Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (އެއްތިރީސްވަނަ ބައި)

riya Level 3100 Comments10 Stories
March 8, 2018 5 Mins Read
15 Comments

ކަޅު އަނދިރިކަން ވެރިވެފައިވާ ކޮޓަރި ތެރެއަށް ވަންނަމުން ލައިޓް ދިއްލާލިއެވެ. ފަޅުކަން ވެރިވެފައިވާ ކޮޓަރިތެރެއިން ޒީކް ފެނުނު ހެން އިޔާންއަށް ހީވިއެވެ. އަލަމާރި ހުޅުވާލަމުން އިޔާން އެތެރެއަށް ބަލާލިއެވެ. ހުސްކޮށްފައިވާ ވައްގަނޑު ތަކުގެ ތެރެއިން އެކައްޗެއްވެސް އިޔާންއަކަށް ނުފެނުނެވެ. މޭޒުމަތީގައި އިންނަ ބިއްލޫރިތައްޓަށް ޖަހާފައި އިން މާކޯޅިވެސް އިނީ މޯޅިވެފައެވެ. މާޔޫސްވެފައިވާ ހިތަކާއިގެން ނިކުމެގެން ދާން ހިނގައިގަތެވެ. ނަމަވެސް ކުއްލިއަކަށް އެއްޗެއް ހަނދާންވުމުން އަލަމާރި މައްޗަށް ބަލާލެވުނެވެ. ކަރުދާހު ފޮށިގަނޑު ފެނުމުން އަވަސް އަވަހަށް ގޮސް ފޮށިގަނޑު ނަގައިފިއެވެ. އަދި އޭގެތެރޭގައިވާ އެއްޗެހިތައް ނަގައިގެން ބަލަން ފަށައިފިއެވެ. އެވަގުތު އިޔާން ލޮލުގައި އަޅައިގަތީ އޭނާގެ ލިޔެފައި އިން ނޯޓެވެ. އެއީ އައްޑުއަށް ފުރައިގެން ދަމުން ހައްވައްތައާއި ހަވާލުކުރި ނޯޓްކަން ހަނދާންވެއްޖެއެވެ. ނަމަވެސް ހަމައެއާއެކު އިޔާންގެ މޫނަށް ހައިރާންކަން ވެރިވެގަނެފިއެވެ. އޭނާ އެއްތާރީހެއްގައި ލިޔެފައިން ދެނޯޓެއް ފެނުމުންނެވެ. ނަމަވެސް އިޔާން ޒީކްގެ ހިތްހަލާކު ކުރަން އެފަދަ ނޯޓެއް ނުލިޔާކަން އޭނާއަށް ޔަގީންވެއެވެ. ނަމަވެސް އެއީ ހަމަ އޭނާގެ ލިޔުމެވެ. އެއްވެސް ތަފާތެއް ނެތެވެ. އިޔާންގެ ހިތުގައި އުފެދުނު ސުވާލުތައް ދިޔައީ ގިނަވަމުންނެވެ. ފޮށިގަނޑުގެ ތެރޭގައި އޮތްފޮތުގެ ތެރެއަށް ދެނޯޓް ލަމުން ފޮށިގަނޑު ނަގާ އެހުރި ތަނުގައި ބަހައްޓައިފިއެވެ. އަދި ފޮތް ހިފައިގެންގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.

 

ރޭގަޑުން ބޮޑު ބައެއް ފާއިތުވެގެން ދިޔައިރު ޒީކް އޮތީ ނުނިދިފައެވެ. ކިންގ ސައިޒް އެނދުގެ އެއްފަރާތެއްގައި ރާއިނާ އަރާމްކޮށް ނިދާލާފައި އޮތެވެ. ޒީކް ދެލޯމަރައިގެން ނިދޭތޯ އޮވެ އޮވެ ވަރުބަލިވެއްޖެއެވެ. ނަމަވެސް ޒީކްގެ ދެލޮލާއި ނިދި ރުޅި ބުނެފައިވާ ކަހަލައެވެ. އެންމެފަހުން ޒީކް ތެދުވެގެން ގޮސް ދަބަސް ހުޅުވާލައިފިއެވެ. ނުނިދިގެން އުޅޭ ކޮންމެ ރެއަކު މަންމަގެ ފޮޓޯ ފެނުމުން ޒީކްގެ ހިތަށް ފަސޭހަކަމެއް އިހްސާސްކުރެވިގެންދެއެވެ. ނަމަވެސް ދަބަހުން ހުރިހާ އެއްޗެއް ވަކިވަކިން ނަގައިގެން ހޯދި އިރުވެސް މަންމަގެ ހަނދާން ކަމުގައިވާ ފޮޓޯ ގަނޑެއް ނުފެނުނެވެ. އެވަސް އަރުވާލައިގެން އަންނަން އުޅުމުގެ ތެރޭގައި އެފޮށިގަނޑު މަތިން ހަނދާން ނެތުނީކަން ޒީކް ހަނދާންވެއްޖެވެ. ދެން އެންމެ އަވަހަށް ވެސް އެއެއްޗެހި ބަލައިދެވޭނީ ހެނދުނު ވުމުންކަން ވިސްނުމުން އެނދުމަތީގައި އޮށޯވެއްޖެއެވެ.

 

ޔުނިވާސިޓީގެ ކިޔެވުން ފެށެން ދެތިން ދުވަސް އޮތުމުން ރުއާން އަބަދުވެސް ކޮންމެވެސް ކަމެއް ރާވައިގެން ޒީކް އެކަމުގައި ބައިވެރި ކުރެވޭތީ މަސައްކަތް ކުރަމުންދިޔައެވެ. ނަމަވެސް ޒީކް މޫނުމަތިން ފެންނަމުންދާ ހިތާމަވެރި ކަމުގެ އަސަރުތަކާއި މާޔޫސީކަމަށް ރުއާންއަކަށް ހައްލެއް ހޯދައެއް ނުދެވުނެވެ. ކާރު ދުއްވާލަން ދިޔުމުގެ ޕްރޮގްރާމެއް ރުއާން ރޭވީ ރައިނާގެ އެދުމުގެ މަތިންނެވެ. ރުއާން ހުރީ ނީލާވެސް ގޮވައިގެން ގޮސް އެދެމެދުގައިވާ ހުރިހާ މައްސަލަތަކެއް ހައްލުކުރުމަށް ނިންމައިގެންނެވެ. ނީލާއާއި އެކުގައި ޒީކް އުޅެން ފަށައިފިނަމަ ޒީކް ހަމައަކަށް އެޅިދާނެއޭ ރުއާންގެ ހިތް ބުނަމުންދާތީއެވެ.

 

 

 

 

ރޭގަނޑު ނުވައެއް ޖަހަން ވީއިރު ޒީކްއާއި ރާއިނާ ތިބީ ތައްޔާރުވެގެން ރުއާންގެ އިންތިޒާރުގައެވެ. ޒީކް ކިތަންމެ ދާހިތް ނުވިޔަސް ރާއިނާގެ އެދުމަށް ދެކޮޅު ހަދާހާ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ބޮލުގައިވެސް ކުޑަކޮށް ރިއްސަމުން ދިޔައަށް ހިތްވަރުކޮށްލައިގެން ނިކުތީ އެމީހުންނާއި ބައިވެރިވެލުމަށެވެ. ފަސްވަރަކަށް މިނިޓް ތެރޭގައި ރުއާންވެސް އަތުވެއްޖެއެވެ. އަދި ތިންމީހުން އެކުގައި ގޮސް ކާރަށް އެރުމަށްފަހު ނީލާމެންގެއާއި ދިމާއަށް ދުއްވައިލައިފިއެވެ.

“ފަހަރި ވަރަށް ގުޅޭ ދޮންބެއާ” ނީލާމެންގޭ ކައިރިއަށް ކާރު މަޑުކުރިއިރު ނީލާ އިންތިޒާރުގައި ހުރިތަން ފެނުމުން ރާއިނާ ބުނެލިއެވެ. ޒީކްއާއި ރާއިނާ ތިބީ ކާރުގެ ފަހަތު ސީޓުގައި ކަމަށްވުމުން ނީލާ ރުއާން ކައިރީ ކުރީ ސީޓްގައި އިށީދެއްޖެއެވެ.

“އަޅެ މިކާރުގައި މިތިބީ ހުސް މަންމަނުންތަ؟” ކާރުތެރެއަށް ވެރިވެފައިވާ ހަމަހިމޭކަން ރާއިނާގެ އަޑުން ފޫދުއްވާލިއެވެ.

“ދޮންބޭ ހިނގާ ގާޑިޔާ ކައިރިއަށް މަޖާކާން ދާން” ރާއިނާ އަކީ އަބަދުވެސް އަނބު މަޖާ ކެއުމަށް ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ރުއާންވެސް ކާރު މަޑުމަޑުން ދުއްވަމުން ގާޑިޔާ ތަކާއި ދިމާއަށް މިސްރާބުޖެހިއެވެ.

“ފައިބާފަ މަޑުކުރޭ މިތާގަ. އަންނާނަން ކާރު ޕާކްކޮށްފަ” ރުއާން ދުއްވާލަމުން ބުނެލިއެވެ.

“ޕޭ ކުރީތަ މިހާރު” ރުއާން ކާރު ޕާކްކޮށްފައި އައިސް މަޑުކޮށްލަމުން ރާއިނާ ކުރެން އަހާލިއެވެ.

“ނޫން ދޮންބެ އަންނަދެން މަޑުކުރީ” ރާއިނާ ބުނެލިއެވެ. ޒީކްއާއި ނީލާ އަނގައިން ބަހެއްވެސް ނުބުނެ މަޑުމަޑުން ތިއްބެވެ.

“ދޭ މަޖާ ހަދަން ބުނެފަ އަންނަން” ވޮލެޓުން ސަތޭކައިގެ ނޫޓެއް ނަގާ ރާއިނާގެ އަތަށް ދެމުން ބުނެލިއެވެ.

“ޒީކް މަޖާ ކާނަންތަ؟ ފަހަރި ކާނަންތަ؟” ރާއިނާ ހިނގައިގަންނަމުން އަހާލިއެވެ. ޒީކް ބޮލުން ނޫނެކޭ ބުނެލިއެވެ.

“ނީލް އާއި ދޮންބެއަށް އެކަތިން ވާނެ” ނީލާ އެއްޗެކޭ ނުބުނުމުން ރުއާން ބުނެލިއެވެ.

“ޒީކް… ނީލް ރުޅި ޒީކްދެކެ ރުޅިއައީ އަހަރެން ދެއްކި ވާހަކަ ތަކެއްގެ ސަބަބުން” ރުއާންއަށް އެވާހަކަ ބުނެވުނީ ވަރަށް އުނދަގުލުންނެވެ. ނަމަވެސް މިއަދު އެހުރިހާ އެއްޗެއް ޒީކްއަށް އަންގަދޭން ބޭނުންވެއެވެ. ޒީކް ބަލަހައްޓައިގެން އިނީއެވެ. އަނގައިން ބަހެއްވެސް ނުބުނެއެވެ.

“ޒީކް އައި އޭމް ސޮރީ… އެނގޭ ސޮރީ ބުނުމަކުން ހުރިހާ ކަމެއް ނިމުނީކީ ނޫންކަން…” އަނެއްކާވެސް ވާހަކަ ދެއްކީ ރުއާންއެވެ. ނީލާގެ އަތުގައި ހިފަހައްޓާލައިގެން ތޮށިގަނޑު މަތީގައި އިށީދެލައިގެން އިނެވެ. ޒީކްވެސް ރުއާން އާއި ޖެހިގެން ކަހަލަ ގޮތަކަށް އިނެވެ. ރުއާންގެ ވާހަކަތައް އަހަން ޒީކްއަށް ފަސޭހަ ނުވީ ކަންނޭގެއެވެ. ޒީކް ތެދުވެގެން ހިނގައިގަތީ އެތަނުން ތަންކޮޅެއް ދުރަށް ދިޔުމަށެވެ. ޒީކްގެ ބޮލުގެ ރިހުންވެސް ގަދަވަމުން އަންނަހެން އޭނާއަށް ހީވަމުން ދިޔައެވެ.

“ޒީކް މަޑުކޮށްބަލަ” ރުއާންވެސް ޒީކްގެ ފަހަތުން ހިނގައިގަންނަމުން ޒީކްއަށް ގޮވާލިއެވެ. ރުއާން އެހެން ބުނުމާއެކު ޒީކް ހުއްޓެމުން ރުއާންއަށް ބަލާލިއެވެ.

“އޯކޭ…. އެހުރިހާ ކަމެއްވެސް ދެން މިނިމުނީމު. އަހަރެން ރުޅިއެއް ނާދޭ އެކަކު ދެކެއެއްވެސް. އެހެން ނޫނަސް އެއީ އަހަރެން މީ ކާކުކަން ނޭނގޭއިރު ވެފައި ހުރި ކަންތައްތަކެއްނު، އެއީ މާޒީ… މާޒީ މަތިން ހަނދާން ނުކުރަމާ” ޒީކް އެހެން ބުނުމަށްފަހު އަނެއްކާވެސް ކުރިއަށް ހިނގައިގަނެފިއެވެ.

“ޒީކް އަހަރެން ބޭނުން ވާހަކަ ދައްކާލަން” ނީލާ ދުވެފައިގޮސް ޒީކްއާއި އަރާ ހަމަކުރަމުން ބުނެލިއެވެ. ރުއާން ދުރުގައި އެދެމީހުން ވާހަކަ ދައްކަމުން ދިޔަތަން ބަލަން ހުއްޓެވެ. މިހުރިހާ ކަމެއް މިހާ ފަސޭހައިން ނިމިގެން ހިނގައިދާނެ ކަމަކަށް ރުއާން ހިޔެއް ނުކުރެއެވެ.

“ކޮބާ އެހެން މީހުން” ރާއިނާ އައިސް އިށީންނަމުން ރުއާން ކައިރީ އަހާލިއެވެ. އޭރު ނީލާވެސް އެމީހުން ކައިރިއަށް އަންނަނީއެވެ.

“ޒީކް އެދަނީ ކޮންތާކަށް” ނީލާއާއ އެކުގައި ޒީކް ނައުމުން ރުއާން ސުވާލު ކުރިއެވެ.

“މަޖާ ކައި ނިމެން ވާއިރަށް އަންނާނަމޭ ބުނި” ނީލާ ބުނެލިއެވެ.

“ޒީކް ދިޔައީމަ ވަރަށް ފޫހި… ދޮންބެމެން ފޮޅުވާ މާތައް ބަލަން އަހަރެން އެކަނި މިހެން އިންނަން މިޖެހުނީ” ރުއާންއާއި ނީލާ ވާހަކަ ދައްކަން ފެށުމުން ރާއިނާ ބުނެލިއެވެ. ލާނެއްގޮތަކަށެވެ.

“ދޮންބެ ހުންނާނަމޭ ކޮކީ މާފޮޅުވާތަން ބަލަން” ރުއާންވެސް ރާއިނާއަށް ޖެއްސުމަށް ބުނެލިއެވެ.

 

ޒީކް ހިނގަމުން ދިޔައީ އެއްވެސް މިސްރާބެއްނެތިއެވެ. ތޮށިގަނޑު ކައިރިން ހިނގަމުންގޮސް މީހުން މަދު ހިސާބެއް ފެނުމުން ތޮށިގަނޑު މަތީގައި ޒީކް އިށީދެއްޖެއެވެ. އެދިމާލުގައި އިން ލައިޓް އަނދާފައި ވުމުގެ ސަބަބުން އެދިމާ ދައްކަނީ އަނދިރިކޮށެވެ. ދެފޫޓެއް ހައި ދުރުގައި ކުއްޖަކު އިށީދެލައިގެން އިންތަން ޒީކްއަށް ފެނުނީ އެތާގައި އިށީންފަހުން ކަމަށްވާތީ ނުތެދުވެ ޒީކް އިނީއެވެ. ކުރިން ޒީކްގެ ލޮލުގައި އަޅައި ނުގަތީ ކަމަށްވެދާނެއެވެ. ތޮށިގަނޑަށް ބީއްސާލާ ރާޅުގެ އަޑާއި ދުއްވާ އެއްޗެހީގެ އަޑު ފައްގަޑު ގަދަކަމުން ޒީކްގެ ބޮލުގެ ރިހުން ހިނދެއްހިނދަކަށް ގަދަވަމުން ދާހެން ހީވިއެވެ. އެވަގުތު އެތަނަށް ސައިކަލުގައި އައި ޒުވާނަކު މަޑުކޮށްލައިފިއެވެ. ޒީކް އިނީ މަގާވީ ދިމާއަށް މޫނު ލައިގެން ކަމުން ސައިކަލުގެ ލައިޓް ޒީކްގެ މޫނަށް އެޅުނެވެ. އެޒުވާނާ ސައިކަލުން ފައިބައިގެން އައިސް ޒީކް ކައިރީ ތޮށިގަނޑު މަތީގައި އިށީދެއްޖެއެވެ. ޒީކް ތެދުވެގެން ދާން އުޅުމުން ޒީކްގެ އަތުގައި ހިފައްޓަމުން އެޒުވާނާގެ ހަށިގަނޑާ ކައިރިއަށް ދަމާލިއެވެ.

“ދޫކޮށްލާ އަހަރެން ދާންވެއްޖެ” އެޒުވާނާގެ އަތް ނައްޓުވާލަން ޒީކް މަސައްކަތް ކުރަމުން ބުނެލިއެވެ.

“ކިހެނެއް ދޫކޮށްލާނީ….މިހާރުވެސް ހިފަހައްޓަން ލަސްވެއްޖެ” އެއަޑާއެކު ޒީކްގެ ގައިން ހީބިހި ނަގައިގަނެގެން ދިޔައެވެ. މިއީ ފެންނަ ހުވަފެނެއް ބާވައޭ ޒީކް ހިތަށް އެރިއެވެ.

“އިޔާން” ޒީކްއަކަށް އިތުރަށް އެންމެ އެއްޗެއްވެސް ނުބުނެވުނެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ބުނަން އުޅުނު ބަސްތައް ކަރުގައި ތާށިވިކަހަލައެވެ.

“ޒީކް އައި އޭމް ސޮރީ… އަހަރެންނަށް ނޭނގުނީ” އިޔާން ޒީކްގެ މޫނަށް ބަލަން ހުރެގެން ބުނެލިއެވެ. ޒީކްވެސް އިޔާންގެ މޫނަށް ބަލަމުންދިޔައެވެ. ގަބޫލުނުކުރެވިފައިވާ ކަހަލަ ގޮތަކަށެވެ. މިރޭ އޭނާގެ ކަންފަތުގެ އިވުމާއި މެދުގައި ޝައްކު އުފެދިއްޖެއެވެ. ލޮލުގެ ފެނުމާއިމެދު ސުވާލު އުފެދިއްޖެއެވެ.

“ޒީކް އަހަރެންނަށް މާފެއް ނުކުރާނަންތަ؟” އިޔާންގެ އަޑު ޒީކްގެ ކަންފަތުގައި ޖެހުމާއެކު ތެޅިގަނެފައި ދުރަށް ޖެހިލައިފިއެވެ.

“ޒީކް” އިޔާން ޒީކްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. “އަދިވެސް ރުޅިތަ”

“ތިހެން ބުނީމަ ނިމުނީތަ؟” ޒީކްގެ އަޑުގައި ރިހުން އެކުލެވިފައިވެއެވެ. ދެލޮލަށް ކަރުނަ ޖަމާވަމުންދިޔައެވެ.

“ޒީކް ޕްލީޒް” ޒީކް ރުޅިއައުން ހައްގުކަމަށް އިޔާން ގަބޫލުކުރެއެވެ.

“އިތުބާރު ނުކުރާ މީހަކާއެކީ ކޮން ލައިފެއް ފެށޭނީ…” ޒީކްގެ އަޑުގައި ތުރުތުރެއް އެކުލެވިފައިވެއެވެ.

“ތާކުން ފެންނަ ކޮންމެ މީހެއްގެ ފަހަތުންދުވާ ފައިސާއަށް ވިކޭ އަންހެން ކުއްޖެއްގެ ކޮން އަގެއް އޮންނާނީ، ކިހިނެއް އެނގޭނީ މާދަމާ ނޫން ކަމެއް އެހެން މުއްސަންޖެއް ފެންނައިރަށް ތިޔަ އަތުގައި ކޮޅުފައިން ނުޖަހާނެ ކަމެއް” ޒީކުގެ އަޑުގައިވަނީ މަލާމާތާއި ނުރުހުންތެރިކަމެވެ.

“ޒީކްގެ އިތުބާރު އަހަރެން އަލުން ހޯދާނަން…ޕްލީޒް ފޮގިވް މީ ޕްލީޒް” އިޔާން ޒީކްގެ ދެއަތުގައި ހިފަހައްޓާލަމުން އާދޭސް ކުރިއެވެ.

“އަހަރެން އެއްވެސް އިރަކު އިޔާންދެކެ ރުޅިއެއް ނާދޭ. ނުވެސް އާދެވޭނެ” ޒީކް މަޑުމަޑުން ބުނެލިއެވެ.

“އެކަމަކު ދެން އިޔާން އާއި އެކީ އުޅުމުގެ ހިޔާލު ދޫކޮށްލައިފިން” ޒީކް ހިތާއި ދެކޮޅަށް އެހެން ބުނުމަށްފަހު އެތަނުން ދިއުމަށް ހިނގައިގެތެވެ.

 

“ބަލަން ހުންނައްޗޭ ޒީކްގެ ޓްރަސްޓް އަހަރެން ހޯދާނަން، ޒީކް ކާމިޔާބުވެސް ކުރާނަން” އިޔާން ޒީކްގެ އަތުގައި ހިފައި ހުއްޓުވަމުން ބުނެލިއެވެ.

“ބޭބެމެން އަހަރެން ހޯދާނެ…” ޒީކް އިޔާންގެ އަތް ފޮޅުވާލުމަށްފަހު ބާރުބާރަށް ހިނގައިގަތެވެ.

“ޒީކް ޕްލީޒް…. އެއީ އޮޅުމަކުން ވީކަމެއްކަން އެނގެއެއްނު، ދެން ކީއްވެ؟” ޒީކް އާއި އަރާ ހަމަކުރަމުން އިޔާން ވާހަކަ ދެއްކިއެވެ.

“މައްސަލައަކީ އިޔާންއާއެކު ދިރިއުޅުމެއް ފަށާ ތަނުންވެސް މީހަކު ބުނާއެއްޗެއް ގަބޫލުކޮށްގެން އަހަރެން ތިޔަ ދިރިއުޅުމުން ބޭރުކޮށްލަފާނެތީ، އެދުވަހަކުން މިހިތުގަ އަޅާ ވޭން މާބޮޑުވާނެ، އެހެން ނޫނަސް އަލްޔަންގެ މިޒާޖު މާބޮޑަށް ކަމުދާން ފަށައިފި، ކިތަންމެ ރުޅިގަދަޔަސް މީހަކު ކިޔާހާ އެއްޗެއް އަހަރެން ކައިރީ ނާހާ ގަބޫލު ނުކުރާނެކަން ޔަގީން” އިޔާން އިތުރަށް ދެރަކޮށްލުމުގެ ބޭނުމުގައި ޒީކް ބުނެލިއެވެ.

 

ރާއިނާ ހަމަޖެހިލައިގެން އިނދެ މަޖާ ކަމުންދިޔައެވެ. ބައެއް ފަހަރަށް ކުޅިވެގެން އުޅޭހެންވެސް ހީވެއެވެ. ރުއާންއާއި ނީލާވެސް ވާހަކައިގައި ތިބެގެން މަޖާ ކަމުންދިޔައެވެ. ޒީކް އައިސް ރާއިނާ ކައިރީގައި އިށީދެލިއެވެ.

“ޒީ ކޮންތާކުން ތިއައީ…އަހަރެންވެސް ގޮވައިގެން ދިޔަނަމަ އެއްނު” ރާއިނާ ޝަކުވާ ކޮށްލިއެވެ.

“ދެން ފަހަރަކުން ދޯ” ޒީކް ބުނެލިއެވެ.

“އަދިވެސް ނުނިމޭތަ؟ ހިނގާ ދެން ގެއަށް ދާން” ރުއާން އައިސް ޒީކްމެން ކުރިމައްޗަށް ހުއްޓެމުން ބުނެލިއެވެ.

“ނޫނޭ މިނިމުނީ…ކޮބާ ބިލެއްގަނޑު..ދޮންބެ ގަނޑު އެއްކޮށް ކާލީތަ؟” ރާއިނާ އަހާލިއެވެ. އަދި ނީލާ އަތުން ބިލެއްގަނޑު އަތުލައިގެން ދުފަން ފަށައިފިއެވެ. ހުރިހާ ކުދިން އެކުގައި ކާރާ ދިމާއަށް ހިނގައިގަތެވެ. މިރެއަކީ އުފާވެރި މަޖާ ރެއެކޭ ބުނަމުންނެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ރުއާންއާއި ނީލާ ދެމީހުންގެ މެދުގައި އޮތް ދެބަސްވުން ހައްލުވެ ނީލާއާއި ޒީކް ދެރަހްމަތްތެރިންގެ ގޮތުގައި ފެނިގެން ދިޔައެވެ. އަދި އިޔާންއަށް ޒީކްގެ ކުށެއް ނެތްކަން އެނގުމުން ޒީކް ހުރީ ހިތްހަމަޖެހިފައެވެ. ނަމަވެސް ރުއާންގެ ނުގަބޫލުގައި އިޔާންއާއި ވާހަކަ ދައްކަން ބޭނުންނުވާތީ އަމިއްލައަށް އިޔާން ދޫކޮށްލި ކަމުގައި ވިޔަސް އެހިތުގައި ވޭން އަޅަމުންދިޔައީ އިންތިހާއަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

riya

Level 3100 Comments10 Stories

Other Articles

Previous

ހިތާ ފުރާނައިން… (64)

Next

ހިތާ ފުރާނައިން… 65 (ފަހުބައި)

Next
March 8, 2018

ހިތާ ފުރާނައިން… 65 (ފަހުބައި)

Previews
March 8, 2018

ހިތާ ފުރާނައިން… (64)

15 Comments!

  1. Friends says:
    March 8, 2018 at 10:38 pm

    First dhw

    1. riya says:
      March 8, 2018 at 10:39 pm

      yes friend, you got the first place 🙂

  2. riya says:
    March 8, 2018 at 10:38 pm

    dear readers, finally here is the new part, so enjoy this part… please do comment for this part tooo and tell me ur views about this story… gud nit guys, luv u all

  3. rose says:
    March 8, 2018 at 10:50 pm

    Kai aa up nukurany kyvegentho

    1. riya says:
      March 8, 2018 at 10:54 pm

      mi vaahaka ninmaalafa up kuran fashaanan, adhi ehkoh liye nunimeythy mi madu kohlany, ehkoh ninmaalafa up kuran feshyma konme dhuvahaku aa baeh up kureveynee

  4. shaan says:
    March 8, 2018 at 10:56 pm

    diegu kholadeebala plz plz

    1. riya says:
      March 8, 2018 at 11:31 pm

      Masaikai kuraanan ingey

  5. Friends says:
    March 8, 2018 at 11:01 pm

    Masha allah v reethi.ruaan vess xee iyaan kairi ah dhaa huhdha dhiyybala.beybe akas ehaa hifahahtaa kah nuvaane ehnu brw. Haha.dhen alyaan aa raaina dhw.eyrun v nice vaane .keep it up.friends ah vess ingey miyy v bura mashah katheh kah vess .but adhi kuda than kolhen dhigu koh dheyy bala.eh gotha kah vess mi mashah kah balaa nugah naakah noon . Inshaanun ge hithaky furey ehcha kah nuvaa thiyy.hahah.Kuriy part ah reply kurima aslu v bodhah sukuru.mihen mi buny eyrun dhw kiyun therin nah vess ingey hiyaalu balaa ganna kah.waiting 4 next part.gud nyt.??????????

  6. riya says:
    March 8, 2018 at 11:37 pm

    Msg thah kiyaa levuns konme msg akah vakin vakin reply kuran v v gina time nagaa, time eh vaavarakun reply ves kohlan, vaahaka nimeny mi 1 or 2 parts, miah vure dhigu koh levey balaana n ingey frind ?? aslu maa over protecting v ma foohi vaane dhw, ekam aslu aharen hithah araa over protective vaan ves beybe eh huri nama ey, hehehe any way thank u so much for ur views ???

  7. aanaa says:
    March 8, 2018 at 11:58 pm

    this story is really awesome

    1. riya says:
      March 9, 2018 at 10:53 pm

      thank you 🙂

  8. Azu says:
    March 9, 2018 at 12:06 am

    Ma sha allah…mivaahaka mikiyaalee miadhu …vaahaka vv reethi…alyan vaanee zeek mennaa ehbafaa kuhjakah dho…..mivaahaka nimigen avahah KAAIAA gensdhehchey…evaahaka ves kiyaahithun hureveneekee noon….

    1. riya says:
      March 9, 2018 at 10:54 pm

      Thank u 🙂
      in sha allah v soon i will start upload kaiaa

  9. Reem says:
    March 9, 2018 at 1:36 am

    Alhey xeek aa iyan aai gulhuvachey .

    1. riya says:
      March 9, 2018 at 10:55 pm

      lets see what is going to happen

Comments are closed.

Next Episodeކުރިން އެނގުނުނަމަ (ބައްތިރީސްވަނަ ބައި)←


All Right Reserved!