މަރުވުމަށްފަހު މައްޔިތާއަށްޓަކައި ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ އެމައްޔިތާގެ މައްޗަށް ހެޔޮ ދުއާ ކޮށްދިނުމެވެ. މައްޔިތާގެ މަތިން ގިނަގިނައިން ޞަދަޤާތް ކުރުމެވެ. އެމީހުންނަށް ހެޔޮ ދުއާކޮށް އެމީހުންގެ ފާފަ ފުއްސެވުމަށް އެދި ދުއާ ކުރުމެވެ. އަދި އެމީހުން ކޮށްފައިވާ ހެޔޮ ވަޞިއްޔަތް ފުރިހަމަކޮށް އެމީހުންގެ ގާތް ތިމާގެ މީހުންނަށް އިހްތިރާމްކޮށް ކަމޭހިތުމެވެ. މުހީތު އޭނާގެ އެންމެ ގާތް އެކުވެރިޔާ ނަދީމްއަށް ދެމުން ގެންދިޔައީ މިފަދަ ނަސޭހަތް ތަކެވެ. އެންމެ ލޯބިވާ އަނބިމީހާ ދުނިޔެއަށް އަލްވަދާއު ކިޔުމުން ނަދީމްއަށް […]
މަލްހާގެ ކޮޓަރި ހުރަސްކުރިވަގުތު ކުޑަކޮށް ހުޅުވިފައިހުރި ދޮރު ފެނުމުން މަލްހާ އެތެރޭގައި ހުރެދާނެ ކަމަށް ލިވްޔާ އެދޮރު އިތުރަށް ހުޅުވައިލަމުން ކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. އެވަގުތު ފެނުނު މަންޒަރުން އޭނާގެ ދެލޯބޮޑުވެގެންދިޔައެވެ. އާޝޯޚުވެފައި ކޮޓަރިތެރެއަށް ބަލަންހުރި ލިވްޔާގެ ތުންފަތްމަތީގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ. އޭރު އޭނާގެ މުޅި މޫނުވަނީ ރަތްވެފައެވެ. ހަށިގަނޑުގައި އުފެދުނު މަޑު ތުރުތުރާއެކު ލިވްޔާއަށް ތުންފަތުގައި ދައިގަނެވުނެވެ. ކޮޓަރީގެ ދޮރަށް ފުރަގަސްވާގޮތަށްހުރެ ބޮލުގައި ޖެލްލަމުންދިޔަ ރާއިދްއަކަށް ފަހަތުގައި އޭނާގެ ހަރަކާތްތަކަށް ބަލަންހުރި ލިވްޔާއެއް ނުފެނެއެވެ. […]
އަނެއްކަ އަލޫކް ޝީން އަށް އަނިޔާ ކުރަނީތަ؟ ނޫން ނޫން …. އެރޭގެ ހާދިސާއަށްފަހު ފެންނަ ހުވަފެނެއް އެއީ ” އަހަރެން ޝީންގެ ދިރިއުޅުން ހަލާކް ކޮއްލާފަ މިއައީ ” އަޔާޒް ބޮލު އިސްތަށިގަނޑުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ’ އަޔާޒް މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހިތުތެރޭން ޝީން ގެ ހަދާންތައް ފޮހެލާނެ ގޮތަކާދޭތެރޭއެވެ. ******************************************** ޝީން ކައިވެންޏައް މަސް ދުވަސް ވާން ގާތްވީއިރުވެސް އަލޫކް އެއްވެސް ހަބަރެއް ނުވެއެވެ. އަލޫކްގެ ބައްޕަގެ ފަރާތުން ޝިން އަށް […]
ދަރުބާރުގޭގެ އެތެރެ ޒީނަތް ތެރިކޮއްފައިވަނީ ނުހަނު ރީތިކޮށެވެ. ކަޅުކުލައިން ޒީނަތް ތެރިކޮއްފައިވާ ދަރުބާރުގޭ ކައިރިއަށް އައިސް މަޑުކޮއްލި ރަތް ކުލައިގެ ކާރަށް ބަލާލި ކޮންމެ މީހަކުވެސް ދިޔައީ ހިތާހިތުން އެއަށް ތައުރީފް ކުރަމުންނެވެ. އެ ކާރަށް ބަލާލާ ކޮންމެ މީހަކަށް ވެސް އެހެން ދިމާލަށް ބަލާލަން ނުކެރެނީ އެ ކާރު ޑިޒައިން ކޮއްފައިވާ ފުރިހަމަކަމުން ނެވެ. ރިބަނާއި ރަތް ފިނިފެންމަލުގެ ބުކޭ ތަކުން ރީތި ގޮތަކަށް ޑިޒައިން ކޮއްފައިވާ ރަތް ކުލައިގެ އެ ކާރު ފެންނަލެއް […]
އާލިން އޮފީހުގައި ކުރަން ހުރި މަސައްކަތްތައް މަޑު ޖައްސާލުމަށްފަހު ރުއާންމެންގެއަށް ދިޔައީ މިސައިބާގެ އެދުމުގެ މަތިންނެވެ. ސައިކަލުގައި ގޮސް އެގެ ކައިރިއަށް ދެވުނުއިރު ރުއާންވެސް އައިސް މަޑުކޮށްލަނީއެވެ. ސައިކަލް ޕާކް ކޮށްލުމަށްފަހު ގެއަށް ވަންނަން ދިޔަ ރުއާންއަށް އާލިން ފެނުމާއެކު ހުއްޓެވިއްޖެއެވެ. އާލިންއަށް ވެސް ބަލަހައްޓައިގެން ހުރެވުނީއެވެ. ރުއާން ހުރި ހުއްޓުން އަރާފައި ހުރިތަން ފެނުމުންނެވެ. ރުއާންގެ ހިތަށް ފެންނަމުންދިޔައީ މަންމަގެ ފޮތްތަކުގެ ތެރެއިން ފެނުނު ފޮޓޯ އެވެ. އުމުރުން ދުވަސްވެފައި ހުއްޓެއް ކަމަކު އަދިވެސް އާލިންގެ […]
މަޑުމަޑުން ސިޑިން މައްޗަށް އަރައިގެން ދިޔައިރު އަހަރެންގެ ދެއަތް އޮންނާނީ ދެ ޖީބަށް ޖަހާލެވިފައެވެ. އެ ފްލޯރ ގައި ހުރީ ހަނި ގޯޅިގަނޑެކެވެ. އެ ގޯޅިގަނޑުގެ ދެފަރާތައް ވާގޮތަށް ހުރި ކޮޓަރިތަކަށް އަހަރެން ނަޒަރު ހިންގާލީމެވެ. އެތަނުން ބަޝަރުގެ ކޮޓަރި އަކީ ކޮބާ ހެއްޔެވެ؟ ލޯ އެކި ކޮޅުކޮޅަށް ޙަރަކާތްކުރާ ހާލު އަހަރެން އެ ހަނި ގޯޅިގަނޑުގެ ތެރެއިން ހިނގަން ފެށީމެވެ. ނަމަވެސް ތަންކޮޅަކަށް ދެވުނުތަނާ ކޮންމެވެސް މީހަކު އަހަރެންގެ ވާއަތު ކޮނޑުގައި އަތް ބާއްވާލައިފިއެވެ. ވަގުތުން […]
“..ތީގެ މާނައަކީ ނިހާއަކީ އިލްހާމްބެގެ..” ފައިރޫޒްއަށް އެ ޖުމްލަ ފުރިހަމަ ކުރާކަށް ނުކެރުނެވެ. އިލްހާމްއަށް ލިބުނު ޝޮކުގައި ދެލޯ ބޮޑުކޮށްލެވުނެވެ. އެވަގުތު އިލްހާމްގެ ނަޒަރު ނިހާއަށް ސީދާވިއިރު، ނިހާގެ މޫނުމަތިން އޭނާއަށް ފެނުނީ ހައިރާންކަމުގެ ކުލަވަރެވެ. ނިހާއަކީ އޭނާގެ ދަރިއަކަށް ވެދާނެ ހެއްޔެވެ؟ ފުރަތަމަވެސް އޭނާގެ ހިތަށް އެރި ސުވާލަކީ އެއީއެވެ. އިލްހާމް ވިސްނާލިއެވެ. ނިހާ އޭނާގެ ދަރިއަކަށްވުމުގެ ފުރުޞަތު އޮތްހެން ހީވުމުން ހިތަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ. ނިހާގެ އެހުންނަ ގޮތް ދޫނުކުރުމުގެ ސިފައާއި ޖެހިލުންކުޑަކަން އެއީ […]
އޭނަކަހަލަ މީހަކައް ޝިންކަހަލަ ރަގަޅު ކުއްޖަކު ލިބުންއެއީ ނަސީބެވެ. މިރެއިން ފެށިގެން އެނުބައިކަންތަކުން ދުރުވާން މަސައްކަތް ކުރާނެއެވެ. ރޫމައްވަންގޮތައް ގަބުވެފައި ހުރި ޝިން އަލޫކްގެ އަތް މައްޗައް ނެގުމައްފަހު އެދުގައި ބާއްވާލިއެވެ.އެވަގުތު ވަރައްބާރައް ދުރުގައި ތަޅައިގައްއަޑު އިވުނެވެ. ޗުސް ކަނޑާލަމުން އަލޫކް ރުޅިވެރި މޫނަކާއެކު ގޮސް ދޮރު ހުޅޫވާލުމާއެކު ދެލޯ ބޮޑުވިއެވެ. އެވަގުތު ހީވީ ބިރެއްފެނިގެން މީހަކު އުޅެން ފެށީހެންނެވެ. ދޮރުމަތީގައި ހުއްޓިލައިގެން ތިބި ދެ ޕޮލިހުން ފެނުމާއެކު އަލޫކްއަށް ތެޅިގަނެވުނެވެ. ވާން އުޅޭގޮތް އެގުމުން އަލޫކްގެ […]
ފުންނޭވައެއް ދޫކޮށްލަމުން ފޫހިގޮތަކަށް ފޯންނަގައި ކަންފަތުގައި ޖައްސައިލިއެވެ. “ލިވީ. ވަޓްސް ރޯންގް ވިތް ޔޫ؟ ކީއްވެ އަހަރެންނާާ ދުރުވާންބޭނުންވެގެން ތިއުޅެނީ؟” މާޔޫސީ ރާގަކަށް ނަވީން އަހައިލިއެވެ. “އަހަރެން ކުރިންވެސް ބުނިންދޯ ނަވީނާ އެކީ އުޅޭކަށް މިހާރު ބޭނުމެއް ނޫނޭ. ދެން އަހަރެންނަށް އުނދަގޫކުރުން ހުއްޓާލަންވީނު.” ހަރުކަށި ރާގަކަށް ލިވްޔާ އެހެން ބުނުމާއެކު އެއީ ކީއްވެހޭ ކިޔައި ނަވީން ހަޅޭލަވައިގަތެވެ. “ކިތައްފަހަރުތަ ބުނަންވީ؟ އަހަރެން ނަވީންދެކެ ލޯތްބެއްނުވޭ މިހާރު. އަހަރެން ލޯބިވަނީ އެހެން މީހެއްދެކެ. އަހަރެން ބޭނުންވަނީވެސް ހަމައެކަނި […]