ތިޔަ އަސަރު 51
ޑިޔުޓީއަށް ދާން ތައްޔާރުވާން ޑުރެސިންގ ޓޭބަލް ކައިރީގައި ހުރި އަޝްވިންއަށް ދޮރާއި ދިމާލަށް ބަލާލެވުނީ މީހަކު ދޮރުގައި ޓަކި ޖެހުމުންނެވެ. މި ގަޑީ އޭނާ ހޯދަން އަންނާނީ އަޝްވާ ކަމަށް ގޮސް އަޝްވިން ދޮރު ހުޅުވާލިއެވެ. އެވަގުތު މީހާއަށް ސިހުމާއި އެކު ހިނިތުންވެވުނީ ދޮރު ކުރިމަތީގައި ހުރި ހިންދު ފެނިފައެވެ.
“އަހަރެން ހީކުރީ މިއަދު ޑިޔުޓީއަށް ނުދާނެ ކަމަށް!” އެހެން ބުނެލަމުން ހިންދު އެތެރެއަށް ވަނެވެ.
“ނުދާން އުޅުނީ، އެކަމަކު ވަރަށް ބޮޑު މީޓިންގ އެއް އޮތީމަ އެބަ ޖެހޭ ކޮންމެހެން ވެސް ދާން” ހިންދު އެތެރެއަށް ވަނުމުން އަޝްވިން ދޮރު ލައްޕާލިއެވެ.
“މިއަދު ނުގޮސް މަޑުކޮށްލަން ވީ އެއްނު” އެހެން ބުނެ ހިންދު އަޝްވިންގެ ގައިގައި ބައްދައިގަތެވެ.
“އަހަރެން ހީކުރީ ހިންދު އަހަންނާއި ވާހަކަ ދައްކަން ބޭނުން ނުވާނެ ކަމަށް!” ހިންދުގެ އިސްއުފުލައި މޫނަށް ބަލާލަމުން އަޝްވިން ބުނެލިއެވެ.
“އީޝް އެވަރަށް އަހަރެން ކައިރީ އާދޭސްކުރާ އިރު ދުރުގައި ހުރެވޭނެތަ؟ އެހެންނޫނަސް އަޝްވިންއާއި ދުރުގައި ހުރުމަކީ އަހަންނަށް އެހާ ފަސޭހަ ކަމެއް ނޫން.. ” ހިންދު އަޝްވިން އަޅުވަން ފަށައިފައި ހުރި ޓައީ ނައްޓާލަ ދިނެވެ.
“އަދިވެސް އެއްފަހަރު އަހަންނަށް ކުރެވުނު ކުށަށް މާފަށް އެދެން.. މާ ބޮޑަށް ހާސްވެ ބިރުގަތީމަ ވިސްނާނުލެވުނީ” ހިންދު މިވީ ދެތިން ދުވަހު ދުރުގައި ހުރީ އޭނާގެ ސަބަބުން ކަމަށް އަޝްވިން ގަބޫލުކުރެއެވެ. އެހެންކަމުން މާފަށް އެދި ހިންދުގެ މާފު ލިބެން ދެން ކެތްތެރިކަން އިސްކުރިއެވެ. ކުށް ކުރެވުމުން އޭނާއަށް ވެސް އޭގެ އަސަރު ކުރެވެން ޖެހޭނެ ކަމަށް ގަބޫލުކުރާތީއެވެ.
“މާފު ކޮށްފިން. އަދި ކުރިން ކުރި އިތުބާރު ވެސް ކުރަން… އަހަރެން ވެސް ދެ މީހުންގެ ކައިވެނީގެ ފުރަތަމަ ރޭ މާޒީއާއި ހެދި ބިރުގަތް ގޮތަށް އަޝްވިންއަށް ވެސް މާޒީއާއި ހެދި ބިރުގަނެވުނީ.. އެކަމަކު އަޝްވިން، އަހަންނަށް ވައުދުވޭ ދެން އެހެން ނުހަދާނެ ކަމަށް.. ކޮންމެ ކަމެއް ދިމާ ވިޔަސް ދެ މީހުން އެއްމެ ފުރަތަމަ އިސްކުރާނީ ވާހަކަ ދައްކައި އެކަން ހައްލުކުރާނެ ގޮތެއް ހޯދުން.. އޭރުން އެއްވެސް މީހަކަށް ދެ މީހުންގެ މެދަށް ނާދެވޭނެ.. ” އަޝްވިންގެ މޭގައި އަތް އަޅާލަމުން ހިންދު ބުނެލިއެވެ.
“މައްސަލައެއް ނެތް!! އަހަރެންގެ އަމިއްލަ ނަފުސަށް ކުރާ އިތުބާރަށް ވުރެ ބޮޑަށް ހިންދުއަށް އަހަރެން އިތުބާރު ކުރާނަން.. އަހަންނަށް ޔަގީން އޭރުން ދެ މީހުން ވެސް ތިބޭނީ ވަރަށް އުފަލުން ކަން… ހިންދު ތީ އަހަރެންގެ މުޅި ދިރިއުޅުން އެ ފުށް މިފުށަށް ޖެހިފައި ވަނިކޮށް އެ ހުރިހާ ކަމެއް ބަދަލުކޮށްލި ކުއްޖާ.. ހަޔާތަށް ބަދަލެއް ގެންނަން އަހަރެން ކުޑަކޮށް ޖެހިލުން ވިޔަސް މިއަދު ހިންދު ސާބިތުކޮށްދީފި އެއީ އެއްވެސް ކަމެއް ނޫން ކަން.. އަދި ދެ މީހުން އެކަކު އަނެކެއްގެ ދިފާއުގައި ތިބި ނަމަ މި ގުޅުން ދާނީ ދުވަހެއް ދުވަހަށް ކުރިއަށް! ” ހިންދުގެ ބޮލުގައި ފިރުމާލަމުން އަޝްވިން އޯގާތެރިކަމުގެ ބަސްތައް އޮއްސަން ފެށިއެވެ.
“އަޝްވިން ވެސް ތީ އެ ފަދަ ނަމޫނާއެއް… މުޅި ދުނިޔެ އަހަންނާއި ދެކޮޅަށް ތެދުވެ މަލާމަތް ކުރިއިރު އަޝްވިން އަހަރެންގެ އަޑުއެހިން.. އަދި އެހީ ވެދޭން ތައްޔާރަށް ހުރި.. ކައިވެނި ކޮށްގެން އުޅޭއިރު މައްސަލަތައް ދިމާވާނެ.. އެކަމަކު އެއީ ދެ މީހުން ދުރުކުރުވާ ސަބަބުތަކަށް ނުހަދައި އޭގެން ފިލާވަޅު ނަގަން ފެށުމުން މާ ބުއްދިވެރިވާނެ” ހިންދުއާއި އަޝްވިންގެ ވާހަކަތައް އަޑު އެހި ކޮންމެ މީހަކަށް އެއިން އެތައް އިބުރަތެއް ލިބޭނެ ކަން ޔަގީނެވެ. ދެމަފިރިންގެ ގޮތުގައި އެއީ ނަމޫނާއެކެވެ. ލޯބީގެ ނަމުގައި ލާމަސީލެކެވެ.
އަޝްވިން ހިންދުއަށް ބަލައި އިތުރަށް ގަޔާއި ކައިރިކޮށްލިއެވެ. އަދި ހިންދުގެ އިސްއުފުލައި މޫނަށް ރަގަޅަށް ބަލާލިއެވެ. ބޭނުންވާ ކޮންމެ އިހުސާސަކާއި ޖަޒުބާތެއް ހިންދުގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އެ އަސަރު ގަދަ ހީލުމުން އަޝްވިންގެ ހިތުގެ ވިންދު އަވަސްވެގެން ދިޔައެވެ. އެހެންކަމުން އަޝްވިން ހިންދުއާއި ކައިރިވެލައި ކޯތާފަތުގައި ބޮސްދިނެވެ. ނުހަނު އޯގާތެރިކަމާއި ލޯތްބާއި އެކީގައެވެ.
އަޝްވިންގެ އެހަރަކާތުން ހިންދުއަށް ލޯ މަރާލެވި ހަށިގަނޑުގައި މަޑު ތުރުތުރު އެޅުމެއް އަޅައިގެން ދިޔައެވެ.
“އަޝްވިން” އެހެން ބުނެ ހިންދު މަޑުމަޑުން ދެ ލޯ ހުޅުވާލިއިރު އަޝްވިންގެ ނަޒަރު ވަނީ އޭނާގެ ލޮލާއި އަމާޒުވެފައެވެ. އެޔާއި އެކު ކުއްލި ލަދުވެތިކަމަކުން ހިންދުގެ ހިތް ވަށާލިއެވެ. އެހެންކަމުން ރަކި ހިނިތުންވެލައި އިސްޖަހާލަމުން އަޝްވިންއާއި ދުރަށް ޖެހިލިއެވެ.
“ހިންދު! މިއަދު ދުރަށް ނުދެވޭނެ.. ހިންދުއެއްނު ބުނީ ބިރުގަތުމުން ދުރަށް ނުގޮސް ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރާނީ އޭ… އެކަމަކު މިކަމަށް އަހަރެން ބޭނުމެއް ނޫން ވާހަކަ ދައްކަން.. ” ކުޑަކޮށް ހީލަމުން އަޝްވިން ހިންދުގެ އަތުގައި ހިފައި އަނެއްކާވެސް ގާތަށް ގެނައެވެ.
“އީޝް އައިސްދާނޭ” ހިންދު އުޅުނީ އަބަދުވެސް ދައްކާ ބަހަނާ ދައްކާށެވެ. އެހެންނަމަވެސް އަޝްވިން އެ ފުރުސަތު ހިންދުއަކަށް ނުދިނެވެ. އޯގާތެރިކަމުގެ ފިރުމުންތަކުން ހިންދުގެ ބިރުވެރިކަން ފިލުވަން އުޅުނެވެ. އަދި ދެ މީހުންގެ ހަށިގަނޑުގައި އެވާ ހޫނުން ގުޅުން އިތުރަށް ބަދަހިކުރަން އުޅުނެވެ. މަސްތައް ވުރެ ދެ މީހުންގެ މެދުގައި ވަނީ އޯގާތެރިކަމެވެ. ކުލުނެވެ. އަނެކާ އުފާކޮށްދީ ހިނިތުންކުރުވުމެވެ. އެކަކު އަނެކެއްގެ ކިބައިން ލޯތްބަށް އެދި އެ ލޯބި ހޯދަން މަސައްކަތް ކުރުމެވެ.
ފޯނުން ފެންނަމުން ދިޔަ އަޝްވާގެ ފޮޓޯއަށް ގެއްލިފައި އޮތް ކާއިން ސިއްސައިގެން ދިޔައީ މާހިލްގެ ފޯނެއް އައުމުންނެވެ. ކާއިން އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ.
މާޒިންއާއި އެއް ގޮތަށް މައިރާ ވެސް ހައްޔަރު ކުރެވިފައި ވުމުން އެ ދެމީހުންގެ ހަބަރެއް ލިބޭނެ ކަމުގެ އިންތިޒާރުގައި ކާއިން އެހުންނަނީ ވަގުތުތައް ގުނާލަ ގުނާލައެވެ. މިވީ ދެ ތިން ދުވަހުގައި މާހިލްއަށް ދެ ތިން ފަހަރެއްގެ މަތިން ގުޅާ ވެސް ލެވިއްޖެއެވެ. އެހެންނަމަވެސް ބަލަމުން ދާ މައްސަލައެއް ކަމަށް ބުނެ މާހިލް ވަނީ މައުލޫމާތު ނުދެވޭނެ ކަމަށް ބުނެފައެވެ.
“މައިރާ ކީއްކުރަން މާޒިން ވެސް ބޭނުމެއް ނުވޭ ކާއިންއާއި ރީމް ތިބެގެން ނޫނީ އެއްވެސް މައުލޫމާތެއް ދޭން.. އަހަރެމެންނަށް މިހާރު ލިބިފައި ހުރި ހެކީގެ އަލީގައި އެ ދެމީހުން މުޅި އުމުރަށް ޖަލަށް ލެވިދާނެ.. އަދި މަރަށް މަރު ވެސް ހިފިދާނެ.. އެކަމަކު މިއީ އެޔަށް އަވުރެ ބޮޑު މައްސަލައެއް. އެމީހުން އަހަރަމެންނާއި ދައްކަން ބޭނުން ނުވާ އެތައް ވާހަކައެއް ކާއިންއާއި ރީމްއާއި ދައްކައިގެން އިތުރު މައްސަލަތައް ހައްލު ކުރެވި ދާނެ.. މިއީ އާއްމު ކޮށް އަދި މީގެ ކުރިން މި އިދާރާއިން ކުރި ކަމެއް ނޫން ކަމަށް ވިޔަސް، އަހަރެމެން ވަރަށް ބޮޑަށް އެދެން ކާއިންއާއި ރީމް މިކޮޅަށް އައިސް މިކަމުގައި އަހަރަމެންނަށް އެހީވެ ދިނުނުން.. ” މާހިލް ވާހަކަ ފަށައިގަތަމުން ބުނެލިއެވެ.
“މައްސަލައެއް ނެތް.. އަހަރެން ރީމް ގޮވައިގެން ހަމަ މިހާރު މިދަނީ ތިތަނަށް…” ފޯނު ކަނޑާލުމާއި އެކު ކާއިންގެ މޫނު މައްޗަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ. މައިރާއާއި މާޒިންއަށް އެމީހުންނަށް ހައްގުވާ އަދަބު ލިބުމުގެ އިތުރުން ޖަވާބު ހޯދަން ބޭނުން ވާ އެތައް ސުވާލެއްގެ ޖަވާބު މިއަދު ލިބޭނެ ކަން ޔަގީނެވެ.
ކާއިން ލަސްނުކޮށް މާކޯނި ގެޔަށް ދިޔައެވެ.
“ހަވީރު ސަޔަށް ދޯ ތިއައީ؟” ކާއިން އައިސް ގޭގެ ދޮރުން ވަނުމާއި އެކު އެވަގުތު މިއުވާން އާއި އެކީ ސޯފާގައި އިން އަޝްވާ ބުނެލިއެވެ. ކާއިން މިހާރު އުޅެމުން ދަނީ ކުރިން ވެސް އުޅުނު ހޮޓަލުގައެވެ. އެހޮޓަލުގެ ދެ ފަންގިފިލާ އަދިވެސް ހުރީ އަނދައި ބޭނުން ނުކުރެވޭ ހިސާބަށް ގޮސްފައެވެ. އެހެންނަމަވެސް ކާއިން ކުރިން އުޅުނު ފަންގިފިލާގައި މީހުން އަދިވެސް އުޅެއެވެ.
“ނޫން.. ކޮބާ ރީމް؟” މިއުވާން ފެނުމުން ކާއިން ރުންކުރުވިއެވެ.
“ރީމްއާއި ޝަނުމް އެއްކޮށް ބޭރަށް ސައި ބޯން ގޮސްފި.. ކޮން ކަމަކާ ރީމް ހޯދަން ތި އުޅެނީ.. ކަމެއް ބޭނުން ނަމަ އަހަރެން ކައިރީ ވެސް ބުނެލަބަ” ކާއިންގެ މޫނުމަތިން ނުތަނަވަސްކަން ފެނުމުން އަޝްވާ އަހާލިއެވެ.
އެ ސުވާލަށް ޖަވާބު ނުދީ ކާއިން އުޅުނީ އެތަނުން ދާށެވެ. އެހެންނަމަވެސް އަޝްވާ އޭނާގެ ނަމުން ގޮވާލުމުން މަޑުޖެހިލިއެވެ.
“ކާއިން ޕާޓީއަށް އަންނަ އިރު ހުދުކުލައިގެ ގަމީހަކާއި އަޅި ކުލައިގެ ފަޓުލޫނެއް ލައިގެން އަންނައްޗޭ.. އާއިލާ މީހުންނާއި ރައްޓެހިން އެއް ކުލައަކުން އަންނަން ހަމަޖެހިފައި އޮތީ” ކާއިން މަޑުޖެހިލުމުން އަޝްވާ ބުނެލިއެވެ.
ކާއިން އަޝްވާއާއި ދިމާލަށް ބަލައި ހިނިތުންވެލިއެވެ. އަޝްވާ އޭނާ އެހާ ދުރުކޮށްލީ ހޭ ހިތަށް އަރުވާލިއެވެ.
ކާއިންއަށް އެޔަށް ޖަވާބު ނުދެވިގެން އުޅެނީސް އެތަނަށް ރީމް އާއި ޝަނުމް އައެވެ.
“އެ އޮތް އައީއެއްނު ރީމް.. ރީމްގެ ބޭބެ މިއުޅެނީ ރީމް ނުފެނިގެން” ސަމާސާކޮށްލަމުން އަޝްވާ ބުނެލިއެވެ. ކާއިން އޭނާއާއި ދުރުވުމުން އަޝްވާއަށް ގޮތް ނޭނގޭ ދެރައެއް ލިބެމުން ދިޔައެވެ. އެހެންނަމަވެސް އެކަން މޫނުމަތިން ދެއްކުމުގެ ބަދަލުގައި ހިނިތުންވެ ހުރިހާ ކަމެއް ވާނީ އެއްމެ ރަގަޅަށް ކަމަށް ހިތަށް އަރުވައިގެން ހުއްޓެވެ.
“މާހިލް ބުނި މައިރާ ދެ މީހުންނާއި ވާހަކަ ދައްކާލަން ބޭނުން ވާތީ ޕޮލިސް ސްޓޭޝަނަށް އާދެވިދާނެހޭ…”ރީމްއާއި ދިމާލަށް އެބުރިލަމުން ކާއިން ބުނެލިއެވެ.
ދެން ޝަނުމް އެއީ ކޮން ވާހަކައެއް ދައްކަން ތޯ އެހުމުން ކާއިން ވެގެން އުޅޭ ގޮތުގެ ތަފުސީލެއް ދިނެވެ.
ތިން މީހުން އެކުގައި ޕޮލިސް ސްޓޭޝަނަށް ދިޔައިރު މާހިލްއާއި އަދިވެސް ފުލުހުންގެ އިސްވެރިންނާއި އޮފިސަރުން އެމީހުންގެ އިންތިޒާރުގައި ތިއްބެވެ. މާހިލް އިސްވެ ހުރެ އެމީހުން ގޮވައިގެން މައިރާ އާއި މާޒިން ތަހުގީގު ކުރުމަށް ވައްދާފައި ތިބި ކޮޓަރިއާއި ހިސާބަށް ގެންދިޔައެވެ.
“ޝަނުމް ބޭރުގައި މަޑުކޮށްލާ! ޝަނުމްއާއި ސުވާލުކޮށް ވާހަކަ ދައްކާލަން ސިފައިން އެބަ އާދޭ.. ” ޝަނުމް އެތެރެއަށް ވަންނަން އުޅުމުން މާހިލް ބުނެލިއެވެ.
“ކޮން ވާހަކައެއް!!” ޝަނުމްގެ ހިޔާލަށް މިކަމާއި ސިފައިންނާއި އޭނައާއި އޮތް ގުޅުމެއް ނައުމުން އަހާލިއެވެ.
“އެމީހުން އައީމަ އަހަރެން ޝަނުމްއާއި އެކީ ދާނަން.. އަދި ނެތް އިތުރު މައުލޫމާތެއް ދެވޭކަށް!” އެހެން ބުނެލުމަށްފަހު މާހިލް ކޮޓަރިއަށް ވަނެވެ.
މާހިލް ގޮސް އިށީދެލީ ކޮޓަރީގެ މެދުގައި ބަހައްޓާފައި ހުރި މޭޒު ދޮށުގައި ކާއިންއާއި ރީމް އާއި ޖެހިގެންނެވެ. އެމީހުން ހަމަޖެހިލިތާ މާ ގިނަ އިރެއް ނުވެ ބިޑި އަޅުވާފައި ތިބި މާޒިން އާއި މައިރާ އެތަނަށް ގެނައެވެ. މާޒިން އާއި މައިރާ އިށީންނަން ހަމަޖެހުނީ މޭޒުގެ ދެ ފަރާތުގައެވެ. އެމީހުން ތިބީ ދެން ތިބި މީހުންނާއި ތިން ވަރަކަށް ފޫޓު ދުރުގައެވެ. އެއިން ކޮންމެ މީހެއްގެ ފަހަތުގައި ފުލުސް އޮފިސަރަކު އެލާރޓުގައި ހުއްޓެވެ.
މި މައްސަލައިގެ ބާވަތުން ޕޮލިހުންގެ އެތައް ޑިޕާރޓްމެންޓުތަކުން ވެސް އެތަނަށް ހާޟިރުވެ ތިއްބެވެ. އޭގެ ތެރޭގައި ޑްރަގް އެންފޯރސްމެންޓު ޔުނިޓާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓުމެންޓާއި މެރިން ޕޮލިހުންނާއި އަދި އެހެނިހެން ޔުނިޓުތަކެވެ.
“މައިރާ އަހަންނާއި ދައްކަން ބޭނުންވަނީ ކޮން ވާހަކައެއް” މާހިލްގެ އިރުޝާދުގެ ދަށުން ކާއިން މައިރާއާއި ވާހަކަ ދައްކަން ފެށިއެވެ.
“ކޮއްކޮގެ ނަމުން މުހާތަބު ކުރަންވީ އެއްނު! އޭރުން އަހަރެން ވަރަށް އުފާވާނެ” ކާއިން ކުރި ސުވާލަށް ޖަވާބު ދިނުމެއް ނެތި މައިރާ ބުނެލިއެވެ. މައިރާ އެހެން ބުނުމުން ކާއިން އައީ އަމަކަށު ރުޅިއެއް ނޫނެވެ. އަތް މުއްކަވާލުމަށްފަހު މައިރާގެ މޫނުމަތީގައި ޖަހާލާނަމޭ ހިތަށް އެރިއެވެ. އެހެންނަމަވެސް އޭގެ ކުރިން ރީމް ކާއިންގެ އަތުގައި ހިފައި ބޯ ހޫރުވާލިއެވެ.
“ތީ އަހަރެންގެ ކޮއްކޮ އެއް ނޫން.. އަދި އަހަރެން ގަބޫލުކުރާ ގޮތުން ނަމަ ތިއީ އަހަންނާއި އެއްވެސް ގޮތަކުން ލޭގެ ގުޅުން އޮތް މީހެއް ނޫން.. ” ކާއިންގެ އަޑު މުޅި ކޮޓަރީގައި ގުގުމާލިއެވެ.
“ކޮންމެ ގޮތަކުން ވިޔަސް ކަލޭގެ ބައްޕައާއި މިހިރަ އަންހެނާގެ މަންމަގެ ސަބަބުން އަހަރެން މި ދުނިޔެއަށް އައީ!! ކިތައްމެ ހަޅޭތްލެވިޔަސް އެކަމެއް ބަދަލެއް ނުވާނެ! ” މައިރާ ވާހަކަ ދައްކަން ފަށައިގަތީ އެއްވެސް ހާސްކަމެއް ނެތި ހެވިލާފައި ހުރެއެވެ. އެހެންކަމުން ކާއިން ގާތަށް އިތުރަށް ރުޅިއައެވެ.
“އަހަރެންގެ ބައްޕަގެ ލެއިން ކަލޭ މި ދުނިޔެއަށް އައިސް ކަލޭ ތީ އެ ބައްޕަގެ ދަރިއެއް ނޫން.. ކަލޭ ބަލާ ބޮޑުކުރި މީހަކަށް އަހަރެން ސާބަސް ދެން! ރީތި އަހުލާގާއި ކުލުނުގެ ޒައްރެއްގެ މިންވަރު ވެސް ދަސްކޮށްދީފައި ނެތެއްނު!” ކާއިންގެ އަޑު މަޑު ވިޔަސް ރުޅި ގަނޑު ދިޔައީ ކެކެމުންނެވެ.
“ދޮގު ވާހަކައެއް ނޫން!! އަހަރެން ވިހެއުމަށްފަހު ބޮޑުދައިތަ އަހަރެން ގޮސްލީ ޔަތީމު ހާނާއަކަށް.. ބައްޕަ ނެތް މަންމަ ނެތް ކުއްޖެކޭ ކިޔާފަ.. އުމުރުން ސޯޅަ އަހަރު ވަންދެން އަހަންނަށް ދަސްވި އެއްޗެއް ދަސްވީ އެމީހުންގެ ފަރާތުން. އެޔަށްފަހު އެތަނުން ނިކުމެގެން އަހަންނަށް ތިބުނާ އަހުލާގު ދަސްކޮށްދިނީ މަގުމަތިން ދިމާވި ރައްޓެހިން.. ” މައިރާ އޭނާގެ މާޒީ ކިޔައިދޭން ފެށިއެވެ.
“ކީއްކުރަން ބޮޑުދައިތަ ދޮގު ހެދީ” ރީމް އަށް ސަބަބު ނުވިސްނުމުން އަހާލިއެވެ.
“އަހަރެން އެތާގައި އުޅުނު އިރު ކޮންމެ މަހަކު އެއްފަހަރު އަންހެން މީހަކު އަންނާނެ އަހަރެންގެ ހާލު ބަލައި ހަދިޔާތައް ހިފައިގެން.. އޭރު އަހަންނަކަށް ނޭނގެ އެއީ ކާކު ކަމެއް ވެސް.. އެކަމަކު އަހަރެން ކުޑައިރުއްސުރެ ދިމާވެ ވާހަކަ ދައްކާ މީހެއް ކަމުން އަހަރެން އޭނަ ކައިރިން އެތައް ކަންތަކަކު އެދުނިން.. އަދި ބުނިން އަހަރެން ވަރަށް ބޭނުމޭ އަމިއްލަ އާއިލާ ހޯދައި އެމީހުންނާއި ބައްދަލުކުރަން ވެސް.. ނަސީބު ދެރަކަމުން އަހަންނަށް އުޅެއުޅެ އެކަން ވާ ގޮތެއް ނުވި.. އެއްމެ ކުޑަމިނުން އުފަން ދުވަހުގެ ސެޓްފިކެޓެއް ވެސް ނެތް… މިހެން އުޅެމުން ގޮސް އެތައް ދުވަހެއްގެ އިންތިޒާރަކަށް ފަހު މި އަންހެން މީހާ އަހަންނަށް ގުޅާފަ ބުނީ ހޮސްޕިޓަލަށް އައިސްދީބަލާށޭ.. އަހަރެން ހޮސްޕިޓަލަށް ދިޔުމުން އޭނަ އަހަންނަށް އަހަރެން މީ ކާކު ކަން ބުނެދިން. އޭނައަކީ އަހަރެންގެ ބޮޑުދައިތަ ކަމާއި ބައްޕައާއި މަންމަގެ ނަން ވެސް ބުނެދިން.. އަދި ބައްޕަ އުޅޭ ތަނެއް ނޭނގުނަސް މަންމަ ހޯދޭނެ ގޮތް އޭނަ އަހަންނަށް ކިޔައިދިން… އަހަރެން އޭނަ ކައިރީ އެހިން ކީއްވެހޭ އަހަރެން މަންމައާއި ބައްޕަ އަހަރެން އެކަނިވެރިކޮށްލީ.. އެނގޭތަ އޭނަ ދިން ޖަވާބު!!! ” އެހިސާބަށް ވާހަކަ ކިޔައި ދިނުމަށްފަހު މައިރާ މަޑުޖެހިލިއެވެ.
“އަހަރެންގެ ނަސީބު ދެރަކަމުން އަހަންނަށް ވެސް ވީ ތިވަރު.. ޖަވާބެއް ނުލިބުނު.. ބޮޑުދައިތަ ނޭވާ ހާސްވެގެން މަރުވެއްޖެ!” މައިރާ އިތުރުކޮށްލިއެވެ.
“މަންމައަށް ތިކަން އެނގޭނަމަ ނުބުނެ ނުހުންނާނެ. މަންމަ އަހަރެން ދެކެ ލޯބިވީ ފަދައިން މައިރާ ދެކެވެސް ލޯބިވާނެ” ރީމް ބުނެލިއެވެ. ދަރިއެއްގެ ގޮތުންނާއި ހާލަތުގެ ގޮތުން މަންމައަށް ރީމް ވެސް އަދި މައިރާ ވެސް ވާނީ އެއްވަރުކަން އެނގޭތީއެވެ.
“ބޮޑުދައިތަ މަރުވުމުން ދެން އަހަރެން ފަށައިގަތީ މަންމަ ހޯދަން.. މާލެ އައިސް އެތައް ބަޔަކާއި ބައްދަލުކޮށް ހެދިން.. މަންމަ އުޅުނު ތަން އެނގުނު ނަމަވެސް އެތައް ދުވަހެއް ވަންދެން އަހަރެން ދުރުގައި މަންޒަރު ބަލަން ހުރިން.. އަމީހާ ފެނިލާ އިރަށް މަންމާއޭ ބުނެ ގޮވާލާނަމޭ ހިތަށް އެރި.. ނަމަވެސް އެހިތްވަރު ނުލިބިގެން އުޅެނިކޮށް އަހަރެންގެ ހިތުގައި އަމީހާއާއި ރީމްއަށް ނަފުރަތު އުފެދެން ފެށުނު.. އެނގޭތަ ކީއްވެގެންކަން؟” ރީމް ދެއްކި އެއްވެސް ވާހަކައެއް އަޑުނީވޭ ކަމަށް ހަދާލައިގެން މައިރާ އޭނަގެ ވާހަކައާއިގެން ކުރިއަށް ގެންދިޔައެވެ. އެހެން ބުނެލުމަށްފަހު މައިރާ ރީމްއަށް ބަލައި ހިނިތުންވެލިއެވެ. އޭރު އޭނަގެ ދެ ލޯ ވަނީ ކަރުނައިން ފޯވެފައެވެ.
“އެއްވެސް އާދޭހެއް ނެތި އަމީހާ ރީމްއަށް ލޯބިދޭ ފަދައިން އަހަންނަށް އެ ލޯބި ނުދިނީ ކީއްވެ؟ އަހަރެން ބާކީކޮށްލީ ރީމްއާއި އަހަންނާއި ކޮން ފަރަގެއް ހުރެގެން.. އެއް ބައްޕައެއް، އެއް މަންމައެއް! އެކަމަކު އަހަރެންގެ އެއްވެސް ކުށެއް ނެތި އަހަރެން މިޖެހުނީ ބާކީވެ އާއިލާއަކީ ނެތް ބައެއް ކަމަށް ހަދާލަން.. އަހަންނަށް އެހީވެދޭން ހުރީ ކާކު.. ނުރައްކާތަކުން ރައްކާތެރިކަން ހޯދަދޭން ބައްޕައެއް ނެތް. ބަލިވީމަ ބޮލުގައި ފިރުމާލަދޭން މަންމައެއް ނެތް!!! ރީމް! ކާއިން! އަހަރެންގެ ކުށަކީ ކޮބައިތަ ؟؟” މައިރާގެ ލޮލުން ނަފުރަތު ނޫނީ ނުފެނެއެވެ.
ރީމްއާއި ކާއިންއަށް އެކަކު އަނެކަކަށް ބަލާލެވުނީ މައިރާ ފަހުން ދެއްކި ވާހަކަތަކުގެ ތެދުކަން އިހުސާސް ކުރެވުމުންނެވެ. އެހެންނަމަވެސް އެއީ އެހެން އިންސާނަކަށް އަދި އަމުދުން ތިމާގެ މައިންބަފައިންގެ ފުރާނަ ނަގާލަންވީ ސަބަބެއް ނޫންކަން ގަބޫލުކުރާތީ އަދިވެސް އެމީހުންގެ ގޮތް ބަދަލުކުރާކަށް ބޭނުމެއް ނޫނެވެ.
“ދެން ހުރީ ކަލޭގެ ބައްޕަ!” ކާއިންއާއި ދިމާލަށް ބަލާލަމުން މައިރާ ބުނެލިއެވެ.
“އަމީހާ ފަދައިން އޭނަ ވެސް ވީ ނުލަފާ މީހަކަށް.. އެކަމަކު ފަހުން އަހަންނަށް އެނގުނު ގޮތުން އަމީހާ ނުވެސް ބުނޭ ހައްސާނު ކައިރީ އޭނަގެ ދަރިއެއް ހުންނަ ކަމެއް ވެސް. އެހެންކަމުން ހައްސާނުއަށް ވުރެ ބޮޑަށް މިކަމުގައި ކުށްކުރީ އަމީހާއާއި އޭނަގެ ދައްތަ! ކޮންމެ ގޮތެއް ވިޔަސް އަހަރެން މީ އަމިއްލަ އެދުން ބޮޑު މީހެއް ދޯ!! އެހެންވެ ހައްސާނުގެ ފަހަތުން ނުނެއްޓިގެން މިއުޅެނީ” މައިރާ ކިޔާދިނެވެ.
“ތި ހުރިހާ ކަމެއްގެ ބަދަލު ހިފަން އެތައް ބަޔެއްގެ ފުރާނަ ނަގާލަންވީ ސަބަބަކީ ކޮބާ؟ އެމީހުން މައިރާއަށް ކޮން ގެއްލުމެއް ދިނީ؟” ކާއިން އަހާލިއެވެ. މާހިލް އޭނާ ކައިރީ ބުނި ފަދައިން ސުވާލުތަކާއިގެން ކުރިއަށް ދިޔައެވެ.
“އަހަރެން މީ އެއްމެ މީހެއް.. މާޒިންއާއި އަހަރެން ބައްދަލުވީ އޭނަ ރީމްއާއި ރައްޓެހިވީ ފަހުން ފެށިގެން .. އޭގެ ފަހުން އޭނަ ބޯ ތެރެއަށް ވަދެ އަހަރެން އުޅުނީ އޭނައާއި ރީމް ދުރުކުރުވައި ކާއިންގެ ބައްޕަގެ މަސްތުވާތަކެތީގެ މަޅީގައި އޭނަ ޖައްސަން.. ނަސީބު ކަން ދިމާކުރި ގޮތުން ވަރަށް ވަރަށް ފަސޭހައިން އެކަން ވެއްޖެ” ކުރިމަތީގައި އިން މާޒިންއަށް ބަލައި މައިރާ އެހެން ބުނެލިއެވެ. މާޒިން އަށް މައިރާގެ ބޭނުން އެނގުމާއި އެކު އޭނާ އެހުންނަނީ ހަދާނެ ގޮތް ހުސްވެފައެވެ. މައިރާ އަކީ އޭނާ މިކަމުގެ ތެރެއަށް ވެއްދި މީހާއެވެ. އަދި މިކަމުން ސަލާމަތްކޮށްދެވެން އޮތް ހަމައެކަނި ފަރާތެވެ.
“ދެން ހުރީ ހަނާ!!! އޭނަގެ ވެސް މޮޔަކަމުން ފައިސާއޭ ބުނީމަ ކޮންމެ ކަމެއް ވެސް ކޮށްލާނެ… އެކަމަކު މިހިރަ މާޒިންއަށް ވުރެ އޭނަގެ ވިސްނުން ތޫނު.. އަހަރެންގެ ބޭނުން އެނގުމުން އޭނަ އުޅުނީ ކާއިންގެ މަންމަ ބޭނުން ކޮށްގެން އަހަންނަށް ބިރުދައްކަން! އެދުވަހަށް ފަހު އަހަރެން އޭނައަށް އިންޒާރު ދީ ރާއްޖެއިން ބޭރަށް ފޮނުވާލާފިން.. އޭނަ މިހާރު ބިރުގަންނާނެ މާލޭގައި ފައިޖައްސަން ވެސް!…. އަދިވެސް ކުރި ސުވާލަކަށް ޖަވާބު ނުދެވޭ ދޯ؟؟؟ ހެހެހެހެ!!!! ކުރިން ވެސް ބުނިހެން އަހަރެން އެކަނި ކިހިނެތްހޭ މި ހުރިހާ ކަމެއް ކުރާނީ.. އެހެންވެ އަހަރެން މާޒިން އާއި އެކީ އެމެރިކާއަށް ގޮސް ކާއިންގެ ބައްޕައަށް މަސްތުވާތަކެތި ފޯރުކޮށްދޭ މީހާއާއި ބައްދަލުކުރީ.. އޭނަ އަހަންނަށް މިހުރިހާ ކަމެއްގައި މިއަދާއި ހަމަޔަށް ވެސް އެހީވެ މިދެނީ.. އަދި މީހުން މަރުމާއި އެ ހުރިހާ ކަމެއް ކުރަނީ އޭނަގެ ބެލުމުގެ ދަށުން.. ” ދެން ވާނެ ކަމަކާއި މެދު މައިރާ ބިރު ނުގަންނަ ފަދައިން ހުރިހާ ހަގީގަތެއް އަކުރުން އަކުރަށް ކިޔައިދެމުން ދިޔައެވެ.
“ދެން މިއަދަށް ނިންމާލަމާ!” ކާއިންއަށް ވެސް އަދި މައިރާއަށް ވެސް އިތުރު ވާހަކައެއް ދައްކަން ފުރުސަތު ނުދީ މާހިލް އެހެން ބުނެލީ އެވަގުތު އޭނާ ފޯނަށް މެސެޖެއް އައުމުންނެވެ.
މާހިލް ކާއިންއާއި ރީމް ގޮވައިގެން ނިކުތްއިރު ޝަނުމް އެމީހުންގެ އިންތިޒާރުގައ ބޭރުގައި ހުއްޓެވެ.
“ޝަނުމް އާދޭ މަށާއި ކާއިން އާއިއެކީ މީޓިންރޫމަށް.. ” އަތުގައި އޮތް ފޯނަށް ބަލަން ހުރެ މާހިލް ބުނެލިއެވެ.
“ދެން ރީމް؟” ޝަނުމް އަހާލިއެވެ.
“ރީމް އިހަށް މިތާ މަޑުކޮށްލާ.. މިތާ ހަތަރު ފާރުން އެތެރޭ ކޮންމެ މީހަކަށް ވެސް ރައްކާތެރިކަން އޮންނާނެ.. އެހެންނޫނަސް މި މައްސަލާގައި އެއްވެސް މައުލޫމާތެއް ރީމްއާއި ހިއްސާކުރެވޭކަށް ނެތް” މާހިލް ބުނެލިއެވެ. އަދި އެޔަށްފަހު ޝަނުމްއާއި ކާއިން ގޮވައިގެން ޖެހިގެން ހުރި ފަންގިފިލާއަށް ދިޔައެވެ. އޭރު އެފަންގިފިލާގެ ސިޓިން އޭރިއާގައި އެތައް ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން ދިޔައެވެ. ޝަނުމްއާއި ކާއިން ކުރެ އެކަކަށް ވެސް މިވަމުން ދާ ގޮތް ނޭނގޭތީ ދެ މީހުން ވެސް ތިބީ ހައިރާންވެފައެވެ.
މާހިލް މީޓިންރޫމުގެ ދޮރު ހުޅުވާލުމުން ކާއިންގެ ފަހަތުން ޝަނުމް އެތެރެއަށް ވަނެވެ. ކާއިންއާއި ޝަނުމްއަށް އެތެރެއިން ސަލާމްކޮށް މަރުހަބާ ކީ ފިރުޝާންއެވެ.
“އަވަހަށް އިށީދޭ” ފިރުޝާން ކާއިންއާއި ޝަނުމްއަށް އެމީހުންނަށް ހާއްސަކުރެވިފައިވާ ގޮނޑި ދައްކާލުމުން އެމީހުން ގޮސް އެތާގައި އިށީދެލިއެވެ. އެޔަށްފަހު އެ ބޮޑު މޭޒުދޮށުގައި ތިބި އެއްމެނަށް ވަކިވަކިން ނަޒަރު ހިންގާލިއެވެ. ކާއިންއަށް މި ވެގެން އުޅޭ ގޮތް އެގެން މާ ގިނަ ވަގުތެއް ނުނެގިޔަސް ޝަނުމް އަދި ވެސް ހުރީ ހިތް އަވަސްވެފައެވެ.
“މީޓިން ފަށައިގަތުމުގެ ކުރިން އަހަރެން ބޭނުން ޝަނުމްއާއި ކާއިންއަށް މުޅި މި ދެ އިދާރާގެ ފަރާތުން ޝުކުރު އަދާކޮށްލަން. ޝަނުމް އޭނާގެ ފުރާނައިން ގުރުބާންވުމަށް އެއްވެސް ފަސްޖެހުމެއް ނުދެއްކި އިރު ކާއިން އަހަރަމެންނަށް އެކަން ތަހުގީގު ކުރުމަށް ވަރަށް ބޮޑަށް އެހީވެ ދިން.. ކާއިންއަށް މިކަމާއި ބެހޭ ގޮތުން ޝައްކުވުމާއި އެކު އަހަރަމެންނަށް އެނގޭ ހުރިހާ މައުލޫމާތެއް ހިއްސާކުރި.. އެ ހިއްސާކުރި މައުލޫމާތުން ބައްޕަ ހައްޔަރު ކުރެވި ޖަލަށް ލެވޭނެކަން އެނގުނު ނަމަވެސް އެއިން އެއްވެސް ކަމަކަށް ފަސްނުޖެހޭ!! މިގައުމަށް ބޭނުންވާނީ ތިޔަ ފަދަ ޒުވާނުން” މީޓިންގައި އެއްމެ އިސްކޮށް ހުރި ފިރުޝާން ކާއިންއާއި ޝަނުމްއަށް ހިނިތުންވުމެއް ހަދިޔާކުރަމުން ބުނެލިއެވެ.
ކާއިން ޝައިމް ކައިރީ އެކަން ސިއްރުކޮށްދޭން އެދުނު ނަމަވެސް މިއީ ގައުމަށް ވެވޭ ވަރަށް ބޮޑު ހިޔާނާތެއްކަން އެނގި އޭގެ އަނެއް ދުވަހު ސިފައިންގެ އިދާރާއަށް ގޮސް ހުރިހާ މައުލޫމާތެއް ހިއްސާކުރިއެވެ. ސިފައިންގެ އެތައް މަޝްވަރާއަކަށް ފަހު ނިންމީ އަދި އިހަށް ކަންތައް ޔަގީން ވަންދެން ހައްސާނު ހައްޔަރު ނުކުރުމަށެވެ. އެއީ ހައްސާނު ހައްޔަރުކޮށްފިނަމަ އެމީހުން ދެން ދޭން ރާވާފައި އޮތް ހަމަލާގެ މައުލޫމާތު ލިބުން ހުއްޓިދާނެ ކަމަށްޓަކައެވެ. އޭގެ ބަދަލުގައި ސިފައިން ދިޔައީ ހައްސާނު އަށް އޭނާއަށް ނޭނގޭނެ ހެން ފާރަލަމުންނެވެ.
ފިރުޝާން ދެއްކި ވާހަކައިން ޝަނުމް ސުވާލުގެ ނަޒަރުން ކާއިންއަށް ބަލާލިއެވެ. ކާއިން މިހާ ބޮޑު ކަމެއް ސިއްރުކޮށްގެން އުޅުނީތީ ހައިރާންވެފަ ހުރެއެވެ.
“ޝަނުމް! އަހަންނަށް އެނގޭ ޝަނުމް އެހުމުން އަހަންނަށް މިއިން އެއްވެސް ވާހަކައެއް ނުކިޔައިދެވޭކަން.. އެކަމަކު އެއީ ވަރަށް ގިނަ ސަބަބުތަކާއި ހެދި.. ފަހުން އެކަންތަކުގެ ތަފުސީލަށް އަހަރެން ދާނަން” ޝަނުމް ކާއިންއަށް ބަލާލި ގޮތުން ފިރުޝާން ބުނެލިއެވެ. ޝަނުމް ޑިޔުޓީއަށް ނުނިކުތަސް ދިޔައީ ފިރުޝާންއަށް ގުޅައި އެރޭގެ ވާހަކަތައް އަހަމުންނެވެ. އެހެންނަމަވެސް އަބަދުވެސް ލިބެނީ އެއް ޖަވާބެކެވެ.
” ހަނާ، މައިރާ، މާޒިންގެ އިތުރުން ވެސް މިކަމުގައި ރާއްޖެއިން ބޭރުގެ އިތުރުން ރާއްޖޭގެ އެތައް ބައެއްގެ އަތް އެބަ އޮތް.. ހާއްސަކޮށް ރާއްޖޭގެ ބޮޑެތި ރަށްރަށުގައި މަސްތުވާތަކެތި ފުޅާ ދާއިރާއެއްގައި ކުރާ މީހުން މި ލިސްޓުގައި ހިމެނިދާނެ.. މި އެއްމެން ހައްޔަރު ކުރެވިއްޖެނަމަ މިއީ މި ވީހާ ތަނަށް އަހަރަމެންނަށް ހައްލުކުރެވޭ އެއްމެ ބޮޑު މައްސަލައަށް ވާނެކަން ޔަގީން… ” ފިރުޝާން ކިޔައިދޭން ފެށިއެވެ.
ބައްދަލުވުމުގައި އިތުރަށް ކިޔައިދިން ގޮތުންނަމަ މިހާރު ފުލުހުންގެ ބަންދުގައި ހުރި ހައްސާނުގެ އެހީގައި ސިފައިން ވަނީ އެރޭ ހަމަލާ ދިން ފަދައިން ހަމަލާދޭން އަނެއްކާ ވެސް އައި ރާއްޖެއިން ބޭރުގެ ބޯޓެއް ހުއްޓުވާފައެވެ. އަދި ހައްސާނުއާއި ކާއިން ދިން މައުލޫމާތުގެ އަލީގައި ރާއްޖެއިން ބޭރުގެ މަސްތުވާތަކެތި ފޯރުކޮށްދޭ އެއްމެ އިސް ފަރާތް އެތާގެ ފުލުހުންނާއި ގުޅިގެން ހައްޔަރުކޮށްފައެވެ. މީގެ އިތުރުން މިހާރު ކުރަމުންދާ މަސައްކަތަކީ ރާއްޖޭގައި ތިބި މީހުން ހައްޔަރު ކުރުން ކަމަށް ވެސް ވަނީ ބުނެފައެވެ.
މިކަހަލަ އެއްވެސް މައްސަލައަކީ އާއްމު ފަރުދުންނާއި ހިއްސާނުކުރެވޭނެ މައުލޫމާތެވެ. އެހެންނަމަވެސް މައްސަލާއިގެ ބާވަތުން އެހީ ބޭނުންވާ މީހުންގެ ފަރާތުން އެހީ ހޯދައި ގައުމާއި ދީން ދިފާއުކުރުމަށް އެއްމެން ވެސް ތިބީ ތައްޔާރަށެވެ.
ޖެހިގެން އައި ތިން ދުވަސް ފާއިތުވެގެން ދިޔައީ ވަރަށް ބުރަކޮށެވެ. ޝަނުމްއާއި ކާއިން އަބަދުހެން އުޅުނީ މިކަން އެކީއެކައްޗަކަށް ނިންމާ ލެވޭނެ ގޮތެއް ހޯދުމަށެވެ. ގިނަ އިރުގެ ކެއުން ވެސް ހަމަޖެހުނީ އެތަނުންނެވެ. ގެޔަށް އާދެވެނީ ނިދަން އެކަންޏެވެ.
އަޝްވާ މިއުވާން އެކީ އުޅެމުން ދިޔައީ ކައިވެނީގެ އިންތިޒާމްތައް ވީހާ ވެސް ފުރިހަމައަކަށް ގެންދެވޭތޯއެވެ. ދޭތެރެއަކުން ކާއިންގެ ހިޔާލު އާ ވިޔަސް އަޝްވާ އެއީ ނުވާ ކަމަކަށް ހަދާލައި ސިކުޑީގެ ހިޔާލުތައް އެހެން ކަމަކަށް އަބުރާލައެވެ. އެހެންނަމަވެސް އަތުގައި އޮންނަ ފޯނަށާއި ގޭގެ ދޮރަށް ބެލެނީ ކާއިން އައިސްދާނެ ކަމަށްޓަކައެވެ.
“ކޮން ކަމަކާ މާ ފިކުރު ބޮޑުވެފަ” ހަމަ އެކަހަލަ ވަގުތެކެވެ. މިފަހަރު އަޝްވާއަށް ހޭވެރިކަން ވީ މަލަކާ އައިސް ކޮނޑުގައި ކޮއްޓާލުމުންނެވެ.
“ކަމެއް ނުވޭ! ” ގަދަކަމުން ހިނިތުންވެލަމުން އަޝްވާ ބުނެލިއެވެ.
“އަހަންނަށް ހިޔެއް ނުވޭ އަޝްވާ މި ކައިވެންޏަށް ތައްޔާރުހެން.. ” އަޝްވާ ކުއްލިއަކަށް މިފަދަ ނިންމުމެއް ނިންމީތީ މަލަކާ އެ ހުންނަނީ ހައިރާންވެފައެވެ.
“އަހަރެން ތައްޔާރު! މަލާ ވެސް ދޮންބެ އާއި މެރީ ކުރަން އުޅުނު އިރު ކިހާ ހިތް އަވަސްވެފަ ހުރީ” ކުރީގެ ހަނދާންތައް އާ ކުރަމުން އަޝްވާ ބުނެލިއެވެ.
“އަހަރެން ނިއަމްއާއި ކައިވެނި ކުރަން އުޅުނު އިރު ދޯ ތިހެން އުޅުނީ!! އެކަމަކު ޝައިމްއާއި މެރީ ކުރަން އުޅުނު އިރު ހިތް އަވަސްވެފައި ހުރީ އަހަރެން ކުރަން ބޭނުންވާ ކައިވެންޏަކަށް ވުމުން އެ ބިރުވެރިކަމާއި އެކީ.. އަޝްވާ ވެސް ލޯބިނުވާ މީހަކާއި އިންނަން އުޅޭތީ އަހަންނަށް އެއްމެ ފުރަތަމަ ވީ ގޮތް ތިވަނީ” މަލަކާ ބުނެލިއެވެ.
“އެއްމެނަކަށް އެމީހުން ލޯބިވާ މީހުން ނުލިބޭނެ ދޯ! ” އަޝްވާ ބަހަނާއެއް ދައްކާލިއެވެ.
“އެނގޭ ތިކަން… އެކަމަކު ލޯބިވާ މީހާ ނުލިބުނޭ ބުނެ ތިކާ ކުއްލިއަކަށް އެހެން މީހަކާއި އިންނަން އުޅެން ހަދައިގެން ލިބޭ ތަދު މާ ބޮޑުވާނެ” މަލަކާ އަޝްވާއަށް ވިސްނުވައިދެވޭތޯ އުޅުނެވެ.
“މިހާރު މާ ލަސްވެއްޖެ ތި ނަސޭހަތް ދޭން.. މާދަމާ އަހަރެންގެ ކައިވެނި ކުރެވޭނެ..” ޖެއްސުމުގެ ރާގަކަށް އަޝްވާ އެހެން ބުނެލިއަސް އަޝްވާ ވެސް މަލަކާގެ ވާހަކަތައް ގަބޫލުކުރެއެވެ. ހިތް އަވަސްވެފައި އެވަނީ އެސަބަބައްޓަކައެވެ.
“މިއުވާން އަނބި ގަބޫލުކޮށްފީމޭ ބުނުމުގެ ކުރިން އަޝްވާ ކައިވެނި ކުރަން ބޭނުން ނޫން ނަމަ އިޝާރާތެއް ކޮށްލާ… އޭރުން އަހަރެން އަޝްވާ އެތަނުން ގެންދާނަން.. އެކަމަކު އޭގެ ފަހުން ނުވާނެ އިނގޭ!” އެއް ލޯ މަރާލަމުން މަލަކާ އެހެން ބުނެލުމަށްފަހު ދިޔައެވެ.
ކާއިން ބުނިހެން އޭނާއަށް ހަމަ ނިދި ނުލިބޭތާ މިހާރު އެތައް ދުވަހެއް ވަނީއެވެ. މުޅި ހަށިގަނޑާއި ނަފުސު ވަނީ ވަރުބަލިކަމެއްގެ ތެރޭގައެވެ. މާދަމާ އަކީ އަޝްވާގެ ކައިވެނި ކުރެވޭ ދުވަހަށް ވުމުން މިރޭ ވެސް މި އޮންނަން ޖެހެނީ ދެކޮޅަށް ފުރޮޅި ފުރޮޅިއެވެ.
“އަޝްވާ!” ނިދިނިދި އޮތްވައި ވެސް ކާއިން ކޮޅަށް ޖެހެމުން ދަނީ އަޝްވާ މިއުވާން އާއި އެކީ ހުންނަތަން ފެނުމުންނެވެ.
ކިތައްމެ ބުރަކޮށް އުޅުނު ނަމަވެސް މި ދިޔަ ދުވަސްތަކުގައި ކާއިން އަޝްވާ މަތިން ހަނދާންނުނެތެވެ. ހިތުން ދުއާ ކުރެވެމުން ދަނީ އަޝްވާ އޭނާގެ ހައްގަކަށް ވުމަށް އެދިއެވެ. ލޯތްބަށް އިއުތިރާފު ނުވިގެން އުޅެނީސް އަޝްވާ އެހެން މީހެއްގެ ހައްގަކަށް ވާތަން ދެކެން ކާއިންއަށް ކުޅަދާނަ ވާނެ ހެއްޔެވެ؟ އަޝްވާ އަކީ އޭނާގެ ހިތުގެ ފިނިކަން ކަމުގައި ވެއްޖެތާ އެތައް ދުވަހެކެވެ. އަޝްވާއަށްޓަކައި އުޅުން އިސްހާލު ކުރީ އެހިނިތުންވުން ދެކި ލުމަށް އެދޭތީއެވެ. އެހެންނަމަވެސް އަޝްވާ އޭނާ ދޫކޮށްފައި ދަނީ ހެއްޔެވެ؟ އެއްމެ ކުޑަމިނުން އަޝްވާގެ ހިތުގައި އޭނާގެ ނަން ވެސް ނުވަނީ ހެއްޔެވެ؟
އަޝްވާގެ ހަދާން އާވާ ހިނދު ކާއިންގެ ދެ ލޯ ކަރުނައިން ފޯކޮށްލައެވެ. ހިތް މާޔޫސްވެ ހަދާނެ ގޮތް ހުސްވެއްޖެއެވެ. އަޝްވާ އޭނާ ދެކެ ލޯބިވާ ނަމަ އެހެން މީހެއްގެ ހައްގަކަށް ވާން ނޭދޭނެ ކަމަށް ކާއިން ގަބޫލުކުރެއެވެ. އެހެންނޫނަސް ކައިވެނީގެ ވާހަކަ ދެއްކުމުން އަޝްވާގެ މޫނު މައްޗަށް އައި އުފާވެރިކަން ދުށީ ކާއިންގެ ދެ ލޮލުންނެވެ. އަދި ކައިވެންޏަށް ތައްޔާރުވުމަށްޓަކައި އަޝްވާ އުޅޭ ބުރަކަން ވެސް ކާއިންއަށް ފެނެއެވެ. އަޝްވާ އެއްމެ ކުޑައިރުއްސުރެ އުއްމީދު ކުރަމުން އަންނަ ބޮޑު ކައިވެނީގެ ހަފުލާ ތައްޔާރުކުރަމުން އެދަނީ އަޝްވާގެ ދެ އަތުންނެވެ. ކައިވެނި ކުރަން އިށީންނަ މޭޒުން ފެށިގެން ކާއިން ގޮސް ކާން އިށީންނަ މޭޒުގެ ފަރުމާ ވެސް އެދަނީ އަޝްވާގެ ހިޔާލާއި އެއް ގޮތަށެވެ. ވީ އިރު މިހުރިހާ ކަމެއް ނުކުރަން ކާއިންއަށް ނުބުނެވޭނެއެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އަޝްވިން ހޮސްޕިޓަލުން ގެޔަށް ދާން ނިކުތް އިރު އޭނާގެ އިންތިޒާރުގައި ލިއުޝާ ބޭރުގައި ހުއްޓެވެ.
“އަޝްވިން! އަހަންނަށް މާފުކޮށްދީ.. އާދޭސްކުރަން.. ދެން އަހަރެން އެހެން ނުހަދާނަމޭ!” އަޝްވިން ފެނުމާއި އެކު ލިއުޝާ އާދޭސްކުރަން ފެށިއެވެ.
“އަހަރެން މިހާރު ލަދުގަނޭ ތީ އަހަރެންގެ ކުރީގެ އަބިމީހާއޭ ބުނަން ވެސް.. ތިމާއަށް ލިބިފައި އޮތް ބާރެއްގެ ނާޖާއިޒު ފައިދާ ނަގަނީ އެއްމެ ދަށު ދަރަޖައިގެ މީހުން.. ހާއްސަކޮށް ޑޮކްޓަރަކަށް ވެ ހުރެ ތިކަހަލަ ކަމެއް ކުރީތީ ލިއުޝާއަށް ލިބެން ޖެހޭ އެއްމެ ބޮޑު އަދަބު ލިބެމުން ތި ދަނީ… އަދި މައްސަލަ އެއްކޮށް ނިމުމުން ޖަލު ހުކުމެއް ވެސް އަންނާނެ” ލިއުޝާގެ އަތް ފޮޅުވާލަމުން އަޝްވިން ބުނެލިއެވެ. އަޝްވިން ވަނީ ލިއުޝާގެ މައްސަލަ ހޮސްޕިޓަލުގެ ސަމާލުކަމަށް ގެނެސްފައެވެ. އެހެންކަމުން އެމީހުން ވަނީ މިހާރު ލިއުޝާގެ ލައިސެންސް ހިފަހައްޓާފައެވެ. އަދި އަޝްވިން އެ ބުނި ގޮތަށް މައްސަލަ ނިމިއްޖެނަމަ ޖަލު ހުކުމެއް ވެސް އަންނާނެއެވެ.
“އެކަމަކު އަޝްވިން! އަހަރެން މުޅި އުމުރު ހޭދަމިކުރީ މިދާއިރާއިން އެއްމެ މައްޗަށް ދިޔުމަށް! ތިހާ ފަސޭހައިން އަހަރެން މިހާ ބޮޑު އަދަވަޅަކަށް ނުވައްޓާ” ލިއުޝާ އާދޭސްކުރަން ފެށިއެވެ.
“ލިއުޝާ އެ ރިޕޯޓް ހެދީ ނުލާހިކު ފަސޭހައިން ކަމުން މި އަދަބުވެސް ލިބެން ޖެހޭނީ ފަސޭހައިން.. އަހަރެން ނޫންކަންނޭނގެ ލިއުޝާ އަދަވަޅަކަށް ވައްޓާލައިގެން މިއުޅެނީ… އަމިއްލައަށް ހޯދި ހިތިކަމެއްގެ އަސަރު މިހާރު ތި ކުރަނީ.. ތިއަށް އަހަންނަށް ކޮށްދެވޭނެ އެއްމެ ކަމެއް ވެސް ނޯންނާނެ! ލިއުޝާ ތީ އަހަރެންގެ ދަރިފުޅުގެ މަންމަ ކަމުން އަހަރެން ލިއުޝާއަށް ކެތްތެރިވީން.. އެކަމަކު ކޮންމެ މީހަކަށް ވެސް ކެތްކުރެވޭނީ ވަކި މިންވަރަކަށް.. ” އެހެން ބުނެލުމަށްފަހު އަޝްވިން މަގު ހުރަސްކުރިއެވެ.
އަޝްވިން ސައިކަލަށް އަރައިގެން ދިޔަ މަންޒަރު ބަލަން ލިއުޝާ ހުރީ ހަތަރު އުދަރެސް ފެނު ޖެހިފައިވާ މީހެއް ހެންނެވެ. މުޅި އުމުރު މޮޅު ޑޮކްޓަރަކަށް ވާން ކުރި މަސައްކަތް އެއްމެ ފަހުން މިދިޔައީ ވެއްޔާއި މޮޑެވިގެންނެވެ. އަދި އޭގެ އިތުރުން ދަރިފުޅު ވެސް ގެއްލުނީއެވެ. އިސްޖެހި ދުނިޔެއަށް ގިނަވުން ނޫން ގޮތެއް މިއަދު ކުރިމަތީގައި ނެތެވެ. އެހެން މީހެއްގެ ލޮލަށް އިލޯށި ހަރަން އުޅެގެން މި ހެރުނީ އަމިއްލަ ލޮލަށެވެ. އަދި ވިސްނެން މި ފެށުނީ އޭގެ ތަދާއި ވޭން ހަށިގަނޑަށް ފޯރުމުންނެވެ.
އަޝްވިން އަށް ގެޔަށް އާދެވުމާއި އެކީ މަރުހަބާ ކީ އީޝް އެވެ.
“ބައްޕާ! އީޝްގެ ހެނދުން ތިއްތި ތަ؟” އަޝްވިން އީޝް އުރާލުމާއި އެކު އީޝް އަހާލިއެވެ. އީޝް ލައިގެން ހުރީ މިރޭ އަޝްވާގެ ކައިވެނީގެ ހަފުލާއަށް ފެހި ހެދުމެވެ.
“އާން ވަރަށް ތިއްތި! އެކަމަކު ހާދަ އަވަހަށޭ ދަރިފުޅު ތައްޔާރުވާން ތި ފެށީ!” އީޝް ގޮވައިގެން އެތެރެއަށް ވަންނަމުން އަޝްވިން އަހާލިއެވެ.
“ހެދުން ރީތިކަމުން އީޝްއަށް ނުލައި ނުހުރެވުނީ. ދޯ.” އެއަޑު އިވުމުން ހިންދު ބުނެލިއެވެ.
“އީޝް އެކަނި ތަ؟ ބަލާބަލަ އަޝްވާ؟” އެވަގުތު އެތަނަށް ކައިވެނީގެ ހެދުމުގައި އައި އަޝްވާ ފެނިފައި ސޯފާގައި އިން ޝައިމް ބުނެލިއެވެ.
“އަހަރެން މިއައީ ހެދުން ރީތި ތޯ އަހާލަންށޭ! ހިތް ބުނަނީ މިއީ ރަގަޅު ހެދުމެއް ނޫނޭ” ތުން ދިގުކޮށްލަމުން އަޝްވާ ބުނެލިއެވެ.
“އެކަމަކު ތިއީ އަޝްވާ މީގެ ފަސް އަހަރު ކުރިން ފަށައިގެން ލާން ނިންމާފައި އޮތް ހެދުމެއްނޫންތަ؟” ހިންދު ބުނެލިއެވެ.
އެއްމެން އެގޮތަށް ވާހަކަ ދެއްކުމުން އަޝްވާ އަދި އެއްފަހަރު ހެދުމަށް ބަލާލިއެވެ. މިއީ އެއްވެސް އުނި އިތުރެއް ނުގެނެސް ހަމަ އެޑިސައިނަށް ފަހާފައި އޮތް ހެދުމެކެވެ. ވީ އިރު ކައިވެނީގެ އިހުސާސް އޭނާއަށް ނުކުރެވެނީ ކީއްވެ ހެއްޔެވެ؟
ގޭގެ ދޮރުން ވަދެގެން އައި ކާއިންގެ މޫނުމަތީގައިވަނީ ހާސްކަމެވެ.
“ކާއިން، ހާދަ އަވަހަށް ތައްޔާރުވެގެން ތިއައީ.. ޔަގީން ކާއިން ގަޑިޖެހޭނެކަން އެގޭތީ އަޝްވާ އަވަސް ގަޑިއެއް ބުނީކަން” ސޯފާގައި އިށީދެގެން އިން ޝައިމްއަށް ކާއިން ފެނުމުން ބުނެލިއެވެ.
“ކޮބާ އަޝްވާ.. ކޮޓަރީގަތަ” ޝައިމް ދެކި ވާހަކައައް ރައްދު ދިނުމެއް ނެތި ކާއިން އަހާލިއެވެ.
“ކޮޓަރީގަ އެބައުޅޭ.. ކައިވެނި ކުރަން އުޅޭތީ ދެންމެ އުޅުނު ކުޑަކޮށް ހާސްވެގެން. މަށާއި މަލަކާ ވާހަކަދައްކާލީމަ މިހާރު އޯކޭ ވެއްޖެ” ޝައިމް ބުނެލިއެވެ. ނަމަވެސް ކާއިންގެ ފަރާތުން އެޔަށް މާބޮޑު ސަމާލުކަމެއް ލިބުނުހެން ހީނުވެއެވެ. ޝައިމްއަށް ކުޑަކޮށް ބަލާލުމަށްފަހު ކާއިން ހިގައިގަތީ އަޝްވާގެ ކޮޓަރިއާއި ދިމާލަށެވެ.
މީހަކު ދޮރުގެ ތަޅުގައި ހިފާލި އަޑަށް އަޝްވާ އެދިމާލަށް ބަލާލިއެވެ.
“ކާއިން.. މިގަޑީ ކީއްކުރަން ތިއައީ..” އަޝްވާ ދެބުމަ މައްޗަށް އަރުވާލަމުން އަހާލިއެވެ.
“ބިޒީ ގަޑިއެއްގަ ދޯ މިއާދެވުނީ…” އަޝްވާއަށް ބަލާލަމުން ކާއިން ބުނެލިއެވެ. އަޝްވާ ހުރީ ކައިވެނީގެ ރަސްމިއްޔާތައް ފެހި ހުދުކުލައިގެ ބޮޑު ހެދުން ލައިގެންނެވެ.
“ކިޔާނެ އެއްޗެއް ނެތީތަ.. ނޫނީ އަހަރެން ހަމައެހާވެސް ހުތުރީތަ” ކާއިންގެ ދިމާކުރުމުގެ ބަހެއް އަމާޒުނުވުމުން އަޝްވާ އަހާލިއެވެ.
“ނޫން.. ވަރަށް ރީތި.. ހީވަނީ..” އަޝްވާގެ ފުރިހަމަކަން ސިފަކޮށްދޭނީ ކޮން ބަހަކުން ކަން ކާއިންއަށް ވިސްނައިގަންނަން އުދަގޫވިއެވެ. ފޫހިކަމެއް ނެތި އަޝްވާއަށް ބަލަހައްޓައިގެން ހުންނަން ކާއިންއަށް ދަތިކަމަކަށް ނުވާނެއެވެ. އެހާވެސް ބޮޑަށް އަޝްވާގެ ފަރިކަން އޭނާގެ ހިތުގައި ބިންވަޅު ނެގިއްޖެއެވެ.
“ހީވަނީ ކޯއްޗެއްހެން.. ކަނޑުފުރޭތައެއް ހެންތަ. ނޫނީ ސަފަރުދައްކަހެން ތަ” އަޝްވާ އެތެރެއަށް ވަންނަމުން ބުނެލިއެވެ.
“ނޫން.. ހަމަ ހަގީގަތަށް މިބުނަނީ ވަރަށް ރީތި.. މިއުވާން ފަދަ ނަސީބުވެރިޔަކަށް އަހަރެންވެސް ވާނެ ނަމައޭ ހިތަށް އަރާ” އަޝްވާގެ ފަހަތުން އެކޮޓަރިއަށް ވަންނަމުން ކާއިން ބުނެލިއެވެ.
“ހިގާ އައިސްކުރީމް ބޯން ދާން. ދެން މިހެން ލިބޭނީ ވަރަށް މަދު ފުރުސަތެއް ކަންނޭނގެ. މިއުވާން އާއި އިދެގެން ލަންކާއަށް ބަދަލުވީމަ ކާއިންއަށް ނުކުރޭނެ އަހަރެން ކައިރިއަށް އަންނާކަށްވެސް”
އަޝްވާ އޭނާ ކުރިން ލައިގެން ހުރި ހެދުން ނަގައިގެން އެއްޗެހި ބަދަލުކޮށްލަން ފާހަނައަށް ވަނެވެ.
އަޝްވާ ހެދުން ބަދަލުކޮށްލަން ފާހަނައަށް ވަނުމުން ކާއިން އޭނާގެ އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. ފާއިތުވެގެންދާ ކޮންމެ ސިކުންތަކާއި އެކު ހީވަނީ ހިތް ފިތި ބާރުވަމުން ދާހެންނެވެ. ސިކުޑީގައި އެތައް ހިޔާލުތަކެއް ދައުރުވަމުން ދިޔައެވެ. ކަންތައްކުރަންވީ ކިހިނެތް ހެއްޔެވެ؟ ލޯބިވާ ވާހަކަ ހާމަކުރަންވީ ހެއްޔެވެ؟ ނޫނީ ސިއްރުކޮށްގެން ހުންނާނީ ހެއްޔެވެ؟
“ކާއިން… ކޮން ކަމަކާ މާ ހާސްވެފަ” އަޝްވާ ފާހަނައިން ނުކުތްއިރު ދެއަތުން ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓައިގެން އިން ކާއިން ފެނި އަހާލިއެވެ.
“ކަމެއް ނުވޭ… ހިނގާ އަވަހަށް ދާން” ކާއިން ތެދުވެގެން ގޮސް އަޝްވާގެ އަތުގައި ބާރަށް ހިފަހައްޓާލަމުން ބުނެލިއެވެ.
“އިހަށް މަޑުކޮށްބަލަ. އިސްތަށިގަނޑު މިއޮތީ އެއްކޮށް ހޭވިފައޭ” އަޝްވާ ކުޑަކޮށް ހީލަމުން ބުނެލިއެވެ.
“ނޫން.. ވަރަށް ރީތިކޮށް އޮތީ.. ދެން އާދެބަލަ އަވަހަށް” އަޝްވާ ލޯގަނޑު ކައިރިއަށް ދާން އުޅުމުން ކާއިން ބުނެލިއެވެ.
“އައިސްކުރީމޭ ބުނީމަ އަހަރެން ނޫން ދޯ ފޯރި އަރަނީމި.. ކެތްތެރިވާން ނޭނގެނީ ހަމަ ކާއިންއަށް” އަޝްވާ ސަމާސާގެ ރާގަކަށް ބުނެލިއެވެ. މީގެ ކުރިން ދެ މީހުންނަކީ އަބަދުހެން ބޭރަށް ނުކުމެއްޖެނަމަ އައިސް ކުރީމް ނުބޮއި ގެޔަށް ނުވަންނަ ދެ މީހުންނެވެ. އޮފީހުގެ ފުރިޖުގައި ގިނަވާނީ އައިސްކުރީމެވެ.
“އާން… އަހަންނަކަށް ނޭނގެ ކެތްތެރިވާކަށް..ދެން ވެސް ލަސްނުކޮށް އާދެބަލަ” އަޝްވާ ކުޑަކޮށް ހައިރާންވިއެވެ. ކާއިންގެ އަޑުގައި އެހެންޏާ ނުހުންނަ ސީރިއަސްކަމެއް ވާކަން ފާހަގަކުރެވުނެވެ.
“އަނެއްކާ ކާއިންއާއި އޭނާގެ އާއިލާއާއި މެދު އިތުރު ހަމަނުޖެހުމެއް ހިނގީ ހެއްޔެވެ؟ ” އަޝްވާ ހިތައި ހިތައި ކިޔައިލިއެވެ. އަދި އެހެންކަމަށް ހީކޮށް ކާއިންއާއި އެކީ އިތުރަށް މަޑުކުރުމެއް ނެތި ދާން ހިނގައިގަތެވެ.
އަޝްވާ ސައިކަލަށް އަރައި ހަމަޖެހުމާއި އެކު ކާއިން ސައިކަލުގެ ހުންގާނުގައި ހިފައި ކުރިއަށް ދުއްވާލިއެވެ. ދާންވީ މިސްރާބު އަންދާޒާކޮށްލުމަށްފަހުގައެވެ.
“ކާއިން.. ކީއްކުރަން މިމތަނަށް އަހަރެން ގޮވައިގެން ތިއައީ.. ބައްޕަގެ އިތުރު މައްސަލައެއް ޖެހުނީތަ އަނެއްކާ” ސައިކަލު މަޑުކޮށްލުމާއި އެކު އަޝްވާ އަހާލިއެވެ.
“އަހަރެން އެބައޮތް ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި” ކުޑަކޮށް ބޯ ކަހާލަމުން ކާއިން ބުނެލިއެވެ.
“އަބަދުވެސް ބޮޑު ވާހަކައެއް ދައްކަން ވެފައި ކާއިންއަށް އޮންނާނީ.. ކީއްވެތަ ދޮންބެ އަށް ކިޔައިނުދިނީ.. ކައިވެނި ކުރަން އެޅޭތީ އަހަރެން ސިކުޑި މިހިރީ ސުމަކަށް ގޮސްފަ… އިތުރު ކަމަކާއި ވިސްނަން ޖާގައެއް ނެތް” ޗުސްތަޅާލަމުން އަޝްވާ ބުނެލިއެވެ.
ދެމީހުން އެކުގައި ގޮސް ވަނީ ހޮޓެލުގައި ހުންނަ ކާއިންގެ ކޮޓަރިއަށެވެ.
“ދެން އަވަހަށް ބުނެބަ.. ކިހިނެތްވީތަ؟ ” ކާއިންގެ ސީރިއަސްކަން ކަނޑުވާލުމަށް މަޖާވެލައިފައި އަޝްވާ ބުނެލިއެވެ.
“އަޝްވާ މިއުވާން ދެކެ ލޯބިވޭތަ” އެނދުގައި އިށީދެލަމުން ކާއިން އަހާލިއެވެ.
“ދެން ތިހެން އަހާއިރުވެސް އެގެޔެއްނު މިއީ އަހަރެން ލޯބިވެގެން ކުރާ ކައިވެންޏެއް ނޫންކަން.. ” އަޝްވާ އައިސް ކާއިން ކައިރީ އިށީންނަމުން ބުނެލިއެވެ.
“ދެން ކީއްކުރަން އޭނައާއި އިންނަން ތިއުޅެނީ، އަޝްވާއެއްނު ބުނީ ލޯބިވާ ދެމީހުންނަށް ނޫނީ އެކުގައި ބާޖަވެރި ހަޔާތެއް ވޭތަނުކުރެވޭނޭ.. ކީއްވެ އެހާ އަވަހަށް ހިޔާލު ބަދަލުވީ” އަޝްވާ އަށް ބަލާލުމެއް ނެތި ކާއިން އަހާލިއެވެ.
“ކާއިންއަށް ކަންނޭނގެ އެގޭނީ މީގެ އެއްމެ ބޮޑު ސަބަބު.. އަހަރެން ބޭނުން އަމިއްލަ ކުދިން ހޯދައި އެކުދިންނަށް މައިވަންތަކަމުގެ ލޯބި ދޭން.. އެފުރުސަތު އަހަންނަށް ލިބެން އޮތީ ވީހާވެސް އަވަހަށް މީހަކާއި އިނދެގެން.. ނަސީބު ކަން ދިމާކުރި ގޮތުން އަހަރެން ލޯބިވާ މީހަކު ނެތަސް އަހަރެން ދެކެ ލޯބިވާނެ މީހެއް ލިބިއްޖެ.. ލިބިފައި އޮތް ފުރުސަތެއްގެ ބޭނުން ހިފައިގެން ކުރިއަށް ދާން އަހަރެން ބޭނުމީ.. އެހެންނޫނީ ވަގުތު ފާއިތުވެދާނެ” އަޝްވާ އޭނާގެ އަމިއްލަ ނަފުސަށް ވިސްނައިދެމުން ދިޔަ ބަސްތައް ކާއިންއަށް އިއްވާލިއެވެ. ހިތް ބިރުގަންނަން ކޮންމެ ފަހަރަކު އަޝްވާ ވިސްނަނީ މިފަދައަކުންނެވެ. މިނޫން ގޮތެއް ނެތޭ ހިތަށް އަރުވަމުންނެވެ.
“އަޝްވާ އެއްފަހަރުވެސް ހިތަށް އަރުވާލިންތަ އޭނަ އެއުޅެނީ އަޝްވާގެ މުއްސަނދިކަމުގެ ދަހިވެތިކަމުގައޭ” ކާއިން އަޝްވާ އަށް ބަލާލަމުން ބުނެލިއެވެ.
“ކާއިން.. ” އަޝްވާ އަށް ކޮޅަށް ތެދުވެވުނެވެ.
“ކީއްވެ ތިހެން ބުނަންވީ.. ކާއިންއަށް ނުފެންނަނީތަ މިއުވާން އަހަރެން ބޭނުން ވާވަރު.. ގޭގައި އުޅޭ އިރުވެސް އަބަދު އިންނާނީ ކައިރީގަ. ކޮންމެ ކަމެއްގައިވެސް އެހީވެދޭނެ…. އެހެންނޫނަސް މިއުވާން އަކީ އަހަންނާއި އަޅާ ބަލާއިރު އެތައް ގޮތަކުން މުއްސަނދި މީހެއް.. ” އަޝްވާގެ އަޑު ބާރުވެގެން ދިޔައެވެ.
“އެކަހަލަ މީހުން ޖައްސާނީ ތިކަހަލަ މަޅިއެކޭ.. ފުރަތަމަ އެކުވެރިކަން.. ދެން ލޯބީގެ ގޮތުން ގުޅިގެން ކާއިވެނިކޮށް ނިމުނީމަ ދޯކާ ދޭނީ.. އަޝްވާ ނޫނަސް ރީތި އެތައް އަންހެން ކުދިންނެއް އެބަ ތިބި. ކީއްވެތަ އެމީހުން ފަހަތުން ނުދުވަނީ..ކޮންމެހެން އަޝްވާ ފަހަތުންތަ އޭނައަށް ދުވަން އެގުނީ” ކާއިން މިއުވާންއާއި ދެކޮޅަށް ވާހަކަ ދެއްކިއެވެ. އަޝްވާގެ ހިޔާލު ބަދަލުވޭތޯއެވެ.
“ކާއިން… މިއުވާން އަކީ ތިކަހަލަ މީހެއް ނޫން. އޭނަ ކާއިންއަށް ވުރެ އެތައް ހާސްބައި ގުނަ ރަގަޅު.. ކާއިން ހެން އޭނަ ނުދުވައޭ ދުވާލަކު އެއްކުއްޖެއްގެ ފަހަތުން..” އަޝްވާ އަޑުހަރުކޮށް ބުނެލިއެވެ.
” އަޝްވާއަށް އެއްވެސް މީހެއްގެ އަނދިރި ފަރާތް ނުފެންނާނެ.. އެއްމެންވެސް ފެންނާނީ ހުދު ކަފަކޮޅެއްހެން. މީހަކު ތައުރީފެއް ކޮށްލާއިރަށް އޭގެ މާނައެއްނޫން އޭނަ އުޅެނީ އަޝްވާ ދެކެ ދީވާނާވެގެންނޭ” ކާއިން ބުނެލިއެވެ.
“ކާއިން ތިބުނަނީ އަހަރެންމީ ރީތި މީހެއް ނޫނޭތަ.. އަހަރެން ފަލަވެފަ ހުތުރުވީމަ އިންނާނެ މީހަކު ނުވާނޭތަ..” ލޮލަށް ޖަމާވި ކަރުނަތައް ފަރުދާ ކުރުމަށްޓަކައި އަޝްވާ ކާއިންއަށް ފުރަގަސްދިނެވެ. އެއީ ކާއިން ކުރި މަލާމާތެއް ނަމަވެސް އަޝްވާގެ ހިތަށް ތަދުވެގެން ހިގައްޖެއެވެ.
“އަޝްވާ އެއީ އަހަރެން އެހެން ބުނި އެއްޗެއް ނޫން” ކާއިން ކުރިއަށް ޖެހިލައި އަޝްވާގެ ކޮނޑުގައި އަތް ބާއްވާލަމުން ބުނެލިއެވެ.
“ދެން އެހެންވެއްޖެއްޔާ ކީކޭ ހިތަށް އަރައިގެން ކާއިން ބުނި އެއްޗެއް އެއީ.. ކާއިން އަހަންނަށް ކުރާ މަލާމަތް ނުފުދިގެންތަ އަހަރެންގެ ހަޔާތުގެ އެއްމެ މުހިއްމު ދުވަހުވެސް ތިހެން ތިކިޔަނީ.. އަދިވެސް ހިތް ނުފުރެނީތަ.. ” އަޝްވާ ކާއިންއާއި ދިމާލަށް އެބުރިލަމުން ބުނެލިއެވެ. އޭރު ކަރުނަތިކިތަކުން ދެލޯ ވަނީ ފޯވެފައެވެ.
“އަހަންނަކަށް ނޭނގެ މިއުވާން އަހަރެން ދެކެވަނީ ހަގީގީ ލޯބިކަމެއް ނޫނީ ނޫންކަމެއް. އަހަންނަށް އެނގޭވެސް ހާ އެއްޗަކީ މިއުވާން ނޫން އެހެން ފިރިހެނެއްގެ ލޯއްބާއި އަޅާލުން އަހަރެން އަހަންނަށް ދުވަހަކުވެސް ނުލިބޭކަން. އަދި މީހެއްގެ ބަހެއްގެ މައްޗަށް ބިނާކޮށް އެލޯތްބައް ފުރަގަސްދޭން އަހަރެން ބޭނުންނުވާކަން. ކިހިނެތް އެނގޭނީ ދުވަހުވެސް މީހަކަށް އަހަރެންދެކެ ލޯބިވެވޭނެކަން. ނޫނީ އަހަރެން ލޯބިވާ މީހެއް ލިބޭނެކަން. މިހުރިހާ ސަބަބުތަކަށްޓަކައި އަހަރެން ބޭނުމެއްނޫން ކައިވެންޏާއި ދެކޮޅު ހަދާކަށް.. ކާއިންވެސް ތިފަދަ ހިޔާލުތަކުން އަހަރެން ދުރުކުރެވޭތޯ ނޫޅުނިއްޔާ ރަގަޅީ” އަޝްވާ ބުނެލިއެވެ.
“އަހަރެން މިހުރިހާ ވާހަކައެއް މިދައްކަނީ އަޝްވާ ދެރަކޮށްލާކަށް ނޫން. އަހަރެން ބޭނުމެއްނޫން އަޝްވާ ކަތި ފިޔަވަޅެއް އަޅައިގެން އެކަމުގެ ހިތާމަ މުޅި އުމުރަށް ކުރާކަށް.. ކައިވެންޏަކީ ވަރަށް ބޮޑު ކަމެއް.. ވަރަށް ވިސްނާފަ ނޫނީ ކުރުން ރަގަޅު ކަމެއް ނޫން.. “ކާއިން އަޝްވާގެ މޫނުގައި ދެއަތުން ހިފާލަމުން ބުނެލިއެވެ.
“އަނެއްކާވެސް ވަރަށް ބޮޑަށް ބިރުގަނެއްޖެ” އިސްޖަހައިލަމުން އަޝްވާ ބުނެލިއެވެ.
“ކާއިން އާދޭސްކުރަން ތިކަހަލަ ވާހަކަ ދެއްކުން ހުއްޓާލާ.. އެހެންނޫނީ ކައިވެނި ކުރާނެ ހިތްވަރު ގެއްލިދާނެ” އަޝްވާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
“ބިރުގަންޏާ ކައިވެނި ކުރާނެ ކަމެއް ނެތް.. މިތާ މަޑުކޮށްލާ.. އަހަރެން ޝައިމްއަށް ގުޅާފަ ވެގެން އުޅޭގޮތް ކިޔައިދީފާނަން” ކާއިން އަމިއްލަ އެދުމުގައި ބުނެލިއެވެ.
“ނޫން… މިހާރު ބިރުގަތަސް ފަހުން ރަގަޅު ވެދާނެ… ދެން ހިނގާ ދާން…” ފާރުގައި ހަރުކޮށްފައި އިން ގަޑިއަށް ބަލާލަމުން އަޝްވާ ބުނެލިއެވެ. އަދި ކާއިންގެ އަތުގައި ހިފައި ދާން ހިގައިގަތެވެ.
“ހިނގާ ބަލަ ދެން.. މިހާރު އެއްމެން ލަސްވެގެން ހޯދަން ފަށާނެ.. ” އަތުގައި ހިފައި ދޮރާއި ދިމާލަށް ގެންދަން އުޅުނު ނަމަވެސް ކާއިން ކުރިއަށް ހިނގައިނުގަތުމުން އަޝްވާ ލޯކުޑަކޮށްލަމުން ބުނެލިއެވެ.
“އަޝްވާއަށް މިއުވާން އާއި ކައިވެނި ނުކުރެވޭނެ، އަހަރެން އެފުރުސަތެއް ނުދޭނަން” ކާއިން ސީރިއަސް ރާގަކަށް ބުނެލިއެވެ.
“ދެން މަޖަލެއް ނޫނޭ ކާއިން.. ހިނގާބަލަ ދާން..” އަޝްވާ އަނެއްކާވެސް ކާއިން އަތުގައި ބާރަށް ހިފައި ދަމާލިއެވެ. ނަމަވެސް ކާއިންގެ ހަރަކާތައް ބަދަލެއް ނާދެއެވެ.
“ކާއިން ނަޔަސް އަހަންނަށް ހެޔޮ. ގެނޭ ކާޑު” ކާއިންގެ ފަޓުލޫނުގެ ޖީބުން ކޮޓަރީގެ ދޮރު ހުޅުވާ ކާޑު ނަގަން އަޝްވާ އަތް ދިއްކޮށްލިއެވެ. މި ހޮޓެލުގެ ދޮރުފޮތްތައް ބޭރުން ވެސް އަދި އެތެރެއިން ވެސް ހުޅުވެނީ ކާޑު ބޭނުން ކޮށްގެންނެވެ. ކާއިން ހުރީ އެކަމަށް ހުޝިޔާރުވެގެން ކަމުން އަޝްވާގެ އަތް ފޯރުމުގެ ކުރިން އޭނާ ޖީބުން ކާޑު ނަގައިގެން ގޮސް ބެލްކަންޏާއި ދިމާލަށް ހިގައިގަތެވެ.
“ކާއިންއަށް ވުރެ އަހަރެން މާބަރުގަދަ ވާނެ.. ބަލަން ހުންނާތި ކާއިން އަތުން އަހަރެން ކާޑު އަތު…” އަޝްވާއަށް ބުނެވުނީ އެހާ ހިސާބަށެވެ. އަޝްވާގެ ޖުމްލަ ފުރިހަމަ ނުކުރެވުނީ ކާއިން އޭނާގެ އަތުގައި އޮތް ކާޑު އެއްލާލުމުންނެވެ. އެއްލާލި ބާރުމިނުގައި ގޮސް ކާޑ ުއަޅުވާފައި އޮތް ތަޅުދަނޑި ފަތި ގޮސް ޖެހުނީ ޖެހިގެން ހުރި އިމާރާތުގެ ފުރާޅުގެ މައްޗަށެވެ.
“ކާއިން ގަނޑާ.. ދެން ކިހިނެތް އަހަރެން މިތަނުން ނުކުންނާނީ” އަޝްވާ ކާއިންގެ މޭމަތީގައި ޖަހާލިއެވެ.
“ދެންވެސް އަހަރެން ބުނާ ގޮތަކަށް ކަންތައް ކުރޭ.. އެހެންނޫނީ މާދަމާ ހެނދުނު ވާންވާއިރަށްވެސް އަޝްވާއަށް މިތަނުން ނުދެވޭނެ” ކާއިން ވިހަ ހިނިތުންވުމަކާއި އެކީ ބުނެލިއެވެ.
“ކާއިން ހީކުރީ އަހަރެން މީ މޮޔައެއް ކަމަށްތަ.. މިހާރުވެސް ރިސެޕްޝަނާއި ގުޅައިގެން މިކޮޓަރީގެ ދޮރު ހުޅުވިދާނެ” އަޝްވާގެ ސިކުޑިއަށް ހިޔާލު ބުނެލިއެވެ.
“ހީވޭތަ ތިހެން ކަންތައް ކުރަން ފުރުސަތު ލިބޭނެހެން” އަޝްވާގެ އަތުކުރީގައި ބާރަށް ހިފަހައްޓާލަމުން ކާއިން ބުނެލިއެވެ.
“ހިގާ ބަލަމާ” އަޝްވާ ކާއިންގެ އަތުން ވީއްލިގަތީ ނުހަނު ފަސޭހަކަމާއި އެކީގައެވެ. އަދި ލަސްކުރުމެއް ނެތި އަވަހަށް ކޮޓަރި ތެރެއަށް ވަދެ ފޯނު ހުރި ދިމާލެއް ހޯދާލިއެވެ.
އަޝްވާ ރިސެޕްޝަނަށް ގުޅަން ނަންބަރު ޖަހާލިއެވެ.
“ކީއްވެ ތަ ރިންގު ނުވަނީ!” އަޝްވާ އެހެން ބުނަމުން ކާއިންއާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ކާއިން ކުރި ކަންތަކުން އަޝްވާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ.
“ކާއިން!!!” އަޝްވާގެ އަޑު މުޅި ކޮޓަރީގައި ގުގުމާލީ ކާއިން ކަތުރުން ފޯނު ލައިނު ކަނޑާލުމުންނެވެ.
ފޯނުގެ އަތްގަނޑު އެއްލާލުމަށް ފަހު އަޝްވާ ކާއިންގެ ގައިގައި ޖަހަން އިސްއުފުލާލިއެވެ.
“އައި ލަވް ޔޫ އަޝްވާ!” އަޝްވާ އިސްކުރި އަތުގައި ހިފައި އިތުރަށް ގަޔާއި ކައިރިކޮށްލަމުން ކާއިން ބުނެލިއެވެ.
74 Comments
Comments are closed.
So much happened! Gave so many answers!!! Dhn kon kon suvaalegge answer nulibeny??
And liusha Ah dhin adhabu ok tha???
Kaain loabi vaa vaahaka bunyas ashwa wedding abort kollaanetha???
Much love. Have a happy night. Good night all ???
Vvvvv reethi ??????
Thanku dear ??
We need to get kaain some sleep. Eyna nidhi libigen dhw hama heyga hureveyneeves. I m going to prepare a blanket for him.
hehehe ???.. yes dad ge kanthaa emme furathama boa govan feshy.. eyah fahu ashwa!!! he would sure appreciate it
????????????
V V V reethi ? ? ? ? ? ? ? ? ? ? ?
Thanku desr ??
wowww obiness to the max hats of to our best writer story haadha reechey v thafaathu wedding postpone vehjehyyaa salhivaane thi miuvaan eii ragalhu niyathehggaa ulhey meeheh hen hiyeh nuve ?❤?❤?❤????????????????????????????bjnaane ehcheh negnge story nimey iru
Hehheeehe. Lets see if wedding eh onnaane thw… ashwa might marry miuvaan aai ves dhe hama…vvvvv happy vejje dear ??
އަޝްވާތީ ޖަޕާނު މަހެއްތަ؟ ? ރޫން މި ޕާޓް ވަރަށް ހަބޭސް ?
Hehhe. Ashwa okay vaane thihen kiyas. She loves children. Dhuahakuves mamma egge loabi nulibenyaa e loabi dheveythw ulheneythaa dhw .. thanku bro ???
?Superb..
Avahah up kohdhybala kiyaahithun hureveneekee noon??
Thanku leen ???
waaaaaaaaaaaaau finally varah reethi mi part ves thankyou maroon. Got so many answers but still there is one specific qstn that i want an answer. Reem ge mammayah neyngeni tha libuny twins kan? maira kuda iru reem ge mammayah neyngi bodu daitha genes kuda kudhinge hiya akah li dhw? too bad she left without telling the answer. nw only maroon can give that answer. and if reems mom doesnt knw abt maira either maira will forrever feel guilty for killing her own mother evves kushaka nula. As for liyusha i am so happy for wat happened to her. u deserve it thi dr akah ekashigen vaa meeheh noon. dhey jail ah thats ur place idiot. wow hindh and ashwin finally again back together dhw such love. And kaain my dear i feel so sorry that ur hurting too,thats ur punishment for hurting ashwa and not trusting her. maira still needs to reaveal abt that day roon. anyway finally kaain confessed his feelings dhw. tik tok.i still think ashwa confess kuriyas mi marriage onnane hen. her dad and shaim wont b happy with kaain but if miuvan got to know abt the truth i think he will let her marry kaain and go if he is a gentleman he will do that. But then again who knows he might become evil too heheh, waiting for the next part roon i really dnt want this marriage to happen.
I am so so so happy to read this beautiful comment!!!!
Thi suvaaluge javaabu hoadhen othy bodudhaitha noony ameeha kairin. But sad that they have died! Ekms kommeves gothakun javaabu dheynan. Liusha ah hama evy emme ragalhah dhe. Maa bodaa vegen ulhenya emme fahun ladu libeyny ?
Yes Yes Yes romantic happy days are ahead of hind and ashwin.. m sure they are the luckiest to have each other ❤??
As for ashwa ge wedding , kaain loabi vamey bunyas i think ashwa will have doubts kommes gothakun.. hoping she can come over those before time passes!
Yes miuvaan ves goas vedhaane hama ! Emmen ves beynun vaany amilla edhunthaa dhw !
So happy dear. Annoying reader is HAPPY ???? much love. Sure going to miss you when the story ends
hehe i hope things get settled down soon before their marriage. miuvan ves bad vedhaane lets see, if he does i hope marriage ge kurin bust vaane kamah. love this part and i love your stories soo much roon <3 i am going to miss this story and roon tooo. will look forward to more of ur stories in future <3
Kon day eh. Mom maraali day??
Hmm eba ranglhu vey varah reethi mibaives keep it up maroon waiting for ashwaa ge javaabah
Thanku dear… hehhe. Lets see dhw ???
Alheyyyyyyy….hadhha reethi ey mivaahaka.. …..ashwaa yes ey bunajchey kaain ah….u two look so good together……maroon varah avahah next part up kohdhehcheyyyyy….varah kei madhuvefa mihiry next part kiyaalann….lots of love❤?❤???❤???❤???❤?
Thanku maikko ?
Vvvv happy vejje dear…maroon ashwa kairee bunelaanan ngey thihen ??
Much love tc ?
When is next part?? Plx maroon.. next part avahah up koh dhybala… Love this story very much..
In sha Allah tmrw next part. Thanku dear ?? v happy vejje thihas shaugaai eky story kiyasthy
Alhe kiyaahithun indhaa enimunee. Kon irakun next part
Thanku hajja. In sha Allah tmrw ??
Alhey haadhaha inthizaareh kureemeyou. ..kaain lobi va vaahaka bunaane irakah. ….fainaly dhw❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Inthizaaruge nimun v foni vaane kmah gabool kuran. Mibuny ashea yes bunaane kmah. Heheh. Thanku dear ??
OOOHH YAAASSS… kaain ah emme fahun confess kurevijje dho.. aan liushaa ah thi hedhy hama hadhan vaa gothah… she is a culprit.. and maira boa sakaraaiy dhw.. she needs to meet a psychatrist inge… hindh aa ashvin hama relationship goalzz.. one of my fav couple… reem aa shanum ge baithah adhi genesdhehchey… v v reethi mi part ves.. and kaain aa ashwa ah goi dhookurumuge class eh nagaidheyn vaane dhemyhun vegen… ehn nuny kihineh dhemyhun marry kohgen ulheyny.. lol
thanku mihaa loabi story eh genesdheythyve… loveeeeess <3
Oh shudha ❤
Shamun ge scences liyan fattaa irah hadhaan vany shudha mathin. Yes adhi e couple ge baithah genesdheynan..maira ah appointmenteh hadhan miulheny dr akah dhakkaalan. And kaain and ashwa fonuvaanan councelling session akah shudha kairsh. Ragalhah naseyhai dheythy. Kaain ge rulhi gadu madu kurumahves .. hehe. Muh love tc ????
Vr thafaathu interesting story eh. Vr obi. thanx writer for the nice part.?????????????????????????????❤??????????????????????Adhi mirey up kohdhdhedba plxccccccxxxxxxxxxxxxxx.kiyaahithun nuvey nidheyne. Plxxxxxccxxxxxxxxxx..
Thanku dear. V ufaa vejje story thihaa reethi veema. And v bodah sorry. I dnt think mjrey vaanehen. But lasnukoh kiyaalan furushath libeyne. ???
Maroom ves handhaan nethuneetha ne.. naaim eh nun niam kiyanee ?
V hadhaan nethey names thah. Story feshigen ulhu iru gadegga liygen ulhuny ?
Ehenves vaane dhw baeh faharu ?
Thanku dear ??
Kaaain ah ashwa libeynama ..waiting for the next part
Dhw… thanku mixuhan ??
Dhen oiy part mirey up kohladhyn veenu kiyaalaahithun hurevenyeynoon
Thanku Aam. Mirey i dnt its possile dear ??
Mirey thankolheh lasvehje dhw maroo… Mee shaviyani atoll aadheveynetha??????… Thihira sifa kohdhinumeh dhw maroo… Hama bashuhttey varuvey molhukamun…???… Thivarukameh hama nethey shann ah hama abadhuves buneveyny… Story athuraalaafa hurigoehves hama ehvanaey buneveyny…???.. Thi visnymaa hiyaalah hama ahssaribahaa saabasdhen…?????????… Thigothah rythikoh story ninmaaves leveytho balahchey igey loabivaa maroo… Thy molhu vaahaka liyuntherieh… Luv n Miss u..??????????????????????
Hehhe. Thihaa dhurah nudheynethaa dhw. But e okay vaane. You will still be remembered as a good reader and someone and someone who gives me a lot of support.. vvvv happy vejje shann ??? loves
June mee haadha j vaa kuhjekey dhw… Emyhaku support dheyny emyhaku beynun gothakah
Ekm attention hoadhaakah nun dho ulheynee?
Alhey ????… Dhn ashvaa kihineh baa hadhaanee??? ????… Mi part in v gina answers libihje ????… V v vx ragalhu adhabeh ingey liusha ah maroon thi dhiny… ????… She deserves that… Mi part vx v v v reethi ❤️❤️❤️❤️… Hama awesome ????… V v furihama ????… I’m soooooo happy that kaain confessed his love ????… Bt ashvaa kaain aa marry kuran gaboolu viyas her dad n shaim gaboolu vaanebaa anehkaa?? I don’t think so… Bt they might… E myhunnah visnaa dhinyma gaboolu kohfaane hama ????… Curiously waiting for the next part… Lots of love and take care ❤️❤️❤️???????????????
This is so beautiful dear! Vvv happy vejje mihaa loabi commenteh kollyma…i also blv ei ragalhu adhabu kamah. We need to learn from our mistakes before time passes. Eyna ekan kurumuge kurin maafah edhi thaubaa vejje nama v ragalhuvys. Ekams nukuri ennu.. kaain love ah confess kuriyas they still have so many challenges ahead. Furathama higaa ashwa yes bunaathw balan…loves tc ???
Masha Allah …vvv reethi mibaivx dhn kaain aa ashva gulhuvaba maroon…hehe? next part vx avaskoh up kurahchey….love u ❤️??
Thanku naaz! Thikan kireveythw miulheny. Ekam ei ashwa ves beynun vaa nama dhw ?
Sure dear…. in sha Allah ??
Tic toc tic toc…ashva keekey baa bunaanee….heevanee gabooleh nukuraanehen….ashva kaain ge hiy thaiy kohdheebala dhen ..mihaaru ekuhjaage hithuga noannaane kan neynge nuthelhey ekathikolhu ves…? aslu heevanee ameeha akah neyngey hen twins libunukameh…reem akee eunage loabi vaa meehaahe dharieh veema ehaa loabi evee…dhen maira ah ehen hadhaane hen v heenuvey…vaahaka reethi veema abadhu belenee up vefa in tho ?❤
Hehehhe.. yes yes vaguthu hama faaithu vany. They need to make a stable decision before thee marriage… maroon bunaanan ashwa kairee thihen. Hope she listens dhe.. kaain hama eyoh ekko hithaamaiga.. ashwa ah ekani mikan kohdheven othy. .. yes ameehah neygenyhen maroon ah ves heevey. Ekams higaa dhw answer eh libeythw balam. Much love dear ???
Maasha Allah. v v heart touching….i think ameehaa ah neygi konme ves meehaku maira gen dhiya e..ameehaa ah neygeyne dhw libunee twins kan ves..finally kaain ah ves bunivije dhw loabi vaa vaahaka..dhen balamaa ashwa ge decision aki kobaa kan..alhey maira ves haadha sad vaane ye dhw hageegah igey dhuvahakun..dhen maroon hingaa wedding ah dhaan…eyrun thaa ethanuge fini
Hoonu min ves huree kihaa varakah kan igeynee ves.. ??? ur da number one igey..really v v salhi igey sifa kurun thakaa ,bas thah athuraalaafa hunna goh..aish ah v v kamudhey mi story kuriah dhaa goh…keep it up dear????much love..tc.
Thaku Aish. Thi suvaaluge javaabu v gina gothun dhevidhaane. Ekam adhi story ge javaabu adhi dheynann ngey…yes maira vvvv guilty feel vaane. Ekams eyru onnaany vaguthu faaithu vefa dhww…hehhe u r invited dear. Kaain aai eky dhahchey. He needs some support…much love tc ???
i love you maroon??????????v loabi mi part geness dheefa inleh well done ??????dear can’t waite next part??maroo v molhu storyge kunnu geness dheyleh maroo keehvetha thihaa molhy ??lvu??????
Hehehe nux. bunyanyaa mi part ge emme fahu scence ei story ge 30 vana part ge kurin liyefa in baeh. .. maroo molhu viyas molhy thi kudhinge support libeythy… vvv happy vejje ngey mi comment kiyaalaafa. Much love desr tc ???
Eyy ey ey ey ey alhey haadha haadha haaaaaaadha reehchey. Alhey ashwa keekey baa bunaany. Plx ashwa mifaharu visnaalaafa kaigen miuvaan aa nukurey. Kaain aa kaigen kurey plxxxx
Thanku sana. You sure will be happy in the next pary. Much love ??
Wow . Salhi. Anehbai avahah upkoh dhechey
Thanku dear ??
Mi nimenytha??ehaa avahah nuninmahchey..varah loabi kaain aa ashwa ulhey goi?????????..varah reethi waiting for next part☺☺☺☺☺☺☺
Thanku reysh. Dhn konme kamehves nineynethaa dhw.. hehe. ??
♡♡♡♡♡♡♡♡❤❤❤❤❤❤❤❤❤❤❤❤❤???????????????varah ves furihama.varah reethi
Thanku hairaan ??
Heyy maroon heyo nuvaane konme faharaku ehen hadhaakah .mi faharu e dhekudhin gulhuvan furusathu dhiybala.n liusha ah ehaa bodu adhabu nudhiy .eyna ge dhariah takaa.stry v nice waiting 4 next part.
Gud nyt.????
Awww. Lets see dhw if i cud bring some happiness. Kuh kureema adhabu libumuge kurin maafah edhunu nama dhw. Hurihaa ehcheh gellunyma visnuny. But m sure ashwin will still eesh ah mom akee goas meehegge gothugai nudhakkaane kamah. ??
As usual story v reethi… Dhen kaain ah thihaa hurt nukohba… Hope Ashwa yeh ey bunaane kamah.. Ea 2 meehun gulhuva dheebala plx
Thanku lamsha. Be happy to read the next part ??
wow .. love u roon ♥♥♥
Much love ??
Maroon hadha molhey..v reethi adhi ehame thafathu vahakaeh mee..keep going..may god bless u❤❤❤
Vv ufaa vejje dear.thi thafaathu kan thi kudhinna fenumun .. thanku dear ??
Adhi kiriyaa vaahaka mi kiyaa levuniii… Haadha reehchey mi bai.. Hama emme kiyaalan beynunvaa hisaabun e nimuniii.. Ehaa dhigu koh oiyy iru ves heevii kuda thankolheh hen.. Ehaa ves kiyaa hithun iniii… Adhi ves heart hama ding ding vey vey eba… Varah salhi hama.. Emme fahu bai hama obi norve.. Alhey dhen neynge bunaane ehcheh ves… Anekka kaainge huvafenakah mikan nuvahchey.. ?
Dhn kihineh baa ashwa hadhaanii dhww.. Ashwa marry eh nukuraane kanneyge kaain buneema.. And liusha ah libuniii hama haggu adhabu… Javaabu nulibey suvaaleh dhww.. Hummmm… Ameehaa ah keeve twins libun kan neynguniii..
Mihaathanah story ga kiyun emme hiyy thalhuvaali part mii.. Hama varah varah reethi… Thank you varah bodah mi haa reethi story eh genesdhey thii… Lots of love ?❤?
Hehehe. Jeen ?
Assu thihaa dhigukoh story aai behey gothun comment kollaathy v ufaavey. Yes ehen baithakah vure dhigukoh mi part innaany. Vvvvvv happy vejje dear.yesyes thi isnt a dream for sure…. thi suvàaalu ge javaabu dheyfa in sha Allah story nimmaalaany.much love from me. Always love your comments ???
Hey maroon…hadha reehchey mi vaahaka…??kaain haadha rangalhey???….naseebeh ashwa ah loabi husha elhi kan☺….sw answet hope kuraa fadhain accept kurah vaandheve??…aameen??….ashwa akee varah ehen meehunge ihusaasthakah nulaahiku ihuthiraam kura kujjehnnu???..sw kaain ge edhumah ashwa vx vaane ijaaba dheyn???…..eyrun mi vaahakaige completely happy ending ekey buneveynee??…maroon thiee hama mrs perfect❤…eha vx molhu hama vaahaka liyelan??…masha allah…thiya asaruga hama rangalhah vx jassaifi?❤…mi vaahaka aadheythery visney varun mi ulheny abadhu??….so kon irakun next prt up kolla dheynee???avahah up kolladhehvahche????…..eyrunennu kiyaafa avahah comment eh vx kolleveynee…..mihaaru esfiya site un maroon ah award eh nudhevunennu sw ??THE BEST WRITTER AWARD?? kkk mi dhinee maroon ah????❤❤…..avahah up kollahche next prt????????❤❤??????????????????????????????….
Kkk v miss vi ngey.yes she does think abt others ekamakuves ehen meehunves jeheyne dhw ashwa ah ves visnan.vvvvvvvvvv happy vejje desr. Such a colorful,sweet loabi commenteh fenunyma.hehehe so happy to accept this award from you dear ❤??
Much love tc ????
Maroooooon kobaa aneh part? Avas kolla dhn
emme reethi thankolhun thi nimmaaly….next part avahah up koh dhehchey
Kobaa next part upkodhiibala… Mihaaru kiyaahithun hureveniyakii e noon… And kaiveniige kantha tha kuriya gosffa ovaa thihen viimaa aswaa ge dad ves gaboole nuvaane dhw…