ޝީން ( ބާރަވަނަ ބައި)
ކޮންމެދުވަހެއްވެސް ރޭވެ އަލިވަމުންދެއެވެ.
ޝީންގެ ކޯސް ނިމުމާއެކު އަލޫކްގެ އެދުމުގެ މަތިން އެމީހުންގެ ކައިވެނީގެ ވާހަކަ ޝީން މުނީރާ ގާތު ދެއްކިއެވެ.
އަލޫކް އަކީ ކުރިން މަސްތުވާއެއްޗެހި ބޭނުން ކުރި މީހެއްކަން އެގުމުން މުނީރާ ފުރަތަމަ އެގުޅޫމާ ހިތްހަމަ ނުޖެހުން ކަމުގައިވިޔަސް ފަހުން އެކަމާ އެއްބަސް ވީ ޝީން ވަރައް ވިސްނައިދިނުމުންނެވެ.
ޝީންގެ ކަމަކައް ދެކޮޅު ހަދަން ނުކެރިގެންނެވެ.
ނަމަވެސް އެދަރިފުޅައް ދެރަގޮތެއް ވެއްޖެ ނަމަ މުނީރާ މޮޔަވެސް ވެދާނެ އެވެ.
ޝީން މަންމަގެ ރުހުން ލިބުމާއެކު އަލޫކް ބައްޕަ މުހަންމަދާ އެވާހަކަ ދެއްކިއެވެ.
އެހަބަރު ލިބުމުން އެންމެ އުފާކުރި އެކަކައް ޔަގީނުންވެސް އޭނާ ވާނެއެވެ.
އަލޫކް އޭނާގެ ބައްޕަގެ އެދުމައް ޝީން ތައާރަފް ކޮއްދިނެވެ.
ޝިން ފެނުމާއެކު މުހަންމަދު ހިތާހިތުން ދުއާ ކުރިއެވެ . ޝީން އަކީ މުހަންމަދު ދަބިދަރިއަކައް ހަދަން ބޭނުންވާކަހަލަ އަހުލާގް ރަގަޅު ކުއްޖެއްކަން އެވަގުތުވެސް އެނގުނެވެ.
އެކައިވެންޔަކީ ރާއްޖޭގައި ކުރެވޭ އެންމެ ވަރުގަދަ އެއްކައިވެންޏައް ހަދަން މުހަންމަދު ބޭނުންވިއެވެ.
ނަމެސް އަލޫކް އާއި ޝީންގެ އެދުމައް ހަމައެކަނި އާއިލާ މީހުންނާއި ރައްޓެހިން ބައިވެރިވަގޮތައް ނިންމިއެވެ.
މުހަންމަދުގެ އެދުމައް ކައިވެނި ކުރަން ނިންމީ މުހަންމަދުގެ ރިސޯޓެއް ކަމައްވާ ރީތިރަށް ރިސޯޓް ގައެވެ.
ޝީން ކައިވެނީގެ ހަބަރު ލިބުމުން ނަފީސާ ދެރަވިއެވެ.
ޝީން އެގެއައް އައި ދުވަހުން ފެށިގެން ނަފީސާ ދެކެމުން އައި ހުވަފެން ހަގީގަތަކައް ނުވިއެވެ.
ނަމަވެސް ޝީން އަށް ރަގަޅު ހަޔާތުގެ ބައިވެރިއެއްލިބިއްޖެނަމަ ނަފީސަވެސް އެކަމާ ވަރައް އުފާވާނެއެވެ.
އެހަބަރު އަޔާޒްގެ ކަންފަތާހަމައަށް ދިއުމުން އެފަކީރު ދުނިޔެއައް މޮޔަވާވަރުވިއެވެ.
ރޭގަނޑުގެ ނިދިން މަހުރޫމްވިއެވެ.އަޔާޒްގެ ހިތްދަތި ދިރިއުޅުން ވީރާނާ ވަމުންދިޔައެވެ.
އެ ލޯއްބަކީ ކީ އަޔާޒްގެ ނަސީބުގައި ލިޔުއްވާފައިވާ ލޯއްބެއް ނޫނެވެ.
ލޯއްބަކީ ކޮންފަދަ ބާރުގަދައެއްޗެއްހެއްޔެވެ.
އެއްބަޔަކު ބޭނުންވާ ލޯބި ހާސިލްވުމުން އުފާކުރާއިރު އެލޯބި ނުލިބިގެން އަނެއްބަޔަކު ހިތާމަ ކުރަނީއެވެ.މިއީ ދުނިޔޭގެ ގާނޫނެވެ.
******* ****** ********** *********
ހެދުނު ހޭލެވުމާއެކު އަޔާޒް އޮފީހައް ދިޔައެވެ.
ހަފްތައެއްކުރިން އޮފީހުން ޓުރެއިނިންނައް ރާއްޖެއިން ބޭރައް މީހަކު ފޮނުވަން އެވާހަކަ އޮތީ ހުރިހާ ސްޓާފުންނާ ދައްކާފައެވެ.
އަޔާޒް އެފުރުސަތްގެ ބޭނުން ހިފީ މިދަޑިވަޅު ޝީންގެ ކުރިމަތީ ހުންނަން ފަސޭހަ ނުވާނެތީއެވެ.
އެހެން މީހެއްގެ އަންބަކައް ވާތަން ދެކެން އަޔާޒްގެ ހިތައް ކެއްނުވާނެއެވެ.
ބޮސް އެބަ ގޮވާލައްވާ ” އަޔާޒް ހިޔާލަކައް ގެއްލިފައި އިންދައި މޯނާ އައިސް އަޔާޒްއަށް ގޮވާލަމުން ބުނެލިއެވެ.
އަޔާޒް ބޯޖަހާލަމުން ގޮނޑިންތެދުވެގެން ގޮސް ވިލްދާންގެ ރޫމައް ވަނެވެ.
އަހަރެން ވަރައް އުފާވެއްޖެ އަޔާޒް މިކަމާއެއްބަސް ވީމަ ” އަޔާޒްއަކީ މި އޮފީހުގަ އެންމެ ގިނަދުވަސްވީ އެންމެ ރަގަޅު އެއް ސްޓާފް ”
“މިކަހަލަ ފުރުސަތެއްވެސް އަހަރެންދޭން ބޭނުންވަނީވެސް އަޔާޒްކަހަލަ ސްޓާފަކައް “ހަފްތާއެއްގެ ތެރޭގައި ފުރަން ތައްޔާރުވޭ” ވިލްދާން ވަރައްހިތްހަމަޖެހިލާފައި ގޮނޑީގައި ހަށިގަނޑު ސީދާ ކޮއްލަމުން ބުނެލިއެވެ.
ދެން އެންމެ ރަގަޅުދެން ގޮސްލިޔަސް “ވިލްދާން އަނެއްކާވެސް ބުނެލިއެވެ.
ވިލްދާން އެހެން ބުނެލުމުން އަޔާޒް ހިނިތުންވުމެއް ހަދިޔާކޮއްލުމައްފަހު ނިކުމެގެން ދިޔައެވެ.
ހެލޯ….. ނަވާ !!!! ހިނގާބަލަ ކޮފީއަކައް ” އަހަރެން އެބަދަން ނަވާނަގަން މަޑޫކުރޭ ތިތާ” އަޔާޒް އޮފީސް ނިމުމާއެކު ނަވާލްއަށް ގުޅާލާފައި ބުނެލިއެވެ.
އަޔާޒް ނަވާލް އޮފީސް ދޮށައް ގޮސް ގުޅާލުމުން ނަވާލް ނިކުތެވެ.
ނަވާލް ސައިކަލައް އެރުމާއެކު އެމީހުން އާންމުކޮއް ކޮފީއައް އަރާ ކެފޭއަށް އަށް ދިއުމައްޓަކާ މިސްރާބް ޖެހިއެވެ.
ކިހިނެއްވެފަ ތިހިރީ ހާދަ ހާސް ވެފަ ” އަޔާޒް އަވަސް އަރުވާލާފައި ގޮނޑީގައި އިށީންތަން ފެނި ނަވާލް ބުނެލިއެވެ.
ނަވާ ބުނެބަލަ އަހަރެން ކިހިނެއް ހަދަންވީ ” އަހަރެންނައް އެގިހުރެ ޝީންގެ ދިރިއުޅުން އެކަހަލަ މީހެއްގެ އަތްމައްޗައް ދޫކޮއްލަން ވީތަ” އަހަރެންނަކައް ނޭގެ ހަދާނެ ގޮތެއްވެސް “ޝީން އަހަރެންގެ ވާހަކަ ގަބޫލެއެއް ނުކުރާނެ ” އަޔާޒް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް ކޮއްޕާލަމުން ބުނެލިއެވެ.
“ތީގަ ނޭގޭ އަހަރެންނައްވެސް ބުނާނެ އެއްޗެއް އަހަރެން ޝީން އާއި ތިވާހަކަ ދައްކަންތަ” ނޫނީ އޭނަ މަންމަ އާއި ތިވާހަކަ ދައްކަމާ ” ޔަގީނުންވެސް އޭނަ މަންމަ އަށް ތިކަން އެގިއްޖާ ތިކައިވެންޏާ ނުގަބޫލް ވާނެ ” ކޮންދުވަހަކުންތަ އެމީހުން މެރީ ކުރަނީ”ނަވާލް ވަރައް ވިސްނަން އިނދެފައި ބުނެލިއެވެ.
” މި މަންތް ނިމޭތާ “އަހަރެން ބޭނުމެއް ނޫން ދެން އެކަމުގެ ތެރެއައް ވަދެގެން ޝީން އަހަރެންނާ ހިތްހަމަ ނުޖެހޭކައް “އެކަމަކު ޝީން އަށް އަލޫކް ފަރާތުން ދެރައެއްލިބިއްޖާ އަހަރެން މަޑަކުން ނުހުންނާނަން ”
” އަހަރެންމިއުޅެނީ މިފެށޭ ހަފްތާގައި ޓްރެއިނިންނައް ފުރަން ” ދެން އާދެވޭނީ ދެ އަހަރު ފަހުން” އަޔާޒް އިސްޖަހާލަމުން ބުނެލިއެވެ.
އަޔާޒްގެ މާޔޫސްވެފައިވާ މޫނު ފެނުމުން ނަވާލްގެ ހިތައްވެސް ތަދުވިއެވެ’
************** ****** * **
ހެލޯ!!! ޝީން ފޯން ނެގުމާއެކު އަލޫކް ބުނެލިއެވެ.
“ލޫކް !! އަހަރެން ބޭނުން މެރީ ކޮއްފަ އަހަރެންގެ މަންމަ އަހަރެންގެ ގާތައް ގެންނަން “އަހަރެންގެ މަންމަ ނޫނީ މިދުނިޔެގަ އެއްވެސް މީހެއް ނެއް ” ޝީން ވަރައް ދެރަވެލާފައި ބުނެލިއެވެ.
އަހަރެންވެސް ބޭނުންވަނީ ޝީންގެ މަންމަ އަހަރެމެން ކައިރީގަ އުޅެން “އަލޫކް ވަރައް ހަމަޖެހިލައިފައި ބުނެލިއެވެ
“ތޭންކް ޔޫ ބޭބީ އަހަރެން ވަރައް އުފާވެއްޖެ “ޝީން ވަރައް އުފާވެފައި ބުނެލިއެވެ.
އަދިވާހަކަ އެއް ބުނަންނަން ވެގެންނޭ މިގުޅީ” ބައްޕަ ބޭނުންވެ އެބަ އަހަރެމެންނާ ވާހަކަ އެއް ދައްކާލަން ” މާދަން ހަވީރު ފަހެއްޖަހާއިރައް ރެޑީވެގެން ހުނައްޗޭ އަހަރެން ދާނަން ޝީން ބަލާ ” އަލޫކް އެހެން ބުނެލުމުން ޝީން އެކަމާ އެއްބަސް ވެލިއެވެ.
އަލޫކް އާއި ޝީން އިރުކޮޅަކު ވާހަކަ ދައްކާލުމައްފަހު ފޯން ބޭއްވިއެވެ.
ކައިވެނީގެ ހުރިތައްޔާރީއެއްވަމުން ދިޔައިރު އަލޫކް ވަސީމާ ގާތު އެވާހަކަ ބުނީ އެންމެ ފަހުންނެވެ.
އަލޫކް ހީކުރީ ވަސީމާ އެކަމާ މާ ބޮޑު އަޅާލުމެއް ނުހުންނާނެ ކަމަށެވެ. ނަމަވެސް އަލޫކް ހީކުރި ގޮތާ ހިލާފައް އެވާހަކަ ބުނުމުން ވަސީމާ މޫނުމަތިން އެއްވެސް ރުޅިވެރިކަމެއް ނުފެނުނެވެ.
އޭގެ ބަދަލްގައި ވަސީމާގެ ލޮލުން ކަރުނަ އަލޫކް އަށް ފެނުނެވެ.
ދަރިފުޅާ މަންމަ އަށް މާފް ކުރޭ މަންމަ އަށް އެގޭ ދަރިފުޅާ ދޭތެރޭ މަންމަ އަށް ކަންތައް ކުރެވުނީ ރަގަޅައް ނޫންކަން .”
ވަސީމާ ގިސްލަމުން ބުނެލިއެވެ.
މިފަހަކައް އައިސް ވަސީމާގެ ފަރާތުން އެބަދަލް އަލޫކް އަށް ފެންނަތާ ދުވަސް ކޮޅޭއް ވެއްޖެއެވެ.
ނަމަވެސް އަލޫކް އެކަމާ އަޅައަނުލީ ބޮލައް ފަސޭހަ ވާނެ ކަމައް ވިސްނާފައެވެ ވަސީމާ އެތައް އިރަކު ރުއިމައްފަހު އެދުނީ ކައިވެނި ކޮއްގެންވެސް އަލޫކް މަންމަ ދޫކޮއްލާފައި ނުދިއުމަށޭވެ.
މަންމަ ކޮންމެ އެއްޗެއް ކިޔަސް އަލޫކް ހިތުގައި އެމަންމަ އަށް ލޯބިވެއެވެ.
ވަސީމާ މާވަރައް ކިޔަން ފެށުމުން އަލޫކް އެކަމާ އެއްބަސް ވިއެވެ.
އަލޫކް ކުރިން ވިސްނާފައިއޮތީ ކައިވެނި ކޮއްގެން ވަކިން ތަނެއްގައި ދިރިއުޅޭސެވެ.
************************************
ހަވީރު ފަހެއްޖެހި އިރު އަލޫކްގެ އިންތިޒާރުގައި ޝީން ގޭ ދޮރުމަތީ މަޑުކޮއްލައިގެން ހުއްޓޭވެ.
ކުޑަ އިރުކޮޅެއްގެތެރޭއަލޫކް އައިސް އެތަނައް މަޑުކޮއްލިއެވެ.
ސީން ގޮސް އަލޫކް ސައިކަލް ފަހަތައް އެރުމާއެކު އަލޫކް ސްޓާޓް ކޮއްލިއެވެ
އަލޫކް ސައިކަލް ޕާކް ކޮއްލުމައްފަހު ޝީން އަތުގައި ހިފައިގެންގޮސް މުހަންމަދުމެންގެ ގެއައްވަނެވެ.
10 ބުރިއައް ހަދާފައިވާ ގަނޑުވަރެއްފަދަ ގެއެކެވެ.ގޭތެރެއައް ވަދެގެން ދިޔައިރުގެތެރޭގެ ޝާހީކަން އެގެއެވެ.
މީ ޝީން އެގެއައް އައި ފުރަތަމަ ފަހަރެވެ.
ފުރަތަމަ އަލޫކް ބައްޕަޔާ ދިމާ ކުރަން ޝީން އާއި އަލޫކް ދިޔައީ ރެސްޓޯރެންޓަކަށެވެ.
ގޭތެރެއިން ޝީންމެނައް ޝީރީން މަރުހަބާ ކީ ވަރައް ފުރިހަމައަށެވެ.
އާދޭ އިށީންނަން ބައްޕަ އެބަ ދުރުވޭ ޝީރީން ޝީންއަށާއި އަލޫކްއަށްބުނެލިއެވެ.
ޝީން ފެނުމުން ޝީރީން ވަރައް އުފާކުރިއެވެ.
ސޯފާގައި އިށީނުމާއެކު އެގޮޑީގެ އަރާމްކަން ޝީން އައް އެގުނެވެ . ބަލާލާ ކޮންމެ ދިމާލަކުންވެސް ފެންނަނީ އަގުބޮޑެތި އެއްޗިއްސެވެ.
ކުރިމަތީ ބަހައްޓާފައިވާ ބޮޑު ޓީވީ އަށް ބަލައިލުމުންވެސް އެކަންއެގެއެވެ.
އަލޫކް މެން އެގޮތައް ތިބޭތާ އިރުކޮޅޭއް ފަހުން މުހަންމަދު އައިސް އިށިންދެލިއެވެ.
ދަރިފުޅު ކައިވެނި ކުރުމުގެ ކުރިން ދާންވީނު ރިސޯޓް ބަލައިލަން އެ ރިސޯޓް ކަމު ނުދަންޔާ އެހެން ރިސޯޓެއް ހަމަޖެއްސޭނީ އޭރުން “ދަރިފުޅުމެންނައް އެންމެ ކަމުދާ ރިސޯޓެއްގަ ބައްޕަ ބޭނުންވަނީ ޕާޓީ ބާއްވަން”މުހަންމަދު އެހެން ބުނުމުން ޝީން އާއި އަލޫކް އެކަމާ އެއްބަސް ވިއެވެ.
އެހެންވީމަ މާދަމާ ހަވީރު ދާންވީނު ދެކުދިންގޮސް ބަލައިލާފަ އަންނަން ” ބައްޕަ އެގަޑިއައް ލޯންޗް ހަމަޖައްސާނަން” މުހަންމަދު ބުނެލިއެވެ.
އިރުކޮޅަކު މަޑުކޮއްލުމައްފަހު އަލޫކްއާއި ޝީން އެގެއިން ނިކުތެވެ.
” ލޫކް އަހަރެންނައް އަދި ނުކެރޭނެދައްތަ ކައިރީ އަހާކައް އެކަނި ދާން ” އަހަރެން އޯކޭތަ އަޔާ ގޮވައިގެން ދިޔަޔަސް ” ޝީން އެހެން ބުނެލުމުން އަލޫކް އެކަމާ އެއްބަސް ވެލިއެވެ.
އަޔާޒް ރޭގަނޑުގެ ކެއުމުގައި ޓްރެއިނިންނައް ފުރަން ހަމަ ޖެހިފައިވާ ވާހަކަ ބުނުމުން ނަފީސާވެސް ކަންތައް ބޮޑުވިއެވެ. ” އަޔާ އަޅެ އަހަރެންގެ ވެޑިންގަ ނުހުރެވޭނެތަ ” އަހަރެން ވަރައް ދެރަވަނެ އަޔާ ނެތިއްޔާ” ޝީން ވަރައް ދެރަވެލާފައި ބުނެލިއެވެ.
އަހަރެންވެސް ދެރަވޭ ނުހުރެވޭތީ އެކަމަކު ކީތްކުރާނީ” އަޔާޒް ޝީންގެ މޫނައް ބަލާވެސް ނުލައި ކާގެއިން ނިކުތެވެ.
ތަށިތައް ނެގުމައްފަހު ނަފީސާ ކޮޓާރިއަށް ދިޔުމުން ޝީން ގޮސް އަޔާޒް ކައިރީ ސޯފާގައި އިށީނެވެ.
“އަޔާ !! ލޫކްގެ ބައްޕަ ބޭނުންވޭ އެބަ އަހަރެމެން ވެޑީންގް ބާއްވާ ރިސޯޓް ބަލައިލަން ދާން “އަހަރެން ބޭނުމެއް ނޫން އަދި އެކަނި ދާކައް އަޔާ ހިގާބަ އަހަރެންނާ އެއްކޮއްދާން ”
ޝީން އެހެން ބުނެލުމުން އަޔާޒް ވަގުތުން އެކަމާ ދެކޮޅު ހެދިއެވެ.
މާދަމާ ނޫން އަނެއް ދުވަހު އަހަރެން ފުރަންޖެހޭ ކިހިނެއްދާނީ ” އަޔާޒް ނުދާން ބަހަނާ އެއް ދެއްކީ އަލޫކް އާއި ޝީން ދާއިރު އަޔާޒް އެތާ ހުންނަން ހިތައް ކެއްނުވާނެތީއެވެ.
ނަމަވެސް ޝީން ކުރުނުކޮއް ކިޔަން ފެށުމުން އަޔާޒް އެކަމާ އެއްބަސް ވިއެވެ.
*** ****** ** ** * * * * *** * * * * * *
ހަވީރު ފަސްގަޑި ބައިވި އިރު އަޔާޒް އާއި ޝީން އަދި އަލޫކް ތިބީ ރީތިރައް ރިސޯޓްގެ ގައެވެ’
ހިތްފަސޭހަ ރަށެކެވެ ޝީން އާއި އަލޫކް ރިސޯޓް ބެލުމުގައި އުޅުން އިރު އަޔާޒް އިނީ ބީޗްގައި އެލުވާފައިވާ ޖޯއްޔެއްގައެވެ.
އިރުއޮއްސެން ގާތްވެފައި ވަނިކޮއް އަލޫކް ޝީންގެ އަތުގައި ހިފައިލައިގެން އައިސް އަޔާޒް ގާތު މަޑުކޮއްލިއެވެ.
އަދި ފުރޭގޮތެއް ނުވޭ ލޯންޗް ކުޑަ މައްސަލައެއް ޖެހިގެން އުޅެނީ ‘ ހިނގާ ރޫމައް ދަމާ ލޯންޗް ރަގަޅު ކޮއްފަ އައްޔަބޭ ގުޅާނެ” އަލޫކް ވަރައް ހަމަޖެހިލާފައި ބުނެލިއެވެ.
އަޔާ ތަންކޮޅެއް އަވަހައް މާލެ ދާންޖެހޭނެ ” މާދަން އަޔާ ހެދުނު ފުރަން ޖެހޭ” ޝީން އަލޫކް އަށް ބަލާލަމުން ބުނެލިއެވެ.
ގަޑިން ރޭގަނޑް ދިހައެއްޖެހި އިރުވެސް އަޔާޒް މެންނައް ފުރޭގޮތެއް ނުވިއެވެ.
އަޔަޒް އޮތީ ރޫމުން ނިކުންނަ ހިތް ނުވެފައެވެ.
އަލޫކް އާއި ޝީން ދޮންވެލި ގަނޑޫމަތީގައި އަތުގުޅައިލައިގެނ ތިބި އިރު ފެންނަ ކޮންމެމީހަކުވެސް އެދެމީހުންނައް ތައުރީފް ކޮއްލާހާވެއެވެ.
އެހާވެސް އެދެމީހުން ގުޅޭއެވެ.
ކުއްލިއަކައް ފޯން ވައިބްރޭޓްވާން ފެށުމުން އަލޫކް ފޯން ނެގިއެވެ'” ބުރޯތިގޮލާ މިކޮޅުގަ ކީއްކުރަނީ ” ހަމިއްޓެ ގުޅާފައި އަހާލިއެވެ.
އަލޫކް އެއްފަރާތަކައް ޖެހިލަމުން ހަމިއްޓެއަށް އަށް ހުރިހާ އެއްޗެއް ކިޔައި ދިނެވެ.
އަހަރެން މިދަނީ ރެސްޓޯރެންޓައް އާދޭ ކޮފީއެއް ޖަހާލަން ” ހަމިއްޓެއަކީވެސް އަލޫކްމެންގެ ގްރޫޕް މީހެކެވެ.
ހަމިއްޓެއަށް އެ ރިސޯޓުން ޖޮބް ހަމަޖައްސައިދިނީވެސް އަލޫކް އެވެ. ދެފަހަރެއްގެ މަތިން މަސްތުވާތަކެތީގެ މައްސަލާގައި ރިސޯޓުން ވަކިކުރަން އުޅުމުންވެސް ވަކި ނުކުރެވިފައި އެހުރީ އަލޫކްގެ ސަބަބުންނެވެ.
އަލޫކް މިއަންނަނީ ކަމައް ބުނުމުން ހަމިއްޓޭ ރިލްވާން އަށް ގުޅާލިއެވެ.
” ބުރޯ ! އައްކޭ އެބައުޅޭ މަންޖެ ގަނޑު ގޮވައިގެން މިކޮޅުގަ ހަނީމޫން ހަދަން އައިސް ” ހަމިއްޓެ ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ.
ހަހަހަހަ .. ހިނގާ ރަގަޅު ލަނޑޭއް ދޭން އޭރައް ހުންނާނީ ހަނީމޫން ހެދިފަ “” ރިލްވާންވެސް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. ދެމީހުން ރޭވުންތަކެއް ރޭވުމައްފަހު ފޯން ކަނޑާލީ އަލޫކް ޝީން ގޮވައިގެން އަންނަތަން ފެނުމުންނެވެ
އަލޫކް އާއި ޝީން އައިސް އިށީން އިރު ހަމިއްޓޭ ހުރި ކޮފީ ތަށި ގެނެއްސައެވެ.. ކޮބާ އަޔާ އެބަ އާދޭތަ ” އަލޫކް އިށީންދެ ހަމަޖެހިލަމުން ބުނެލިއެވެ. އާން ބުނި މިއަންނަނީއޭ” އަލޫކް ކުރި ސުވާލައް ޖަވާބްދެމުން ޝީން ބުނެލިއެވެ.
އަލޫކް ކޮފީކޯވަރެއް ބޯލަން ޖޯޑުގައި ހިފިތަނާ އައްޔަބެ ގުޅަންފެށިއެވެ. ކޮފީ ޖޯޑް ބެހެއްޓޫމައްފަހު އަލޫކް އެފޯނައް ޖަވާބް ދިނެވެ.
ޝިން އަހަރެން އެބަ އަންނަންނަން .. އެހެންބުނެ އަލޫކް ތެދުވިއިރު އަޔާޒް އައިސް އެތާ މަޑުކޮއްލަނީއެވެ.
އަލޫކް އާއި ހަމިއްޓެ ތެދުވެގެން ދިޔުމުން އަޔާޒް އައިސް ޝީން ކައިރީ އަލޫކް އިން ގޮޑިގައި އިށީނެވެ.
އަދިވެސް ފުރޭ ގޮތެއް ނުވޭތަ ” އަޔާޒް ޝީންއާއި ސުވާލް ކޮއްލިއެވެ.
ލޫކް އެދިޔައީ އައްޔަބޭ ގުޅީމަ ބަލައިލަން ” މިހިރީ ލޫކް އަށް ގެނައި ކޮފީތަށި ނުވެސް ބޮއެ އެދިޔައީ ” ޝީން ކޮފީތަށި އަޔާޒް އާއި ކައިރި ކޮއްލަމުން ބުނެލިއެވެ.
ވާހަކާގައި ތިބެ ދެމީހުން ކޮފީ ތަށި ބޮއެ ނިންމާލިއެވެ.
ކޮފީތަށި ބޮއިނިމި އިރުކޮޅެއްވީއިރައް ދެމީހުނައްވެސް ވާނުވާ ނޭގޭ ކަހަލަ ގޮތެއް ވާން ފެށިއެވެ.
ޝީން އައިސް އަޔާޒްގެ އަތުގަ ހިފާލަމުން ރޫމާ ދިމާލައް މިސްރާބް ޖެހިއެވެ.
ކޮޓަރިތެރެއަށް ވަދެވުމާއެކު ޝީން އަޔާޒްގެ މޫނައް ބަލާލަމުން ތަންކޮޅެއް ކާރިއަށް ޖެހިލިއެވެ
އެވަގުތު އަޔާޒް ޝީންގެ ކޯތާފަތް މަތީ ފިރުމަމުން ދިޔަ އިސްތަށިތައް އެއްފަރާތް ކޮއްލަދިނެވެ. ހަމުގައި އެއިގިލިތައް ބީހުމާއެކު ޝީންގެ ދެލޯ ލޯމަރާލެވުނެވެ.
އެމަންޒަރު ފެނުމުން އަޔާޒްގެ ހިތް ކޮންޓްރޯލުން ނެއްޓިކަހަލައެވެ.ޝީންވެސް އަޔާޒްގެ ބީހުމައް އެދި ގޮވާކަހަލައެވެ.
ދެހަށިގަނޑު އެއްހަށިގަނޑަކައްވެގެން ދިޔައިރު ދެމީހުންކުރެ އެކަކައްވެސް ކުރެވޭ ނުކުރެވޭ ކަމެއް ނޭގޭކަހަލައެވެ.
ދެމީހުންވެސް ހީވަނީ އެތައްދުވަހަކައްފަހު ކަރުހިއްކުން ފިލުވާލަން ލިބިގެން އުޅޭހެންނެވެ.
ޝީން ދެލޯމަރާލަމުން އެފޮނިމީރު ކަމުގެ ތެރެއަށް ނަފްސް ގެއްލިގެން ދާން ދޫކޮއްލިއެވެ.
ނުނިމޭ
6 Comments
Comments are closed.
…Alhey dhnvaany kihinehbaa
Story vr vr reethi
🙂 thank you ???
Yeyyy me 1st dhwhh…vrh reethi mi prt wx.. waitin 4 the nxt prt
♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥
🙂 thank you mishy
I wonder what will happen next
🙂 thank you reem