އެއްޗެހި ބަދަލް ކޮއްލާ ތާޒާ ވެލައިގެން ނުކުތް އިރު ރާސިލް އޮތީ ނިދާފައެވެ. އޭނާ ރާސިލް އޮތް ފަޅިއަށް ޖެހިލާ އެމޫނަށް ބަލަން ހުއްޓެވެ. އެއީ އޭނާ ލޯބިވާ ފިރިމީހާއެވެ. އެމޫނުމަތިން ފެންނަނީ ތާޒާކަމެވެ. ހިންހަމަ ޖެހުމެވެ. އެ މޫނުގައި ފިރުމާލާހިތުން އޭނާ އަތް އެ ދިމާލަށް ގެންގޮސްލިއެވެ. އެކަމަކު ދެވަނަ ފަހަރަށް އަތް ދަމައިލީ އެ ހޮތްވަރު ނެތުމުންނެވެ. އައިލީޝް އަށް ހަދަން ވީގޮތެއްނޭގުނެވެ. މޫނުމަތިން ފެންނަނީ ހިތް ދަތިކަމެވެ. ރާސިލް އަށް ވީ ކިހިނެތްބާއެވެ. […]
ކާރައްއަރާ ސްޓާޓް ކޮއްލުމާއެކު ޝީންގެ ބޮލައް އެބުރުން އަރަން ފެށިއެވެ. ދެން ވީގޮތެއް ޝީންއަކައް ނޭގުނެވެ. ހޭވެރިކަންވީ އިރު ޝީން އޮތީ އޭޑިކޭ ހޮސްޕިޓަލްގައެވެ. އޮވެވުންތަން އެގުމުން ޝީން ފުންމައިގެން ތެދުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ކައިރީ ހުރި އާޔަން ޝީން ހިފެހެއްޓިއެވެ.” ކީއްވެ ” އަހަރެން މިތާ!! ޝީންއަތައް ގުޅާފައިވާ އައިވީ އަށް ބަލައިލަމުން ބުނެލިއެވެ. ކާރުގަ އިންދަ ޝީން އަބުރައިގަނެގެން ވެއްޓުނީމަ އަހަރެން ގެނައީ” އާޔަން ޝީންއަށް ވީ ގޮތް ކިޔައިދިނެވެ. އިރުކޮޅަކުން ދޫކޮއްލާނަމޭ […]
ނޫރާއަށް އަނެއްކާވެސް ލިވްޔާގެ މޫނަށް ބަލައިލެވުނެވެ. އޭރު އިސްޖަހައިގެން ދެއަތްދެއަތާއި މޮޑެން ލިވްޔާހުރިއިރު އެމޫނުމަތީގައި ކުދިކުދި ދާތިކިތައްބަބުޅަމުން ދިޔައެވެ. ނޫރާއަށް ގަބޫލުކުރަންވެސް އުނދަގޫވިއެވެ. ރާއިދް މަލްހާއަށް ބޭވަފާތެރިއެވަނީ މަލްހާގެ އަމިއްލަ ކޮއްކޮއާއި އެއްކޮށްހެއްޔެވެ؟ ލިވްޔާވެސްމީ ކޮންކަހަލަ ކޮއްކޮއެއްހެއްޔެވެ؟ އަމިއްލަ ދައްތައަށް އެހައިބޮޑު ދެރައެއްދޭނީ ގައިމު އެކުއްޖާގެ ހިތުގައި މަލްހާއާާއި މެދުގައި ކުޑަވެސް އޯގާތެރިކަމެއް ނެތީމައިނޫންހެއްޔެވެ. މިހުރިހައިކަމަކުން މަލްހާއަށް ލިބޭނެ ދެރައާއި މެދުގައި ދެމީހުންކުރެ އެކަކުވެސް ވިސްނައިނުލަނީބާވައެވެ؟ ނޫރާއަށް ބޯހޫރުވައިލެވުނެވެ. އަދި ހަމްދަރުދީގެ ނަޒަރަކުން ހެވިފައި ޓީވީއަށް ބަލަންއިން […]
މެންދަމުގެ ހަމަހިމޭންކަމުގެތެރޭން ފުރޭނިގެން އަންނަ މަޑުމަޑު ގިސްލުމެއްގެ އަޑު ހިންދެއްހިނދެއްކަށް ދަނީ މަޑުވަމުންނެވެ. ހީވާގޮތުން ރޮއެރޮއެ ވަރުބަލިވުމުގެ ސަބަބުން ދެލޮލަށް ނިދިސަވާރުވެ ކުރިހޯދީއެވެ. އެއަޑު އެކީހެން ކެނޑި ހަމަހިމޭން ވުމާއެކު ބޭރުގައި ހުރި ޒުވާނާ ހިނގައިގަތީ އަވަހަށް ގެއަށްދިއުމަށެވެ. ހީވާގޮތުން މިރޭވެސް އެހިތުގައި އެތަކެއް ޒަހަމްތަކެއް ލެވިނިމިއްޖެއެވެ. މޫނުމަތިމިލާ ދެލޮލުން ކަރުނަފާޅުވެފައިވާއިރު ހިނގުމުގައިވެސް ވަނީ މަޑުމޮޅިކަމެވެ. އޭނާ ޗުއްޓީ ހޭދަކޮށްލަން ރާއްޖެތެރެއަށް އައީ މިކަހަލަ މަންޒަރުތަކެއްފެނި އަޑުތަކެއް އިވިދާނެކަމަކަށް ނޫނެވެ. އަދިހަމައެހެންމެ ކޮންމެރެއަކު ނިދިގެއްލުވާލާނޭފަދަ ހިތްއޭގެމަގާމުން ލުހެލާލާނޭވަރު […]
އެ ކޮޓަރީގައިވާ ރީތިވާ މޭޒު ކައިރީގައި ހުއްޓެލިތަނާ އިވިގެން ދިޔަ އަޑުގެ ސަބަބުން އަހަރެންގެ ދެލޯ ބޮޑުވެ، ޙަރަކާތްތައް ގަނޑުވިއެވެ. އެ އިވިގެން ދިޔައީ ފާހާނާގެ ދޮރު އަންލޮކް ވެގެން ދިޔަ އަޑެވެ. “ޝިޓް!” އަހަރެންވެސް ކިހާ މޮޔަ ހެއްޔެވެ؟ ކޮޓަރިއަށް ވަދެގަތީ ޑެލްޓާ ފާހާނާގައި އުޅޭތޯ ބަލާވެސް ނުލާ ވިއްޔާއެވެ. އޭނާގެ އަތުން އަހަރެން މަރު ނުވިއްޔާ ރަނގަޅެވެ. ހިފަހައްޓައިގެން ހުރި ނޭވާ ބޭރުކޮށްލަމުން އަހަރެން ފަހަތަށް އެނބުރުނީ މަޑުމަޑުންނެވެ. ފާޙާނާގެ ދޮރުމަތީގައި ދެއަތް އުރާލައިގެން […]
ދަރުބާރުގޭ ކައިރިއަށް އައިސް މަޑުކޮއްލި ރަތް ކުލައިގެ ކާރަށް ބަލާލި ކޮންމެ މީހަކުވެސް ދިޔައީ ހިތާހިތުން އެއަށް ތައުރީފް ކުރަމުންނެވެ. އެ ކާރަށް ބަލާލާ ކޮންމެ މީހަކަށް ވެސް އެހެން ދިމާލަށް ބަލާލަން ނުކެރެނީ އެ ކާރު ޑިޒައިން ކޮއްފައިވާ ފުރިހަމަކަމުން ނެވެ. ރިބަނާއި ރަތް ފިނިފެންމަލުގެ ބުކޭ ތަކުން ރީތި ގޮތަކަށް ޑިޒައިން ކޮއްފައިވާ ރަތް ކުލައިގެ އެ ކާރު ފެންނަލެއް ކިތަންމެ ހާވެސް ފުރިހަމައެވެ. ދަރުބާރުގޭ ކުރިމަތިގައި ހުރި ދާނިޝް ގެ މިސްރާބުހުރީ ދާދި […]
ގަރުދިޔަ ކެކޭ ވަސް ދުވަން ފެށުމާއެކު ޝީން އަށް އޯކާދެމޭގޮތް ވާން ފެށިއެވެ. އުދުން ކައިރީ ހުއްޓިލައިގެންހުރި ނަފީސާ ޝިން އަށް ބަލައިލީ ވާނުވާނޭގިއެވެ. ގަރުދިޔައަކީ އަބަދުވެސް ޝީން އަށް ވަރައް މީރު އެއްޗެކެވެ. ނަމަވެސް މިއަދު އެހެން ވާންވީ ސަބަބެއްނޭގުނެވެ. އަނގަ މަތީ އަތް އަޅަމުން ޝީން ދުއްވައި ގަތީ ކޮޓަރިއާއި ދިމާލަށެވެ. ޝީން ދިއުމުން ނަފީސާ އިރުކޮޅަކު ބަލަހައްޓައިގެން ހުރުމައްފަހު ހިގައިގަތެވެ. ނަފީސާއައިސް އެކޮޓަރިއަށް ވަތްއިރުވެސް ޝިން ފާހާނާ ތެރޭ ހޮޑުލާއަޑު އިވެއެވެ. ކިހިނެއްވީ […]
ފެނުނު މަންޒަރުން ދެލޯބޮޑުކޮށްލަމުން ޔާނިކްއަށް އިންތަނުން ތެދުވެވުނުގޮތްވެސް ނޭނގުނެވެ. ހުއްޓުން އަރައިފައި އެއަންހެންކުއްޖާގެ މޫނަށް ބަލަމުންދިޔަގޮތުން އެންމެންގެ ނަޒަރުތައް ހައިރާންކަމާއެކު ޔާނިކްއާ ދިމާއަށް ހުއްޓިފައިވިއެވެ. އެކުއްޖާވެސް ކަންބޮޑުވެފައި ޔާނިކްގެ މޫނަށް ބަލަމުން ދިޔައީ ހަދާނެގޮތެއް ނުވިސްނިފައިއިން މީހަކުހެންނެވެ. “ނޫރާ.” ޔާނިކްއަަށް ބޭއިޚުތިޔާރުގައި އެނަން ކިޔައިލެވުނެވެ. “ސަރ.” ނޫރާއަށްވެސްވީ އެވަރެވެ. ސަރގެ ނަމުން ގޮވައިލުން ފިޔަވައި ބުނާނެ އެއްޗެއް އެސިކުނޑިއަކަށް ނައެވެ. ދެމީހުންގެ މޫނަށް ބަލައިލަމުން ލުތުފީ ޔާނިކްގެ އަތުގައި ހިފައި އޭނާ ކުރިންއިންތަނުގައި ބެއިނދިއެވެ. އިތުރަށް އެއްވެސް […]
“އެއީ އަސްލު އެއްޗެއް، އަފާފް.” ނެތް ހިތްވަރެއް ހޯދައިގެން ޝަރަފް ސާބިތު އަޑަކުން ބުނެލިއެވެ. އެއާއެކު މުޅި ތަނަށް ވެރިވެގެން ދިޔައީ މަރު ހިމޭންކަމެކެވެ. އެމީހުން އުއްމީދު ކޮށްގެން ތިބިފަދަ ބަސްތަކެއް ނޫންފަދަ ބަސްތަކެއް އިވިގެން ދިޔުމުން ޝާދިޔާއާއި ހުސެއިނަށް ވެސް ބުނާނެ އެއްޗެއް ނޭނގުނުއިރު، އަފާފަށް ހުރެވުނީ ގަނޑުވެފައެވެ. އޭނަގެ ހިތަށް އެތައް ސުވާލަކާއި އެތައް ޖަޒުބާތެއް އެއްފަހަރާ ވެރިވާން ފެށުމުން އޭނައަށް ބުނާނެ ބަހެއް ކުރާނެ ޙަރަކާތެއް ނޭނގުނެވެ. އަފާފްގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ހުރި […]