ޝީން(އައްވަނަ ބައި)
އަޔާ….އަހަރެން ބުނަން އުޅުން ވާހަކަ…………….
އުނހު މަޑުކޮއްބަލަ ….
ޝީންގެ ވާހަކަ އަޔާޒް ހުއްޓުވާލިއެވެ.
ޝީން ފުރަތަމަ އަހަރެންގެ ވާހަކަ އަޔާޒް ތެޅިތެޅި އޮތް ހިތަކާއެކު ބުނެލިއެވެ.
އަޔާޒް ބޭނުންވީ ޝީން އަޔާޒް ދެކެ ލޯބިވެއޭ ބުނުމުގެ ކުރިން އަޔާޒް ހިތް ޝިން އަށް ހުޅުވާލާށެވެ.
ރެސްޓޯރެންޓައް ވަދެ ޝީން އެންމެ ފުރަތަމަ ކަމަކައް އަލޫކް އަށް އަންނަންވީ ތަން މެސެޖް ކޮއްލިއެވެ.
ހޫމމމމމމމމމް ދެން ބުނެބަ އަޔާ…
ޝީން އަހަރެން ..
އަޔާޒްގެ ވާހަކަ ހުއްޓާލީ ވޭޓަރ ކާއެއްޗެހި ގެނައުމުންނެވެ.
ޝީން އަހރެން ޝީންދެކެ ވަރައް ލޯބިވޭ..
ވޭޓަރ ދިއުމުން އަޔާޒް ވަރައް ހިއްވަރު ކޮއްފައި އެހެން ބުނެ ޝީން އައި ދިމާލަށް ބަލާލިއެވެ.
ޝީންގެ ހިނިތުންވެފައިވާ މޫނު ފެނުމުން އަޔާޒް ގެ ހިތަށް ހަމަޖެހުން ލިބުނެވެ.
އަޔާ ދެން ކިޔާބަ …
ރެސްޓޯރެންޓް ތެރެއަށް ވަދެގެން އަންނަ އަލޫކް އަށް ބަލަން އިނދެ ޝީން ބުނެލިއެވެ.
ޝީން އެހެން ބުނެލުމުން އަޔާޒް އަށް ޝޮކެއް ލިބުނެވެ.
އަދި ޝީން ހިނިއައިސް ދޮރާ ދިމާލައް ބަލަން އިން ގޮތުން އަޔާޒް ފަސްއެބުރި ބަލާލިއެވެ.
އޭރު ވަރައް ހިނިއައިސް ހުރެ އަލޫކް އައިސް އެތާ މަޑުކޮއްލަނީއެވެ.
އާދޭ އިށީންނަން .. ޝީން އަލޫކް އަށްބުނެލިއެވެ.
ހުމމމމް …..
ދެން އަޔާ ވާހަކަ ބުނެބަ ..
އަޔާ ވާހަކަ ނިމުނީމަ އަހަރެން ވާހަކަ ކިޔާނަން..
ވާނުވާ ނޭގި އިން އަޔާޒްގެ ހިތުގައި ބިރުވެރި ކަމުގެ އޮއެވަރެއް ދުވެލައިފިއެވެ.
އަލޫކް އިނުމުން އަޔާޒްގެ ވާހަކަ ފަހައް ބޭވުމައްފަހު ޝީން ގެ ވާހަކަ ކުރިން ބުނުމައް އަޔާޒް ބުންޏެވެ.
އަޔާޒް އެހެން ބުނިއިރު ހިތްތެޅެމުން ދިޔައެވެ.
”ލޫކް މީ އަހަރެންގެ ބެސްޓްފުރެންޑް އަޔާ””
ޝީން އެހެންބުނެލުމުން އަލޫކް އަޔާޒް އަށްސަލަމަށް އަތް ދިއްކޮއްލިއެވެ.
” އަޔާ މީ އަހަރެންގެ ބޯއީފުރެންޑް ލޫކް ‘
އެއަޑުއަޔާޒް ކަންފަތައް އިވުނީ ހޮނުގުގުރިއެއްގެސިފާގައެވެ.
ހިތުގެ ތެޅުން ހުއްޓުންކަހަލައެވެ. މިއޮއް ހުރިހާދުވަހު ދެކެމުން އައި ހުވަފެންތަށް ވިއްސިވިހާލުވެއްޖެއެވެ.
ނަސީބަކި ހާދަ އެހެން ކަހަލަ އެއްޗެކެވެ.
ކައިރީގައި އަބަދުމެ ފާރައަށް ހުއްޓައި ނުވެސް އެނގި އޭނަގެ ލޯބި އެހެން މީހެއް ޖަހައިގަނެފިއެވެ.
އަލޫކް އަކީ ކިހާ ނަސީބު ގަދަ މީހެއް ހެއްޔެވެ.
މޭޒް ދޮށުގައި އިށީނީން ސުރެ އަލޫކް އެކި ދިމަ ދިމަ ބަލަމުންދިޔައެވެ.
ދަންނަ މީހެއް އިނދެއްޖެ ނަމަ ޝީން އާއި އަލޫކްގުޅުން އެނގި އޭނަ ބޭޒާރު ވެދާނެތީއެވެ
މުޅި ރޭގަނޑު ނިމިގެންދިޔައިރުވެސް އަޔާޒް ގެ ހިތް ރޮމުން ދިޔައެވެ.
ހެދުނު ހެދުނާ އަޔާޒްއޮފީހައް ދިއައީ ޝީންގެ ކުރިމަތި ހުންނަން އުދަގޫވާނެތީ އޮފީހައް ގޮސް ބޯ ހަމަ ޖައްސާލާށެވެ.
ކެބިންނަށް ވަންގޮތައް އަޔާޒް ގޮނޑިއައް ވެއްޓިގަތެވެ.
މުޅި ދުވަސް އަޔާޒް ހޭދަކޮއްލީ އެކަހަލަ ގޮތަކަށެވެ.
ޝީން ކޮލެޖް އަށް ދާން ގުޅުމުންވެސް އަޔާޒް ބިޒީ ކަމަށް ބުނެ މެސެޖް ކޮއްލީ ޝީން ކުރިމައްޗައް އަރަން ބޭނުން ނުވާތީއެވެ.
ރޭނގަޑު 10 ޖެހި އިރުވެސް އަޔާޒް ގެއައް ނައުމުން ނަފީސާ ގުޅުމުންވެސް މަސަތްކަތުގެ ބަހަނާ ދައްކާފައި އަޔާޒް ފޯން ކަނޑާލިއެވެ.
އަޔާޒް ހިތުގައި ވަނީ ނޭގޭ ރިހުމެއް އުފެދިފައެވެ.
އެރިހުން ފަހަރަކައްވުރެ ފަހަރެއް ގަދަވަމުންގޮސް މުޅި ހަށިގަނޑައް ފެތުރެމުން ދިޔައެވެ.
ހެދުނު ހޭލައިގެން ޝީން ކޮޓަރިން ނިކުތް އިރު އަޔާޒް އޮފީހައް ދިއުމައް ޓަކާ ނިކުންނަނީއެވެ.
‘އަޔާ މިދުވަސް ކޮޅޮ މާބިޒީއީތަ.؟
ރޭގަވެސް އަހަރެން ވަރަށްގިނައިރު އަޔާ އާދޭތޯ އިނިން؟
ޝީން އެހެންބުނެ އަޔާޒް ކުރިމައްޗައް އެރުމާ އެކު ދެލޯ ބޮޑުވިއެވެ.
އަޔާ ކިހިނެއް ވެފަ ތިހިރީ؟ އަޔާޒްގެ ރަތްވެފައިވާ ދެލޯ ފެނުމާއެކު ޝީން އައް ބުނެވުނެވެ.
”ބޮލުގަ ރިއްސާތީ މިއުޅެނީ އެހެންވެ ”.އަޔާޒް އަވަސް އަވަހައް އަނެއްފަރާތައް އެބުރިލަމުން ބުނެލިއެވެ.
” މިއަދު އޮފީހައް ނުގޮސް މަޑުކޮއްލަންވީނު ”އަޔާޒް ދާން ހިނގައިގަތްތަނާ ޝީން ބުނެލިއެވެ.
” އަހަރެން ހުންނާނީ ޑްރައިވަރެއް ހަމަޖައްސާފަ ތަނަކައް ދާންވީމަ އޭނަގާތު ބުނެލާ ،،
އެހެންބުނެލުމައްފަހު ޝީންއަށް އެއްޗެއް ބުނަން ފުރުސަތުވެސް ނުދީ އަޔާޒް ނިކުމެގެން ދިޔައެވެ.
ކޮލެޖް ދޮރުމައްޗައް ކާރު މަޑުކޮއްލުމާއެކު ޝީން ކާރުން ފޭބިއެވެ.
ޝީން ކާރުން ފައިބައިގެން އަންނަ ތަން ފެނުމުން ޒާނާ ދެލޯ ހޯދަމުން ދިޔައީ އަޔޒް ފެނޭތޯއެވެ.
އެދުވަހައްފަހު ކޮންމެ ދުވަހަކުސް ޒާނާގެ ހާލަކީމިއެވެ.
މިއަދުވެސް އަޔާ ނައިތަ؟ ޝީން އައިސް ކައިރީ ހުއްޓިލުމާ އެކު ޒާނާ ބުނެލިއެވެ.
އާން”” މިދުވަސް ކޮޅު ވަރައް ބިޒީ ކޮއްއުޅެނީ ރޭގަނޑުވެސް ވަރައް ލަސް ވާފަހުން ގެއައްވެސް އަންނަނީވެސް
ހާދަ ރީއްޗޭ އަޔާ ” އަހަރެން ހިޔެއްނުކުރަން އަޔާ އެހާ ހޭންޑްސަމް ވާނެކަމަކައް”
ޒާނާ ކުލާސް ތެރެއަށް ވަދެ ގޮނޑިގައި އިށީންނަމުން ބުނެލިއެވެ.
“އަހަރެން ނަކީ ޝީން ނަމަ އަލޫކް އާއި ނޫޅެ އަޔާޒް ލިބޭތޯ ބަލާނީ ” ހިނި ގަނޑެއް ޖަހާލަމުން ޒާނާ ބުނެލިއެވެ.
” އަޔާ އަހަރެންނާ ދޭތެރޭ ތިކަހަލަ ގޮތަކައް ނުވިސްނައޭ އޭނަ ދެކެނީ އަހަރެންމީ އޭނަގެ ބެސްޓްފުރެންޑް ކަމަށް . ދެން ކިތަންމެ ރީއްޗަސް ކުރާނެކަމެއް ނީންނާނެއްނު” ހިނިގަޑެއް ޖަހާލަމުން ޝީން ވެސް ޒާނާއާއި ބައިވެރިވެލިއެވެ.
ސެމިސްޓަރ ބުރޭކް ލިބުމުން މުނީރާ ބެނުންވީ ޝީން ރަށައްގެންދިއުމަށެވެ.
އަޔާޒް މާ ބުރަކޮއް އުޅޭތީ ނަފީސާ ބޭނުންވީ ޝީން އާއި އެކު އަޔާޒް އެރަށައް ދުވަސްކޮޅަކައް ފޮނުވުމަށެވެ.
ނަފީސާ އެވާހަކަ ދެއްކުމުން އެކަމާދެކޮޅު ހެދިނަމަވެސް ފަހުން އަޔާޒް އެކަމާ އެއްބަސް ވީ މުނީރާ އެކަމައް މާވަރައް އެދުމުންނެވެ.
ޝީންގެ ކުރިމައްޗައް ނާރަން ކިތަންމެ މަސައްކަތެއް ކުރިއަސް އަޔާޒް ޝީންދެކެ ވާލޯއްބަކައް ބަދަލެއްނާދެއެވެ.
ފަތިހު ހޭލިގޮތައް ޝީން ފޮއްޓައް އެއްޗެހި އަޅަން ފެށިއެވެ.”ޝީން ތައްޔާރުވެއްޖެތަ؟ އާދޭ އަވަހައް ސައިބޯން “އިއޮއް ފުރާގަޑިވެސް ޖެހެނީ” ނަފީސާ އައިސް ކޮޓަރީ ދޮރު ހުޅުވާލާފައި ވާހަކަ ދެއްކިއެވެ.
ނަފީސާ އެހެން ބުނުމުން ޝީން ފޮށިލައްޕާލުމައްފަހު ނަފީސައާއިއެކު ތިރިއައް ފޭބި އިރު އަޔާޒް ވެސް ތައްޔާރުވެލައިގެން ތިރީގައި ހުއްޓެވެ.
.ސައިބޮއިގެން ލޯންޗު ފުރާގަޑިއައް ޝީންއާއި އަޔާޒް ދިޔައީ ނަފީސާއަށް ސަލާމް ކުރުމައްފަހުގައެވެ.
މާލެ އިން ފުރައިގެން ދެގަޑިއިރު ތެރޭގައި ޝީން މެންގެ ރަށައް ލޯންޗް ބަދަރުކޮއްލިއެވެ.
ވާޓަރައް ލޯންޗް ގާތް ކޮއްލުމާއެކު އަޔާޒްލޮލުގައި އަވި އައިނު އަޅާލަމުން ލޯންޗްގެ ހިޔާގަނޑުގެ ތެރެއިން ނިކުމެ ފޮށިތައްބޭލިއެވެ.
“ރަށައް ނުފައިބަންތަ ތިއިންނަނީ”
އަޔާޒް ފޮށިތައް ބާލާފައި އައިއިރުވެސް ޝީން އިންގޮތައް އިންތަން ފެނުމުން އަޔާޒް ބުނެލިއެވެ.
ފަސްގަނޑުގައި ފައި ޖެހުމާއެކު ޝީން އެންމެފުރަތަމަވެސް ހޯދާލެވުނީ އޭނާ ލޯބިވާ މަންމައަށެވެ.
އޭރު ބަރޮލެއްހިފައިގެން އައިސް މުނީރާ އެތާ މަޑުކޮއްލަނީއެވެ.
އަތިރިމައްޗައް އެއްވެފައި ތިބި ޒުވާން އަންހެންކުދިންގެ ލޯތައް ހުއްޓެމުން ދިޔައީ ކަޅުކުލައިގެ ޓީޝާޓަކާއި ގަދަ ނޫކުލައިގެ ކަކުލާ ހިސާބައް އަންނަ ސޯޓެއް ލައިގެން ލޮލުގައި އަވިއައިނެއް އަޅައިގެންލޯންޗުންފޭބި ރީތި ޒުވާނާ އަށެވެ.
ނަމަވެސް އަޔާޒް އެއިން އެއްވެސް ކަމެއް އެނގޭކަމަކައް ނަހަދައެވެ.
އޭނަގެ ހަށިގަނޑު ގައި ހިނގަމުންދަނީ ޝީންގެ ލޯއްބެވެ.
އިތުރު އަންހެންކުއްޖަކައް އެހިތުން ޖާގައެއް ނެތެވެ.
ޝީން … ޝީން …
“އަޅޭ އަންގާވެސް ނުލާ ތިއައީ”މަންމަ ގެއައް ގޮސް ބުނީމަ މިއައީވެސް” ޝީން ފެނުމާއެކު ޝީންގެ ކުޑައިރުން ފެށިގެން އެންމެ އެއްކޮއް އުޅުނު ޔަލްވީ އައިސް ބައްދައިގަންނަމުން ބުނެލިއެވެ. ޝީން އައްވެސް ޔަލްވީ ފެނުމުން އުފަލުން ބައްދައިގަނެވުނެ.
ޝީން އައް ކޯސް ހެދުމުގެ ފުރުސަތު ލިބުންއިރު ޔަލްވީއައް އެފުރުސަތު ނުލިބުނީ ދޮންމަންމަގެ ސަބަބުންނެވެ
އޭ މީތަ އިންނަން އުޅޭ ކުއްޖާ” އަޔާޒް އާއި ދިމާލައް ބަލައިލަމުން ޔަލްވީ ބުނެލިއެވެ.
ނޫން އަހަރެން ހުންނަނީ އަޔާ މެންގޭގަ ދޯ އަޔާ “އަޔާ މީ ޔަލްވީ އިނގޭ އަހަރެންގެ ފުރެންޑް އެއް ” އަޔާޒް އަށް ޔަލްވީ ތައާރަފް ކޮއްދެމުން ޝީން ބުނެލިއެވެ. އަޔާޒް ޔަލްވީއަށް ބަލައިލަމުން ހިނިތުން ވެލިއެވެ.
އެކި ވާހަކަ ތަކުގައި ތިބެ ޝީންމެންއަށް ގޭދޮށައް އާދެވުމުން ޔަލްވި ހަވީރު އަންނާނަންކަމައް ބުނެ ވަކިވިއެވެ.
ގޭދޮރާށި ހުޅުވާލާފައި ޝީން އެތެރެއައް ވަދެ އަޔާޒް ވަންނަން ތަންދެއްކިއެވެ.
އެންމެ މިޒަމާނައް ހަދާފައިވާ ކުޑަ ކުޑަ ގެއެކެވެ.
ގޭތެރެއައް ވަންނައިރު އޮންނަހުސްތަނުގައި އެކިކުލަ ކުލާގެ މާއަޅާގަސްތައް ހައްދާފައިވާއި ހުއްޓެވެ.
ގޭގެ އެއްފަރާތެއްގައި ހުރި ބޮޑު ހިރުދުގަހުން މުޅި ގޯތިތެރެއަށް ހިޔާއެޅިފައި އޮތެވެ.
ހިރުދުގަހުގެ ހިޔަލުގައި އެއްފަރަތެއްގައި ކޮފީ ބޮވޭ ގޮތައް މޭއްޒެއްދޮށުގައި ދެ ގޮނޑި ބަހައްޓާފައި ހުއްޓެވެ.
އާދޭ ދަރިފުޅާ އަޔާޒް ގޮވައިގެން ކާން” ކައިގެން އަރާމް ކޮއްލަން ދޭ . ވަރައް ވަރުބަލިވެފައެއްނު ތިހުރީ” މުނީރާ އަޔާޒް އައް ބަލާލަމުން ޝީން ގާތު ބުނެލިއެވެ.
ރަށައް އައިސް ވީ މަދު ދުވަސްކޮޅު ތެރެގައި އަޔާޒް އާއި ޝީންގެ ގުޅުން ތަންކޮޅެއް ރަގަޅޫވަމުން ދިޔައެވެ.
މުނީރައަށް އަލޫކް އާއި ޝީން ގެ ގުޅުން އަދި އެގެން ބޭނުން ނުވާތީ ޝީން ހަމައެކަނި އަލޫކް އާއި ވާހަކަ ދައްކާލެވޭ ގަޑި އަކައް ވެފައި އިންނަނީ ހަމައެކަނި ރޭގަނޑު ނިދަން ކޮޓާރިއަށް ވަދެފައެވެ.
އެހެން ރޭރެއައްވުރެ އަވަހައް މިރޭ ޝީން ކޮޓަރިއައް ވަނެވެ .
ފާހާނާއަށް ވަދެ ނިދައެއްޗެހި ބަދަލް ކޮއްލުމައްފަހު ޝީން އަލޫކް އައް ގުޅާލިއެވެ.
ނަމަވެސް ރިންގްވޭފައި ކެޑުން އިރުވެސް އަލޫކް ފޯން އެއްނުނެގިއެވެ.
ދެވަނަ ފަހަރައް ވެސް ޝީން އަލޫކް އައް ގުޅާލިއެވެ.
ބުރޯ!! މަންޖެ ގަނޑު ހާދަވަރަކައް އެބަގުޅައޭ ފޯން ނަގާބެއާ..
އަލޫކްގެ ފޯނައް މާ ވަރައް ޝީން ގުޅަން ފެށުމުން އަލޫކްގެ ރަހުމައްތެރި ޔޫއާން އަގައިގައި ވާގިނެތް ގޮތަކައް ސޮނިބާލަމުން ބިންމަތީގައި ހަބަރު ހުސްވެފައި އޮތް އަލޫކް އައް ބުނެލިއެވެ.
އަލޫކްގެ ފޯނައް އެވަރައް ގުޅުމުންވެސް ހަބަރެއް ނުވުމުން ޝީން ކަންތައް ބޮޑުވާ ގޮތް ވިއެވެ.
ނިދަން ބޭނުން ނުވެފައި އޮތީ އަލޫކް ގުޅާނެ އިރެއްގެ އިންތިޒާރުގައެވެ.
ގަޑިން މެންދަމުން އަލިވެ 3 ޖަހަނިކޮއް އަލޫކް އައް ހޭވެރިކަންވިއެވެ.” ބުރޯ މަ ތިގޮލާއައް ވަރައް ގޮވިން ބިޓުގޮލާ މާވަރައް ގުޅާތީ”
އަލޫކް ތެދުވުމާއެކު ޔޫއާން އަގައިގައި ވާގިނެއްގޮތައް ބުނެލިއެވެ.
ޔޫއާން އެހެން ބުނުމާއެކު އަލޫކް އަވަސް އަވަހައް ފޯން ބަލާލިއެވެ.
ޝީން ގެ 15 މިސް ކޯލް ފެނުމުން އަލޫކް ނިންމަތީ އަތް ހާކާލިއެވެ.
އަލޫކް ފުންމައިގެން ތެދުވެ އެކޮޓަރިން ނިކުންނަން ހިނގައިގަތް ވަގުތު މިޝްކާ އައިސް އަލޫކްގެ އަތުގައި ހިފާލަމުން ގަޔާކައިރިއައް ދަމާލިއެވެ. މިޝްކާއަކީ މިރޭގެ އަލޫކްމެންގެ މެހުމަނެވެ.
ކޮންމެރެއަކުވެސް އެގޮތައް އެކޮޓަރިއައް އަންހެންކުއްޖަކު ގެނެސް އެކުއްޖެއްގެ ބޭނުން އެގުރޫޕްގެ އެންމެން ހިފަލައެވެ.
މިޝްކާގެ އެއަމަލުތަކުން ޝީން އައް ގުޅަންވެގެން އެތަނުން ނިކުންނަން އުޅުނު އަލޫކްގެ ހިޔާލް ބަދަލުވެ ހުއްޓެވުނެވެ
މިޝްކާ އަލޫކްގެ އަތުގައިހިފައިގެން އައިސް އެންމެކައިރީ ހުރި ސޯފާ އާއި ދިމާލައް ކޮއްޕާލިއެވެ .
ކިރިޔާ ބަނޑު ނިވާވާވަރުގެ އަތްކެނޑި ޓޮޕް ކޮޅަކާއި ކުޑަ ސޯޓް ކޮޅެއް ލައިގެން ހުރި މިޝްކާގެ ކޮންމެ އަމަލަކައް އަލޫކް މަރުހަބާ ކިޔަމުން ދިޔައެވެ.
ހެދުނު ހޭލެވުމާއެކު ޝީން ފޯން ބަލާލިއިރުވެސް އަލޫކް ގުޅާފައި ނެތުމުން އަނެއްކާވެސް ޝީން ގުޅަންފެށިއެވެ ނަމަވެސް މިފަހަރުވެސް އަލޫކް ފޯނެއް ނުނެގިއެވެ.
ގޭތެރެއަށް ވަދެގެންއައި އަލޫކް ފެނުމާއެކު ވަސިމާގެ މޫނު ބަނަވެގެން ދިޔައެވެ.”ރޭގަވެސް ނިދަން ނައިސް އެމީހުންނައެކީ ދިޔައީދޯ ! ކަލެއަށް ލިބިފާ ތިހިރީ ހަމަ ކަލޭ ބަފާގޮތް ” ކަލޭ ބަފާވެސް މަށައް އުދަގޫ ޖައްސަން ކަލޭ މަގޭބޮލައް ޖަހާފަ ގޮއްސިއެއްނު ” އޭނަ އައް ކޮން ކަމެއް މަށަކައްނު ހުރިހާ އުދަގުލެއް އޭނަ ރެއަކު އަންހެނެއް ކައިރިއަށް ވަދެ އޮތީމަ ވީއެއްނު “އަލޫކް ފެނުމާއެކު ވަސީމާ ރުޅިވެރި ޖުމްލަތައް އަލޫކްއާއި އަމާޒް ކޮއްލިއެވެ
އެއީ އަލޫކް އައް އާކަމެއް ނޫނެވެ.
މަންމަ ގެ ރުޅިވެރި ބަސްތަކަކީ ކޮންމެ ދުވަހަކުމެ އަލޫކް އަޑުއަހަންޖެހޭ ހާސަރު ތަކެކެވެ.
ކުރީކޮޅު އެކަމާ ބޯގޮވައިގެން އުޅުން އިރު އަލޫކް އަށް އެހީތެރިކަމުގެ އަތެއް ފޯރު ކޮއްދިނީ ޔޫއާންއާއި އޭނަގެ ދެރަހުމަތްތެރިންނެވެ.
ވަސީމާ ހިތައް އައިހާއެއްޗެއްކީ އިރުވެސް މިއަދު އަލޫކް އެއްވެސް އެއްޗެއް ނުބުނެ ބާރު ބާރައް ދޮރު ޖަހާފައި އައިސް އެދުގައި އިށީނެވެ
އެދުގައިގައި ހަމަޖެހިލުމައްފަހު އަލޫކް ޝީން އަށް ގުޅިއެވެ.
ސައިހަދާ ނިންމާލާފައި ޝީން ހަމަޖެހިލިތަނާ ފޯން ވައިބުރޭޓް ވާން ފެށިއެވެ.
ކައިރީގައިހުރި މުނީރާއަށް ނޭގޭ ގޮތައް ޝީން ފޯން ބަލާލިއިރު އަލޫކް ގުޅާތީ މުނީރާގާތު އެބައަންނަންކަމައް ބުނެ ޝީން ކޮޓަރިއަށް ދިޔައެވެ.
ލޫކް އަހަރެން ވަރައް ބިރުން ހުރީ ލޫކް އަށް ކަމެއް ވީކަމައް ..”””
އަހަރެން ރޭގަ ވަރައް ގުޅިން އެކަމް ލޫކް ހަބަރެއް ނުވީމަ ނިދުނީ”
ކީއްތަ ކުރީ ފޯން ނުނަގާ ؟ ޝީން އަލޫކް އަށް ވާހަކަ ދައްކާނެ ފުރުސަތެއްވެސް ނުދީ ސުވާލް ކުރަން ފެށިއެވެ.
“ރޭގަ ޝީން ގުޅަންދެން އޮއްވަ ނިދުނީ “އަލޫކް ގަސްތުގައި ދޮގެއް ހެދިއެވެ. އަލޫކްގެ ހަގީގައް އެގި ޝީން އޭނަގެ އަތުން ގެއްލޭކައް އަލޫކް ބޭނުމެއް ނުވެއެވެ.
ފަހުން ގުޅާނަންކަމައްބުނެ އަލޫކް ފޯން ކަޑާލީ ވެފަ ހުރި ވަރުބަލީގައި ނިދާލުމަށެވެ.
****************************
އީ މީގެ 24 އަހަރު ކުރިއެވެ.
މުހަންމަދުގެ އާއިލާއަކީ މާލޭގައި ނަން މަސްހޫރު އާއިލާއެކެވެ.
އެތައް ވިޔާފާރިއެއް ކުރަމުން އައި ގަދަރުވެރި އާއިލާއެކެވެ.
ވަސީމާ އާއި މުހަންމަދުގެ ކައިވެންޏައް އަހަރު ވުމާ ގާތް ވެފައި ވަނިކޮއް އަލޫކް ލިބުނެވެ.
އާއިލާގެ އެދުމައް ކުރި އެކައިވެންޏަކީ ވަސީމާ ގަބޫލްގައި ކުރެވުނު ކައިވެންޏެއްނޫނެވެ.
ކައިވެނި ކުރުމައްފަހުވެސް ވަސީމާ އުޅެމުން ދިޔައީ ގިނަވަގުތު ވަސީމަގެ ރަހުމައްތެރިންނައެކު ބޭރުތެރެގައެވެ.
އަލޫކް އަށް ބަނޑުބޮޑުކަން އެގުނުދުވަހު މުހަންމަދު އުފާކުރިނަމަވެސް ވަސީމާ އެކަމާ އިންތިހާއައް ރުޅިއައެވެ.
އޭނަ ރައްޓެހިންނައެކު ބޭރައް ދާތީ މުހަންމަދު ގަސްތުގައި އޭނައަށް ދިން ލަނޑެއް ކަމައް ބުނަމުންދިޔައެވެ.
އަދި ދަރި ވައްޓާލާނެ ކަމައް މުހަންމަދައް ބިރުދައްކަމުންދިޔައެވެ.އެދުވަހު މުހަންމަދު ވަސީމާގެ ދެފައިގައި ހިފާ އާދޭސްކުރަމުން ދިޔައެވެ.
ހަމއެކަނި އެދަރިފުޅު ދުނިޔެއައް ނޭވާލަންދެން މަޑުކުރުމައް އެދުނެވެ.އޭގެ ފަހުން ވަސީމާއަށް އެދަރިފުޅުގެ އެއްވެސް އުދަގުލެއް ނުޖައްސާނަން ކަމައްބުނެ އާދޭސް ކުރިއެވެ.
އާއިލާ މީހުންނާއި ރައްޓެހިންގެ ބުނުމައް ވަސީމާ އެދަރިފުޅު ދުނިޔެއައް އަންނަންދެން މަޑުކުރީ ވިހެއުމައްފަހު އެދަރިފުޅުގެ ހުރިހާކަމެއް މުހަންމަދު ކުރާގޮތައް ނިންމާފައެވެ.
ނަމަވެސް މުހަންމަދު އުންމީދު ކުރަމުން ދިޔައީ ދަރިޔަކު ލިބުމުން ވަސީމާގެ އުޅުން ރަގަޅު ވެދަނެ ކަމަށެވެ.
ހީކުރި ގޮތާ ހިލާފައް ދަރިފުޅު ވިހެއުމާއެކު ވަސީމާ ރަހުމަތްތެރިންނާއެކު ބޭރައް ދިއުން އިތުރުވިއެވެ.
އެއިންކަމަކާ ހިތްހަމަނުޖެހިގެން އެއްޗެއްބުނާ ކޮންމެފަހަރަކު ވަސީމާގެ ދުލައް އައިހާ އެއްޗެއްގޮވާލައެވެ.
ވަސީމާގެ ހަރުދަނާކަމެއްނެއް ދިރރިއުޅުމުގެ ސަބަބުން އަލޫކްގެ އުމުރުން ދިހައަހަރު ވުމާގާތް ވެފައި ވަނިކޮއް މުހަންމަދު އާއިލާއިން އެހެން ކައިވެންޏެއް ކުރުމައް ބާރުއަޅަންފެށިއެވެ
ފުރަތަމަ ކޮޅު މުހަންމަދު އެކަމާދެކޮޅު ހެދިނަމަވެސް ފަހުން އެކަމާ އެއްބަސްވީ އަލޫކް އައް ރަގަޅު ތަރުބިއްޔަތެއް ދިނުމުގެ ބެނުމުގައެވެ.
ނަމަވެސް މުހަންމަދު އުންމީދު ކުރިގޮތާ ހިލާފައް އެކައިވެނި ކުރެވުމުން ވަސީމާގެ ރުޅިގަދަވެ އަލޫކްގޮވައިގެން ގެއިން ނިކުތީ ބަތް ތަށީ އެއްފަޅި ކާން ބޭނުން ނުވާކައްބުނެއެވެ.
ވަސީމާގެ އުޅުން ހުރިގޮތުންމުހަންމަދު އެމީޙުންގެ ދަރިފުޅު އަތުލެވޭތޯ ކުރިމަސައްކަތް ނާކާމިޔާބުވީ ވަސީމާ ނުފޫޒް ގަދަކަމުން އެދަރިފުޅު ދޭންބޭނުންނުވުމުންނެވެ..
ނަމަވެސް ވަސީމާ އަލޫކް ގޮވައިގެން ދިޔަދުވަހުން ފެށިގެން މިއަދާ ހިސާބައް ވެސް އަލޫކް އާއި ވަސީމާގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ މުހަންމަދެވެ.
އަލޫކްއަކީ ޒިންމަދާރު މީހަކައް ހެދުމައްޓަކާ އަލޫކް އިތުރައް ކިޔެވުމައް މުހަންމަދު ބޭނުންވުމުން އަލޫކް އެކަމާއެއްބަސްވީ ބައްޕަގެ ނިންމުމަކާއި ދެކޮޅު ނަހަދަންވެގެންނެވެ.
ނަމަވެސް އަބަދާއި އަބަދު އިވެމުންދިޔަ ވަސީމާގެ ސަކުވާގެ އަޑުތަކުން ނުބައި ރައްޓެހިންތަކަކާއި އެކުވެ އަލޫކް ހަލާކް ވީއެވެ.
***************
ނުނިމޭ
4 Comments!
Comments are closed.
Yey me first
!!!!!!!!Wow
Yeah….. thank you im?
Nice
thank you sheeen ?