Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (ފަންސަޔާޅީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
March 3, 2018 5 Mins Read
7 Comments

އެހެނަސް އޭނަ ހަނާގެ އެ ‘ހެކި’ ވެސް ބަލަން ބޭނުންވެފައިވި މިންވަރުން އެއްޗެކޭ ބުނަން އޭނަ ނުކުޅެދުނެވެ. އެ ހެކި ބަލާފައި ވެސް އޭނަ ހަނާގެ އިލްޒާމްތަކާއި ދެކޮޅަށް ޝަރަފް ދިފާޢުކުރަން ބޭނުންވި މިންވަރުން އޭނައަށް ހިނގާށޭ ބުނެލެވުނެވެ. އެ ހިނދު އޭނަ ޝަރަފްގެ ބަސްތަކުގެ މަތިން މުޅިން ހަނދާން ނެތުނެވެ.

 

ހަނާ އަފާފް ގޮވައިގެން ކޮޓަރިއަށް ދާން ފެށި ވަގުތު މަންޒަރު ބަލަން ހުރި ޝާދިޔާވެސް ހުރީ މި ވާ އެއްޗެއް ދެނެގަންނަން ނުހަނު ބޭނުންވެފައެވެ. ވަކިން ޚާއްޞަކޮށް ދެންމެ ޝަރަފާއި ބެހޭ ގޮތުން އިވުނު ނޭދެވޭ ވާހަކަތަކެއްގެ ސަބަބުން އޭނަގެ ޝައުޤުވެރިކަން އިތުރުވެފައިވިއެވެ. ހަނާ އަފާފް އަތުލަފި ކޮށްގެން ތިރީގައި ހުންނަ އަފާފްގެ ކޮޓަރީގެ ދޮރާއި ހަމަވީ ވަގުތު ޝާދިޔާވެސް އޭނަގެ ފިޔަވަޅުތަކުގެ އަޑު ނީވޭފަދަ ގޮތަކަށް ފަރުވާތެރިކަމާއެކީ އެދިމާލަށް ދާން ފެށިއެވެ. އޭނަ ހީކުރި ގޮތާއި ޚިލާފަށް ހަނާ އަފާފާއެކީ އެ ކޮޓަރިއަށްވަދެ ކޮޓަރީގެ ދޮރެއް ނުލައްޕައެވެ. އެއީ އޭނަގެ ނަސީބުކަމަށް ބެލި ޝާދިޔާއަށް ނޭނގުނު ކަމަކީ، ހަނާގެ އެދުމަކަށްވެފައި އޮތީ އޭނަ ދައްކާ އެއްޗެއް ވީހާވެސް ގިނަމީހުންނަށް ފެނުންކަމެވެ.

 

ހަނާއާ އެކީގައި ހުރި އަފާފަކަށް ވެސް އެކަން ރޭކާއެއްނުލައެވެ. ދޮރު ނުލެއްޕޭ ކަމަށް އޭނައަށް ސަމާލުކަމެއް ނުދެވުނީ އެވަގުތު އޭނަގެ ހިތުތެރޭގައި ހިނގަމުން ދިޔަ ޖަޒުބާތުތަކެއްގެ ސަބަބުންނެވެ. ޙަޤީޤަތް ދެނެގަތުމަށްޓަކައި ކެތްމަދުވެފައިވި މިންވަރުން ހަނާ އޭނަ އޭނަގެ މޭޒުދޮށުގައި ބޭންދުމާއެކު ލެޕްޓޮޕް ވެސް ހުޅުވާލެވުނީ އަމިއްލައަށެވެ. އެއާއެކު ހަނާ އޭނަގެ ދަބަހުގެ ޒިބު ކަހައި ލެޕްޓޮޕަށް ޕެންޑްރައިވްއެއް ޖަހާލި އަޑު އަފާފަށް އިވުނެވެ. އޭގެ އިރުކޮޅެއްފަހުން ފޯލްޑާތަކެއް ހުޅުވުނު އަޑުތަކަށްފަހު ހަނާ ވާހަކަ ދެއްކި އަޑު އިވުނެވެ.

 

“އަފޫ ތައްޔާރުތަ؟” ހަނާ އަހާލިއެވެ. އިސާހިތަކު ބާރަށް ތެޅެން ފެށި ހިތެއްގެ ސަބަބުން އަފާފަށް ބޯޖަހާލުން ނޫންކަމެއް ނުކުރެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އަފާފަށް އިވިގެން ދިޔައީ ކުރީ ދުވަހު ވެސް އިވިގެން ދިޔަ މިއުޒިކުގެ އަޑެވެ. އެ އަޑު އިވިފައި އަފާފްގެ ދެބުމަ ކައިރިވިއެވެ. ހަނާ އަނެއްކާވެސް އޭނައަށް ދެއްކި އެއްޗެއް ދައްކަނީ ކީއްވެބާއޭ ހިތަށްއެރިއެވެ. ކޮންމެ ގޮތެއްވިޔަސް މިފަހަރު އެއިން އިވުނު ބަސްތައް ބުނަނީ ޝަރަފް ނޫން މީހެއްކަން ޔަޤީން ކުރުމަށްޓަކައި އަފާފް އެއަށް ކަނުލައި އަޑު އަހަން ބޭނުންވިއެވެ. ފިރިހެނެއްގެ އަޑު އިވެން ފެށުމާއެކު އަފާފަށް އޭނަގެ ދެކަންފަތް ހުޅުވާލެވުނެވެ.

 

“އައި ލަވް ޔޫ……އައި ލަވް ޔޫ ސޯ މަޗް.” ނުހަނު ކައިރިން އެ އަޑު އިވިގެން ދިޔުމުން އަފާފަށް ސީދާ ވެލަމުން ލެޕްޓޮޕާއި ދުރުވެލެވުނެވެ. އެއީ ޝަރަފްގެ އަޑު ނޫން އެހެން އަޑެއް ނޫންކަން އޭނައަށް އެނގުންވި ފަދައެވެ. ކުރީ ދުވަހާއި ޚިލާފަށް އެ އަޑު އިތުރަށް ވެސް އިވެން ފެށުމުން އަފާފްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ.

 

“އައި މިސްޑް ޔޫ ސޯ މަޗް އަފް….” ޝަރަފްގެ އަޑު ކުއްލިއަކަށް ކެނޑިގެން ދިޔުމުން އަފާފަށް ސިހުމެއް ލިބުނެވެ. ޝަރަފްގެ އެންމެ ފަހު ބަސް އަޑުއަހަން އޭނަ ބޭނުންވީ ވަރަށް ވެސް ބޮޑަށެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު ލެޕްޓޮޕުން ފެންނަން ފެށީ ކޮޓަރިއެއްގެ ތެރޭގެ މަންޒަރެވެ. އެ މަންޒަރުތައް އަފާފަށް ނުފެނުނެއްކަމަކު އިވެން ފެށި އަޑުތަކުން އަފާފް ގަނޑުވިއެވެ. ދެމީހެއްގެ އަޑު މަސްހުނިކޮށް އިވެމުން ދިޔައިރު އޭގެތެރެއިން ފިރިހެން އަޑަކީ ޝަރަފްގެ އަޑު ނޫންކަމަށް އަފާފް އެތައް ފަހަރެއްގެ މަތިން އަމިއްލަ ނަފްސުގާތު ބުންޏެވެ. އެހެނަސް މިނެޓްތަކެއްގެ ތެރޭގައި އަފާފްގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައީ އެއީ ވެސް ޝަރަފްގެ އަޑުކަން ޔަޤީންވެގެން ދިޔުމުންނެވެ. އެ ހިނދު ބޭރުގައި ހުރި ޝާދިޔާގެ ވެސް އަތް އަނގަޔަށް ބޭނޭވަރުވިއެވެ. އެކަން ނޭނގުނު އަފާފަށް ސިކުންތުކޮޅެއްގެ ތެރޭގައި ޝަރަފް އޭނައާއެކީ ހޭދަ ކުރިހާ ވަގުތުތަކެއްގެ މަތިން އަފާފް ހަނދާންވިއެވެ. އެ ހުރިހާ ވަގުތުތަކީ ޝަރަފް އޭނައަށް ދައްކާލި ދަޅައެއްތޯ އަފާފްގެ ހިތަށްއެރިއެވެ. ޝަރަފް އޭނައާއި ޙިއްޞާކުރި ސަމާސާތަކާއި އުފާވެރިކަމަކީ އޭނަ ދެކެ ވީ ލޯތްބެއްގެ ސަބަބުން ޙިއްޞާކުރި ކަންތައްތަކެއްނޫނީ ހެއްޔެވެ؟ އެ ސުވާލަށް އަފާފްގެ ހިތުގެ ކަނަކުން އާނއެކޭ ބުނި ހިނދު ކުއްލިއަކަށް އޭނަގެ ސިކުނޑިން ރަތް ސިގްނަލެއްވެސް ލިބުނެވެ. ޝަރަފް އޭނައާއެކީ ހޭދަކުރި ވަގުތުތަކީ ދަޅައެއްކަމަށް ޤަބޫލު ކުރެވުނަސް އޭނަވީ ތައުބާއަކީ ދަޅައެއްކަން ޤަބޫލުކުރަން އަފާފަށް ދަތިވިއެވެ. ޝަރަފް އޭނައާއި އިންނަން އައިސްފައިވެސް އޭނައަށް ދަތި ކުރުވާނެ ޙަޤީޤަތް ހާމަކުރިއެވެ. އަދި އަފާފް އޭނަގެ ކުށަށްޓަކައި މަޢާފު ދިނަސް އޭނަ ހަނދާން ނައްތާލުމެއްނެތި އެ ކުށުގެ ދިޔަ ވެސް އަދާ ކުރިއެވެ. އޭނައަކީ އިޚްލާޞްތެރި މީހަކަށް ނުވާނަމަ އޭނައަށް ކިތައް ބައެއްގެ ރުޅިވެރިކަމެއް އަމާޒުވާނެ ހެއްޔެވެ؟ އެހެނަސް އަފާފަށް އެނގިގެން ޝަރަފް ދަންނަ މީހުންގެ ތެރެއިން އޭނައަށް ރުޅި އަންނަނީ އަފާފްގެ މަންމައާއި ބައްޕަ އެކަންޏެވެ. އެހެންނޫނީ އަފާފްގެ އޮފީހުގައި އުޅޭ މީހުންނަށް ވެސް ޝަރަފްފަދަ ތެދުވެރި މީހަކު ފެނިފައެއްނުވެއެވެ.

 

އެހާ ހިސާބަށް އަފާފްގެ ޚިޔާލުތައް ދިޔުމުން އެ ޚިޔާލުތަކަށް އާ މިޞްރާބެއް އެޅުނެވެ. ޝަރަފަކީ އެހާ ނުބައި މީހަކަށްވާނަމަ އިސްތިޚާރާގެ ޒަރިއްޔާއިން ޝަރަފާއި އިނުމަށް އޭނައަށް ފަސޭހަވެގެން ދިޔައީ ކީއްވެބާއޭ ހިތަށްއެރިއެވެ. ކުއްލިއަކަށް ޝަރަފްގެ ‘ނުބައިކަން’ ހާމަކުރަން އޭނައަށް މުޅިން ބީރައްޓެއްސަކު މަސައްކަތް މިކުރަނީ ކީއްވެބާއޭ އަފާފްގެ ހިތަށްއެރި ވަގުތު އޭނަގެ ބުމަގޮށްޖެހުނެވެ. އެ ސުވާލުގެ ބައެއް ޖަވާބުތައް ލިބެން ފެށި ތަނާހެން އަފާފަށް ލެޕްޓޮޕް ލައްޕާލަމުން ކޮޅަށް ތެދުވެވުނެވެ.

 

“ޝަރަފްގެ ނުބައިކަން މާ ގަދައަށް ސާބިތުކޮށްދޭން ތި މަސައްކަތް ކުރަނީ ކީއްވެ؟ އަނެއްކާ އޭނައަށް ޙަސަދަވެރިވެގެންތަ؟” އަފާފް ހަނާއާ ދިމާލަށް ވާގޮތަށް ނަޒަރު ހުއްޓައިގެން ހުރެ އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމާއެކީ އެހިއެވެ. އަފާފްގެ އެ ސުވާލުން ސިހުމެއް ލިބުނު ހަނާގެ ހިތަށް ބިރުވެރިކަމެއް ވެރިވީ ވަގުތު ބޭރުގައި ހުރި ޝާދިޔާގެ މޫނުމައްޗަށް ރުޅިވެރިކަން ވެރިވިއެވެ. ހަނާ ދޭނެ ޖަވާބަކާއިމެދު ވިސްނަން ފެށި ވަގުތު ޝާދިޔާ ކޮޓަރީގެ ތެރެއަށްދާން ނިންމިއެވެ. އެހެނަސް ހަނާ ވާހަކަ ދައްކަން ފެށުމުން އޭނަ މަޑުކޮށްލިއެވެ.

 

“ޙަސަދަވެރިވެގެންނެއް ނޫން އަފޫ. ޝަރަފްގެ ޙަޤީޤަތް މި ހާމަކުރަނީ އަފޫއަށް ހެޔޮ އެދިގެން. އަފޫއަށް ޙައްޤުވަނީ އެއަށްވުރެ ރަނގަޅު މީހަކުހެން ހީވާތީ.” ހަނާގެ އެވާހަކަ ނިމުނުތަނާހެން އަފާފަށް ވާހަކަ ދެކެވުނެވެ.

 

“އޯ ޕްލީޒް! ހީވަނީތަ ދައްކާލާ މިކަހަލަ އެއްޗެއްގެ ސަބަބުން އަހަރެންދެކެ އެތައް ދުވަހެއް ވަންދެން ލޯބިވި މީހަކަށް އަހަރެން ޝައްކު ކުރާނެހެން؟ މިކަހަލަ ވީޑިޔޯއެއް ހަދާލެވިދާނެ ކޮންމެ މީހަކަށް ވެސް. ބޭނުން މީހެއް އަޑެއް ލާފަ އެހެންނޫނީ އެހެން މީހެއްގެ އަޑާއި ވައްތަރުކޮށްފަ. އަހަންނަށް ނުފެންނަ ކަމުގެ ބޭނުން ހިފައިގެން އަހަންނާ އަހަރެންގެ ފިރިމީހާ ވަކިކުރެވޭތޯ ދޯ ތި ބަލަނީ؟” އަފާފަށް ދުވަހަކުވެސް އޭނަ ވާހަކަ ނުދައްކާ ފަދައަކުން ވާހަކަ ދެކެވުނެވެ. އެހެނަސް އޭނަ މަޢާފަށް އެދެން ހުއްޓާކަށް ވެސް އެވަގުތު ބޭނުމެއްނުވިއެވެ. އޭނައާއި ދިމާލަށް މީހަކު އެއްޗެކޭ ބުނުމުން އޭނައަށް އެއްޗެކޭ ނުބުނެ ހުރެވުނަސް އޭނަގެ ލޯބިވާ މީހެއްގެ ބޮލުގައި އެފަދަ ހުތުރު އިލްޒާމެއް އެޅޭކަށް އޭނައަށް ބަރުދާސްތެއް ނުކުރެވޭނެއެވެ.

 

“މިއީ އަޑުތަކެއް ލާފަ ނޫނީ އެޑިޓްކޮށްފަ ހުރި އެއްޗެއް ނޫންކަން އަފޫއަށް ޔަޤީންވީސް އަފޫއަށް ފެންނަނަމަ. އަހަރެންގެ ބަސްތަކަށް އިތުބާރު ނުކުރެވެންޏާ އެހެން މީހަކުވެސް ގެނެސް މީތި ދައްކާފަ ޔަޤީންކުރޭ.” ހަނާ އެހެން ބުނެލީ އެއްލި ކަޅިއަކުން ދޮރު ކައިރީގައި ރުޅިން ރަތްވެފައި ހުރި ޝާދިޔާ ފެނިފައެވެ. އޭނަ އުއްމީދުކޮށްގެން ހުރި ފަދައިން އޭނަ އެހެން ބުނުމާއެކު ޝާދިޔާ ބާރު ހިނގުމެއްގައި ކޮޓަރިއަށް ވަދެގެން އައެވެ. އެއީ ޝާދިޔާކަން ނަގައިގަނެވި އަފާފަށް މަންމާއޭ ކިޔާލެވުނު ތަނާހެން ޝާދިޔާ ގޮސް އެތާ މޭޒުމަތީގައި ހުރި ލެޕްޓޮޕް ހުޅުވައި އަނެއްކާވެސް އަފާފް ހިތްދަތިކުރުވި އެ ވީޑިޔޯ ޕްލޭކޮށްލިއެވެ. ސިކުންތުކޮޅަކަށް ވީޑިޔޯ ބެލުމަށްފަހު ޝާދިޔާ ބާރު އަޑަކާއެކީ ލެޕްޓޮޕް ލައްޕާލިއެވެ.

 

“އަފާފް ޤަބޫލުކުރިޔަސް ނުކުރިޔަސް އެހެން އަންހެނަކާ ގައިގޯޅިވެ ބޮސްދީ އެ ހަދަނީ އަފާފް ތި އިނދެގެން އުޅޭ މީހާ! މަ ބުނި ދުވަސް އައިސް މިއޮތީ ޖެހިފަ. ދެން އޭނައާއި ވަރިވާން އުޅޭ!” ޝާދިޔާ ހަރު އަޑުން އިއްވާލި ވާހަކައިން ލިބުނު ސިހުމާއެކީ އަފާފްގެ ހިތަށް ރުޅިވެރިކަމެއްވެސް ވަނެވެ. އާދައިގެ މަތިން ރުޅިވެރިކަމުގައި ހުރެވެސް އަފާފަށް ވާހަކަ ދެކެވުނީ މަޑުމައިތިރި އަޑަކުންނެވެ.

 

“މަންމާ……މަންމައަށް ތީގެއިން ޝަރަފް ސޫރަ ފެނުނަސް އެއީ މި މީހުން ތި ވީޑިޔޯއަށް ހަދައިގެން އުޅޭ ގޮތް ކަމެއް ވެސް ވެދާނެ. އަހަންނަށް ޤަބޫލެއް ނުކުރެވޭ ޝަރަފް އެފަދަ ކަމެއް ކޮށްފާނެ ކަމަށް.” އަފާފް ތުރުތުރު އަޅާ އަޑަކުން އޭނަ ދެކޭ ގޮތް ހާމަ ކުރި ތަނާހެން ޝާދިޔާ އަޑުހަރު ކުރިއެވެ.

 

“ބަރާބަރު! ބަލަ ރުހުމުގެ ލޮލަކަށް އައިބެއް ފެންނާނެ ދުވަހެއް ނާންނާނެ އަފާފް. އެއީ އޭނަ ބޭނުންވެސް ވާގޮތް. އަފާފްގެ ބައްޕަގެ ލާރި ކާންވެގެން އޭނަ މާ ހެޔޮ މީހެއްކަމަށް ހެދިގެން އުޅެނީ. އެ ލާރީގެ ބޭނުން ހިފުނީމަ އޭނަ އަފާފްވެސް ދޫކޮށްފަ ދާނެ. ބަލާތި!” ޝާދިޔާ އިންޒާރެއް ދޭ ފަދައަކުން ބުނެލުމުން އަފާފަށް އަނެއްކާވެސް މަންމަގެ ނަމުން ގޮވާލެވުނީ ރޮވެން ކައިރިވެފައެވެ. އޭނަގެ އަމިއްލަ މަންމަ ވާހަކައެއް ބުނުމުން އަފާފަށް ޤަބޫލުނުކޮށް ހުންނަން ވަރަށް ވެސް ދައްޗެވެ. އެހެނަސް އޭނަ ދެންވެސް ހިތާހިތުން ޝަރަފް ދިފާޢުކުރެވޭތޯ ބެލިއެވެ. އެ މަސައްކަތް ފަންފުލުން ދިޔައީ ހަނާ ދެން ދެއްކި ވާހަކައަކުންނެވެ.

 

“އެންމެ ރަނގަޅު އަފޫ. މަންމައަށް ވެސް އިތުބާރު ނުކުރެވެންޏާ އަފޫ ޚުދު ޝަރަފްގެ ކައިރިން އަހާލާ. އޭނަ ކައިރި އަހާ އޭނަ އޮސްޓްރޭލިޔާގައި ނޫޅޭތޯ. އޮސްޓްރޭލިޔާގެ ކްލަބްތަކަށް ގޮސް ނަހަދާތޯ. ހަނާ……ކިޔާ ކުއްޖަކު ނޭނގޭތޯ.” ހަނާ އޭނަގެ ފަހު ޖުމްލަ ބުނެލިއިރު އޭނަގެ މޫނުމައްޗަށް ވެރިވާން އުޅުނު ނުލަފާ ހިނިތުންވުން ކޮންޓްރޯލް ކޮށްލަން ޖެހުނެވެ. އޭނަ ބުނި ކޮންމެ ބަހަކާއެކީ އަފާފްގެ އިސްޖެހި އެ މޫނުމަތި މިލަމުން ދިޔަ ގޮތުން އޭނައަށް ލިބުނީ އިތުރު އުފާވެރިކަމެއް ފަދައެވެ. އެހެނަސް އޭނަ އަފާފް ހުރިގޮތަށް ބަހައްޓާފައި އެތަނުން ދާން ހިނގައިގަތީ ހިތާމަވެރި މޫނަކާއެކީގައެވެ. އަފާފްގެ ލެޕްޓޮޕްގައި ޖަހާފައި ހުރި ޕެންޑްރައިވް ބަހައްޓާފައި ކޮޓަރިން ނިކުމެގެން ދިޔައީ ޤަޞްދުގައެވެ.

 

ހަނާ ދިޔަ ތަނާހެން ޝާދިޔާ ‘ހުނ’ ކިޔައި ހުސެއިން އައުމުން އެންމެ ފުރަތަމަ ދައްކާނީ މި ވާހަކަ ކަމަށް ބުނެފައި އެކޮޓަރިން ނިކުމެ ބާރު އަޑަކާއެކީ ދޮރު ލައްޕާލިއެވެ. އެ ހިނދު އެ ހުރިހާއިރު ނުރޯން ގަދަ ހަދައިގެން ހުރި އަފާފްގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވާން ފެށިއެވެ. އެހެނަސް އޭނަ ރޯން ބޭނުން ނުވާ ފަދައަކުން އެއްލޮލުގެ އެސްފިޔައިގެ ދަށުގައި އެއްއިނގިލި ޖައްސާލަމުން އޭނަގެ ކަރުނަތައް ހުއްޓުވިއެވެ. އެއަށްފަހު އޭނަ އެ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނަގައި ޝަރަފަށް ގުޅާލީ ޖެހިލުންވުމަކާއެކީގައެވެ. ފޯނު ރިންގުވާން ފެށި އަޑު އިވުމުން އޭނަގެ ސިކުނޑީގައި ގުގުމަން ފެށީ ދެންމެ ހަނާ ދެއްކި ވާހަކަތަކެވެ. ޝަރަފް އޮސްޓްރޭލިޔާއަށް ނުދޭތޯއާއި އޭނަ ކްލަބެއް ނުހިންގާތޯއާއި ޝަރަފަށް ހަނާ ނޭނގޭތޯއެވެ. އަފާފްގެ ހިތުގައި ބިރުވެރިކަމާއި ހިތާމައެއް އެކުލެވިފައިވީ އެ ހުރިހާ ކަމަކީ ޝަރަފް އޭރުވެސް އޭނައަށް ހާމަކޮށްފައިވާ ޙަޤީޤަތްތަކެއް ކަމަށް ވާތީވެއެވެ. ހިތާމަކުރެވުނީ ހަނާ އެބުނަނީ މުޅިން ވެސް ތެދުކަން ޔަޤީންވެދާނެތީވެއެވެ. ބިރުގަތީ އެކަމާހެދި ޝަރަފާއި ވަކިވާން ޖެހިދާނެ ކަމަށްޓަކައެވެ. އެ ބިރު ޙަޤީޤަތަކަށް ނުވާނެ ގޮތެއް ހައްދަވައިދެއްވުމަށް އެދި ދުޢާކުރަމުން ރިންގުގެ އަޑު އަހަން އަފާފަށް ހުރެވުނެވެ. 5 ވަރަކަށް ރިންގަށްފަހު އެކޮޅުން ފޯނު ނެގުމުން އަފާފްގެ ހިތް ހުއްޓުމަކަށް އައެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ތިޔަ އަސަރު 51

Next

ލޯބިވަން….(ސާދަވަނަބައި)

Next
March 3, 2018

ލޯބިވަން….(ސާދަވަނަބައި)

Previews
March 3, 2018

ތިޔަ އަސަރު 51

7 Comments!

  1. Jana says:
    March 3, 2018 at 10:47 pm

    Assalaam’alaikum. dhen oiy bai aadhihtha dhuvahuge rey In Sha Allah. 🙂 kurukoh mi genesdheveny mihaa jehijehigen genesdheythy ingey. hukuru dhuvahu kuruvy kameh dhimaavegen. sunday ga ves genesdheveyny mihaa varah hen heevany. sunday ah fahu anekkaaves space dheefa up kuran feshyma In Sha Allah baithah dhigu vegen dhaane. hurihaa kiyuntherinnahves vaahakain faidhaa eh kuraakamah ummeedhukuran. faidhaa eh kuraanama e naseyhaiy aaila aa ekuverinna hissakurumuaky varah bodu edhumeh 🙂 Jazaakumullah Khairan 😀

  2. Shaai says:
    March 3, 2018 at 11:06 pm

    Omg haadha kurey

  3. Shaai says:
    March 3, 2018 at 11:07 pm

    Ekamaku v rythi

  4. Black beauty says:
    March 3, 2018 at 11:08 pm

    First dhw mifaharu

  5. shaan says:
    March 4, 2018 at 8:22 am

    jana ma heyaalu eingeyy mievaahakaaga einneenu jahaafa lobi n dienee dhw ethanae adie ethuru kholan jeheyy kanneyge ehenihen eba ebagen

  6. chumpu says:
    March 4, 2018 at 12:00 pm

    Haadha kurey janaa any story v dhiku koh liyaa liyuntherieh kurin dhw dhigukamun foohi vaavarah vx dhigu kurin Lee vaahakathah BT muvaahaka kurukamun foohi vaavaru gey edhogeh kiyaahithun mikiyanyy v vv reethi mivaahaka

  7. Pinky shifoo says:
    March 4, 2018 at 3:28 pm

    Maasha Allah mi part vx v v v reethi ❤️❤️❤️… V interesting ???… N v iburaitheri mi story ???… Keep up the good work jana ???… Waiting for next part ???

Comments are closed.

Next Episodeނޫރު (ސަޔާޅީސްވަނަ ބައި)←


All Right Reserved!