ޝީން (އަށާވީސްވަނަ ބައި)
އެދަރިފުޅު ފެނުމުން ތުންފަތްމައްޗައް ހިނިތުންވުމެއް ވެރިވިއެވެ. އަދި އަލޫކް އެގަޑި ބުނެލި ބަސްތައް ކަންފަތުގައި ގުގުމަންފެށިއެވެ.
ޝިންއާއި އަލޫކްއާއި މެދު އެކަހަލަ ގުޅުމެއްނެތުމުން ހިތާހިތުން އެކަމާއުފާ ކުރެވުނެވެ އެހަށިގަނޑު ގައި އަޔާޒް ނޫން މީހެއް ބީހިލާފައި ނުވާކަން އެގުމުން އިތުރައް އެކަމާއުފާވިއެވެ
މަޑުމަޑުން ޝީންގެ ކޮނޑުގައި އައްބާއްވާލަމުން ޝީންއަށް އަޔާޒްގޮވާލިއެވެ. އަޔާޒްގެ އަނޑު ކަންފަތުގައި ޖެހުމުން ޝީންއަށް ގަބޫލުކުރަން ދަތިވެފައި ބަލާލިއެވެ
އެހިތައް ކޮއްފައިވާ ފުން އަސަރުން އަޔާޒް ފެނުމާއެކު އެ ހަށިގަނޑުގައި ބައްދާލަމުން ގިސްލާން ފެށިއެވެ.
ޝީން ރޯ އަޑައް ދެފަރާތައް ފުރޮޅިލަމުން ރައިން ރޯން ފެށިއެވެ.
ބަލާލަބަ!! މަންމި ރޯތީ ބޭބީ އަށްވެސް ރޮވުނީ ” އަޔާޒް ރައިން ނަގާ އުރާލަމުން އެތުއްތު މޫނުގައި ބޮސްދިއެވެ.
އަޔާޒް ވަރައް ލޯބިން ދަރިފުޅާ ވާހަކަ ދައްކަމުން ގޮސް އެދުގައި ބާއްވާލިއެވެ.މަޑުމަޑުން ބުރަކަށީގައި ފިރުމަން ފެށުމާއެކު ރައިން ދެލޯމަރާލިއެވެ. އެ ތުއްތު ދަރިފުޅައްވެސް އޭނަގެ ބައްޕަ އަތް ލުމުން ސަލާމަތާއި ރައްކާތެރިކަން އެނގުނީ ކަންނޭގެއެވެ.
އަޔާޒް ރައިންއާއިގެން އެގޮތައް އުޅޭތަން ފެނުމުން ހިތައް ބުނެދޭން ނޭގޭ ގޮތެއްވިއެވެ.
އެއީ އަބަދުވެސް އޭނަ ދެކެންބޭނުންވި މަންޒަރެކެވެ. ނަމަވެސް ޝީން ހީކުރިގޮތައް އެދަރިފުޅުގެ ހަގީގަތް އެގުމުން އަޔާޒް ރައިން އާއިގެން އުޅޭގޮތް ފެނުމުން އެވާހަކަ ނުބުނެލަސްކުރެވުމުން ކުއްވެރިކަމުގެ އިހުސާސް ކުރެވުނެވެ
ރައިންއަށް އޭނަގެ ބައްޕަގެ ފަރާތުން ލޯއްބާ އަޅާލުން އަބަދުވެސް ޝީންބޭނުންވިއެވެ..
ބައްޕަގެ އަތް އެ ތުއްތު ބުރަކަށިގައި ފިރުމާއިރު އެހެންރޭތަކައްވުރެ އަރާމް ކޮއް ނިދާލާފައި އޮތްހެންވެސް ހީވެއެވެ.
ޝީން ފާހާނާއަށް ފަދެފައި ނިކުތުމުން އަޔާޒް ތެދުވެ އެއަތުގައި ހިފާލަމުން ބެލްކަންޔައް ނިކުމެވެން އިން ދޮރާދިމާލައް ހިނގައިގަތެވެ.
މުޅި ތަނައް ހަދުވަރުގެ ރިހި އަލި އެޅިފައިވާއިރު އެއަލިން އަޔާޒްގެ މޫނުމަތި ވިދަ ވިދާ ހުއްޓެވެ.
އަޔާޒް ޝީންކައިރިކޮއްލަމުން އެދެލޮލައް ބަލާލިއެވެ. ގިނައިރު ރުއިމުގެ ސަބަބުން އެދެލޮލުގައި ހުންނަ ވިދުން ވަނީ ކެނޑިފައެވެ
“އަހަރެން ޝިންއަށް އެއްވެސް އެއްޗެއް ބުނާކައް ބޭނުމެއްނޫން ” އަހަރެން ބޭނުމެއްނޫން ދެން މިދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭކައް” އަހަރެން އަށް ރައިންގެ ހަގީގަތް އެގުމުން ވަރައް އުފާވެއްޖެ ” އެކަމަކު ހިޔެއްނުކުރަން މިހެން މިކަންވާނެކަމަކައް” އަހރެން ދެރަވަނީ އެންމެ ކަމަކާ ޝީންއަށް ހުރިހާ ކަމެއް އެނގި އެނގި ހުރެ އަހަރެންނައް އެއްވެސް ކަމެއް ނޭގީމަ” އެހެން ނޫންނަމަ އަހރެން އެދުވަހުވެސް ހުންނާނީ ޝީންއާއި މިހާކައިރީގައި”
އަޔާޒް ވާހަކަ ދައްކަމުން ޝީންގެ ދަތްދޮޅީގައި ހިފާ މޫނުއުފުލާލަމުން ބުނެލިއެވެ.
“އަހަރެންނައް އަބަދުވެސް އެނގޭ މީ އަޔާގެ ބޭބީ އެއްކަން “އަހަރެން ހަށިގަނޑުގައި އަޔާނުން އިތުރު މީހަކު ބީހިފައި ނުވާނެ” ޝިން އެހެން ބުނެލުމުން އަޔާޒް ޝީންގެ ހަށިގަނޑުގައި ބައްދާލަމުން ނިތައް ބޮސްދިނެވެ.
ދެން އިރާދަކުރެއްވިއްޔާ އަހަރެން އަބަދުވެސް ހުންނާނީ ތިދެމައިންގެ އެންމެ ކައިރީގައި “ދުވަހަކުވެސް އަހަރެން ތިދެމައިން ދުލެއް ނުކޮއްލާނަން” އަޔާޒް ވަރައް ލޯބިންބުނެލިއެވެ.
**
ހަފްތާއެއް ފާއިތުވެގެން ދިޔައިރު ގޭތެރޭގައި ހިނގި ހުރިހާކަމެއް ހިނދި އެންމެންގެ ދިރުއުޅުން އާންމުހާލަތައް ރުޖޫއު ވިއެވެ.
ޝީންއަށް ފާހަގަވީ އަޔާޒްގެ ދަރިއެއްކަން އެގުމުން ޔާސިރުއާއި ނަފީސާވެސް މިހާރު ރައިން އާއިގެން މާވަރުން އުޅޭކަމެވެ.
ކިރިޔާ ވަގުތެއްލިބުނަސް އަޔާޒް ރައިންގެ ގައިން ދޫ ނުކޮއްލައެވެ .އެހާވެސް އަޔާޒް ރައިންއަށް މިހާރު ފޯރިހުރެއެވެ.
ކައިވެނީގެ ދުވަސް އައިސް ޖެހުން އިރު ޝީންގެ ހިތް ހީވަނީ އެހަށިގަނޑޫން ނިކުންނަންއުޅޭހެންނެވެ.
ހުރިހާތައްޔާރީއެއްވެ ނިމުމުން ހުދުކުލައިގެ ބޮޑުވެޑީންޑޮރެސް ބިންމަތީގައި ޖެހޭބައި އަތައް ހެޔޮވަރުކޮއްލަމުން ޝީން ފަލަކްއާއި އެކު ހިނގައިގަތީ ގޭގެ ޓެރަސްއަށް ދިއުމަށެވެ.
އެތަން ވަނީ މިރެއަށް ޓަކާ ވަރައް ފުރިހަމައަށް ތައްޔާރުކޮއްފައެވެ. ހަމައެކަނި އާއިލާ މީހުންނަށާއި ރައްޓިހިންއަށް ދައުވަތު ދެވިގެން ކުރިއަށް ދިޔަ ޕާޓީގައި ޝީން ބަލާލީ އަޔާޒް ފެންނަން ނެތުމުންނެވެ.
ކައިވެނިކޮއްދޭގަޑިޖެހެން ފަނަރަ ވަރަކައް މިނެޓްއަށް ވީތަނީ ޝީންގެ ލޮލުގައި އަލައިގަތީ ހުދުގަމީހަކާއިއެކު މަތިން ގަދަ ނޫކުލައިގެ ކޯޓެއްގައި ހުރެ އަޔާޒް އަންނަތަނެވެ. މިރެއަށް އެމޫނުގެ ވިދުން ވަކިން ގަދައެވެ.
ހިނިތުން ވެލައއިގެން ހުރިއިރު އެމޫނުމަތީގެ ރީތިކަން އެތައްގުނައެއް ރީތިކޮއްދެއެވެ.
ހިތްތައްކަތިލާކަހަލަ ރީތިކަމެއްލިބިފައިވާއިރު ޝީންއަށް މީ އޭނަގެ ވާން އުޅޭ ފިރިމީހާކަން އެގުމުން ހިތް ނަށައިގަތެވެ.
ވަދެގެން އައި އަޔާޒް އަށް ޝީންފެނުމާއެކު އެދިމާލައް ހިނގައިގަތެވެ.ހުދުކުލައިގެ ބޮޑު ވެޑިންގް ޑްރެސްއެއްލާފާވާއިރު އެހެދުމުން ޝީންގެ ބައްޓަން ރީތި ހަށިގަނޑުއެނގެއެވެ. އެހާވެސް ހެދުން އިނީ ހަށިގަނޑައް ހެޔޮވަރު ކޮއްލާފައެވެ.
މޭމަތީގެ ބަޔަކާއެކު އަތައް ލޭސްލާފައި ހުރުމުން ހަމުގެ ކުލަފެންނަން ހުއްޓެވެ.
އިސްތަށިގަނޑުގައި އެއްވަރައްބޮޑުހުޅިއެއްޖަހާފާވާއިރު ކަންފަތް ކާރިން އޮޅާލާފައި އިން އިސްތަށި ކޮޅޭއް ވައްޓާލާފައި އޮތެވެ.
އަރާފައިވާ ހީލްއިން ކުރިއަށްވުރެ ދިގުކަމައްދައްކައެވެ.
ހިފަހައްޓާލައިގެން ހުރި ނޭވީ ބުލޫ ބޮކޭއިން އެހެދުމައް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ.
ކޮއްފައިވާ މޭކަޕްއިން އަބަދުވެސް ރީތި އެމޫނުމަތިން ޑޯލްއަކާ ވައްތަރުގޮތެއް ހުއްޓޭވެ..
ހާދަރީއްޗޭ” އަޔާޒް އައިސް ޝީންއާއި ގާތްވެލަމުން އެހެން ބުނެލިއިރު އެމޫނުމަތިން ލަދުވެތިކަން ފެންނަން ހުއްޓޭވވެ.
ކައިވެނި ކޮއްދޭން އައިސްތިބި މީހުންނާއެކު ޝީންއާއި އަޔާޒް އިށީނެވެ. ޤާޒީ ނަސޭހަތުގެ ބަސްކޮޅައެކު ޝީންއާއި އަޔާޒްގެ ކައިވެނި ކުރެވިގެންދިޔައެވެ. އޭރު މޭޒްކައިރީގައި ނަފީސާ ރައިން އުރާލައިގެން ހުއްޓެވެ.
ޤާޒީ އަބި ގަބޫލްކުރުމައް އެހިވަގުތު އަޔާޒް ޝީންއަށް ބަލާލިއެވެ. އަދި ހިނިތުން ވެލަމުން އަނބިގަބޫލްކޮއްފީމޭ ބުނެލިއެވެ. ދެލޯ މަރާލައިގެން އިދެ ފުންނޭވާއެއް ޝީންއަށް ބޭރުކޮއްލެވުނެވެ. އެތައްދުވަހަކު އެޖުމްލަ އަޑުއަހާލަން ބޭނުންވެ ފައިވާ މީހެއް ފަދައިންނެވެ.
އެންމެންނާ ސަލާމްކުރުމައްފަހު އަޔާޒްތެދުވުމުން ޝީންވެސް ތެދުވިއެވެ
ކޮންގްރެޓްސް ދެކުދިންނައް “ފަލަކްއައިސް ދެމީހުން މެދައް ހުއްޓިލަމުން ބުނެލިއެވެ.
އޭނަވެސް މިރެއަށްޓަކާ ތައްޔާރުވެލައިފައިވަނީ ވަރައް ފުރިހަމަޔަށެވެ. ގަދަ ނޫކުލައިގޭ މަހުމާފޮތީ މާމެއިޑް ޑްރެސްއެއްލާފައިވާއިރު ކަރުގައި އަޅާފައިވަނީ ގޯލްޑް ނެކްލެސް އެކެވެ. އުނަގަނޑާ ހިސާބައް އަންނަ އިސްތަށިގަނޑުވަނީ ރީތިގޮތަކައް ހަދާލާފައެވެ.
މޫނުމަތީ ކޮއްފަހުރި މޭކަޕްއިން އޮޅަލި ކުލައަކައްދާ އެމޫނުމަތި މިރޭ ވަކިން ދޮންކަމައް ދައްކައެވެ .
ނަފީސާ އަތުގައި ހުދު ގަމީސްކޮޅޭއް ލައްވާލާފައި ރައިން އިން އިރު ޕާޓީއަށް އަންނަ ކޮންމެ މީހެއްވެސް ރައިންގެކޮލުގައި ކޮއްޓާލައެވެ.
އަޔާޒް އެވަގުތުވެސް އައިސް ރައިން އުރާލަމުން ލޯބިކޮއްލިއެވެ.
ހުދު ހެދުމެއްލައްވާފައިހުރި ޔޫން ޝީންގެ އެއްފަރާތެއްގައި ބަހައްޓާފައި ހުއްޓޭވެ. އަޔާޒް ރައިން ނަފީސާ އަތައް ދިނުމައްފަހު ޔޫންއުރާލިއެވ. އވަގުތު ޔޫން އަޔާޒްގެ މޫނުދުރައްލީ ލިޕްސްޓިކް ފިލާފާނޭ ކިޔާފައެވެ. އެއަޑު އިވުމުން ޝީންއާއި ނަފީސާ ވެސް ޙޭންފެށިއެވެ
.
މަރުހަބާ” ކުއްލިއަކައް ނަވާލްއާއި އަޔާޒް އޮފީހުގައި އުޅޭ ދެތިން މީހެއް އައިސް ހުއްޓިލަމުން ބުނެލިއެވެ.
މީހެއްގެ ވަރައްދިގު އިންތިޒާރެއް ތި ފުރިހަމަ ކޮއްދިނީ” ނަވާލްއައިސް ޝީންކައިރީ ހުއްޓިލަމުން ބުނެލިއެވެ ” ދެން ތިކަހަލަވާހަކަ ނުދައްކާ”އަޔާޒް ނަވާލް ބުނިއެއްޗަކައް ހިނިގަނޑެއްޖަހާލަމުން ބުނެލިއެވެ. ނަވާލްވެސް އަޔާޒްއާޢި ބައިވެގެން ހޭންފެށިއެވ.
ޕާޓީއަށް އައި އެންމެ މަދުވަމުންގޮސް ހަމަ ޖެހުމުން ޝީން އަޔާޒްއާއި އެކު ތިރިއަށް ދިއުމައް ހިނގައިގަތެވެ
ނިދިފައި އޮތް ރައިން އުރާލައިގެން ނަފީސާ ވެސް ޝީންއާއި އަޔާޒްއާއިއެކު އަޔާޒްގެ ކޮޓަރިއާދިމާލައް ދިޔައެވެ.
ކޮޓަރީ ދޮރު ހުޅުވާލެވުމާއެކު އެދެމަފިރިންނައްޓަކާ އެކޮޓަރިތައްޔާރު ކޮއްލާފައިވާ ފުރިހަމަކަން ފެނުނެވެ.
ކޮޓަރިއަށް ވަދެވުމާއެކު ނަފީސާ ރައިން ޝީންއަތައް ދީފައި އެބުރިހިނގައިގަތެވެ.ދޮރުމަތީ ހިނިއައިސް ފަލަކް ހުރިތަންފެނުމުން ޝީން އަށް ޝީންލަދުގަންނަ ގޮތްވިއެވެ..
އެމަންޒަރު ފެނުމުން އަޔާޒް ހިނިއައިސް ޝީން ގަޔާ ކައިރިކޮއްލިއެވެ.
މިރެއަށް ބޭނުންވާނެ ހުރިހާ އެއްޗެއްވަނީ ޝީންގެ ކޮޓަރިން އެކޮޓަރިއަށް ބަދަލް ކޮއްފައެވެ.
ޝީން ހަމަޖެހިލަމުން އެންމެ މިޒަމާނައް ހަދާފައިވާ ބޮޑުކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ.
ކޮޓަރީގެ އެކި ދިމަ ދިމާލުގައި ބަހައްޓާފައިވާ އުއްބައްތީގެ އަލިން މުޅިކޮޓަރި ދިއްލާލާފައި އޮތެވެ.
އުއްބައްތީގެ އިސްގީ ވަހުން މުޅި ކޮޓަރި އެއްވަސްވެފައި ހުއްޓެވެ. މުޅިކޮތަރިތެރެއަށް ރަތްފިނިފެންމާ ފިޔަ އަޅާފައިވާއިރު އެނދުގައި އަޅާފައިފާ ހުދު ބެޑްޝީޓް މަތީވެސް ވަނީ ރީތިކޮއްޑެކަރޭޓް ކޮއްލާފައެވެ.
ޝިން އަތުގައި އޮތް ރައިން އުރާލަމުން ކުޑައެދުގައިގައި ބާއްވާލިއެވެ. އަދި އައިސް ޝީންކައިރީހުއްޓިލަމުން އެމޫނައްބަލާލިއެވެ.އަޔާޒް ބަލަން ހުރިގޮތުން ޝީން ލަދުން އިސްޖަހާލެވުނެވެ.
“އަދިވެސް އަހަރެންދެކެ ލަދުގަނޭތަ” ޝިންލަދުގަންނަވާލުމުގެ ގަސްތުގައި އަޔާޒްބުނެލިއެވެ.
އެބަ އަންނަން ފެންވަރާލައިގެން”އަބަދުވެސް ތާޒާކޮއް ހުންނައް އާދަ ވެފައިވާތީ ޕާޓިގައި ގިނައިރު އެހެންހުރުމުން އަޔާޒްފެންވަރާލަން ބޭނުންވެބުނެލިއެވެ.
ގިނަދުވަސްތަކަކައްފަހުދެމީހުންގެހުވަފެންހަގީގަތަކައްވުމުން ދެހިތްވެސް މިރޭ ނަށާކަހަލައެވެ.
އަޔާޒް އައިސް ޝީންގެއަތުގައި ހިފާލަމުން ގަޔާކައިރިކޮއްލިއެވެ. އަޔާޒް ޝީންގެ އަތްތިލައަށް ބޮސްދެމުންއެމޫނައް ބަލާލިއެވެ .
ކޮޓަރީގެ ފަޑުއަލިކަމުގައި އަޔާޒްގެ ހަރަކާތްތަކައް ބަލަން ޝީން ހުރިއިރު އެހަށިގަނޑުގައި ކަރަންޓް އޮއިވަރެއް ހިނގާލިއެވެ .ކަރު ހިތްކައިގަނެފައިވާ މީހެއްހެން ޝިންގެގައިގައި ފިރުމަމުންދިޔައިރު ޝިންގެ ހިތުގެތެޅުން ބާރުވަމުން ދިޔައިރު އެހަށިގަނޑައް ކުރިން އިހުސާސް ނުކުރެވޭ ގޮތް ތަކެއްވަމުންދިޔައެވެ
**
ފަތިހު ބަންގީގެ އަޑައް އަޔާޒް ދެފަރާތަކައް ފޮރޮޅިލަމުން ލޯ ހުޅުވާލިއެވެ. ކައިރީގައި ނިދާފައި އޮތް ޝީން ފެނުމުން ތުންފަތުގައި މަޑު ހިނިތުންވުމެއްފެތުރިގެން ދިޔައެވެ. ނިދާލާފައިވާއިރުވެސް އެމޫނުމަތިން މައުސޫމްކަން ފެންނާންހުއްޓެވެ ..
އިނގިލިތަކުގެ ކޮޅުން މޫނުމައްޗައް ވެއްޓިފައި އޮތް އިސްތަށިކޮޅު އެއްފަރާތް ކޮއްލިއެވެ. އަޔާޒްގެ އިގިލިތައް އެމޫނުގައި ބީހިލުމާއެކު އެސްފިޔަތައް ދުރުކޮއްލަމުން ލޯހުޅުވާލިއެވެ.
އަދި އޭނާއާއި ދިމާލައް ބަލަހައްޓައިގެން އޮތް އަޔާޒްއާއި ދިމާލައްބަލައިލިއެވެ.
ޝީންއަށްހޭލެވުމުން އަޔާޒް ޝީން ގަޔާކައިރިކޮއްލަމުން ބައްދާލިއެވެ. ތުނބުޅީގެ އިސްތަށިތައް ގައިގައި ޖެހުމާއެކު ހީލިކަރުވާކަހަލަ ގޮތެއްވިއެވެ. ނަމަވެސް އެއްވެސް އެއްޗެއްނުބުނެ ޝީންވެސް އޮތީ އެވަރުގަދަ ދެއަތުގެ ތެރޭ ފޮރުވިލައިގެންނެވެ
ކުޑައިރުކޮޅަކު އެހެން އޮވެލުމައްފަހު އަޔާޒް ޝީންގެ ނިތައް ބޮސްދިނުމައްފަހު އެދުންތެދުވިއެވެ.
ފާހާނާއަށްވަދެ ފެންވަރައިލައިގެން ނިކުމެ އަޔާޒް މިސްކިތައްދާން ނިކުތެވެ. އަޔާޒް ނިކުމެގެން ދިއުމުން ޝީންވެސް ތެދުވެ ފާހާނާއަށް ވަދެފައި ނިކުމެ ނަމާދައްއެރިއެވެ.
ނަމާދުކޮއްނިމުމުން ޝިންދެއަތް އުފުލާލަމުން ހެއްދެވިފަރާތައް ޝުކުރުވެރިވީ އަޔާޒްކަހަލަ ފިރިއެއް އޭނަގެ ހަޔާތައް ދެއްވިކަމައްޓަކައެވެ.
މުސައްލަ އޮޅާލުމައްފަހު ޝީން ތެދުވެ ރައިންއަށް ބަލާލުމައްފަހު ކޮޓަރިން ނިކުތެވެ.
ގޭތެރެއަށް ވަދެގެން އައި އަޔާޒް އަށް ބަދިގޭގައި މީހެއްއުޅޭކަން އެގުމުން އެދިމާލައް ހިނގައިގަތެވެ.
ދޮރައް ފުރަގަސް ދީގެން އުނދުންކައިރީގައި ހުރި ޝީން ފެނުމުން އަޔާޒް މަޑު ފިޔަވަޅުތަކެއްގައި ގޮސް ފުރަގަހުން ބަނޑުގައި ދެއަށްވަށާލިއެވެ.
އަޔާޒް ކުއްލިއަކައް އެގޮތައް ހެދުމުން ޝީން ސިހޭގޮތް ވިއެވެ” ހާދަ ބިރެއް ތިގަތީ “އަޔާޒް ހިނިއައިސް ބުނެލިއެވެ. ބިރުގަންނާނެއްނު ކުއްލިއަކައް ތިހެން ހެދީމަ” ޝީން ކޮފީތަށި ގިރާލަމުންބުނެލިއެވެ
އަދި ކުޑައިރުކޮޅަކު ނިދާލަން ބޭނުން ” ވަރައްނިދި އެބަ އާދޭ” އަޔާޒް ޝީންގެ ގައިގައި ވަށާލާފައިވާ އަތް ދޫކޮއްލަމުން ބުނެލިއެވެ.އަޔާޒް އެހެން ބުނުމުން ޝީން ގޮނޑިދާމަލުމައްފަހު އަޔާޒް އިށިންނައް ތަން ދެއްކިއެވެ.
ކޮފީގެ ރަހަ ހަށިގަނޑުގައި ޖެހުމާއެކު މުޅި ހަށިގަނޑައް ތާޒާކަން ލިބުނެވެ
ކޮފިތަށި ހުސްވުމުން އަޔަޒް ތަށި ޝީންއަތައް ދިނުމައްފަހު ކޮޓަރިއާއި ދިމާލައް ހިނގައިގަތެވެ
އަޔާޒް ދިއުމުން ޝީން ވެސް ގޮނޑިން ތެދުވެގެން އައިސް ދެ ޖޯޑް ދޮވެލުމައްފަހު ބަނޑުން ޖަހާލާފައި ރޮށިފިހަން އަވަސް ވެގަތެވެ.
ފަތިސްނަމާދު ކޮއްގެން ނަފީސާ ބަދިގެއަށްވަދުންއިރު ޝީން ބަދިގޭގައި އުޅެއެވެ. ނަފީސާ އައިސް ބަދިގެއަށް ވަނުމުން ޝީން ކޮފިތައްޓެއް ހަދާލާފައި ގެނެސް ނަފީސާ ކުރިމަތީ ބެހެއްޓިއެވެ.
ރައިން އަށް ރޭގަ ތަންބަދަލް ވީމަ ނިދުން ތަ ؟ ނަފީސާ ގޮނޑިގައި އިށީންދެ ސުވާލް ކޮއްލިއެވެ. ޝިން އާއެކޭ ބުނެ ބޯޖަހާލުމައްފަހު ނަފީސާ ކައިރީ ގޮނޑީގައި އިށީނެވެ، އޭރު ފަލަކްވެސް ލޯ އުނގުޅަމުން އައިސް ބަދިގެއަށް ވަނެވެ.
ތިން މީހުން ވާހަކާގައި ތިބެފައި ކޮފިތަށި ހުސްވުމުން ފަލަކް ކޮޓަރިއަށް ދާން ހިނގައިގަތުމުން ޝިންއާއި ނަފީސާ ސައި ހެދުމައިގެން އުޅެން ފެށިއެވެ.
މިއަދު ޝިން ބޭނުންވީ އަޔާޒްއަށް ކަމުދާއެއްޗެހިހަދާލާށެވެ؛ ބަށި މަސްހުންޏާ ކުޅިމަހަކީ އަބަދުވެސް އަޔާޒްއަށް އެންމެ ކަމުދާ އެތިކަން ނަފީސާ ފަރާތުން ޝީންއަށް ވަނީ އެނގިފައެވެ. މޭޒުމައްޗައް ތަށިތައްލައިހުރިހައި ކަމެއް ނިމުންއިރު އަށެއްޖެހުމާ ގާއްވެއްޖެއެވެ. މިއަދު އެހާއިރުވީ އިރުވެސް ރައިން ހަބަރެއް ނުވުމުނން ވެސް ޝީންއަޅާނުލީ އެދަރިފުޅުގާތު އޭނަގެ ބައްޕައޮންނާނެކަން އެނގޭތީއެވެ.
މަޑު ފިޔަވަޅުތަކެއްގައި ފަހަރަކު ސިޑިއަކައް އަރައިގެން ގޮސް ކޮޓަރީ ތަޅުގައި ހިފާލުމައްފަހު ވަރައް މަޑުމަޑުން އެތެރެއަށްވަނެވެ.
ކުޑައެދާ ދިމާލައް ބަލއިލުމާއެކު އެއެދުގައިރައިން ނެއްކަން އެނގުމުން ޝީން އަޔާޒް އަށް ބަލާލިއެވެ. ވަގުތުންއެމޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
22 Comments!
Comments are closed.




Vrh vrh bodah sorrry maaa lahun up kollladhevunyma bxy v ma hama up kolla nudhevuny … … 🙁 🙁 🙁
Mi part vess kamudhaaane kamah heekuran ???
varah furihama .. dhen konirakun up kohla dhey nee
??Thank you aki
Maadhan insha allah aneh ??part up kohdheynan
Coment nukurias kn me part eh vx kiyan vrh furihama .bzy kamun comment nukureveny .vrrh salhi mi vhk kuriah gendhaagoi when is next part avahah up kohlahchey
??thank you munii
??vrh hapyyy vejjje
Maadhan insha allah aneh part upkolladheynan
Haadha inthixaareh kuruvaafaey story thi genesdhiny… Kiyaahithun iru irukolhaa balailevey story up vehjetho… Now kiyaalan libuny dhw… Ehenve v happy vefa mihury… V rythi mibaives… Anehbai khonirakunbaa…
??Thank you shann
??Vrh happy vejjje
Maadhan insha allah up kolladheynan
wow
nice as usual
waiting for the next part
??thank you icy
Maadhan next part up kolladheynan inshaallah
Khonireh story ah inthixaaru kuraathaa… Now kiyaalan libuny dhw… Ehenve v happy vehje… V ves rythi mi story kuriah gendhaa goeh… N mibaives v rythi…
?? awwn thank you shan
Vrh vrh happy vejjje
Sorry vrh bodah las v ma
Vrh reethi.. vrh happy vejje mi strii up khla dhiniima… bt vrh sad vejje ehr avahah marie dhrthii… 2 prt lft dhwh mhr… ly… ♥♥♥
?? awnn thank you mishy
Mi story nimmmaafa inshaallah ehen story vrh ??avahah fashaanan
Owh haadha inthixaareh kurevijjeyey masha allah mi baives v reethi????❤❤
?? thank you xaaaan??
vvvvv reethi
?? thank you axooo
Varah reethi
??Thank you hairaan
Vaahaka v rythi.. Ekam kury parts thakah vure mi part gai sukunuge massala v body.. Alif sukun onnanva thanuga shaviyani skun adhi shaviyani sukun onnanva thanuga alif shukun.. Rangalhu kollaane kamah ummydhu kuran? n one more thing uhbahthyga ishqy vas dhuvaatha??engifa nethyma hama ahaaly.. Don’t get me wrng ingey?
??Thank you aphro girl
Vrh bodah thanks dhen part thakuga vrh balaanan ragalhu kolllan ..
Vrh hapy vejjje mistake buneledhinyma??
Ishqy vas dhuvaaakahala
Ubbathieh kanneyge e room ga hury…hehehhe
???Thank you
mihaaru vaahaka up vitho belunu adhadhu ves neyge