Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (4)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
March 4, 2018 6 Mins Read
24 Comments

“ދެން ހީނާއްތަވެސް ދޯ.” އޭނާގެ މޫނުމައްޗަށް އަރައިފައިބަމުންދިޔަ ކުލަވަރުތަކަށް ބަލަންހުރި ހީނާ ފެނުމުން ލަދުގަނެފައި މަލްހާ ބުނެލިއެވެ. އެއާއެކު ހީނާގެ ލުއި ހުނުމުގެ އަޑު ސިޓިން ރޫމްތެރެއަށް ފެތުރިގެން ދިޔައެވެ.

އައި.ޖީ.އެމް.އެޗް ހޮސްޕިޓަލް ކައިރިއަށް ސައިކަލް މަޑުކޮށްލުމާއެކު ހާސްވެފައިހުރެ މަލްހާ ސައިކަލުން ފޭބިއެވެ. ސައިކަލް ޕާރކް ކޮށްލުމަށްފަހު ރާއިދް އައިސް މަލްހާގެ އަތުގައި ހިފައިގެން އެތެރެއަަށް ވަންނަން ހިނގައިގަތްއިރު މަލްހާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. ހީނާ އެބުނި ވާހަކައަކީ ތެދަކަށް ވުމަށްއެދި މަލްހާއަށް ދުޢާކުރެވުނު އަދަދެއްވެސް ނޭނގެއެވެ. އެކަން އެހެންވެއްޖެނަމަ އުފަލުގެ ކޮޅެއް ނެތެވެ. ގާތުގައި ހުރި ރާއިދްގެ މޫނަށް ލޯތްބާއެކުގައި ބަލައިލަމުން މަލްހާ ރާއިދްގެ އަތަށް ފިތައިލިއެވެ. ހާސްވެފައިހުރި ނަމަވެސް މަލްހާގެ ހިނިތުންވެފައިވާ ރީތި މޫނުފެނުމުން ރާއިދްގެ ހިތަށްވެސް ހަމަޖެހުން ލިބިގެންދިޔައެވެ.

ބަލިމީހުން ބަލާ ކޮޓަރިއަށް ދެމީހުން ވަދެގެން ދިޔައީ އެކިއެކީއެވެ. ޑޮކްޓަރުގެ ކުރިމައްޗަށްވާގޮތަށް ހުރި ގޮނޑީގައި މަލްހާ އިނށީނުމާއިއެކު ހިނިތުންވެލަމުން ޑޮކްޓަރ އެކިއެކި ސުވާލުތައް ކުރަން ފެށިއެވެ. އަދި ހަދަން ޖެހޭ ބައެއް ޓެސްޓް ތަކުގެ ލިސްޓެއް ދިނުމަށްފަހު ވީހައިވެސް އަވަހަކަށް އެޓެސްޓްތައް ހެދުމަށް ބުނެލިއެވެ. ބޯޖަހައިލަމުން ދެމީހުންވެސް އެކޮޓަރިން ނުކުމެ ލެބޯޓްރީއާއި ދިމާއަށް ހިނގައިގަތެވެ.

ގެއަށް އާދެވުނުއިރު މަލްހާ ހުރީ ވަރުބަލިވެފައެވެ. ޓެސްޓްތަކުގެ ނަތީޖާ ލިބޭނީ މާދަމާކަމުން އެޑޮކްޓަރަށް އައު އެޕޮއިންޓްމެންޓެއް ހެއްދުމަށްފަހު ދެމީހުންވެސް ގެއަށް އައީ ރެސްޓޯރެންޓަކުން ކައިގެންނެވެ. ހެދުން ބަދަލުކޮށްލައިގެން މަލްހާ ފާޚާނާއިން ނުކުތްއިރު އެނދުގައި މަލްހާގެ ހަރަކާތްތަކަށް ބަލަން ރާއިދް އޮތެވެ. އެތަންފެނިފައި ގަތްލަދުން އެދޮންމޫނު އެއްކޮށް ރަތްވެގެން ދިޔައެވެ. ފައިގެ ފަލަމަސްގަނޑުގެ މެދާއި ހަމައަށްއަރާ ފިޔާތޮށިކުލައިގެ އެނައިޓީ މަލްހާގެ ދޮންހަށިގަނޑާ ވަރަށް ގުޅެއެެެވެ. ލަދުރަކި ހިނިތުންވުމަކާއެކު އިސްޖަހައިގެންހުރި މަލްހާ ގާތަށް ހުއްޓިލުމަށްފަހު އަތްދަނޑި މައްޗަށް އުފުލައިލަމުން އެނދާއި ދިމާއަށް ރާއިދް ހިނގައިގަތްއިރު އެމޫނުމަތީގައިވީ ހިތްކަތިލައިލާފަދަ ހިނިތުންވުމެކެވެ.

** ** **

ކޮޓަރީގެ ދޮރުކައިރީގައި ޔާނިކްހުރީ ފުންވިސްނުމަކަށް ގެއްލިފައެވެ. މަލްހާ މިއަދު ބަލިކަމުން އޮފީހަށް ނައުމުން އެހިތުގެ ހަމަޖެހުންވަނީ ގެއްލިފައެވެ. މަލްހާގެ ހާލު ބަލައިލާ ހިތުން ކެތްވަނީއެއްނޫނެެވެ. މިއީ ރަނގަޅު ވިސްނުމެއްނޫންކަން އިނގޭއިރުވެސް އެހިތްއެކަން ގަބޫލުކުރަން ބޭނުންނުވާ ސަބަބެއް ޔާނިކްއަކަށް ނޭނގެއެވެ.

ކުޑަދޮރުގެ ކަނީގައި އެއްއަތްވިއްދައިލަމުން ޔާނިކް އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ. ހަވީރުއްސުރެ އުޑުމަތި ބަނަކުރަމުންދިޔަ ބޯކަޅު ވިލާތަކުގެ ސަބަބުން ރޭގަނޑުގެ ރާނީ އާއި އޭގެ ބައިވެރިންގެ އަލިކަންވަނީ ފަނޑުވެފައެވެ.

ޖެހިލާ ތެތްފިނި ވައިރޯޅިވެސް އިރެއް އިރަކަށް ދިޔައީ ބާރުވަމުންނެވެ. ހަމައެކަނި ޓްރެކްސޫޓެއް ލައިގެންހުރި ޔާނިކްގެ ހާމަކަންބޮޑު ކަސްރަތީ ހަށިގަނޑުގައި އެއްވެސް ހުރައެެއްނެތި ބީހެމުންދިޔަ ވައިރޯޅިތަކުން އޭނާ ތުރުތުރު އަޅައިގަތެވެ. އެހެނަސް ހުރިތަނުން ގުޑިލަންވެސް ޔާނިކް ބޭނުންނުވާފަދައެވެ.

ރޯޅިއާއެކުގައި ދެފަރާތަށް ހެލެމުން ނަށަމުންދިޔަ ބަގީޗާގައިހުރި ގަސްތަކަށް ޔާނިކް ބަލައިލިއިރު އެތުންފަތްމަތީގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. ގޭގައި އޮންނަ ބަގީޗާއަކި އޭނާގެ މަންމަ އެންމެ ލޯބިން ބަލަހައްޓާ އެއްތަނެވެ. މުޅި މާޙައުލުގައިވެސް މާމެލާމެލީގެ މީރުވަސް ހިފައިލައިފައިވީގޮތުން ދެލޯމަރައިލަމުން ޔާނިކްއަށް ނޯށްދަމައިލެވުނެވެ. ކުދިކުދިވެފައިވާ ހިތަކަށްވެސް އެވަހުން ހަމަޖެހުން ގެނުވާނެކަން ޔަގީނެވެ.

ކުއްލިއަކަށް އޮއްސައިގަތް ބޯވާރޭގެ ތިކިތައް މެރިފައިވާ ޔާނިކްގެ ދެލޮލާއި މޫނުގައި ބޮސްދޭން ފެށުމުން ސިހިފައި ޔާނިކްއަށް ދެލޯހުޅުވައިލެވުނެވެ. އުޑާ ދިމާއަށް ނަޒަރު ހުއްޓައިލަމުން ޔާނިކް ކުޑަދޮރު ލައްޕައިލުމަށްފަހު ދޮރުފޮތިތައް ކަހައިލިއެވެ. އޭރުވެސް ރީތި މަޑު މިއުޒިކެއް ފަދައިން ވާރޭ ވެހޭއަޑު މުޅިމާޙައުލުގައި ގުގުމަމުން ދިޔައެވެ. އިރުކޮޅަކު އެތަނުގައި ހުރުމަށްފަހު ޔާނިކް ކަންނެތް ގޮތަކަށް ކޮޓަރިން ބޭރަށް ނުކުތުމަށް މިސްރާބުޖެހިއެވެ.

ފަޅުވެފައިވާ ސިޓިން ރޫމް ފެނުމުން ގޭގެ އެންމެން ނިދީކަން ޔާނިކްއަށް އެނގުނެވެ. މަޑުހިނގުމެއްގައި ގޮސް ކާކޮޓަރީގެ ބޮކި ދިއްލައިލަމުން އެތެރެއަށްވަދެ ކޮފީހެއް ހެދުމައިގެން ޔާނިކް މަސްއޫލުވީ ރޭގަނޑުގެ ފިނިން ހަށިގަނޑަށް ހޫނުކަމެއް ގެނެސްދިނުމުގެ ބޭނުމުގައެވެ.

ވެހެމުންދިޔަ ވާރެއަށް ބަލަމުން ކޮފީ ގިރައި ނިންމައިލުމަށްފަހު ޔާނިކް ކޮފީ މަގު ހިފައިގެން ގޭގެ ފެންޑާއަށް ނުކުމެ ހިޔާކޮށްފައިވާ ހިސާބުގައި ހުރި ހުދުކުލައިގެ ކޮފީ ޓޭބަލް ދޮށުގައި އިނށީދެލިއެވެ. ހިމޭންކަމާއެކު ކޮފީބޮމުންދިޔަ ޔާނިކްގެ ލޮލުގައި ކުއްލިއަކަށް ކުޑަކުއްޖަކު ފަދައިން ހެމުން ބަގީޗާ ތެރޭގައި ދުވަމުންދިޔަ އޭނާާގެ ކޮއްކޮ އީނާލް އަޅައިގަތެވެ. މިއޮއް ފިނިރޭގައި ވާރޭގެ ކުދިކުދި ތިކިތަކުތެރޭގައި ޕަރީއެއްހެން ދުވަމުންދިޔަ އީނާލް ފެނުމާއެކު ޔާނިކްގެ ނުތަނަވަސްވެފައިވާ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ. އޭނާގެ ކޮއްކޮގެ އެއުފާވެރިމޫނު ފެނުނަސް އެހިތަށް ބަޔާންކުރަންދަތި އުފަލެއް ލިބެއެވެ. އެހައިވެސް ބޮޑަށް ޔާނިކް އީނާލްދެކެ ލޯބިވެއެވެ. އެހެނަސް ރޭގަނޑުގެ މިވަގުތުގައި އީނާލް އެގޮތަށް ވާރެއާއި ތެމުމުން ޔާނިކް ކުޑަކޮށް ހިތްހަމަނުޖެހުނީ އީނާލް ބަލިވެދާނެތީއެވެ.

“ނާލް.” ޔާނިކްގެ ފިރިހެންވަންތަ ބަރުއަޑު ވެހެމުންދިޔަ ވާރޭގެ އަޑާއެކުވެ ހިނދިގެންދިޔައެވެ. އުފާވެފައި ވާރޭތެރޭގައި އުޅެމުންދިޔަ އީނާލްއާ ހަމައަށް އެއަޑު ނުފޯރާކަން އެނގުމުން އަނެއްކާވެސް ކުރިއަށްވުރެ ބާރަށް ޔާނިކް ގޮވައިލިއެވެ.

ދެލޯބޮޑުކޮށްލަމުން އީނާލް އެކި ދިމަދިމާހޯދަންފެށީ އޭނާގެ ނަމުން މީހަކު ގޮވައިލި އަޑު އިވުމުންނެވެ. ކުއްލިއަކަށް ބިރުވެރިކަން މުޅިމީހާ ވަށައިލުމުން ނުތަނަވަސްވެފައި އީނާލް ފަހަތަށް އެނބުރިލިއެވެ. އެއާއެކު ހެވިފައި އޭނާގެ ހަރަކާތްތަކަށް ބަލަންހުރި ޔާނިކް ފެނުމުން އީނާލް ތުންކޮޅު ދަމާލިއެވެ. އަދި ދުވެލައިފައި ޔާނިކްއާ ދިމާއަށް އައެވެ.

“ނާލް.ވާރޭތެރޭ ކީކުރަނީ؟ ތިހެން އުޅެން ހަދައިގެން ނާލް ބަލިވެދާނެ.” ކަންބޮޑުވެފައިވާ ރާގަކަށް ޔާނިކް ބުނެލިގޮތުން މައުސޫމް ގޮތަކަށް އީނާލް ހިނިތުންވެލިއެވެ. “ކަމް އޯން ދޮންބޭ. ދޮންބެ މާ ބޮޑަށް ވޮރީ ވަނީ. ކިހައި ހިތްގައިމު. ވަރަށް ދުވަސްވެއްޖެ ވާރެއާ ނުތެމޭތާ. އެހެންވެ ހިތަށްއެރީ މިރޭ ތެމިލަން. އެހެން ނޫނަސް އައި ލަވް ރެއިން.” ހުވަފެނީ ގޮތަކަށް ވެހެމުންދިޔަ ވާރެއަށް ގެއްލިފައިހުރެ ދެއަތް ޖޯޑުކޮށްލަމުން އީނާލް ބުނެލިއެެވެ. އީނާލްގެ ވާހަކަތައް ހުރިގޮތުން ޔާނިކް ދެފަރާތަށް ބޯހޫރުވައިލަމުން ހިނިތުންވެލިއެވެ.

“ހެހެ. އެކަމަކުވެސް ދެން މިފިނީތެރޭ ހުންނާނެކަމެއް ނެތް. މިހާރު އެއޮއް 11 ޖަހަނީ. ދެން ދޭ ނިދަން.” ކޮފީ މަގު ތުމުގައި ޖަހައިލަމުން ޔާނިކް އެހެން ބުނެލުމާއެކު އީނާލް މޫނަށް ފާޑެއްގެ ވައްތަރެެއް ޖައްސައިލިއެވެ. “އޯކޭ. އެކަމަކު ދޮންބެ ހޭލާ ކީއްތިކުރަނީ؟” ދެލޯހަނިކޮށްލަމުން އީނާލް އަހައިލިގޮތުން ޔާނިކްއަށް ހެވެން އުޅުނެވެ. ނަމަވެސް ހިނިގަނޑު ހިންދައިލަމުން ޔާނިކް ދުރަށް ނަޒަރު ހުއްޓައިލިއެވެ. “ދޮންބޭ. ހުރިހައި ކަމެއް ރަނގަޅުތަ؟ ވަރަށް ހީވޭ ދޮންބެ ކޮންމެވެސް ކަމަކާ ވަރަށް ބޮޑަށް ވިސްނާހެން.” ފިނިވެގެންގޮސް ރޫރޫއަޅަމުން ދިޔައިރުވެސް އެކަމަަށް އެހައިބޮޑު ސަމާލުކަމެއްނުދީ އީނާލް ކަންބޮޑުވެފައި އަހައިލިއެވެ.

އީނާލްގެ ސުވާލުން ތުންފަތުގައި ދަތްއަޅައިލަމުން ޔާނިކް އިސްޖަހައިލިއެވެ. މަލްހާގެ ހަނދާންތައް އަނެއްކާވެސް އޭނާގެ ސިކުނޑި ގައިދުކޮށްލި ކަހަލައެވެ. ޔާނިކްގެ މޫނަށް އަރައިފައިބަމުންދިޔަ ކުލަވަރުތަކަށް ބަލަން ހުރި އީނާލް މަޑުމަޑުން ޔާނިކްގެ ކޮނޑުގައި އަތްބާވައިލިއެެވެ. އޭނާގެ ދޮންބެއަށް ކޮންމެވެސް ކަމެއްވެއްޖެކަން ޔަގީނެވެ.

“ދޮންބޭ.” އޯގާތެރިއަޑަކުން ލޯތްބާއެކުގައި އީނާލް ގޮވައިލިއެވެ. “ދެން ދޭ އަވަހަށް ނިދަން. ދޮންބެވެސް މިދަނީ އަރާމުކޮށްލަން.” އަމިއްލަ އިހުސާސުތައް ހިންދަން މަސައްކަތްކުރަމުން ގަދަކަމުން ހިނިތުންވެލުމަށްފަހު ޔާނިކް ބުނެލިއެވެ. ބުނާނެ އެއްޗެއް ނޭނގި ޔާނިކްގެ މިލައިފައިވާ މޫނަށް ބަލަހައްޓައިގެން އީނާލްއަށް ހުރެވުނީއެވެ. “އެކަމަކު.” އީނާލްގެ ވާހަކަ މެދުކެނޑުނީ ޔާނިކް ދެފަރާތަށް ބޯހޫރުވައިލުމުންނެވެ. “ނާލް. މިވަގުތަކު ނޫން. ވަގުތު ޖެހުމުން ނާލްއަށް ހުރިހައި ވާހަކައެއްވެސް ދޮންބެ ކިޔައިދެމެއްނު ދޯ.” ޔާނިކްގެ މޮޅިވެރި އަޑު އިވުމުން އެހެންފަހަރު ތަކެކޭވެސް އެއްގޮތަށް މިފަހަރުވެސް އީނާލްއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ބޯޖަހައިލަމުން ކުޑަކުއްޖަކު ފަދައިން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ވަކިހިސާބަކަށް ދިއުމަށްފަހު ހުއްޓިލަމުން އެނބުރި ޔާނިކްއާާ ދިމާއަށް ބަލައިލި އީނާލް ފެނުމުން ޔާނިކް ނިތްއަރުވައިލީ ކިހިނެއްވީތޯ އަހައިލާފަދަ ގޮތަކަށެވެ.

“އަޅުގަނޑަކަށް ނޭނގެ ދޮންބެގެ ހިތުގެ ހަމަޖެހުން ނަގައިލީ ކޮންކަމެއް ކަމެއް. އެކަމަކުވެސް އަބަދުވެސް ހަނދާންކުރާތި ކޮންމެ ކަމެއްވެސްވާނީ ﷲ އިރާދަފުޅުން އެންމެ ރަނގަޅަށްކަން. ކޮންމެ ކަމެއްގައިވެސް ކޮންމެވެސް ހެޔޮ ކަމެއް ވާނެކަން. ﷲ އެކަލާނގެ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއްނުކުރައްވާނެ. އެކަލާނގެ އިމްތިހާނު ކުރައްވާނީ އެކަލާނގެ އެންމެ ލޯބިފުޅުވާ އަޅުން. އެހެންވީމަ އަހަރުމެންނަށް އޮތީ އުފާވެރިކަމުގެ ވަގުތުގައިވެސް އަދި ހިތާމައިގެ ވަގުތުގައިވެސް އެކަލާނގެއަށް ޝުކުރުވެރިވެ ކެތްތެރިކަމާއެކު އެކަމާ ކުރިމަތިލުން. އެކަލާނގެއަށް އިތުބާރުކުރުން. އިންޝާ ﷲ ހުރިހައިކަމެއްވެސް ރަނގަޅުވާނެ.” މައުސޫމު ލޯބި ހިނިތުންވުމަކާއެކު އީނާލް ބުނެލި ކޮންމެ ޖުމުލައެއް ޔާނިކްގެ ހިތުގެ އެންމެ ފުންމިނުގައި ބިންވަޅުނެގިގެން ދިޔައެވެ. ވަގުތުން ހިނިތުންވެލެވުނީ އީނާލްގެ ވާހަކައިގެ ތެދުކަން އެހިތަށް އިހުސާސުވުމުންނެވެ. ދެމީހުން އެކަކު އަނެކަކަށް ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އީނާލް އޭނާާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އެމަންޒަރުބަލަންހުރި ޔާނިކްގެ މޫނުމަތީގައިވީ އޭނާގެ ކޮއްކޮއާމެދުގައި ފަޚުރުވެރިވާފަދަ ހިނިތުންވުމެކެވެ. އެފަދަ ކޮއްކޮއެއް ލިބޭނީ ނަސީބުވެރިއަކަށޭ އޭނާގެ ހިތަށް އެރިއެވެ. އީނާލް ދިއުމާއެކު އުޑާއި ދިމާއަށް ބަލައިލަމުން ޔާނިކް ހަމްދުކޮށްލިއެވެ.

** ** **

އޯލެވެލްއިން ލިބުނުނަތީޖާ އާއިއެކު ލިވްޔާ ނިންމީ އޭލެވެލް ވެސް އެރަށުން ހެދުމަށެވެ. އޭނާގެ މައިންބަފައިން އެންމެ އުއްމީދުކުރި ނަތީޖާ ނޫންނަމަވެސް އެނަތީޖާއިން އޭލެވެލް ކިޔެވޭވަރުވުމުން އާބިދާ އެކަމާ ހިތްހަމަޖެހުނެވެ. ކޮންމެ ކުއްޖަކަށް އެހައި ރަނގަޅު ނަތީޖާއެއް ނުލިބޭނެކަމަށްބުނެ އެކަންވެސް އާބިދާ ހިންދައިލީއެވެ. ލިވްޔާދެކެ ވާލޯތްބެއްގެ ބޮޑުކަމުންނެވެ.

އޯލެވެލް ނަތީޖާއިން ލިވްޔާއަށް އެއްޗެއް ވިސްނުނީކަންނޭނގެއެވެ. މިފަހަރު އޭލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދުމުގެ އަޒުމު އެހިތުގައި އާވެގެން ދިޔައެެވެ.

އޭލެވެލް ފެށޭ ދުވަސްކަމަށްވުމުން ލޯގަނޑު ކުރިމަތީހުރެ ލިވްޔާ ތައްޔާރުވަމުންދިޔައެވެ. ޔުނީފޯމްގެ ބަންދު އަޅުވައިލަމުން ފަރާތް ފަރާތަށް އެނބުރިލުމަށްފަހު ރަނގަޅުތޯ ޔަގީންކޮށްލިއެވެ. ފުންނޭވާއެއްލަމުން ލިވްޔާ ހިނިތުންވެލީ ހުރިހައި ކަމެއްވެސް އޭނާ ބޭނުންވާގޮތަށް ފުރިހަމަ ވުމުންނެވެ.

ސްކޫލް ގޭޓްކުރިމައްޗަށް ހުއްޓިލަމުން ލިވްޔާ ވަށައިގެން ނަޒަރު ހިންގައިލީ އޭނާގެ އެކުވެރިން ފެނޭތޯއެވެ. ސްކޫލްގެ ގޯތިތެރޭގައިހުރި ގަހެއްގެ ދޮށުގައި ތިބި އޭނާގެ އެކުވެރިން ފެނުމުން ފުޅާ ހިނިތުންވުމަކާއެކު ލިވްޔާ އެދިމާއަށް ހިނގައިގަތީ ވަރުގަދަ އަޒުމަކާ އެކުއެވެ. ގްރޫޕް ހުރިހައި ކުދިން ހަމަވުމުން އެންމެން ކްލާސްރޫމް ތަކާއި ދިމާއަށް މިސްރާބުޖެހީ ހީ ސަކަރާތް ޖަހަމުންނެވެ.

ވަރުބަލިކަމާއެކު ސްކޫލް ނިންމައިލުމަށްފަހު ގެއަށް އައިސް ވަތް ލިވްޔާ ފެނުމުން ޓީވީ ބަލަން އިން އާބިދާ ސޯފާއިން ތެދުވިއެވެ. “ދަރިފުޅާ. ދޭ އަވަހަށް ފެންވަރައި ތާޒާ ވެލައިގެން ކާން އަންނަން. މަންމަ ހުންނާނެ ދަރިފުޅަށް އެންމެ މީރު ކެއުން ތައްޔާރުކޮށްފަ.” ލޯތްބާއެކު ލިވްޔާގެ ބޮލުގައި ފިރުމައިލަމުން އާބިދާ އެހެން ބުނެލުމާއެކު ބޯޖަހައިލަމުން އޭނާގެ ކޮޓަރިއާއި ދިމާއަށް ލިވްޔާ ހިނގައިގަތެވެ.

މޭޒުމަތީގައި ދަބަސް ބެހެއްޓުމަށްފަހު ވެފައިވާ ވަރުބައްޔާއެކު ލިވްޔާ އެނދުގައި އޮށޯވެލީ ޔުނީފޯރމްވެސް ބަދަލުކޮށްލުމެއް ނެތިއެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ތެދުވެ ތުވާލި ހިފައިގެން ފާޚާނާ އާއި ދިމާއަށް ހިނގައިގަތެވެ.

ބޮލުން ފެންހިއްކަމުން ނުކުތް ލިވްޔާ އިސްތަށިގަނޑުގައި ކްރީމްލައި ހެދުމަށްފަހު އެނދުގައި ލެޕްޓޮޕް ހިފައިގެން ޖައްސައިލީ މަލްހާ ގެއަށް އައިސް އޭނާއަށް ވީޑިއޯ ކޯލް ކުރަންވާނޭ ބުނުމުންނެވެ. މަލްހާއަށް އޭނާ އޮންލައިންގައި ހުރިކަމަށްބުނެ މެސެޖް ކޮށްލުމާއެކު މަލްހާ ގުޅައިލިއެވެ.

“ދޮންތާ. ކިހިނެއްތަ؟” ފުޅާ ހިނިތުންވުމަކާއެކު ސްކްރީނުން ފެންނަންހުރި މަލްހާ ގާތުގައި ލިވްޔާ އަހައިލިއެވެ. “ދޮންތަ ހަމަ ބެސްޓް. ލިވީ ކިހިނެއް؟ އޭލެވެލްގެ ފަސްޓް ޑޭ ކިހިނެއް؟” އުފާވެރި ރާގަކަށް މަލްހާ ސުވާލުތައް އަމުނައިލިއެވެ. އެގޮތުގައި އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު މަލްހާ ވާހަކައެއް ބުނަންވެފައި އޮތްކަމަށް ބުނެލުމުން ލިވްޔާގެ ނިތަށް ރޫއަރައިގެން ދިޔައެވެ. ކޮންވާހަކައެއްހޭ އަހައިލިގޮތުން މަލްހާއަށްވެސް ހެވުނެވެ.

“އޫމް. ދޮންތަ ޕްރެގް.” ކުޑަކޮށް ފުންމައިލަމުން މަލްހާ ބުނެލިގޮތުން ހުއްޓުން އަރައިފައި ލިވްޔާއަަށް އިނދެވުނީއެވެ. މަލްހާ ބުނި އެއްޗެއް އޭނާގެ ސިކުނޑިއަށް ނަގައިގަނެވުނީ އިރުކޮޅެއްފަހުންނެވެ.

“ވާއު. އަސްލުވެސްތަ؟ ކޮންގްރާ ދޮންތީ.” ލޯތްބާއެކު އަތް ޖަހައިލަމުން ލިވްޔާ މަލްހާއަށް މަރުހަބާ ކިޔެވެ. ހިނިގަނޑެއް ޖަހައިލަމުން މަލްހާ ބޯޖަހައިލިއެވެ. “މަންމައާ ބައްޕައަށް އިނގޭތަ؟” ލިވްޔާގެ ސުވާލަށް މަލްހާ ބޯހޫރުވައިލަމުން މިރޭ އެމީހުންނަށް ގުޅައިފައި ބުނާނެކަމަށް ބުނެލިއެވެ. “ލިވީ ދޮންތަ އެބައަންނަން އިނގޭ. ދޮންތަބެއަށްވެސް ލިވީ ޖެހޭނު މަރުހަބާ ކިޔަން ދޯ. ޓޯކް ހިމް ދޮންތަ އަންނަންދެން އިނގޭ. ވަރަށް އަވަސްވާނެ.” އެހެން ބުނެލުމަށްފަހު ލިވްޔާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި މަލްހާ ދިޔައެވެ. އެވަގުތު ސްކްރީނުން ފެންނަންފެށި ރާއިދްގެ މޫނު ފެނުމުން ވަގުތުން ލިވްޔާގެ ހިތުގެ ތެޅުން އަވަސްވެގެން ދިޔައެވެ. މުޅިމީހާ ފިނިވެ މަޑު ތުރުތުރެއް އެހަށިގަނޑުގައި އުފެދިގެންދިޔައެވެ. ދެލޯބޮޑުކޮށްގެން ރާއިދްގެ މޫނަށް ބަލަންއިން ލިވްޔާއަށް ރާއިދް ގޮވައިލިއެވެ. އޭނާއަށް އެއަޑު އިވުނީވެސް ރާއިދް ދެތިންފަހަރު ގޮވައިލުމުންނެވެ. “މަ.. މަރު.. މަރުހަބާ ދޮން.. ދޮންތަބޭ.” ވަރަށް އުނދަގުލުން އަޅައަޅައިގަންނަމުން ލިވްޔާ ބުނެލިގޮތުން ފާޑަކަށް ލިވްޔާގެ މޫނަށް ރާއިދް ބަލައިލިއެވެ. އޭނާ ފެންނަ ކޮންމެ ފަހަރަކު ލިވްޔާ އަށް އެވާގޮތްފެނި ރާއިދް ހައިރާންވެއެވެ. ރާއިދްއަށް ދޮންތަބޭގެ ނަމުން މުޚާތަބުކުރަންވުމުން ލިވްޔާއަށް ފާޑެއްގެ އުނދަގުލެއް އިހުސާސުވެގެން ދިޔައެވެ. އެނަމުން އޭނާ ރާއިދްއާ މުޚާތަބުކުރަން ބޭނުންނުވާފަދައެވެ. އެއްގޮތަކަަށްވެސް އެއީ ކީއްވެކަމެއް އޭނާއަކަށް ނުވިސްނުނެވެ.

“ޝުކުރިއްޔާ. ލިވީގެ ކިޔެވުން ކިހިނެއް؟” އެޚިޔާލުތައް އެއްފަރާތްކޮށްލަމުން ރާއިދް އެކުވެރި ރާގަކަށް އަހައިލިއެވެ. “ރަ.. ރަނގަޅު.” ހާސްވެފައިހުރިވަރުން ލިވްޔާއަށް ވާހަކަދައްކަންވެސް އުނދަގޫވަމުންދިޔައެވެ. “ލިވީ. އާރ ޔޫ އޯކޭ؟” ކަންބޮޑުވެފައި ރާއިދް ކޮށްލި ސުވާލަށް އަވަސް އަވަހަށް ލިވްޔާ ބޯޖަހައިލިއެވެ. “އޫމް.މަންމަ އެބަ ގޮވާ. ދޮންތަ ގާތުބުނޭ ފަހުން ގުޅާނަމޭ. ވަރަށް ސަލާމް.” އެހެން ބުނެލުމަށްފަހު ރާާއިދްއަށް ޖަވާބެއްވެސް ނުދެވިގެން އުޅެނިކޮށް ލިވްޔާ ކޯލް ނިންމައިލިއެވެ. އޭރު މުޅިމީހާ ފިނިވެގެންގޮސް ތުރުތުރުއަޅަމުންދިޔައެެވެ. އަވަސްވެފައިފާ ހިތާއި ދިމާލުގައި ލިވްޔާ އަތުން ފިރުމައިލިއެވެ. ރާއިދް ފެންނަ ކޮންމެ ފަހަރަކު އޭނާއަށްމިވަނީ ކިހިނެއްހެއްޔެވެ؟ އޭނާގެ އަމަލުތައް މިގޮތަށް ހުންނަން ވެއްޖެނަމަ ރާއިދްގެ ހިތަށް އަރާނީ ކީކޭހެއްޔެވެ؟ ދެފަރާތަށް ބޯހޫރުވައިލަމުން ލިވްޔާއަށް އޭނާގެ ބޮލުގައި އަތުން ޖަހައިލެވުނެވެ. އެއްގޮތަކަށްވެސް މިވަނީ ކިހިނެއްކަމެއް ލިވްޔާއަކަށް ނުވިސްނުނެވެ.

އާބިދާ ލިވްޔާ ލަސްވެގެން ގޮވައިލިއަޑަށް ސިހިފައި މިދަނީކަމަށްބުނެ އަތުން އިސްތަށިގަނޑު ރީތިކޮށްލަމުން މޫނުމަތީގައި ހިއްލައިފައިހުރި ދާތިކިތައް ލިވްޔާ ފުހެލިއެވެ. އަދި ހަމަޖެހިލަމުން އިންތަނުން ތެދުވެ ކޮޓަރިން ނުކުންނަން ހިނގަައިގަތީ އިތުރަށް އެކަމާމެދުގައި ނުވިސްނަން ނިންމައިގެންނެވެ. އެހެނަސް އޭނާއަށް އެކަން ކާމިޔާބުވާނެ ހެއްޔެވެ؟ ހިތްނޭދޭ އެޚިޔާލުތައް ހިތުންނެރެ އެއްލައިލެވޭނެހެއްޔެވެ؟ ހައްތަހައިވެސް ޖަވާބު ނޭނގޭ ސުވާލުތަކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ވަންހަނާ (އަށާރަވަނަބައި)

Next

އައިކާ (30) – ފަހުބައި

Next
March 4, 2018

އައިކާ (30) – ފަހުބައި

Previews
March 4, 2018

ވަންހަނާ (އަށާރަވަނަބައި)

24 Comments!

  1. Nau says:
    March 4, 2018 at 11:11 am

    Salaam all my dears.. So here is the next part.. Hope u all like this part too.. If there is a mistake do let me knw ingey.. Enjoy reading.. Nxt part in sha allah tmrw.. Kyp waiting.. Have a v nice day.. Ly all my dear readers.. ?❤

  2. fajuah says:
    March 4, 2018 at 11:27 am

    v reethi ❤❤❤❤❤❤

    1. Nau says:
      March 4, 2018 at 11:39 am

      Thanks dear❤

  3. Shann says:
    March 4, 2018 at 11:38 am

    Wow nau up kohly dhw… V v rythi mibaives… Sifakurun hama ehvaney buneveyny… Story kuriah gendhaa goehves v v rythi…???

    1. Nau says:
      March 4, 2018 at 11:39 am

      Hehe.. Thanks my dear shann.. ❤?

    2. June says:
      March 4, 2018 at 12:20 pm

      ??????? shann mi hama varah meehunge samaalukan hoadhan ulhrley miiheh??

  4. Axy says:
    March 4, 2018 at 11:58 am

    Nau Thanks v v v reethi

    Vaahaka kuriah dhaa goy v reethi good
    ????⭐⭐⭐⭐⭐☺☺☺☺☺

    1. Nau says:
      March 4, 2018 at 12:32 pm

      Thanks dear.. ❤?

  5. EHLEE says:
    March 4, 2018 at 1:11 pm

    Wow v reeti mih part vaxx when next part

    1. Nau says:
      March 4, 2018 at 5:59 pm

      Thanks dear.. In sha allah tmrw.. ?

  6. Friends says:
    March 4, 2018 at 1:14 pm

    Hahaha.livee dhonthabe dheke love vanyy kanneyge dhw.v maja.ekam stry hama vv salhi.masha allah.waiting 4 next part.
    Have a great day nau.
    ?????????

    1. Nau says:
      March 4, 2018 at 6:00 pm

      Hehe vedhaane dhw.. Actually that part is based on a true story.. So lets see dhw vaa gotheh.. Hehe.. Btw thanks dear❤

  7. Pinky shifoo says:
    March 4, 2018 at 1:49 pm

    Wow ❤️❤️❤️… It’s amazing ???… V v v reethi Maasha Allah mi part vx ???… Mihira sifakurumeh dhw ???… Hama bunaane ehcheh vx neynge shifoo akah ???… Ehaavx furihama ???… Hama heeveenee hurihaa manzareh fennahen ???… It’s hama obiness to the maxx ??????… Keep up the good work Nau ???… N mi story vx v v interesting ingey ???… Curiously waiting for the next part… Lots of love and take care ❤️❤️❤️???????????????

    1. Nau says:
      March 4, 2018 at 6:01 pm

      Awwn thanks alot my dear.. Love u too n tvgc❤?

  8. Xxxx says:
    March 4, 2018 at 2:18 pm

    Wooooowww ??.v.reethi

    1. Nau says:
      March 4, 2018 at 6:01 pm

      Thanks my dear❤

  9. Any says:
    March 4, 2018 at 2:20 pm

    V reethi mi part ves ???

    1. Nau says:
      March 4, 2018 at 7:05 pm

      Thanks dear.. ❤

  10. Sham says:
    March 4, 2018 at 4:54 pm

    Fantastic ?❤️?❤️?❤️ mi part ga I love that rain scene sifa kohdheefa in goiy..Vrh reethi ??? n livyaa ah raaidh fenunyma vaa gotheh dhw.. she is love with her dhonthabe ?? ?? Ahahah… Vrh reethi… Waiting for next part ??

    1. Nau says:
      March 4, 2018 at 6:02 pm

      Heheh dhw.. Lets see vaagotheh dhw.. Thank u sooo much my dear.. ❤?

  11. AN says:
    March 4, 2018 at 5:10 pm

    Nice mi part ves. Waiting….❤

    1. Nau says:
      March 4, 2018 at 6:02 pm

      Thanks dear❤

  12. leesh says:
    March 5, 2018 at 7:48 am

    varah salhi

    1. Nau says:
      March 5, 2018 at 8:02 am

      Thanks dear..

Comments are closed.

Next Episodeތަޤްދީރު (5)←


All Right Reserved!