Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންމަޖާލޯބި

އަނދިރިފަރާތް 22

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
March 3, 2018 8 Mins Read
31 Comments

“އަރޫން. ހިނގާ ޝުބާގެ މަންމަ ގާތު ބުނަން ޝުބާ އެޖެންސީގަ މަސައްކަތްކުރި ވާހަކަ.”

އިރުކޮޅަކު އެހެން އިނުމަށްފަހު ރޫޝިން ބުނެލި އެއްޗެއްގެ ސަބަބުން އަހަރެން ކޮށިއެރިއެވެ. ކެއްސަމުން ކެއްސަމުން އަހަރެން އޭނާގެ މޫނަށް ބަލާލީ އެ ކުރަނީ ސަމާސާއެއް ކަމަށް ހީކޮށެވެ. ނަމަވެސް އަހަރެން ހީކުރިގޮތާ ޚިލާފަށް އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. ސަމާސާގެ އެއްވެސް ކުލަވަރެއް އެ މޫނުމަތިން ފެންނާކަށް ނެތެވެ. ރޫޝިން މޮޔަވީ ހެއްޔެވެ؟

“އާ ޔޫ ސީރިއަސް؟”

މީހެއްގެ ހިލަމެއްވޭތޯ ދެކޮޅު ހޯދާ ބަލާލުމަށްފަހު އަހަރެން މަޑުމަޑުން އަހާލީމެވެ.

“ޝުބާގެ މައިންބަފައިން ކިހާ ފަޚުރުވެރިވާނެ ޝުބާ މަރުވީ މި ގައުމަށްޓަކާކަން އެނގުނީ….”

ރޫޝިން އަނެއްކާވެސް ވާހަކަދައްކަން ފެށިއެވެ. ނަމަވެސް އަހަރެން އޭނާގެ ޖުމްލަ މެދު ކަނޑައިލީމެވެ.

“ނޯ. ރޫޝިންއަށް ނުވިސްނޭތީ ތިހެން ތި ބުނަނީ. ޝުބާގެ މަންމަމެންނަށް ހަގީގަތް ހާމަކޮށްފިއްޔާ ވާނެގޮތް އެނގޭތަ؟ އެމީހުން އެޖެންސީ މީހުން ދެކެ ރުޅިއަންނާނީ.. އެމީހުންގެ ދަރިފުޅު އެމީހުންގެ އެއްވެސް ހުއްދައަކާ ނުލާ އެޖެންސީއަށް ވެއްދީތީ. ދޭ ކެން އީވެން ސޫ އަސް، ޝިން. ވިސްނާލަބަލަ.”

އަހަރެން ރޫޝިންއަށް ވިސްނައިދެވޭތޯ ބެލީމެވެ. ޝުބާގެ މައިންބަފައިންނަށް އެނގިފައި އޮންނާނީ ޝުބާ ނިޔާވީ މާލެ ހިފަން އައި މީހުން ދިން ހަމަލާއެއްގެ ސަބަބުންކަމެވެ. އިތުރު އެއްޗެއް އެމީހުންނަކަށް ނޭނގޭނެއެވެ.

“ޔޫ އާ ރައިޓް.”

ކުޑަކޮށް ވިސްނާލުމަށްފަހު ރޫޝިން އެހެންބުނުމާއެކު އަހަންނަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ.

ސައިބޮއި ނިންމާލުމަށްފަހު އަހަރެމެން ކާގެއިން ނިކުތްއިރު ޝުބާގެ މަންމަ ސިޓިންގްރޫމުގައި އިނެވެ. ފާރުގައި ހަރުކޮށްފައިވާ ފެމެލީ ފޮޓޯގަނޑަށް ބަލަހައްޓައިގެން އިންއިރު އެމޫނުމަތިން ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ ވޭނެވެ. އަހަރެމެން އައިތަން ފެނުމާއެކު އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ.

“ދައްތާ. ކޮބާތަ ޝިބާން؟ ގޭގަ ނޫޅެނީތަ؟”

ރޫޝިން އަހާލިއެވެ.

“ނޫނޭ، ކޮޓަރީގަ އެބައޮތް. ދޭބަލަ އެތެރެއަށް..”

ޝިބާން އުޅޭ ކޮޓަރިއާ ދިމާއަށް އިޝާރާތްކުރަމުން ޝުބާގެ މަންމަ ބުނެލިއެވެ. އެއާއެކު ރޫޝިން އެކޮޓަރީގެ ދޮރު ހުޅުވައި އެތެރެއަށް ވަންނަން ދިމާކޮށްލިއެވެ. އަހަރެންވެސް ރޫޝިންގެ ފަހަތުން ދިޔައީމެވެ. ކުރީގައި ޝުބާ އަހަރެން ގާތު ޝިބާންގެ ވާހަކަ ވަރަށް ގިނައިން ދައްކާނެއެވެ. ޝިބާން ކުރާ ޖެއްސުންތަކުގެ ވާހަކައާއި، ކުރާ މޮޔަ ކަންތައްތަކުގެ ވާހަކައެވެ. ނަމަވެސް، މިއީ އަހަރެންނަށް ޝިބާން ހަމަ ލޮލަށް ފެންނާނެ ފުރަތަމަ ފަހަރެވެ.

“އަދިވެސް ނިދިކުރައްވަނީ؟”

ރަޖާގަނޑު މުޅިގައިގައި އަޅައިގެން އޮތް ޝިބާން ފެނުމުން ރޫޝިން ބާރަކަށް ގޮވާލިއެވެ. އެއަޑަށް ޝިބާން ކަންނެތް ގޮތަކަށް ދެލޯ ހުޅުވާލިއެވެ. ރޫޝިންގެ މޫނު ފެނުމާއެކު ހައިރާންކަން އެކުލެވޭފަދަ ގޮތަކަށް އޭނާ ދެލޯ ހަނިކޮށްލިއެވެ.

“ރޫޝިންތަ؟”

ނިދިއަޑުން އެހެން އަހާލުމަށްފަހު އޭނާ ތެދުވެ އެނދުމަތީގައި އިށީނެވެ. ދެތިން ފަހަރަކު ލޯ އުނގުޅާލުމަށްފަހު އޭނާ އެއްފަހަރު ރޫޝިންއަށް އަދި އަނެއްފަހަރު އަހަރެންނާ ދިމާއަށް ބަލާލިއެވެ.

“ތީ ބޮޑު ޓްރެއިޓާރ އެއް!”

އިރުކޮޅަކު އެހެން އިނުމަށްފަހު ޝިބާން ބާރަކަށް ހަޅޭއްލަވައިގަތެވެ. އެނދުން ތެދުވެގެން ދުވެފައި އައިސް އޭނާ ރޫޝިންގެ ގައިގައި ބާރަކަށް ބައްދާލިއެވެ. އޭނާގެ އެ ޙަރަކާތުން ރޫޝިންވެސް ހުރީ ފާޑަކަށް ހައިރާންވެފައެވެ. ދެލޯ ތަންމިނަށް ހުޅުވައިގެން ހުރެ ރޫޝިން ބަލާލީ އަހަންނާ ދިމާއަށެވެ. އެ މަންޒަރު ފެނި އަހަރެންގެ ހިތަށް އައީ ކޮންމެވެސް ހިންދީ ޑްރާމާއެއްގެ ސީންއެކެވެ.

“އަމްމް..”

އެހެން ބުނުމަށްފަހު ރޫޝިން ކަރުކެހެލިއެވެ. ޝިބާން އޭނާއާ ދުރުވޭތޯ ކަންނޭނގެއެވެ. ނަމަވެސް ޝިބާން އިތުރަށް އޭނާގެ ހަށިގަނޑުގައި އޮޅުލައިގަތީއެވެ. ރޫޝިންއަށް ވެފައި ވާވަރު ފެނި އަހަރެން ގާތަށް އައީ ނުލަފާ ހިންޏެކެވެ. އޭނާ ހުރީ ނޭވާލާން ވެސް ދަތިވެފައެވެ. އަނގަމަތީގައި އަތް އަޅައިގެން ހުރެ އަހަރެން ބަނޑަށް އަޑުއިވޭވަރަށް ހޭންފެށީމެވެ. ޝިބާން އުޅުނު ގޮތުން ހީވީ އޭނާގެ “ލޯންގް ލޮސްޓް ލަވާރ” ފެނިގެން އުޅުހެން ވިއްޔާއެވެ.

“ކީއްވެ ގުޅާނުލީ؟ އޭރު ދިޔަ ގޮތަށް ހަމަ އެއްވެސް ޚަބަރެއް ނުވެ ހުރެހުރެފަ ކުއްލިއަކަށް ތިއައީ ކީއްކުރަން؟؟”

ރޫޝިންގެ ގައިން ދޫކޮށްލުމަށްފަހު ޝިބާން ދެއަތް އުރާލަމުން ރުޅިވެރި ގޮތަކަށް ވާހަކަދެއްކިއެވެ.

“ބިޒީކަމުންނޭ.”

ރޫޝިން ކުރު ޖަވާބަކުން ފުއްދާލިއެވެ.

“ނޯ. ނޯ. ތީ ގަބޫލުކުރެވޭވަރުގެ އުޒުރެއްނޫން!”

ޝަހާދަތް އިނގިލި ދިއްކޮށްލަމުން ޝިބާން ނުރައްކާތެރި ގޮތަކަށް ބުނެލިއެވެ. އަހަރެން ދެއަތް އުރާލައިގެން މި ދެމީހުން ދޭތެރޭގައި ހިނގަމުން މިދާ ‘ޑްރާމާ’ ބަލަން ހުރީ ނިކަން ޝަޢުޤާއެކީގައެވެ.

“އަސްލު ގުޅާލަން އުޅުނީމޭ.”

ރޫޝިން އަނެއްކާވެސް ބުނެލިއެވެ.

“މަ ކިތައް ފަހަރު މެސެޖުކުރިން! ގުޅަންވެސް ގުޅިން! އެކޮޅަށް ދިޔަ ގޮތަށް ނަންބަރުވެސް ބަދަލުކޮށްލީ ދޯ؟”

ޝިބާން ހިތްހަމަނުޖެހިފައި ބުނެލިއެވެ.

މިހާރު ކުރިއަށް މިދާ ސީން ދެލޯބިވެރިން ދޭތެރޭގައި ހިނގާ ކޯޅުންގަނޑަކާ ހާދަ ވައްތަރެވެ.

“ސޮރީއޭ.”

ރޫޝިން ޝިބާންގެ ކޮނޑުގައި އަތް އަޅުވާލަމުން ބުނެލިއެވެ. ނަމަވެސް ޝިބާން އޭނާގެ އަތް ނިކަން ބާރަށް ފޮޅުވާލިއެވެ.

“ތީ އަސްލު ހާދަ ގޯސް ރަހުމަތްތެރިއެކޭ. ދިމާވި އެންމެ ބޮޑު ކަންތަކާއެކު…. މީހާ ފިލީ..”

ޝިބާން މިފަހަރު ވާހަކަދެއްކިއިރު އެއަޑުގައި ރިހުން އެކުލެވިފައި ވިއެވެ. އޭނާ ‘ބޮޑު ކަންތަކޭ’ ކިޔައި އެ މުޚާތަބުކުރީ ޝުބާ ނިޔާވި ހާދިސާއަށްކަން އަހަންނަށް ދެނެގަނެވުނެވެ. ރޫޝިން އިސްޖަހާލިއެވެ. ޝިބާން އެދެއްކީ ތެދު ވާހަކައެއްކަން އޭނާއަށް ޤަބޫލުކުރެވުނީ ކަންނޭނގެއެވެ.

“އައިމް ސޯ ސޮރީ ޝިބާން. ހަމަ އަސްލުވެސް.”

ރޫޝިން އަނެއްކާވެސް މަޢާފަށް އެދުނެވެ. އޭނާ އެހުރީ ހަޤީޤަތުގައި ވެސް ވަރަށް ދެރަވެފައިކަން އޭނާގެ ޙަރަކާތްތައް އަހަންނަށް ހެކި ދިނެވެ.

“ދެން މައްސަލައެއްނެތް.. މާޒީގެ ވާހަކަ ނުދައްކަމާ..”

ޝިބާން މަޑުމަޑުން ބުނެލިއެވެ. ޝުބާގެ ހަނދާންތައް އާވުމާއެކު އޭނާގެ ހިތަށް އުނދަގޫވީ ކަންނޭނގެއެވެ. މޫނުގައި ދެއަތުން ފިރުމާލުމަށްފަހު އޭނާ ދެން ބަލާލީ ރޫޝިންގެ ގާތުގައި ކޮޅަށްހުރި އަހަންނާ ދިމާއަށެވެ.

“މީ ކާކު؟ ރައްޓެއްސެއް؟”

އަހަރެންނަށް އިޝާރާތްކޮށް ޝިބާން އެހެން އަހާލުމާއެކު ރޫޝިން ބޯޖަހާލިއެވެ.

“އާދޭ. ދެމީހުން މިތާ އިށީންދޭ.”

އަންނައުނުތަކުން ފުރިފައިވާ އޭނާގެ އެނދުމަތީގައި ތަންކޮޅެއް ހަދާލަމުން އޭނާ ބުނެލިއެވެ. އަހަރެންނާ ރޫޝިން ގޮސް އޭނާ ދެއްކި ތަނުގައި އިށީނީމެވެ.

“ކޮބާ ބައްޕަ؟ ޝިބާންގެ މަންމަ ބުނި ޝިބާންއާ ދެމީހުންނޭ މި ދުވަސްކޮޅު ގޭގަ އުޅެނީ.”

އިށީންދެ ހަމަޖެހިލަމުން ރޫޝިން ސުވާލުކޮށްލިއެވެ.

“ބައްޕަ ވަރަށް ގިނަ ދުވަހު މިކޮޅުގަ އުޅެފަ އެދިޔައީ. އެކޮޅުގަ ބިޒްނަސް ހިންގާތީ ދާންޖެހޭނެތާ. ޝުބާގެ މަރަށްފަހު މަންމަ ހުންނަނީ ނަފްސާނީ ގޮތުން ބަލިކަށިވެފަ. އެހެންވެ ބައްޕަ އެހާ ގިނަ ދުވަހު މަޑުކުރީވެސް. ޝުބާ ނެތީމަ ގޭތެރެ އަސްލު………ހާދަ ފަޅޭ..”

ޝިބާން މަޑުމަޑުން ވާހަކަދެއްކިއެވެ. އެއަޑުގައި އެއްވެސް ޖޯޝެއް ފޯރިއެއް ނެތެވެ.

“މަންމަ މިހާރުވެސް ހަމަ ހުރެފަ ކުއްލިއަކަށް ރޯން ފަށައިފާނެ. ރޮމުން ކިޔާނީ ޝުބާ މާލެއަށް ނުފޮނުވުނު ނަމައޭ.”

ޝިބާން ރިހުން އެކުލެވިގެންވާ އަޑަކުން ވާހަކަދެއްކިއެވެ. ޝުބާ އަކީ މި ޢާއިލާގެ ދިރުންކަން އަހަންނަށް މިހާރު އެނގިއްޖެއެވެ. ޝުބާގެ މަރާއެކު މި ޢާއިލާގެ އުފާވެރިކަން މިވަނީ އެއްކޮށް ގެއްލިފައެވެ.

“އަހަންނަށް އަސްލު ޝުބާއާ ދޭތެރޭ ކަންތައް ކުރެވުނީ މާ ރަނގަޅަކަށް ނޫން… އަހަރެންގެ ކަމަކީ އަބަދު އޭނާއަށް ޖެއްސުންކުރުން… އަހަރެން….”

ޝިބާންއަށް ބުނެވުނީ އެހާ ހިސާބަށެވެ. ކަރުގައި އެއްޗެއް ތާށިވެފައިވާ ފަދައަކުން އޭނާގެ އެ ޖުމްލައަށް ހުއްޓުން އެރިއެވެ. ފެންކަޅިވެ، ރަތްވެފައިވާ އޭނާގެ ދެލޯ ފެނުމުން އަހަރެން ހިތުގައިވެސް ރިއްސާލިއެވެ. އޭނާގެ އަނގައަށް ޖައްސަމުންދާ ވައްތަރުތަކުގެ ސަބަބުން އޭނާ އެ މަސައްކަތްކުރަނީ ނުރޯންކަން އަހަންނަށް ދެނެގަނެވުނެވެ.

“އައި މިސް ހާރ ސޯ ބޭޑްލީ..”

ކަރުނަތައް އެތެރެއަށް ހިންދާލަމުން އޭނާ ބުނެލިއެވެ. އެވަގުތު ރޫޝިން ޝިބާންގެ ބުރަކަށީގައި މަޑުމަޑުން ފިރުމާލީ އޭނާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

** **

ރޭގަނޑުގެ ވަގުތު އެޖެންސީގެ މަޝްވަރާ ރޫމުގައި އެކަނި މާކެނި އިންއިރު އަހަންނަށް ވިސްނެމުން ދިޔައީ ޝުބާގެ ޢާއިލާއާ ދޭތެރޭގައެވެ. އެމީހުންގެ ހިތަށް ފަސޭހަކޮށްދިނުމުގެ ގޮތުން އަހަންނަށް ކޮށްދެވޭނެ ކަމެއް ނުވިސްނުމުން ދެރަވިއެވެ. އަހަރެންނަކީ އެއްވެސް ޢާއިލާއެއް ހުރި މީހެއް ނޫނެވެ. ޢާއިލާއަކާ ނުލާ އުޅެން ޖެހުމުން ކުރެވޭނެ ހިތި އިހުސާސް އެންމެ ރަނގަޅަށް އެނގޭނެ އެކަކީ އަހަންނެވެ.

ދޮރު ކެހިގެން ދިޔަ އަޑަށް އަހަރެން އެދިމާ ބަލާލީމެވެ. މާޒް އާއި ރޫޝިން ވަދެގެން އަންނަތަން ފެނުމުން އަހަރެންގެ ހިތަށް އެންމެ ފުރަތަމަ ވެސް އައީ ރައިނާގެ އައިޕެޑުގައި އިން ފޮޓޯގަނޑެވެ. މިއީ އެ ވާހަކަ މާޒް ގާތު ދެއްކުމަށް އެންމެ ރަނގަޅު ވަގުތޭ އަހަރެންގެ ހިތަށް އެރިއެވެ.

“މާޒް. ވީ ނީޑް ޓު ޓޯކް.”

މާޒްއާ ދިމާއަށް ސީރިއަސް ނަޒަރަކުން ބަލަހައްޓައިގެން އިނދެ އަހަރެން ބުނެލީމެވެ. އެއާއެކު އޭނާ އެއްބުމަ އަރުވާލަމުން އައިސް އަހަރެންގެ ކުރިމައްޗަށް ވާގޮތަށް ހުރި ގޮނޑީގައި، މޭޒުގެ އަނެއް ފަރާތުގައި އިށީނެވެ. ރޫޝިންވެސް އައިސް ތަންކޮޅެއް ދުރުގައިވާ ގޮނޑިއެއްގައި ޖައްސާލިއެވެ. ފޯނާ ކުޅެމުން ގެންދިޔައިރު އޭނާ އަހަރެމެންނަށް މާ ބޮޑު ސަމާލުކަމެއް ދޭހެނެއް ހިޔެއް ނުވެއެވެ.

“ކިހިނެއްވީ އަނެއްކާ؟”

ލައިގެން ހުރި ރަތް، ގޮޅިޖެހި ޖެކެޓު ރަނގަޅުކޮށްލަމުން މާޒް އަހާލިއެވެ. ކަރުގައި ރަތް ކުލައިގެ ބޮޑު ހެޑްފޯނެއް އަޅުވާލާފައި ވީއިރު އޭނާގެ ބޯ ވަނީ އާދައިގެ މަތިން ތުނިކޮށް ކޮށާލެވިފައެވެ.

އަހަރެން އޭނާއަށް އިއްޔެ ވެގެން ދިޔަ ކަންތަކުގެ ވާހަކަ އަލިފުން ޔާއަށް ކިޔައިދިނީމެވެ. ރައިނާގެ ފޯނުން އެމީހާގެ ފޮޓޯ ފެނުނު ގޮތާއި، އެމީހާ ރައިނާއަށް ކުރި ސުވާލުގެ ވާހަކައެވެ. އެއާއެކު މާޒްގެ މޫނުމަތިން ފެނިގެން ދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

“ކީއްވެބާ އޭނާއަށް އަހަރެން މިތަނުގަ ވޯކް ކުރާކަން ޝައްކުވާންވީ؟”

ދަތްދޮޅީގައި އަތް ހާކާލަމުން މާޒް ވާހަކަދެއްކިއެވެ.

“އަހަންނަކަށްވެސް ނޭނގެ ތިއެއް މާޒް. ހީވޭތަ މާޒްގެ އަންހެނުން އެހެން މީހެއް ގާތު ކިޔައިފާނެހެން؟”

ހިތުގައި އޮތް ސުވާލު އަހަރެން ކޮށްލީމެވެ.

“ނޫން. އޭނައެއް ނުބުނާނެ އަރޫން. ލައި ޑިޓެކްޓާރ އިން އަހަރެން އޭނަ ޓެސްޓު ކުރީމޭ.”

ވަގުތުން މާޒްގެ ޖަވާބު އައެވެ. ނަމަވެސް އެމޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަތަކުން އޭނާ ކޮންމެވެސް އިތުރު ކަމަކާ ވިސްނަމުންދާހެން އަހަންނަށް ހީވިއެވެ.

“އާރިފް ސާރއަށް ރިޕޯޓް ކުރަންވާނެ ދޯ؟”

އަހަރެން އަހާލީމެވެ. މިއީ ހަޤީޤަތުގައި ކުޑަ ކަމެއް ނޫން ކަމުގައި އަހަރެންގެ ސިކުނޑި ބުނަމުން ދިޔައެވެ.

“ނޫން! ބުނެފިއްޔާ ސާރ އަހަރެން މިތަނުން ވަކިކޮށްފާނެ!”

މާޒް ކުއްލިއަކަށް އެހެން ބުނުމާއެކު ރޫޝިންވެސް އަހަރެމެންނާ ދިމާއަށް ބަލާލިއެވެ. ފޯނާ ކުޅެން އިން ކަމުގައި ވިޔަސް އޭނާ އެއިނީ އަހަރެމެން ދައްކާ ވާހަކަތައް ކަނުލާ އަޑުއަހަންކަން އަހަންނަށް އެވަގުތު އެނގިގެން ދިޔައެވެ.

“އެކަމަކު މާޒް. އާރިފް ސާރ ގާތު ނުބުނެ، މިކަން ހައްލު ނުކޮށް އުޅެނިކޮށް ރައިނާއަށް ނޫނީ މާޒްގެ އަންހެނުންނަށް އެމީހާ ގެއްލުމެއް ދީފިއްޔާ މާ ރަނގަޅެއް ނުވާނެ ދޯ!”

އަހަރެން ހިތުގައިވާ ކަންބޮޑުވުން އޭނާއަށް ހާމަކޮށްލީމެވެ.

“އެއީ ތެދެއް މާޒް.”

ދުރުގައި އިން ރޫޝިންވެސް އަހަންނާ އެއްބައިވުމުގެ ގޮތުން ބުނެލިއެވެ. ނަމަވެސް މާޒް އިނީ އިސްޖަހާލައިގެންނެވެ. އެ މޫނުމަތިން ނުތަވަސްކަމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. އޭނާ އެބުނީ ވެސް ތެދެކެވެ. އިތުރު މީހަކަށް، އަދި ޚާއްސަކޮށް ދުޝްމިނަކަށް އޭނާ އެޖެންސީގައި މަސައްކަތް ކުރާކަން އެނގިއްޖެނަމަ އޭނާގެ މި ވަޒީފާ ގެއްލުމުގެ ފުރުޞަތު އެބައޮތެވެ. އޭނާ އެ ކަންބޮޑުވަނީ އެހެންވެ ކަންނޭނގެއެވެ.

“ލުކް! ރައިނާ އަކީ މަގޭ ދަރިފުޅު ދޯ؟ އަހަރެން މި ބުނީ އެކަން އާރިފް ސާރއަށް ރިޕޯޓްކޮށްގެން ނުވާނެއޭ. ސޯ، ތިތަނުން އެކަކުވެސް ނުވާނެ ރިޕޯޓްކޮށްގެނެއް. އެހެންނޫނަސް އަހަރެން ރައިނާއަށް ނެނީއެއް ހޯދާނަން ވަރަށް އަވަހަށް. އެހެންވީމަ ތި ދެމީހުން އެކަމާ ހާސްވާނެކަމެއް ނެތް..”

މާޒް އެހެން ބުނުމާއެކު އަހަންނާ ރޫޝިންއަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. ވަރަށް ވިސްނުމަށްފަހު އެންމެފަހުން އަހަރެމެން ނިންމީ އާރިފް ސާރ ގާތު އެ ވާހަކަ ނުދެއްކުމަށެވެ. މާޒްގެ އެ އެދުމުގައި ކޮޅުފައިން ޖަހަން އަހަރެން ބޭނުންވުނީއެވެ.

“ރޫޝިން ކޮން ބިޓަކަށްތަ މާ ވަރަކަށް ތިޔަ މެސެޖުކުރަނީ؟”

ރޫޝިންއާ ދިމާއަށް ބަލާލުމަށްފަހު މާޒް ލާނެތް ރާގަކަށް އަހާލިއެވެ. އެއާއެކު ރޫޝިން މާޒްއާ ދިމާއަށް ފާޑަކަށް ލޯއަޅާލިއެވެ.

“ބިޓެއް ނޫނޭ މީ. ޝިބާން މެސެޖުކުރާވަރުން މިއުޅެނީ..”

ރޫޝިން ބުނެލިއެވެ.

“ޝިބާން އެއީ ޝިންގެ ބިޓެއް ނޫންތަ؟”

ހިނިގަނޑެއް ޖަހާލުމަށްފަހު އަހަރެން އަހާލީމެވެ. މިޔަދު ހެނދުނު އޭނާއާ ޝިބާންއާ ދެމެދު ހިނގި ޚާއްސަ ‘ޑްރާމާ’ އަހަރެންގެ ދެލޯ ކުރިމަތީގައި އޭރު ސިފަވަމުން ދިޔައެވެ.

“ލޮލް!”

ރޫޝިން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

“މިޔަދު ހެނދުނު ދެމީހުން ބައްދަބައްދާފަ އުޅުނު ގޮތުން ހީވަނީ އެހެން ވިއްޔަ.”

ދިމާކުރާ ރާގަކަށް އަހަރެން އެހެން ބުނުމާއެކު ރޫޝިން ދެއަތަކަށް ބޯހޫރާލިއެވެ.

“އަހަރެންނެއް ނޫން ދޯ ބެއްދީކީ. އޭނަ ދޯ ބެއްދީ.. މޮޔަ ނުގޮވަބަލަ.”

ރޫޝިން ބޮޑާހާކާ ރާގަކަށް އެހެން ބުނުމާއެކު އަހަރެންނާއި މާޒް އެކަކު އަނެކަކުގެ މޫނަށް ބަލާލުމަށްފަހު ހޭން ފެށީމެވެ.

އިރުކޮޅެއްފަހުން އަނެއްކާވެސް އެތަނުގެ އެލްމިނިއަމް ދޮރު މައްޗަށް ކެހިގެން ދިޔައެވެ. މިފަހަރު އެތެރެއަށް ވަދެގެން އައީ ރިޒާމް އާއި ރާޔާއެވެ. ހިނގާފައި އައިއިރު ރާޔާގެ ދެލޯ ހުއްޓިފައި ހުރީ އޭނާގެ އަތުގައިވާ ކުޑަ ލެޕްޓޮޕުގެ ސްކްރީނަށެވެ. އެއްއަތުން އޭނާ ފަރިތަކަމާއެކު ކީބޯޑުގެ ފިއްތަކަށް ފިތަމުން ދިޔައެވެ. އަހަރެންނަށް ދެއަތަށް ބޯ ހޫރާލެވުނެވެ. ރާޔާއަށް ވާ ސާބަހެވެ. އޭނާގެ ދެލޯ ލެޕްޓޮޕުގެ ސްކްރީނުގައި ތަތްކޮށްދޭންވީ ކަންނޭނގެއެވެ.

“މި އައިޓީ މީހުން ހުންނާނީ އަބަދު ތިއެއްޗަކާ އަޅައިގަނެފަ. ދެލޯ ހަލާކުނުވިއްޔާ ދެރަ!”

ރާޔާ ފެނުމާއެކު ރޫޝިން ޗުސްތަޅާލަމުން ބުނެލިއެވެ.

“އޯހް ޕްލީޒް! ތީ އެކައްޗެއްވެސް އެނގޭ މީހެއް ނޫން.”

މަޑު ހިނގުމެއްގައި އައިސް މޭޒު ދޮށުގައި އިށީންނަމުން ރާޔާ ބުނެލިއެވެ. ލެޕްޓޮޕު މޭޒުމަތީގައި ބަހައްޓާލުމަށްފަހު އޭނާ އަނެއްކާވެސް އެ ‘އެތިގަނޑާ’ ކުޅެން ފެށިއެވެ.

“ޝިން އެބުނީ ހަމަ ތެދެއް. މި މީހުން ހަމަ ކަންތައްބޮޑީ..”

އަހަރެން އެހެން ބުނެލީ ރާޔާ ރުޅިއަރުވާލުމުގެ ނިޔަތުގައެވެ. ކަންތައްވީވެސް އެހެންނެވެ. އަހަންނާ ދިމާއަށް ވަށްކަޅިން ބަލާލުމަށްފަހު އޭނާ ދެތުންފަތް ފިއްތާލިއެވެ. ހަމަ ފައްކާ އެންގްރީ ބާރޑްއެކެވެ.

“ރުޅިއައީތަ އެންގްރީބާރޑް؟”

ދަތްދޮޅީގައި ދެއަތް ވިއްދާލަމުން އަހަރެން ރާޔާ ގާތު އަހާލީމެވެ.

“ތި ދެމީހުން ރާޔާއަށް އުނދަގޫ ނުކޮށްބަލަ! އަހަރެން ދަސްކޮށްދިން އެއްޗެއް ޕްރެކްޓިސްކުރަނީއޭ އޭނަ.”

މާޒް ރާޔާ ދިފާޢުކޮށް ވާހަކަދެއްކިއެވެ. އެއާއެކު ރާޔާ މާޒްއާ ދިމާއަށް ބަލާލަމުން ތުއި ގޮތަކަށް ހީލިއެވެ. މާޒް އޭނާއާ އެއްބައިވުމުން ފޮނިވީއެވެ. ފޮނި ސަންޕައެކެވެ.

“މި ތިބަ މީހުން ވެއްޖެ މެޗުއާރ ވާން. ހާއްސަކޮށް މީންދަ ރޫޝިން..”

ރޫޝިންއަށް އިޝާރާތްކޮށް ރާޔާ ބޮޑުމީހެއްހެން ވާހަކަދެއްކިއެވެ.

“އޭތް، ސީނިއާރސްއަށް އިހުތިރާމް ކުރަން ދަސްކޮށްބަލަ!”

ރާޔާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން ރޫޝިން ހަރުކަށި ގޮތަކަށް ބުނެލިއެވެ. ރާޔާ އާ ރޫޝިންއާ ދެމެދު ކޮންމެ ދުވަހަކުހެން ހިނގާ ‘ޑްރާމާ’ ފެށުނީއެވެ. އަހަރެންނާއި މާޒް އަދި ރިޒާމް ދަތްދޮޅީގައި އަތް ވިއްދާލައިގެން މަންޒަރު ބަލަން އިނީމެވެ. މި ރޫޝިން މިއީ ޑްރާމާކުޅެން އެންމެ މޮޅު މީހާއެވެ. މިޔަދުވެސް ޝިބާންއާއެކު ހިންދީ ޑްރާމާއެއްގެ ސީންއެއް ޖެއްސިއެއް ނޫން ހެއްޔެވެ؟

“ސީނިއާރ މައި ފުޓް!”

ރާޔާ ވެސް ވަކި ރޫޝިންއަށް ދޫކުރާކަށް ނޫޅުނެވެ.

“ރެސްޕެކްޓް ޕްލީޒް.”

ރޫޝިން އަނެއްކާވެސް ބުނެލިއެވެ.

“އަސްލު އެންމެ ފުރަތަމަ އަހަރެން ހީކުރީ ރޫޝިން ކުޑަ ކަމަށް އަރޫންއަށް ވުރެ. މީހާގެ އުޅުން ތި ހުންނަނީ ފަސް އަހަރުގެ ކުޑަކުއްޖެއްހެން ވިއްޔަ.”

ރާޔާ ފާޑަކަށް ހެމުން ބުނެލިއެވެ. ރޫޝިން ދެކޯ ފުއްޕާލުމަށްފަހު އަނގައިން ވައިތަކެއް ބޭރުކޮށްލިއެވެ. ރާޔާގެ ވާހަކައިން އޭނާ ހަމަ ރަނގަޅަށްވެސް ހޫނު ވެއްޖެއެވެ.

“ޔޫ، ޔޫ، ލިޓިލް ކިޑް!”

ރާޔާއާ ދިމާއަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އޭނާ ބުނެލިއެވެ.

“ޕްރޫވް ކޮށްދީބަލަ ތީ މެޗުއާ މީހެއްކަން!”

ރާޔާ ރޫޝިންއަށް ގޮންޖަހާލިއެވެ.

“ކީއްކުރަންވީ؟”

ވަރަށް ‘ކޮންފިޑެންސް’ އާއެކު ރޫޝިން އަހާލިއެވެ. ދެއަތް އުރާލަމުން އޭނާ ރާޔާ ބުނާނެ އެއްޗަކަށް އިންތިޒާރު ކުރަމުން ދިޔައެވެ.

“މި ކުޑަކުޑަ ސުވާލަށް ޖަވާބުދޭންވީ. ކީއްވެ އެޖެންސީގަ ނޫހުދު ލައިޓް ހަރުކޮށްފަ ހުންނަނީ؟”

ރާޔާ އޭނާގެ ސުވާލުކޮށްލިއެވެ. ވަރަށް ފަސޭހަ އެކަމަކު އުނދަގޫ ސުވާލެކެވެ. ސްމާޓް ކިޑް.

ރޫޝިންގެ މޫނުގެ ކުލަވަރު ވަގުތުން ބަދަލުވެގެން ދިޔައެވެ. ޖަވާބުދޭން އަނގަ ހުޅުވާލުމަށްފަހު އޭނާ އަނެއްކާވެސް އަނގަ ލައްޕާލިއެވެ. ރަނގަޅަށްވިއްޔާ އޭނާއަށް އެ ސުވާލުގެ ޖަވާބެއް ނޭނގެއެވެ.

“އޭޒް އެކްސްޕެކްޓަޑް.”

ރާޔާ ދެއަތް ދެއަތާ ޖޯޑުކޮށްލަމުން އެހެން ބުނުމާއެކު ރޫޝިން ކުޑަކުއްޖަކު ރުޅިއައީމައި ހަރަން ބަނދެލާ ފަދައަކުން ހަރަން ބަނދެލިއެވެ.

“އޯކޭ އޯކޭ އޯކޭ! އިނަފް! ނިމުނީ!”

އެންމެފަހުން ރިޒާމްއަށް ނުހުރެވިގެން ބުނެލިއެވެ. އެއާއެކު ރާޔާ ރޫޝިންއާ ދިމާއަށް ދޫ ނެރެލުމަށްފަހު އަނެއްކާވެސް އޭނާގެ ލެޕްޓޮޕަށް ސަމާލުކަން ހުއްޓާލިއެވެ. ރޫޝިން ވެސް ހަމައެގޮތަށް ދޫނެރެލިއެވެ. ވަރުގަދަ ދެމީހުންނެވެ.

ފަހަރަކު މީހަކު މަޝްވަރާ ރޫމައަށް އައިސް ޓީމުގެ އެންމެން ހަމަވުމާއެކު އާރިފް ސާރ ވެސް އެތެރެއަށް ވަދެގެން އައެވެ. އެ މޫނުމަތީގައިވާ ސީރިއަސްކަމުގެ ސަބަބުން އޭނާ އެއައީ ވަރަށް މުހިންމު ކަމެއް ޑިސްކަސް ކުރަން ކަން އަހަންނަށް އެނގިގެން ދިޔައެވެ. ސާރ އައިސް އެތަނުގައިވާ ބޮޑު ސްކްރީން ކައިރީގައި ހުއްޓުމާއެކު ހުރިހާ އެންމެން ވެސް ހިމޭންވިއެވެ. އޭނާ ދައްކާ ވާހަކަތައް ކަނުލާ އަޑުއެހުމައްޓަކާ އެންމެން ތިބީ ސަމާލުވެގެންނެވެ.

އާރިފް ސާރ އޭނާގެ އަތުގައިވާ ރިމޯޓަށް ފިތާލުމާއެކީ ސްކްރީންއަށް އަރައިގެން ދިޔައީ ދުނިޔޭގެ ޗާޓެވެ. އަނެއް އަތުގައިވާ ދަނޑިކޮޅު އަތަށް ހެޔޮވަރުކޮށްލުމަށްފަހު އޭނާ ވާހަކަދައްކަން ފެށިއެވެ.

“މިހާރު ހުރިހާ އެންމެންނަށްވެސް އެނގޭނެ އަހަރެމެން ކުރަން މިއުޅެނީ ކިހާ މުހިންމު މަސައްކަތެއްކަން.. އަތުލައިގަންނަން މިއުޅޭ ގޮތް ނޭނގޭ މީހާގެ ނަމަކަށް އަހަރެމެން ދީފަ މިއިން ނަމަކީ މިސްޓާރ ޒެޑް.. މީނަ އަކީ މިހާތަނަށް މި ދިވެހިރާއްޖޭގައި އުފެދުނު އެންމެ ބޮޑު ކްރިމިނަލް.. ޑްރަގް ޑީލިންގް، ހިއުމަން ޓްރެފިކިންގް، މީހުން މެރުން، މި ކަހަލަ އެންމެ ބޮޑެތި ކުށްތައް ފުޅާ ދާއިރާއެއްގައި ހިންގާ މީހެއް މިއީ…”

އާރިފް ސާރ ދެއަތް ފުރަގަހަށް ލައިގެން ހުރެ ދެކޮޅުދެކޮޅަށް ހިނގަމުން ވާހަކަދެއްކިއެވެ.

“މީނަ މިކަންތައްތައް ހިންގަނީ ހަމައެކަނި ދިވެހިރާއްޖޭގައެއް ނޫން.. އިންޑިޔާ، އޮސްޓްރޭލިއާ، ކެނެޑާ، ތުރުކީ، ތައިލޭންޑް، މިއީ ހުސްވެސް އޭނާ މިކަންތައް ހިންގާ ގައުމުތައް.”

ޤައުމުތަކުގެ ނަންތައް ކިޔަމުން ދިޔައިރު އާރިފް ސާރ ގެންދިޔައީ އެ ޤައުމެއްގަ ޗާޓުގައި ދަނޑިކޮޅު ޖައްސަމުންނެވެ. މި މިސްޓާރ ޒެޑް އަކީ އާދައިގެ މީހެއް ނޫންތާއޭ އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި ވެސް އޭނާގެ ނުފޫޒު އެބައޮތެވެ. އެހާ ނުފޫޒުގަދަ މީހަކު އަހަރެމެން އަތުލައިގަންނާނީ ކިހިނެއް ހެއްޔެވެ؟

“މިހާރު އަހަރެމެންނަށް ތުރުކީގައި މީނާ ހިންގާ ބާރ އަކާ ބެހޭ މަޢުލޫމާތު ލިބިއްޖެ..”

އެހެން ބުނުމަށްފަހު އާރިފް ސާރ ޗާޓުގައިވާ ތުރުކީގައި އަތް ޖައްސާލިއެވެ. އެއާއެކު ޒޫމްވަމުން ގޮސް އެބުނާ ބާރ އެއް ހުރި ލޮކޭޝަން ސްކްރީން އިން ފެނިގެން ދިޔައެވެ.

“އަރޫން..”

އާރިފް ސާރ އޭނާގެ ބަރު އަޑުން އަހަރެންގެ ނަން ގޮވާލުމާއެކު އަހަރެން ސާރގެ މޫނަށް ބަލާލީމެވެ.

“ޔެސް، ސާރ؟”

އަހަރެން އަވަސްއަވަހަށް ބުނެލީމެވެ.

“އަރޫން ދާންވީ މިތަނަށް.”

ސްކްރީންއަށް އިޝާރާތްކޮށް ސާރ އެހެން ބުނުމާއެކު އަހަރެން ނިތަށް ރޫތަކެއް ޖަމާކޮށްލީމެވެ. މޭޒު ދޮށުގައި ތިބި އެންމެންގެ ނަޒަރު އެވަގުތު އަމާޒުވެފައި ވަނީ އަހަރެންގެ މޫނަށެވެ.

“ސާރ.. އަހަރެން؟”

ޤަބޫލުކުރަން ދަތިވެފައި އިނދެ އަހަންނަށް އަހާލެވުނެވެ. އެޖެންސީގައި އެހާ ގިނަ ދުވަސް ހޭދަކޮށްފައި ވީނަމަވެސް އަހަރެން އަދި މިކަހަލަ ބޮޑު މިޝަންއެއްގައި ބައިވެރިއެއް ނުވަމެވެ. އަދި އެވެސް ރާއްޖެއިން ބޭރުގައެވެ.

“ކިހިނެއްވީ؟”

އާރިފް ސާރ އޭނާގެ ވަރުގަދަ ދެބުމަ ގޮށް ޖަހާލަމުން އަހާލިއެވެ.

“އަހަރެން އެކަނި…..ތަ؟”

އަހަންނަށް އެވަގުތު އަހާލެވުނީ އެހެންނެވެ.

“ޔެސް. އެކަމަކު އެކޮޅުގައި ހުންނާނެ މިތަނުގެ އޭޖެންޓެއް. އޭނަ އަރޫންގެ ޕާޓްނަރަށް ވާނީ.”

އާރިފް ސާރ ކިޔައިދިނެވެ.

“ކާކު؟”

އަހަންނަށް އަހާލެވުނެވެ.

“ޑެލްޓާ.”

އާރިފް ސާރ އެހެން ބުނުމާއެކު މޭޒު ދޮށުގައި ތިބި އެންމެންގެ މޫނުމަތިން ވެސް ފާޅުވެގެން ދިޔައީ ހައިރާންކަމުގެ އަސަރުތަކެވެ. އަހަރެންނަށްވެސް ދެލޯ ބޮޑުކޮށްގެން އިނދެ އާރިފް ސާރގެ މޫނަށް ބަލާލެވުނެވެ. އަހަންނަށް………..ޑެލްޓާ އާއެކީ މަސައްކަތްކުރާނެ ފުރުޞަތެއް ލިބުނީ ހެއްޔެވެ؟ މިއީ އަހަރެން ހުވަފެނުން ވެސް ނުދެކޭ ކަމެކެވެ.

‘ޑެލްޓާ’ މި ނަމަކީ އެޖެންސީގައި މަސައްކަތްކުރާ އެއްވެސް މީހަކަށް އާ ނަމަކަށް ނުވާނެއެވެ. އޭނާ އަކީ މުޅި މި އެޖެންސީގައި މަސައްކަތްކުރާ އެންމެ ގަދަ ފަހުލަވާނެވެ. އެހެން ގޮތަކަށް ބުނާނަ އެއީ ‘ލެޖެންޑް’ އެކެވެ. އެޖެންސީގެ ހިސްޓޮރީ ފޮތް ފުރިފައި އޮންނާނީ އޭނާގެ ނަމުންނެވެ. އެ ކަހަލަ ‘ލެޖެންޑް’ އެއްގެ ޕާޓްނާ އަކަށް ވުމުގެ ފުރުޞަތު ކުއްލިއަކަށް ލިބުމުން ހައިރާންނުވާނީ ކާކު ހެއްޔެވެ؟ ހަމަ ގައިމުވެސް އަހަރެން މިއިނީ މި ފެންނަނީ ހުވަފެނެއް ކަމެއް، ޙަޤީޤަތެއް ކަމެއް ވަކިކުރަން ނޭނގިފައެވެ.

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ލޯތްބެއްނެތް ގުޅުން (15 ވަނަ ބައި)

Next

ތިޔަ އަސަރު 51

Next
March 3, 2018

ތިޔަ އަސަރު 51

Previews
March 3, 2018

ލޯތްބެއްނެތް ގުޅުން (15 ވަނަ ބައި)

31 Comments!

  1. reader says:
    March 3, 2018 at 7:16 pm

    Habeyysss

    1. Liaa says:
      March 3, 2018 at 7:22 pm

      Thankyw reader 🙂

  2. Liaa says:
    March 3, 2018 at 7:21 pm

    Hey guys! Ummeedhu kuran mi part ves kamudhaane kamah ingey 🙂
    Loves! <3

  3. lil gurl says:
    March 3, 2018 at 7:35 pm

    vara reethi by the way the previous season ga in picture nulany keevve?

    1. Liaa says:
      March 3, 2018 at 7:58 pm

      Thank u dear 🙂
      Eiy dhen hama change kollee. Kamu nudhaneetha cover?

  4. ބުރޯ says:
    March 3, 2018 at 7:38 pm

    Liaa varaeh neh v salhi love u bodukoh ?Lisa ge story thah v kiyan ?❤️

    1. Liaa says:
      March 3, 2018 at 7:58 pm

      Thankyw bro. <3 ?

  5. Hana says:
    March 3, 2018 at 8:15 pm

    Masha allah vv reethi❤❤

    1. Liaa says:
      March 4, 2018 at 8:17 am

      Thank u Hana ?<3

  6. Nee says:
    March 3, 2018 at 8:54 pm

    V nice ey mi part vs.thanks Liaa

    1. Liaa says:
      March 4, 2018 at 8:17 am

      Thank u Dear 🙂

  7. lil gurl says:
    March 3, 2018 at 9:10 pm

    kamunudhaneekee noon ecover maa reethi v ma?

    1. Liaa says:
      March 4, 2018 at 8:18 am

      Ehen dhw.. thank u 🙂

  8. ssannwa?❤? says:
    March 3, 2018 at 9:28 pm

    Waau varah varah reethi ingey mi part ves Liaa. Liaa thee hama varah best golaeh. Dhn inna part ah varah inthizaaru kurevey. Mashah heevaa gothun shuba Mareh nuvey. And heevaagothum aroon ah shuba fennaane beyru gaumah mission ah dhaairah. Am I right? Okay let’s see. When is the next part?

    1. Liaa says:
      March 4, 2018 at 8:19 am

      Alhe golaeko e bunii ???
      Lets see dhw wat happens 🙂
      Thankyw <3

  9. Someone says:
    March 3, 2018 at 9:47 pm

    Woah..
    I still feel that shuba is alive..
    Heevany delta aky shuba hen..
    Vrh curious delta aky kaaku thoa balan..
    Please awahah up kohdhy

    1. Liaa says:
      March 4, 2018 at 8:19 am

      Vedhaane dhw thihen ves 🙂

  10. Friends says:
    March 3, 2018 at 10:19 pm

    What ? e kykey shuba maruvy ey.mi dhiya part ga ehen bunefa inass friends ah heevany shuba marunu vaa hen.e Z aky shub ge dad eyna shub hahyaru kurany dhw or corema ga dhw v. Shuba maraaly stry vv hadi vaane.hama heevany aroon ah fena nehen.stry v nice.waiting 4 next part.

    1. Liaa says:
      March 4, 2018 at 8:20 am

      Lets see wat happens dhw. Loved ur theory btw ?

  11. Jid says:
    March 4, 2018 at 3:31 pm

    ޝުބާގެ މޯމް ދެން އެޖެންސީއަށް ޖޮއިން ކުރުވަން ފެނޭ ލިޔާ މި ކަމާ ވިސްނާލައްޗޭ

    1. Liaa says:
      March 4, 2018 at 4:33 pm

      Eiy keevve tha Shuba ge mum join kuruvaashey thi bunii? ??

  12. Jid says:
    March 4, 2018 at 8:35 pm

    އެޖެންސީ ދައްކާލަން އެންޑް އާރިފްސަރ ކެޓޭ ތޯ ?

    1. Liaa says:
      March 4, 2018 at 10:04 pm

      ?

  13. ssannwa?❤? says:
    March 5, 2018 at 1:29 pm

    Liaa kobaa next part?

  14. jong hyun? says:
    March 5, 2018 at 3:30 pm

    Stry kiya hitheh neh shuba maru v ma..Aslu shuba mareh nuvey dhw

  15. araash says:
    March 5, 2018 at 6:34 pm

    Whn is nxt prt

  16. Suma says:
    March 6, 2018 at 7:52 am

    Wow nice liaa..

  17. No one says:
    March 6, 2018 at 11:10 am

    Dhn hama comment eh jahaaly

  18. Visnaamyha says:
    March 6, 2018 at 11:14 am

    Liaa thi hedy rangalhah…shuba maruvyma mi stry enme rythivany….and plx dont bring her back again

  19. waseef says:
    April 2, 2018 at 7:55 am

    vv.hadi ehaa like eh nuvey

  20. Heyley says:
    August 28, 2018 at 6:15 pm

    Awsome

Comments are closed.

Next Episodeއަނދިރިފަރާތް 23←


All Right Reserved!