
ބޭނުންވަނީ ޔާރާ… 4
ބާރުދުވެލީގައި އައި ޕޮލިސްޖިޕް މަޑުކޮށްލީ ގާސިމް އެހާލުގައި އޮއްވައެވެ. ” އޭނާ ނަގާ.. މިތާންގައި މަސްތުވާތަކެތީގެ މުއާމަލާތެއް ހިނގާކަމުގެ ރިޕޯޓްލިބިގެން މިއައީ.. ” ޕޮލިހުން ފައިބާ ދެފުލުހަކު އައިސް ގާސިމް ނަގަމުން ބުނެލި ވާހަކައަކުން ގާސިމްގެ ދެލޯބޮޑުކޮށްލެވުނެވެ. އެވަގުތު ދުރުގައި ހެވިފައިހުރި އާޔާ ފެނުމާއެކު ގާސިމްއަށް ތެޅިގަނެވުނީ ބޭއިހްތިޔާރުގައެވެ. ” އޭނާ ބާރަށް ހިފާއްޓާ އެއުޅެނީ ފިލަން.. ރަނގަޅަށްޗެކް ކޮށްފަނޫނީ ދޫކޮށްލައިގެން ނުވާނެ..” އިސްކޮށް ހުރި ފުލުސްމީހާ އެހެންބުނުމާއެކު އެދެމީހުން ގާސިމް ބަލާފާސްކުރަން ފެށިއެވެ. ފުޅާ ހިނިތުންވުމަކާއެކު ދުރުގައި ހުރި އާޔާ ގާސިމްއާއި ދިމާއަށް މަޑުމަޑުން އަންނަން ފެށީ އެވަގުތުގައެވެ. ރޯމަހެއްތެޅޭހެން ގާސިމް ތެޅިގަނެފައި ފުލުހުން އަތުން ވީއްލިގަނެގެން ދުއްވައިގަތީ ކޮންމެހެން ފުލުހުންނަށް ފިލާކަށްނޫނެވެ. އޭރުވެސް ހެމުން ހެމުން އާޔާހުރެގެން އަންނަނީއެވެ. ނަމަވެސް ފުލުހުން ތުހުމަތުކުރީ އަމުރަށް ކިޔަމަންނުވާން ފިލީކަމުގައެވެ. ވުމާއެކު ގާސިމް ހައްޔަރުކޮށްގެން ސްޓޭޝަނަށް ގެންދެވުނެވެ.
“ކީއްވެތަ ފުލުހުންގެ މަސައްކަތަށް އެއްބާރުލުން ނުދީ ފިލަން މަސައްކަތްކުރީ.. އިނގޭތަ ތިކުރެވުނީ ކިހާވަރެއްގެ ޤާނޫނީ ކުށެއްކަން.. އޭން.. ” މުޅި ސްޓޭޝަނުގައި ގުގުމާލީ އެވަގުތު ސްޓޭޝަނާއި ހަވާލުވެހުރި މުހުތާޒްގެ އަޑެވެ. ނަމަވެސް ގާސިމް ބިރުން ސިހިސިހި އިނީ މުހުތާޒްގެ އަޑުބާރުވެގެންނެއް ނޫނެވެ. އާޔާގެ ސޫރަ ހިތަށް ސިފަވާވަރުންނެވެ. މިހާރު މިވަގުތުވެސް ކައިރީގައި ނެތްކަމެއް ގާސިމްއަކަަށް ނޭންގެވިއްޔާއެވެ.
ބައްޕަ ހައްޔަރުކުރި ހަބަރާއެކު ޖައިލަމް ތެޅެމުންފޮޅެމުން ގެއިން ނިކުތީ ސްޓޭޝަނަށް ދާށެވެ. ނަަަވެސް އާޔާމެންގެ ފެންނަހިސާބަށް ދެވުމާއެކު އެންމެފަހަރަކު ނަމަވެސް އާޔާ ދެކެލާފައި ނޫނީ ނުދާން އެގެއާ ދިމާއަށް މިސްރާބުޖެހީ ކުރިމަތިވަމުން އަންނަ ތޫފާނުގެ އެއްވެސް ހިލަމެއްނުވާހާލުގައެވެ. ހަލުވިހިނގުމެއްގައި ގޮސް އާޔާމެންގެ ގޭދޮރުން ވަދެވަދެހުއްޓައި ޖައިލަމްގެ ކޮނޑުގައި މީހަކު އަތްއަޅާލުމުން ސިހިފައި ބަލާލިއިރު ހެވިފައި އޭނާގެ ކުޑައިރުގެ ގާތް އަވައްޓެރިއެކެވެ. ” ޖައި.. މިތާންގަ ކޮންކަމެއް.. އަނެއްކާ މިފަހަރު ކިޔަވައިގެން އައިފަހުން ފަޅުގެތަށްވެސް ޓެސްޓްކުރަންފެށީތަ.. ” އަވައްޓެރިޔާގެ ދުލުން ފަޅުގެއޭބުނުމާއެކު ޖައިލަމް ހައިރާންވެ ” ފަޅުގެއެކޭ.. ” ބުނެވުނީ ގަބޫލުކުރަން ދަތިވުމުންނެވެ. މިވީކިހިނެއް ހެއްޔެވެ. ރަނގަޅަށް މޮޅަށް ކިޔަވައިގެން އައިސް އާޔާ ހާސިލްކުރަން ނިންމައިގެން ހުރި ޖައިލަމް އަށް އޭނާގެ ހިތުގެރާނީ ވީނުވީއެއް ނޭންގި ގެއްލުނީހެއްޔެވެ. ނޫނެކެވެ. ޔަގީނުންވެސް އާޔާ ގެ ކޮއްކޮ ހުރިޔާ އެމީހުން އުޅޭތަނެއްވެސް ހޯދޭނެއެވެ.
“އޭ.. މޭން.. ކިހިނެއް.. ކޮބާތަ މިގޭމީހުން މިހާރު އެމީހުންވެސް މާލެ ބަދަލްވީދޯ.. ” ނޫންކަމަށް ހަދާފައި ޖައިލަމް ދުވަސްވީ އަވައްޓެރިޔާގެ ކޮނޑުގައި ޖަހާލަމުން ވާހަކަދެއްކީ އެތަކެއް ސުވާލްތަކެއް ހިތުގައި އުފެދުމުންނެވެ. “އަހަރެން ރަނގަޅޭ.. ޖައިވެސް ދެން މާލެ އެއްނު ދާނީ.. އަޑުއެހިން ހުޅުވަން އުޅޭ ކެއަރޓޮޕް ހޮސްޕިޓަލުން ވަޒީފާ ހަމަޖެހުންވާހަކަ.. ހާދަ ނަސީބުގަދައޭ.. ” ” އަލްހަމްދުﷲ. އެތަނުގެ ލެބޯޓަރީން ވަޒީފަ ހަމަޖެހިފަ އޮތީ.. އަންނަމަހު ފަހެއްގަ ހުޅުވާނެ.. އެކަމަކު ބްރޯ.. މިގޭމީހުން އެއްކޮށްތަ ބަދަލްވީ.. ގައިމު އަހަރެންގެ ރަހްމަތްތެރިޔާ ނުބުނޭ އެހެން.. ” ޖައިލަމް އަވައްޓެރިޔާގެ ސުވާލަށް ޖަވާބުދިނުމާއެކު ހިތުގައިވާ ސުވާލު ކޮށްލިއެވެ. ” އާން ނޭންގެތަ… ” އެހެން ބުނުމާއެކު އަވައްޓެރިޔާ ކިޔާދިން ވާހަކަތަކުން ޖައިލަމްގެ ހިތް ހުޓުމަކަށް ނައީ ކިރިޔާއެވެ. ދެލޮލުން ކަރުނަހިލުނު އިރު ނޭންގޭ ބިރުވެރިކަމެއް ހިތުގައި އުފެދިގެން ދިޔައީ ކީއްވެކަމެއް ހުދު އޭނާއަށް ވެސް ނޭންގުނެވެ. “އާޔާ.. އަހަރެންގެ ހިތެއްނުބުނޭ .. ނޫން.. އާޔާ ޕްލީޒް ފިލާނުހުރެ އާދެބަލަ.. ” ޖައިލަމްގެ ޒަމީރު އަޑުލައިގަތެވެ. ނަމަވެސް ގެއްލުނުތާ ފަސްއަހަރަށް ދާއިރު އެމީހަކު ފެނިދާނެކަމަށް ވެސް ޝައްކެވެ.
ދުރުގައި މިމަންޒަރު ބަލަން އިން އާޔާ އަށް ސުވާލު އުފެދުނީ އެންމެކަމަކާއެވެ. އޭނާ ގެއްލުމުން ޖައިލަމް މިހާ ދެރަވާންވީ ކީއްވެ ހެއްޔެވެ. ގާސިމަކީ އާޔާގެ ހަތުރަކަށް ވާއިރު ދަރިންވެސް އެހާ ނަފްރަތުކުރާނެކަމަށް އާޔާއަށް ގަބޫލުކުރެވުނީ ސަބަބަކާއި ލައިގެން ނަމަވެސް މިއަދު މިފެނުނީ ދިމާއިދިކޮޅު މަންޒަރެކެވެ. މަޑުމަޑުގޮސް އާޔާގެއްލުނީ އެސުވާލުހިތުގައި ބާއްވައިގެން ނަމަވެސް އޭގެ ޖަވާބު ހޯދާފައި ނޫނީ އޭނާ ހުއްޓައެއްނުލާނެއެވެ.
ލަޔަކް އެތާންގައި އިނދެ ފޫހިވެގެން ޖައިލަމް ނައިކަމަށް ތެދުވީ ފަހަތުގައި މީހަކުހުރިކަމަކަށް ނޫނެެވެ. ނަމަވެސް އެނބުރިލި ވަގުތު ފެނުން ސޫރައިން ދެލޯ ބޮޑުކޮށްލެއެވުމާއެކު ހިނދިރުވައިލެވުނީ އެހާގާތުން އާޔާގެ އެރީތި ސޫރަ ފެނުމުނެނެވެ. ހިތުގެ ވިންދުއަވަސްވެގެން ދިޔައިރު ނޭންގިނަމަވެސް ހިނިތުން ވެވުނީ އެސޫރަ ދެކެލާހިތުން ހިތްއެދިއެދި ހުރީތީއެވެ. “އާޔާ.. ” މަޑުމަޑުނއ ނަމަވެސް ދެތުންފަތް ފޫއަޅުވާލާފައި އެބަސް ލަޔަކްގެ އަނގައިން ނިކުތީ ލިބިފައިވާ ސިހުމާއެކުގައެވެ.
” ލަޔަކް ކިހިނެއްތަ.. ” ހިތުންވުމަކާއެކު އާޔާ އެހެންބުނުމުން ލަޔަކްގެ ހިތުގައި ސުވާލުއުފެދުނީ އާޔާއަށް ނަންއެނގުނުގޮތަކާ މެދުގައެވެ. ” ކިހިތްވީ ހާދަ ފާޑަކަށް ތިބަލަނީ.. އަހަންނަށް ލަޔަކްގެ ނަންއެނގުނީ ކުރިން މިރަށަށް އައިސްހުރި އިރުގަ.. ” އެހެން ބުނުމާއެކު އާޔާ އިސްޖަހާލީ އެމޫނު ރަތްވެގެން ދިއުމުންނެވެ. ލަޔަކް އަށް އެހިނދުވެސް އާޔާ އޭނައާއި ގަޔާވާކަން ޔަގީން ވިއެވެ. ނަމަވެސް އިތުރަށް ޔަގީން ކޮށްލަން ” ހަމަ އެހާކަމުދާތީތަ ނަން ހޯދީ ” އަހާލިއެވެ. ލަދުގަހެއްހެން މޯޅިވެލަމުން “ދެން ލަޔަކް ވެސް..” އޭ ބުނެ އާޔާ ރަކިގޮތަކަށް ހީލިއެވެ.
” އާޔާ.. އަ.. އަ.. އަހަ. އަހަރެން.. ” “އިނގޭ.. ލަޔަކް.. އަހަރެންވެސް.. ” ލަޔަކް ބުނަން އުޅުނުބަހަށް ހީނުކުރާކާ އަވަހަށް އާބަސްދީފައި އާޔާ ދުވެލާފައި ދިޔައީ ލަޔަކްގެ ހިތަށް ފިނިކަމެއް ގެނެސްދީފައެވެ. ވީ އުފަލާއެކު ލަޔަކް ގިޓާ ކޮނޑަށްލައިގެން ގެއާދިމާއަށް މިސްރާބުޖެހީ އާޔާއަށް ގެނައި ހަދިޔާ ދޭނޭގިތް ހިތުގައި ރާވާލަމުންނެވެ.
ހާސްވެ ކަންބޮޑުވެފައިވާ ޖައިލަމް ސްޓޭޝަނަށްގޮސް އެތަށް މަސައްކަތެއް ކޮށްގެން އޭނާގެ ބައްޕަ ގޮވައިގެން ގެއަށް އައިއިރު ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. “އާޔާ ހަމަ ގެއްލުނީބާ.. ނޫނީ.. ނޫން.. ނޫން.. އަނެއްކާ ލަޔަކް މިކިޔަނީ ކޮން އާޔާއެއްގެ ވާހަކަބާ.. އަހަރެންގެ އާޔާ .. ނޫން ލަޔަކް ކަހަލަ މާލޭ ކުއްޖަކު ރަށްފުށު ކުއްޖަކުދެކެ ލޯބިނުވާނެ.. އެކަމަކު އެފަހަރުވެެސް ލަޔަކް ހާދަވަރަކަށް ބެލިޔޭ އާޔާ އާ ދިމާއަށް… އޯހް.. ކޮންމެހެންވެސް ޖެހޭނެ ލަޔަކް ކުރެން މިވާހަކަ އަހަން.. ” އަމިއްލަ ނަފްސާއި ވާހަކަދައްކަމުން އައި ޖައިލަމް އައީ އިސްޖަހައިގެން ކަމުން ގާސިމްއަށް އެމޫނަށް އަރާފައިބަމުންދާ ކުލަވަރެއް ނުފެނެއެވެ. އޭގެބަދަލުގައި ގާސިމްއައީ މަގުގެ ދެކޮޅުބަލަމުން ސިހި ސިހި ހުރެއެވެ.
**********
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބޯޓުޖެއްސުމާއެކު މަލާކް އާއި އަރޫން މީހުންގަނޑުގެ ތެރޭން ފުރޭނިގެން އަވަހަށް ފައިބައިގެން ނިކުތީ މިއަދަކީ އަރޫންގެ މަންމައާއި ބައްދަލްކުރަން މާފުއްޓަށް ދާންއޮތް ދުވަހަށްވުމުން އެކަމަށް ތައްޔާރުވާށެވެ. ހެނދުނުގެ ވަގުތުނަމަވެސް ތާމިނަލްތެރޭގައި ހަލަބޮލިކަން އިތުރުވެފައިވާ ކަހަލައެވެ.
********
“އަޅޭ.. ނަވާ ބަލާލަބަ އަހަރެންގެ ޑްރެސް ކިހިނެއް.. ” ޖުމާ އޭނަ ފެއްސިހެދުން ލައިގެން ނިކުމެ ނަވާރު އާއި ސުވާލްކޮށްލީ ޖުމްނާވެސް އެވަގުތު ޗޭންޖިންގ ރޫމްގައި އުޅޭތީ އެވެ. އެވަގުތު ޖުމްނާ ނިކުމެ ” ވާވް.. ގޯޖަސް..” އޭ ކިޔާ ޖުމާގައިގަ ބައްދާލީ އެހެދުން ހަގީގަތުގައިވެސް ޖުމާއާއި ވަރަށް ގުޅޭކަމަށް ބުނަމުންނެވެ.
“ހޭ ގައިސް ބައްޕަ މެސެޖްކޮށްފި.. ފަހެއްގެ ބަދަލުގަ މިހާރު އެކެއްގަޔޯ ހުޅުވަނީ.. އެހެންވީމަ ނަސީބެއްނު ހެދުން ކަންތަށް ނިންމާލެވުންކަން. ” ފޯނަށް ބަލަން އިން ނަވާރު އެހެން ބުނުމާއެކު ޖުމްނާ އާއި ޖުމާ އެކަމަށް އެއްބަސްވެ ބޯޖަހާލިއެވެ. ” އެހެންވީމަ އެންމެނަށްވެސް މެސެޖްދާނެތާ.. ” ނަވާރު އެހެންބުނުމާއެކު ޖުމްނާ މެސްޖައައިކަމަށް ބުނެލިއިރު ޖުމާވެސް ފޯނުނަގާ ބަލީލިއެވެ.
********
ކުއްލިއަކަށް ފޯން ވައިބްރޭޓްވެލުމާއެކު ޖައިލަމް ފޯނުނެގީ އަނެއްކާވެސް އުރީދޫއިން އައި މެސެޖެއްކަމަށްހީކޮށް ނުރުހުންވެ ހުރެނަމަވެސް މެސެޖް ހުޅުވާލުމާއެކު އެއީ ވަޒީފާ އާއި ގުޅުންހުރި މެސެޖަކަށްވުމުން ހަމަޖެހިލައިގެން ކިޔާލިއެވެ. “ރަށަށް އައިފަހުން ތިނޫންކަމެއް އެބައޮތްތަ.. ” ޖައިލަމްގެ ފަހަތުން އައި ލަޔަކް އެހެން ބުނުމާއެކު ޖައިލަމް ބަލާލީ ހިނިތުން ވުމާއެކުގައެވެ. ވުމާއެކު ލަޔަކްގެ މޫނުމަތީގައިވާ އުފާވެރިކަން ޖައިލަަމްއަށް މާބޮޑަށް ނަގައިނުގަނެވުނެވެ. ” ބްރޯއަށް އިނގޭތަ.. އެބައޮތް ވަރަށް ހެޕީ އަދި ސޭޑް ނިއުސްއެއް ” ހަމަޖެހިލާފައި ލަޔަކް ގޮވައިގެން ކޮޓަރިއާއި ދިމާއަށް ދަމުން ޖައިލަމް ބުނެލިއެވެ. ” އޯވް.. އަނެއްކާ ތި މެސެޖްކުރާ މަންޖެ ސެޓްވީތަ.. ” ލާނެތްގޮތަކަށް ހެމުން ލަޔަކް ބުނެލުމާއެކު ” މިނުވާނެ އިސްލާހެއް.. ” ކިޔާ ޖައިލަމް ލަޔަކް ގައިގަ ބޮނޑިއެއް އަޅާލިއެވެ.
” ހެޕީ ނިއުސްއަކީ.. އަހަރެންދެން ޖޮބްއަށް ނިކުންނަން ނެތް މާގިނަދުވަހެއް .. އަންނަ ހޮނިހިރުގަ އެބައޮތް އޯޕަނިންގް ސެރެމަނީ.. ދެން ސޭޑް ނިއުސް އަކީ މާދަމާ ނޫން އަނެއްދުވަހު ފުރަންވީ.. ” ލަޔަކް އުޅޭ ކޮޓަރިއަށް ވަނުމާއެކު ޖައިލަމް އެއްފަށްޗަކަށް އަމުނާލިއެވެ. “ވަޓް.. މިހާ އަވަހަށް.. ” ލަޔަކްއަށް ހީވީ މީހަކު އޭނާގެ ބޮލުގައި ޖެހިހެންނެވެ. އެހާ އިންތިޒާރުން ހޯދި ލޯބި ކުރިލާފެޅުމުގެކުރިން ދާންވީހެއްޔެވެ. އަދިމިއުޅެނީ ރަނގަޅަށް ވާހަކަވެސް ދައްކާނުލެވިގެން ވިއްޔާއެވެ. ކޮންމެ ގޮތެއްވިޔަސް ޖައިލަމް އާއި ނުލައި ރަށުގައި އަދި އަމުދުން ގާސިމްއާއި އެއްހިޔާވެއްސެއްގައި ހުންނަން ލަޔަކް ބޭނުން ނުވުމާއެކު އިސްޖަހާލެވުނެވެ. “ކިހިނެއްވީ ބްރޯ…. އަނެއްކާ މިރަށުން ކަމެއްކުރަނީތަ.. ” ލަޔަކް އަށްވީގޮތް ފެނުމާއެކު ޖައިލަމް އަހާލިއެވެ. ނަމަވެސް އެވަގުތު ގާސިމް ގޮވާލިއަޑުއިވިގެން ޖަވާބުނުލިބެނީސް އޭނާޖެހުނީދާށެވެ.
********
ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ލަޔަކް ގޯސްވެފައިވާ މޫޑްއާއިއެކު ކޮޓަރިއަށްދިޔައީއެވެ. ޖައިލަމްވެސް ގާސިމްއާއި ނައީމާކައިރީ ވާހަކަ ދައްކާލަން އިނދެފައި ކޮޓަރިއަށްދިޔައީ ޖައްސާލާށެވެ. ނައީމާވެސް މިހާރު ތެދުވެ އުޅެެލެވޭވަރުވުމާއެކު އިތުރަށް ވިސްނާން ނުޖެހޭނެތީ އެވެ.
ކޮޓަރިއަށްވަދެ އެއްޗެހި ބަދަލްކޮށްލައިގެން އާޔާއަށް ގެނައި ހަދިޔާ ހިފައިގެން އިން ލަޔަކް ސިހުނީ ކުޑަދޮރުގެ ކައިރިން ހިޔަންޏެއް ވެލުމުންނެވެ. އަދި ހަމަ އެވަގުތު ކޮޓަރީގައި ޓަކިދިނުމުން ދެފިކުރެއްގައިހުރެފައި ލަޔަކް ދިޔައީ ދޮރުހުޅުވުމަށެވެ. ނަމަވެސް ދަމުންވެސް ކޮޑަދޮރާއި ދިމާއަށް ބަލާލިއެވެ.
“އާޔާ.. ” ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރި ސޫރަފެނުމާއެކު ލަޔަކްއަށް ގޮވާލެވުނެވެ. ހަމަ އެވަގުތު ޖައިލަމްގެ ކޮޓަރީގެ ދޮރުހުޅުވުންތަން ފެނުމާއެކު ލަޔަކް އާޔާގެ އަތުގައި ހިފާ ކޮޓަރިއަށް ދަމައިގަތުމާއެކު އަވަހަށް ދޮރުލައްޕާލީ ހާސްވެފައެވެ. އަނެއްކާ ކަންބޮޑުވެފައި އިން އާޔާފެނުމުން ހަމަޖެހިލުމަށް އަތުން އިޝާރާތް ކޮށްލުމާއެކު “ޖައިލަމް” އޭ ބުނެލީ ސިއްރުންނެވެ.
މަޑުހިނގުމެއްގައި ނިކުތް ޖައިލަމްގެ މިސްރާބުހުރީ ލަޔަކްގެ ކޮޓަރިއާއި ދިމާއަށެވެ. “އާޔާ އަހަރެން ހީވެސްނުކުރަން.. އަހަރެންގެ ހުވަފެން މިހާއަވަހަށް ހަގީގަތަކަށް ވެދާނެކަމަށް .. ވަރަށް އުފާވެއްޖެ.. ” ލަޔަކްގެ އަޑުއައީ ކޮޓަރިން ނަމަވެސް ޖައިލަމްގެ ހިތަށް ނުބައިގޮތެއް ވެގެންދިޔައީ އާޔާގެ ނަންއައުމުންނެވެ. ލަސްނުކޮށްގޮސް އަވަހަށް ދޮރުގައި ޓަކިދިނުމާއެކު އިރުކޮޅެއްގެ ފަހުން ލަޔަކް ދޮރުހުޅުވާލިއިރު އިނީ ފޯނުކަންފަތުގައި ޖަހައިގެންނެވެ. މަންމަ ފޯނުނުނެގުމުން ކަނޑާލާފައި ފޯނު ޖީބަށްލަމުން ކިހިނެއްވީތީ ލަގަކް އަހާލީ ހާސްކަންމަތީ ނަމަވެސް އަޑަކުން އެކަން ފާހަގަވާވަރެއްނޫނެވެ. ޖަވާބުދިނުމުގެ ބަދަލުގައި ޖައިލަމްވަނީ ކޮޓަރީގެތެރެއަށެވެ.
ނުނިމޭ..
ނޯޓް: ވާހަކައިގެ ދެންއޮތްބައި އާދީއްތަ ދުވަހުގެރޭ ގެނެސްދޭނަން.. އިންޝާﷲ.. މިބައި ކުރުވެދާނެ.. ސޮރީ ފޯ ދެޓް.. އެކަމަކު ދެންއޮތްބައި ދިގުކޮށްލަދޭނަން.. އިންޝާﷲ.. އެންޑް މިސްޓޭކްސް ހުރެދާނެ.. ފާހަގަކޮށްލަ ދެއްޗޭ.. ވަރަށް ލޯބިވޭ ހުރިހާ ކުދިންދެކެ..
6 Comments!
Comments are closed.
Salaam.. kihineh hurihaakiuntherinn… mipart kurukoh namavess mi upkohlee .. ginadhuvassveema.. and sry for that.. unmeedhukuran kamudhaanekamah..
Varah reethi..
Vfurihama. V reethi. V obi ??
Hey Layaa ???… Mi part vx v v v reethi ❤️❤️❤️… Kurakas story up kola dhinyma v ufaavehje ???… Some typing mistakes eba huri… Keep up the good work… Curiously waiting for the next part ???… Lots of love ❤️❤️❤️????????????
Hello sis. Story hama varah varah varah salhi ingey. Mi aayaage hageegai thah ingen kei madhuvefa mi huree. ??? avahah up kohlaa next part. ?????
Curiously waiting for next part. ???