“ބޭނުމީ ހުރިހާ ކަމެއްގެ ހަގީގަތް އެނގޭކައްނު ދޯ… އާދޭ އަހަރެންނާއެކު” ރާސިލް އައިލީޝް އާ ދިމާލަށް ފިޔަވަޅެއް އަޅާލިއެވެ. އައިލީޝް ދެފަރާތަށް ބޯ ހޫރާލިއިރު އޭނާގެ ހިތަށް ވެރިވެފައިވަނީ އާދަޔާހިޔާފު ބިރުވެރިކަމެކެވެ. އައިލީޝް ހުރިގޮތުން ރާސިލް ގެ ހިތަށް މަޑުމޮޅިކަން ވެރިވެގަތް ކަމުގައިވިޔަސް އޭނާގެ އިހްސާސް ތަކުގެ މައްޗަށް އެވަގުތު ހުރީ އެހެން ރުޅިވެރިކަމެއް ވެރިވެފައެވެ. “ބަލަ ގޮވައިގެން ދާކައްނު މިއުޅެނީ ކަންތައް ތައް ކިޔައިދޭން… ކީއްވެ ފަހަތަށް ތި ޖެހެނީ… ފަހަތަށް ނުޖެހި އާދޭ…” ރާސިލް […]
ގޭ ދޮރުމަތީ ހުރި މައިރާ ގެ ސިކުނޑީގައި ވަނީ ޒަކްވާން ރޭގައި ދެއްކިވާހަކަ ތަކެވެ. ތިއްތި ގެ ލަފާގެ މަތިން މިއަދު އީވާން އާއި ހިތުގައި ވާ ހުރިހާ ވާހަކައެއް ހިއްސާކުރަން މައިރާ ބޭނުމެވެ. ވަގުތު ފާއިތުނުވަނީސް އަދިވެސް ބައްޕަމެންގެ ވިސްނުން ބަދަލުކޮއްލެވިދާނެއެވެ. ނަމަވެސް އެކަމަށް އީވާންގެ އެހީ ބޭނުންވެއެވެ. ސިކުނޑީގައި ފުނި ޖެހިފައިވާ ހިޔާލުތަށް އެއްފަރާތް ކޮއްލަމުން މައިރާ ފުންނޭވާ އެއް ދޫކޮއްލިއެވެ. އަތުގައި އަޅާފައި އޮތް ގަޑި އަށް އަވަސް ނަޒަރެއް ދެމުން މަގުގެ […]
މަޑު ފިޔަވަޅުތަކެއްގައި ފަހަރަކު ސިޑިއަކައް އަރައިގެން ގޮސް ކޮޓަރީ ތަޅުގައި ހިފާލުމައްފަހު ވަރައް މަޑުމަޑުން އެތެރެއަށްވަނެވެ. ކުޑައެދާ ދިމާލައް ބަލައިލުމާއެކު އެއެދުގައިރައިން ނެއްކަން އެނގުމުން ޝީން އަޔާޒް އަށް ބަލާލިއެވެ. ވަގުތުންއެމޫނުމަތިން ހިނިތުންވުން ފެނިގެން ދިޔައެވެ އަޔާޒްގެ މޭމަތީގައި ރައިންބާއްވާލައިގެން އޮތް އިރު އެމަންޒަރުބަލާ ފޫހިނުވެއެވެ. ****************************** ހަވީރު އަޔާޒް ޝީންއާއި ރައިން ގޮވައިގެން ކާރު ދުއްވާލަން ދިޔައެވެ ޝީންގެ އުގުގައި ރައިން އިންއިރު އެމޫނުމަތިންވެސް ހިތްހަމަޖެހިފައި އިންކަންއެނގެއެވެ. މަންމައާއި ބައްޕަގެ ލޯބި އެދަރިފުޅައް އިހުސާސް ކުރެވެނީކަންނޭގެއެވެ. […]
ޒީވާނަށް ބަލަންތިބުމަށްފަހު ދެމީހުން އެހިސާބުގައިހުރި ސިމެންތި ގޮނޑިއެއްގައި އިނށީނެވެ. އިރުއިރުކޮޅާ މަލްހާއަށް ޔާނިކްގެ މޫނަށް ބަލައިލެވެނީ ވާހަކައެއްބުނަން ބޭނުންވެފައިހުރި މީހަކުފަދައިންނެވެ. އެކަން ޔާނިކްއަށް ފާހަގަވީ ކަންނޭނގެއެވެ. މަލްހާގެ މޫނަށް ބަލައިލަމުން އޭނާ ނިތްއަރުވައިލީ ކިހިނެއްވީހޭ އަހައިލާފަދަ ގޮތަކަށެވެ. “އޫމް. ޔާނިކް. އަހަރެން. އަހަރެން ވާހަކައެއް ބުނަންކަމަށް.” އުނދަގުލުން މަލްހާ އެހެންބުނެލުމާއެކު ނިތަށް ރޫއަރުވައިލަމުން ޔާނިކްް މަލްހާއާއި ދިމާއަށް އެނބުރިލީ އޭނާ ބުނަން އެއުޅޭވާހަކައެއް އަޑުއެހުމުގެ ޝައުގު ހިތުގައި އުތުރިއަރައިގަތްވަރުންނެވެ. “ޔެސް މަލް. ބުނެބަލަ ތިބުނަން އުޅޭ އެއްޗެއް.” […]
“ބައްޕި ކީއްވެ މަންމި ގެ ފޮޓޯ ނަގަނީ” ޝިނާން ސިހިގެން ދިޔައީ ކައިރިން އިވުނު މިޝްކުގެ ޅަ އަޑުންނެވެ. ޝިނާން ދެލޯ ބޮޑުކޮށްލަމުން ރިމީޝާއަށް ބަލާލިއިރު ނަސީބަކުން ރިމީޝާ ހުރީ ފޯނު ކަންފަތުގައި ޖަހައިގެންނެވެ. މިޝްކު އަޑު ރިމީޝާ އަށް އިވުނު ހެނެއް ހިއެއް ނުވެއެވެ. ހަމަޖެހުމުގެ ނޭވައެއް ލުމަށްފަހު ދެން ބަލާލީ ކައިރީގައި ހުރި މިޝްކުއަށެވެ. ޝިނާން ކުޑަކޮށް ގޮނޑި ފޭކޮށްލުމަށްފަހު މިޝްކު ނަގާ މޭޒު މަތީގައި ބޭންދިއެވެ. އަދި މިޝްކުގެ ކޮލަށް ބޮސްދިނުމަށްފަހު މިޝްކު […]
ސްޓޭޕްލް ކުރެވިފައިވި އެ ރިޕޯޓްތަކުގެ ތެރެއިން ދެގަނޑު ހިއްލާލެވުމާއެކުހެން އޭނަ ހުއްޓުންއެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ އަނގައިން ނިކުތް ލުއި އާހެއްގެ އަޑާއެކީ އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނައަށް ފެންނަމުން ދިޔަ އެއްޗެއް އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. ދެންވެސް އުޖާލާވި ހިނިތުންވުމަކާއެކީ އެ ގަނޑަށް ބަލަހައްޓައިގެން އިނދެފައި މިއީ ހަމަ ތެދެއްތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އެ ސުވާލު އެހެން މީހަކު ކައިރިން އަހައިގެން ޔަޤީންކުރަން ބޭނުންވި މިންވަރުން އޭނައަށް ކޮޅަށް ތެދުވެވުނެވެ. […]
އީތަންގެ ދެލޯބޮޑުވެގެން ދިޔައީ ކުރިމަތިން ފެނުނު ސޫރައިންނެވެ. **** “އެތެރެއަށް ވަންނަން ވެސް ނުބުނާނަންތަ؟” ކުރިމަތީ ހެވިދިލިފަ ހުރި އަންހެންކުއްޖާ ބުނެލިއެވެ. “ޒޭބާ” ތުރުތުރު ލާއަޑަކުން އީތަންއަށް ބުނެލެވުނެވެ. “އޯ ކަމޯން. މީ ނަބާއޭ. އިޓްސް އަ ސްމޯލް ވޯލްޑް. ވައްތަރު މީހުންނަށްވެސް ދިމާވާނެ. ދެން ވައްދަބަ އެތެރެއަށް.” އެތެރެއަށް ވަންނަމުން ނަބާ ބުނެލިއެވެ. އޭރުވެސް އީތަން އަށް ހުއްޓުން އަރާފައި ހުރެވުނީ ފެންނަމުންދާ މަންޒަރު ގަބޫލު ނުކުރެވިގެންނެވެ. “ކީއްވީ؟ އުފަލެއްނުވޭތަ އަންހެން ކުއްޖެއް […]
އައިލީޝް އޭނާގެ އިންތިޒާރުގައި ހުންނާނޭ ހިތަށް އެރިއެއްކަމަކު އެކަމަށް ރާސިލް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އަމިއްލަ ހިޔާލީ ދުނިޔޭގައި އޭނާ ހުރީ އުޅެލަން ބޭނުންވެފައެވެ. އެ ހަނދާން ތަކުން މިންޖު ނުވެވޭނޭ ހަނދާންތަކެއް އޭނާގެ މުޅި ސިކުނޑި ވަނީ ހިސާރުކޮއްފައެވެ. ދެލޯ މަރާލުމާއެކު އޭނާ ލޯ ހުޅުވާލީ އަނބުރާ އެދުވަސްތައް ލިބޭނެ ނަމައޭ ހިތަށް އަރާ ހާލުގައެވެ. އެދުވަހު އޭނާ އަށް ނުކުރެވުނު އެތަކެއް ކަމެއް މިއަދު މީ އެދުވަސްނަމަ ކޮއްދޭނަމޭ ބުނާހާލުގައެވެ. އެހެންނަމަވެސް ގެއްލިއްޖެ […]
ޖެހި ބާރުގަދަ ގުގުރީގެ ސަބަބުން ސިހިފައި ހާތިބުއަށް ލޯހުޅުވާލެވުނެވެ. އެހިނދު އޭނައާއި ދިމާއަށް ވަޅި ދިއްކޮށްލައިގެން ހުރި ބަރްކާ ފެނުމާއެކު ކުއްލިއަކަށް ހާތިބު ތެދުވާން އުޅުނެވެ. އަދި ބަރްކާގެ އަތުގައި އޮތް ވަޅި ފޮޅުވާލަން އުޅުނެވެ. ނަމަވެސް ހުޝިޔާރުވެގެން ހުރި ބަރްކާ އޭނަގެ އަތުގައި އޮތް ވަޅި ހާތިބުގެ އަތުގެ މުލައްދަނޑިއަށް ހަރާލިއެވެ. އެއާއެކު ހާތިބުގެ ވޭނީ ހަޅޭކުގެ އަޑު އިވުނެވެ. އެންމެ ސިކުންތެއް ވެސް ނަގާލުނާ ދެވަނަ ހަމަލާ ދޭން ބަރްކާ އަވަސްވެގަތެވެ. އޭނަ ހީކުރިގޮތާއި […]