Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އަނދިރިފަރާތް 25

Liaa Level 810 Stories500 Comments100 Comments100 Stories1K Comments100 Login
March 9, 2018 6 Mins Read
28 Comments

އަހަންނަށް ބަލާކަށް ނުހުރެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އަހަރެން އޭނާގެ ހަށިގަނޑުގައި ބާރަކަށް ބައްދާލީމެވެ. އޭނާގެ ކޮނޑުގައި ބޯއަޅާލައިގެން އޮތްއިރު އަހަރެންގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ.

“ޝުބާ…”

ވައި އަޑެއްގެ ސިފައިގައި އަހަރެންގެ އަނގައިން އެ ނަން ބޭރުވެގެން ދިޔައެވެ.

“ލެޓް. ގޯ. އޮފް. މީ.”

އޭނާ ދަތްކުނޑި ވިކައިގެން ހުރެ ފަހަރަކު ބަހެއް ވަކިވަކިން ކިޔާލިއެވެ. އެއަޑު އިވުނު ނަމަވެސް އަހަންނަށް އެވަގުތު އޭނާގެ ހަށިގަނޑުން ދޫކޮށްލެވޭނީ ކިހިނެއް ހެއްޔެވެ؟ ދެ އަހަރަށްފަހު އެ ސޫރަ ހަމަލޮލަށް ފެނުމުން އަހަންނަށް ވާނެ ވަރު އޭނާއަށް ނުވިސްނެނީ ހެއްޔެވެ؟

ކުއްލިއަކަށް އޭނާ އަހަރެން ކޮއްޕާލުމަށްފަހު އަރައިގެން ހުރި އުސް ބޫޓުން އަހަރެންގެ ބަނޑުގައި ކަރާޓީ ޝޮޓެއް އަޅުވާލައިފިއެވެ. ނުވިސްނާ ހުރުމުގެ ސަބަބުން އަހަރެންގެ ހަށިގަނޑު ބެލެންސް ނުވެގެން ތަޅުންގަނޑު މައްޗަށް ވެއްޓިއްޖެއެވެ. ވާނުވާ ނޭނގި ތަޅުންގަނޑު މަތީގައި އިނދެ އަހަންނަށް އޭނާގެ މޫނަށް ބަލާލެވުނެވެ. އޭނާ އަހަރެން ކޮއްޕާލީ އެ ކީއްވެގެން ހެއްޔެވެ؟

“އައި ވާރންޑް ޔޫ.”

ދެއަތް އުރާލަމުން އޭނާ ބުނެލިއެވެ.

“ޝުބާ… ކީއްވެ؟ ކޮންތާކު މިއޮއް ހުރިހާ ދުވަހަކު އުޅުނީ؟”

އޭނާ ދެއްކި ވާހަކައަށް އެއްވެސް ސަމާލުކަމެއްނުދީ އަހަރެން ހިތުގައި އޮތް ސުވާލުކޮށްލީމެވެ.

“ފޯ ޔުއާ އިންފޮމޭޝަން. އަހަރެންމީ ތި ބުނާ ޝުބާއެއްނޫން. ޝުބާ ވަނީ މީގެ ދެ އަހަރުކުރިން ނިޔާވެފަ. އެކަން އަރޫންއަށް ވެސް އެނގޭނެ ކަންނޭނގެ.. އައި އޭމް ޑެލްޓާ. ނޮޓް ޝުބާ.”

ދެއަތް އުރާލަމުން އޭނާ ހަރުކަށި ގޮތަކަށް ވާހަކަދެއްކިއެވެ.

އަހަރެން ބަނޑުގައި އެއް އަތް އަޅައިގެން ހުރެ ކޮޅަށް ތެދުވީމެވެ. އެންމެ ހިނދުކޮޅަކަށްވެސް އަހަރެންގެ ނަޒަރު އޭނާގެ މޫނުން ވަކިނުވެއެވެ. އެއީ ހަމަ ޝުބާގެ ރީތި މޫނެވެ.

“ދޮގު! ތީ ހަމަ ޝުބާ. އަހަންނަށް ޝުބާގެ ސޫރަ އޮޅޭނެތަ؟”

އަދިވެސް ބަނޑުގައި ހިފަހައްޓައިގެން ހުރެ އަހަރެން ވާހަކަދެއްކީމެވެ. އޭނާ ކޮންމެ އެއްޗެއް ކިޔަސް އަހަންނެއް ޤަބޫލެއް ނުކުރާނަމެވެ. އެއީ ހަމަ ޝުބާއެވެ.

“ދުނިޔޭގަ އެއްވައްތަރު މީހުން އުޅެދާނެ ކަމަކަށް ގަބޫލެއް ނުކުރަންތަ؟ އަހަރެންނާ ދިމާއަށް ރަނގަޅަށް ބަލާލަބަލަ. ހަމަ އެއްވެސް ތަފާތެއް ފާހަގައެއް ނުވޭތަ؟”

އަހަރެންގެ ގާތަށް ފިޔަވަޅެއް އަޅާލަމުން އޭނާ ވާހަކަދެއްކިއެވެ. އަހަރެން އޭނާގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލީމެވެ. އެންމެފަހުން އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ އޭނާގެ ވާއަތު ލޯ ކައިރީގައި ހުރި ބޮޑު ކަޅުތިލައަށެވެ. ޝުބާގެ މޫނުގައި އެއްވެސް ކަޅުތިލައެއް ނީންނާނެއެވެ.

“އާރިފް ސާރ އަހަރެން ގާތު ބުންޏޭ އަރޫން މިގޮތަށް ރިއެކްޓް ކޮށްފާނެއޭ އަހަރެން ފެނުނީމަ. ސާރއަށް ވެސް އެނގޭނެ އަހަރެން ޝުބާއާ ވައްތަރުކަން. އެކަމަކު ވިސްނާލައިފިއްޔާ އެނގޭނެ އަހަރެންމީ ޝުބާ ނޫންކަން.”

އަހަރެން ވިސްނުމަކަށް ގެއްލިފައި ހުއްޓާ އަނެއްކާވެސް އޭނާ ވާހަކަދެއްކިއެވެ.

“ޝުބާ މަރުނުވާނަމަ ކީއްކުރަން އޭނާގެ މަރުގެ ޚަބަރު އާއިލާއަށާ އެޖެންސީގެ މީހުންނަށް ދޭންވީ؟ އެހެންނޫނަސް އަހަރެންމީ ޑެލްޓާއޭ. އަހަރެން އެޖެންސީގަ މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސްވެދާނެ. ތި ޝުބާއެއް އެޖެންސީއަށް ނުވަންނައިރުވެސް އަހަރެންގެ ނަން ހިސްޓްރީ ފޮތުގަ އޮވެޔޭ. ދެން ކިހިނެއް އަހަރެން ޝުބާއަށް ވާނީ؟ ތި ސިކުނޑިން ވިސްނާލަބަލަ..”

އަހަންނަށް ވިސްނައިދޭން އުޅޭފަދަ ގޮތަކަށް އޭނާ ވާހަކަދެއްކިއެވެ. ރަނގަޅަށް ވިސްނާލުމުން އަހަންނަށް ވެސް އޭނާ އެ ދެއްކީ ތެދު ވާހަކަތަކެއްކަން ޤަބޫލުކުރެވުނެވެ. ނަމަވެސް ޖަވާބު ނުލިބޭ އެއް ސުވާލު އެބައޮތެވެ. އަހަރެން އިސްއުފުލައި އޭނާއާ ދިމާއަށް ބަލާލީމެވެ.

“އެޖެންސީގެ ހިސްޓްރީ ފޮތުގަ އިންނަނީ ޑެލްޓާ އަކީ ‘ހީ’ އެކޭ.. ވައި؟”

އަހަރެން ހަމަޖެހެން މަސައްކަތް ކުރަމުން އަހާލީމެވެ. އެއާއެކު އޭނާ ޖަހާލީ ހިނިގަނޑެކެވެ.

“އެއީ މީހުންނަށް އޮޅުވާލަން ޖަހާފައިވާ އެއްޗެއް. ތި ސިކުނޑިއަކަށް ހަމަ އެވަރުވެސް ނުވިސްނުނު؟”

އެއްމިޔަކުން ހިނިތުންވެ ހުރެ އޭނާ ވާހަކަދެއްކިއެވެ. އޭނާ އެ ބުނީ ތެދެއް ކަމަށް ވެސް ވެދާނެއެވެ. އެއްވައްތަރު މީހުން ހަމަ ދުނިޔޭގައި އުޅެއެއް ނޫން ހެއްޔެވެ؟ އެހެންނޫނަސް ޝުބާ ދުނިޔޭގައި ހުއްޓާ އޭނާގެ ޢާއިލާ އަދި އެޖެންސީއަށް އޭނާ މަރުވި ޚަބަރު އަންގަންވީ އެއްވެސް ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ. ނަމަވެސް ސުވާލަކީ ޝުބާއާ ވައްތަރު މި އަންހެންކުއްޖާއާކު އަހަންނަށް މަސައްކަތްކުރެވިދާނެތޯއެވެ؟ އޭނާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ސިކުނޑީގައި ކުރެހެމުން ދާނީ ޝުބާގެ ހަނދާންތަކެއް ނޫން ހެއްޔެވެ؟

“އެނގެ އުނދަގޫވާނެކަން އަހަންނާއެކީ މަސައްކަތްކުރަން. ބަޓް ޔޫ ހޭވް ޓު އެޑްޖަސްޓް.”

އޭނާ ހީވަނީ އަހަރެންގެ ސިކުނޑީގައިވާ އެއްޗެއް އެނގިގެން ވާހަކަދެއްކިހެންނެވެ.

“ކަމް އޯން. ވީ ހޭވް އަ މިޝަން ޓު ޑިސްކަސް..”

އެހެން ބުނުމަށްފަހު އޭނާ ކޮޓަރިން ނިކުމެގެން ހިނގައްޖެއެވެ. އަހަރެންވެސް އެއްފަހަރު ތެޅިފައިވާ ‘ކުރެދި’ ސެންޓުފުޅިއާ ދިމާއަށް ބަލާލުމަށްފަހު މަޑު ފިޔަވަޅުތަކެއްގައި އޭނާގެ ފަހަތުން ދިޔައީމެވެ. އޭނާ ކޮންމެ ސިފައެއްގައި ހުއްޓަސް އަހަންނަށް ޖެހޭނީ އޭނާއާއެކީ މަސައްކަތްކުރަންތާއެވެ. މިހާ ދިގު ދަތުރެއްކޮށްފައި، އާރިފް ސާރ އަހަރެން މިތަނަށް ފޮނުވާނީ ވަރަށް އިތުބާރުކޮށްފައިކަން އަހަންނަށް އެނގެއެވެ.

އަހަރެން ނިކުތްއިރު ޑެލްޓާ އިނީ ލިވިންގްރޫމުގައި ހުރި ބޮޑު ބިއްލޫރި މޭޒު ދޮށުގައި އިށީންދެގެންނެވެ. އެ މޭޒުމަތީގައި އަތުރާފައިވާ ގަނޑުތަކާއި ލެޕްޓޮޕްތަކަށް ބަލަމުން އަހަރެން ގޮސް އޭނާއާ ދިމާ ކުރިމަތީގައި އިށީނީމެވެ. އެއާއެކު އޭނާ އެކިއެކި ޗާޓު ދައްކަމުން އަހަންނަށް މިރޭ ކަންތައް ކުރަންވީ ގޮތް އޮޅުންފިލުވައިދޭން ފެށިއެވެ. އެހުރިހާ އިރަކު އަހަރެން އެމޫނަށް ނުބެލައިވޭތޯ މަސައްކަތްކުރީމެވެ. އޭނާއާ ހަތަރުކަޅި ހަމަކުރުމަކީ އަހަންނަށް އެހާ ފަސޭހަކަމެއް ނޫނެވެ.

“ކޮބާ ވެޕަންތައް؟”

ހުރިހާ އެއްޗެއް ސާފުކޮށް ކިޔައިދީ ނިންމުމަށްފަހު އޭނާ އަހަރެން ގާތު އަހާލައިފިއެވެ. އަހަރެން ލައިގެން ހުރި ކޯޓު ހުޅުވައި، އެތެރޭގައި އަޅުވާލާފައިވާ ދެ ފިސްތޯލަ ދައްކާލީމެވެ. އަދި ގަމީހުގެ ގޮށުގައި ހަރުކޮށްފައިވާ ބަޓަން ކެމެރާ އާއި ޖީބުގައި ހަރުކޮށްފައިވާ ރެކޯޑާރ ޕެން އޭނާއަށް ދައްކާލީމެވެ.

“ގުޑް.”

އޭނާ އެހެން ބުނެފައި މޭޒުމަތީގައި އޮތް އޭނާގެ ޕާރސް ހުޅުވާލިއެވެ. އޭގެ އެތެރެއިން ލިޕްސްޓިކެއް ނެގުމަށްފަހު އޭނާ އަހަންނަށް އޭތި ދިއްކޮށްލީ ފަނޑު ހިނިތުންވުމަކާ އެކީގައެވެ. އަހަރެން ބުމަ އަރުވާލީމެވެ. އަހަރެން ލިޕްސްޓިކް ޖައްސަންވީ ހެއްޔެވެ؟ އޭނާ މޮޔަވީ ހެއްޔެވެ؟

“މީ ލިޕްސްޓިކެއް ނޫން. މީގެ ތެރޭގަ ހުންނާނީ ބުލެޓްސް.”

އޭނާ އެހެން ބުނުމާއެކު އަހަރެން އަވަސްއަވަހަށް އޭނާގެ އަތުން އޭތި އަތުލީމެވެ. ލިޕްސްޓިކްގެ މަތި ހުޅުވައި އެތެރެ ބަލާލިއިރު ފެންނަން ހުރީ ރަތް ކުލައިގެ ކުދި ބުލެޓު ތަކެކެވެ. ހިނިތުންވެލަމުން އަހަރެން އޭތިވެސް ކޯޓު ތެރޭގައި ހަރުކޮށްލީމެވެ.

“އެންޑް ވަން މޯ ތިންގް. އެތަނުގަ ހުންނަ ޑްރިންކްސް ނު-ބޯ-ތި. އޮރެންޖް ޖޫހަކަސް ކޯކަކަސް ވަރިހަމަ. ނުބޯތި!”

ޝަހާދަތް އިނގިލި ދިއްކޮށްލަމުން އޭނާ އިންޒާރުގެ ރާގަކަށް ވާހަކަދެއްކިއެވެ. އަހަރެން މަޑުމަޑުން ބޯ ޖަހާލީމެވެ.

“ދިއުމުގެ ކުރިން ކާއެއްޗެއް ލިބިދާނެ….ތަ؟”

މަޑުމަޑުން އަހަރެން އަހާލީމެވެ. އޭރު ބަނޑުހައިވެގެން ގޮސް ބަނޑުތެރޭގައި ހީވަނީ އަލިފާން ރޮއިވެދާނެހެންނެވެ. އޭނާވެސް ދެން މިތަނަށް އަހަރެން ގެނަސްފައި ކާއެއްޗެއް ދޭންވާނެއެއް ނޫން ހެއްޔެވެ؟

“ބަދިގޭގަ ހުންނާނެ ކާއެއްޗެހި..”

ބަދިގެއާ ދިމާއަށް އިޝާރާތްކޮށްލަމުން އޭނާ ބުނެލިއެވެ. އަހަރެން ވަގުތުން އެދިމާއަށް ހިނގައިގަތީމެވެ. މިޝަން ރަނގަޅަށް ކުރިއަށް ގެންދެވޭނީވެސް ކައިގެންތާއެވެ.

** **

ކުރީ ސީޓުގައި ކާރު ދުއްވަން ޑެލްޓާ އިންއިރު އަހަރެން އިނީ ފަހަތުގައެވެ. ކާރުގެ ބިއްލޫރިގަނޑުން ބޭރު ބަލަން އިންއިރު ފެންނަމުން ދިޔަ ހިތްގައިމު މަންޒަރުތަކަށް ގެއްލިފައި އަހަރެން އިނީމެވެ. ރޭގަނޑުގެ އެ ވަގުތު އެތަނުގެ އުސް ޢިމާރާތްތައް ދިއްލިފައިވާ ގޮތް ހާދަހާ ރީއްޗެވެ. ހީވަނީ ބަރިބަރިއަށް އަތުރާލާފައިވާ ބޮކިފަތިތަކެއް ފެންނަހެންނެވެ. ކަޅު އުޑުމަތީގައި ހަނދާއި ތަރިތައް ވިދާ ބަބުޅަމުން ދިޔައެވެ. ދުންފިނީގެ އަސަރުތައް މަދުން ނަމަވެސް އެ މަގުން ފެންނަމުން ދިޔައެވެ.

ކާރުގެ ދުވެލި ހުއްޓުމާއެކު އަހަރެން ކުރިމަތީގައިވާ ބާރ އާ ދިމާއަށް ބަލާލީމެވެ. އެތަނުގެ މަތީގައި ބޮޑު އަކުރުން ނިވިދިއްލޭ ގޮތަށް ޖަހާފައިވާ އަކުރުތައް އަހަރެން މަޑުމަޑުން ކިޔާލީމެވެ. ‘ގްރޭ ހައުސް’

ޑެލްޓާ ކާރުގެ ދޮރުފަތް ހުޅުވާލުމަށްފަހު ފޭބުމާއެކު އަހަރެންވެސް އަވަސް އަވަހަށް ފޭބީމެވެ. އަހަންނާ ދިމާއަށް އެއްބުމަ އަރުވާލުމަށްފަހު އޭނާ އަވަސް ފިޔަވަޅުތަކެއްގައި އެތަނުގެ ތެރެއަށް ވަދަގެން ހިނގައްޖެއެވެ. އޭނާ ދީފައިވާ އިރުޝާދާ އެއްގޮތަށް އަހަރެން ބޭރުގައި ކުޑައިރުކޮޅެއް ވަންދެން މަޑުކޮށްލީމެވެ.

ބޭރުގައިވާ ޕޭވްމެންޓް މަތީގައި، ކޯޓުގެ ދެ ޖީބަށް އަތް ޖަހާލައިގެން ހުރިއިރު ވެސް އަހަރެންގެ ވިސްނުމާއި ފިކުރު ގުޅިފައި ވަނީ ޝުބާގެ ހަނދާންތަކާއެވެ. ޑެލްޓާގެ ސޫރަ ފެނުނު ފަހުން އަހަރެންގެ ހާލަކީ މިއީއެވެ. އަހަރެން ދެއަތަކަށް ބޯ ތަޅުވާލީމެވެ. ސިކުނޑީގައި ތޮއްޖެހެމުންދިޔަ ޚިޔާލުތަކާ ދުރުވެވޭތޯއެވެ.

އިރުކޮޅެއްފަހުން އެތަނުގެ ކުރިމައްޗަށް މަޑުކޮށްލި ‘ލިމޯ’ ކާރު ފެނުމާއެކު އަހަންނަށް ދެލޯ ހަނިކޮށްލެވުނެވެ. އޭތީގެ ދޮރު ހުޅުވުމާއެކު އަހަރެން ސަމާލުވީމެވެ. އޭގެ ތެރެއިން ތުއި ގޮތަކަށް ހެމުން ފޭބި އަންހެންކުދިންތައް ފެނުމާއެކު އަހަރެންނަށް އިސްޖަހާލެވުނެވެ. އެމީހުން ހެދުން އަޅާފައި ތިބިގޮތުން މީހަކު ލަދުނުގަތިއްޔާ ދެރައެވެ.

ނަމަވެސް އަހަރެންނަށް އަނެއްކާވެސް އިސްއުފުލާލަން މަޖުބޫރުވީ އެ އަންހެންކުދިންތަކުގެ އަޑުތަކުގެ ތެރެއިން އިވިގެން ދިޔަ ފިރިހެން ހިނިގަނޑެއްގެ ސަބަބުންނެވެ. އޭރު އެ އަންހެންކުދިންތަކުގެ މެދުގައި، ތުނބަށް ސިނގިރޭޓެއް ޖާހާލައިގެން ބިޔަ ފިރިހެނަކު ހުއްޓެވެ. ލައިގެން ހުރި ހުދުކުލައިގެ ބްރޭންޑަޑް ކޯޓު ފަޓުލޫނާއި، އޭނާ އެ ފޭބި ‘ލިމޯ’ ގެ ސަބަބުން އޭނާގެ މުއްސަނދިކަން ރަނގަޅަށްވެސް ހާމަވެގެން ހިނގައްޖެއެވެ.

އެ އަންހެންކުދިންތަކާއެކު ހެމުން އޭނާ ބާރ ގެ ތެރެއަށް ވަދެގެން ދިއުމާއެކު އަހަރެންގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ.

“ގޮޓް ޔޫ.”

އަހަންނަށް މަޑުމަޑުން ބުނެލެވުނެވެ. އެމީހާއަކީ މިރޭ އަހަރެމެންގެ ޓާގެޓެވެ.

ކަންފަތަށް ޖަހާފައިވާ ހެޑްސެޓުގައި އަތް އަޅާލުމަށްފަހު އަހަރެން ޑެލްޓާއާ ވާހަކަދައްކަން ފެށީމެވެ.

“އޭނަ ދެންމެ ބާރ އަށް ވަދެފި..”

އެހެން ބުނެލުމަށްފަހު އަހަރެންވެސް މަޑު ހިނގުމެއްގައި އެތަނުގެ ތެރެއަށް ވަދެގެން ދިޔައީމެވެ.

ޖަހަމުން ދިޔަ އިނގިރޭސި ރޮކް ލަވައިގެ އަޑު ބާރުކަމުން އަހަރެންގެ ކަންފަތުގެ ތޫރި ފަޅައިގެން ނުދިޔައިއްއާ ރަނގަޅެވެ. ނިވި ދިއްލެމުން ދިޔަ އެކި ކުލަކުލައިގެ ބޮކިތަކުގެ ސަބަބުން މީހެއްގެ ލޮލަށް ތަދުނުވިއްޔާ ދެރައެވެ. އެތެރޭގައި މަސްހުނިވެގެން ނަށަމުން ދިޔަ އަންހެނުންތަކާއި ފިރިހެނުންތައް ފެނުމުން މިއީ އަންނަން ހެޔޮ ވާވަރުގެ ތަނެއް ނޫނޭ އަހަރެންގެ ހިތަށްއެރިއެވެ.

މަޑު ހިނގުމެއްގައި ގޮސް އަހަރެން އެތަނުގައި ހުރި ސްޓޫލްއެއްގައި ޖައްސާލީމެވެ. އޭރު އަހަރެންގެ ލޯ އެކިކޮޅުކޮޅަށް ހަރަކާތްކުރަމުން ދިޔައެވެ. ޑެލްޓާގެ ހިލަމެއްވޭތޯއެވެ. އޭނާ ކޮބައި ހެއްޔެވެ؟ މި ބައިބޯ މީހުންގަނޑުގެ ތެރެއިން އަހަންނަށް އޭނާ ފެނުނިއްޔާ ރަނގަޅެވެ.

“ސާރ؟ ބިއާރ؟”

މީހަކު އެހެން ބުނެލި އަޑަށް އަހަރެން އެދިމާއަށް އެނބުރެލީމެވެ. އޭރު ކަޅާއި ހުދުގެ ފޭރާމެއްގައި ހުރި ވެއިޓަރެއް އަހަރެންނާ ދާދި ގާތުގައި ހުއްޓިގެން އެބަ ހުއްޓެވެ. އަހަރެންނަށް ތުންފިއްތާލެވުނެވެ. ހުވަފެނުގަ ވެސް އަހަރެން ރަލެއް ނުބޯނަމެވެ.

“ނޯ ތެންކިއު.”

އަހަރެން އެހެން ބުނެލީ މަޑުމައިތިރިކަމާ އެކީގައެވެ. އަނެއްކާވެސް އަހަރެންގެ ލޯ މީހުންގަނޑުގެ ތެރެއަށް ފީނަން ފަށައިފިއެވެ.

“ވެއާރ އިޒް ޝީ؟”

ހަމަހިލާ އަހަންނަކަށް އެ ޑެލްޓާއެއް ނުފެނުނެވެ. އަނެއްކާ އޭނާއަށް ކަމެއްވީބާވައެވެ؟ ހެޑްސެޓުގެ ތެރެއަށް ވާހަކަދައްކަން އުޅެފައިވެސް މީހުން ގިނަކަމުގެ ސަބަބުން އަހަންނަށް އެކަން ކުރާކަށް ނުކެރުނެވެ. ފަޅާއަރައިފިއްޔާ މާ ދެރައެވެ.

އެއްލި ކަޅިއަކުން އަހަރެންގެ ލޮލުގައި އަޅައިގަތީ އެއްކަލަ މީހާއެވެ. މިރޭ އަހަރެމެންގެ ޓާގެޓެވެ. އޭނާގެ ނަމަކީ ބަޝަރުއެވެ. އެއީ މިތަނާ ހަވާލުވެގެން ހުންނަ މީހާއެވެ. ހަމަގައިމު ވެސް އޭނާއަށް މިސްޓާރ ޒެޑްއާ ބެހޭ މަޢުލޫމާތު ކޮންމެވެސް ވަރަކަށް އެނގޭނެއެވެ. އަހަރެމެންގެ މަސައްކަތަކީ އޭނާގެ އަނގައިން އެ އެއްޗެހި ގަދަކަމުން ވިޔަސް ނެރުވުމެވެ.

މީހުންގަނޑާ ތަންކޮޅެއް ދުރުގައި، ޝާހީގޮތަކަށް ހަދާފައިވާ ގެކޮޅެއް ކަހަލަ ތަނުގައި ބަހައްޓާފައިވާ ސޯފާގައި އޭނާ އިންއިރު އޭނާގެ ހަށިގަނޑުގައި ދެފަރާތުން ދެ އަންހެންކުދިން ތަތްވެގަނެގެން އިނެވެ. ލާރި ހުރިއްޔާ ގިނަ އަންހެންކުދިން ވެސް ވާނެތާއެވެ.

އަހަރެން ހިނގާފައި ގޮސް އޭނާ ހުރި ހިސާބާ ތަންކޮޅެއް ކައިރީގައި މަޑުކޮށްލީމެވެ. އޭރުވެސް އަހަރެންގެ ދެލޯ ހޯދަމުން ދިޔައީ ޑެލްޓާއެވެ.

ކުއްލިއަކަށް ޖަހަމުން ދިޔަ މިޔުޒިކު ބަދަލުވުމާއެކު މުޅި ތަނަށް ރަތް ކުލައިގެ އައްޔެއް ވެރިވިއެވެ. މިހާރު އެ ބޮލަށް އުނގަދޫވާ ރޮކް މިޔުޒިކުގެ ބަދަލުގައި އިވެމުން ދިޔައީ ވަރަށް ހިތްގައިމު، މަޑު ރާގެކެވެ. އަހަރެން ހައިރާންވެފައި އެކި ކޮޅުކޮޅު ހޯދަން ފެށީމެވެ. މިއީ ޑެލްޓާގެ ޕްލޭންއިން ބައެއްކަން އެނގޭތީއެވެ. ނަމަވެސް އެ ޑެލްޓާ ކޮބާ ހެއްޔެވެ؟

“ސާރ؟ ބިއާރ؟”

އަނެއްކާ؟ އަހަރެން ފަހަތަށް އެނބުރި ބަލައިލީމެވެ. އެއްކަލަ ވެއިޓަރެވެ. ބޭނުމެއްނޫނޭ އަހަރެން އޭނާ ގާތު އެއްފަހަރު ބުނެފީމެއް ނޫން ހެއްޔެވެ؟ އޭނާގެ ދެކަންފަތް ބީރީ ހެއްޔެވެ؟

“ނޯ… ތެންކިއު.”

އަހަރެންނަށް މި ފަހަރު އެހެން ބުނެވުނީ ތަންކޮޅެއް ރުންކުރު ރާގަކަށެވެ.

ކުއްލިއަކަށް މީހުންގަނޑު އަތްޖަހަން ފެށި އަޑަށް އަހަރެން ވެސް އެމީހުން ނަޒަރު ހުއްޓައިގެން ހުރި ދިމާއަށް ބަލާލީމެވެ. ފެނުނު މަންޒަރުގެ ސަބަބުން އަހަރެންނަށް ދެލޯ ބޮޑުކޮށްލެވުނެވެ. ނަށަމުން، ވައްތަރު ޖައްސަމުން ބަޝަރުއާ ދިމާއަށް އެ ދަނީ ޑެލްޓާ ނޫން ދެވަނަ މީހެއް ނޫނެވެ. ބަޝަރުގެ މޫނުމަތީގައިވާ ހިނިތުންވުމުން އެކަނިވެސް އޭނާ ޑެލްޓާއާ ގަޔާވާކަން އަހަންނަށް އެނގުނެވެ. އޭނާގެ ކައިރީގައި ތިބި އަންހެންކުދިންތައް ހަރަން ބަނދެލައިގެން ޑެލްޓާއާ ދިމާއަށް ބަލަން އިންއިރު އެކުދިންގެ ލޯތަކުން އަލިފާންކަނި ބުރާހެން ހީވެއެވެ.

ރަތްކުލައިގެ މާރމެއިޑް ޑްރެސް ލާފައި ވީއިރު ޑެލްޓާގެ ރީތި ބައްޓަން ހާމައަށް އޮތް ގޮތުން ކޮންމެ ފިރިހެނަކުވެސް އޭނާ ބޭނުންވާނެކަން ޔަޤީނެވެ. އެ ރަތް ތުންފަތުގައިވާ ލާނެތް ހިނިތުންވުމުގެ ސަބަބުން ކޮންމެ ފިރިހެނެއްގެ ހިތް ވެސް ތެޅިލާނެކަން ހަމަ ޔަޤީނެވެ. އެ ކަހަލަ ރީތި އަންހެންކުއްޖަކީ ސްޕައިއެއް ކަމަށް ޤަބޫލުކުރާނީ ވެސް ކާކު ހެއްޔެވެ؟ ޑެލްޓާއަށް ލިބިފައިވާ ކާމިޔާބީތަކުގެ އަސްލަކީ މިއީ ކަމަށްވެސް ވެދާނެއެވެ.

ޑެލްޓާ ގޮސް ބަޝަރުގެ އުނގުމަތީގައި އިށީނުމާއެކު ބަޝަރުގެ ދެއަތް އޭނާގެ އުނަގަނޑުގައި އަޅުވާލައިފިއެވެ. ސިއްރުސިއްރުން ބަޝަރު އޭނާގެ ކަންފަތް ދޮށުގައި އެއްޗެއް ބުނެލުމާއެކު އޭނާ ހިނިތުންވެލަމުން ބޯޖަހާލިތަން އަހަންނަށް ފެނުނެވެ. އިރުކޮޅެއްފަހުން ޑެލްޓާގެ އުނަގަނޑުގައި އަތް އަޅުވާލައިގެން ހުރެ ބަޝަރު އެތަނުގެ މަތީ ފްލޯރއަށް އެރެން ހުންނަ ސިޑިން އަރައިގެން ދިޔައެވެ. ޑެލްޓާ ކިޔައިދިން ގޮތުން ނަމަ އެއީ ކޮޓަރިތައް ފަރުމާކޮށްފައި ހުންނަ ފްލޯރއެވެ. މި އަންހެންކުއްޖާ އޭނާގެ މަސައްކަތް ކިތަންމެހާވެސް ރަނގަޅަށް ފުރިހަމަކޮށްފިއެވެ. ދެން އޮތީ އަހަރެންގެ މަސައްކަތެވެ.

~ނުނިމޭ~

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Liaa

Level 810 Stories500 Comments100 Comments100 Stories1K Comments100 Login

(I am a girl who loves writing dhivehi stories ??) (My stories:) (ASARU : a love story.) (NUHAGGU LOABI + E LOABI ASLU HAGGEY : Story about a bangladhesh person who falls in love with a maldivian girl.) (ANDHIRIFARAAI : story about a girl who is a secret agent.) (SAFARU: a jinni+human romance.) (vindhu lobin jehi hithehgaa : A sad love story) Short story: ALVADHAAU Short story: SORRY Short story: MasveriGirl U can contact me at [email protected] FB page : https://www.facebook.com/storiesbyliaaa/

Other Articles

Previous

ނޫރު (އަށާޅީސްވަނަ ބައި)

Next

ކުރިން އެނގުނުނަމަ (ބައްތިރީސްވަނަ ބައި)

Next
March 9, 2018

ކުރިން އެނގުނުނަމަ (ބައްތިރީސްވަނަ ބައި)

Previews
March 9, 2018

ނޫރު (އަށާޅީސްވަނަ ބައި)

28 Comments!

  1. Liaa says:
    March 9, 2018 at 9:33 pm

    Hey guys! Guess wat? I am sick!?
    Edit ves nukollaa mi up kuree. so mistakes ves huredhaane.. Hope u ll like this part anyway.?

    Next part maadhamaa noony eyge aneh dhuvahu up kureveytho balaanan!

    Loves! <3

  2. araash says:
    March 9, 2018 at 9:43 pm

    Salhi…Ekm thankolheh kuru..Shuba aslu vc maru v thr

    1. Liaa says:
      March 10, 2018 at 9:13 am

      Thank u araash 🙂

    2. lailaa says:
      March 10, 2018 at 5:40 pm

      aslu vx vv salhi

  3. Liaa ge emme bodu fan says:
    March 9, 2018 at 10:20 pm

    Just wow! Get well soon liaa dhoony. Next part ge inthixaar ga mi huree ??????????

    1. Liaa says:
      March 11, 2018 at 12:17 pm

      Thank u dear! :)?

  4. ނުލިއެ ކިޔާ says:
    March 9, 2018 at 10:21 pm

    I need liaa contect

    1. Liaa says:
      March 10, 2018 at 9:15 am

      Hi dear. U can contact me via my email
      [email protected]

      Liaa FB page eh ves hedhin. But e page delete vee keevve kameh liaa akah ves neynge. Maybe i dont know page eh hingan. hehe

    2. ނުލިއެ ކިޔާ says:
      March 10, 2018 at 4:51 pm

      Thank you

  5. Friends says:
    March 9, 2018 at 11:21 pm

    Kba friends buni gotha kahnu miviyy.ekam stry hama habeys.balikamaa ekuvess stry up koh dhiny ma thank u.ok vaane kudakoh ragalhu v ma stry up kuriyas. Ekam eii hama shuba . Eyna maruviy ey e buniy ethaga ulhen vegen. Keep it up.waiting 4 nw part.GET WELL SOON LIAA.gud nyt…..????

    1. Liaa says:
      March 10, 2018 at 9:15 am

      Thank u dear <3 🙂

  6. Fazeel says:
    March 10, 2018 at 12:46 am

    Get well soon Liaa

  7. Fazeel says:
    March 10, 2018 at 12:48 am

    Get well soon

    1. Liaa says:
      March 11, 2018 at 12:17 pm

      Thank u dear! :)?

  8. IShan says:
    March 10, 2018 at 12:49 am

    Story is amazing and beautiful

    1. Liaa says:
      March 10, 2018 at 9:16 am

      Thank u IShan 🙂

  9. Sarey says:
    March 10, 2018 at 1:06 am

    V rythi?❤…ekam aslu shuba maraa nulaathi..

    1. Liaa says:
      March 10, 2018 at 9:18 am

      Thank u Sarey 🙂 <3

  10. lam says:
    March 10, 2018 at 7:28 am

    vh vrh reethi?

    1. Liaa says:
      March 10, 2018 at 9:18 am

      Thank u lam 🙂

  11. ssannwa?❤? says:
    March 10, 2018 at 11:04 am

    Vaahaka varah ves reethi ekamu haadha kurey. Unmeedhu kuran dhen in part dhigukoh kiyaalan libeyne kamah. varah molhu?? gws❤❤

    1. Liaa says:
      March 11, 2018 at 12:18 pm

      Thank u ?

  12. lailaa says:
    March 10, 2018 at 5:38 pm

    very beautiful story

    1. Liaa says:
      March 11, 2018 at 12:18 pm

      Shukuriyyaa lailaa ?

  13. ehen meehe says:
    March 10, 2018 at 6:55 pm

    Shuba marenuvey Hen hiivanii… E inna kalhi thila akii fake e kaves vedhaane… Shuba ge hashigadu parents aai hama ya gendhiya kame neynge .. Thats why…. Sorry hama heevaa eche bunelii… Eii mi storry ga shuba is tha hero… I think iam…….

  14. araash says:
    March 11, 2018 at 11:47 am

    Nxt prt whn?mihaaru kiya hithun nuhurevey

    1. Liaa says:
      March 11, 2018 at 12:19 pm

      Next part is up now 🙂

  15. Heyley says:
    August 28, 2018 at 7:37 pm

    It’s nice so far

Comments are closed.

Next Episodeއަނދިރިފަރާތް 26←


All Right Reserved!