ބުނެވޭ އެއްޗަކާއި މެދު އަދި ކުރެވޭ ކަމަކާއި މެދު ގިނަ ފަހަރަށް އަހަރަމެންނަށް ވިސްނޭ ތަން އަންނަނީ އެކަން ކޮށް ނިމުމުންނެވެ. ބައެއް ހާލަތްތަކުގައި އެކުރި ކަމެއް އިސްހާލުކޮށް ކަންތައް ހަމަ މަގަށް އެޅުވުމަށް ފުރުސަތު ލިބެނީ މަދު ބަޔަކަށެވެ. ނުނިދި ދެކޮޅަށް ފުރޮޅި ފުރޮޅި އޮތް އަޝްވިންއަށް ވެސް ވިސްނެމުން ދިޔައީ މިއަދު އޭނާއަށް ކުރެވުނު “މޮޔަ” ކަމަކާއި މެދުގައެވެ. މާޒީއަކީ މޫނު ބަލާ ލޯގަނޑަށް ވިޔަސް މާޒީއަށް ބިނާކޮށް ތިމާގެ ކުރިމަގުގެ ނިންމުންތައް ނުނިއްމޭކަން […]
“ހާރޓް ފެއިލިއާރ” ޔުއާން އަށް އަވަސް ނޭވާ ތަކަކާއެކު ބުނެވުނެވެ. އޭރު އޭނަގެ ލޯ ވަނީ ފެން ކަޅިވެގެން ގޮހެވެ. ރީކަލް އަށް ވެސް ޔުއާން އާ ޔަޝްމް ވައްތަރުވެގެން އެވާހަކަ ލާވިޔާ ގާތު ބުންޏެވެ. އެހެންނަމަވެސް ލާވިޔާ ވަކި އެއްޗޭކޭ ނުބުނެއެވެ. މިރޭވެސް މައިލީން ގެ ބަދަލް ގައި ޔުއާން އަށް ރިޕޯޓް ތައް ދައްކަނީ ކީއްވެތޯ އޭނާ ލާވިޔާ ގާތު ސުވާލުއްކޮލިއެވެ. އެހެންނަމަވެސް ލާވިޔާ ވެރިކޮއްލި ހިނިތުންވުމެކެވެ. އެހެނެއްކަމަކު ޔުއާން ގެ ފަރާތުން ފެނުނު […]
” ޝީ ވޯޒް ކްރައިން ދޯ.. ” ކީވާން އިރުކޮޅަކު ހުރެލަފައި ބުނެލިއެވެ. ” ހޫމް. ވާން ކޯކް ބަލާ ދިޔަ ގަޑީގައި ރިވީ އެހީ ކިއްވެތޯ އޭނަ އެހާ ބިރުގަންނަނީ މީހުން ގިނަތަން ތަނުގައި.. އެއީ ހަމަ މެލްގެ ކަންތަކާ.. ލައު ބުނީ ލައު ރައްޓެހިވެގެން އިޅުނު ކުއަޖާވެސް ރުޅި ވިޔޯ އެކަމުގައި.. އޭނަގެ ފެމެލީވެސް.. ޝީ ހޭވް ނޯ ވަން.. ނޯ ފެމެލީ.. ނޯ ފްރެންޑްސް.. ޖަސްޓް އަސް.. އެކަމަކު އަދިވެސް ނޫޅެ ހަގީގަތް […]
ރަށުގައިހުރި ބޮޑު ސްކޫލްގެ ގޯތިތެރެވަނީ އެކިމީހުންތަކުން ތޮއްޖެހިފައެވެ. މިރޭއެތަނުގައި ބޭއްވިގެންދާ ކައިވެނި ޕާޓީއަށްވަނީ ރަށުގެ ގިނަ ބަޔަކަށް ދައުވަތު އެރުވިފައެވެ. ތަންތަންކޮޅުގައިހުރި މޭޒުތަކުގައި އިނށީދެތިބެ އެކިމީހުން ކެއުމަށް އިންސާފުކުރަމުން ދިޔައިރު އަލަތު ކައިވެނިކުރެވުނު ދެމަފިރިންނާ ސަލާމްކޮށް ތަހުނިޔާ ކިޔަމުން އަނެއްބައަކު ދިޔައެވެ. ހުދުކުލައިގެ ބޮޑު ކައިވެނީގެ ހެދުމުގައިހުރި މަލްހާ ހީވަނީ ދާދި ދެންމެއަކު ފަރިވެ ފޮޅިފައިވާ ތާޒާ މަލެއްހެންނެވެ. އަޅައިފައިވާ ހުދުކުލައިގެ ރީތި ޝޯލްވަނީ ކުދިކުދި ޖަވާހިރުތަކަކުން ޒީނަތްތެރިކުރެވިފައެވެ. މަޑު ނޫކުލައާއި ހުދުކުލައިގެ މާބޮނޑިއެއް ހިފަހައްޓައިގެންހުރިއިރު އެމޫނުމަތީގައި […]
ދަތުރުގެ ދެވަނަ ދުވަހެވެ. ފަތިސް ނަމާދުކޮށްލައިގެން އެއްމެން ވެސް އަވަސްވެގަތީ ހެނދުނު ނާސްތާ ތައްޔާރުކޮށްލުމަށެވެ. ރޭގެ ހާދިސާއަށްފަހު އަޝްވާ އިތުރަށް ކާއިންގެ ކުރިމައްޗަށް އަރަން ލަދުގަތެވެ. ރޭގެ ފިނި މެންދަމުގައި އަޝްވާގެ ސިކުޑި ބަރުކޮށްފައިވަނީ ކާއިންގެ ހިޔާލުތަކުންނެވެ. ގުގުރާއިރު ބިރުން ދެ ލޯ މަރާލިއަސް އެޔަށް ވުރެ ބޮޑަށް ކާއިންގެ ހިޔާލުތައް އަޝްވާ ބިރުގަންނަވާލައެވެ. މި ބިރުވެރިކަން ހިތުގައި އޮތަސް އެހިޔާލުތަކާއި އެކީ އަޝްވާއަށް ހިނިތުންވެވޭ ސަބަބެއް ހުދު އޭނާއަކަށް ވެސް ނޭނގެއެވެ. އެނގޭހާވެސް ކަމަކީ ކާއިން […]
ޝާލީން ސިހުނީ އޭނާ ޔުއާން ގެ ކޯތާފަތުގައިޖަހަން މަޅާލި އަތުން މައިލީން ގެ ގައިގައި ޖެހުނީތީއެވެ. “ދޮންތާ… އެއީ އޭނާގެ އެކަނި ކުށެއްނޫނޭ… އަހަރެންވެސް އުޅެން ނުޖެހޭ ގޮތަށް އުޅުނީމަ މިހެން މިވީ” މައިލީން ޔުއާން ދިފާއު ކުރުމުން ޔުއާން އަށް ލިބުނީ ސިހުމެކެވެ. އެކަމަކު އެކަމުގެ ސަބަބުންވެސް މައިލީން އެނާގެ ދެކެ އަދިވެސް ލޯބިވާވަރު ހިތަށް ވިސްނުމާއެކު ތޫނު ތަދެއް އިހްސާސްކުރެވުނެވެ.ޝާލީން ޖެހި ލެއް ބާރުކަމުން މައިލީން ގެ ކޯތާފަތަށް ރަތް ކަމެއް ވެރިވެފައި ހުއްތެވެ. […]
“އައި ލަވް ޔޫ….އައި ލަވް ޔޫ ސޯ މަޗް.” އެ އިވިގެން ދިޔައީ ކާކުގެ އަޑެއްކަން ޔަޤީންވީ ހިނދު އަފާފް ގަނޑުވިއެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އެތައް ނުބައި ޚިޔާލެއް އޭނަގެ ސިކުނޑިއަށް ވެރިވެގެން ދިޔައެވެ. އެހެނަސް ޖެހިގެން އައި ހިނދުކޮޅުގައި މިއީ ހީވި ހީވުމެއްކަމަށް އަފާފަށް ނިންމުނެވެ. “މީ ކޯޗެއް؟” އަފާފަށް އަހާލެވުނެވެ. މިއީ އައިޝާ އަޅުވާލި ނޭދެވޭ ފިލްމަކަށް ވެސް ވެދާނެއޭ އަފާފްގެ ހިތް ބުންޏެވެ. އެހެނަސް ވީޑިޔޯ ޕޯޒްކޮށްލަމުން އައިޝާ ދައްކަން ފެށި […]
ކާއިން އަޝްވާ ގޮވައިގެން އެތެރެއަށް ވަނެވެ. އޭރު ކާއިން ވީނުވީ ތަނެއް ނޭނގި ކައުސަރު ދެކޮޅަށް ހިނގާލަ ހިނގާލައި ހުއްޓެވެ. “މަންމާ!” ކާއިން ކައުސަރުގެ ގައިގައި ބައްދާލިއެވެ. “ދަރިފުޅު ބަލިވެ އުޅޭއިރު ކޮންތާކަށް ގޮސްފައިތަ ތިއައީ؟؟ ދަރިފުޅު ވީ ތަނެއް ނޭނގެންޏާ މަންމަ ކިހާ ހާސްވާނެ” ކައުސަރުގެ ލޮލުން ކަރުނަ ހިލާލިއެވެ. ކާއިން ކައުސަރުގެ އަތުގައި ހިފައި ވަރަށް ލޯބިން ބޮސްދިނެވެ. “މަންމާ! ބައްޕަ ވަރަށް އަވަހަށް އަހަރެމެން ކައިރިއަށް އަންނާނެ.. ” އެހެން ބުނެލުމަށްފަހު ކާއިން […]
“ޝާ މިރިންގް އަބަދުވެސް ޝާގެ އަތުގައި ބައިންދައްޗޭ… ވަރަށް އަވަހަށް އިރާދަ ކުރެއްވިއްޔާ ޝާ ކައިރިއަށް ދާނަން .. ވަރަށް ލޯބިވޭ” އެންމެ ފަހުގެ ވަދާއީ ސަލާމް ކޮށްލަމުން ޔާންބުނެލިއެވެ. ރިންގްގައި ބޮސްދެމުން އެތައް ވައުދެއް ކޮށް ޝާޔާ ލޯޗްއާ ދިމާލައް ހިނގައިގަތެވެ. ލޯންޗް ފަޅުންނުކުމެ ގެއްލެންދެން އެދިމަ ބަލަހައްޓައިގެން ޔާން ހުއްޓެވެ. ޝާޔާ ދިއުމުން އެހިތައް ލިބިފައިވާ ނުތަނަވަސްކަން ޔާންގެ މޫނުމަތިން ފާޅުވެވޭ ހުއްޓެވެ. އެތައް ދުވަހު އެއްކޮށް މީހަކު އުޅެފަ ވަކިވެގެންދާ ކަމުގެ […]