ލޯތްބެއްނެތް ގުޅުން (15 ވަނަ ބައި)
އަދި ފޯނުނަގައި މުސްތަފާގެ މެސެޖް ހުޅުވާލައި އޭގައި އޮތް އެއްޗެއްކިޔާލިއެވެ.
“މުސްތަފާ: ހެއި. މައިޝާތަ؟ ހައު އާރ ޔޫ؟ ”
މައިޝާއަށް ބޭއިޙްތިޔާރުގައި އަނގަމަތީ އަތްއަޅާލެވުނެވެ. ފޯނަށް އެތައްއިރެއްވަންދެން ބަލަންހުރެފައި ކޮޓަރީގައި ހުރި އެނދުގައި އިށީނެވެ. އަދި މުސްތަފާގެ މެސެޖަށް ކުރަންވީކަމަކާއިމެދު ވިސްނަންފެށިއެވެ. މައިޝާގެ ޖަވާބަށް އިންތިޒާރުކުރަމުންދިޔަ މުސްތަފާ ހިނދުކޮޅެއްފަހުން އަނެއްކާވެސް މައިޝާއާ ވާހަކަދައްކަންފެށިއެވެ.
“މިއަދު ފިހާރައިން ނުކުތްއިރު ފެނުނީމަ ހަމަ ހަނދާންވާވަރުން މައިގެ ނަންބަރ ހޯދީ. އައި ވޯންޓެޑް ޓު ކޯލްޔޫ.. އެކަމް ދެން މާ ފިލައިގެން ދާތީ އަޅާނުލީ.. ”
މުސްތަފާގެ މެސެޖް ކިޔުމަށްފަހު މައިޝާއަށް ހެވިއްޖެއެވެ. އެހެންނަމަވެސް އޭނާއަކަށް ޖަވާބެއްދޭން ބޭނުމެއްނުވިއެވެ. އަލަތުލޯބި ވީ އިންސާނާ އޭނާ ގެ ނަންބަރުހޯދައިގެން އޭނާއާއި ވާހަކަދައްކަން ބޭނުންވާކަން އެނގުމުން މައިޝާ ކޮންމެވެސް ވަރަކަށް އެކަމާ ގަޔާވިއެވެ. އެހެނަސް މުސްތަފާ އޭނާއާއިމެދު ކަންކުރިގޮތްވެސް ހަނދާންނުނެތޭކަމުން މައިޝާ ނިންމީ މުސްތަފާގެ އަވާގައި ނުޖެހި އޭނާއާ ދުރުހެލިވެގެން އުޅޭށެވެ. އެހެންކަމުން އިރުކޮޅަކު ވިސްނަންހުރެފައި މުސްތަފާގެ ޗެޓްލޮގް މައިޝާ ނިއްވާލިއެވެ. އަދި އެ ނަންބަރު ބްލޮކްވެސް ކޮށްލިއެވެ. މުސްތަފާގެ ހަބަރުވާންފެށުމަކީ މައިޝާގެ ދިރިއުޅުން އެފުއް މިފުށަށް ޖަހާލާނެފަދަކަމެކޭ ހަމަވަގުތުން މައިޝާގެ ހިތަށްއެރިއެވެ. އެނދުމަތީ ރޫދެމިލަމުން ތުންފަތްމައްޗަށް އެއްފަހަރު ހިނިތުންވުމެއް އަނެއްފަހަރު ހިތާމަވެރިކަމެއް ގެނުވަމުންދިޔަ މައިޝާއަށް ވިސްނެމުން ދަނީ މުސްތަފާއާއިއެކު އޭނާގެ ހަޔާތް ވޭތުކުރިގޮތެވެ. ހަމައޭއާއިއެކު އޭނާއަކީ މީހެއްގެ އަންބެތްކަމާ، މުސްތަފާ އޭނާއަށް ލިބެންނެތްކަމެވެ. މިހިޔާލުތަކުގައި އޮއްވައި މައިޝާގެ ފޯނު ރިންގުވާންފެށިއެވެ. ސިހިގެންގޮސް އޮތްތަނުން ތެދުވެ އިޝީނދެއިނދެ އަވަހަށް ފޯނަށް ޖަވާބުދިނެއެވެ. މައިޝާއަށް ގުޅީ އޭނާގެ އެކުވެރިޔާ ޝިފްނާއެވެ. ގެއްލިފައިވާ ދެއެކުވެރިން ބައްދަލުވުމުން ދައްކާނެއެތައް ވާހަކައެއް އޮތެވެ. އެހެންކަމުން ދެމީހުންގެ ވާހަކަތައް ފޯނުކޯލަކުން ހިއްސާކުރަންފެށިއެވެ.
އިރުއޭގެ ވާޖިބު އަދާކުރަމުން ދިޔައީ އާދުވަހަކަށެވެ. ވަން އެންޑް އޮންލީ ރެޒޯޓުގެ ސްޓާފް ލޯނޖްގެ ކޮޓަރިތަކުގައި މުއަށްޒަފުން ނިދަންތިބިއިރު ކިޔާންގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތް ކަހަލައެވެ. ހިނގަމުންދާ ކަންތަކާމެދު ވިސްނަން އޮތްއިރު ކިޔާންގެ ސިކުނޑީގައި އެނބުރެމުންދަނީ ރޭވުންގަޑެކެވެ. މާނީއަތުން އޭނާގެ ފޯނުގައިވާ ވީޑިއޯ ކްލިޕް ފޮހެލެވޭނެގޮތެއް މަގުފަހިކުރުމުގެ ރޭވުންގަނޑެވެ. ދެލޯ ހުޅުވައިގެން އެނދުގެ ފަޑިއަށްލެނގިގެން އިން ކިޔާންއަށް ސިހުމެއްވީ ސައިޑްކަބަޑުމަތީގައި ހުރި ގަޑިން އެލާމްވުމުންނެވެ. ހަމަހޭވެރިކަން ވުމާއިއެކު ކިޔާންއަވަހަށް އޭނާގެ ފޯނުނަގައި އޭގެ ސްކްރީނަށް ބަލާލިއެވެ. ހައިރާންވެ އަވަސްއަވަހަށް ފޯނުގެ ލޮކްހުޅުވާލުމަށްފަހު ނޮޓިފިކޭޝަންގައި ހުރި މެސެޖްތައް ބަލާލިއެވެ. މާނީގެ މެސެޖްތަކެއް އައިސްފައި ހުރުމުންނެވެ. މާނީ ފޮނުވާފައިވަނީ ވީޑިއޯކްލިޕެއްކަމުން ކިޔާން އަވަސް އަވަހަށް އެ ހުޅުވާލިއެވެ. އަދި ފެންނަމުން ދިޔަ ކްލިޕުގެ ސަބަބުން ފުންމައިގެންތެދުވެ ދެލޯބޮޑުވެ ބޭއިހްތިޔާރުގައި އަނގަމަތީ އަތްއެޅި ރުޅިގަދަވާންފެށިއެވެ. މާނީ ވަނީ އެތައް އެތައްފަހަރެއްގެ މަތިން ކިޔާންއާއި މާނީގެ ސިއްރު ގުޅުންހިންގުމުގެ ވީޑިއޯތަކެއްކޮށްފައިކަން ކިޔާންއަށް ސާބިތުކޮށްދީފިއެވެ. ވީޑިއޯ ކްލިޕް ބަލާނުނިމެނީސް ކިޔާންގެ ކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށް މީހަކުވަދެގެން އައެވެ. މާނީއެވެ. މާނީ ކިޔާންއާއި ދިމާލަށް ހަލުވި ހިނގުމެއްގައި އައިއިރު އޭނާގެ މޫނުމަތިންވެސް ރުޅިވެރިކަން ފެންނަންހުއްޓެވެ.
“ސޯ؟ ހައު އިސް ދަ ކްލިޕް؟ ކިޔާން ހީކުރީ މަށަށް އިންޒާރުދިނީމަ އަހަރެން ފަސްޖެހޭނެކަމަށްތަ؟ ލާހިކެއްނޫން ކިޔާންއަކަށް އަހަރެންގެ ކިބައިން ސަލާމަތްވާކަށް. ކިޔާން ނޫން އެހެންމީހެއް އަހަރެން ބޭނުމެއްނޫން. މައިޝާ ގެ މަގާމަށް އަހަރެން ގެންނަންދެން ކިޔާންއަށް އުނދަގޫކުރާނަން! ކިޔާން ހީކުރީ މަގޭއަތުގަ އޮތީ އެންމެ ކްލިޕެއްކަމައްތަ؟ ”
އެނދުކައިރީގައި ހުރި ގޮނޑިއެއްގައި އިށީނދެ އެއްފައިމައްޗަށް އަނެއްފައި އަރުވަމުން، މާނީ ކިޔާންއާއި ޗުސް ޗުސް ކަނޑަމުން ވާހަކަ ދައްކަމުންދިޔައެވެ. ” މި ކްލިޕް އަހަރެން ފޮރވާޑްކޮށްލާއިރަށް މައިޝާ ކިޔާންގެ ކައިރިން ދުރަށްދާނީ ރުޅިވެރިކަމުގަހުރެ! އެހެންނުހަދަންވެގެން ދޯ މިކިޔަނީ އޭނަ ބޭނުންވާ ގޮތަށް އޭނަ ދޫކޮށްދޭށޭ. އެއިރުން ވަރިވުމަށްފަހު ކިޔާންއަށް ކިޔާންގެ ދަރިފުޅުކައިރިއަށްވެސް ދެވޭނީ.. އަހަރުމެން ދެމީހުންގެ ކަންތައް މައިޝާއަށް އެނގިޖެއްޔާ ކިޔާން އެމީހުންނާ ކައިރިވެސް ނުކުރާނެ. ސޯ ޕްލޭ ސޭފް ކިޔާން! ” އިންތަނުން ތެދުވަމުން މާނީ ކިޔާންއާއި ގާތްވަމުންދިޔައެވެ. މޫނާ މޫނު ޖެހޭހިސާބަށްދިއުމަށްފަހު ވާހާކަހުއްޓާލިއެވެ. އަދި ކިޔާންގެ މޫނުގައި ބޮސްދިނުމަށްފަހު އޭނާގެ އަތުގައި ހިފައި އޭނާ އެނދަށް ވައްޓާލިއެވެ. މާނީ އެހުރިހާ ބޭކާރުވާހަކައެއްދެއްކިއިރުވެސް ކިޔާންގެ ސިކުނޑީގައި އެނބުރެމުންދިޔައީ މުޅިންއެހެންކަމެކެވެ. މާނީގެ ކިބައިން ސަލާމަތްވާނެ މަގެއްހޯދުމަށް ކުރާނެކަމެކެވެ.
************************************************
ދުވަހަކީ ހުކުރުދުވަހަށްވެފައި މާއިނަށް ވަރަށް ހާއްސަދުވަހެކެވެ. އޭނާގެ ބޮޑުދައިތަ މާޝާ އާޢި ކޮއްކޮ އާލީ ގޭގައި ހުންނަން އަންނަދުވަސްކަމުންނެވެ. އެހެންކަމުން މާއިން އޭނާގެ މަންމައަށްވުރެ ކުރިން ހޭލާ ކުޅޭއެއްޗެހި ތައްޔާރު ކޮށްލަކޮށްލައި ހުއްޓެވެ. މައިޝާއަށް ހޭވެރިކަންވީވެސް މާއިންގެ ކުޅޭސާމާނުގެ އަޑުފަށްގަނޑަށެވެ. އަވަހަށްތެދުވެ މައިޝާވެސް ތައްޔާރުވެގެން ބަދިގެއަށް ދިޔައެވެ. ނާސްތާތައްޔާރުކޮށްލުމަށްފަހު ކޮއްކޮ މާޝާއަށް ގުޅާލީ އޭނާ ހުކުރުދުވަހު އެގެއަށް އަންނަވާހަކަ ބުނެފައި އޮތުމުންނެވެ. މާޝާ އާއި އޭނާގެ ފިރިމީހާ އަބަދުވެސް ބަންދެއްވުމުން މަންމަ ދެކިލަން ގެއަށްއާދެއެވެ. އެހެންކަމުން މައިޝާވެސް މާޝާ ދެކިލަހިތުން ހުރީކެއްމަދުވެފައެވެ.
“އައްސަލާމުއަލައިކުމް!” މައިޝާމެންގެ ގޭ ދޮރާށިން އެތެރެއަށް ވަދެގެންއައީ މާޝާއާއި އޭނާގެ ފިރިމީހާ ހަލީމެވެ. ހަލީމުގެ އަތުގައި ހިފައިގެން 4 އަހަރުގެ އާލީވެސް ހުއްޓެވެ.
“ވާލޭކުމުއްސަލާމް! އާދޭ އާދޭ ދަރިފުޅުމެން ނައިސްގެން މިތިބެނީ.. ” ރަޝީދާ ސަލާމްބަލައިގަތުމަށްފަހު މާޝާމެންނަށް ގޭތެރެއަށްވަނުމަށް ދައުވަތުދިނެވެ. ހަލީމާއި ކުޑަކުޑަ އާލީ ސޯފާގައި އިށީނުމުން މާޝާ އޭނާގެ ދައްތައާއިއެކު އަތުގައި އޮތް ބަރުދަބަސްގަނޑު ބެހެއްޓުމަށް ކޮޓަރިއަށްވަނެވެ. މާއިންވެސް ކޮޓަރިންނުކުމެ އާލީގޮވައިގެން ކުޅޭ ސާމާނުކައިރިއަށްދިޔައެވެ. އެންމެން ހަމަޖެހުމުން ނާސްތާކޮށްލުމަށްފަހު އެކި ކަންކަމުގައި މަޝްއޫލުވެގެން އުޅުނެވެ. ހަލީމް މާއިންނާއިއެކު ޕީއެސްވެސް ކުޅެހެދިއެވެ.ހަވީރުވުމުން އެންމެން ރަސްފަންނަށް ދިޔައެވެ. މާއިންއާއި އާލީއަށް މޫދުގައި ވަރަށް މަޖާވެގެންއުޅުނެވެ. ދެކުދިންގޮވައިގެން ހަލީމް މޫދުގައި އުޅުނުއިރު މާޝާއާއި މައިޝާމެން ތިބީ ކުޑައެއްދަށުގައި މޫދަށް ނުފައިބަން ނިންމައިގެންނެވެ. މައިޝާއަށް އެއްލިކަޅިން ފެނުނު މަންޒަރަކުން ސިއްސައިގެން ގޮސް އިންތަނުން ތެދުވެވުނެވެ. އޭނާގެ ކުރިމަތިން ތަންކޮޅެއްދުރުން ފެނުނު އިންސާނެއްގެ ސަބަބުންނެވެ. މާޝާވެސް މައިޝާ ބެލިކޮޅަކަށް ފަހަތްއެނބުރި ބަލާލީ މައިޝާއަށް އެވަރު ވާންވީ ސަބަބު އޮޅުންފިލުވާށެވެ. މައިޝާއަށްފެނުނީ މުސްތަފާއެވެ. މައިޝާއަށް އެހެންވާންވީ ސަބަބުއެނގުމުން މާޝާގެ ގާތަށް ކުޑާކޮށްހިނިވެސްއައެވެ. “ސާބަސް! ދައްތައަށް އަދިވެސް އެވަރު ވޭތަ އޭނަ ފެނުނީމަ!” މާޝާ ލާނެއް ރާގަކަށް މައިޝާއާއި ދިމާކޮށްލިއެވެ. “ހެއި ދައްތަ؟ މަ އަޑުއެހިން އޭނާ ޑިވޯސް އޯ ދޯ؟ މެލޭއިން އައިސް އެއުޅެނީ ވަރިކޮށްލާފަޔޯ! އޭނަ ޓްރައިއެއްނުކުރޭތަ ދައްތައާ ވާހަކަދައްކާކަށް؟” މައިޝާއަށް އެލިބުނު ހަބަރެއްގެ ސަބަބުން ދެލޯބޮޑުވެ ބޭއިހްތިޔާރުގައި އަސްލުވެސް ހެއްޔޭ މާޝާކުރެން އެހުނެވެ. ” އާނ! މިހާރު ދުވަސްކޮޅެއްވެއްޖެ!މަށަށް އެނގުނީ އޭނަގެ ވޯރކްމޭޓެއްގެ ފަރާތުން. އެކަމް ސްޓޭއަވޭ ފްރޮމް ހިމް އިނގޭ! ހީ އިސް އަ ޑޭންޖަރަސް ޕަރސަން!” މާޝާ މައިޝާއަށް އިނޒާރުދިނެވެ. ނަމަވެސް މާޝާ އެދެއްކި ވާހަކައަކުން މައިޝާގެ ހިތާ ސިކުނޑި ގުޑެމުންދިޔައެވެ. ވައިބާއިން މުސްތޮ ބޮލޮކްކޮށްލެވުނީތީ މިހާރު އެކަމާ ކަންބޮޑުވާންފެށިއެވެ. ހަވީރުގެ އެ މަޖާވަގުތު ނިމި ގެއަށް ދާ ގަޑިޖެހިއްޖެއެވެ. އެންމެންވެސް ގެއަށްގޮސް ކައިއަވަދިވެގެން ދެބެން ކުދިންނިންދަވާލުމަށްފަހު ސޯފާގައި ޓީވީ ބަލަންތިއްބެވެ. މަންމަ ރޭގަނޑޫން 10 ޖަހާ ބޮޑުވުމުން ނިދަންދިޔައެވެ. މާޝާއާއި މާނީ ވާހަކަދައްކަމުން ދިޔައީ ކުދިން ކުރާ މޮޅެތި ކަންކަމުގެ ވާހަކައެވެ. ހަލީމްގެ ފޯނަށް އިރުއިރުކޮޅާ ފޯނުކޯލުތައް އަންނަމުންދިޔައެވެ. ވިޔަފާރިވެރިއެއްކަމުން ހަލީމްއަށް ހުކުރެއް ހޮނިހިރެއް ބަންދެއްގެ ގޮތުގައި ނުލިބެއެވެ. ޖަވާބުދާރީވާންޖެހޭ ކަންކަމުގައި އޭނާ ފޯނުނަގަންމަޖުބޫރުވެއެވެ.
“ސާބަސް ހަލީމް! ހާދަވަރަކަށް ފޯނުއަންނަނީ މިރޭ؟؟” މާޝާގެ ބޮލަށް އުނދަގޫވެގެން އެންމެފަހުން ބުންޏެވެ.
“ކީއްތަ ކުރާނީ، އިޓްސް ބިސްނަސް މާޝް” ކަންފަތުގައި ފޯނުޖަހައިގެން ހުރެ ހަލީމް މާޝާއަށް ޖަވާބުދިނެވެ. އިރުކޮޅަކުން ފޯނުބޭއްވުމަށްފަހު ކަމެއް ހަނދާންވެގެން ހަލީމް މާޝާއާށް ކުއްލިއަކަށް ގޮވާލިއެވެ.
“މައިޝާ ހޭ! މަ މިހިރީ ހަނދާންނެތިފައޭ! މިއުޅެނި މިތާ ވަރަށް ކައިރީގަ ފްރެންޑަކު ޓިއުޝަން ސެންޓަރެއްހުޅުވާތީ. އެނަ އެހީ މަކައިރީ ހިންގާނެ ރަނގަޅު މީހަކު ހޯދަދީބަލާށޭ. ފުރަތަމަވެސް މައިންޑަށް އައީ މާޝާގެ ސިސް. ވައި ޑޯންޓްޔޫ ޑޫ ދިސް؟” ހަލީމް މިހެންބުނެނިމުމާއިއެކު މާޝާވެސް އޭނާގެ ދައްތައާ އެވާހަކަދައްކަން ހުރި ހަނދާންވިއެވެ.
“ތެދެއް ދައްތާ! ވަރަށް ރަނގަޅު އިންކަމްއެއްލިބޭނެ! ޕްލަސް ތިހެން ގޭގަ އިނދެ ފޫއްސެއްވެސް ނުވާނެ. އަނެއްކާ ތިއުޅެނީ ސިންގަލްވާން.. ކިހާ އުނދަގޫވާނެ އެކަނި އުޅެންވެސް. މަންމަ އެހުރީއެއްނު މާއިންވެސް ބަލައިދޭން.. ” މާޝާވެސް މައިޝާއަށް ވިސްނައިދޭންފެށިއެވެ.
“ތިކަމާ ވިސްނާނަން އިނގޭ! ރަނގަޅުކަމެއް ކަންނޭގެ ދޯ؟” ވިސްނަންއިނުމަށްފަހު އެކަމަށް މައިޝާއެއްބަސްވިއެވެ. މައިޝާ އެއްބަސްވުމާއިއެކު ހަލީމް އަވަސް އަވަހަށް މައިޝާއަށް އެކަމުގައި އިސްކޮށްއުޅޭމީހާގެ ކާޑު މައިޝާގެ އަތަށްދިނެވެ. “ތީގަ ވާނެ އީ މެއިލް އެޑްރެހެއް. އެއަށް ސީވީ ފޮނުވާލާ.. ދެން މަވެސް ބުނާނަން ތިއޭ މަ ރިކޮމެންޑްކުރި ކުއްޖަކީ.. ތެންކްސްއަލޮޓް އިނގޭ.”
އެރޭ މައިޝާ ނިދަންދިއުމުގެ ކުރިން ސީވީ އެކާޑުގައިވާ އީ މެއިލް އެޑްރެހަށް ފޮނުވާލިއެވެ. ލެޕްޓޮޕް ލައްޕާނުލެވެނީސް އޭނާ ސީވީ ފޮނުވި އެޑްރެހުން ރިޕްލައިއެއް އައެވެ. މެސެޖްގައި އޮތީ ” ލުކިންގް ފޯވާޑް ޓު ވޯކް އިތް ޔޫ “އެވެ. އަދި އެއަށްފަހު ” އައިމް ގްލޭޑް ޔޫ އެކްސެޕްޓެޑް ދިސް ކަމަށެވެ. މައިޝާ އީމެއިލް ކިޔާލުމަށްފަހު ލެޕްޓޮޕް ލައްޕާލައި އަވަހަށް ނިދަންއެރިއެވެ. އެނދުގައި އޮޝޯތުމަށްފަހު މައިޝާއަށް ވިސްނެންފެށީ މިއަދު މާޝާދެއްކި ވާހަކައެވެ. މުސްތަފާ އޭނާއަށް މެސެޖްކުރީ ހުސްހަށިބައިވެގެން ހުރެކަން ޔަގީޏްވުމުން ކޮންމެވެސްވަރެއްގެ ހިންހަމަޖެހުމެއް ހިތަށް ލިބެމުންދިޔައެވެ. އެހެންކަމުން، ފޯނުނަގައި ވައިބާ ހުޅުވާލުމަށްފަހު މުސްތަފާ އަންބްލޮކް ކޮށްލިއެވެ. ހަމަ އަންބްލޮކް ކޮށްލުމާއިއެކު މުސްތަފާގެ މެސެޖެއްއައެވެ. ” އައި ގެސް ޔޫ ހާރޑް ދަ ނިއުސް ދޯ؟ އެހެންވެ ދޯ އަންބްލޮކް ކޮށްލީ؟ ” މައިޝާ ހުރީ އައި މެސެޖަށް ދޭނެ ޖަވާބެއް ނޭނގިފައެވެ. ޖަވާބެއް ނުދެވެނީސް މުސްތަފާ ގުޑްނައިޓްއޭ ބުނުމުން ދެން މައިޝާއަށް މެސެޖެއް ލިޔާކަށް ނުކެރުނެވެ. އަދި އަނެއްކާވެސް ކުރިން ކަންތައްވިހެންވާން އުޅެނީބާއޭ ހިތާހިތުން ސުވާލުކުރެވުނެވެ. ކޮންމެއަކަސް ކަންކަމާ ނުވިސްނާވޭތޯ ވަރަށް މަސައްކަތްކޮށް މައިޝާ ނިދޭތޯ މަސައްކަތްކުރިއެވެ. ނަމަވެސް އަނެއްކާވެސް އޭނާ ހޭއަރުވާލީ ފޯނަށް އައި މެސެޖެއްގެ އަޑަށެވެ. މިފަހަރު ކިޔާންއެވެ. “މައި، އަހރެން މައި ދޫކުރާކަށް ބޭނުމެއް ނޫން. މައި އަބަދުވެސް އަހަމެއްނު ދޯ ކީއްވެތޯ މައިއާ އެހާ ޑިސްޓެންސްވަނީ؟ ކީއްވެތޯ ކަންކަން ޝެއާ ނުކުރަނީ؟ އިރާދަކުރެއްވިއްޔާ މައިއަށް ވަރަށް އަވަހަށް އޭގެ ޖަވާބުހޯދަ ދޭނަން. އެއިރުންނެއް.. ކޯޓަށް ދާކަށް ނުޖެހޭނެ އަހަރުމެންނެއް .. ޕްލީސް ޓްރަސްޓް މީ ލަވް، އައި ވިލް އެކްސްޕްލެއިން ޔޫ އެވްރީތިންގް. އައި މޭޑް އަ ހިއުޖް މިސްޓޭކް ނޮޓް ޝެއާރިންގް ޔޫ ސަމްތިންގް ސޯ ބިގް..”
(ނުނިމޭ)
8 Comments
Comments are closed.
Yey me first v salhi and love you so much???
Maishaa ves ulheyvahthareh dho….
V reethi mi part vx ???… Keep up the good work… Next part avahah genesdhehchey plxx n huhtaanulanaa nimemdhen genesdhehchey ???… Curiously waiting for the next part ???
Thanks a lot for the positivity 🙂 yes will upload as soon as I can 🙂
Assuey dho hehe
Alhe fahe mi part mi genes dhinee kitah duvas kohffa……ekamaku ves vv nice
Hama busy kamun dear.. thanks 🙂
Where is the nexr part?