Skip to content
އެސްފިޔަ

ޖާހާ

ދެވަނަ ބައި                        ސުކޫލު ގެ ބެލްޖެހުމާއި އެކު ޔާނާ ވެސް އަވަސްވެ ގަތީ ކުލާހަށް ދިއުމަށެވެ. މިހާރު ޖީސީއަށް 15 ދުވަހަށްވީއެވެ. ކިޔެވުމުގައި އަވަދިނެތި ނާޒިމާ އުޅެމުން ގެންދެއެވެ. ނަމަވެސް ޔާނާ އާދައިގެ މަތީން މިއަހަރު ވެސް އުންމީދު ކުރަނީ ކޮޕީ ކޮއްގެން މޮޅުވާނެކަމަށެވެ.             ރޭގަނޑުގެ ހަމަހިމޭންކަން ވެރިވެގަތް ވަގުތެވެ.ބިރުވާނު އޭނާގެ ދަރިފުޅު ޖާހާ ގޮވައިގެން އައިސް ނާޒިމާ އަށް ގޮވުމަށް އެންގިއެވެ. ޖާހާ އޭނާގެ ބައްޕަގެ އަމުރަށް ކިޔަމަންވަމުން ނާޒިމާ މެންގެ ގޭގެ ފާރުތެރެއިން ނާޒިމާގެ ކޮޓަރިއަށް ވަނެވެެ.”ނާޒިމާ!ނާޒިމާ!ކިއްތަ ތިޔަކުރަނީ ” ޖާހާގެ މިގޮވުމަށް ސިހިފައި ހުރިި ނާޒިމާ ކޮޓަރި ވަށާ ހޯދަމުންދިޔައެވެ. ނަމަވެސް މީހެއްގެ ހިލަމެއް ނެތުމުން ހީވިހީވުމެއް ކަމަށް ބަލާ ނިދޭތޯ މަސައްކަތް ކުރިއެވެ.”އޭ ނާޒިމާ ކަލޭ ނިދަނީތަ؟ނާޒިމާ”މި ފަހަރު އޭނާއަށް ޔަޤީންވިއެވެ.އަދި ބޭއިހްތިޔާރުގައި ބުނެވުނެވެ. “ކާާކުތީީ؟ކި ކިހިނެތް މަ މަގޭ ނަން އެނގުުނީީ؟”ނާޒިމާ ބިރުންހުރެ ބުނެލިއެވެެ.އިރުކޮޅަކުން އަޑުކެނޑި ފުރާވަރުގެ އަންހެން ކުއްޖެއްގެ ހިޔަނި ކޮޓަރީގެ ވާތްފަރާތު ފާރުން ފެންނަމުން ދިޔައެވެ.އަނެއްކާވެސް ގެއްލިއްޖެއެވެ.ނާޒިމާގެ ދެފައި ތުރުތުރު އަޅައި މޫނުން ދާހިއްލަން ފަށައިފިއެވެ.އޭނާ ކޮޓަރީގެ ތަޅުހުޅުވުމަށްފަހު އޭނާގެ މަންމަ ހޯދުމަށް ހިނގައިގަތެވެ.ގޭގައި އެކެއްގެ ވެސް ހިލަމެއްނެތެވެ.ނާޒިމާ އޭނާގެ މަންމަގެ ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.އަދި އަލަމާރި އާއި ފާރާއި ދޭތެރެގައި ފިލައިހުއްޓެވެ.އެހިސާބުން އެކަންތައްގަނޑުގެ ހިިިިިިިިިިިިިލަމެއްނުވިއެވެ.                 ފަތިހުގެ އަލި ފިލައިގޮސް އާދުވަހަކަށް މަރުހަބާ ކިޔައިފިއެވެ.ހަފްސާ އޭނާގެ 3ވަނަ ދަރިފުޅު ނާޒިމާ ވީނުވީތަނެއް ނޭންްގިގެން އޭނާ ދާނެހެން ހީވާ ގޭގޭ ބަލާފާސްކުރަމުން ގެންދެއެވެ.

Comments (2)

  1. shanhaa

    haadha kury

  2. Naanijaan

    Haadhakurey.

Comments are closed.