ހިތްފަޅައިގެންދާ ޖަޒުބާތުތަކާއެކު ރޮމުން ދިޔަ ޝާޢާގެ ކުރިމައްޗަށް ހާތިބު ހުއްޓުނެވެ. ޝާޢާގެ ގިސްލުމާއި ލޮލުން ފައިބަމުންދާ ކަރުނަތަކުން އޭނަގެ އުފާވެރިކަން ދެގުނައަށް އިތުރުވި ކަހަލައެވެ. އޭނަގެ ތުންފަތަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއިރު ކުރެވުނު ކަންތަކާ މެދު އެހިތުގައި ކުޑަމީސް ޖަޒުބާތެއް ނުވާ ކަހަލައެވެ. އެއްވެސް ކުށެއް ނެތް އިންސާނެއްގެ ފުރާނަ ދުއްވާލެވުމުން އެކަމާ މެދު ދެރަ ވެސް ނުވެއެވެ. އެއާ ޚިލާފަށް ޝާޢާއަށް ލިބިފައިވާ ފުން ހިތާމަތަކުން އޭނަގެ ހިތަށް ފިނިކަން ލިބިފައި ވިއެވެ. އޭނަ ޝާޢާގެ […]
ވަގުތު އައިސް ޖެހިއްޖެކަން އެޒުވާނާއަށް ވަގުތުން ނަގައިގަނެވުނެވެ. ހަށިފުރާ ނޭވާއެއް ލުމަށްފަހު ގެނައި އަވަސް ހަރަކާތާއެކު އެޒުވާނާ އޭނަގެ ފުރިހަމަ އިސްކޮޅުގެ މައްޗަށް ތެދުވެލިއެވެ. އަދި ހަށިގަނޑުގައި ހަރުލާފައި ހުރި ވެލިތައް އަވަސްއަވަހަށް ފޮޅާލިއެވެ. އޭރު ލުއި ފިޔަވަޅުތަކެއްގައި އައި މެދު އުމުރުގެ އަންހެންމިހާ އެޒުވާނާއި އަރާހަމަކުރަނީ އެވެ. ”ދަރިފުޅު ވާނީ މިތާނގައިކަން އެނގޭތީވެ މަންމަ މިއައީ… ވަގުތު އައިސް ޖެހިއްޖެކަން އެބައިނގޭ ދޯ؟…” ބަރްކާ އޭނަގެ ފިރިހެންދަރިފުޅުގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އޭނަގެ ދެލޮލުން ފެންނަމުން […]
ނިދިން ހޭލެވުނު ޝާޢާގެ ނޭވާ އުފުރިގެންދާން ވަނީ ކައިރިވެފައެވެ. މުޅި މީހާ ދަލުން ފެންވެރިފައިވާއިރު އެމޫނުގެ ކުލަވަރު ވެސް ވަނީ ފަނޑުވެފައެވެ. މީހާ ހަމައަކަށް އަޅުވަން އުޅޭ ހާލު ޝާޢާ އެނދުން ތެދެވުނެވެ. އަދި ކޮޓަރީގެ ބޮކިތައް ދިއްލާލަމުން ގޮސް ހުއްޓުނީ ރީތިވާ މޭޒު ކުރިމައްޗަށެވެ. ކަރުގައި އަނިޔާގެ އެއްވެސް ނިޝާނެއް ނުވެއެވެ. އެހެނަސް އަރުތެރޭގައި ރިހުމެއް އުފެދިފައިވާހެން ޝާޢާއަށް އިހުސާސްކުރެވުނެވެ. އިރުކޮޅެއް ވަންދެން މޫނު ބަލާ ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް ބަލަން ޝާޢާ ހުއްޓެވެ. […]
ގްރޭޑް 12 ގައި ކިޔެވުން ފެށުނުދުވަހެވެ. ހުރިހާ ކުދިންވެސް އެކުދިންގެ ރަހުމަތްތެރިންނާ އަލުން ބައްދަލުވުުމުން އެކަމުގެ އުފާ ފާޅުކޮށް މަޖާނަގަމުން ދެއެވެ. އެލައިނާ ވެސް ހުރީ އަދި ކްލާސް ނުފެށޭތީ ޔަލްވީއާ އެކީ އެކި އެކިވާހަކަ ދައްކާލާށެވެ. “އެލީ ލުކް ހޫ އިޒް ކަމިން” ޔަލް އެހެން ބުނުމުން އެލީ ކްލާސް ރޫމްގެ ދޮރާ ދިމާލަށް ބަލާލިއެވެ. ކްލާހަށް ވަދެގެން އަންނަ ޖަޒްލާން ފެނުމުން އެލީގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ޖަޒްލާން އަކީ ސްކޫލްގަ ވެސް ހުރިހާ އަންހެން […]
އެދަރިފުޅު ފެނުމުން ތުންފަތްމައްޗައް ހިނިތުންވުމެއް ވެރިވިއެވެ. އަދި އަލޫކް އެގަޑި ބުނެލި ބަސްތައް ކަންފަތުގައި ގުގުމަންފެށިއެވެ. ޝިންއާއި އަލޫކްއާއި މެދު އެކަހަލަ ގުޅުމެއްނެތުމުން ހިތާހިތުން އެކަމާއުފާ ކުރެވުނެވެ އެހަށިގަނޑު ގައި އަޔާޒް ނޫން މީހެއް ބީހިލާފައި ނުވާކަން އެގުމުން އިތުރައް އެކަމާއުފާވިއެވެ މަޑުމަޑުން ޝީންގެ ކޮނޑުގައި އައްބާއްވާލަމުން ޝީންއަށް އަޔާޒްގޮވާލިއެވެ. އަޔާޒްގެ އަނޑު ކަންފަތުގައި ޖެހުމުން ޝީންއަށް ގަބޫލުކުރަން ދަތިވެފައި ބަލާލިއެވެ އެހިތައް ކޮއްފައިވާ ފުން އަސަރުން އަޔާޒް ފެނުމާއެކު އެ ހަށިގަނޑުގައި ބައްދާލަމުން ގިސްލާން ފެށިއެވެ. […]
ޖެހިލި ރޯޅިއާއެކު ހަށިގަނޑަށް އިހުސާސްކުރެވުނު އާދަޔާ ޚިލާފު ފިނިކަމުގެ އަސަރާއެކު ސިހިފައި ޝާޢާއަށް ލޯހުޅުވާލެވުނެވެ. އެއާއެކު އޭނަގެ ނިދިފިލައި ދިޔައީ ހިއްސުތަކުގައި އަޅުވާލި އިންޒާރުގެ ރަނގަބީލުންނެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ހިތަށް ހާސްކަމާއި ބިރުވެރިކަން ވެރިވެގެން ދިޔައީ އޭނައާއި ބައްދަލުކުރި މާހައުލުގެ ސަބަބުންނެވެ. ދެލޯބޮޑުކޮށްލަމުން ފަރާތްފަރާތަށް އޭނަ ނަޒަރު ހިންގާލިއެވެ. އޮވެވުނީ ބިންމަތީގައިކަން ވެސް އޭނައަށް ރޭކާލާން ވަގުތު ނެގި އެވެ. އަވަސްވެފައިވި ހިތާއި ކުރުވަމުން ދިޔަ ނޭވާތައް ހަމައަކަށް އަޅުވަން މަސައްކަތްކުރާ ހާލު ފެތުރިފައި އޮތް އަނދިރިކަމަށް […]
ބާރުދުވެލީގައި އައި ޕޮލިސްޖިޕް މަޑުކޮށްލީ ގާސިމް އެހާލުގައި އޮއްވައެވެ. ” އޭނާ ނަގާ.. މިތާންގައި މަސްތުވާތަކެތީގެ މުއާމަލާތެއް ހިނގާކަމުގެ ރިޕޯޓްލިބިގެން މިއައީ.. ” ޕޮލިހުން ފައިބާ ދެފުލުހަކު އައިސް ގާސިމް ނަގަމުން ބުނެލި ވާހަކައަކުން ގާސިމްގެ ދެލޯބޮޑުކޮށްލެވުނެވެ. އެވަގުތު ދުރުގައި ހެވިފައިހުރި އާޔާ ފެނުމާއެކު ގާސިމްއަށް ތެޅިގަނެވުނީ ބޭއިހްތިޔާރުގައެވެ. ” އޭނާ ބާރަށް ހިފާއްޓާ އެއުޅެނީ ފިލަން.. ރަނގަޅަށްޗެކް ކޮށްފަނޫނީ ދޫކޮށްލައިގެން ނުވާނެ..” އިސްކޮށް ހުރި ފުލުސްމީހާ އެހެންބުނުމާއެކު އެދެމީހުން ގާސިމް ބަލާފާސްކުރަން ފެށިއެވެ. ފުޅާ ހިނިތުންވުމަކާއެކު […]
ދެވަނަ ބައި ސުކޫލު ގެ ބެލްޖެހުމާއި އެކު ޔާނާ ވެސް އަވަސްވެ ގަތީ ކުލާހަށް ދިއުމަށެވެ. މިހާރު ޖީސީއަށް 15 ދުވަހަށްވީއެވެ. ކިޔެވުމުގައި އަވަދިނެތި ނާޒިމާ އުޅެމުން ގެންދެއެވެ. ނަމަވެސް ޔާނާ އާދައިގެ މަތީން މިއަހަރު ވެސް އުންމީދު ކުރަނީ ކޮޕީ ކޮއްގެން މޮޅުވާނެކަމަށެވެ. ރޭގަނޑުގެ ހަމަހިމޭންކަން ވެރިވެގަތް ވަގުތެވެ.ބިރުވާނު އޭނާގެ ދަރިފުޅު ޖާހާ […]
“ﷲ އިރާދަކުރެއްވިއްޔާ އަހަރެންނަށް ކެތްވާނެ. ލައްކަދުވަސްވެއްޖެ އެމީހުންގެ އެއަމަލުތަކުން އަހަރެން ކަރުނައަޅާތާ. ދެން އިތުރަށް ﷲ އިރާދުފުޅުން އެމީހުންގެ ސަބަބުން އަހަރެންގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ނުވެއްޓޭނެ. އެމީހުން ހީކުރަނީ އަހަރެންމީ ވަރަށް ބަލިކަށި އިންސާނެއްކަމަށް. އެކަމަކު އެދުވަސް ފަހަނައަޅައި ގޮސްފި. ދެން އެމީހުންނަށް ފެންނާނީ މުޅިން މަލްހާއެއް. އާން. ﷲ އިރާދަފުޅުން ކޮންމެކަމެއްވިއަސް އަހަރެން ކެތްތެރިވާނަން. އަހަރެން ގައިގައި އެހައި ހިތްވަރުއެބަހުރި. އެމީހުނަށް އަހަރެންނަށް ދައުވަތުދޭން މިތަނަށް އަންނަން ކެރުނިއްޔާ އަހަރެންނަށް އެމީހުނަށް މަރުހަބާކިޔަން އެތަނަށްދާންވެސް […]