Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަޤްދީރު (25)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
March 30, 2018 6 Mins Read
22 Comments

“ﷲ އިރާދަކުރެއްވިއްޔާ އަހަރެންނަށް ކެތްވާނެ. ލައްކަދުވަސްވެއްޖެ އެމީހުންގެ އެއަމަލުތަކުން އަހަރެން ކަރުނައަޅާތާ. ދެން އިތުރަށް ﷲ އިރާދުފުޅުން އެމީހުންގެ ސަބަބުން އަހަރެންގެ ލޮލުން އެންމެ ކަރުނަތިއްކެއްވެސް ނުވެއްޓޭނެ. އެމީހުން ހީކުރަނީ އަހަރެންމީ ވަރަށް ބަލިކަށި އިންސާނެއްކަމަށް. އެކަމަކު އެދުވަސް ފަހަނައަޅައި ގޮސްފި. ދެން އެމީހުންނަށް ފެންނާނީ މުޅިން މަލްހާއެއް. އާން. ﷲ އިރާދަފުޅުން ކޮންމެކަމެއްވިއަސް އަހަރެން ކެތްތެރިވާނަން. އަހަރެން ގައިގައި އެހައި ހިތްވަރުއެބަހުރި. އެމީހުނަށް އަހަރެންނަށް ދައުވަތުދޭން މިތަނަށް އަންނަން ކެރުނިއްޔާ އަހަރެންނަށް އެމީހުނަށް މަރުހަބާކިޔަން އެތަނަށްދާންވެސް ކެރޭނެ. ސޯ ޓެލް މީ ޔާނިކް. އަހަރެމެންނާއެކީ ދާނަންތަ؟” މަލްހާގެ އަޑުގައިހުރި ހިތްވަރާ ޖޯޝާއި ކެރުންތެރިކަން ފުރަތަމަފަހަރަށް އިހުސާސުވެފައި ޔާނިކްހުރީ ބުނާނެއެއްޗެއްވެސް ނޭނގިއެވެ. ވަގުތުން އޭނާއަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. “އޮފްކޯޒް. އަހަރެން ހަމަ ތައްޔާރު.” ޔާނިކްގެ ޖަވާބާއެކު މަލްހާގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުންވެގެންދިޔަތަންފެނި އޭނާގެ ހިތަށް ބަޔާންކުރަންދަތި ހަމަޖެހުމެއް އިހުސާސުވެގެންދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. ލޯގަނޑުކުރިމަތީގައި މަލްހާ ހުއްޓިލައިގެންހުރީ ޕާޓީއަށްދާން ތައްޔާރުވެގެންނެވެ. ފަހުފަހަރަށް ލޯގަނޑުން އޭނާގެ ސޫރައަށް ބަލައިލަމުން މަލްހާ ފުންނޭވާއެއް ދޫކޮށްލިއެވެ. ހިތްހަމަޖެހޭވަރުވުމުން ގަޔަށް ސެންޓްކޮޅެއް ޖަހައިލަމުން ޑްރެސިންގް ޓޭބަލްމަތީގައިއޮތް އޭނާގެ އަތްދަބަސްނަގައި ކޮނޑުގައި އަޅުވައިލަމުން ކޮޓަރިންނުކުންނަން ހިނގައިގަތެވެ.

ސިޓިންގްރޫމްގައި މަލްހާގެ އިންތިޒާރުގައިއިން ޔާނިކަށް މަލްހާ ފެނުމާއެކު އިންތަނުން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. ކަޅުކުލައިގެ އަބާޔާއަކާއެކު މަޑު ނޫކުލައިގެ ޝޯލްއެއްއަޅައިފައިވާއިރު މަލްހާ ހާދަހައި މައުސޫމެވެ. އެރީތި ދޮންމޫނަށް ބަލަހައްޓައިގެންހުރި ޔާނިކްއަށް ހޭވެރިކަމެއްވީ މަލްހާ އައިސް އޭނާގެ ނަމުން މަޑުމަޑުން ގޮވައިލުމުންނެވެ. މޫނުގައި އަތުން ފިރުމައިލަމުން އަންނާށޭ ބުނަމުން ޔާނިކް ހިނގައިގަތެވެ. ފަހަތުން އިސްޖަހައިގެންހުރެ މަލްހާވެސް ހިނގައިގަތެވެ.

ނޫރާމެންގޭ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ދޮރުމަތީގައިހުރި ނޫރާ އަވަސްއަރުވައިލައިފައި ކާރުގެ ފަހަތުޝީޓަށްއަރައި އިނށީދެލިއެވެ. އެއާއެކު ދަރުބާރުގެއާދިމާއަށް ޔާނިކް މިސްރާބުޖެހިއެވެ.

ކާރު ޕާރކްކޮށްލުމަށްފަހު ތިންމީހުން ކާރުންފައިބައިގެން ދަރުބާރުގެއާ ދިމާއަށް ހިނގައިގަތްއިރު މަލްހާގެ ހިތުގެ ހިނގުންވަނީ އަވަސްވެފައެވެ. އަތުގައިއޮތް ޕާރްސަލްގައި ބާރަށް ހިފަހައްޓައިލަމުން ނޫރާގެ މޫނަށް ބަލައިލީ ހާސްވެފައިހުރެއެވެ. މަލްހާގެ ހާލު ވިސްނި ހިނިތުންވެލަމުން ނޫރާ ބޯޖަހައިލީ ހުރިހައިކަމެއްވެސް ރަނގަޅުވާނޭ ބުނާފަދަގޮތަކަށެވެ. ނޫރާގެ އެހަރަކާތުން އަވަސްވެފައިވާ މަލްހާގެ ހިތަށް ހަމަޖެހުމެއް ލިބިގެންދިޔައެވެ.

މުޅިއެތަން ޒީނަތްތެރިކޮށްފައިވީ ހުދާއި ރަތުގެ ފިނިފެންމަލުންނާއި ފޮތިންނެވެ. އެތަނުގެ އެކިދިމަދިމާއަށް ނަޒަރުހިންގަމުން ތިންމީހުންވެސް މިސްރާބުޖެހީ ލިވްޔާއާއި ރާއިދް ހުއްޓިލައިގެންތިބި ދިމާއަށެވެ.

ހުދުކުލައިގެން ފުޅާ ވެޑިންގްޑްރެސްގައި ލިވްޔާ ހީވަނީ ޝާހީ ރަސްދަރިކަނބަލެއްހެންނެވެ. ބޮލުގައި ބޮޑުހުޅިއެއްޖަހައިފައިވީއިރު ހުޅިވަށައިގެންވަނީ ހުދުކުލައިގެ ކުދި އެސްތަކެއް ހަރުކޮށްފައެވެ. ހުދާއި ރަތުގެ މާބޮނޑިއެއް އަތުން ހިފަހައްޓައިގެންހުރިއިރު އެމޫނުމަތީގައި ނުފިލާ ހިނިތުންވުމެއްވިއެވެ.

ލިވްޔާ ގާތުގައިހުރި ރާއިދްވެސްވަނީ މިރެއަށްޓަކައި ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ. ލައިގެންހުރި އަޅިކުލައިގެ ކޯޓުފަޓުލޫނުގައި އޭނާގެ ރީތިކަން ފާޅުކަންބޮޑުގޮތެއްގައި ހާމަވަމުންދިޔައެވެ. ކުރުކޮށް ކޮށައިލެވިފައިވާ އިސްތަށިގަނޑަށްވަނީ ޒަމާނީ ސްޓައިލެއް ޖައްސައިލައިފައެވެ. ކޯޓުގެ ޖީބުގައި ހުދާއި ރަތުގެ ކުޑަ ފިނިފެންމަލެއް ހަރުކޮށްލެވިފައި ހުއްޓެވެ.

ހިނިތުންވެތިބެ މެހެމާނުންނާ ސަލާމްކުރަމުންދިޔަ ލިވްޔާއާއި ރާއިދްގެ ދެލޯބޮޑުވެގެންދިޔައީ އެމީހުންގެ ކުރިމައްޗަށްއައިސް މަޑުކޮށްލި ތިންމީހުން ފެނިފައެވެ. ނޫރާއާއި ޔާނިކްގެ މެދުގައިހުރި މަލްހާ ފެނުމުން އެދެމީހުންގެ މޫނުމަތިން ހައިރާންކަން ފާޅުވެގެންދިޔައެވެ.

ހުއްޓުން އަރައިފައި އެމީހުންގެ މޫނަށް ބަލަންހުރި ލިވްޔާއާއި ރާއިދްގެ މޫނުމައްޗަށް ވެރިވެފައިވި ކުލަވަރުފެނުމުން މަލްހާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ވައަތުން ޕާރްސަލްގައި ހިފަމުން ކަނައަތް ސަލާމަށް ދިއްކޮށްލި މަލްހާގެ މޫނަށް ބަލަހައްޓައިގެން ރާއިދްހުރީ ގުޑިލަންވެސް ނުކެރިފައިކަހަލައެވެ.

“މަރުހަބާ. އަހަރެންނާ ސަލާމެއް ނުކުރާނަންތަ؟” މަލާމާތުގެ ހިނިތުންވުމަކާއެކު މަލްހާ އަހާލިއެވެ. އެއިރު މަލްހާމެން ފަހަތުގައިތިބި ބައެއްމީހުންގެ ނަޒަރުތައް ރާއިދާއި ދިމާއަށް އަމާޒުވެފައިވިތަންފެނި ގަދަކަމުން ހިނިތުންވެލަމުން ރާއިދް މަލްހާގެ އަތުގައިހިފައި ސަލާމްކޮށްލިއެެވެ.

ލިވްޔާއަށްވީ ރާއިދަށްވީވަރެވެ. ކުޑަކޮށް އިސްޖަހައިލަމުން މަލްހާގެ އަތުގައިހިފައި މަޑުމަޑުން ސަލާމްކޮށްލިއެވެ. އަދި މަލްހާ ދިއްކޮށްލި ޕާރްސަލްގައި ހިފައިލަމުން އޭނާގެ ފަހަތުގައިހުރި ނޫރާއަށް ބަލައިލިއެވެ. “ވާޙް. ހާދަ ރީތި ޖޯޑެކޭ ދޯ. އެންމެފަހުން ކައިވެނިވެސްކުރެވުނީދޯ. ހިތަށްއަރާ ކިހައިވަރަކުންދާނެބާއޭ؟ ލެޓްސްސީ. ދައްތަގެ ދިރިއުޅުން ހަލާކުކޮށްލާފަ ކަލެއަށް ކިހައި އުފަލުންއުޅެވޭތޯ.” ދަތްކުނޑި ވިކައިލަމުން ވައިއަޑުން އެހެންބުނެލުމަށްފަހު ނޫރާ މަލްހާގެ އަތުގައި ހިފައިލަމުން ކާތަކެތިހުރި ދިމާއަށް ހިނގައިގަތެވެ.

އެމީހުން ފެނުނީއްސުރެ ލިވްޔާއާއި ރާއިދްގެ މޫޑު ޚަރާބުވެގެންދިޔައެވެ. އެރޭގެ އުފާވެރިކަންވެސް ދެމީހުންގެ މޫނުމަތިން ގެއްލިގެންދިޔަކަހަލައެވެ. ގަދަކަމުން ހިނިތުންވަމުން މެހެމާނުންނާ ކުރިމަތިލަމުން ދިޔަނަމަވެސް ދެމީހުންގެ ނަޒަރުވެސް އިރުއިރުކޮޅާ މޭޒެއްގެ ދޮށުގައި ހީސަކަރާތްޖަހަމުން ކާންއިން މަލްހާާގެ މޫނަށް ހުއްޓެމުންދިޔައެވެ.

މަލްހާއެހައި ހިތްވަރުގަދަވީ ކޮންއިރަކުހެއްޔެވެ؟ އެއީ ހަމަ އޭނާ ގާތުގައި އާދޭސްކޮށްކޮށްފައި ވަރިނުކުރުމަށްއެެދުނު މަލްހާހެއްޔެވެ؟ އަބަދު އެކަމާ ހިތާމަަކޮށް ކަރުނައޮއްސި މަލްހާ ހެއްޔެވެ؟ މިއަދު އެދެމީހުންގެ ކައިވެނީގައި މަލްހާގެ ފަރާތުން އެއްވެސް ހިތާމައެއްގެ އަސަރު ނުފެންނަނީ ކީއްވެހެއްޔެވެ؟ ރާއިދަކަށް ނުވިސްނުނެވެ.

“ކޮންއެއްޗެއް ތިބަލަނީ؟” މަލްހާގެ މޫނަށް ބަލަހައްޓައިގެން ފުންޚިޔާލަކަށް ގެއްލިފައިހުރި ރާއިދް ފެނުމުން ހިތްހަމަނުޖެހިފައި ލިވްޔާ އަހައިލިއެވެ. އެއަޑަށް ސިހިފައި ރާއިދް އޭނާގެ ގާތުގައިހުރި ލިވްޔާގެ މޫނަށް ބަލައިލިއެވެ. “އެއްޗެއްނޫން.” ރާއިދްގެ ޖަވާބުން ލިވްޔާ އިތުރަށް ހިތްހަމަނުޖެހޭގޮތްވިއެވެ.

“އެހެންތަ؟ އެއްޗެއްނޫން. އެހެންވެތަ މޮޔައެއްހެން މަލްހާގެ މޫނަށް ގެއްލިފަތިހުރީ؟” ރުޅިއައިސްފައިހުރިވަރުން ލިވްޔާއަށް ދަތްކުނޑިވިކައިލެވުނެވެ. “ސާބަސް ލިވީއަށް.” ލިވްޔާގެ ވާހަކަ ދެއްކުމުގެ ރާގުހުރިގޮތުން ރާއިދްވެސް ހިތްހަމަނުޖެހޭގޮތްވިއެވެ. “އާން. ދެނ ތިވަރޭވާނީ. އަދި މިއުޅެނީ ކައިވެނިޕާޓީ ނުނިމިގެން. މިހާރު އެހެންއަންހެނުންނާ ދިމާއަށް ފާޑުފާޑަށް.. ” ލިވްޔާގެ ޖުމުލަ ފުރިހަމަވާގޮތްނުވީ ރާއިދް ކުޑަކޮށް ހަޅޭލަަވައިގަތުމުންނެވެ. “ޝަޓްއަޕް ލިވީ. މިހާރަކު ނޫން. ޕްލީޒް. އައި އެމް ސޮރީއޭ.” އެދިމާއަށް މެހެމާނުންތަކެއް ފެނުމުން ހަމަޖެހިލަމުން ރާއިދް ބުނެލިއެވެ. އެއާއެކު ތުންްއަނބުރައިލަމުން ލިވްޔާ މަލްހާގެ މޫނަށް ބަލައިލިއެވެ.

“އެމީހުނަށް އެއޮތްވީގޮތެއްދޯ.” ހިނިގަނޑެއް ޖަހައިލަމުން ނޫރާ އެހެންބުނެލުމާއެކު ޔާނިކާއި މަލްހާވެސް ކުޑަކޮށް ހީލިއެވެ. “ސީ މަލް. އޭރުވެސް އަހަރެން ބުނީމެއްނު މަލް ކުޑަހިތްވަރެއް ކޮށްލިއަސް އެމީހުން ބަލިކަށިވާނޭ.” އެދިމާއަށް ބަލަންހުރި ލިވްޔާއާއި ރާއިދާއި ދިމާއަށް ބަލައިލަމުން ނޫރާ ބުނެލީ މަލާމާތުގެ ރާގަކަށެވެ. ނޫރާގެ ވާހަކައަށް ވަކިޖަވާބެއް ހަމައެކަނި ލުއި ހިނިތުންވުމަކުން މަލްހާ ފުއްދައިލީއެވެ.

ކައިނިމިގެން މޭޒުދޮށުން ތެދުވެ ތިންމީހުން ނުކުންނަން ހިނގައިގަތްގަޑީ އެދިމާއަށްއައި އާބިދާ ފެނުމާއެކު މަލްހާއަށް ހުއްޓެވުނެވެ. ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓެއްކަމަކު އެހައި ދުވަސްފަހުން މައިމީހާ ފެނުމުން ބަޔާންކުރަންދަތި އުފަލެއްވެސް މަލްހާއަށް އިހުސާސުވެގެންދިޔައެވެ. ވަގުތުން އާބިދާއާއި ދިމާއަށް ހިނގައިގަނެވުނެވެ. މަލްހާގެ ފަހަތުންކަހަލަގޮތަކަށް ޔާނިކާއި ނޫރާވެސް ހިނގައިގަތެވެ.

“މަންމާ.” އާބިދާއާއި ދާދިގާތުގައި ހުއްޓިލަމުން މަލްހާ ގޮވައިލިއެވެ. އެއަޑަށް ސިހިފައި އާބިދާ އޭނާގެ ކުރިމަތީގައިހުރި މަލްހާއާއި ދިމާއަށް ބަލައިލިއެވެ. “މާލެ އައިސް އަހަރެންނަށް އަންގައިވެސްނުލާ.” ފެންކަޅިވެފައި މަލްހާ ޝަކުވާކޮށްލިއެވެ. “ލިވީ ކައިވެނީގެ ކަންތަކާ އުޅެންޖެހުނުގޮތުން.” އިސްޖަހައިލަމުން މަޑުމައިތިރި ރާގަކަށް އާބިދާއަށް އެހެންބުނެވުނީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ލިވްޔާއާއި ރާއިދްގެ ކައިވެނިޕާޓީއިން މަލްހާ ފެނުމުން އޭނާވެސްހުރީ ހިސާބަކަށް ހައިރާންވެފައެވެ. އެއްގޮތަކަށްވެސް އެތަނުން މަލްހާއާއި ދިމާވެދާނެކަމަކަށް އޭނާ ހިއެއްނުކުރެއެވެ.

“މަންމަގެ އެއްދަރީގެ އުފަލާއިވެގެން އުޅެންހަދައިގެން ދެންއެހެން ދަރިއެއްހުރިކަންވެސް މަންމަ ހަނދާންނެތުނީދޯ.” މަޑުމައިތިރިރާގަކަށް ބުނެލިނަމަވެސް އެއަޑުގައިވި ރިހުން އެތަނުތިބި ކޮންމެމީހަކަށްވެސް އެވަގުތު އިހުސާސުވެގެންދިޔައެވެ.

ބުނާނެ އެއްޗެއްނޭނގިފައި އާބިދާއަަށް ހުރެވުނީއެވެ. އޭނާ ބުނާނީވެސްވަކި ކީކޭހެއްޔެވެ؟ “މަންމަ ބުނީމެއްނު އެެދުވަހު އަހަރެންނާ ދިމާއަށް ލިވީ އެގޮތަކަށް ނުއުޅޭނޭ. ލިވީ އެގޮތަށް ނުއުޅުނުނަމަ މިއަދު ލިވީގެ ފިރިމީހާގެ މަގާމްގަ ރާދުއެއް ނުހުންނާނެ. އެހެންމީހަކު ހުންނާނީ. ހީކުރަން މިވަރުން މަންމައަށް ވިސްނޭނެކަމަށް.” ހަމައެކަނި އެހެންބުނެލުމަށްފަހު އާބިދާގެ ޖަވާބަކަށް އިންތިޒާރުވެސް ކުރުމެއްނެތި މަލްހާ އެތަނުން ނުކުނަން ހިނގައިގަތެވެ. އެއާއެކު ޔާނިކްވެސް އަވަސްއަވަހަށް މަލްހާގެ ފަހަތުން ހިނގައިގަތެވެ.

“ހިތަށްއަރާ ތީ ކޮންކަހަލަ މަންމައެއްބާވައޭ؟ އެއްދަރީގެ ހިތް ރޮއްވާލާފަ އަނެއް ދަރީގެ ހިތް ތިއުފާކޮށްދިނީ.” ލިވްޔާއާއި ދިމާއަށް ބަލަންހުރި އާބިދާއާާއި ދިމާއަށް އެހެންބުނެލަމުން ނޫރާވެސް އެތަނުން ނުކުންނަން ހިނގައިގަތެވެ. ނޫރާގެ ޖުމުލައާއެކު އާބިދާއަށް ލަދުން އިސްޖަހައިލެވުނެވެ. ތުންފަތުގައި ދަތްއަޅައިލަމުން އަނެއްކާާވެސް އާބިދާއަށް ލިވްޔާއާއި ދިމާއަށް ބަލައިލެވުނެވެ. އޭރު ނޫރާ ދެންމެ ބުނި ޖުމުލަތައް އޭނާގެ ކަންފަތްބުޑުގައި ގުގުމަމުން ދިޔައެވެ.

** ** **

ގެއަށްވަނުމަށްފަހު މަލްހާ އޭނާގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހީ ރޮވެންފެށުމުންނެވެ. ފަހަތުންވަތް ޔާނިކަށް މަލްހާގެ ހާލު އިހުސާސުވިއެއްކަމަކު އޭނާގެ ފަހަތުން ދާކަށް ނުކެރުނެވެ. އެހެންކަމުން އަވަސްއަވަހަށް އީނާލަށް ގޮވައިލަމުން ވެގެންއުޅޭގޮތް ކުޑަކޮޮށް ކިޔައިލައި ދިނުމަށްފަހު މަލްހާ ގާތަށް ފޮނުވީ އެހިތުގައި މަލްހާއާމެދުގައި އުފެދިފައިއޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

އީނާލްގެ އެތައް ހިތްވަރަކުން މަލްހާ ހަމައަކަަށް އެޅުނެއްކަމަކު އާބިދާ އޭނާއާއި މެދުގައި ކަންތައްކުރި އިހާނެތިގޮތެއް އެހިތަކުން ފިލައިގެނެއް ނުދެއެވެ. ފިލައިގެންދާނީވެސް ކިހިނަކުންހެއްޔެވެ؟ މަންމަކަށްވެހުރެ އޭނާއަށް މަލްހާގެ އިހުސާސުތައްވެސް ނޭނގުނެވެ. ކުރި ހުރިހައި އާދޭހަށްދިނީ ބީރުކަންފަތެކެވެ. އެހަނދާން އާވުމުން މަލްހާގެ ހިތް އަނެއްކާވެސް ވިރިގެންފޭބިކަހަލައެވެ.

“މަލް. އަހަރެން މަލް ގާތު ވާހަކައެއް ދައްކަންވެފައި އެބައޮތް.” އިރުކޮޅަކު ހިމޭނުން އިނދެފައި އީނާލް އެހެންބުނެލުމުން މަލްހާ ބޯޖަހައިލީ ކުރިއަށްގެންދާށޭ ބުނާ އުސޫލުންނެވެ.

“މަލް. އޫމް. މަލް ދެން ތިހެންހަމަ ހުސްކޮށް ހުންނަނީތަ؟” ވަރަށް ނޫން ގޮތަކަށް އީނާލް އެހެން އަހައިލުމާއެކު މަލްހާ އިސްއުފުލައިލަމުން އީނާލްގެ މޫނަށް ބަލައިލީ ހައިރާންކަމާއެކީއެވެ. އެސުވާލަށް އޭނާދޭނީ ވަކި ކޮންޖަވާބެއްހެއްޔެވެ؟

“އަދި ނޭނގެ. ކިހިނެއްވީ؟” މަލްހާވެސްކޮށްލީ ސުވާލެކެވެ. “އަހަރެންނަށް އިނގޭ މިހާރު މިކަން މަލްއަށްވެސް އިނގޭކަން. މިބުނީ ދޮންބެ މަލްދެކެ.” އީނާލަށް ޖުމުލަފުރިހަމަ ކުރާކަށް ނުކެރުނެވެ. ހައްތަހައިވެސް މަލްހާ އެކަމާއި ހިތްހަމަނުޖެހިދާނެތީ އެހެން ބުނަން އޭނާ ޖެހިލުންވީއެވެ. “ޔާނިކް އެއީ ވަރަށް ރަނގަޅު މީހެއް. ހިތަށް އަރަނީ ހީ ޑިޒާވްސް ބެޓަރ ދޭން މީ އޭ. އެހެންނޫނަސް އަހަރެން.. ޖެހިލުންވޭ. ޔާނިކްދެކެ އަހަރެންނަށް ލޯބި ނުވެވިއްޖެއްޔާއޯ؟” މަލްހާގެ އަޑުގައި ހާސްކަން އެކުލެވިފައިވިއެވެ.

“ޑޯންޓް ވޮރީ. ދޮންބެ ނުލާހިކު ލޯބިވޭ މަލްދެކެ. އަހަރެންނަށް ޔަގީން ދޮންބެ ދުވަހެއްގެ ކޮޅުންވެސް މަލްއަށް ދެރައެއްނުދޭނެކަން. އައި ނޯ ޔޫ ނީޑް ޓައިމް. ޓޭކް ޔުއަރ ޓައިމް. އިޓްސް އޯކޭ. އެކަމު ޕްލީޒް އަހަރެންގެ ދޮންބެއަށް ދެރައެއްނުދެއްޗޭ. މުޅި އުމުރުވެސް ދޮންބެ ލޯބިވި ހަމައެކަމި އަންހެންކުއްޖަކީ ތިއީ. އަދިވެސް ކައިވެނިނުކޮށް އެހުރީ މަލްގެ އިންތިޒާރުގަ.” މަލްހާގެ އަތުގައި ހިފައި ކުޑަކޮށް ފިތައިލަމުން އީނާލް ބުނެލިއެވެ.

އީނާލްގެ ވާހަކަތަކުން މަލްހާ ހައިރާންވިއެވެ. ޔާނިކް އޭނާދެކެ ހަމަ އެހައިވަރަށް ލޯބިވަނީހެއްޔެވެ؟.އެކަމަކު ކީއްވެ ހެއްޔެވެ؟ އޭނާ ލިބޭނެކަމުގެ އެއްވެސް ގެރެންޓީއެއް ނެތްއިރުވެސް ޔާނިކް އޭނާއަށް ހަމަ އިންތިޒާރުކުރަނީހެއްޔެވެ؟.މަލްހާއަށް އިސްޖަހައިލެވުނީ ޔާނިކް އޭނާދެކެ އެވާ ތެދުވެރި މަތިވެރި ލޯބި ފުރަތަމަ ފަހަރަށް އެހިތަށް އިހުސާސުވުމުންނެވެ.

“އަހަރެން ވަގުތު ބޭނުން.” ބުނާނެ އެއްޗެއް ނޭނގުމުން ގަދަކަމުން ހިނިތުންވެލަމުން މަލްހާ ބުނެލިއެވެ. މަލްހާގެ ހާލަތު އިނގެއޭ ބުނާފަދައިން އީނާލްވެސް ހިނިތުންވެލަމުން ބޯޖަހައިލިއެވެ.

** ** **

ރާއިދްގެ ފަހަތުން ކޮޓަރިއަށްވަތް ލިވްޔާ އަދިވެސްހުރީ ހިތްހަމަނުޖެހިފައެވެ. ދެފަރާތަށް ބޯހޫރުވައިލަމުން ރާއިދް ލިވްޔާއާއި ދިމާއަށް ބަލައިލިއެވެ. ތުންކޮޅު ދަމައިގެންހުރެ ރާއިދް ބަލައިލުމާއެކު ލިވްޔާ ލޯއަޅައިލިއެވެ.

“ދެން ސާބަސް ލިވީ. އަދިވެސް އެކަމާ ހިތްހަމަނުޖެހިފަތަ؟ ޕްލީޒް ދެން ތިހެން ނުހުރެބަލަ. މަލްހާއަށް ދައުވަތުދިނީވެސް ލިވީ އަމިއްލައަކަށްނު.” އެނދުގައި ކުޑަކޮށް އިނށީދެލަމުން ރާއިދް ބުނެލިއެެވެ.

“އަހަރެންނަށް ކިހިނެއްތަ އިނގެނީ ދައުވަތުދިނަސް އޭނަ އަންނާނެކަމެއް. އެހެންނޫނަސް އެކަމާއެއްނޫންދޯ އަހަރެން ހިތްހަމަނުޖެހިގެން މިއުޅެނީ. ރާދު ނުޖެހެއެއްނު އޭނަ ފެނުނަސް ބަލާކަށް.” މޫނަށ ވައްތަރެއް ޖައްސައިލަމުން ލިވްޔާ ޝަކުވާގެ ރާގެއްގައި ބުނެލިގޮތުން ރާއިދް އަނެއްކާވެސް ބޯހޫރުވައިލިއެވެ.

“އަހަރެން މައާފަށްވެސް އެދެފިން. ލިވީ ތިހީކުރާކަހަލަ ގޮތަކަށްނޫނޭ އަހަރެން މަލްހާއަށް ބެލީއަކީ. ދެން ޕްލީޒް. އައި ބެގް ޔޫ. މިއީ އަހަރެމެންގެ ކައިވެނީގެރޭ. ތިހެން ރުއިން ނުކޮށްބަލަ. އާދޭސްކުރަން.” ލިވްޔާގެ އަމަލުތައްހުރިގޮތުން ރާއިދްވެސް ހިތްހަމަނުޖެހޭގޮތްވިއެވެ.

މިއީ އެމީހުންގެ ކައިވެނީގެ ރޭކަންވެސް ލިވްޔާ ހަނދާންނެތުނީހެއްޔެވެ؟ އޭނާ ލިވްޔާއާއި ކައިވެނިކުރީ ނުހަނު ފޮނި އުއްމީދަކާއި އެކުގައެވެ. ނަމަވެސް ދިމާވި ކުޑަކަމެެއްގެ ސަބަބުން ލިވްޔާ އެއުޅެމުންދާގޮތް ރާއިދަކަށް އެއްގޮތަކަށްވެސް ކަމަކުނުދިޔައެވެ.

ރާއިދްގެ ވާހަކައަށް ވަކިޖަވާބެއްނުދީ އިރުކޮޅަކު އެހެން ހުރުމަށްފަހު ފުންނޭވާއެއްލަމުން ނިދާ ހެދުމެއް ހިފައިގެން ލިވްޔާ ފާޚާނާއަށްވަނީ ފެންވަރައި ތާޒާވެލުމުގެ ނިޔަތުގައެވެ. ހެދުން ބަދަލުކޮށް ހަދައިގެން އޭނާ ފާޚާނާއިން ނުކުތްއިރު ރާއިދްވެސް ހަމައެކަނި ސޯޓުކޮޅެއް ލައިގެން އެނދުގައި އޮށޯވެލައިގެން އޮތެވެ.

ކޮޓަރި ޒީނަތްތެރިކުރެވިފައިވާ ފުރިހަމަކަމާމެދުވެސް ލިވްޔާއަށް ވިސްނައިލެވުނީ ދެނެވެ. ހިތްހަމަނުޖެހިފައިހުރިވަރުން ކޮޓަރިއަށްވަތް ފުރަތަމަގަޑީގައި އެކަންވެސް އޭނާއަށް ފާހަގަނުވީއެވެ. ވަށައިގެން ދިއްލައިފައިހުރި އުއްބައްތިތަކަށް ލިވްޔާ ބަލައިލިއެވެ. ކޮޓަރީގެ އެކިތަންތަންކޮޅުގައި ރަތާއި ހުދުކުލައިގެ ފިނިފެންމަލުގެ ފިޔައިން ހިތުގެ ބައްޓަން ހަދައިފައިވީއިރު އެނދުމަތިވެސް ޖަރީކޮށްފައިވީ ރަތާއި ހުދުގެ ފިނިފެންމަލުގެ ފިޔައިންނެވެ.

ކޮޓަރީގެ އެކިދިމަދިމާއަށް ލިވްޔާ ނަޒަރު ހިންގައިލީ ހިތްހަމަޖެހިފައި ހުރެއެވެ. އެނދުގައި އޮށޯވެލައިގެން ނިތުގައި އަތްބާވައިލައިގެން އޮތް ރާއިދާއި ދިމާއަށް ލިވްޔާ ބަލައިލީ މަސްތީ ގޮތަކަށެވެ. އެއާއެކު ލަދުރަކި ހިނިތުންވުމެއް އެތުންފަތްމަތީގައި ދުވެލިއެވެ. ދާދި ދެންމެއަކު އެދެމެދުގައި ހިނގި ދެބަސްވުންމަތިންވެސް ލިވްޔާ ހަނދާންނެތްފަދައެވެ.

ތުވާލި ހަރުގައި އަޅުވައިލަމުން ލިވްޔާ އެނދާއި ދިމާއަށް މިސްރާބުޖެހިއެވެ. އެނދުގައި އޭނާގެ ފަޅީގައި އޮށޯވެލަމުން ލިވްޔާ މަޑުމަޑުން ރާއިދްގެ ގައިގައި ބައްދައިލިއެވެ. “ރުޅިއައިސްފަތަ؟” ރާއިދްގެ މޫނުގައި ހިފައި އޭނާއާއި ދިމާއަށް އަނބުރައިލަމުން ލިވްޔާ އަހައިލިއެވެ. ނަމަވެސް ރާއިދް އެއޮތްގޮތަށް ޖަވާބެއްނުތީ އޮތީއެވެ. ލިވްޔާއަށް އެގޮތް ކަމަކުނުދިޔައެވެ.

“ސޮރީ. އަހަރެން ގަސްދުގައެއްނޫނޭ. ރާދުދެކެ ލޯބިވާލެއް ބޮޑުކަމުން އެހެންވީއޭ. އަހަރެންނަށް މައާފުވެސް ނުކުރާނަންތަ؟” ދެރަވެފައި ލިވްޔާ ބުނެލިގޮތުން ރާއިދްގެ ހިތަށް އަސަރުކުރިއެވެ. ލޯތްބާއެކު އޭނާ ލިވްޔާގެ މިލައިފއިވާ މޫނަށް ބަލައިލިއެވެ.

“އިޓްސް އޯކޭ. މައާފުކޮށްފިން. އެކަމު ދެން މިކަންތައް ތަކުރާރުވެގެން ނުވާނެ.” ލިވްޔާގެ ފަންއިސްތަށިގަނޑާ ކުޅެލަމުން އެނިތުގައި ބޮސްދީފައި ރާއިދް ބުނެލިއެވެ. ވަގުތުން ހިނިތުންވެލަމުން ލިވްޔާ އެކަމަަށް އެއްބަސްވިއެވެ. އެއާއެކު ލުއި ހިނިތުންވުމަކާއެކު ރާއިދް ލިވްޔާއާއި ގާތްވެލިގޮތުން އޭނާގެ ގައިން ހީބިނަގައިގެން ދިޔައެވެ. މުޅިކޮޓަރިއަަށް ދެމަފިރިންގެ ހުނުމުގެއަޑު ފެތުރިގެންދިޔައީ ދެހިތުގެތެޅުންވެސް އަވަސްކުރުވަމުންނެވެ.

** ** **

ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުންދިޔައެވެ. ފާއިތުވެދާ ކޮންމެ ދުވަހަކާއިއެކު މަލްހާއާއި ޔާނިކްގެ ގުޅުން ކުރިލައިހެދި ވަރުގަދަވަމުން ދިޔައެވެ. ޔާނިކްގެ ކޮންމެ އަމަލަކުން މަލްހާއަށް އިހުސާސުވަމުންދިޔައީ އޭނާދެކެވާ ނިމުމެއްނުވާ ލޯތްބެވެ.

ކިތަންމެފަހަރަކު ޔާނިކްއަށް އާނބަސްބުނަން ހިތްއެދި ގޮވަމުންދިޔައިރުވެސް އެކަންކުރަން ނުކެރިފައި މަލްހާއަށް ހުރެވެނީ އެފަދަ ވާހަކައެއް ޔާނިކް ގާތުގައި އިސްވެބުނަން ޖެހިލުންވާތީއެވެ. ނޫރާވެސް އެތައްފަހަރަކު ރާއިދްމަތިން ހަނދާންނައްތައިލުމަށްފަހު ޔާނިކްއާއެކުގައި ދިރިއުޅުމެއްފަށަން އޭނާއަށް ނަސޭހަތްތެރިވިއެވެ. އެހެނަސް އަދިއަދަށްދާންދެންވެސް މަލްހާއަށްވަނީ އެކަން ނުވެފައެވެ.

ލޯގަނޑުކުރިމަތީހުރެ ތައްޔާރުވެ ނިންމައިލުމަށްފަހު މަލްހާ ފޯނުނަގައި ޔާނިކްއަށް ގުޅައިލިއެވެ. އޭރު އޭނާގެ އިންތިޒާރުގައި ގޭގެ ސިޓިންގްރޫމްގައި ޒީވާނާއި ސަކަރާތްޖެހެން ޔާނިކް އިނެވެ. މަލްހާ ގުޅައިލުމާއެކު ތިރިއަށް އައުމަށް އޭނާ އެދުނެވެ.

ފޯނު ކަނޑައިލަމުން ލޯގަަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުން މަލްހާ ހިނިތުންވެލިއެވެ. ފާއިތުވެދިޔަ ދުވަސްތަކާއެކު އެހިތުގެ ރިހުންވެސްވަނީ ކޮންމެވެސް ވަރަކަށް ލުއިވެފައެވެ. އަލުން ހިނިތުންވާން އޭނާއަށް މިއަދު ދަސްވެއްޖެއެވެ.

ސިޑިން ފައިބައިބައިގެންއައި މަލްހާ ފެނުމާއެކު ޔާނިކް ޒީވާން އުރައިލަމުން ތެދުވިއެވެ. “ރެޑީ؟” މަލްހާ އެމީހުނާއި އަރައިހަމަވުމުން ޔާނިކް އަހައިލިއެވެ. ބޯޖަހައިލަމުން ޒީވާންގެ އިސްތަށިކޮޅު މަލްހާ ހާވައިލިއެވެ.

ޒީވާން ގޮވައިގެން ދެމީހުން ކުޑަކުދިންގެ ޕާރކަށް ވަދެގެންދިޔައިރު އެތުއްތު މޫނުމަތިވަނީ އުފަލުންގޮސް ފޮޅިފައެވެ. ޔާނިކްގެ އަތުތެރޭގައިހުރެ ފައިބަން މަސައްކަތްކުރަމުންދިޔަ ޒީވާނަށް ބަލައިލަމުން ހިނިގަނޑެއް ޖަހައިލަމުން ކުޑަކޮށް ތިރިވެލުމަށްފަހު ޔާނިކް ޒީވާން ބިންމަތީގައި ބެހެއްޓިއެވެ. އެއާއެކު އެތަނުގައި އުޅެމުންދިޔަ އޭނާއާއި އެއްއުމުރެއްގެ ކުދިންތަކާއެކު ޒީވާން އެދިމާއަށް ދުއްވައިގަތެވެ. އެމަންޒަރުބަލަންތިބި މަލްހާއާއި ޔާނިކްއަށް އެކުއެކީގައި ހިނިތުންވެލެވުނެވެ.

ޒީވާނަށް ބަލަންތިބުމަށްފަހު ދެމީހުން އެހިސާބުގައިހުރި ސިމެންތި ގޮނޑިއެއްގައި އިނށީނެވެ. އިރުއިރުކޮޅާ މަލްހާއަށް ޔާނިކްގެ މޫނަށް ބަލައިލެވެނީ ވާހަކައެއްބުނަން ބޭނުންވެފައިހުރި މީހަކުފަދައިންނެވެ. އެކަން ޔާނިކްއަށް ފާހަގަވީ ކަންނޭނގެއެވެ. މަލްހާގެ މޫނަށް ބަލައިލަމުން އޭނާ ނިތްއަރުވައިލީ ކިހިނެއްވީހޭ އަހައިލާފަދަ ގޮތަކަށެވެ. “އޫމް. ޔާނިކް. އަހަރެން. އަހަރެން ވާހަކައެއް ބުނަންކަމަށް.” އުނދަގުލުން މަލްހާ އެހެންބުނެލުމާއެކު ނިތަށް ރޫއަރުވައިލަމުން ޔާނިކްް މަލްހާއާއި ދިމާއަށް އެނބުރިލީ އޭނާ ބުނަން އެއުޅޭވާހަކައެއް އަޑުއެހުމުގެ ޝައުގު ހިތުގައި އުތުރިއަރައިގަތްވަރުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އަނދިރިފަރާތް 30

Next

ޖާހާ

Next
March 30, 2018

ޖާހާ

Previews
March 30, 2018

އަނދިރިފަރާތް 30

22 Comments!

  1. Ibsha says:
    March 30, 2018 at 9:52 pm

    Varah reethi

  2. Nau says:
    March 30, 2018 at 9:54 pm

    Salaam all.. Sry lasvythy.. Kuda kameh jehigen lasvy aslu.. Hope u guys will like this part too.. Nxt part in sha allah sunday ga.. Thanks all for everything.. Ly guys alot.. ❤?

  3. Mary says:
    March 30, 2018 at 10:00 pm

    Wow ???

  4. unique says:
    March 30, 2018 at 10:02 pm

    how sad sunday…:-(:-(

  5. Shann says:
    March 30, 2018 at 10:10 pm

    Wow anehbai kiyaa hithun hama kehmadhuvefa mihaaru ves mihury… Haadha ryhchey mibaives… Hama nau ge molhukan fenigen midhany… Khonme baeh kiyaa ninmaalaafa ves hithah araa nuney nau haadha molhey… Hama bunaane ehchehves neyngey…

  6. Maii says:
    March 30, 2018 at 10:10 pm

    Varah reethi.. Masha Allah.. Nau thi gothugaa kuriah dhey… ❤❤

  7. unique says:
    March 30, 2018 at 10:14 pm

    varah sad sunday vma… cant wait for the nxt part

  8. Pinky shifoo says:
    March 30, 2018 at 10:40 pm

    Wow ❤️❤️❤️… Superb ???… Maasha Allah mi part vx v v v reethi ???… Sifakurunthah hama obiness to the max ???… V v v reethi ???… Next part kiyaalaahithun kehmadhuvefa mihaaru vx ???… Keep up the good work Nau ???… Lots of love and take care ❤️❤️❤️????????????

  9. Aisha says:
    March 30, 2018 at 10:42 pm

    Haadha salhiey vaahaka gendhaa goi

  10. Shashee says:
    March 30, 2018 at 10:43 pm

    Wow kiyaahithun moya vaa varu vey ??????

  11. Niha says:
    March 30, 2018 at 10:47 pm

    varah varah reethi mi part ves.. next part kiyaalaa hithun keh madhu vefa meenee.. <3

  12. Loabi says:
    March 31, 2018 at 12:48 am

    Thankolheh avahah up kuraagothah hadhanveenun pls

  13. Axy says:
    March 31, 2018 at 4:09 am

    Wow V V reethi ?

  14. lotus says:
    March 31, 2018 at 5:28 am

    Wow.. varah Salhi??? malu keekey bunanbaa e ulhenee…. waitin for the next.part

  15. Any says:
    March 31, 2018 at 7:02 am

    Nau v reethi mibaives

  16. yoosh says:
    March 31, 2018 at 7:22 am

    Nau hama perfect v v reethi igey??????

  17. mai says:
    March 31, 2018 at 8:31 am

    alhey.. mal ehbas waan kaneyenge dhw ulheny…
    wow.. next part ah inthixaaru kurewen fashaifi mihaaruwx… :* :* :* Raaidhu men nah mihaaru hunnany raakani mas kewifa… hahahaaa…. adhi warugadha landeh dheythi nau edhemeehunah…
    keep up the gud work nau…

  18. tom says:
    March 31, 2018 at 9:00 am

    vvvvv salhi mi baeves ????

  19. Rishy says:
    March 31, 2018 at 10:08 am

    Wowwwww??

  20. Munee says:
    March 31, 2018 at 6:03 pm

    ❤️❤️❤️ v salhi

  21. Hope says:
    March 31, 2018 at 8:56 pm

    Vihsaara vilaa thah udumathi furaali Ehve .meeshaa ge lofuri bandun vaan kairivefa huri karuna yaa guhlifaa vaa kahala ehve .faaiz duruga manzar balan huree keh vaathee eh nooneve.ethah faharaku meeshaa genesh eh athuge himaayaih Dean beanun vefa ehvev.

  22. zaahi says:
    April 1, 2018 at 2:03 pm

    Varah salhi . avahah next part ves up kohlahchey.

Comments are closed.

Next Episodeތަޤްދީރު (26)←


All Right Reserved!