Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރިން އެނގުނުނަމަ (ބައްތިރީސްވަނަ ބައި)

riya Level 2100 Comments10 Stories
March 9, 2018 3 Mins Read
14 Comments

އަލްޔަންއަށް ޒީކް އުޅެމުންދަނީ ރުއާން ކައިރީގައި ކަން އެނގުނީ ރައްޓެއްސެއްގެ ފަރާތުންނެވެ. އޭރު ޒީކް ހޯދުމަށް އަލްޔަން މަސައްކަތް ކުރަމުންދާތާ ހަފްތާއެއްހާ ދުވަސް ވަނީއެވެ. އެކަން އެނގުމާއެކު އަލްޔަން އަވަހަށް މިސައިބާއަށް އެހަބަރު ދިނެވެ. މިސައިބާ ބޭނުންވީ ވަގުތުން ޒީކް ކައިރިއަށް ދިޔުމަށް ކަމުގައި ވީ ނަމަވެސް އަލްޔަންގެ އެދުމުގެ މަތިން ދިޔުން ތަންކޮޅެއް ލަސްކޮށްލީއެވެ.

 

ޒީކްގެ ހިތްނުތަނަވަސް ވަމުންދިޔައެވެ. ރުއާން ކައިރީގައި އިޔާންގެ ވާހަކަ ދައްކަން އެތައް ފަހަރެއްގެ މަތިން މަސައްކަތް ކުރެވިއްޖެއެވެ. ނަމަވެސް ބުނަން ޖެހިލުންވަނީ ކީއްވެގެން ކަމެއް ޒީކްއަކަށް ނޭނގުނެވެ. ޒީކްގެ ކޮންމެ ކަމެއްވެސް ބުނެލާއިރަށް ކޮށްދޭއިރު ޒީކްގެ އެދުން ފުރިހަމަ ނުވެދާނެ ކަމުގެ ބިރު ހީވަނީ ކަމަށްވެސް ވެދާނެއެވެ. އަމިއްލައަށް ފިނޑި މީހެއްގެ ގޮތުގައި ބެލެވެން ފަށައިފިއެވެ. އަމިއްލަ ނަފްސަށް ވިސްނައިދޭން އެތައް މަސައްކަތެއް ކުރެވިއްޖެއެވެ. ނަމަވެސް ރުއާން ފެންނައިރަށް ދުލުގައި ތަޅެއް ލެވޭ ކަހަލައެވެ. ބުނަން އުޅޭ އެއްވެސް އެއްޗެއް ޒީކްއަކަށް ނުބުނެވެއެވެ.  އިޔާންއާއި އަލުން ގުޅެން އެހިތް ތެޅެމުންދަނީ ކިހާ ވަރަކަށްކަން ރުއާންއަށް އަންގައިދޭން އޭނާ ބޭނުންވެއެވެ. ނަމަވެސް ކޮންމެ ފަހަރަކުވެސް ފަސްޖެހެވެނީ ރުއާންގެ ފަރާތުން ލިބިދާނެ ޖަވާބެއްގެ ސަބަބުންނެވެ. އިޔާންއާއި ނުރުހިފައި ހުރި ވަރު ޒާކްއަށް އިހްސާސް ކުރެވޭތީއެވެ.

 

ހަވީރުގެ ވަގުތެވެ. ޒީކް ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހުއްޓެވެ. ރާއިނާ އެނދުމަތީގައި ބޭރަށް ދާން ލާނެ ހެދުމެއް ނޭގިގެން އިނެވެ. ނެގޭ ކޮންމެ ހެދުމެއްވެސް ކަމުނުދިޔުމުން އަލަމާރީގައި ހުރި ހުރިހާ ހެދުމެއް ކަހަލައިން ހުރީ އެނދުމައްޗަށް ނަގާ އަޅާލާފައެވެ.

“ޒީކް” ޒީކް ދެކޮޅަށް ހިނގާތަން ފެނުމުން ރާއިނާއަށް އުނދަގޫވެގެން ބުންޏެވެ. ނަމަވެސް ޒީކްއަކަށް ރާއިނާގެ އަޑެއް ނީވުނެވެ.

“އޭ އާދެބަލަ މިތަނުން ރީތި ހެދުމެއް ޗޫޒް ކޮށްދޭން” ރާއިނާ ހެދުންތައް ހާވަމުން ބުނެލިއެވެ.

“ޒީކް ކިހެނެއް ވެފަތަ” ޒީކްއަށް އަޑު ނީވުމުން ރާއިނާ ގޮސް ޒީކްގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ޒީކް ސިއްސައިގެން ގޮސްފައި އެނބުރި ބަލާލިއެވެ.

“ކިހިނެއް ވީ” ރާއިނާގެ މޫނަށް ބަލާލަމުން ޒީކް އަހާލިއެވެ.

“ހިނގާބަލަ ރީތި ހެދުމެއް ޗޫޒް ކޮށްދޭން” ރާއިނާ ޒީކްގެ އަތުގައި ހިފާ ދަމަމުން ބުނެލިއެވެ. ޒީކްވެސް އެއްވެސް ސުވާލެއް ނުކޮށް އެނދުމަތީގައި އިށީދެއްޖެއެވެ.

“މިހެދުން ކިހެނެއް” ފިޔާތޮށި ކުލައިގެ ކުރުތާއެއް ނަގަމުން ޒީކް ބުނެލިއެވެ.

“ސަޅިއޭ….އެކަމަކު ކީއްވެތަ މަށަށް ކުރިން ނުފެނުނީ” ރާއިނާއަށް ބުނެލެވުނެވެ.

“ހާދަ ރީތިވެގެން ކޮންތާކަށް ދާން ތިއުޅެނީ” ޒީކް ކުރުތާ ރާއިނާގެ އަތަށް ދެމުން ބުނެލިއެވެ.

“ރައްޓެހި ކުއްޖަކާއެކީ ބޭރަށް ދާން….ދާނަންތަ؟” ރާއިނާ އަހާލިއެވެ.

“ދާންވީ ކަންނޭގެ ދޯ! ވަރަށް ފޫހިވޭ ވިއްޔާ އެބަ؟” ޒީކް ބުނެލިއެވެ.

“އޭ އަހަރެން މިހެދުން ލަންތަ މިއަދު” މަންމަގެ ހެދުން ނަގާ ދައްކާލަމުން ޒީކް ބުނެލިއެވެ.

“ވާވް ވަރަށް ސަޅި… ޒީކްއާ ވަރަށް ގުޅޭނެ” ރާއިނާގެ ބުނެލިއެވެ.

“އެހެންވީމަ އަހަރެން މިހެދުން ލާނީ” ޒީކް ހެދުން ހިފައިގެން އިސްތިރިކުރާ މޭޒާ ދިމާއަށް ހިނގައިގަތެވެ.

“އަންނާނަން ފެންވަރައިގެން….ޒީ އިސްތިރިކޮށްލަ ދޭނަންދޯ؟” ކުރުތާ ޒީކްގެ އަތަށް ދެމުން ރާއިނާ ތުވާލި ހިފައިގެން ފާހާނާއާއި ދިމާއަށް ހިނގައިގަތެވެ.

“އޯކޭ އެކަމަކު އަވަސް ކުރާތި؟” ޒީކް އިސްތިރި ކުރަން ފަށަމުން ބުނެލިއެވެ.

ރާއިނާ ފެންވަރައިގެން ނިކުތްއިރު ޒީކް ހެދުން އިސްތިރިކޮށް ނިންމައިފިއެވެ. ބޮލުން ފެން ހިއްކަމުން ނިކުތް ރާއިނާ ލޯގަނޑު ކުރިމަތީ ހުއްޓިލިއެވެ.

ޒީކްއާއި ރާއިނާއަށް ތައްޔާރުވެގެން ބޭރަށްދާން ނިކުމެވުނުއިރު އިރުއޮށްސިއްޖެއެވެ. ރާއިނާ ފަރިތަކަމާއެކު ދުއްވަމުންދިޔަ ސުކޫޓަރ މަޑުކޮށްލީ ދަރުބާރުގޭ ފުރަގަހަށެވެ. ސުކޫޓަރ ޕާކް ކޮށްލަމުން ރާއިނާ ފައިބަން ވާއިރަށް ޒީކްވެސް ފައިބައިފިއެވެ.

“މިތަނަށް ކީއްކުރަން ތިއައީ” ޒީކް އަހާލިއެވެ.

“ކަމަކު ނުދޭތަ؟” ރާއިނާ އަހާލިއެވެ.

“އުހުނ….ރައްޓެހި ކުއްޖަކާއެކީ ތާކަށް ދާވަހަކަ ބުނީމަ” ޒީކް ބުނެލިއެވެ.

“ހިނގާ އެތާ އިށީންނަމާ” ތޮށިގަނޑުމައްޗަށް އިޝާރާތް ކޮށްލަމުން ރާއިނާ ބުނެލިއެވެ.

“ދެން ބުނެބަލަ” ޒީކް އިށީދެލިއެވެ.

“މިތަނުން މިގަޑީގަ ކޮންމެ ރެއަކު ވަރަށް ރީތި ކުއްޖަކު ފެނޭ” މަގުން ދުއްވާފައިދާ އެއްޗެހިތަކަށް ބަލަންހުރެ ބުނެލިއެވެ.

“އެހެންވެ ދޯ ކޮންމެ ރެއަކު މިގަޑީގަ ގެއްލެނީ” ޒީކް ހީލަމުން ބުނެލިއެވެ.

 

އަލްޔަން ފެންވަރައިގެން ނިކުމެ ތައްޔާރުވަމުންދިޔައެވެ. ކަޅުކުލައިގެ ޖިންސާއި ރަތްކުލައިގެ ޓީސާޓުގައި ފެންނަލެއް ވަރަށް ހިތްގައިމެވެ. ރީތި ގޮތަކަށް އިސްތަށިތައް ކޮޅަށް ޖަހާލަމުން ސެންޓް ފުޅި ނަގައިގެން ޖަޔަށް ޖަހަން ފެށިއެވެ. މިސައިބާ އައިސް ވަނީ އެވަގުތުއެވެ.

“އަދިވެސް ނުނިމޭތަ؟” މިސައިބާ އަހާލިއެވެ.

“ނޫން މިނިމުނީއޭ…ހިނގާ ދާން” އަލްޔަން އެހެން ބުނެލަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

 

ރާއިނާ މަގުގެ ދެކޮޅު ބަލަބަލާ ހުންނަތާ ބައިގަޑިއިރަށް ވުރެ ގިނަވަނީއެވެ. ނަމަވެސް އިންތިޒާރު ކުރަމުން ދިޔަ ޒުވާނާއެއް މިރެއަކު ނުފެނުނެވެ. ކޮންމެ ރެއަކު އެއްގަޑިއެއްގައި ފެންނަ އެޒުވާނާ ފެންނަ ގަޑިވެސް ފަހަނަ އަޅައި ގޮސްފިއެވެ. ރާއިނާ މާޔޫސް ކަމާއެކު މަގަށް ބަލަހައްޓައިގެން ހުއްޓެވެ.

“ހިނގާ ދާން..މިހާރު ލަސްވެގެން އުޅޭނެ ކަންނޭގެ” ޒީކް ތޮށިގަނޑު މަތިން ތެދުވަމުން ބުނެލިއެވެ.

“އޭ ހިނގާ ދާން” ރާއިނާ ޖަވާބު ނުދިނުމުން ބުނެލިއެވެ.

“ދެން މާދަމާރޭ އަންނާނީ…މިރޭ ބިޒީ ވެގެން ނާދެވުނީ ކަންނޭގެ..” ރާއިނާގެ ކޮނޑަމަތީގައި ޒީކްގެ އަތްބާއްވާލަމުން ބުނެލިއެވެ.

“ބަލާލަ ހުރިހާ އެންމެންވެސް ޒީކް ތިހެދުމުގަ ހުރީމަ ރީތިކަމުން ބަލަމުން އެދަނީ” ރާއިނާ ބުނެލިއެވެ. އަދި ދެކުދިން އެކުގައި ސުކޫޓަރާއި ދިމާއަށް ހިނގައިގަތެވެ.

 

އަލްޔަން ދުއްވަމުންދިޔަ ކާރު ރުއާންމެންގޭ ކުރި މައްޗަށް މަޑުކޮށްލިއެވެ. މިސައިބާ ކާރުން ފޭބުމުން އަލްޔަން ކާރު ޕާކް ކުރުމަށް ދުއްވާލިއެވެ.

“މަންމާ ބައްޕައަށް ނާދެވޭނެތަ؟” އަލްޔަން މިސައިބާ ކައިރިއަށް މަޑުކޮށްލަމުން ބުނެލިއެވެ.

“ނޫނޭ ބުނި އަންނާނަމޭ…އެކަމަކު ކުޑައިރުކޮޅެއް ވާނެކަންނޭގެ..” މިސައިބާ ބުނެލިއެވެ.

“ހިނގާ ވަންނަމާ” އަލްޔަން ބެލް ޖަހާލަމުން ބުނެލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި ރީނާ އައިސް ދޮރު ހުޚުވައިފިއެވެ. މިސައިބާމެން ބޭނުންވީ ޒީކް އެބައެއްގެ ބެލުމުގެ ދަށުގައި ހުރި މީހުންނާއި ވާހަކަ ދައްކާށެވެ. އެވަގުތަކީ ލަޔާންވެސް ގޭގައި އުޅޭ ވަގުތަކަށް ވުމުން އަލްޔަންއަށްވެސް އޭނާ އެދޭގޮތް ހާމަކުރުމަށް ފަސޭހަ ވެގެން ދިޔައެވެ. އެދެބައިމީހުންގެ މެދުގައި ވާހަކަތައް ބަދަލު ކުރެވެމުން ދިޔައިރު އެކިމީހުންގެ މޫނު ތަކުން ފެންނަމުންދިޔައީ އެކި ކުލަވަރުތަކެވެ. ތަފާތު އަސަރުތަކެވެ. އަލްޔަން ގޭތެރޭގެ އެކި ދިމަދިމާއަށް ބަލަމުން ދިޔައީ އެންމެ ފަހަރަކު ނަމަވެސް ޒީކް އެރީތި ރީތި މޫނު ފެނިލާތޯއެވެ.

 

ރުއާން އާއި ނީލާ އިށީދެލައިގެން ތިބީ ނީލާމެންގޭގެ ޓެރަސްމަތީގައި ހުރި އުނދޯލީގައެވެ. އުފާވެރި މާހައުލެއްގައި ދެމީހުން ވާހަކަ ދެއްކުމުގައި އެތައް ވަގުތެއް ހޭދަކުރަމުންދިޔައެވެ. ރުއާންގެ އަތުތެރޭގައި ނީލާގެ މަޑުމަޑު އަތްތިލަ އޮތްއިރު އަނެއް އަތްވަނީ ނީލާގެ ކޮނޑުމަތީގައި އަޅުވާލާފައެވެ. ޖެހިފިތިގެން ކަހަލަ ގޮތަކަށް ދެމީހުން ތިބިއިރު އެކަކުގެ ހޫނު އަނެކަކަށް އިހްސާސް ވަމުންދިޔައެވެ.

“ނީ… ދެން މިރޭ އަހަރެން ދަނީ..” އަނދިރިކަން ވެރިވެފައިވާ މާހައުލަށް ބަލާލަމުން ރުއާން ބުނެލިއެވެ.

“މާދަން އަންނާނަން މިގަޑީގަ” ރުއާން ނީލާގެ އަތުން ދޫކޮށްލަމުން ކޮޅަށް ތެދުވިއެވެ. އަދި ގުދުވެލަމުން ނީލާގެ މޫނުގައި އަތުގެ ނުފުށުން ފިރުމާލިއެވެ.

“ގުޅާނަން އިނގޭ މައި ސްވީޓީ” ރުއާން ސިޑިއާއި ދިމާއަށް ހިނގައިގަތެވެ.

Share Article

Follow Me Written By

riya

Level 2100 Comments10 Stories

Other Articles

Previous

އަނދިރިފަރާތް 25

Next

ތަޤްދީރު (10)

Next
March 10, 2018

ތަޤްދީރު (10)

Previews
March 9, 2018

އަނދިރިފަރާތް 25

14 Comments!

  1. riya says:
    March 9, 2018 at 10:13 pm

    dear readers, finally here is the new part, so enjoy this part… please do comment for this part tooo and tell me ur views about this story… Next will be the last part of this story, hope u guys will like this part too .,…. gud nit guys, luv u all

    1. Anonymous says:
      March 10, 2018 at 7:47 am

      Luv u more, dhen in part dhigu kohlahchey sissy, Good morning

  2. reysh says:
    March 9, 2018 at 10:16 pm

    Haadha kurey. …koba kurin luyun vaahaka “kaiaa” e vaahaka varah kiyaa hihvey…any ways love this story tooo?

    1. riya says:
      March 9, 2018 at 10:22 pm

      next part dhiguvaane, thank u reysh 🙂

  3. Hairaan says:
    March 9, 2018 at 10:18 pm

    Varah reethi. Haadhakurey

    1. riya says:
      March 9, 2018 at 10:23 pm

      next part dhiguvaane, thank u hairaan 🙂

  4. Friends says:
    March 9, 2018 at 10:58 pm

    Riya….kihineh thi hedhy dear v gina typinh mistake ebahuri mi part ga friends ah faahagavi.v dheravefa mihuri ekamaa.but stry v furihama.ekam haadhisha madhu mi part ga.ehen v stry kuruhen hiyyvany. Ummeedh kuran last part v salhi koh ninmaalane kama.
    Keep it up.waiting 4 last part.gud nyt.????

    1. riya says:
      March 9, 2018 at 11:07 pm

      Thank u 🙂
      mirey kiya nulai upkohly mi lasveema, riya ah fenun mistakes rangalhu kohlaifin

  5. Blue beauty says:
    March 9, 2018 at 11:54 pm

    hadha kurey story v nice…dhen next part avahah up kohdheeba..?????

  6. mallu says:
    March 10, 2018 at 7:30 am

    Mi kirin kiyaafa oiy vaahaka eh

  7. beauty says:
    March 10, 2018 at 7:49 am

    Luv u more, dhen in part dhigu kohlahchey sissy, Good morning and best wishes to you…

  8. riyaa says:
    March 10, 2018 at 5:43 pm

    varah reethi vaahaka eh

  9. ayra ? says:
    March 10, 2018 at 11:15 pm

    Kaia vaahakaige 11th episode nethee keevve?? 10 aa hama ah fenunee?? Kiyaalan beynun e vaahaka…

  10. Aki says:
    March 11, 2018 at 8:31 am

    alhey koba tha next part avahah up kohla dheebaa

Comments are closed.


All Right Reserved!