމް. ދޮންތާ ހެލްޕް މީ” މައިލީން ރޮމުން ބުންޏެވެ. ޝާލީން އަށް ވެސް ކެތް ކުރެވުނީ އެވަރަށެވެ. އޭނާގެ ލޮލުންވެސް ކަރުނަ އަންނަން ފެށިއެވެ. މައިލީން އަށް ހިތްވަރުދޭން އޭނާ ބޭނުންވިއެވެ. “ދޮންތާ ޕްލީޒް. އަހަންނަށް އެހީ ވެދީ… މިހެން އުޅެން ވެއްޖެނަމަ އަހަރެން ހަލާކުވެދާނެ” މައިލީން އަށް އޭނާ އަށް […]
އަޝްވާއަށް ލިބުނު ތަމްރީނު ޕުރޮގުރާމެއްގައި ދާން ނިންމި ކަމުގައި ވިޔަސް އެކޮޅަށް ގޮސް ހުންނާނެ ތަނެއް ނުލިބުމުން އަޝްވާ އުޅުނީ އެފުރުސަތު ދޫކޮށްލާށެވެ. އެހެންނަމަވެސް އަސްރާރުގެ ހިޔާލާއި އެއްކޮށް އަޝްވާ ކާއިންގެ ގޭގައި ބެހެއްޓި ދާނެތޯ އެއްސެވެ. ކާއިންގެ އާއިލާ މިވަގުތު އޮތް ހާލަތުންނާއި މަންމައާއި އެހާ ރަގަޅު ގުޅުމެއް ބޭއްވިފައި ނުވާތީ ކާއިން އެކަމަށް އެއްބަސް ނުވިއެވެ. އަޝްވާއާއި ދެމީހުން އެތައް ޒުވާބެއް ކުރިއިރުވެސް ކާއިންގެ ހިޔާލު މީގެ އެއްމިނެޓު ކުރިން ހުރީ ހަމައެގޮތުގައެވެ. “އޮފް […]
“މިކޮޅުގަ ޕޭޝެންޓުން އެބަތިބި… ފަށަން ހަމަ ޖައްސާފައިން ގަޑި ހަމަ ވެގެން އިތުރަށް ދިހަ މިނިޓް ހިނގައިފި” މައިލީން ބުނެލިއެވެ. އެއާއެކު ޔުއާން ފުންމައިގެން ތެދުވެ ފޯން ކަނޑާލަމުން މިސްރާބުޖެހީ އަވަހަށް ނުވަވަން ފްލޯއަށް ދިޔުމަށެވެ. މައިލީން އާ ދިމާލަށް ބަލާ ނުލާ ޔުއާން ދިޔައެވެ. ޑިއުޓީ ނިމިގެން މައިލީން ނުކުތް ގަޑީގައި މިއަދުވެސް ޖަޒިލް އާ ދިމާވިއެވެ. އެނާ އެދުނީ ސައިކަލުގައި ދިޔުމަށެވެ. މައިލީން ދެކޮޅު ހަދަން އުޅިފައިވެސް އެ ދިމާލަށް ބަލަން ހުރި ޔުއާން […]
އެއްނޭވައިން ކޯފީތަށި ދަމާލަމުން ބިލަށް ފައިސާދައްކާފައި ނިކުންނަން ދިޔަ ޔަޒިންގެ ލޮލުގައި އަޅައިގަތީ ތެމިފޯވެގެން ހިނގައިފައި އައި ރީމާއެވެ. ޖެހިގެން ހުރި ގޯޅިން ބާރު ސްޕީޑްގައި ކާރެއް ނުކުންނަން އައެވެ. “ރީމާ……”ބާރުހަޅޭކާއެކު ޔަޒިން ދުއްވައިގަތީ ރީމާ ސަލާމަތްކުރުމަށެވެ. އެންމެ ސިކުންތުކޮޅެއް ލަސްވިނަމަވެސް ރީމާ މިދުނިޔެއަކަށް ދެން ނޭވާލުމަކީ ނާދިރުކަމެކެވެ. ނުވިސްނައިހުރި ރީމާ ދަމައިގަތުމުން ރީމާ ވެއްޓުނީ ޔަޒިންގެ އތުތެރެއަށެވެ. ހަތަރު ކަޅި ހަމަވެފައިވިރީމާ އާ ޔަޒިން ތެމެމުން ދިޔައިރު ހީވަނ ފިލްމެއްގެ މަންޒަރެއްހެންނެވެ. އެކެފޭގައި އެމަންޒަރު ބަލަން […]
ކުރީގެ އަދަދާއި ގުޅޭ: ” ޒާރާގެ ބައްޕައަށް އަޅުގަނޑު ކިޔާ އެއްޗެއް އެބަ އެނގިލައްވާތޯ؟ ” އެކި ފަރާތް ފަރާތަށް ބަލަމުންދާ އިޔާޒް ފެނުމުން ޔަޒްދާން ހީީކުރީ އޭނާ ބުނި އެއްޗެއް އަޑު ނީވުނީކަމަށެވެ. ނޫނީ އަޑު ނާހަން އުޅެނީ ކަމަށެވެ. ” އޭނަ އެ އަހަނީ ސުވާލެކޭ .. އޭނައަށް ޖަވާބު ދީބަލަ.. ” ޒިލާލް ވަރަށް ބިރުވެރި ބަރު އަޑަކުން އެހެން ބުނެލިއެވެ. ” ކަލޭގެ ކަންތައް މާ މައްޗަށް ދެން ތިދަނީ .. ވަލީދޭން […]
ފޮޓޯތައް ހާވަމުން ގޮސް އަޝްވާގެ ސަމާލުކަން ހުއްޓުނީ ކާއިންގެ ލެޕްޓޮޕު ވަގަށް ނަގައިގެން ދިޔަ މީހާގެ ސީސީޓީވީ ފޮޓޯ އަށެވެ. އެދުވަހަށް ފަހު އަޝްވާ އޭގެ މަތިން ހަނދާން ނެތުނަސް މިރޭ އެފޮޓޯ ފެނުމާއި އެކު މީހާ ދިޔައީ ސިހިގެންނެވެ. އެއީ އެދުވަހުވެސް އަޝްވާއަށް ޝައްކުކުރެވުނު މީހާއެވެ. އެދުވަހު މާޒިން ހުންނާނީ ޖަލުގައި ކަމުންނާއި މާޒިންގެ ފައިގައި އެހާ ގިނަ ލަކުނު ހުންނާނެ ކަމާއި މެދު އަޝްވާގެ ހިތުގައި ސުވާލު އުފެދުނެވެ. އެހަނަސް މިހާރު މާޒިން ޖަލުން […]