ކޮފީތަށި ބަހައްޓަމުން އިބާ އެއްމިޔަކަނުން ނުބައި ގޮތަކަށް ހީލަމުން އެތާ އިން ފެންތަށި ޖަޒްލާންގެ ގަޔަށް ވަރާލިއެވެ. ”ޝިޓް. ސޮރީ ސޮރީ. އިބާ ގަސްތުގަ ކުރި ކަމެއް ނޫން.“ އިބާ ދެރަވާ ކަމަށް ހަދާލާފަ ބުންޏެވެ. ”އިޓްސް އޯކޭ އެބަ އަންނަން ގައި ހިއްކާލައިގެން“. ޖަޒްލާން އެހެން ބުނެ ތެދުވެގެން ދިޔައެވެ. ޖަޒްލާން ގަމީސް ހިއްކާލުމަށްފަހު އެނބުރިއައެވެ. އަދި ފެނުން މަންޒަރުން ޖަޒްލާންގެ އަނގަ ތަންމިނަށް ހުޅުވުނެވެ. އިބާ ހުރީ އެއްވެސް ފޭރާމެއް ނެތި ޖަޒްލާންގެ ސީޓުގައެވެ. […]
ޖަޒްލާންއާ އެލީ އާށް ހީވީ މުޅި ދުނިޔޭގެ އުފާ ލިބުނީ ހެންނެވެ. ލޯބީގެ ޖާދޫގާ ދެމީހުންވެސް ޖެހެމުން ދިޔައެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އިންތިހާއަށް ލޯބިވާނެ ކަމަށް ބުނެ ދުވަހަކުވެސް ވަކި ނުވާނެ ކަމުގެ ވަޢުދު ވަމުން ދިޔައެވެ. ނަމަވެސް.. ތަގުދީރުގަ ވާނެ އެއްޗެެއް އިނގޭނީ ކާކަށް ހެއްޔެވެ.. ދެމީހުންވެސް ބައްދާލައިގެެން އިރުކޮޅަކަަށް ތިބުމަށްފަހު އެކަކު އަނެކަކަށް ދުރުވެލިއެވެ. ދެމީހުންވެސް ތިބީ އިސްޖަހައިގެންނެވެ. ހީވާ ގޮތުން ދެމީހުންވެސް ތިބީ ލަދުންނެވެ. ލޯތްބަށް އިއުތިރާފް ވެވުމުން ދެމީހުންވެސް އެކަކު […]
މަޑުމަޑު މޭކަޕެއް ކޮށްފަހުރި އިރު ތުންފަތުގަ ޖައްސާފަ ހުރި ރަތް ކުލަ އެލީގެ ރީތިކަން އިތުރުވިއެވެ. އެލީ ރެޑީވެގެން ޖަޒްލާން އަށް ގުޅިއެވެ. ނަމަވެސް ފޯނަކަށް ނުގުޅެއެވެ. އޮންނަނީ ނިވާލާފައެވެ. އެލީ ވަރަށް ހާސް ވިއެވެ. އެހާ ދެރަވެސް ވިއެވެ. އެލީ އެހެން ހުންނަތާ ފަނަރަ ވަރަކަށް މިނެޓް ފަހުން ޔަލް ގުޅިއެވެ. ޔަލް ވަރަށް އާދޭސް ކުރުމުން ޔަލްއާ އެކީ ޕާޓީއަށް ދާން އެލީ އެއްބަސް ވިއެވެ. ޕާޓީއިން ޖަޒްލާން ފެންނާނެ ކަމުގެ އުންމީދުގައެވެ. ޕާޓީއަށް ވަދެގެން އައި އެލީ ޖަޒްލާން އަށް ފެނުނެވެ. ދުވެފަ ކަހަލަ ގޮތަކަށް އެލީ ކައިރިއަށް ޖަޒްލާން އައެވެ. “އައި އޭމް ސޯ […]
އަރައިގެން އައި އިރާއެކު އެންމެންވެސް ތިބީ ދަތުރު ދާން ފުރަަން އައިސް ދޯނި ކައިރީގައެވެ. ޔަލް މި ދަތުރު ދާހިތުން ހީވަނީ މޮޔަވެގެން އުޅޭހެންނެވެ. ނުވެސް ނިދާ ހުރެ ފަތިހާ އެލީ އަށް ގުޅިއެވެ. އަދި ރެޑީވެގެން ދޯނި ކައިރިއަށް ދެމީހުން އައި އިރު އެކަކުވެސް ނާދެއެވެ. އެކަމާ ރުޅިގަދަވެގެން އެލީ ވަރަށް އެއްޗެހިވެސް ކިޔެވެ. އެ ދެމީހުން އެތާ ތިބޭތާ 20 ވަރަކަށް މިނިޓް ފަހުން އެންމެން އަންނަން ފެށިއެވެ. އެލީއަށް ޖަޒްލާންވެސް ފެނުނެވެ. އެކަމަކު ފެންނަ ކަމަށް ނަހަދާ އަނެއް ފަރާތައް އެނބުރުނީއެވެ. ޖަޒްލާން އެލީ ހޯދިއެވެ. އަދި ދޯންޏައެރިތަން ފެނުމުން ވަރަށް ހިތްހަމަ ޖެހުނެވެ. އަދި ހުރިހާ އެންމެން ހަމަވުމުން، ދޯނި ނައްޓާލިއެވެ. ދަތުރުގެ މަންޒިލަކީ މާލޭގަ މާ ދުރުނޫން ހިސާބެއްގަ އޮތް ފަޅު ރަށެކެވެ. ރަށާ ހަމަޔަށް ދެވެންދެން އެންމެން ފޯރި ނަގަމުން ދިޔައެވެ. އެއް ބަޔަކު ބޮޑުބެރު ޖަހަމުން އަނެއް ބަޔަކު ނަށަމުން ދިޔަ އެވެ. ޖަޒްލާން ވެސް ދޭތެރެއަކުން ލަވަ ކިޔާލާ ނަށާލާ ހަދައެވެ. ޖަޒްލާންގެ މިހަރަކާތް ފެނި އެލީ ބައެއް ފަހަރު ހިނިވެސް އާދެއެވެ. ޔަލް އާ މާނިއުވެސް ނަށާލިއެވެ. ނަމަވެސް އެލީ ހުރީ މަޑު މަޑުން ފޯރިބަލާށެވެ. ރަށާ ކައިރިވުމުން އެންމެން ވެސް ދޯނިން ފައިބަން ރެޑީވިއެވެ. އެލީވެސް ތެދުވެ ހިނގައިގަތްތަނާ ސާމާނުތައް އަޅާފަ ހުރި ފޮށިގަނޑެއްގަ ޖެހި އަރި އަޅާލިއެވެ. އެ ވަގުތު ވެއްޓެން ދިޔަ އެލީ ގެ ބަނޑުގަ މީހަކު އަތް އެޅިއެވެ. އަދި އަނެއް އަތުން ބުރަކާށީގަ އަތް އަޅާ އެލީ ވެއްޓުނަނުދީ ހިފެހެއްޓިއެވެ. އެލީ އަށް އެއީ ކާކު ކަމެއް ނޭގި ފާޑަކަށް ރުޅިއާދެވުނެވެ. ހަމަ އެވަގުތު އެއީ ކާކުތޯ ބެލުމަށް ހަމަޖެހިލަމުން ސީދާ ވިއެވެ. ޖަޒްލާން ހުރީ ހަދާނެ ގޮތެއް އަދި ކިޔާނެ އެއްޗެއްވެސް ނޭގިފައެވެ. އެލީ ވެއްޓޭތަން ފެނުމުން އަތުގަ ހިފަން އުޅެނިކޮށް ހިފުނީ ބަނޑުގައެވެ. އެލޫޅާފަތި ހަށިގަނޑުގަ ބީހުމުން މީހާ ފިނިވެގެން ދިޔައެވެ. “ސޮރީ” ޖަޒްލާން ވަރަށް ލަދުން ހުރެ އިސްޖަހާލަމުން ބުންޏެވެ. އެލީ އަށްވެސް ވީ ހަމަ އެހެނެވެ. އިސްޖަހާލުމަށްފަހު “އިޓްސް އޯކޭ” ބުނެލިއެވެ. އަދި ވަރަށް ލަދުން ހުރެ ދޯނިން ފައިބަން ދިޔައެވެ. ހުރިހާ އެންމެން ރަށަށް ފޭބުމާއެކު އުފަލުން ހީވީ އެހެންފަދަ ކަމެއް ހެންނެވެ. އެރަށުގެ ރީތިކަން ފެނިފައެވެ. ރަށް ވަށާ އޮންނަނީ ހުދުސާފު ވެއްޔެވެ. މޫދުވެސް އެހާ ހިތްގައިމުވެފަ ސާފެވެ. “އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް ސޮރީ. ގަސްތުގަ ކުރި ކަމެއް ނޫން އެއީ.” އެލީ ފަހަތުން އައިސް ޖަޒްލާން ވަރަށް ލަދުން ހުރެ ބުންޏެވެ. “އިޓްސް އޯކޭ. އަހަންނަށް އިނގޭ ޖަޒް ގަސްތުގެ އެކަހަލަ ކަމެއް ނުކުރާނެކަން. އެނީވޭ ތެންކިޔު ސަލާމަތް ކުރީތީ.” އެލީ ކުޑަކޮށް ހިނިއައިސް ހުރެ އެހެން ބުނެ ދިޔައެވެ. ޖަޒްލާން އެލީ ދިޔަތަން ބަލަން ހުރެ އެއްމިޔަކަނުން ވަރަށް ލޯބިގޮތަކަށް ހީލިއެވެ. އެންމެން އެކި ދިމަ ދިމާލަށް މިސްރާބު ޖެހިއެވެ. އެއްބައި މީހުން އެރަށް ހޫނު ގަދަކަމުން ގެނައި ޓެންޓްތައްޖަހާށެވެ. އަނެއްބައި މީހުން ކެއްކުމުގެ ތައްޔާރީތައް ކުރާށެވެ. އަދި އަނެއްބައި މީހުން ރަށްބަލާލުމަށް ރަށުތެރެއަށް ވަދެގެން ދިޔައެވެ. އައި މީހުންގެ އަދަދު ގިނަ ކަމުން ހަތަރު ޓެންޓް ޖަހަން ޖެހުނެވެ. ކޮންމެ އަންހެން ދެ ގްރޫޕަކަށް ދެ ޓެންޓް އެވެ. އަދި ފިރިހެން ދެ ގްރޫޕަކަށް ދެ ޓެންޓް އެވެ. ހެނދުނުގެ ސަޔަށްފަހު އެންމެންވެސް އުޅުނީ ވޮލީ ކުޅޭށެވެ. ވޮލީ ކުޅުމަށް ޓީމްތައް ބަހާލިއިރު އެލީ އާ ޖަޒްލާން ޖެހުނީ އެއް ޓީމަކަށެވެ. ދެމީހުން ވެސް ހިތާހިތުން އުފާ ކުރިއެވެ. ކުޅިވަރުގެ ތެރޭގައި އެލީ […]
ބްރޭކް ގަޑި ޖެހުމާއެކެ ހުރިހާ އެންމެން ވެސް ކެންޓީން އަށް ދިޔައެވެ. އެލީ ހުރީ ދާހިތުން ނޫން ކަމުން ޔަލް އާދޭސް ކުރުމުންވެސް ދާކަށް އެއްބަހެއް ނުވިއެވެ. ހުރިހާ އެންމެން ނިކުމެގެން ދިޔައިރުވެސް އެލީ އާ ޖަޒްލާން ނުދެއެވެ. ޖަޒްލާން ހުރީ އެލީ އަށްވުރެ ފަހަތުގަ ކަމުން ޖަޒްލާން ނިކުމެގެން ނުދާ ކަމެއްވެސް އެލީ އަކަށް ނޭގުނެވެ. ހަމަ ހިމޭނުން ބޭރު ބަލަން އިނީއެވެ. ޖަޒްލާން ތެދުވިއެވެ. މަޑުމަޑުން އެލީ އާ ދިމާލަށް މިސްރާބުޖެހިއެވެ. ތެޅިތެޅި އޮތް ހިތަކާ އެކު އެލީ ކައިރިއަށް ގޮސް ގޮވާލިއެވެ. އެލީ ދިޔައީ ސިއްސައިގެންނެވެ. އެހާ ގާތުން ޖަޒްލާންގެ އަޑު އައުމުން އެލީ ފިނިވިއެވެ. “އެލީ ބްރޭކަށް ވެސް ނުދަނީތަ. މިއަދު ބަނޑުހައެއް ނޫން ދޯ.” ޖަޒްލާން އަހާލިއެވެ. “ޔާ. އެހާ ބަނޑުހައެއް ނޫން. އެހެންވެ މަޑުކޮށްލީ.” އެލީ ޖަވާބު ދިނީ ވަރަށް ހަމަ ޖެހިލަމުންނެވެ. އިހުސާސް ތައް ފޮރުވަން އެލީ ވަރަށްވެސް މޮޅެވެ. “އެލީ ވާހަކައެއް ބުނަންތަ” “ޑޯންޓް ވޮރީ ޖަޒް. އަހަރެންގެ ފަރާތުން އެއްވެސް މީހަކަށް އެއްވެސް އެއްޗެ ނޭނގޭނެ ޔަލް އަށް ނޫނީ. އެއީ ޔަލް އެއީ އަހަރެން އެންމެ އިތުބާރުކުރާއެކަކު.” ޖަޒްލާން ބުނަން އުޅުނު އެތި ފުރިހަމަ ނުވަނީސް އެލީ ހިނިތުންވުމަކާ އެކީ ބުނެލިއެވެ. ޖަޒްލާން އަށް އިތުރަށް ބުނާނެ އެއްޗެ ނޭނގުނެވެ. ދެން ވެރިވީ ހަމަހިމޭން ކަމެވެ. ޖަޒްލާން އަނެއްކާވެސް އެއްޗެއް ބުނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް ބްރޭކް ގަގަޑި ހަމަވުމާއެކު ހުރިހާ ކުދިން ކްލާހަށް އައެވެ. އެހެންކަމުން ޖަޒްލާން އެނބުރި އިށީންނަން ދިޔައެވެ. މާޔޫސްވެ ހުރެއެވެ. މިމަންޒަރު މާނިއުއަށް ފެނިގެން އައިސް ކިހިނެތްވީތޯއަހާލުމުން ޖަޒްލާން ކަމެއް ނުވެއޭ ބުނުމުގެ ގޮތުން ބޮލުން އިޝާރާތް ކޮށްލިއެވެ. ޖަޒްލާން ދިއުމުން އެލީގެ ހިތް ކުދިކުދި ވިއެވެ. ނަމަވެސް އެލީ ކެތްކުރިއެވެ. ޖަޒްލާން އުފަލުގަ ހުންނަންޏާ އެލީވެސް ހުންނާނީ އުފަލުގައެވެ. ލޯތްބަކީ ގަދަ ބާރުން ހޯދޭނެ އެއްޗެއް ނޫނެވެ. އެހެންކަމުން އެލީ އަށް ކެތްކުރަން އިނގެއެވެ. އޭގެ ދުވަސް ކޮޅެއް ފަހެވެ. ހުރިހާ ކުދިންވެސް ފަހު އަހަރު ކަމުން ހުރިހާ ކްލާހެއްގެ އެންމެން އެކީ ކަމެއް ރާވާލަން ނިންމިއެވެ. އެންމެންގެ މަޝްވަރާ އަކަށް ފަހު ނިމުނީ ކައިރި ރަށަކަށް ދަތުރު ދާށެވެ. އެލީ ހުރީ އެއްވެސް ތަނަކަށް ދީހިތެއް ނުވެފައެވެ. އެލީގެ ހިތް ބިރުގަންނަނީއެވެ. ޖަޒްލާން އާ ޖަޒްލާންގެ ލޯބިވާ ކުއްޖާ އާ ދެމީހުން އެކީގަ އުޅޭތަން ފެނިއްޖެއްޔާ ވާނެގޮތެއް ނޭނގޭތީއެވެ. ސްކޫލް ތެރޭ އެކަހަލަ އެއްވެސް މަންޒަރެއް ނުފެނުނަސް އެކަހަލަ ތަނަކަށް ގޮސް އެކީ އުޅެދާނެއެވެ. އަދި އެ ކުއްޖަކީ ކޮން ކްލާހެއްގެ ކޮން ކުއްޖެއް ކަން ވެސް އެލީއަކަށް ނޭނގެއެވެ. އެއީ ކޮން ކުއްޖެއް ކަން އިނގޭކަށް ވެސް އެލީ ބޭނުމެއް ނުވެއެވެ. ދަތުރު ނުދާނެ ވާހަކަ އެލީ ބުނުމުން ޔަލް ވަރަށް އާދޭސް ކުރިއެވެ. އެލީ ނުދަންޏާ ޔަލްގެ މަންމަ ޔަލް ނުފޮނުވާނެތީއެވެ. ޔަލް އަށްވުރެ ބޮޑަށް ޔަލްގެ މަންމަ އެލީ އަށް އިތުބާރު ކުރެއެވެ. އެލީގެ އަހުލާގާ ކިޔެވުމުގެ ހުނަރު ފެނިފައެވެ. އެންމެފަހުން ޔަލްގެ އެތައް އާދޭހާއެކު އެލީ ދާން އެެއްބަސް ވިއެވެ. ދަތުރު ދާން އޮތީ ޖެހިގެން އޮތް ދުވަސް ކަމުން އެންމެންވެސް ވަރަށް ހަލުވިކަމާއެކީ ތައްޔާރީތައް ވަމުން ދިޔައެވެ. ހުރިހާ ކަމެއް އޯގަނައިޒް ކުރަން އެންމެ ބޮޑަކަށް ހުރީ ޔަލް އެވެ. އެހެންކަމުން ސްކޫލް ގަޑި ނިންމާލާފަ ހުރިހާ އެންމެން މަޑުކުރުވިއެވެ. އަދި ބޭނުންވާ ހުރިހާ އެއްޗެއްގެ ލިސްޓް ހަދަމުން އެންމެނާ އެކި ކަންކަން ހަވާލު ކުރަމުން ޔަލް ވަރަށް ޝައުގުވެރިކަމާ އެކީ ހުރިހާ ކަމެއް ރާވަމުން ދިޔައެވެ. ޔަލްއަށް އެހީ ވުމަށް އެލީވެސް އެކުގައި އުޅެއެވެ. އެލީގެ ހަރަކާތްތަކަށް ސިއްރުން ބަލަމުން ޖަޒްލާން ދިޔައެވެ. އެ ސޫރައަކަށް އެންމެ ހިތް އެދޭ ސޫރަ ބަލާ ބަލާ ފޫއްސެއް ނުވާނެކަން ގައިމެވެ. އެހާވެސް ހިތްގައިމު ސޫރައެކެވެ. ދުވަހަކުއެސް އެ ލޯބިބީވެގެން ނުދާނެ ނަމައޭ ހިތައް އަރައެވެ. ޖަޒްލާން އުންމީދު ކަނޑައެއް ނުލައެވެ. “ހޭއި ޖަޒް. ޖަޒް އަށް ކޯއްޗެއް ގެނެވޭނީ؟.” ޖަޒް ދިޔައީ ސިއްސައިގެންނެވެ. އަދި ހަމަ އެވަގުތު ޖަޒްލާން އާ އެލީގެ ނަޒަރު ސީދާ ވިއެވެ. ދެމީހުންގެ ހިތުގާވެސް ޖެހީ އެއްވިންދެކެވެ. “އޯކޭވާނެ ކޮންމެ އެއްޗެއްވެސް” ޖަޒްލާން އެހުރި ގޮތައް ހުރެ ބުނެލިއެވެ. އަދި އެލީ ދުރު ބަލާލިއެވެ. “އަމްމް އޯކޭ. ޖަޒް ގެނޭ ކާށި. މަސްހުނި މޮޑެލަންވާނެ ނުން ދޯ.” އެލީ ވަރަށް މަޖާވެލާފަ ބުނެލިއެވެ. ހުރިހާ ކަމެއް ނިމުމުން އެންމެން އެކީ ގެއަށް ދާން މިސްރާބުޖެހީ މާދަމާ ދަތުރު ދިޔުމަށް ވަރަށްވެސް އުފަލުން ތިބެއެވެ. ގެއަށް ދާން ނިކުމެ ޔަލް ދިއުމުން އެލީ ގެއަށް ދާން ހިނގައިގަތްތެވެ. ޔަލް ގެ ގެއާ އެލީގެ ގެ ހުންނަނީ މާލޭގެ ދެކޮޅުގަ ކަމުން ދެމީހުން ދާންޖެހެނީ ދެކޮޅަށެވެ. އެލީ ހިނގައިގަތްތަނާ މީހަކު ފަހަތުން ގޮވާލިއެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. ޖަޒްލާން އެވެ. ޖަޒްލާންގެ އަޑު ޖެހުމުން އެލީ ހުއްޓުން އެރިއެވެ. އަދި ފަހަތް ބަލާލިއެވެ. “ހާއި. އެކަނިތަ ދަނީ. ކޮބާ ޔަލް.؟” ޖަޒްލާން އަހާލިއެވެ. “ޔަލް ގޮއްސި ގެއަށް” އެލީ ވަރަށް ފަރުވާކުޑަ ގޮތެއް ދައްކަމުން އެހެންބުނެ ހިނގައިގަތެވެ. “އަމްމް. އޯކޭތަ އެހެންވެއްޖެއްޔާ އަހަރެން އެލީ އާއެކު ދިޔަސް. ހަމަ ތި މަގުން އަހަރެންވެސް ދަނީ.” އެލީއަށް އަނެއްކާވެސް ކުރިއަށް އެޅި ފިޔަވަޅު މަޑުޖެހުނެވެ. “އޯކޭ” އެލީ ބަލާވެސް ނުލާ ހިނގައިގަތެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ޖަޒްލާން އެލީއާ އެއްވަރަށް ހިނގަން ފެށިއެވެ. “މާދަމާ ވަރަށް މަޖާ ވާނެހެން ހީވަނީ ދަތުރު ގޮއްސަ ދޯ.” ދެމީހުން ދޭތެރޭގަވާ ހަމަ ހިމޭންކަން ކަނޑުވާލީ ޖަޒްލާން އެވެ. އެލީ އިތުރު އެއްޗެއް ނުބުނެ ހީލިއެވެ. “އަހަރެން މިހިރީ ވަރަށް ދާހިތުން. ވަރަށް ދުވަސް ވެއްޖެ މިކަހަލަ ކަމެއް ނުކުރާތާ.” ޖަޒްލާން އަނެއްކާވެސް ވާހަކަ ފެށިއެވެ. […]
އާ ދުވަހެއްގެ ފެށުމެވެ. ފަތިސް ނަމާދަށް ބަންގި ގޮވުމާ އެކު ޖަޒްލާން ވަރަށް ކަންނެތް ކަމާ އެކީ ސްކޫލަށް ދިއުމަށް ހޭލިއެވެ. ފަތިސް ނަމާދު ކޮށްގެން ސްކޫލަށް ދާން ތައްޔާރުވެގެން ބޭރަށް ނިކުންނަންވާ އިރަށް ޖަޒްލާންގެ މަންމަ މާހިރާ ސައި ތައްޔާރުކޮށްގެން އިންތިޒާރުގަ އިނެވެ. “މަންމަ ސައި ނުބޮނީތަ”؟ އެހެން ދުވަސް ތަކުގަ ޖަޒްލާން އާ އެކީ ސައިބޯން މާހިރާ މަޑުކުރެއެވެ. ނަމަވެސް މިއަދު ޖަޒްލާން ސައިބޯން ފެށިއިރުވެސް ސައިބޯކަށް ނުފަށައެވެ. “މަންމަ ހަމަ ދެންމެ ބައްޕަ އާ އެކީ ސައި ބުއީ. ބައްޕަ މިއަދު ތަންކޮޅެއް އަވަހަށް ގޮއްސި އޮފީހަށް”. ޖަޒްލާންގެ ބައްޕަ ޖައުފަރު އަކީ މާލޭގެ ނަން މަޝްހޫރު ވިޔަފާރި ވެރިއެކެ. ޖައުފަރުގެ މަސައްކަތުން މިއަދު ޖައުފަރުގެ އާއިލާއަށް އުނިވާ އެއްވެސް ކަމެއް ނެތެވެ. އެހާވެސް ތަނަވަސް ދިރިއުޅުމެކެވެ. ޖައުފަރު ހުރިހާވެސް މަސައްކަތެއް ކުރަނީ ޖައުފަރުގެ ލޯބިވާ ދަރުފުޅާއި އަނބިމީހާ އަށްޓަކައެވެ. ޖަޒްލާން އަވަސް އަވަހަށް ސައި ބޮއެގެން ސްކޫލަށް ދާން ނިކުތެވެ. ޖަޒްލާން ދިޔަ މަންޒަރު ބަލަން މާހިރާ ހުރީ ހިނިތުންވެއެވެ. އަބަދުވެސް އުންމީދު ކުރަނީ ލޯބިވާ ދަރިފުޅު ކިޔަވައިގެން މޮޅު ކުއްޖަކަށް ވުމަށެވެ. “އޭ ޖޭޒް”. ކްލާހަށް ވަދެގެން އައި ޖަޒްލާން އަށް އޭނަގެ އެންމެ ގާތް ރަހުމަތްތެރިޔާ މާނިއު ގޮވާލިއެވެ. “ޔެސް މާން! ކީކޭ؟.ޖަޒްލާން ޖަވާބު ދިނީ ވަރަށް ކުރުކޮށެވެ. އޭނަގެ ލޯ ހޯދަމުން ދިޔައީ އެހެން ފަރާތަކަށެވެ. “ހެލޯ؟ މަ މިއިނީ މިތާގައޭ. ކާކު ތިހޯދަނީ؟ ހިތުގެ ރާނީތަ”؟. މާނިއު މަޖާ ވެލާފާ އެހިއެވެ. ޖަޒްލާންގެ ހިތުގެ ރާނީ އަކީ ކާކުކަން އިނގޭ ދެވަނަ ފަރާތަކަށް ހުންނަނީ މާނިއު އެވެ. “ޝަޓަޕް މާން. މަ ކިތައް ދުވަހު ބުނެފިން ތިހެން ނުކިޔައްޗޭ އެންމެން ތިބޭއިރު. މީހަކަށް އަޑުއިވިއްޖެއްޔާ ވަރަށް ކަޑަވާނެއޭ. މިހިރަ ސިކުނޑިއެކޭ ކިޔާފަ ހުންނަނީ ކޯއްޗެއްތަ އެހާވަރު އެއްޗެއް ގެޓު ނުވާން” ޖަޒްލާން އެހެން ބުނެ މާނިއު ބޮލުގަ އެތިފަހަރެއް އަޅާލިއެވެ. “އައުޗް. މަ އަދި ނުވެސް ކިޔަން ދޯ މީހެއްގެ ނަމެއް ތިހާވަރު ވީ.” މާނިއު ބޮލުގަ ފިރުމާލަމުން ބުންޔެވެ. “ކާކު އެ ކުއްޖަކީ”؟؟. ޖަޒްލާން އަދި މާނިއު ސިއްސައިގެގޮސް ފަހަތަށް އެނބުރުނެވެ. މި ހުރިހާ އިރު އެ ވާހަކަ އަޑު އަހަން އިން އެލީ އެހިއެވެ. ޖަޒްލާން ކްލާހަށް ވަންތާ މާގިނައިރެއް ނުވަނީސް އެލީ ވަދެގެން އައެވެ. ޖަޒްލާން ކައިރިން ހޯމްވޯކް ހެދިތޯ އަހަން ކައިރިއަށް އައި އެލީއަށް އެދެމީހުންކީ ހުރިހާ ވާހަކައެއް އަޑުއިވުނެވެ. ހިތުގައި ކުޑަ ރިހުމެއް އެފެދުނެވެ. ނަމަވެސް އެއީ ކޮން ކުއްޖެއްތޯ އަހާލެވުނީއެވެ. ޖަޒްލާން އާ މާނިއުއަށް ބުނާނެ އެއްޗެ ނޭގުނެވެ. “އެއީ އެލީ” މާނިއު ބުނެލިއެވެ. މަޖާވެލާފައެވެ. އެވަގުތު ޖަޒްލާން އާ އެލީއަށް ލިބުނީ ކުއްލި ސިހުމެކެވެ. އެލީގެ ހިތް ބާރަކަށް ތެޅެން ފެށިއެވެ. “ހަމަ އަސްލުތަ” އެލީގެ ހިތައް އެރިއެވެ. އެކަމަކު އަހާކަށް ނުކެރުނެވެ. “ސާބަސް މާން. އެއީ ދޮގެއް. ނޯ. އައި މީން އެއީ ކޮންމެވެސް ކުއްޖެއް. […]
ގްރޭޑް 12 ގައި ކިޔެވުން ފެށުނުދުވަހެވެ. ހުރިހާ ކުދިންވެސް އެކުދިންގެ ރަހުމަތްތެރިންނާ އަލުން ބައްދަލުވުުމުން އެކަމުގެ އުފާ ފާޅުކޮށް މަޖާނަގަމުން ދެއެވެ. އެލައިނާ ވެސް ހުރީ އަދި ކްލާސް ނުފެށޭތީ ޔަލްވީއާ އެކީ އެކި އެކިވާހަކަ ދައްކާލާށެވެ. “އެލީ ލުކް ހޫ އިޒް ކަމިން” ޔަލް އެހެން ބުނުމުން އެލީ ކްލާސް ރޫމްގެ ދޮރާ ދިމާލަށް ބަލާލިއެވެ. ކްލާހަށް ވަދެގެން އަންނަ ޖަޒްލާން ފެނުމުން އެލީގެ ހިތް ބާރަށް ތެޅެން ފެށިއެވެ. ޖަޒްލާން އަކީ ސްކޫލްގަ ވެސް ހުރިހާ އަންހެން […]