Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހިތާ ފުރާނައިން… (64)

Hi Mi Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments
March 8, 2018 10 Mins Read
19 Comments

“އެކަމަކު ޔަޝޫ ޑޭޑް” ޔުއާން ބުނަން އުޅުނެވެ. އޭނާއަށް ވެސް ބޯ ކަހާލެވުނެވެ.

“ލާވީ ބުނި ދޫކޮއްލާ ވާހަކަ” އައިކަލް ބުނެލިއެވެ. އެއާއެކު ޔުއާން އަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. އޭނާ މައިލީން އަށް ބަލާލިއެވެ. އެހެންނަމަވެސް މައިލިން އިސްޖައިގެން އިނީ އެއްވެސް މީހަކަށް ނުބަލަން ކަމަށް ހުވާކޮއްގެން ކަހަލައެވެ.

ޔުއާން އަށް ހެވުނީ މައިލީން ގެ އެއަމަލުންނެވެ. އައިކަލް ވެސް އިރުކޮޅަކު މަޑުކޮއްލާފައި ދިޔައީ އޮފީހަށް ދާން ޖެހޭތީއެވެ.

އައިކަލް ދިޔުމާއެކު ޔުއާން ތެދުވެގެން ގޮސް މައިލީން އިން ފަޅީގައި މަޑުކޮއްލިއެވެ. އަދި މައިލީން ކޮޅަށް ނަގަމުން މެރީ މީއޭ ބުނެލިއެވެ.

“މެރީ މީ” ޔުއާން ގެ އަޑުގައި ވި އަސަރުން މައިލީން ގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.

ކަރަންޓް ޝޮކެއް ލިބިނުފަދަ ގޮތަކަށް ހަށިގަނޑު ރޫރޫ އަޅައިގަތެވެ. “ޔަޝޫ ދޫކޮއްލިހާ އަވަހަކަށް ލެޓްސް މެރީ” ޔުއާން އިތުރު ކޮއްލިއެވެ. އޭނާ މައިލީން އާ އިނުމުގެ ކުރިން މައިލީން އޭނާއަށް ދިން ފޮތް ކިޔަން ބޭނުންވިއެވެ. އެހެންކަމުން ތަފާތު ވިސްނުމުގައި ހުރެ އޭނާ ނިންމީ މިރޭ އެ ފޮތް ކިޔާނިންމުމަށެވެ. އެރޭ ޔުއާން އޭނާގެ ރޫމަށް ދިޔައީ ޑިއުޓީ ކަމުން ބަލިމީހުންބަލަން ހަމަޖެހިފައިވީތީއެވެ. އޭނާ އަށް ހަމަނޭވާ ލެވުނީ ދިހައެއްޖަހާ ބޮޑު ވީފަހުންނެވެ. އެއާއެކު އޭނާ އަށް ކުރިން ދުވަހު އެ ފޮތް ހޮސްޕީޓަކަށް ގެނެވުނު ހަނދާން ވުމާއެކު އެ ފޮތް ނެގިއެވެ.

“ކަވަރ ގަނޑުގައި ހިއްޕާފައިވާ ފޮޓޯގައި ވަނީ އޭނާއާއި މައިލީން ގެ ކުރެހުމެކެވެ. އޭނާ އަށް އެ ކުރެހުމަކީ މައިލީން ގެ އަތުގެ ކުރެހުމެއްކަން ދެނެގަންނަން އުނދަގުލެއްނުވިއެވެ. އެ ގަނޑުގައި ލިޔެފައިވާ ބަސްތައް އޭނާ ކިޔާލިއެވެ. “އައި ހޭޓް ޔޫ ޔުއާން… އައި ޖަސްޓް ހޭޓް ޔޫ” އެބަސްތަކަކީ މައިލީން އައި ރުޅިއާއި ދެރަ އެކުވެގެން ލިޔެފައި އިން އެއްޗަކަށް ވިޔަސް އެ ބަހުން އޭނާގެ ހިތަށް ކުރިއެކޭ އެއްގޮތަށް ތަދުވިއެވެ.

އޭނާ ފަހަރަކު ގަނޑެއް އެއްލަމުން ދިޔައެވެ. ކޮންމެ ގަނޑެއްގައި މައިލީން އުޅުނު ހާލު ބަޔާންކޮއްފައިވެއެވެ. އެއިން ކޮންމެ ގަނޑެއްގެ އެއްފަރާތުގައި ޔުއާން އާ ދިމާލަށް ބަދުބަހެއް ބުނެފައިވެއެވެ. އެ ފޮތަކީ ތުނި ފޮތެކެވެ. އެންމެފަހުން ބުނެފައިވާ ބަސްތައް ފެނި އޭނާ ގެ ލޮލުން ކަރުނަ އައިސް ރޮވެން ފެށުނެވެ.

“އިތުރުއެއްވެސް މީހަކަށް ކިޔާދޭނެ ހިތްވަރު ނެތި…. މިހުރިހާ ކަމެއް އަހަރެން އެކަނި ހިތުތެރޭ ބަހައްޓަން ވެއްޖެނަމަ މިހިތަށް ކެތްނުވާނެއެވެ. އަހަރެން މި ވާހަކަ ތައް މިލިޔަނީ ކޮންމެވެސް ދުވަހަކުން ކޮންމެވެސް މީހަކަށް މިކަން އެނގޭނޭކަމަށެވެ. އަހަރެން ނެތް ދުވަހަކުން ވެސް ޔުއާން އަހަރެން ހޯދަން އަތުވެއްޖެނަމަ މި ފޮތް ޔޫއާން އަށް ދީ!.”. ޔުއާން އަށް ދެލޯ މަރާލެވުނެވެ. ކަރުނަތަށް އޭގެ މަގާމް ދޫކޮއް ފައިބައިގަތެވެ. އެނޫނަސް އޭ ގައި ކިތަންމެ އެކަހަލަ އިބާރާތެއްވިއެވެ. އެކަމަކު އެ އިބާރާތް ކޮޅު ކިޔާފައި އޭނާ އަށް މޭގައި އަތް އަޅާލެވުނީ އެވަރު ވީ އިރުވެސް މައިލީން އޭނާއަށް ޓަކައި ކުރި އުންމީދު ގެއްލުވައި ނުލީތީއެވެ.

އޭނާ ޔަޝްމް އޮތް ރޫމަށް ދިޔައިރު ގަޑިން ބާރަ ޖަހާ ބޮޑުވެއްޖެއެވެ. އޭރުވެސް މައިލީން އިނީ ޔަޝްމް ގާތުގައެވެ، އާރާ އާއި ޝާލީން މިރޭ ނިދަން ގެއަށް ފޮނުވީ ވެސް މައިލީންއެވެ.

ޔުއާން އައިސް މައިލީން ގާތަށް ހުއްޓެމުން ކަންފަތް ދޮށުގައި ވަރަށް ލޯބިވެޔޭ ބުނެލިއެވެ.

އޭގެ އަނެއްދުވަހު ޔުއާން ގެ ބައްޕަ އެދެމީހުންނާ ބައްދަލުކުރީ އަނެއްކާވެސް ހޮސްޕިޓަލުންނެވެ. ކައިވެނީގެ ކަންތައް އަވަސްކުރަން ބުނެލިއެވެ.

އެރޭ ގެއަށް ގޮސް މައިލީން އަށް ވިސްނެނީއެވެ. ޝާލީން ގާތު އެވާހަކަ ދައްކަން ކޮޓަރީގެ ދޮރުގައި ތަކި ޖަހާލާފައި އޭނާ މަޑުކޮއްލީ ތަޅުލާފައި ހުރުމުންނެވެ. ޔަޝްމް ގާތުގައި އިނީ އާރާއެވެ. އޭނާ އެއައީ ފެންވަރާ ތާޒާވެލުމަށެވެ.

ދޮރުހުޅުވުނު އަޑަށް ދެކޮޅަށް ހިނގާލަ ހިނގާލާ ހުރި މައިލީން ދިޔައީ ސިއްސައިގެންނެވެ.

އޭނާ ހޮސްޕިޓަލް އަށް އަނބުރާ ދިޔައީ ޝާލީން އަށް ވެސް އެވާހަކަ ކިޔައިދީ ހިޔާލް ހޯދާފައެވެ. ޝާލީން ބަނޑުބޮޑު ވުމުން އެމީހުން ޝާލީން ވަރަށް މަދުނު ނޫނީ ހޮސްޕިޓަލް ގައި ނުބައިންދައެވެ. ޝިޔާޒް ވެސް ޝާލީންއަށް އަޅާލާ ވަރު މިދުވަސްކޮޅު ބޮޑެވެ. ޔުއާން ޔަޝްމް ގާތަށް ދަނިކޮއް ޒާން އާ ދިމާވިއެވެ. އޭނާ ޒާން ގާތު ކީކުރަނީހޭ އައުމުން ކިޔާރާ އަނެއްކާ ލޭމަދުވެގެން ބޭއްވީ ކަމަށް ބުންޏެވެ.

“އައި އޭމް ސޮރީ ޓް ހިޔަރ…. އަސްލު އެރޭ ޔުއާން ލަވަކީ ރޭވެސް ހުރީމޭ… ހާދަ އަސަރު ގަދައޭ… މިހާރު އިނގިއްޖެ އިނގޭ ކީވެކަން… ” ޒާން ލާނެއް ފާޑަކަށް އެހެން ބުނެލުމާއެކު ޔުއާން ރަކިވިއެވެ. “ބަލަ އަހަރެން ވެސް ހުރީމޭ” ޒާން ވާހަކަ ދެއްކިއެވެ.

“އައެމް ސޮރީ… ޔަޝޫ ގެ ހާލަތު އިތުރަށް ދަށްވި ހަބަރު ލިބުނު އިރު ހުރީ ރާއްޖޭން ބޭރުގަ… އެހެންވަ ނާދެވުނީ” ޒާން އޮޅުން ފިލުވައދިނެވެ. “ރަޝިޔާ އަށް ދާންވީނު…އެތަނުގަ އިންނާ ނެ ވަރަށް މޮޅު ހޮސްޕިޓަލެއް ހިތުގެ ހާއްސަ ހޮއްޕިޓަލެއް. ފްރެންޑެއް އުޅޭނެ… ހަމަ ޖައްސަދީފާނަން” ޒާން އާއި ޔުއާން އަކީ މިހާރު ވަރަށް ގާތް ރަހްމަތް ތެރިންނެވެ. އެހެންކަމުން ޔުއާންގެ ހުރިހާ ވާހަކަ އެއްކަހަލަ ގޮތަކަށް ޒާން އަށް އެނގެއެވެ.

ޒާން އަކީ ވެސް އިތުބާރު ކުރެވޭ ސިއްރުވެރި ރައްޓެއްސެއް ކަން އެނގުމާއެކު ޔުއާން ވެސް ޒާން އާ ވާހަކަ ތައް ހިއްސާ ކުރާކަށް ޖެހިލުމެއް ނުވެއެވެ. އޭނާ އާއެކޭ ބުނެ ހިނގައިގަތީ ލަސްވަނީ ކަމަށް ބުނެއެވެ.

ޔަޝްމް އޮތް ރޫމަށް ވަތް އިރު ޔުއާން ވެސް އިނެވެ. މައިލީން އައިސް ވަތް ވަގުތަކީ އާއިކް އާރާ އަށް ގުޅި ވަގުތެވެ. އޭނާ އާއިކް ގާތު ބަލާ އައުމަށް ބުނެފައި ތިރިއަށް ދާން މިސްރާބުޖެހިއެވެ.

މައިލީން ޔުއާން އަށް ބަލާލިއެވެ. ޔުއާން ކޯޓް ގައި ހުރިތަން ފެނި އޭނާ ވާހަކަ ދެއްކިއެވެ. “ޑިއުޓީ ނިމުނީ” އެއާއެކު ޔުއާން ބޯ ޖަހާލިއެވެ. ޔަޝްމް ނިދާފައި އޮވެފައި ކުޑަކޮއް ލޯ ހުޅޫވާލުމާއެކު މަންމީ އޭ ކިޔާލިއަޑަށް ދެމީހުންގެ ދެލޮލަށް ގެއްލިފައި ތިބި ދެމީހުން ސިހުނެވެ. އަދި މަޑު ހުނުމަކާއެކު ދެމީހުންގޮސް ޔަޝްމް ގެ ދެފަރާތުގައި މަޑުކޮއްލިއެވެ.

ޔުއާން ޔަޝްމް އަށް ބަލާލިއެވެ. މައިލީން ވެސް ޔުއާން ގެ ލޮލަށް ބަލާލަމުން އަނެއްކާ ޔަޝްމް އާ ދިމާލަށް ހިނިތުންވުމަކާ އެކީ ބަލާލިއެވެ.

***އެއްއަހަރު ފަސް***

ފްލައިޓް ޖެއްސުމާއެކު ޔަޝްމް ހަޅޭއްލަވައިގަތެވެ ބޯޓް ތެރޭގައި ތިބި އެންމެންގެ ސަމާލުކަމަށް އެއަޑު އައެވެ. މައިލީން ޔަޝްމް ގެ އެއްފަރާތުގައި އިން ޔުއާން އަށް ބަލާލިއެވެ. ޔަޝްމް އިނީއެދެމީހުންގެ މެދުގައެވެ. އެއާއެކު ޔުއާން ޔަޝްމް އާ ވާހަކަދައްކަން ފެށިއެވެ.

“ޑެޑީ ދޫނި… މަޑުން ވާހަކަ ދައްކާނީ” ޔުއާން ޔަޝްމް ގެ ކޮލުގައި ހިފާލަމުން ބުނެލިއެވެ.

ބޯޓުން މީހުންތައް ފޭބިމުންދިޔައިރު ވެސް ޔަޝްމް ގެ ހުނުން ނުހުއްޓުއެވެ. މައިލީން ވެސް ޔަޝްމް ގެ އަތުގައި ހިފައްޓާލައިގެން ހުރިއެވ. ޔުއާން ބޯޓުން ފައިބަން ވެގެން ޔަޝްމް އުރާލިއެވެ. ތިން މީހުން ފޭބިއިރު އެންމެ ފުރިހަމަ އާއިލާއެކޭ ބުނެވޭނެއެވެ. އިމިގްރޭޝަން ކައުންޓަރުން ހީކުރިވަރަށް ވުރެ އަވަހަށް މިފަހަރު ކަންތައްތައް ނިމުނެވެ.

އެރައިވަލް ގޭޓަށް އައުމާއެކު އެތަނުގައި ހުރި އާއިކް ފެނުނެވެ. އެދެމީހުން އާއިކް އާ ގާތަށް ހިނގައިގަތެވެ. އޭރު ދެމީހުންގެ ތުންފަތް މަތީގައިވެސް ވަނީ ހިނިތުންވުމެކެވެ.

އެއް އަހަރު ރަޝިޔާގައި ހޭދަ ކުރުމަށްފަހު ޔުއާން މެން ރާއްޖެ އެއައީ ޔަޝްމް ގެ ހާލަތު ރަނގަޅުވީމައެވެ. އެކޮޅުގައި ވެސް އިތުރު ދެ އޮޕްރޭޝަން ކުރުމާއެކު ޔަޝްމް އުމުރަށް ބޭސްކާން ޖެހެއެވެ. އެކަމާ އެމީހުން ނުހަނު ދެރަވެ ހިތާމަކުރިޔަސް އެކޮޅުން ބޭސް ހުއްޓާނުލާހާ ހިނދަކު ރަނގަޅުވާނެކަމުގެ ޔަގީންކަން ދިނުމުން އެމީހުން ހިންހަމަޖެހުނެވެ.

އާއިކް އެންމެ ފުރަތަމަ ވެސް އައިސް ޔަޝްމް އުރާލިއެވެ. ކުރިއަށް ވުރެ ރޫފަ ރަނގަޅުވެލާފައި ހުއްޓަސް އަދިވެސް ވަރަށް ލުއްވެވެ. އެ ތިން މީހުންގެ ތެރެއިންވެސް އެންމެބޮޑަށް ބަދަލް ވެފައި ހުރިކަމަށް ފާހަގަ ކުރެވެނީ މައިލީންއެވެ. ލާފައިވާ ދިގު އަބާޔާ ކަޅޫ ހެދުން ގަޔަށް ދޫކޮއް ހުރިއިރު އަޅާފައިވަނީ މެރޫން ކުލައިގެ ޝޯލްއެކެވެ. އިސްޓާކީނަކުން ފައި ފޮރުވާލާފައި ވެއެވެ. ހެދުމުގައި އެއްވެސް ޑިޒައިނެއް ނުވެއެވެ. ސާދާ ހެދުމެކެވެ.

“އިކް” ޔުއާން ހީލަމުން ގޮވާލިއެވެ.

“ހެލޯ… ބާރބީ… ” އާއިކް އެއްލޯ މަރާލަމުން ބުނެލިއެވެ.

“ކޮބާތާ އާރާ އޭތް” މައިލީން އެއްއަތް މަޅާލަމުން އާއިކް އާ ދިމާލަށް ބުނެލިއެވެ. އެއާއެކު ޔުއާން ހީގަތެވެ. ވާނުވާ ނޭގޭ ހާލު އާއިކް ގެ އުނގުގައި އިން ޔަޝްމް ވެސް ހިގަތުމާއެކު އެންމެނަށް ހީގަނެވުނެވެ.

ގެއާ ހިސާބަށް ދެވުނީ ކަނޑުދަތުރަކަށް ފަހުގައި ކަމަށް ވުމާއެކު ޔަޝްމް މުޅީދަތުރުގައި ވެސް އޮތީ ޔުއާން ގެ ކޮނޑުގައި ބޯ އަޅައިލައިގެންނެވެ. ވާނީވެސް އެހެންތާއެވެ. ޔަޝްމް އަކީ ކަނޑު ދަތުރު ތަކަށް ވަރަށް ބަލިކުއްޖެކެވެ.

ޖެޓީއަށް ކައިރިކުރުމާއެކު އެމީހުންބަލާ ކާރު އައިސް އޮތެވެ. ކަޅު ބިއްލޫރި ޖަހާފައި އޮތް އެ ކާރަށް އެރުމާއެކު އެ ކާރު އެމީހުން ދާން ބޭނުންވާ މަންޒިލަށް ދާން ނައްޓާލިއެވެ.

ގެއާ ހިސާބަށް އައުމާއެކު ޔުއާން މައިލީން އަށް ގޮވާލީ އޭނާ ވިސްނުމަކަށް ގެއްލިފައި އިނުމުންނެވެ.

އެއާއެކު މައިލީން ވެސް ސިހިފައި ފައިބަން އަވަސްވެގަތވެ.

އާދައިގެ މަތިން ޒާރިވާ ހުރި އެމީހުންގެ އިންތިޒާރުގައެވެ. “މާމާ ތާޒާ ވެލައިގެން އަންނާނީ ކާން… އޭރުން ބައްޕަ ވެސް އަންނާނެއެއްނު” ޔުއާން އެއްއަތުގައި އަޅާފައި އޮތް ގަޑިއަށް ބަލާލިއިރުވެސް އޭނަ ހުރި ޔަޝްމް އުރައިގެންނެވެ.

“ނިދާފަތަ؟” މައިލީން ބާލާލިއެވެ. ޔަޝްމް އޮތީ ނިދިފައިކަމުން އެދެމީހުން އަވަސްވެގަތީ ޑްރައިވަރ ކައިރީގައިފޮށުތައް އެރުވުމަށް ގޭގައި އުޅޭ މަސައްކަތު މީހެއް ކާރީ ބުނާށޭ ބުނެފައި ސިޑިން އަރައިގެން އެމީހުންގެ ކޮޓަރިއަށް ވަނުމަށެވެ.

“ދޮންތަ ގާތު ނުވެސް ބުނެ މިއައީ” މައިލީން ވަދެފައި ފުރަތަމަވެސް ފުންނޭވާއެކި ބުނެލިއެވެ. އޭނާ ވަށައިގެން އޮކޮޓަރިތެރެއަށް ނަޒަރުހުއުއްޓާލިއެވެ.

އެއާއެކު އެންމެ ފުރަތަމަ ޔުއާން އާ ކައިވެނި ކޮއްގެން އައި ދުވަސް މަތިން އޭނާ ހަނދާންވިއެވެ.

” އަނބިގަބޫލް ކޮއްފިން” ކައިވެނި ކުރެވުނީ އައިކަލް ގެ ގޭގައެވެ. މާބޮޑު ކޮއް ހަފްލާ ނުބޭއްވިޔަސް އެމީހުން ގެ ރަހްމަތް ތެރިންނާ އެކުވެރިންނަށް ދައުވަތު ދީގެން ބޭއްވުނު ކުޑަ ޕާރޓީއެކެވެ. ޔުއާން ގެ ދުލުން އަނބި ޤަބޫލް ކޮއްފީމޭ ބުނެލި ވަގުތު މައިލީން އަށް ލޯ މަރާލެވުނެވެ. އެނާގެ އެދުން ފުރިހަމަ ވީއެވެ. ކޮންމެ މީހެއްގެ މޫނުމަތިން ފެނިގެން ދަނީ ހިނިތުންވުމެކެވެ.

ކައިވެނި ކުރެވުނީ ރޭގަނޑުގެ ވަގުތެއްގައެވެ.

އެދުވަހު ސައިގެ ކަންތައް ތައް ނިންމާލުމަށްފަހު ޔުއާން އަށާއި މައިލީން އަށް ކޮޓަރިއަށް ވަދެވުނީ ބާރަ ޖަހާ ބޮޑެވެ އެކެއް ޖެހިފަހުންނެވެ.

މިއީ ޔުއާން ގެ ކޮޓަރިއަށް މައިލިން އަށް ވެދެވޭ ފުރަތަމަ ފަހަރަށް ވުމާއެކު ހިޔާލަށް އޭނާ އަށް އެކޮތަރ ހުންނާނޭ ގޮތް ސިފަވިއެވެ. އެހެންނަމަވެސް ޔުއުން އެ ދޮރު ހުޅުވާލާފައި އޭނާ ވަންނަން ތަންދެއްކުމުން އޭނާ ވަތް އިރު އެކޮޓަރި އާދަޔާ ހިލާފަށް ބޮޑެވެ. އޭނާ ހީކުރިވަރަށް ވުރެ ވެސް ފުރިހަމައެވެ.

އެނދުބަހައްޓާފައިއިން ދިމާ ނޫން އަނެއްދިމާލުގައި ވާ ހުސްޖާގައިގައި ސޯފާއެއްޗެހި ހުރިއިރ އެތަނަށް ފައިބެނީ ދެތިން ސިޑީގެ ހަރުފަތަކުންނެވެ. އޭރެއެކޭ މިހާރެކޭ މާބޮޑު ތަފާތެއް ނެތެވެ.

ޔުއާންވަދެފައި ފުރަތަމަވެސް ނެގީ އަލަމާރިތެރެއިން ފޮތެވެ. އޭނާ މައިލީން އަށް އެދައްކާލަމުން ކައިރިއަށް އައިސް ހުއްޓުނެވެ. “މިފޮތް… އައި ޑިޒާވް މީގަ ހުރި އެއްޗެހި…” ޔުއާން އަށް އިތުރަށް ވާހަކަ ނުދެއްކުނީ އެ ތުންފަތުގައި މައިލީން އަތް ޖައްސާލުމުންނެވެ. “ނޫން… މި ފޮތެއް ދެން ނުހުޅުވޭނެ” މައިލީން އެހެން ބުނެފައި އެ ފޮތް ހިފައިގެން ގޮސް އެކަބަޑް ގެ ތެރޭގައި އިން ކުޑަ ވަތް ގަނޑަށް ލުމަށްފަހު އޭގައި ޖަހާފައި އިން ތަޅުދަނޑިން ތަޅުލިއެވެ. އަދި އެ ތަޅުދަނޑި ހިފައިގެން އައިސް އެނދުގެ ސައިޑް ކަބަޑް އަށް ލިއެވެ.

***

އޭނާ އެނދާ ދިމާލަށް މިސްރާބުޖެހިއެވެ. ސައިޑް ކަމަޑް އިން ތަޅުދަނޑި ނަގައިގެން ގޮސް އޭނާ އެ އަލަމާރި ތެރޭގައި އިން ވަތް ގަނޑު ހުޅުވާލިއެވެ. އަދި އެ ފޮތް ނެގިއެވެ. އެއަށް ބަލަހައްޓައިގެން ހުރި މައިލީން ހުރީ ހިޔާލަކަށް ގެއްލިފައެވެ.

ޔަޝްމް އެނދުގައި ބައްވާފައި ޔުއާން އައިސް މައިލިން ގާތަށް ހުއްޓުނުއިރުވެސް އޭނާ އަށް ރޭކާނުލިއެވެ.

“ލީން” ޔުއާން ބައްދާލަމުން ބުނެލުމާއެކު މައިލިން އަށް ސިހުން ގެނެވުނެވެ.

“ދެން މި ފޮތް ތި ނެގީ ކީއްކުރަންތަ… ލީން ބުނީމެއްނު ދެން ނުނަގާނަމޭ” ޔުއާން ގެ އަޑުގައި މަޑު މޮޅީކަމެއް ވިއެވެ. “އަހަރެންނަށް ހިންހަމަ ނުޖެހޭ ގޮތަކަށް ކަމެއް ކުރެވުނީތަ؟” ޔުއާން އަނެއްކާވެސް އަހާލިއެވެ. “ނޫން ޔުއާން… ދެން މި ފޮތް ނައްތާލަން ބޭނުމީ… މީ ދެން ބޭކާރު އެއްޗެއް… އެހެންވެ ގެން މިނެގީ” މައިލީން ބުނެލިއެވެ. އެއާއެކު ޔުއާން މައިލީން އަތުން އެ ފޮތް އަތުލާ އަލުން އެ ކަބަޑް އަށް ލިޔެވެ. އަދި ތަޅުލާފައި ގޮސް ސައިޑް ކަބަޑް އަށް ތަޅުދަނޑި ލިޔެވެ.

“އެ ފޮތް އެވެދާނެ އެއްނު ލީން… އަބަދަށް ރައްކާ ކޮއްފައި” ޔުއާން ހަދާނެ ގޮތެއް ނޭގި ޔުއާން ގެ ހަރަކާތް ތަކަށް ބަލަން ހުރި މައިލީން އަށް ޔުއާން ގެ އެ ބަސްތަކުން ހިނިތުންވެވުނެވެ. އޭނާ އަނެއްކާވެސް މައިލީން ގާތަށް އައިސް މައިލީން ގައިގައި ބައްދާލިއެވެ.

ޔަޝްމް ބާއްވާފައި އެދެމީހުން ވެސް ތިރިއަށްދާން ނިންމީ ފެންވަރާ ޖަދައިލައެގންނެވެ.

އެރޭ ޝާލީން މެން ގެއަށް ދެވުމާއެކު އެ ދެމީހުންނާ ވެސް ލިބުނީ ސިހުމެކެވެ. އާރާ އާއި ޝާލީން އައިގޮތަށް އައިސް މައިލީން ގައިގައި ބައްދާގަތެވެ. އޭގޭ އިރުކޮޅެއްފަހުން ޔަޝްމް ފެނިގެން ދެމީހުން ވެސް ޔަޝްމް އާ ސަކަރާތް ގަންނަން ފެށިއެވެ. މައިލީން އާއި ޔުއާން އަށް ވެސް ލިބުނީ އާދަޔާހިލާފް އުފާވެރިކަމެކެވެ.

‘ސާބެހޭ އިލީ… ނުވެސް ބުނެ އައިސްފި…” ޝާލީން ޔަޝްމް ތިރީގައި ބަހައްޓަމުން ބުނެލިއެވެ. އެއާއެކު މައިލީން އެއްލޯ މަރާލިއެވެ. އަދި ހީގަތެވެ. އެރޭ އެންއެންމެނަށް ހިންހަމަ ޖެހޭ ވަގުތުކޮޅެއް ހޭދަ ކުރެވުނެވެ.

އިރުކޮޅަކުން ދޮރުގައި ބެލް އަޅާލިތަނާ އާރާ ހުޅުވާލަން ދިޔައެވެ. އެއާއެކު އޭނާ އަށް އާއިކް ފެނިގެން ހިނިތުންވުން ފުޅާކޮއްލެވުނެވެ.

“ހޭ އިކް… އަދިވެސް ތިކަންތައް ނިންމާކަށް ނުވޭތަ؟” ޔުއާން ދިމާކޮއްލާ ގޮތަކަށް ބުނުމާއެކު އާރާ އަށް ލަދުން އިސްޖަހާލެވުނެވެ. އަދި އޭނާ އަށް މޫނު ފޮރުވާލެވުނެވެ.

“އިކް. މިހާ ލަދުގަންނަ މަލެއްތަ ބިނދިލައިގެން ތިއުއުޅެނީ… ލަދު ގަހެކޭ ތަފާތެއްނެތެއްނު” ޔުއާން އަނެއްކާވެސް ދިމާކޮއްލިއެވެ.

“ދޮންބެ ދެން ތިއުޅެނީ ލަދުގަންނަން ނޭގޭ މަންޖެއެއްތަ ނަގައިގެން އޭތް” އާއިކް ޔުއާން ގެ ކޮނޑުގައި އަޅުވާލާ ކޮއްޕާލަމުން ބުނެލިއެވެ. އެވަގުތު މައިލީން ގެ މޫނު ރަތް ވިތަން ފެނިގެން އެދިމާލަށް ޔުއާން އާއިކް ކޮއްޕާލިއެވެ. އޭނާ ހުރި ނުވިސްނާ ކަމުން އެދިޔަ ގޮތަށް ގޮސް މައިލީން ގައިގައި ޖެހި ދެމީހުން ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ. މައިލީން ވެއްޓުނީ ޔުއާން ގެ ގައި މައްޗަށެވެ. މައިލީން ތެދުވަން ވެގެން ޔުއާން އަށް ބަލާލިއެވެ. އެއާއެކު އޭނާއަށް އެދެލޮލުގެ ތެރެއަށް ގެނބެވުނެވެ. އެއާއެކު އެންމެން ހީގަތެވެ. ދެން އެމީހުންގެ ސަމާލުކަން އަތުލީ ކޮތަރިތެރެއިން ކުއްޖަކު ރޮއިގަތް އަޑަށެވެ.

“އޯހް.. އިރަމް ބޭބީ ކޮބާތަ؟” މައިލީން ކަމެއް ހަދާން ވަފަދައަކުން އަހާލިއެވެ. ޝާލީން ކޮޓަރިއާ ދިމާލަށް އިޝާރަތް ކޮއްލަމުން ހިނގައިގަތް އިރު ޝާލީން ވެސް ދިޔައެވެ. ޝިޔާޒް ވެސް ބޭރުން އައިރު ގޭތެރޭގައި މާމީހުންގިނަހެން އޭނާއަށް ޔަގީންވި ދޮރުގެ ބޭރުގައި ހުރިއިރުވެސް އަޑު އިވެމުން ދިޔައީތިއެވެ. އެތެރެއަށް ވަންއިރު ފެނުނު ބަޔެއްގެ ސަބަބުބް އޭނަގެ މޫނުމަތިންވެސް ހިނިތުންވުން ފެނުނެވެ. އެއާއެކު އިރަމް ގެ ރުއިމުގެ އަޑު އިވިގެން އޭނާ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ޝާލިން ގާތު ރޮމުން ދިޔަ އިރަމް ޝިޔާޒް އުރާލުމާއެލު ހުއްޓާލިއެވެ. “ކޮބާ… މަންމި އަކަށް ނޭގޭނޭ ދޯ’ ޝިޔާޒް ބުނެލިއެވެ.

އިރަމް ބަނޑުހައިވެގއންކަންނޭގެ” އެހެން ބުނެ ޝިޔާޒް އަނބުރާ އިރަމް ޝާލީން އަތަށް ދިނެވެ. “ބަނޑުހައިވެގެންތަ އެއީ އޭތް… ބައްޕި އުރީމަ އިނގިއްޖެއެއްނު” ޝާލީން ވެސް ބުނެލިއެވެ. “މީހަމަ ދޮންތަ އޭ ދޯ” މައިލިން ބުނެލިއެވެ. އިރަމް ގޮވައިގެން ނުކުތުމާއެކު ޔަޝްމް ގެ ސަމާލުކަން އިރަމް އަށް ލިބުނު ވަރުން ޔުއާން އަށް މައިލީން ގެ ގައިގައި ކޮއްޓާލިއެވެ. ޔުއާން ގެ ލާނެއް ނަޒަރުން މައިލީންގެ މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔުމާއެކު އޭނާ އަށް ޔުއާން އާ ދިމާލަށް އަނގައިން ގޮތެއް ހަދާލެވުނެވެ. އަދި މަޑުން ހުރުމަށް ބުނެލިއެވެ.

ޔުއާން ދެފަރާތަށް ބޯ ހޫރާލިއެވެ.

ގެއަށް އައިއިރު ގޭތެރޭގައި އަޑުގަދަކޮއްލައިގެން އުޅެނީ އަފްޝީން ކުރި ވީޑިއޯ ކޯލް ގެ ސަބަބުންނެވެ. އެއާއެކު އެންމެނަށް ވެސް ހެވުނީ އަފްޝީން މާދަން ނޫން އަނެއްދުވަހު އަންނަ ވާހަކަ ބުނުމުންނެވެ.

އައިކަލް ޔުއާން އަށް ގޮވާލާ މަޑުކޮއްލުމަށް ބުނެލިއެވެ. މައިލީން ޔަޝްމް ގޮވައިގެން މައްޗަށް މިސްރާބުޖެހީ ޔަޝްމް ރީތިކޮއްލުމަށެވެ. އޭނާ ބޭނުންވަނި އާއިކް އާއި އާރާގެ ކައިވެނި ކުރުވާށެވެ. ދެމީހުންވެސް ގުޅިގެން އުޅޭތާ މިހާރު އަހަރެއްވިއެވެ. އޭނާ ކުރިން އެއްޗެކޭ ނުބުނިކަމުގައިވިޔަސް މިހާރު މާ ގިނަ ދުވަސްވާތީ އޭނާ ބޭނުންވަނީ އާއިކް އާ ވާހަކަ ދައްކާށެވެ. ޔުއާން ގާތު އެވާހަކަ ބުނުމާއެކީ ޔުއާން އާއިކް ގާތު އެވާހަކަ ދައްކާނަން ކަމުގައި ބުނެލިއެވެ. އަދި އޭނާ މައިލީން ގާތަށް ކޮޓަރިއަށް ދާން މިސްރާބުޖެހިއެވެ. އޭރު އަދި އާއިކް އެއްނާދެއެވެ.

އެރޭ އާއިކް ގެއަށް އައުމާއެކު ޔުއާން އާއިކް ގާތަށް އެ ކޮޓަރިއަށް ދިޔައީ ބައްޕަ ބޭނުންވާ ގޮތް އެންގުމަށްޓަކައެވެ. އާއިކް އޮތީ ހެޑް ފޯން ޖަހާލައިގެން ލޯ މަރާލައިގެން ސޯފާއަށް ވެއްޓިގެން ކަމުން ޔުއާން ވަތް އިރުވެސް އޭނާ އަކަށް ނޭގުނެވެ. ޔުއާން އެދިޔަގޮތަށް ގޮސް ހެޑް ފޯން ދަމައިގަންނަމުން ސޯފާއަށް ވެއްޓިގަތެވެ.

“ދޮންބޭ” އާއިކް ގޮވާލިއެވެ. އެއާއެކު ޔުއާން ހެޑް ފޯން އާއިކް އަށް ނުދޭންވެގެން އުޅުނެވެ. “ދެން ދޮންބޭ” އާއިކް ބުނެލިއެވެ. “މިކަމެއްނޫނޭ ކުރަންވީ… ބައްޕަ ބުނީ ކޮންއިރަކުހޯ އާއިކް ކާފަ ދަރިއެއްދޭނީ” ޔުއާން އެހެން ބުނުމާއެކު އާއިކް އަށް ކުއްލިއަކަށް ހުއްޓުގަނެވުނެވެ. އޭނާ އަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ.

“އޭތް…” އާއިކް އަށް ބުނެވުނެވެ. ސާބެހޭ” އާރާ އާ އިނދިގެނޭ” ޔުއާން ބުނެލިއެވެ. “އޭނ…” އާއިކް އަށް އަނެއްކާވެސް އަނގަޔަށް ގޮތެއް ހަދާލެވުނެވެ.

“ސާބަހޭ… ބައްޕަ ބުނީ އިކް ގާތު ކައިވެނީގެ ވަހަކަ ދައްކާށޭ… ކޮން އިރަކުން ހޭ މެރީ ކުރަނީ… މިހާރު މާގިނަ ދުވަސް ވަނީޔޭ” ޔުއާން ސީދާބުނެލިއެވެ.

އެއާއެކު އާއިކް ޔުއާން ގައިގައި ކުޝަން އުން ޖަހާލަމުން ހީގަތެވެ.

“ހޭ… އައި އެމް ސީރިއަސް” ޔުއާން ވެސް އެ ކުޝަން އެއްލަމުން ބުނެލިއެވެ. ދެމީހުން އެފަދަ އެތައް ސަކަރާތެއްގައި ތިއްބެވެ.

އޭގެ އަނެއްދުވަހު އާއިކް ގެ ޖަވާބު ޔުއާން އައިކަލް އާ ހަމައަށް ގެންދެވުމާއެކު އެ ހިސާބުން ދެ އާއިލާ ދޭތެރޭ މަޝްވަރާތައް ކުރިއެވެ. އާރާ އަށް ވަލީދޭނީ ތަރީފް އޭ ބުނުމުން މައިލީން އާއި ޝާލީން އަށް ވެސް ސިހުމެއް ލިބުނެވެ. އެކަމަކު މިހުރިހާ ދުވަހުވެސް އާރާ އާ އެމީހުންނާ ގުޅުން އޮތް ކަމާ އެ ހުރިހާ ކަމެއް ކިޔައިދިނުމުން އެމީހުން ވެސް އުފަލާއެކީ އާރާ ބޭނުންވާ ގޮތް ގަބޫލް ކުރިއެވެ.

ޔުއާން އާއި މައިލީން އައިސް އެންމެ ފުރަތަމަ ވެސް މަސައްކަތް ފެށީ އެމީހުން ދެމީހުންގެ ވެސް ހުވަފެނެއް ހަގީގަތަކަށް ހެދުމަށެވެ. އެ ކޮޅުގައި ހުރި އިރުވެސް މަސައްކަތް ބަރާބަރަށް ޔުއާން ކުރިއަށް ގެންދިޔައެވެ. އާއިކް ގެ ކައިވެންޏާ ގުޅިގެން އިހަށް މަޑުޖައްސާލީ އެކަން ކުރަން ބޭނުންވަނީ ފުރިހަމަ ސަމާލް ކަމާ އެކީ ކަމަށް ވާތީއެވެ.

މަޝްވަރާތައްނިމި މީގެ ދެ ހަފްތާ ފަހުން ކައިވެނި ކުރަން ނިންމިގެން ދިޔުމާއެކު އެންމެނަށް ވެސް އެވަގުތު ކުޑަވެގެން ދޔައެވެ. “މިހުރީ ނޫ ދޮންބެ ދައްތަ… އަވަރ ބާރބީ ހަހަ” އާއިކް ހީގަންނަމުން މައިލީން އާ ދިމާކޮއްލިއެވެ. ގޭތެރޭގައި އޮތީ މަޖާ މާހައުލެއްކަމުން އެކަކު އަނެކަކާ ދިމާކުރުމާ މަޖާކުރުން އޮތެވެ.

ކައިވެނީގެ ތައްޔާރީތައް ވެނިމުނީ ހީވެސް ނުކުރާހާ އަވަހަށެވެ. ތީމް ކުލައަކަށް ވީ ނޭވީ ބްލޫ އެންޑް މެރޫން ކުލައެވެ. ކައިވެންޏާ މެދު އެންމެ އުފާވެފައި ހުރި އާރާ އެދުވަސް އައިސް ޖެހުނު އިރު ކަންބޮޑުވެގެން ހީވަނީ އެހެންފަދަ ކަމެއް ވާހެންނެވެ. އޭނާ ގެ ދެފައި އެއްތާކު ނުޖެހެއެވެ. ޝާލީން އާއި މައިލީން އާރަ އާ ވާހަކަ ނުދައްކާ ވޭހާ ގޮތް ބަލަމުން ދިޔައެވެ. ކައިވެނި އޮތީ އައިކަލް މެންގެ ގޭގޭ ގާޑެންގައި ކަމުން ޝާލިން މެންވެސް އެދުވަހު އުޅެމުން ދިޔައީ އެގޭގައެވެ. ނޯކަރުންނާ ގެގޭ ހުރިހާ އެންމެން ވެސް އުޅެމުން ދިޔައީ ވަރަށް ބުރަކޮށެވެ. ޖަޒިޒް އާއި ޒާން ވެސް ޔުއާން ގެ އެދުމާއެކެ އައިސް އުޅެއެވެ. ކަންތައް ތަކުގައި އެހީވެދޭށެވެ.

ރޭގަނޑުގެ ވަގުތެވެ. އާރާ ކޮޓަރީގައި އިނީ މަޑުކޮއްލައިގެންނެވެ. އޭނާ އަށް ސިހުން ގެނުވީ ޔޫލާ އައިސް ބައްދައިގަތުމުންނެވެ. “ސާބަހޭ އާރޫ….” އޭރު އާރާ އަދި އިނީ ވެޑިން ހެދުން ވެސް ނުލާ ކަމުން ޔޫލާ އާރާއަށް ބަލާލިއެވެ. ޔޫލާ އަކީވެސް މޭކަޕް އާރޓިސްޓަކަށް ވުމާއެކު އޭނަވެސް އެއައީ އާރާއަށް އެހީތެރިވާށެވެ. އިރުކޮޅަކުން ޝާލީން އާއި މައިލީން އެތެރެއަށް ވަނެވެ. އޭރު އެމީހުންގެ އަތުގައި އާރާގެ ހެދުން އޮތެވެ.

“އާރޫ… މިއޮތީ ހެދުން… އިރުކޮޅަކުން އަންނާނެ އިނގޭ… މޭކަޕް ކޮއްދޭ ކުދިން… މިހުރީނު ޔޫ ވެސް ދޯ” ޝާލީން އެހެން ބުނެލިއެވެ. ޝާލީން ވެސް އޭނާ އަޅާފައި ހުރި ބުރުގާ ރަނގަޅުކޮއްލަމުން ވާހަކަ ދެއްކިއެވެ. “މި ލައިގެން ނުކުމޭ” މާގިނަ އިރު އެމީހުންނަށް މަޑު ކުރާކަށްނުޖެހުނެވެ.

ހުދުކުލައިގެ ބޮޑު ވެޑިން ޑްރެސް ގައި  އާރާ ހުރިއިރު އެ އެންމެންނަށް ތިބެވުނީ ބަސްހުއްޓިފައެވެ. އާރަ ލަދުން އިސްޖާލިއެވެ.

“އާރާ އަށް އިނގޭތަ ދެން ވާނީ ކިހިނެތްކަން” މައިލީން އައިސް އާރަގެ ކަންފަތް ދޮށުގައި ބުނެލިއެވެ.

“އާން އާރާ އިނގޭތަ؟” ޝާލީން ވެސް އާރަ ބިރުގަންނަވާލިއެވެ. “އާރޫ… އިނހޭތަ.. ތިކުރެވެން އުޅެނީ…. ހަހަހަހ” ޔޫލާ ވެސް އައިސް އެމަޖަލުގައި ބައިވެރިވިއެވެ. “މުޅި އުމުރު ހޭދަކުރަން ތި ޖެހނީ ދެން އިނގޭ” އޭނާ ގެ ވަށައިގެން ތަފާތު ގިނަ ވައްތަރުތައް ޖައްސަމުން ދިޔަ ތިން މީހުން ހުއްޓުނީ އާރާ ހުރި ވައްތަރުންނެވެ. “ޑޯންޓް ވޮރީ” މައިލީން މެން ބުނެލިއެވެ.

ބިއުޓީޝަނުން އައިސް އާރަ ރީތި ކުރަން އުޅުނު އިރު މައިލީން އާއި ޝާލީން  ވެސް ދިޔައީ އެދެމީހުން ވެސް ރީތިވާންށެވެ.

މައިލީން ލޯގަނޑު ކުރިމަތިގައި ހުރެ ބަލާލާ ނިކުންނަން ހިނގައިގަތެވެ. އޭނާ ލާފައިވަނީ ނޭވީ ބްލޫ ކުލައިގެ ހެދުމެކެވެ. އަޅާފައވަނީ ވެސް ޑާރްކް ބްލޫ ކުލައިގެ ޝޯލް އެކެވެ.

“ބަލަ. މީ ބްލޫ ކްއީން އެއްތަ؟” މައިލީން ސިހުނީ ޔުއާން އައިސް ފަހަތުން ބައްދައިގަތުމުންނެވެ. “ދެން ޔުއާން” މައިލީން އަށް ބުނެވުނެވެ. އެހެން ބުނެފައި މައިލީން އަނބުރުވާލާފައި ޔުއާން ދެން ކޮއްލި ކަމަކުން މައިލީން އަށް ސިހުން ލިބުނެވެ.

“ޔަޝޫ ކޮބާތަ؟” އިރުކޮޅަކުން ޔުއާން އަހާލިއެވެ. ” ތިރީގަ ދޮންތަ ކާރީ” މައިލީން ބުނެލިއެވެ. އެއާއެކު ޔުއާން މައިލިން ގާތު އަވަހަށް ދާށޭ ބުނެލިއެވެ.

ޔުއާން އައި ލަވް ޔޫ” މައިލީން އެހެން ބުނެލާފައި އަދި ދުވެފައި ނުކުތެވެ.

އޭނާ ވެސް ދެފާރާތަށް ބޯހޫރާލަމުން ތިރިއަށް ދާން މިސްރާބްޖެހިއެވެ.

“މައި ވައިފް… ނަސީބެއްނު އަމިއްލައަށް މޭކަޕް ކުރަންދަސްކުރިކަން” ޔުއާން އަށް މައިލީނ އަށް އަޑު އިވޭވަރަށް ބާރަށް ބުނެވުނެވެ.

ގާޒީ އައުމާއެކު އާރާ އަށް ގޮވަން ދިޔައީ މައިލީން އެވެ. މެހެމާނުންނަށް ކިޔާފައިވާ ގަޑިއަކީ ނުވައެއްޖަހާއިރު ކަމުގައި ވުމާއެކު ކައިވެނި ކުރަން އެމީހުން ނިންމީ އާއިލާ އާއި އެންމެ ގާތް ރައްޓެހިންނާ އެކު އަށްގަޑި ބައިގައެވެ.

އިށީދެގެން ތިބި އާއިކް އާއި އާރާ އާއި ދެމީހުން ހިތް ވެސް ބާރަށް ތެޅެމުންދިޔައެވެ. އެމީހުން ކައިވެނީ ގެ މަތިވެރި ގޮށް ޖަހަމުން ތައްޔާރުވެފައިވާ އިރު އެއީ ދެމަފިރިންގެ ގޮތުގައި ކެތްތެރިކަމާއެކު މުޅި އުމުރު ހޭދަކުރަން ކުރާ ކަމެއްކަން އެނގެއެވެ. ދެމީހުންނަށް ވެސް އެގޮތަށް މުޅި އުމުރު އުޅެވޭނޭ ބާއޭ ހިތަށް އަރަމުންދިޔައެވެ. އެކަމަކު އެ ދެމީހުން ނަށް ދެމީހުނަށް ބަލާލެވުމާއެކު އެކަކު އަނެއްކަކު ގެ ކިބައިން ހިތްވަރު ހޯދުމަށް ހިތުން ވައުދުވިއެވެ. ހަޔާތުގެ ކޮންމެ އަޑިގަނޑެއް ދެމީހުން އެކުގައި ގިރާކުރަން ނިންމިއެވެ. ޖަހާނީ ކިހާ ބިޔަރާޅުތަކެއް ކަން ނޭގޭ ހާލުގައި ކިތަންމެ ކަނޑުގަދަވެ ބިޔަ ރާލެއް އަޔަސް އެދެމީހުންގެ ދޯނި ސަލާމަތް ކުރާނޭ ކަމުގެ ފިރިހަމަ ޔަގިންކަމާ ހިތްވަރު ދެމީހުން ވެސް ކުރާނަމޭ ހިތުން ބުނލިއެވެ.

“އަނބި ގަބޫލް ކޮއްފިންތަ؟” ގާޒީ އަހާލިއެވެ. އެއާއެކު އާއިކް އަނބި ގަބޫލް ކޮއްފީމޭ ބުނެލިއެވެ. “އާރާ އަށް ދެލޯ މަރާލެވުނެވެ. މިއީ މައިލީން ވެސް ބުނި އިހްސާސްހެއްޔެވެ؟. ބުނެދޭން ނޭގޭ އިހްސާސްއެކެވެ. އުފާވެ ބިރުގަނެ ހަދަން ވީ ގޮތެއްނޭގުނެވެ.

(ނުނިމޭ)

Share Article

Follow Me Written By

Hi Mi

Level 1010 Stories100 Comments100 Login500 Comments100 Stories500 Login1K Comments

Assalaamu Alaikum. Email:- [email protected]

Other Articles

Previous

ޝީން ( ބާރަވަނަ ބައި)

Next

ކުރިން އެނގުނުނަމަ (އެއްތިރީސްވަނަ ބައި)

Next
March 8, 2018

ކުރިން އެނގުނުނަމަ (އެއްތިރީސްވަނަ ބައި)

Previews
March 8, 2018

ޝީން ( ބާރަވަނަ ބައި)

19 Comments!

  1. Hashaa says:
    March 8, 2018 at 9:52 pm

    Hey mi fast…..wow v reethi..???????????

    1. Hi Mi says:
      March 9, 2018 at 9:29 am

      Assalaam’Alaikum. So heres the 64th ep. Do tell me ur views on it. ? and ur invited aaraa and aaik ge wedding ah. ❤

  2. Friends says:
    March 8, 2018 at 9:53 pm

    Heyy dear miyy 64 ehu

  3. Aishath Raheema says:
    March 8, 2018 at 10:02 pm

    when next part will upload

  4. Naxy says:
    March 8, 2018 at 10:05 pm

    Balabal hutta a aeeee?

  5. Navii says:
    March 8, 2018 at 10:08 pm

    Wow.. Speechless????… Vvvvvv raathi mi part ves.. When next??..

  6. Riz says:
    March 8, 2018 at 10:08 pm

    Thank u….. thank u Hi Mi dhooneeeee… luv u

  7. storie lover says:
    March 8, 2018 at 10:13 pm

    wow…………………hama 1 vanaige vaahakae
    himi mirey adhi e part up kodhdheeba
    dhen vaane goth neygifa mi iny keththerikan kolhun laafa

  8. ss says:
    March 8, 2018 at 10:17 pm

    nice

  9. ❤M.E? says:
    March 8, 2018 at 10:17 pm

    Roveny….himi miohh lovely story nimeny dhw ..but it’s just wow

  10. Shann says:
    March 8, 2018 at 10:17 pm

    Wow wow Hi Mi, haadha haadha furihamaey mibaives… Story kiyamun dhiyairu hama hyvy asleh hen… V ves ryhchey buneveyny mibaives… Next part kiyaalaa hithun hurevenyky nun mihaaru… V ves rythi v ves furihama… Luv n Miss u…?????????????

  11. mishy says:
    March 8, 2018 at 10:26 pm

    Wowww.. vrh reethi… obiness to the max… ham ehr wx furihama…. bunrne ham ekahchh wx neyngunu… mirey ham mi stry ge inthixaar ga heylr mi inii..ehn noonii schl ah dhrn jeheythii nidhenii… sry geyy.. ekm wx hurihr prt eh ham kiyr hithun kiyan… ly… gud nyt… tvgc.. ♥♥♥♥♥♥♥♥♥♥♥♥ ♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥

  12. Pinky shifoo says:
    March 8, 2018 at 10:34 pm

    Wow ❤️❤️❤️❤️… I’m speechless ????… Maasha Allah mi part vx hama awesome ????… V v v v v reethi ????… Soooooo happy yashoo recover vyma ????… Alhey aaraa n aaik haadha happy vaaney ????… V v v loabi ingey mi part ❤️❤️❤️❤️… Hi Mi u are amazing ????… Haadha molhey Maasha Allah ????… Hama bunaane ehcheh vx neynge ????… It’s sooooo nice ????… keep up the good work Hi Mi ????… Abadhuvx thigothugai kuriah dhahchey ????… Lots of love Hi Mi ❤️❤️❤️❤️????????????????… N thankyou sooooooo much mihaa reethi mihaa asarugadha mihaa furihama story eh genesdheythy ❤️❤️❤️❤️?????????… Curiously waiting for the next part…

  13. Friends says:
    March 8, 2018 at 10:35 pm

    Haadhahaa furihama eyy mi part vess.ekam mi part ga ebahuri some typing mistake dear. Next part ga ragalhu koh lahjey.kuriy part ga xil ah eoih v gotheh dhw .friends vess stry kiyan idhefa hama falhaa gen dhiya eii.?? Adhi eh part genas dhey hen friends ah haadha heeveyey.gud nyt hi mi ??????

  14. Xxxx says:
    March 8, 2018 at 10:37 pm

    Woooooowww ?????? just awesome….no words.. perfect??

  15. starme says:
    March 8, 2018 at 10:55 pm

    Hi Mi haadha rangalhey. Varah bodah?? sorry konme pertakah comment nukure vey thee. Comment nukurevunas balan up vefa inihyaa avahah kiyaa nimalevey tho? Aslu mihen bunyas ginafaharah kiyaaleveny kudhiverin reygandu nidheema. Dhen vaahakaves mi nimumakah aee dho. Vaahaka nimunakas HiMi nugehlehchey ingey. HiMi gehlihjehyaa starme vaeah dheravaane. Thee starme ah varah kamudha liyuntherieh???❤❤??

  16. Yahy says:
    March 8, 2018 at 11:37 pm

    HiMi haa kulhadhaana liyun theri eh adhi nufeney . Ehaame dhigu koh ehaame awahah upload eba kohlaa. Way to go ❤❤❤ . I know its selfish but if you dont mind; when will you be able to upload the next part ?

  17. Shuhu says:
    March 9, 2018 at 12:15 am

    Saabahey hi mi ???
    Masha Allah vaahaka vv rythi
    ???

  18. annoying reader says:
    March 9, 2018 at 8:15 am

    masha allah love this part too. last part kiyaalaafa big big comment eh dheynan inge himi. finally yashu ves recover vejje dhw im so happy

Comments are closed.


All Right Reserved!