Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ނޫރު (އަށާޅީސްވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
March 9, 2018 10 Mins Read
30 Comments

އޭނައަށް ހީވެފައި އޮތްހެން ޝަބާގެ ފަރާތުން އެއްވެސް ކޮޅަކަށް ނުޖެހޭފަދަ ޖަވާބެއް  ނުލިބުނަސް ޝަބާ މި ޙާލަތުގައި އޭނައަށް އެހީވާނެކަން އޭނައަށް ޔަޤީންވީތީވެއެވެ. އަފާފަށް ނޭނގުނު ކަމަކީ ޝަބާ އޭނަ ކައިރިއަށް އައީ ވެސް ޝަރަފްގެ ފަރާތުން އެފަދަ ޚަބަރެއް ލިބިގެން ކަމެވެ. އަދި އޭނަ އައީ ހުރިހާ ކަމެއް ސާފުކޮށް އަފާފަށާއި ޝަރަފަށް ވެސް އެހީވުމުގެ ނިޔަތުގައި ކަމެވެ.

 

ޝަބާ ގޮސް އަފާފްގެ ކައިރީގައި އިށީންކަން އެނގުމުން އަފާފަށް ދައްކާލެވުނީ ފަނޑު ހިނިތުންވުމެކެވެ. މީގެ އިރުކޮޅެއް ކުރިން ކިތަންމެ ވާހަކަ ދައްކަން ބޭނުންނުވެފައި އިނެއްކަމަކު އެވަގުތު އޭނަ ވާހަކަ ދައްކަން ބޭނުންވިއެވެ.

 

“ވަޢަލައިކުމުއްސަލާމް. ހާދަ ދުވަހެއް ފަހުންނޭ ތިއައީ!” އަފާފް އެހެން ބުނެލަން ބޭނުންވީ ޖޯޝުން ފުރިގެންވި އަޑަކުން ކަމަށްވިޔަސް އޭނައަށް އެހެން ބުނެވުނީ ފަނޑު ހިނިތުންވުމަކާއި އެކީގައެވެ. ޝަބާއަށް އެކަން ފާހަގަވީ ހިނދު އޭނަގެ ހިނިތުންވުން ވެސް ފަނޑުވިއެވެ. ހުސެއިންގެ ފަރާތުން އިވުނު ވާހަކައެއް ކަމަށް ބުނެ ޝަރަފް އޭނައާއި ދެއްކި ވާހަކަ އޭނަ ހުރީ ޤަބޫލުކުރަން ވެސް ބޭނުމެއްނުވެފައެވެ. އެހެނަސް އަފާފްގެ މޫނުމަތިން އެވަގުތު ފެނުނު ކުލަވަރުން ކޮންމެވެސް ބޮޑު ގޯހެއް ހިނގައިފިކަން އޭނައަށް އެނގުންވިއެވެ. އެހެނަސް އޭނަ ކުއްލިއަކަށް އެ ވާހަކައަށް ނުދިޔުމަށްޓަކައި ދެންވެސް ދުރުދުރުން ވާހަކަ ދެއްކިއެވެ.

 

“އާނދޯ؟ ބިޒީކަމުން ނުވެސް އާދެވެނީއޭ…..ކޮބައިތަ ޝަރަފް؟ އޭނައަށް ގުޅިންތަ؟” ޝަބާ އާދައިގެ ގޮތަކަށް އަހާލީ އެއިން އަފާފަށް މާ ބޮޑު އަސަރެއް ނުކުރާނެ ކަމަށް ހީކޮށެވެ. އެހެނަސް ޝަރަފްގެ ނަން ކިޔުމާއެކުހެން އަފާފް ހުއްޓުން އަރައިގެން ދިޔަގޮތުން ޝަބާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އޭނަ ބަލަބަލާހުއްޓާ އަފާފްގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވެ އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އެ މަންޒަރު ފެނިފައި ޝަބާގެ ހިތަށްކުރި އަސަރާއެކީ އަފާފާއި ގާތްވެ އަފާފްގެ އަތުގައި ހިފާލަމުން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“އަފޫ ކިހިނެއްވެގެންތަ އުޅެނީ؟ އަހަންނަށް ކިޔާލަދީބަލަ. އަޑުއެހިން ހުސެއިނުބެ ވަރަށް ރުޅިއައިސްގެން އުޅޭ ވާހަކަ. ކިހިނެއްތަވީ؟” ޝަބާ އަހާލިއެވެ. އޭނަ ފަހު ބަސް ބުނެލި ވަގުތު އަފާފްގެ ލޮލުން ކަރުނައެއް ފައިބައިގެންއައެވެ. އެހިނދު އޭނަ ދެލޯ މަރާލަމުން އިސްޖަހާލީ އެއްޗެކޭ ބުނަން ބޭނުންނުވާ ފަދައަކުންނެވެ. އޭނަގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން އެނގުންވުމުން ޝަބާ އިތުރަށް ވާހަކަ ދެއްކިއެވެ.

 

“ހިތަށް އުނދަގޫވާ ކަމެއްވިއްޔާ ތިމާގެ ގާތްމީހަކާ އެ ވާހަކަ ހިއްސާކުރީމަ ފަސޭހަވެގެންދާނެއޭ އަފޫ. އަހަރެން މީ ޝަރަފްގެ ދައްތައެއްގެ ކުރިން އަފޫއަށް ހެޔޮއެދޭ އެކުވެރިއެއްގެ ގޮތުގައި ދެކިގެން ތި ވާހަކައެއް ކިޔާލަދީ. ބުނެބަލަ. ޝަރަފް އަފޫއަށް ދެރަގޮތެއް ހެދީތަ؟ އެހެންވެގެންތަ ހުސެއިނުބެ ރުޅިއައީ؟” ޝަބާ އަފާފްގެ ކޮނޑުގައި އެއްއަތް އަޅައިގެން ހުރެ އޯގާތެރިކަމާއެކީ ސުވާލުކުރީ އަފާފަށްޓަކައި ހިތުގެ ފުންމިނުން ހެޔޮ އެދޭ ޙާލުގައެވެ. އޭނަ އެހެން ބުނުމާއެކު އަފާފަށް ކަރުނުން ފުރިގެންވި ދެލޮލާއެކީ ޝަބާއާއިވީ ފަރާތަށް އެނބުރިލަމުން ރޮއިގަނެވުނެވެ. ޝަބާ އަފާފްގެ ގައިގައި ބައްދާލަމުން އޭނަގެ ބޮލުގައި ފިރުމާލީ އެއީ އޭނަގެ އަމިއްލަ ކޮއްކޮއެއް ފަދައިންނެވެ. އެ ހިނދު ޝަބާގެ ފަރާތުން އޭނައަށް އިތުބާރު ކުރެވޭ ފަދަ ޖަވާބެއް ލިބޭނެކަން ވެސް އަފާފަށް ޔަޤީންވިއެވެ. އެއާއެކު އޭނަ ހަމައަކަށް އެޅެމުން ޝަބާއާއި ދުރުވެލިއެވެ. އަދި ޝަބާގެ ވެސް އެހީގައި އޭނަ އަމިއްލައަށް ވެސް އޭނަގެ ކަރުނަތައް ފޮހެލިއެވެ. އެއަށްފަހު އެވަގުތުން ވަގުތަށް ޝަބާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. އޭނައާއި އައިޝާ ނަމަކަށް ކިޔާ ކުއްޖަކު ބައްދަލުކުރަން ފެށި ހިސާބުން އައިޝާ އޭނައަށް ޝަރަފްގެ ވާހަކަތައް ކިޔައިދޭން ފެށި ހިސާބަށެވެ.

 

“އަހަރެން ޤަބޫލެއް ނުކުރަން އޭނަ ފުރަތަމަ ދުވަހު ދެއްކި ވާހަކަތައް. އެކަމަކު މިއަދު އޭނަ ދް…..ދެއްކީ ހަމަ ވީޑިޔޯއެއް. މަންމަ އޭތި ބަލާފަ ބުނީ އޭގަ ހުރީ ހަމަ ޝަރަފްއޭ. އަހަރެން އެ ވާހަކަ ވެސް ޤަބޫލުކުރާކަށް ބޭނުމެއްނޫން. އެކަމަކު ޚުދު ޝަރަފް އަމިއްލައަށް ވެސް ބުނި ތިމަންނައަށް ހަނާ އެނގެއޭ. ތިމަންނަ އޮސްޓްރޭލިޔާގައި ކްލަބްތައް ހިންގީމޭ…..އަހަންނަކަށް ނޭނގޭ އިތުބާރު ކުރަންވީ ކާކަށްކަމެއް. ވަރަށް ދެރަވޭ ޝަރަފް އަހަންނަށް ދެރައެއްދޭން އުޅެފާނެހެން ހީވީމަވެސް.” އަފާފަށް އޭނަގެ ފަހު ޖުމްލަ ބުނެލެވުނީ އަނެއްކާވެސް ކަރުނަތަކުން ފުރެމުން ދިޔަ ދެލޮލާއި އެކީގައެވެ. ޝަބާއަށް އެ މަންޒަރު ބަލަހައްޓައިގެން އިނދެ އަފާފް ދެއްކި ވާހަކަތަކާމެދު ވިސްނުނެވެ. އަފާފް އެ ސިފަކުރާ ފަދަ ގުޅުމެއްގައި ޝަރަފް އުޅެދާނެހެން ޝަބާއަށް އެއްގޮތަކަށް ވެސް ހިއެއްނުވެއެވެ. އެއީ މިހާތަނަށް އައިއިރު އަފާފަށް ނޭނގިވެސް އޭނަ މެދުވެރިވެގެން އަފާފަށްޓަކައި އެތައް ކަމެއް ކޮށްދޭން ޝަރަފް އެދިފައިވި ގޮތުންނެވެ. އެ ހުރިހާ ދުވަސްތައް ހަނދާންވެފައި ޝަބާއަށް ނުހުރެވިގެން އޭނައަށް ވާހަކަ ދެކެވުނެވެ.

 

“އަފޫއަށް ހިއެއްނުވޭތަ ޝަރަފް އަފޫއަށް އެހާބޮޑު ދެރައެއް ދޭވަރަށްވުރެ ބޮޑަށް އޭނަ އަފޫ ދެކެ ލޯބިވާހެން؟ ސުބްޙާނަ ﷲ….އަފޫއަށް ފަހަރެއްގަ ނޭނގިދާނެ. އެކަމަކު އޭނަ ރަށުން ބޭރުގަ ހުންނަ ދުވަސްދުވަހު އަހަންނަށް ވެސް ހާދަ ގިނައިން ގުޅައޭ އޭނަ ހަމައެކަނި އަފޫގެ ޙާލު ބެލުމަށްޓަކައި. ބުނާނެ ތިމަންނަ ގުޅީމަ އަފޫ ބުންޏޭ ތިމަންނަ ރަނގަޅޭ. އެކަމަކު ތިމަންނައަށް ހީވަނީ ބަލިވެ ހެންނޭ އުޅެނީ. ގޮސް ބަލާލަ ދީބަލާށޭ. އެހެން ދުވަހެއްގަ ބުނާނެ އަފޫ ގޮވައިގެން ތަނަކަށް ގޮސްދީބަލާށޭ. އަފޫ ފޫހިވާނެއޭ. އެހެންނޫނީ ބުނާނެ އަފޫ ހުރީ މިއަދު މަންމަ ނޫނީ ބައްޕަ ބުނި އެއްޗެއްގެ ސަބަބުން ދެރަވެފައޭ. އޭނައާއި ބައްދަލުކޮށްފަ އޭނަ ހިތްހަމަޖައްސާލަދީބަލާށޭ. ހެހެ……އަހަންނަކަށް ނޭނގޭ އަފޫގެ ޚިޔާލެއް. އެކަމަކު އަހަންނަށް ހިއެއްނުވޭ މީހަކު އެހާވަރަށް އަޅާލާ މީހަކަށް އެހާ ބޮޑު ދެރައެއްދޭނެހެން.” ޝަބާ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ހުރެ ކިޔައިދިން ވާހަކައިގެ ކޮންމެ ބަހެއް ދުނިތީރުތަކެއް ފަދައިން ގޮސް އަފާފްގެ ހިތަށް ހެރުނެވެ. ޝަބާ އެ ވާހަކަތައް ކިޔައިދެމުން ދިޔަދިޔަހެން ޝަރަފް ނެތް ދުވަސްތަކުގައި ޝަބާ އޭނަ ގާތަށް އައިސް އެ ކިޔައިދިން ހުރިހާ ކަމެއް ކޮށްދިން ހަނދާން އާވުމުން އަފާފްގެ އަނގައިން އާހެއްގެ އަޑު ނިކުތެވެ. މިހާ ދުވަސްވަންދެން ޝަރަފް އޭނަ ދެކެ ލޯބިވާކަން އޭނައަށް އެނގުނެއްކަމަކު އޭނަދެކެ އެއްވެސް މީހަކު މިހާވަރަށް ލޯބިވެދާނެކަމަށް އޭނަ ހިއެއްނުކުރެއެވެ. ޝަރަފް އޭނަދެކެ ވާ ލޯތްބަކީ ދެއްކުންތެރި ލޯތްބެއް ނޫންކަން އެވަގުތު އޭނައަށް އެނގުންވިއެވެ. އޭނައަށް ނޭނގިވެސް އޭނައަށްޓަކައި ކަންތައް ކޮށްދީފައިވާނީ ޝަރަފް އޭނަދެކެ ކިހާ ފުން ލޯތްބެއް ވާތީވެކަން އެވަގުތު ތަޞައްވުރު ކުރެވުނެވެ. އެއާއެކު ޝަރަފްގެ ޚިޔާލުތަކުން އަފާފްގެ ހިތް ވިރިގެން ގޮސް އޭނަގެ އެ ހިތް އުފާވެރިކަމުން ފުރިގެން ދިޔަދިޔަހެން ދެރަވެސް ވިއެވެ. ދެރަވީ ޝަރަފް އޭނައަށްޓަކައި އެހާ ގިނަ ކަންތައް ކޮށްދީފައިވީއިރު ވެސް އޭނައަށް ޝަރަފަށް ޝައްކުކުރެވުނީތީވެއެވެ. ހަމަ އެ ހިނދު، މިއަދު ހެނދުނު ހަނާ އޭނައަށް ދައްކާފައިވާނީ އެއްވެސް ޙަޤީޤަތެއްނެތް، ހަދާފައިވާ ވީޑިޔޯއެއްކަމަށް އަފާފަށް ނިންމުނެވެ. އެ ވީޑިޔޯއާއި ބެހޭ ގޮތުން ޝަބާ ވެސް އެ ޒާތަށް ވާހަކަ ދައްކަން ފެށުމުން އަފާފަށް ޔަޤީން ކުރެވޭ ގޮތްވިއެވެ. އެހެނަސް ޝަބާ އޭނަ ގާތު ޝަރަފަށް މިރޭގެ ވަގުތެއްގައި މާލެއަށް އާދެވޭނެ ވާހަކަ ބުނުމުން ދެންވެސް ޝަރަފް އަންނާނެ އިރަކަށް އިންތިޒާރު ކުރެވުނީ، ޝަރަފް އައުމުން ޚުދު އޭނަގެ ދުލުން ޙަޤީޤަތް އަޑުއެހުމަށެވެ. އަދި މަންމައާއި ބައްޕައަށް ވެސް ޙަޤީޤަތް އިއްވުމަށެވެ.

 

 

**

 

ޝަރަފް ފުރަން އޮތް ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސީ އެރޭ 8 ޖަހަން ގާތްވެފައިވަނިކޮށެވެ. މުޅި ދަތުރުމަތީގައި ޝަރަފަށް ވިސްނެމުން ދިޔައީ ގޭގައި އެވަގުތު ހިނގަމުންދާނެ ކަންތައްތަކާއިމެދުގައެވެ. ބައްޕަ ކުޑަ ކަމެއްވެގެން އެފަދަ ވާހަކައެއް ނުބުނާނެކަން އޭނައަށް ޔަޤީނެވެ. އެކަމާމެދު ނުތަނަވަސްވަމުން ދިޔައިރު އަފާފް އޭނަގެ ފޯނު ނުނެގިގޮތުން ވެސް އޭނަ ކަންބޮޑުވަމުން ދިޔައެވެ. ބައްޕަގެ ޚިޔާލާއި އަފާފްގެ ޚިޔާލު އެއްގޮތް ވެދާނެ ކަމަށް އޭނަގެ ސިކުނޑި ބުނާ ކޮންމެ ފަހަރަކު އޭނަގެ ހިތުތެރޭގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ނަގައެވެ. އޭނަ ހުރީ ދަތުރު ނިމުމާއެކު ދޮންތައަށް ގުޅާށެވެ. އެއީ ދޮންތަ އަފާފާއި ބައްދަލުކުރިތޯ ބަލައި ހިނގީ ކޮންކަމެއްތޯ ދެނެގަންނާށެވެ. އެކަމަށްޓަކައި ކެތްމަދުވެފައިވި މިންވަރުން ޝަރަފް ފްލައިޓް ޖެއްސުމާއެކު އޭނަގެ ފޯނު ހުޅުވާލިއެވެ. އަދި އެންމެ ފުރަތަމަ ވެސް ދޮންތައަށް ގުޅާލިއެވެ. އެކޮޅުން ދޮންތަ ފޯނު ނެގީ އޭނަ ފްލައިޓްގެ ސިޑިން ފައިބަމުން ދަނިކޮށެވެ.

 

“ސަލާމް ދޮންތާ. ކީކޭތަ އަފޫ ބުނީ؟” ޝަރަފަށް އެންމެ ފަހު ހަރުފަތް ގިރާކޮށްލަމުން އަވަސްއަވަހަށް އަހާލެވުނެވެ.

 

“ވަޢަލައިކުމުއްސަލާމް. ކަލޯ ހާދަ ހާސްވެފައޭ. ޗިލްކޮށްލާ! އެއީ މާ ބޮޑުކަމެއްނޫން ހިނގީކީ. ޝަރަފް ގެއާއި ހަމައަށް ދާއިރު އަފާފް ހުންނާނީ ހިނިތުންވުމެއްގަ.” ޝަބާ ޔަޤީންކަމާއެކީ ބުނެލިއެވެ. ދޮންތަ އޭނަގެ ސުވާލަށް ޖަވާބު ނުދިނުމުން ޝަރަފް ހިސާބަކަށް ނުރުހުންވާ ގޮތްވިއެވެ.

 

“މަ ބުނީ ކިހިނެއްހޭވީ؟ ކިހިނެއްވެގެން ބައްޕަ އެކަހަލަ ވާހަކައެއް އަފާފްގާތު ބުނަން ޖެހުނީ؟” ޝަރަފް ދިގު ފިޔަވަޅުތަކެއްގައި ހިނގަމުން ވާހަކަ ދެއްކިއެވެ.

 

“ހަމަޖެހިބަލަ ކިޔައިދޭނަން! އެއީ ކޮންމެވެސް ހަނާ ކިޔާ އަންހެން ކުއްޖަކު އައިސް އޭނައާ ޝަރަފާ ގުޅުމެއް އޮންނަ ވާހަކަ އަފޫގާތު ބުނިއްޔޯ. އަދި އޭނަ ޝަރަފްއާ އޭނަ ހުންނަ ވީޑިޔޯއެއް ހަދާފަ ދެއްކިއްޔޯ. މަންމައަށް ވެސް އޭތި ފެނުނީމަޔޯ ގޭގެތެރެ ހަލަބޮލިވީ.” ޝަބާގެ ކިޔައިދިން ވާހަކައިން ޝަރަފްގެ ދެލޯ ބޮޑުވެގެން ދިޔަ ހިނދު އޭނަގެ ފިޔަވަޅުތައް ވެސް މަޑުވެގެން ދިޔައެވެ. ދޮންތަ އެ ސިފަކުރި ވީޑިޔޯއިން ފެންނާނެ ފަދަ މަންޒަރުތައް ޚުދު އޭނަގެ މާޒީއިން ހަނދާންވެގެން ދިޔަ ހިނދު އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ.

 

“ދް….ދެން؟” ޝަރަފަށް އެހެން އަހާލެވުނީ ވައި އަޑުންނެވެ.

 

“ދެން އަފޫވެސް ހުރީ އަސްލު ވަރަށް ދެރަވެފަ. އެ މަންޖެއަށް ނުވެސް ފެނޭވިއްޔާ އެ ވީޑިޔޯ ހުރިގޮތެއް. އަހަރެން ދިޔައިމަ އޭނަ ރޮއިރޮއިފަ ބުނީ ތިމަންނައަކަށް ވެސް ނޭނގެއޭ އިތުބާރު ކުރަންވީ ކާކަށްކަމެއް. ދެން އަހަރެން ކިޔައިދިނީ ޝަރަފް އޭނަދެކެ ލޯބިވާ މިންވަރު. އަހަރެން ލައްވާވެސް ޝަރަފް އޭނައަށްޓަކައި ކަންތައް ކުރުވާ ވާހަކަ ކިޔައިދިނީމަ އޭނައަށް ޔަޤީންވެއްޖެ އެ ވީޑިޔޯއަކީ އަސްލަކަށް ނުވާނެކަން.” ޝަބާ އެ ވާހަކަތައް ކިޔައިދިނީ ނުހަނު އުފާވެރި ޚަބަރުތަކެއްގެ ގޮތުގައި ވިޔަސް އެ ވާހަކަތަކުން ޝަރަފްގެ މޭ ނުބައި ކުރަމުން ދިޔައެވެ. ދޮންތަގެ ވާހަކަ ހުރިގޮތުން ދޮންތަ ނަޒަރިއްޔާތުން ވެސް އޭނަ އެފަދަ ކަމެއް ކޮށްފައިވާކަން ދޮންތައަށް ޤަބޫލު ނުކުރެވޭކަން ޝަރަފަށް އެނގުންވިއެވެ. އަފާފްގެ ހިތް ވެސް އޭނައަށް ސާފުވީ އެ ހީގެ މައްޗަށްކަން އެނގުންވުމުން ޝަރަފްގެ ހިތް ބިރުވެރިކަމާއިއެކީ ތެޅިލިއެވެ. އެ ހީއަކީ ކުށްހީއެއްކަން އެނގޭ ދުވަހަކުން ވެސް އަފާފްގެ ހިތް އޭނައަށް ސާފުވާނެތޯ އަމިއްލަ ހިތާއި ސުވާލުކޮށްލެވުނު ވަގުތު ޝަރަފަށް ދެލޯ މަރާލެވުނެވެ. އެ ހިނދު އަނެއްކާވެސް އޭނަގެ މާޒީގެ ހަނދާންތައް އާވާން ފެށުމުން އޭނައަށް އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. އެ މާޒީއަށް އަނބުރާ ގޮސް އެ މާޒީ ބަދަލުކޮށްލެވޭނެނަމައޭ އޭނަގެ ހިތަށްއެރިއެވެ. ޝަރަފް އެވަގުތު އޭނަގެ ދޮންތައަށް އަލްވަދާޢު ކިޔާފައި ފޯނު ކަނޑާލީ އެ ހިތާމައިގައި ހުރެއެވެ. ލަސް ހިނގުމެއްގައި ގޮސް ފެރީއަށް އެރީވެސް އެކަމާމެދު ދެރަވެފައި ހުރެއެވެ. އޭނައަށް ނުހަނު ކައިރި މުސްތަޤްބަލެއްގައި ލިބެން މިއުޅެނީ އޭނަ މާޒީގައި ކޮށްފައިވި ފާފައެއްގެ އަޒާބުތޯ ހިތް ސުވާލުކުރަން ފެށުމުން އޭނަގެ މޭގައި ރިހުމެއް އުފެދުނެވެ. އެ ރިހުން ތޫނުވެގެން ދިޔައީ މިއީ އޭނައަށް ލިބޭ ޢަޒާބެއް ކަމަށްވާނަމަ މިކަން އެއްގޮތަކަށް ވެސް އޭނައަށް ބަދަލު ނުކުރެވޭނެކަން އެނގުންވުމުންނެވެ. އޭނަ ކިތަންމެ ބޭނުމެއްނުވިޔަސް ﷲ އޭނައަށް އެ ދެރައެއް ދެއްވާނެކަމަށް އޭނަގެ ހިތް ބުނެލީ އެކަލާނގެ ރަޙްމަތުން އުއްމީދު ކަނޑާލަމުންނެވެ. އޭނައަށް ކިތަންމެ ހީވިޔަސް ކަހަލަ މީހަކަށް އެކަލާނގެ ފާފަ ފުއްސެވުމާއި ރަޙްމަތް ލިބޭނީ ކިހިނެއްތޯ ހިތަށްއެރިއެވެ. ހަމަ އެވަގުތު ފެރީގެ ތެރެއިން ކޮންމެވެސް މީހެއްގެ ފޯނުން ޤުރުއާން ޕްލޭ ކޮށްލެވުނު އަޑު އިވުނެވެ. ޝަރަފް ދެންވެސް ދެއަތް ޖޯޑުކޮށް އޭނަގެ ދެލޯ މަރައިގެން އިނެއްކަމަކު އޭނަ ޤުރުއާނުގެ އެ އަޑަށް ސަމާލުކަން ދިނެވެ. ކުރީ ކޮޅު އޭނައަށް އިވުނު އާޔަތްތައް އިވިފައި އެއީ ކޮން ސޫރަތެއްކަން ނަގައިގަންނަން ޝަރަފަށް ދަތިވިއެވެ. އެހެނަސް ވަކި ހިސާބަކުން އިވެން ފެށި އާޔަތްތަކުގެ މާނަ އޭނައަށް އެނގެން ފެށުމުން އެއީ ޒުމަރު ސޫރަތްކަން އޭނައަށް އެނގުނެވެ. އޭނަ ވަނީ އެ ސޫރަތުގެ ބައެއް އާޔަތްތަކުގެ މާނަ އަފާފާއިއެކީ އުނގެނިފައެވެ. އޭނައަށް އެނގޭ އާޔަތްތަކުގެ ތެރެއިން ފަހު އާޔަތާއި ހަމަވީތަނާހެން ޝަރަފަށް ދެލޯ ހުޅުވާލެވުނީ އެ އާޔަތް ވާހަކަ ދައްކަނީ ޚުދު އޭނައާއިހެން ހީވުމުންނެވެ. ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާނުލުމަށް ބުނަމުން ދިޔަ އެ އާޔަތް އަމާޒުވީ ޚުދު އޭނައާއިހެން ހީވުމުންނެވެ. އިސާހިތަކު ޝަރަފްގެ ލޮލަށް ކަރުނަތައް ޖަމާވީ ﷲ ގެ ރަޙްމަތްފުޅު އޭނަގެ ހިތަށް ތަޞައްވުރު ކުރެވުމުންނެވެ. އޭނަ އުއްމީދު ކަނޑާލި އެވަގުތުގައި އޭނައަށް އެ އާޔަތް އިވުމަކީ ވެސް އެކަލާނގެ ރަޙްމަތްކަން އޭނައަށް އެނގުންވިއެވެ.

 

އެ އިވުނު އާޔަތްތަކެއްގެ ސަބަބުން ޝަރަފް ފެރީއިން ފޭބީ ހަމަޖެހިފައިވާ ހިތަކާއެކީގައެވެ. އެހެނަސް ގެއަށް ގޮސް ވެދާނެ ގޮތަކާއިމެދު އޭނަ ދެންވެސް ނުތަނަވަސްވެފައިވިއެވެ. އޭނަ ގެއަށް ދިޔުމަށްޓަކައި ޓެކްސީއަށް އެރީ، އޭނައަށް ބަރުދާސްތު ނުކުރެވޭނެ ފަދަ އިމްތިޙާނެއް އޭނައަށް ނުޖެއްސެވުމަށް އެދި ދުޢާކުރަމުންނެވެ.

 

**

 

ގޭގެ ސިޓިންގް ރޫމުގެ ސޯފާގައި އިން އަފާފަށް ދޭތެރެދޭތެރެއިން އޭނަގެ އަތުގައި އޮތް ފޯނާއި ދިމާލަށް އޭނަގެ ލޯ ހިންގެމުން ދިޔައެވެ. އެގޮތަށް ލޯ ހިންގޭ ކޮންމެ ފަހަރަކު ކާ މޭޒު ކައިރީގައި ކާ އެއްޗެހި އަތުރަން ހުރި މަންމަ ކައިރިން ގަޑި އެހެމުން ދިޔައެވެ. އެންމެ ފަހު އަފާފް އެހިއިރު ގަޑިން ވީ 8:15 ކަމަށް މަންމަ ބުނުމުން އަފާފަށް އިނދެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. ޝަރަފް އަދިވެސް ގެއަށް ނާންނަނީ ކީއްވެތޯ ހިތަށްއެރީ، ޝަރަފްގެ ފްލައިޓް މިކޮޅުގައި ޖައްސާނެ ގަޑި އޭނައަށް ޝަބާގެ ފަރާތުން އެނގިފައިވާތީވެއެވެ. އަފާފް އޭނަގެ ދެފައި ތަޅުވަމުން ގޭގެ މައިދޮރާއި ދިމާލަށް ވާގޮތަށް ނަޒަރު ހުއްޓަމުން ދިޔަ މަންޒަރު އެތާ ކައިރީގައި ހުރި ސޯފާއެއްގައި ހުސެއިނަށް ފެނިފައި އޭނަ ވާހަކަ ދެއްކިއެވެ.

 

“ކިހިނެއްތަވީ؟ ކާކު އަންނަނީ މިއޮތްފަދަ ދުވަހުވެސް؟” ހުސެއިން އެވަގުތުވެސް ވާހަކަ ދެއްކީ އެދުވަހު މެންދުރުގެ ނުރުހުންތެރިކަމާއި އެކީގައެވެ. އެ ނުރުހުންތެރިކަން އިޙްޞާޞް ކުރެވުނު އަފާފް، ބައްޕަގެ އެ ސުވާލަށް ޖަވާބުދޭން ޖެހިލުންވިއެވެ. އޭނަ ޖަވާބު ދީފިނަމަ ބައްޕަ ރުޅިވެރިކަން އިތުރުވުން ނޫންކަމެއް ނުވާނެކަން ޔަޤީންވީތީވެއެވެ. އޭނަ ހިމޭނުން ހުރެވޭތޯ ބެލީ އެހެންވެއެވެ. އެހެނަސް….

 

“ބުނެބަލަ ކާކުތަ އަންނަނީ؟” މިފަހަރު ހުސެއިންގެ އަޑުގައި އިހުނަށްވުރެ ބޮޑު ނުރުހުންތެރިކަމެއްވީ އަންނަނީ ކާކުކަން އޭނައަށް އެނގޭ ފަދައަކުންނެވެ. ޝާދިޔާއަށް ވެސް އެދިމާލަށް ބަލާލެވުނީ އެކަހަލަ ހީއެއް ހީވުމުންނެވެ. އެއާއެކު އަފާފް ވެސް ނުރުހުންވާ ގޮތްވިއެވެ. އޭނަ އިތުރަށް ޝަރަފް އަންނަކަން ފޮރުވަން ބޭނުމެއް ނުވީ ފޮރުވަން ނުވެސް ޖެހޭކަން އެންގުމަށްޓަކައެވެ. ޝަރަފަކީ މި ޢާއިލާގެ ވެސް މެމްބަރެކެވެ. ވީއިރު އޭނައަށް މިފަދަ ރުޅިވެރިކަމެއް އަމާޒުކުރުމަކީ އޭނައަށް ވެވޭ ބޭއިންސާފެކެވެ.

 

އަފާފް ރުޅިވެރިކަމާއެކީ އެ ހުރިހާ ވާހަކައެއް ދައްކަން ބޭނުންވިއެއްކަމަކު އާދައިގެ މަތިން އޭނަގެ ކައިރީގައި ތިބީ އޭނަގެ މަންމައާއި ބައްޕަކަން ދަނެގެން އަފާފް އޭނަގެ އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ. އަދި މަޑުމައިތިރި އަޑަކުން ޖަވާބުދިނެވެ.

 

“ޝަރަފް….” އަފާފް މަޑު އަޑަކުން އެހެން ބުނެލުމާއެކު ހުސެއިން އޭނަގެ ފައިމައްޗަށް ތެދުވެ އޭނަގެ އަތުގައި އޮތް މަޖައްލާ ކުރިމަތީގައި ހުރި މޭޒުމައްޗަށް ޖަހާލިއެވެ. އެ އަޑަށް އަފާފް ސިއްސައިގެން ދިޔަތަނާހެން ހުސެއިން ހަރު އަޑުން ވާހަކަ ދައްކަން ފެށިއެވެ.

 

“އަފާފް އަދިވެސް އޭނަ މިގެއަށް އަންނަންތަ ދަޢުވަތު ތި ދެނީ؟ އޭނަ ކޮށްފަ ހުރި ކަންތައް އަދިވެސް ކުޑައީތަ؟!” ހުސެއިން ރުޅިން ރަތްވެފައިހުރެ ހަޅޭއްލެވިއެވެ. އޭނަ އެހެން ބުނިތަނާހެން ޝާދިޔާ ދުރުގައި ހުރެ ވާހަކަ ދެއްކިއެވެ.

 

“ދޮގެއްވެސް ނޫން! ލަދެއްވެސް ނުގަނެއޭ އަދި އޭނަ އަފާފަށް އޮޅުވާލައިގެން އުޅެން. ވީހާވެސް އަވަހަކަށް އެ ޖަނަވާރު އަފާފާއި ވަރިކުރުވާ ހުސެއިން. މަ ބުނި ދުވަސް މި އޮތީ އައިއްސަ!” ޝާދިޔާ ސިޓިންގް ރޫމަށް އަންނަމުން ބުނެލިއެވެ. އެއާއެކު އަފާފަށް ތެޅިގަންނަމުން ވާހަކަ ދެކެވެން އުޅުނެވެ. އެހެނަސް ބައްޕަ އޭނައަށް ފުރުޞަތެއް ނުދިނެވެ.

 

“ޝާދިޔާ ނުބުންޏަސް މަ މިހިރީ އެކަން ކުރުމަށްޓަކައި ބޭނުންވާ ހުރިހާ އެއްޗެއް ތައްޔާރު ކޮށްގެން. ހަމައެކަނި އޭނަ އައުމުގެ އިންތިޒާރު އޮތީ. އޭނަ އައުމާއެކު އަފާފާއި އޭނައާއި ދެމެދު އޮތްހާ ގުޅުމެއްގައި ސިއްކަ ޖެހުނީ.” ހުސެއިން އެހެން ބުނެލުމާއެކު އަފާފްގެ ހިތަށްވީ އުނދަގުލާއެކީ އޭނައަށް ބައްޕާއޭ ކިޔައި ކޮޅަށް ތެދުވެލެވުނީ ބޭއިޚްތިޔާރުގައެވެ. ހުސެއިނާއި ޝާދިޔާ އަފާފަށް ބަލާލި ވަގުތު އަފާފްގެ ދެލޯ ރަތްވެ އެލޮލަށް ކަރުނަތައް އެއްވެފައިވި ގޮތުން އޭނަ ހުރީ ރުޅިންކަމެއް ނޫނީ ހިތާމައެއްގައި ކަމެއް ޔަޤީންކުރާކަށް އެދެމީހުންނަކަށް ނޭނގުނެވެ. އެހެނަސް އަފާފްގެ ނުރުހުންތެރި އަޑު އިވިގެން ދިޔުމުން އެ ހިތުގައިވީ ރުޅިވެރިކަން ނޫން އެހެން އިޙްޞާޞެއް ނޫންކަން އެމީހުންނަށް ޔަޤީންވިއެވެ.

 

“އަހަންނާ އަހަރެންގެ ފިރިމީހާ ބައްޕަ ވަކިކުރާނީ އަހަރެން ކައިރިން އެހުމެއްވެސް ނެތިތަ؟ އެއީތަ ބައްޕަ އަހަރެންދެކެ ވާ ލޯތްބަކީ؟ ބައްޕަ ވިސްނައެއްނުލަންތަ އަހަރެން ޝަރަފްއާ ވަކިވީމަ ދެރަވާނެ މިންވަރު؟ ކަރުނަ އަޅާނެ މިންވަރު؟” އަފާފަށް މަޑުމައިތިރި އަޑަކުން އެހާ ހިސާބަށް ވާހަކަ ދެކެވުނު ތަނާހެން ހުސެއިން އަނެއްކާވެސް އަޑު ހަރުކުރިއެވެ.

 

“ކަރުނަ އެޅިޔަސް އަފާފަށް ހެޔޮ މީހުންނާއި ނުބައި މީހުންގެ ތަފާތު ބުނެދީ ނުބައި މީހުންގެ ކިބައިން ސަލާމަތް ކޮށްދިނުމަކީ ބައްޕަގެ ޒިންމާއެއް!” ހުސެއިން އެންގިއެވެ.

 

“ޝަރަފް ނުބައި މީހަކަށްވަނީ ކިހިނެއްތަ ބައްޕާ؟ ހަމައެކަނި ބީރައްޓެއްސަކު އައިއްސަ ދެއްކި ވީޑިޔޯއެއްގެ ސަބަބުން؟ އެކަހަލަ ވީޑިޔޯއެއް ހަދާލެވުމަކީ އުނދަގޫކަމެއް ނޫންކަން ބައްޕައަށް ވެސް އެނގޭނެ. ޝަރަފް މަޅިއެއްގައި ޖައްސަން އުޅޭ މީހެއްގެ ބަހަށް ހެއްލިގެން ބައްޕައަށް ގޯސް ފިޔަވަޅެއް އެޅިއްޖެނަމަ ބައްޕަ ހިތާމައެއް ނުކުރާނަންތަ؟ ޝަރަފް އަތުގަ އެހާ ލާރިއެއް އަދި ނެތަސް އޭނަ ކިތައް ގޮތުންތަ ބައްޕައަށް ވެސް އެހީވެފަވަނީ؟” އަފާފް ތުރުތުރު އަޅަމުން ދިޔަ އަޑަކުން އެއްފަހަރާ އެތައް ސުވާލެއް ކުރީ ބައްޕައަށް އެއްޗެއް ވިސްނޭތޯއެވެ. އެހެނަސް…..

 

“އޭނަ މަށަށް ކަމެއް ކޮށްދީފަވިއްޔާ ކަމެއް ކޮށްދީފަވަނީ މަގޭ ފަރާތުން ލިބޭ ފައިސާއަށްޓަކައި. އެހެންނޫނަސް އަފާފް ތިއުޅެނީ މަޢުޟޫއު ބަދަލުކުރަން. އަފާފަށް ކިހިނެއް އެނގެނީ އެއީ އަސްލު ވީޑިޔޯއެއްނޫންކަން؟ އަހަރުމެންނަށޭ އޭތި ފެނިފަ ހުރީ. އަނެއްކާ އޭނަ ބުނީތަ އެއީ ހަދާފަ ހުރި އެއްޗެކޭ؟” ހުސެއިން އެހިއެވެ.

 

“ން….ނޫން ބައްޕާ. ޝަރަފް އައިމަ އަހަންވެގެން އަހަރެން މިހިރީ. ޝަރަފް ނުބުންޏަސް އަހަންނަށް ޔަޤީން އެއީ އަސްލު އެއްޗަކަށް ނުވާނެކަން.” އަފާފް ބުންޏެވެ.

 

“އާނ! ދެން އޭނަ އައިއްސަ ބުނާނެ އެއީ ހަދާފަ ހުރި އެއްޗެކޭ. އަފާފަށް ނުފެންނާނެތާ އޭނަގެ ދޮގުވެރި މޫނެއްވެސް! އަހަރުމެން ކިޔައިދޭނަން އޭނަގެ މޫނަށް ވާ ގޮތްގޮތްވެސް. އެހާވަރުން ވެސް އަފާފް އިތުބާރުކުރާނީ އޭނައަށޭ. ބަނޑުއަޅައި ވިހޭ މައިމީހާގެ ވާހަކަ ވެސް ޤަބޫލު ނުކޮށް!!!” ޝާދިޔާ ރުޅިވެރިކަމާއެކީ އަފާފްގެ ކައިރިއަށް އައިސް ވާހަކަ ދެއްކި ގޮތުން އަފާފަށް ރޮވެން ކައިރިވިއެވެ. ޙަޔާތުގައި ދުވަހަކުވެސް އޭނަ ލޯބިވާ މީހަކު އޭނަގެ މަންމައާއި ބައްޕައާއި ދެކޮޅަށް ވެސް ދިފާޢުކުރަން ޖެހިދާނެކަމަށް އޭނަ ހިއެއްނުކުރެއެވެ. ފުރަތަމަ ފަހަރަށް މިފަދަ ޙާލަތެއް ކުރިމަތިވުމުން އަފާފްގެ ހިތަށް ކެތްކުރެވޭ ވަރެއްނުވިއެވެ. އޭނައަށް ދެލޯ މަރާލެވުނު ވަގުތު އޭނައަށް އެހީވެދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުން އެދެވުނެވެ. އެކަމަށްޓަކައި ޝަރަފް ވީހާވެސް އަވަހަކަށް އޭނައަށާއި އޭނަގެ މަންމައާއި ބައްޕައަށް ޙަޤީޤަތް ކިޔައިދޭނެ ގޮތް މެދުވެރިކުރެއްވުމަށް އެދި ދުޢާކުރެވުނެވެ. ހަމަ އެވަގުތު ގޭގެ ބެލް އަޅުވާލެވުނު އަޑުއިވުނެވެ. ސިޓިންގް ރޫމުގައި ތިބި ތިން މީހުންވެސް އެ ދޮރާއި ދިމާލަށް ބަލަން ތިއްބާ މަސައްކަތު މީހަކު އައިސް އެ ދޮރު ހުޅުވާލިއެވެ. އެއާއެކު އެ ދޮރު މަތިން ފެނިގެން ދިޔައީ އެއްކޮނޑުގައި ދަބަހެއް އަޅުވައިގެން ހުރި ޝަރަފް ނޫން ދެވަނަ މީހެއް ނޫނެވެ. އަފާފްހެން އޭނަގެ ވެސް ދެލޯ ރަތްވެ ފެންކަޅިވެފައިވި ގޮތުން އޭނައަށް ގޭގެ ތެރޭގައި ދެންމެ ހިނގި ޒުވާބުގެ އަޑު އިވުނީކަން ހުސެއިނާއި ޝާދިޔާއަށް ނަގައިގަނެވުނެވެ. އަފާފަށް އެތާނގައި ހުރީ ޝަރަފްކަން ޔަޤީންވީ ހުސެއިން ވާހަކަ ދެއްކުމުންނެވެ.

 

“މަރުޙަބާ މަރުޙަބާ! މިގެއަށް ޖެހިގެން އުޅޭ މުޞީބާތަށް ވަރަށް ބޮޑަށް މަރުޙަބާ! އާދޭ! އަވަހަށް އެތެރެއަށްވަދޭ!” ހުސެއިން ދެ މާނައެއް އެކުލެވޭ ފަދައަކުން ވާހަކަ ދައްކަމުން އޭނަގެ އަތުން ހަނާ އެޅިއެވެ. އޭނަ ވާހަކައިގެ ރާގު ހުރިގޮތުން އަފާފާއި އެއްވަރަށް ޝަރަފް ވެސް ނުރުހުންވިއެއްކަމަކު ޝަރަފަށް އަމިއްލަ ދިފާޢުގައި ހިތާހިތުން ވެސް އެއްޗެކޭ ނުބުނެވުނެވެ. ހުސެއިންގެ އެ ވިހަގަދަ ބަސްތަކުން އޭނަގެ ދަތުރުމަތިން އޭނައަށް ލިބުނު ހިތްވަރުގެ މަތިން އޭނަ ހަނދާން ނެތޭ ގޮތްވިއެވެ. ހަމަ ޙަޤީޤަތުގައި ވެސް އޭނައަކީ މުޞީބާތެއް ކަހަލަ މީހެކޭ ހިތަށްއެރީ ދެންމެ އަފާފް ދެއްކި ވާހަކަތައް އިވުމުންނެވެ. އަފާފް އޭނައަށް އެހާވަރަށް އިތުބާރު ކުރަނީ އޭނަ ކަންތައް ކޮށްދީފައިވީ ގޮތުންނޭ ހިތަށްއެރިއެވެ. އޭނަ މާޒީގައި ކުރި ކަންތައްތަކަށްފަހު ވެސް އޭނައަށް އުފާވެރި ޙަޔާތެއް އުޅެވިދާނެއޭ ހިތައި އޭނަ އަފާފްގެ ޙަޔާތަށްވަތް ކަމަށްޓަކައި ވެސް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އިރުކޮޅެއްގެ ތެރޭގައި އަފާފަށް ޙަޤީޤަތް އެނގުމުން އޭނަ ދެރަވާނެ މިންވަރު ތަޞައްވުރު ކުރެވުމުން އަމިއްލަ ނަފްސަށް ނަފްރަތު ކުރެވުނެވެ. މި ހުރިހާ ޚިޔާލުތަކެއްގައި ހުރެ ޝަރަފަށް ކުރިއަށް ފިޔަވަޅެއް އެޅޭ ގޮތެއްވެސް ނުވިއެވެ. އޭނަ ހުރިގޮތަށް ހުއްޓާ ދެން ވާހަކަ ދެއްކީ އަފާފެވެ.

 

“ޝަރަފް؟ ޝަރަފް ބުނެބަލަ އެއްޗެކޭ! ބުނެބަލަ މަންމައާއި ބައްޕައަށް ފެނިގެން އެއުޅެނީ އަސްލު އެއްޗެއް ނޫނޭ. ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދީ ޝަރަފް!” އަފާފް ރޮވިފައިވި އަޑަކުން އޭނަގާތު އެދުނު އެދުމުން ޝަރަފްގެ މޭގައި ރިހުމެއް އުފެދިގެން ދިޔައެވެ. އިސާހިތަކު އޭނައަށް އަފާފް ފެނުނީ ކަރުނުން ފުސްވެފައިވި ދެލޮލުންނެވެ. އޭނަ އެއްޗެކޭ ނުބުނެ އިރުކޮޅެއް ވަމުން އަފާފް ދެންވެސް ޝަރަފްއޭ ކިޔައި ކުރިއަށް ހިނގައިގަންނަން އުޅުމުން އެތާ ހުރި މޭޒުގެ ފައިގައި ފައި އަޅާފައި އަފާފް ވެއްޓެން އުޅުނެވެ. އެ ހިނދު ޝަރަފަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނު ވަގުތު ޝާދިޔާ އަފާފްގެ ގައިގައި ހިފެހެއްޓިއެވެ.

 

“ހޫނ! ނެތް ޙާލެއްގަ ވެސް އުޅޭތި ބޭކާރު މީހުން ކައިރިއަށްދާން. ދެންވެސް މަނިކުފާނު ވަޑައިގަންނަވަންވީއެއްނު؟ އިރުކޮޅަކަށް ވިޔަސް މީނަ މައިތިރިވޭތޯ ބަލަން!” ޝާދިޔާ ނުހަނު ބާރަށް އަފާފްގެ އަތުގައި ހިފަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ. އޭރު އަފާފަށް ރަނގަޅަށް ރޮވިގެން ދިޔުމުން ޝަރަފް ކެތްނުކުރެވިގެން ގޮސް އަފާފްގެ ކައިރިއަށް ދިޔައެވެ. އަދި އޭނަގެ މޫނުގައި ހިފަހައްޓާލަމުން އޭނަގެ ކަރުނަތައް ފޮހެލަދިނެވެ. އެއާއެކު އަފާފް އިސްއުފުލާލަމުން ވާހަކަ ދެއްކިއެވެ.

 

“ޝަރަފް ޕްލީޒް ބުނެލަދީބަލަ އެއީ ހުސް ދޮގެކޭ. ބައްޕަމެންނަށް ހީވަނީ އެއީ ތެދެއްހެން.” އަފާފް ތަކުރާރުކޮށް އެދުނެވެ. އެ ހިނދު އަފާފްގެ ހިތް އެދޭ ބަސްތައް އިއްވާލަން ޝަރަފް ބޭނުންވިއެވެ. އެހެނަސް ދޮގެއް ހަދައިގެން ލިބޭނެ ވަގުތީ އުފާއެއް ނޫނީ ނޯންނާނެކަން އެނގުންވިއެވެ. އަފާފަށް ޙަޤީޤަތް ފާޅުކޮށްގެން ނޫނީ އޭނައަށް ހިތްހަމަޖެހުމެއް ހޯދައެއް ނުދެވޭނެކަން ޔަޤީންވިއެވެ. އެހެންނޫނަސް އަފާފަކީ ﷲ އޭނައަށް ދެއްވި ނިޢުމަތެކެވެ. ﷲ އަށް އުރެދިގެން އޭނައަށް ނިޢުމަތެއް ދެމެހެއްޓޭނީ ކިހިނެއް ހެއްޔެވެ؟ ހިތަށްވެރިވި އެ ސުވާލާއެކީ ޝަރަފް ޙަޤީޤަތް ފާޅުކުރަން ނިންމިއެވެ. އެހެނަސް އެ ވާހަކައިގެ ޒާތުން އޭނަ އެހާ ހާމަކަން ބޮޑު ގޮތެއްގައި އެ ޢަމަލާއި އިޢުތިރާފުވާން ލަދުގަންނަ ގޮތްވިއެވެ. އޭނައަށް އޭގެ ކުރިން ވާހަކަ ދެކެވުނީ އެހެންވެއެވެ.

 

“އަފޫ ހިނގާބަލަ ދޯ އެތެރެއަށްދާން ފުރަތަމަ؟ އަހަރެން މިހިރީ ވަރަށް ވަރުބަލި….” ޝަރަފް ހިނިތުންވުމަކާއެކީ ދައްކަން މަސައްކަތް ކުރި ވާހަކަ ހުސެއިން މެދުކަނޑާލިއެވެ.

 

“އެތެރެއަށްދާނެކަމެއްނެތް! މިރެއަކީ ކަލެއަށް އަފާފް ފެންނާނެ ފަހު ރޭ ނޫންކަމެއް ވެސް އެނގެނީއެއްނޫން! ބުނާ އެއްޗެއް އަހަރުމެން ކުރިމަތީގަ ސާފުކޮށް ބުނޭ. ކޮންމެހެން އަފާފަށް އޮޅުވާލަން އުޅޭނެ ކަމެއްނެތް!” ހުސެއިން އެންގިއެވެ. ހުސެއިންގެ އެ ބަސްތައް އިވުނު ހިނދު ޝަރަފްގެ ގައިން ހީބިހި ނެގިއެވެ. މޭގައިވި ރިހުން ތޫނުވެގެން ދިޔަ ހިނދު އޭނަގެ ލޮލުގައިވި ރަތްކަން ގަދަވިއެވެ. އަފާފްގެ ސޫރައަށް ބަލާލި ހިނދު މިއީ ހަމަ ޙަޤީޤަތުގައި ވެސް އޭނައަށް އެ ސޫރަ ފެންނާނެ ފަހު ދުވަސްތޯ ހިތަށްއެރިއެވެ. އެ ޚިޔާލު ހިތަށްވެރިވުމުން އޭނައަށް އަފާފްގެ ކޮނޑުގައި ހިފަހައްޓާލެވުނެވެ. އެއަށްފަހު މި ބުނެވެނީ އޭނައަށް އަފާފަށް ބުނެވޭނެ އެންމެ ފަހު ބަސްތައް ކަމުގައި ނިންމައި ވާހަކަ ދެއްކިއެވެ.

 

“އެއީ އަސްލު އެއްޗެއް، އަފާފް.” ނެތް ހިތްވަރެއް ހޯދައިގެން ޝަރަފް ސާބިތު އަޑަކުން ބުނެލިއެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ތަޤްދީރު (9)

Next

އަނދިރިފަރާތް 25

Next
March 9, 2018

އަނދިރިފަރާތް 25

Previews
March 9, 2018

ތަޤްދީރު (9)

30 Comments!

  1. Jana says:
    March 9, 2018 at 9:16 pm

    Assalaam’alaikum 🙂 dhen oiy bai hoama dhuvahu In Sha Allah. jana miadhaffahu vaahaka genesdheyny komme bayakah fahu dhedhuvas fahun. ey aammugothegga up kuraane goiy. ekamaku busy vejjeyya hama dhigukoh rangalhah up kureveyne muhdhathakah balaafa up kuraany In Sha Allah. mihen othas evves baeh eh hafthaa akah vure las nukureveytho balaanan In Sha Allah.

    mi bayaai eky anna fb post thah gina vaane In Sha Allah. post thah follow kurumaky jana ge varah bodu edhumeh. Jazaakumullah Khairan 🙂

    https://www.facebook.com/Asr-1445208739121696/

  2. Unknown says:
    March 9, 2018 at 9:40 pm

    Abadhu vs ekahala goi thakeh mi vany.

    1. Jana says:
      March 11, 2018 at 2:40 pm

      hehe….ey mihurihaa dhuvahu kurukuru baithah genesdhevunyma heevaa gotheh hen jana ah heevany 😀 aslu vaahaka nimen kairivamun mihaaru midhany. ehenveema kanthah varah avasavahah vamun dhaane. dhen oiy bai kiyaaleema ekan fennaane In Sha Allah 🙂

  3. Naz naz says:
    March 9, 2018 at 9:41 pm

    Janaa… mi part v reethi. Maashaa Allah.

    1. Jana says:
      March 11, 2018 at 2:41 pm

      Alhamdhulillah! (All praise and thanks belong to Allah) 😀

  4. Kamana says:
    March 9, 2018 at 9:52 pm

    Maashaa Allah. Vv furihama mi baives. Week aku two episode up kuriyas dhigukoh up kuranyaa rangalhuvaane janaa… aslu vaahaka liyumakee ehaa faseyha kameh noon dho. Kiyun therin vaahaka kiyaalaa iru emme minetehves nunaga. Ekamu mihaa dhigukoh parteh up kureveynee dhedhuvahun busy koh ulhey kudhinnah. Jazaakallah khairan

    1. Jana says:
      March 11, 2018 at 2:42 pm

      Alhamdhulillah! 😀 varah bodah shukuriyya thihaa varah understand vaathy kudakamana. Baarakallah Feeki! <3 🙂

  5. Berry says:
    March 9, 2018 at 10:00 pm

    Varah reethi. Maa sha allah. ??Ekam varah dhera ves vi kiyaafa. Sharaf ah ehn nuhadhaa?. Dont let his past ruin his future??

    1. Jana says:
      March 11, 2018 at 2:43 pm

      hehe….jana ves varah dheravi mi bai liyunu iru. adhi varah dhera ebavey dhen vaan huri kanthahthakaa medhu. dhen balamaa vaagotheh dho In Sha Allah 😀

  6. Lulua says:
    March 9, 2018 at 10:03 pm

    Masha allah.. Vaahaka varah reethi. Ummeedhu kohgen hury sharaf eii dhogekey bunaane vaguthakah. Becox museebaiyy ithuru vaafadha kankamuga dhoguhedhun huhdha ehnu.. ehn vyma maslahathahtakaa vs dhoguhedheyne noontha? Khaassa koh emyhunge marriage salaamaiyy kuran.

    1. Xish says:
      March 9, 2018 at 10:49 pm

      Hedhey dhogu foruvan ethah baivaru dhoguves hadhan jehidhaane dho.. Dhoguge sababu ithurah dhiriulhun goasves vedhaane..thedhuge sababu afoo nd aailaameehunge hithugai sharafge dharaja ufuligenves hingaidhaane..

    2. Jana says:
      March 11, 2018 at 2:47 pm

      Alhamdhulillah! thikamaa medhu jana ahves ehaa rangalhakah neyngey Lulua. ekamaku engey kamaky veehaaves varakun thedhubunan kan angavaafavany 🙂 ey amilla nafsaai dhekolhah viyas. ehen noonas kaivenyegga viyyaa vakin khaassakoh adhi thedhu bunan jeheyne kanneynge dho? ey e gulhumaky mulhinhen ithubaaruge mahchah dhemi onnaane gulhumeh. ithubaareh nethiyya e gulhun dhemehettumaky v undhagoo kamakah dho vaany? 🙂 And Allah Knows Best!

  7. Xish says:
    March 9, 2018 at 10:42 pm

    Ma sha allah..varah reethi..????sharaf nd afoo vaki nukurachey jana

    1. Jana says:
      March 11, 2018 at 2:48 pm

      Alhamdhulillah! balamaa dho vaagotheh xish In Sha Allah 😀

  8. Xxxx says:
    March 10, 2018 at 12:00 am

    Maasha Allah..v.furihama…waiting

    1. Jana says:
      March 11, 2018 at 2:49 pm

      Alhamdhulillah! next part hoama dhuvahu In Sha Allah 🙂

  9. xeybooo says:
    March 10, 2018 at 9:35 am

    no janaaa………………..;(

    1. Jana says:
      March 11, 2018 at 2:49 pm

      haadha dramatic ey xeyboo. i can almost hear you 😛

  10. Nafoo says:
    March 10, 2018 at 10:33 am

    Masha alhah
    Varah furihama jana
    But afaaf aa sharaf dhurunukurahchey

    1. Jana says:
      March 11, 2018 at 2:50 pm

      Alhamdhulillah! 😀 balamaa vaagotheh In Sha Allah 🙂

  11. Anonymous says:
    March 10, 2018 at 11:14 am

    I love this story

    1. Jana says:
      March 11, 2018 at 2:51 pm

      Alhamdhulillah! 😀

  12. Pinky shifoo says:
    March 10, 2018 at 2:20 pm

    Maasha Allah v v v reethi ❤️❤️❤️… Alhey afoo haadha dhervaaney ???… Plxx jana afoo n Sharaf dhurunukurey… Curiously waiting for the next part ???

    1. Jana says:
      March 11, 2018 at 2:52 pm

      dho shifoo? aslu sharaf ah kurin bunevifa oiy nama ehaa dhera nuvees. dhen balamaa vaagotheh In Sha Allah. next part maadhamaa rey. Alhamdhulillah! <3 🙂

  13. Jana says:
    March 11, 2018 at 2:36 pm

    FB ot (Englih)

    “Do not despair the mercy of Allah…”

    No matter what you are going through, no matter how difficult your circumstances are, no matter how hard your trial is, never assume that Allah has forgotten about you. Never think that He swt is punishing you for a crime you did even after you repented. Never conclude that people’s opinion of you, is how Allah Sees you. Never! Because He is the One Who Knows. He knew your circumstance when you fell into sin. How weak you had felt before you gave in. How you had assumed that you are bad anyway before you decided to go down that road. How you had lost hope in His mercy. And this is the very reason He tells you directly with these words.

    لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ

    “….do not despair of the mercy of Allah….” Surah Az-Zumar, ayah 53

    The word تَقْنَطُوا means to lose hope. To be negative. To always see the wrong side of things. Allah, by His mercy, COMMANDS us not to have such an attitude. We are literally not allowed to have such an attitude. Especially when it comes to His mercy. We must never think that we don’t deserve His mercy while the fact of the matter is, His mercy encompasses everything, whether we like it or not. It is as though Allah refuses to leave us in hopelessness through this ayah. He refuses to leave us in darkness. Instead, all He wants us to do is turn back to His mercy.

    May Allah make us of those who turn back to Him over and over again. Ameen!

  14. Jana says:
    March 11, 2018 at 2:37 pm

    FB Post (English)

    If you have said a lie, reverse it with the truth.

    If you have betrayed, reverse it with loyalty.

    If you have wronged, reverse it with apology and excellence towards the person.

    All of this is easier said than done. But its only so because we know for sure, that if we stood firm in justice, we would lose something. We might lose wealth. We might lose respect. We might lose love. But the thing is, all of these things that we MIGHT lose, are actually blessings of Allah Himself. How are we trying to keep the blessings that Allah Himself gave us, by disobeying Him? Subhaanallah!

    So stick to the truth, even if its against your ownself. Perhaps Allah will increase you in so much more, because of those words that you feared to say.

    May Allah make us of those who say the truth and uphold justice. Ameen!

    #Selfreminder

  15. Jana says:
    March 11, 2018 at 2:37 pm

    FB Post (Dhivehi)

    “ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާނުލާށެވެ….”

    ތިބާ ކޮންމެފަދަ މުޞީބާތެއް ކަނޑައްތުކުރަމުން ދިޔަޔަސް، ތިބާގެ ޙާލަތް ކިތަންމެ ދަތިވިޔަސް، ތިބާއަށް ކުރިމަތިވެފައިވި އިމްތިޙާން ކިތަންމެ އުނދަގޫވިޔަސް، ﷲ ތިބާގެ މަތިން ހަނދުމަފުޅު ނައްތަވައިފިކަމަށް ހީނުކުރާށެވެ. ތިބާ ކުރި ފާފައަކުން ތައުބާވުމަށްފަހު ވެސް އެކަލާނގެ އެ ފާފައަށްޓަކައި ތިބާއަށް ޢަޒާބު ދެއްވަނީ ކަމަށް ހީނުކުރާށެވެ. މީހުން ތިބާއާމެދު ދެކޭގޮތަކީ ﷲ ވެސް ތިބާއާއި މެދު ދެކެވޮޑިގެންވާ ގޮތްކަމަށް ހީނުކުރާށެވެ. ދުވަހަކުވެސް އެހެން ހީނުކުރާށެވެ! އެހެނީ އެކަލާނގެއީ އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ތިބާއަށް ފާފައެއް ކުރެވުނު އިރު ތިބާގެ ޙާލަތް ހުރިގޮތް އެކަލާނގެ ދެނެވޮޑިގެންވިއެވެ. އެ ފާފައެއްގެ ތެރެއަށް ޣަރަޤުވުމުގެ ކުރިން ތިބާއަށް އިޙްޞާޞް ކުރެވުނު ބަލިކަށިކަން އެކަލާނގެ ދެނެވޮޑިގެންވިއެވެ. އެ ފާފަކުރުމުގެ ކުރިން ތިބާއަކީ އެހެން ނޫނަސް ނުބައި މީހެއްކަމަށް ނިންމި ނިންމުން އެކަލާނގެ ދެނެވޮޑިގެންވިއެވެ. އެކަލާނގެ ރަޙްމަތުން ތިބާ އުއްމީދު ކަނޑާލި ގޮތް އެކަލާނގެ ދެނެވޮޑިގެންވިއެވެ. ޚުދު ތިބާއާއި އަމާޒުކޮށް ﷲ ސުބްޙާނަހޫ ވަތާޢާލާ މި ބަސްތައް ވަޙީކުރައްވާފައިވަނީ އެ ސަބަބަށްޓަކައެވެ.

    لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ

    “……ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާނުލާށެވެ….” ސޫރަތް އައްޒުމަރު، 53

    تَقْنَطُوا ގެ މާނައަކީ އުއްމީދު ކަނޑާލުމެވެ. އަބަދުވެސް ގޯހުން ގޯހަށްދާ ކަންތައްތަކާމެދު ވިސްނާ ފިކުރުކުރުމެވެ. އެކަލާނގެ އަހަރުމެންގެ މައްޗަށް އޮންނަ ރަޙްމަތެއްގެ ސަބަބުން އެފަދަ ވިސްނުމެއް ނުގެންގުޅެން އެކަލާނގެ އަހަރުމެންނަށް އަމުރުކުރެއްވިއެވެ. އެފަދަ ވިސްނުމެއް ގެންގުޅުމަކީ އަހަރުމެންނަށް މަނާ ކަމެކެވެ. ވަކިން ޚާއްޞަކޮށް އެކަލާނގެ ރަޙްމަތާއި މެދުގައެވެ. އެކަލާނގެ ރަޙްމަތް އަހަރުމެންނަށް ޙައްޤުނުވާކަމަށް އަހަރުމެން އެއްގޮތަކަށް ވެސް ހީކޮށްގެން ނުވާނެއެވެ. އަހަރުމެން ހީކުރިޔަސް ނުކުރިޔަސް ހުރިހާ އެއްޗެއް ވެސްވަނީ އެކަލާނގެ ރަޙްމަތުން ވަށާލެވިގެންނެވެ. މި އާޔަތުގެ ޒަރިއްޔާއިން އެކަލާނގެ އަހަރުމެން އުއްމީދެއް ނެތް ޙަޔާތެއްގެ ތެރެއަށް ދޫކޮށްލައްވަން އިންކާރު ކުރައްވާ ފަދައެވެ. އަހަރުމެން އަނދިރީގެ ތެރެއަށް ދޫކޮށްލައްވަން އިންކާރު ކުރައްވާ ފަދައެވެ. އެކަލާނގެ އެދިވޮޑިގެންވަނީ އަހަރުމެން އެކަލާނގެ ރަޙްމަތަށް އެނބުރި ދިޔުމަށެވެ.

    އަޅަމެންނަކީ ތަކުރާރުކޮށް އެކަލާނގެއަށް ތައުބާވާ ބަޔަކު ކަމުގައި ލައްވާށި! އާމީން!

  16. Jana says:
    March 11, 2018 at 2:38 pm

    FB Post (Dhivehi)

    ތިބާ ދޮގެއް ހަދައިފިނަމަ އޭގެ ބަދަލުގައި ތެދު ބުނާށެވެ.

    ތިބާ ބޭވަފާތެރިވެއްޖެނަމަ އޭގެ ބަދަލުގައި ވަފާތެރިވާށެވެ.

    ތިބާ އެހެން މީހަކަށް ގޯހެއް ހަދައިފިނަމަ އޭގެ ބަދަލުގައި މަޢާފަށް އެދި، އެމީހަކަށް އިޙްސާންތެރިވާށެވެ.

    މި ހުރިހާ ކަމަކީ ކުރުމަށްވުރެ ބުނުން ފަސޭހަ ކަންތައްތަކެވެ. އެހެނަސް ކަން އެހެން އޮތީ އަހަރުމެން އަހަރުމެންގެ އަމިއްލަ ނަފްސާއިވެސް ދެކޮޅަށް ޢަދުލުވެރިވެއްޖެނަމަ އަހަރުމެންގެ ކިބައިން ކަމެއް ގެއްލިދާނެ ކަމުގެ ބިރު އަހަރުމެންނަށް ހީވެފައި އޮތުމެވެ. އެއީ އަހަރުމެންގެ އަތުން ފައިސާ ބީވެދާނެކަމުގެ ބިރެވެ. ޤަދަރާއި އިޙްތިރާމް ގެއްލިދާނެކަމުގެ ބިރެވެ. ލޯބި ގެއްލިދާނެ ކަމުގެ ބިރެވެ. އެހެނެއްކަމަކު އަހަރުމެންނަށް ގެއްލިދާނެހެން ހީވާ މި ހުރިހާ ކަމަކީ ވެސް ﷲ އަހަރުމެންނަށް ދެއްވި ނިޢުމަތްތަކެވެ. ﷲ އަށް އުރެދިގެން އެކަލާނގެ އަހަރުމެންނަށް ދެއްވި ނިޢުމަތްތައް ދަމަހައްޓަން އަހަރުމެން ކުރާ މަސައްކަތް ކާމިޔާބު ވާނީ ކިހިނެއް ހެއްޔެވެ؟ ސުބްޙާނަ ﷲ!

    އެހެންކަމުން ތެދުބަސްބުނާށެވެ. އެއީ ޚުދު ތިބާގެ އަމިއްލަ ނަފްސާއި ދެކޮޅަށް ވިޔަސްމެއެވެ. ފަހަރެއްގައި ތިބާއަށް ﷲ އެކި ގޮތްގޮތުން އިތުރުކޮށްދެވާނީ ތިބާ ބުނަން ޖެހިލުންވެފައިވާ އެ ޙައްޤު ބަސްތަކުގެ ސަބަބުންނެވެ.

    މާތް ﷲ އަޅަމެންނަކީ ތެދުބަސްބުނެ ޢަދުލު އިންސާފު ޤާއިމްކުރާ ބަޔަކު ކަމުގައި ލައްވާށި! އާމީން!

  17. Kuda Kamana says:
    March 11, 2018 at 2:59 pm

    kudakamana n kamana a ee dhe kujjeh ingey jana… ekam kamana ebuni vaahaka ah kudakamana ves full support.. ? dhen vaahaka hama habeys masha allah..

  18. Shaanna says:
    March 12, 2018 at 11:42 am

    Mi vaahaka ah inthizaarukuraa varah FB post thakahves inthizaarukurevey. So konme partehge muhimmu baithah FB post ga liyeladhinuh edhen. Allah thibaa ah heyojaza dhehvaashi. Aameen

Comments are closed.

Next Episodeނޫރު (ނަވާޅީސްވަނަ ބައި)←


All Right Reserved!