އަލްޔަންއަށް ޒީކް އުޅެމުންދަނީ ރުއާން ކައިރީގައި ކަން އެނގުނީ ރައްޓެއްސެއްގެ ފަރާތުންނެވެ. އޭރު ޒީކް ހޯދުމަށް އަލްޔަން މަސައްކަތް ކުރަމުންދާތާ ހަފްތާއެއްހާ ދުވަސް ވަނީއެވެ. އެކަން އެނގުމާއެކު އަލްޔަން އަވަހަށް މިސައިބާއަށް އެހަބަރު ދިނެވެ. މިސައިބާ ބޭނުންވީ ވަގުތުން ޒީކް ކައިރިއަށް ދިޔުމަށް ކަމުގައި ވީ ނަމަވެސް އަލްޔަންގެ އެދުމުގެ މަތިން ދިޔުން ތަންކޮޅެއް ލަސްކޮށްލީއެވެ. ޒީކްގެ ހިތްނުތަނަވަސް ވަމުންދިޔައެވެ. ރުއާން ކައިރީގައި އިޔާންގެ ވާހަކަ ދައްކަން އެތައް ފަހަރެއްގެ މަތިން މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް […]
އަހަންނަށް ބަލާކަށް ނުހުރެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަހަރެން އޭނާގެ ހަށިގަނޑުގައި ބާރަކަށް ބައްދާލީމެވެ. އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން އޮތްއިރު އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. “ޝުބާ…” ވައި އަޑެއްގެ ސިފައިގައި އަހަރެންގެ އަނގައިން އެ ނަން ބޭރުވެގެން ދިޔައެވެ. “ލެޓް. ގޯ. އޮފް. މީ.” އޭނާ ދަތްކުނޑި ވިކައިގެން ހުރެ ފަހަރަކު ބަހެއް ވަކިވަކިން ކިޔާލިއެވެ. އެއަޑު އިވުނު ނަމަވެސް އަހަންނަށް އެވަގުތު އޭނާގެ ހަށިގަނޑުން ދޫކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟ ދެ […]
އޭނައަށް ހީވެފައި އޮތްހެން ޝަބާގެ ފަރާތުން އެއްވެސް ކޮޅަކަށް ނުޖެހޭފަދަ ޖަވާބެއް ނުލިބުނަސް ޝަބާ މި ޙާލަތުގައި އޭނައަށް އެހީވާނެކަން އޭނައަށް ޔަޤީންވީތީވެއެވެ. އަފާފަށް ނޭނގުނު ކަމަކީ ޝަބާ އޭނަ ކައިރިއަށް އައީ ވެސް ޝަރަފްގެ ފަރާތުން އެފަދަ ޚަބަރެއް ލިބިގެން ކަމެވެ. އަދި އޭނަ އައީ ހުރިހާ ކަމެއް ސާފުކޮށް އަފާފަށާއި ޝަރަފަށް ވެސް އެހީވުމުގެ ނިޔަތުގައި ކަމެވެ. ޝަބާ ގޮސް އަފާފްގެ ކައިރީގައި އިށީންކަން އެނގުމުން އަފާފަށް ދައްކާލެވުނީ ފަނޑު ހިނިތުންވުމެކެވެ. މީގެ […]
އޮފީހުގެ ކުރިމަތީއޮތް ކާރަށް ޔާނިކް އެރުމާއެކު ޑްރައިވަރ ކާރު ދުއްވައިލިއެވެ. ފަހަތު ޝީޓްގައި މަލްހާގެ ބޯ އޭނާގެ އުނގުގައި ބާވައިލައިގެން އޭނާގެ އަތުގައި ބާރަށް ހިފަހައްޓައިލައިގެންއިން ޔާނިކް އިނީ ނުތަނަވަސްވެފައެވެ. ބަނޑުގައި އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވިގެން މަލްހާ އުޅެމުންދިޔަ ހާލު ފެނުމުން ޔާނިކްގެ ދެލޮލުންވެސް ކަރުނަ ފާއްދައިލިއެވެ. ހިތާހިތުން މަލްހާއާއި އެތުއްތު ފުރާނަ ރައްކާތެރިކޮށްދެއްވުންއެދި ޔާނިކްއަށް ދުޢާކޮށްލެވުނެވެ. އެވަގުތު ޔާނިކްގެ ލޮލުން ވެއްޓުނު ކަރުނަތިއްކެއްގޮސް މަލްހާގެ މަޑުފިޔާތޮށިކުލައިގެ ތުންފަތުގައި ބޮސްދިނީ ލޯތްބާއި އޯގާތެރިކަމާއެކީއެވެ. ބާރު ދުވެލީގައި އައި […]
އެވަގުތު އަޔާޒް ޝީންގެ ކޯތާފަތް މަތީ ފިރުމަމުން ދިޔަ އިސްތަށިތައް އެއްފަރާތް ކޮއްލަދިނެވެ. ހަމުގައި އެއިގިލިތައް ބީހުމާއެކު ޝީންގެ ދެލޯ ލޯމަރާލެވުނެވެ. އެމަންޒަރު ފެނުމުން އަޔާޒްގެ ހިތް ކޮންޓްރޯލުން ނެއްޓިކަހަލައެވެ. ޝީންވެސް އަޔާޒްގެ ބީހުމައް އެދި ގޮވާކަހަލައެވެ. ދެހަށިގަނޑު އެއްހަށިގަނޑަކައްވެގެން ދިޔައިރު ދެމީހުންކުރެ އެކަކައްވެސް ކުރެވޭ ނުކުރެވޭ ކަމެއް ނޭގޭކަހަލައެވެ. ދެމީހުންވެސް ހީވަނީ އެތައްދުވަހަކައްފަހު ކަރުހިއްކުން ފިލުވާލަން ލިބިގެން އުޅޭހެންނެވެ. ޝީން ދެލޯމަރާލަމުން އެފޮނިމީރު ކަމުގެ ތެރެއަށް ނަފްސް ގެއްލިގެން ދާން ދޫކޮއްލިއެވެ. ވެފަ ހުރި ވަރުބަލީގައި […]
“އަނބި ގަބޫލް ކޮއްފިންތަ؟” ގާޒީ އަހާލިއެވެ. އެއާއެކު އާއިކް އަނބި ގަބޫލް ކޮއްފީމޭ ބުނެލިއެވެ. “އާރާ އަށް ދެލޯ މަރާލެވުނެވެ. މިއީ މައިލީން ވެސް ބުނި އިހްސާސްހެއްޔެވެ؟. ބުނެދޭން ނޭގޭ އިހްސާސްއެކެވެ. އުފާވެ ބިރުގަނެ ހަދަން ވީ ގޮތެއްނޭގުނެވެ. ޔަޝްމް ހުރީ ޒާރިވާ ކައިރީގައެވެ. ލާފައިވަނީ ނޭވީ ބްލޫކުލައިގެ ވަށްތިރި ހެދުމެކެވެ. ހެދުމުގެ ބަންދާ ދިމާގައި މާގަނޑެއް ހަރުކޮއްފައިވާއިރު ހެދުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. އިސްތަށިގަނޑު ފަންކޮއްފައިވާއިރު ކޮޑުން ތިރިއަށް އަރައެވެ. ކައިވެނި ކޮއްނިމިގެން މެހެމާނުން އަންނަން […]
ކަޅު އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއަށް ވަންނަމުން ލައިޓް ދިއްލާލިއެވެ. ފަޅުކަން ވެރިވެފައިވާ ކޮޓަރިތެރެއިން ޒީކް ފެނުނު ހެން އިޔާންއަށް ހީވިއެވެ. އަލަމާރި ހުޅުވާލަމުން އިޔާން އެތެރެއަށް ބަލާލިއެވެ. ހުސްކޮށްފައިވާ ވައްގަނޑު ތަކުގެ ތެރެއިން އެކައްޗެއްވެސް އިޔާންއަކަށް ނުފެނުނެވެ. މޭޒުމަތީގައި އިންނަ ބިއްލޫރިތައްޓަށް ޖަހާފައި އިން މާކޯޅިވެސް އިނީ މޯޅިވެފައެވެ. މާޔޫސްވެފައިވާ ހިތަކާއިގެން ނިކުމެގެން ދާން ހިނގައިގަތެވެ. ނަމަވެސް ކުއްލިއަކަށް އެއްޗެއް ހަނދާންވުމުން އަލަމާރި މައްޗަށް ބަލާލެވުނެވެ. ކަރުދާހު ފޮށިގަނޑު ފެނުމުން އަވަސް އަވަހަށް ގޮސް ފޮށިގަނޑު […]
“އެކަމަކު ޔަޝޫ ޑޭޑް” ޔުއާން ބުނަން އުޅުނެވެ. އޭނާއަށް ވެސް ބޯ ކަހާލެވުނެވެ. “ލާވީ ބުނި ދޫކޮއްލާ ވާހަކަ” އައިކަލް ބުނެލިއެވެ. އެއާއެކު ޔުއާން އަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. އޭނާ މައިލީން އަށް ބަލާލިއެވެ. އެހެންނަމަވެސް މައިލިން އިސްޖައިގެން އިނީ އެއްވެސް މީހަކަށް ނުބަލަން ކަމަށް ހުވާކޮއްގެން ކަހަލައެވެ. ޔުއާން އަށް ހެވުނީ މައިލީން ގެ އެއަމަލުންނެވެ. އައިކަލް ވެސް އިރުކޮޅަކު މަޑުކޮއްލާފައި ދިޔައީ އޮފީހަށް ދާން ޖެހޭތީއެވެ. އައިކަލް ދިޔުމާއެކު ޔުއާން ތެދުވެގެން ގޮސް މައިލީން […]
ކޮންމެދުވަހެއްވެސް ރޭވެ އަލިވަމުންދެއެވެ. ޝީންގެ ކޯސް ނިމުމާއެކު އަލޫކްގެ އެދުމުގެ މަތިން އެމީހުންގެ ކައިވެނީގެ ވާހަކަ ޝީން މުނީރާ ގާތު ދެއްކިއެވެ. އަލޫކް އަކީ ކުރިން މަސްތުވާއެއްޗެހި ބޭނުން ކުރި މީހެއްކަން އެގުމުން މުނީރާ ފުރަތަމަ އެގުޅޫމާ ހިތްހަމަ ނުޖެހުން ކަމުގައިވިޔަސް ފަހުން އެކަމާ އެއްބަސް ވީ ޝީން ވަރައް ވިސްނައިދިނުމުންނެވެ. ޝީންގެ ކަމަކައް ދެކޮޅު ހަދަން ނުކެރިގެންނެވެ. ނަމަވެސް އެދަރިފުޅައް ދެރަގޮތެއް ވެއްޖެ ނަމަ މުނީރާ މޮޔަވެސް ވެދާނެ އެވެ. ޝީން މަންމަގެ ރުހުން ލިބުމާއެކު […]