“ހިނގާ ދާން އެތެރެއަށް…….މާޔާ ދިޔައީ ކަން ނެއިން ގެ ދޯ” ވަރުބަލިވެފައި ހުރިލަތް ބޮޑު ކަމުން ވިޝާލް ކަންނެތް ހިނގުމެއް ގައި މިސްރާބު ޖެހީ ސިޑި އާއި ދިމާއަށެވެ. ކުއްލިއަކަށް ކައިލާންގެ ފޯން ރިންގުވާން ފެށިއެވެ. ކައިލާން ފޯން ނަގައި ބަލާލިއިރު ގުޅަނީ އޮފީހުންނެވެ. އެހެން ކަމުން ވިޝާލް ގާތު ފަހުން އަންނާނެ ކަމަށް ބުނެ އޮފީހަށް ދިޔައެވެ. ދޮރުން ވަން ވިޝާލްގެ ފިޔަވަޅުތަށް ހުއްޓުނީ ކުރިމަތީ ގައި ހުރި އަންހެނާ ފެނިފައެވެ. އެ އަންހެން މީހާގެ ކަޅުކަން […]
ރަށުތެރެ ފުރިފައި ވަނީ އެކިއެކި ނުބައި އަމަލްތަކުންނެވެ.ޔޫސުއްބެ ވެސް މިއަދު އެއުޅެނީ ސުކޫލުގެ އިމްތިހާނަށް ތައްޔާރު ވަމުންދާ ދަރިވަރަކަށް ފަންޑިތަ ހެދުމުގައި އަވަދި ނެތިއެވެ.މިކަމުން ގިނަ އާމްދަނީ ޔޫސުއްބެ އަށް ލިބެއެވެ.”ޔޫސުއްބޭ މަބުނާނެ ވާހަކައަކީ މިފަހަރު މަގޭ މަންޖެއަށް އެއްވަނަ ލިބޭގޮތް ހަދައިދީ.އެ ނާޒިމާ މިފަހަރު މޮޅުވިޔަ ދީގެން ނުވާނެ”ފާއިޒާ ކިޔަމުން ގެންދެއެވެ. ރޭގަނޑުގެ ހަމަހިމޭން ކަން ވެރިވެގަތް ވަގުތެވެ.މަގުމަތީން މީހެއްގެ ހިލަމެއްވެސް ނުވެއެވެ.ޔޫސުއްބެ ނާޒިމާމެންގެ ގެޭގެ ބިއްދަށުގައި ހުރި ފިތުރޯނު ގަހުގެ ބުޑުގައި ފަންޑިތަ ވަޅުލަމުން […]
ހުއްޓުންއަރާފައި ހުރި މަލާކަށް ސިހުންލިބުނީ އަލޫކް ކުކުރާލުމުންނެވެ. ތެޅިތެޅިއޮތް ހިތަކާއެކު އަލޫކްގެ ގާތަށްޖެހިލުމަށްފަހު އިޚްތިޔާރުން ބޭރުގައި މަލާކަށް އަލޫކްގެ ނިތްކުރީގައި އަތްޖައްސާލެވުނެވެ. ކުއްލިއަކަށް އަތްދަމައިގަނެވުނީ އަލޫކްގެ ނިތްކުރި ހޫނުކަމުންނެވެ. މުޅިމީހާއޮތީ ހުންއައިސް ތުރުތުރު އަޅާ ޙާލުގައެވެ. އަލޫކަށް އެހީވާން ކިތަންމެ ބޭނުން ނަމަވެސް އެފަދަ ވަގުތެއްގައި ދެމީހުން އެތަނުން ފެނުމުން ވެދާނެ ގޮތަކާއި އަބުރަށް ލިބިދާނެ ހުތުރަކަށްޓަކައި މަލާކް ހިތާދެކޮޅަށޤ މަޑުމަޑުން، ފަރުވާތެރިކަމާއެކު ސިޑިން އަރަން ފެށިއެވެ. ކުއްލިއަކަށް ބާރުގަދަ އަތަކުން މަލާކްގެ ގިޔުޅު އަތުކުރީގައި ހިފުމާއެކު […]
ކާމޭޒު ދޮށުގައި އިން ޔޫސުފް އިނީ މާކިން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. އޭރު މަލީހާ ތަށިތަކަށް ޖޫސް އެޅުމުގައި އުޅެއެވެ. މިންހާ މޭޒު ކައިރީ އިންނަމަވެސް ސަމާލުކަން ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. މާއިޝް އޭރު ސިޓިންގްރޫމްގައި ސުކޫލް ފިލާވަޅެއްނިންމުމުގައި އުޅެއެވެ. ކޮޓަރިން ނުކުތް މާކިން ފެނުމާއެކު މާއިޝް ކުރަން އިން މަސައްކަތް ހުއްޓާލަމުން ހިނގައިގަތީ ކާގެއަށެވެ. އެކުއެކީ ވަދެގެން އައި ދެފިރިހެން ދަރިން ފެނުމުން ޔޫސުފް ގެ ހިތަށް ހަމަޖެހުންލިބިގެންދިޔައެވެ. އެހާ ދުވަސް ފަހުން އާއިލާ […]
“ޢިއްދަ ހަމަވާއިރަށް އަފާފް އިންނާނެ މީހަކު ހަމަޖައްސާފަ ބަހައްޓާ ހުސެއިން. އެ ކައިވެނީގަ އަފާފަށް ދަރިއަކު ނުލިބި ހުރިކަން އެއީ އަހަރުމެންގެ ނަސީބު.” ޝާދިޔާ އެހެން ބުނެލުމާއެކުހެން އަފާފް އޯކަތް ދަމަން ފެށިއެވެ. އެއާއެކު ޝާދިޔާއާއި ހުސެއިންގެ ނަޒަރު އަފާފަށް ހުއްޓިގެން ދިޔައީ ކުއްލިއަކަށެވެ. އެ ހިނދު އަފާފަށް ވެސް އިނދެވުނީ ހުއްޓުން އަރާފައެވެ. އޭނައަށް އެ ވީ ގޮތާއި މަންމަ ބުނި އެއްޗަކާއި ގުޅުވާލެވުނު ހިނދު އޭނަގެ ހިތުތެރޭގައި އުފާވެރިކަމުގެ ރާޅުބާންޏެއް ނެގިއެވެ. އެ ހިނދުކޮޅުގައި […]
މިވާހަކަ އަޕްލޯޑް ވާލެއް ލަސްވަމުން ދާތީ ކިޔުންތެރިންގެ ކިބައިން ނިހާޔަތަށް އަޅުގަނޑު މާފަށް އެދެމެވެ. އިރާދަކުރެއްވިއްޔާ ބުރާސްފަތި ދުވަހު މިވާހަކައިގެ ދެވަނަ ބައި ގެނެސްދެވޭނެ ވާހަކަ އުފަލާއެކު އަޅުގަނޑު ދަންނަވަމެވެ. ވީމާ ހުރިހާ ކިޔުންތެރިންވެސް އިންތިޒާރު ކުރާނެކަމަށް ހީކުރަމެވެ.
އާދުވަހަކައް އަރައިގެން އައި އިރާއެކު އަޔާޒް މޯލިއަކައް ދެމިލަމުން ތެދުވިއެވެ. އޮފީހައް ދާ ގަޑިގާތްވެފަ ހުރުމުން ފެންވަރާލައިގެން ތައްޔާރުވެގެން ނިކުތްއިރު ޝީން ބަދިގޭގައި އުޅެއެވެ. އަޔާޒް ފެނުމާއެކު އަތުގައި ހުރި ކޮފީ ޖޯޑް މޭޒުމަތީ ބެހެއްޓުމައްފަހު ގޮނޑިދަމާލާފައި އިށީނުމައް ބުނެލިއެވެ .އަދިތަވާމަތީގައި އޮތް ބިސްގަނޑު ތައްޓަކައްލަމުން ގެނެސް އަޔާޒް ކުރިމަތީ ބެހެއްޓިއެވެ. ގަޑިއަށް ބަލައިލަމުން ގޮނޑިން ތެދުވެ ދެފަރާތް ބަލާލުމައްފަހު ޝީންގެ ގައިގާ ބައްދާލުމައްފަހު ނިތައް ބޮސް ދިނެވެ. ލޯއުނގުޅަމުން ތިރިއަށް ފޭބި ފަލަކްއަށް އެމަންޒަރު ފެނުމާއެކު […]
“ކޮންކަމަކަށްތަ ސޮރީ… ހަމަ ހިނިއައީ” ދާނިޝް ބުނެލިއެވެ. “ރާއިދާގެ ކަމެއްތަ މީ” ދާނިޝް އަށް އެހެން ބުނެވުމާއެކު އަނެއްކާ އޭނާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. ރާއިދާ ގެ ގޮތް އެންމެ ރަނގަޅަށް އެނގޭނީވެސް އޭނާ އަށްތާއެވެ. ރާއިދާ އަށް އިފްޝާ އާއެކު އޭނާ ވެސް ބަންދުކުރެވުނު ކަން އެނގުމުން ވަރަށް މަޖާވާނެއެވެ. އެކަމަކު މިފަހަރު ރާއިދާ އެކުރިކަންތައް އިނގުމުން އޭނާ އަށް ހިނިގަނޑު މަތަނުކުރެވުނީ އެކަންތައް ރާއިދާއަށް އެނގުމުން އޭނާގެ މޫނުގެ ކުލަވަރަށް އަންނާނޭ […]
އާފުރެމުން ގަލަން އެނދުމަތީގައި ބޭއްވުމަށްފަހު ގަޑިއަށް ބަލައިލީމެވެ. ގަޑިން މެންދަމުން އަލިވެ ދޭއްޖެހީއެވެ. ލޮލުން ފައިބަމުން ދިޔަ ޝަބްނަމް ކަރުނަ ތިކިތަށް ފޮހެލަމުން އަހަރެން ކުރިމަތީގައި އޮތް ޑައިރީއަށް މާނައިން ފުރިގެންވާ ނަޒަރަކުން ބަލާލަމުން ޑައިރީ ލައްޕާލިއެވެ. ” މާދަމާ ވެސް އީޝަލް އަށް މި ޑައިރީ ފެނިއްޖެ ނަމަ، އޭނަ އަހަންނަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ” އަހަރެންގެ ހިތަށް އަރާ ފައިބަމުން ދަނީ މި ސުވާލެވެ. އަހަރެން އޮތީ ޑައިރީއަށް ބަލަ ބަލަ […]