ފުރަތަމަ ފަހަރަށް ދެ ހަށިގަނޑު ގުޅިލާމެހިގެން ދިޔަ ވަގުތު ދެހިތް ވެސް އެކަކު އަނެކަކަށް ބަސްމޮށުންތެރިކަމާއި ނުލާ އެތައް ވައުދުތަކެއް ވަމުން ދިޔައެވެ. އެތައް ދުވަހަކަށްފަހު ހަށިގަނޑަށް ލިބުނު އަރާުމުގައި ބެހިގެން ގޮސްފައިވާ ދެހަށިގަނޑަށް ވެސް ލޮޑުކަމެއް އިހުސާސްވެ ވަރުބަލިވެ އެކަކު އަނެކަކު އަތު ތެރޭގައި ތިބެ ކުރިން ދެލޯ މެރިގެން ދިޔައި ކާކަށް ކަމެއް އެކަކަށް ވެސް ބުނާކަށް ނޭނގެއެވެ.
އާދައިގެމަތިން ރިމީޝާ އަށް ދެލޯ ހުޅުވާލެވުނީ ފަތިސްނަމާދު ބަންގިއަށެވެ. ޖެހިގެން އޮތް ޝިނާންގެ މޭމަތީގައި އަތް ހާކާލެވުނީ ކައިރީގައި އޮތީ މިޝްކު ކަމަށެވެ. ކުއްލިއަކަށް ދެލޯ ބޮޑަށް ހުޅުވާލެވުނުއިރު އޭނާގެ ކައިވެނި ކުރެވިއްޖެކަން ހަނދާންވިއެވެ. އޭނާގެ ބަނޑުމަތީގައި އޮތް ޝިނާންގެ އަތް މަތީގައި އަތް ބާއްވާލަމުން މަޑުމަޑުން ޝިނާންގެ މޫނަށް ބަލާލިއެވެ. ގައިމަތީގައި އަޅާފައި އޮތް ރަޖާގަނޑުގެ ބަޔަކުން ޝިިނާންގެ މޫނުގެ އެއްބައި އޮތީ ފޮރުވިފައެވެ. ރިމީޝާ މަޑުމަޑުން ބެޑްލައިޓްގެ އަލި ކުޑަކޮށް ގަދަކޮށްލިއެވެ. ކުޑަކޮށް ތެދުވެލާފައި ހެޑްބޯޑުގައި ލެގިލިއެވެ. ކުއްލިއަކަށް ތިރިއަށް އުކާލެވިފައި ހުރި ދެމީހުންގެ އަންނައުނުތައް ފެނުމުން ރިމީޝާ އަށް އިނގިލީގައި ދަތްއަޅާލެވުނެވެ. ރޭގައި ޝިިނާނާއި އެކު ހޭދަވި ލޯބިވެތި ވަގުތުތައް މަތިން ހަނާދާންވުމުން ދެވަނަ ފަހަރަށް ޝިނާންގެ މޫނަށް ބަލާލިއެވެ. ޝިނާންގެ މޫނު ފެންނާނެހެން ރަޖާ ދުރުކޮށްލިއެވެ. އަރާމު ނިދީގެ ފޮނިކަން އިހުސާސް ކުރަމުން ދިޔަ ޝިނާންގެ މޫނަށް ބަލަން ރިމީޝާ އަށް އިނދެވުނެވެ. ހިތަށް އަރަން ފެށި އެއްޗެހި ތަކަކުން ރިމީޝާގެ ދެލޯ ފެންކަޅި ކުރުވަމުން ދިޔައެވެ.
“އަހަރެންދެކެ ޝިިނާން ކިހާ ލޯބިވޭ ހެއްޔެވެ؟ މިފަދަ އޯގާތެރި ބައިވެރިޔަކު ދުނިޔެއިން ލިބޭނީ ނަސީބުވެރިއަކަށެވެ. އެ ލިސްޓުގައި އަހަރެންގެ ނަން ހިމެންގިގެން ހިނގައްޖެއެވެ. އަހަރެންނަކީ ހިއްސު ސަލާމަތުން ހުރި އަންހެނެއްކަން އިހުސާސް ކޮށްދީފިއެވެ. އަހަރެން ލޯބިވެގެން ހަޔާތަށް ގެނައި ފިރިހެނާގެ ފަރާތުން އަހަރެންނަށް ލިބުނީ އަނިޔާއެވެ. ހިތާމައެވެ. ކުރަންޖެހުނީ އިންތިޒާރެވެ. އެކަމަކު އަހަރެންދެކެ ލޯބިވާ މީހާ ހަޔާތަށް ގެނައުމުން އެހުރިހާ ކަމެއް ބަދަލުކޮށްދީފިއެވެ. އުފާވެރިކަން އޭގެ އިންތިހާ އަށް އެންމެ ރެއަކުން ދީފިއެވެ. ކައިވެނީގެ ފުރަތަމަރޭގެ އުފާ ހާސިލްކޮށްދީފިއެވެ. ހިތާމައަކީ ޝިނާނާއި މެދު އަހަރެންގެ ހިތުގައި މިވަނީ ކޯއްޗެއްކަން އަދިވެސް އަހަރެންނަށް ނޭނގޭތީއެވެ” ޝިނާންގެ މޫނަށް ބަލަން އިނދެ އަމިއްލަ ހިތާއި ވާހަކަދައްކަމުން ރިމީޝާ ދިޔައެވެ. ދެލޮލުން ވެއްޓެން ތައްޔާރުވި ކަރުނަތިކި ދެއަތުން ފޮހެލުމަށްފަހު ރިމީޝާ ޝިނާންގެ މޫނާއި މޫނު ކައިރިކޮށްލާފައި ޝިނާންގެ ނިތުގައި ބޮސްދިނެވެ.
“ތެންކިއު ސޯ މަޗް” މަޑުމަޑުން ރިމީޝާ ބުނެލިއެވެ. ޝިނާން ދެލޯ ހުޅުވާލީ ކުއްލިއަކަށެވެ. ރިމީޝާ އަށް އިނދެވުނުތަން ވެސް ނޭނގުނެވެ. އަވަހަށް ތެދުވަން އުޅުނު ވަގުތު ގައިމަތީގައި އޮތް ރަޖާގަނޑު ކެހިގެން ދިޔައެވެ. އެއްވެސް ފޭރާމެއްނުވާ އަމިއްލަ ހަށިގަނޑު ފެނުމުން ދެއަތް ހަށިގަނޑުގައި ހުރަސްކޮށްލިއެވެ. ޝިނާން ބަލަން އިންގޮތުން ލަދުން ބިން ފަޅާފައި އަޑިއަށް ދާނެ ނަމައޭ ހިތަށް އެރިއެވެ. ރިމީޝާގެ ހާލަށް ހަމްދަރުދީވެ ޝިނާން ތެދުވެ ރިމީޝާ ދެއަތް މައްޗަށް އުފުލާލިއެވެ. ދެލޯމަރައިގެން އޮތް ރިމީޝާގެ މޫނަށް ބަލަމުން ފާހާނާއަށް ވަދެ ބިލިގާ ތެރެއަށް ރިމީޝާ ދޫކޮށްލިއެވެ.
*****************************
އެންމެ ތަރިއެއް ވެސް ފެންނަން ނެތް އުޑަށް ބަލަހައްޓައިގެން ހުރި އައްޔަދުގެ އަތުގައި ކުޑަ ނޯޓްފޮތެއް އޮތެވެ. ވަކި ސަފްހާއެއް ހުޅުވާލެވިފައި އޮތް އެފޮތުގެ ކޮންމެ ގަނޑެއް ދޭތެރެއަކުން ޖެހިލާ ފިނި ވައިރޯޅި އާއި ސަމާސާ ކޮށްލައެވެ. އެގޮތަށް އައްޔަދު ހުރިއިރު އޭނާ ހިތާއި ސިކުނޑީގައި ރަސްކަން ކުރަމުން އެދަނީ ކޮންފަދަ ކަންތައްގަނޑެއް ކަމެއް ނޭނގޭއެވެ. ޔަގީނުން ވެސް އޭނާގެ ނަސީބާއި މެދު ކަރުނައަޅާކަން ދެލޮލުން ހުއްޓުމެއްނެތި ތިރިއަށް ދަތުރުކުރަމުން އެދާ ތާޒާ ކަރުނަތައް ހެއްކަކަށް ފުދެއެވެ. އިރުކޮޅަކުން އަތުގައި އޮތް ފޮތުގެ ހުޅުވާލާފައި އޮތް ސަފްހާ އަށް ބަލާލައެވެ. އުޑުގެ ވަކި ހިސާބަކުން ވަރަށް އަލިމަޑުކޮށް ފިޔަޖަހަމުން ދިޔަ ދެތިން ތަރި ފެނުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަވަހަށް ފޮތަށް ބަލާލިއެވެ. ހީވާ ގޮތުން މިހުރިހާ އިރު އޭނާ އިންތިޒާރުއެކުރީ އުޑުން ތަރިއެއް ފެންނަންދެންނެވެ.
“އަނދިރި ރޭރޭ
ވިދާ ތަރިތައް
ފެނުނީމާ ، ހަނދާން އާވޭ
އެކަނިވެރިކަން، ފެތުރިފައިވާ މަގޭ މި ހަޔާތް ބަދަލުވޭތޯ
ލޯބި ނުވިޔަސް ފިރުމާލަދީ……..” ގަނޑަށް ބަލަހައްޓައިގެން ހުރެ އައްޔަދު އެޖުމްލަތައް ތަކުރާރު ކުރަމުން ދިޔައެވެ. އެއްދުވަހު ރިމީޝާ ވެސް ވަނީ އޭނަ ކައިރީގައި ލޯބި ނުވިޔަސް ފިރުމާލަދިނުމަށް އެދިފައެވެ. އެދުވަހު އޭނާ ވަނީ އެލޯތްބަށް ފުރަގަސްދީ އަމިއްލަ އެދުން އިސްކޮށްފައެވެ. މިވަގުތު އޭނާ އެހުރީ އެދުވަހު ރިމީޝާ ހުރި މަގާމުގައެވެ. އިންސާނުންނަށް ދުނިޔެ ދައްކާ ކުލަވަރު ތަފާތު ވާނޭ ބުނާ ސަބަބަކީ މިއީއެވެ. އަތުން ބީވެދިޔަ ލޯތްބަށްޓަކައި ކަރުނައަޅާ ރުއިން ނޫން އެހެން އެއްވެސް ކަމެއް ކުރެވޭކަށް މިވަގުތު އޭނާ އަށް ނެތެވެ. ރިމީޝާގެ ލޯތްބަށްޓަކައި އޭނާ އަށް ގިސްލެވެމުން ދިޔައިރު ދެއަތުގެ ތެރޭގައި އޮތް ފޮތް އޮތީ ތިރިއަށް ވެއްޓިފައެވެ. ކުއްލިއަކަށް އައްޔަދަށް ސިހުމެއް ލިބުނީ އައްޔަދުގެ ހުޅުވާލެވިފައި އޮތް ކަނާއަތުގެ އަތްތިލައިގާ ފިނި އަތެއް ޖެހުމުންނެވެ.
“މަގޭ ލޯބިވާ ދޮންބޭ! ހިތްވަރުކުރޭ….” ޝަނުމްގެ އޯގާތެރި ބަސްތައް އިވުނު ހިނދު އައްޔަދަށް އިތުރަށް އަސަރު ކުރިއެވެ. ދެރަވެފައި ނުވަތަ ހިތުގައި ޖެހިފައިވި ވަގުތެއްގައި އެހެންމީހެއްގެ އޯގާތެރިކަން ލިބިއްޖިއްޔާ އިންސާނާ އިތުރަށް ބަލިކަށި ކޮށްލާކަން މިއީ ހަމަ ހަގީގަތެކެވެ.
“ޝައްނު!!! ދޮންބެ ހާދަ ލޯތްބެއްވެޔޭ ރިމީ ދެކެ. ދޮންބެ މަރުވެދާނެ” ޝަނުމްގެ ގައިގާ ބައްދައިގަންނަމުން އައްޔަދު ބުނެލިއެވެ. ޝަނުމް އަށް ވެސް ރޮވުނެވެ.
“ދޮންބޭ ދެރަނުވޭ. މިވަގުތު މީ ދޮންބެ ހިތްވަރު ކުރަންވީ ވަގުތު. ދެން މަޑުމަޑުން ހިތްވަރާއެކު ކުރިއަށްދޭ… އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ” ޝަނުމް ހިތްވަރާއެކު އޭނާގެ ދޮންބެއަށް ހިތްވަރުދެމުން ދިޔައެވެ.
“ޝައްނު!! ދޮންބެ ބޭނުމީ ރިމީ. ކޮންމެހާލެއްގަވެސް. މިހާރު ދޮންބެ ކައިރިއަށް ރިމީ އަންނާކަށް އެއްވެސް ހުރަހެއް ނެތް” އައްޔަދު ޝަނުމް އާއި ދުރަށް ޖެހިލަމުން ހަލަބޮލިވެފައިވާ މާލޭގެ މަގުމައްޗަށް ނަޒަރު ހުއްޓާލިއެވެ. އޭނާގެ ވަށައިގެންވާ ކޮންމެ ތަނަކުން ރިމީޝާގެ ހަނދާންތައް އާކޮށްދޭ ކަހަލައެވެ. އެހެން ފިރިހެނެއްގެ ހިމާޔަތުގެ ދަށުގައި ރިމީޝާ ވާނެކަން ހިތަށް އަރާ ކޮންމެ ފަހަރަކު އޭނާގެ ހިތަށް އިންތިހާ އަށް ތަދުވަނީއެވެ.
“ދޮންބޭ!!! ދޮންބޭ!!! ވިސްނަބަލަ. އަދި ކިރިޔާ ރިމީ ގެ ކައިވެނި ކުރެވުނީ. އޭނަ ވެސް ބޭނުމެއްނުވާނެ އެންމެ ދުވަހެއް ވާއިރަށް ކައިވެނި ރޫޅިގެންދާކަށް. ދޮންބެ ދެން ހޯދަންވީ ދޮންބެ ލޯބިވާ މީހާއެއް ނޫނޭ. ދޮންބެ ދެކެ ލޯބިވާނެ މީހެއް” ޝަނުމް ދޫނުކޮށް ވިސްނައިދެވޭތޯ ބަލަމުން ދިޔައެވެ. ނަމަވެސް ޖަވާބެއްނުދީ އައްޔަދު ގޭތެރެއަށް ވަދެގެން ދިޔައީއެވެ. ޝަނުމް އެދިމާލަށް ބަލަން ހުރީ ދެރަވެފައެވެ.އޭނާގެ ދޮންބެ ދެވަނަ ފަހަރަށް ފާފައަކަށް އަރައިނުގަނޭތޯ ހިތާއި ހިތުން ހެއްދެވި ފަރާތަށް ދަންވާލިއެވެ.
***********************************
މެންދުރުގެ ކެއުން މޭޒުމައްޗަށް އަރުވާފައި ރިމީޝާ ތަންކޮޅެއް ދުރަށް ޖެހި މޭޒުމައްޗަށް ބަލާލިއެވެ. ޝިނާނަށް އެންމެ މީރު ކެއުން މާނިޔާ މަހު ގަރުދިޔަ އާއި ބަތް ތައްޔާރުކުރީ ހުދު ރިމީޝާގެ ދެއަތުންނެވެ. ކުއްލިއަކަށް ރިމީޝާ ސިހުނީ ފަހަތުން އޭނާގެ ހަށިގަނޑުގައި ހިފާ ލުއްކެއް ޖަހާލުމުންނެވެ. އެވަގުތު އޭނާ ގޮސް ތަތްވީ މަތިން ޓީޝާޓެއްނުލާ ހުރި ޝިނާންގެ ތަނަވަސް މޭމަތީގައެވެ. ޝިނާން އޭނާގެ ދެއަތުން ރިމީޝާ ގަޔާލާ ފިއްތާލިއެވެ. އެވަގުތު ރިމީޝާގެ މަޑު ހުނުމުގެ އަޑު އިވިލިއެވެ.
“ކާންހެދިފަ މިހިރީ. ޝިން އަށް އެންމެ މީރު……” ރިމީޝާ ބުނަން އުޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނެވެ.
“ޝްޝްޝް…. އަހަންނަށް އެންމެ މީރު ކާނާ ރޭގައި ލިބިއްޖެ. ދެން އަބަދުވެސް ލިބޭނެ. އެއްވެސް ފިކުރެއް ހިތާމައެއް ނެތް” ޝިނާން އެޖުމްލަ ފުރިހަމަ ކޮށްލިއެވެ. ރިމީޝާ ލަދުގަތް ނަމަވެސް ރަކި ހީލުމަކުން ހީލިއެވެ.
“ރިމީ އަހަންނަށް ބަތް މޮޑެދޭނަންތަ؟ މިއަދު ހުރިހާ ކަމެއް ރިމީގެ ތި ދެއަތުން ކުރަން ބޭނުމީ. ޕްލީޒް…..” ރިމީޝާގެ ކޮލުގައި ބޮސްދެމުން ޝިނާން ބުނެލިއެވެ. ހީލާފައި ރިމީޝާ ޝިނާންގެ ދެއަތް ތެރެއިން ނެއްޓިގެން އައިސް މޭޒު ކައިރީގައި ހުއްޓުނެވެ. ތައްޓަށް ބަތް އެޅުމަށްފަހު ރިމީޝާ ބަތްމޮޑެން ތައްޔާރުވަމުން ދިޔައެވެ. އެހުރިހާއިރަކު ގޮނޑީގައި އިން ޝިނާންގެ ނަޒަރު ވަނީ ރިމީޝާ ގެ މޫނަށް ހުއްޓިފައެވެ. އެކަން ރިމީޝާ އަށް އެނގޭތީ ކުރަން ހުރި މަސައްކަތަށް ބުރޫ އަރަމުން ދިޔައެވެ. ނަމަވެސް ހީލާފައި އޭނާ ކުރިއަށް ދިޔައެވެ. ބަތްމޮޑުމަށްފަހު އެންމެ ފުރަތަމަ ސަމްސާ ނަގާ ޝިނާންގެ އަނގަ އާއި ކައިރިކޮށްލިއެވެ.
“އާދެބަލަ” ޝިނާން ރިމީޝާގެ އަތުގައި ހިފާ ގެނެސް ބޭންދީ އުނގުގައެވެ.
“ރިމީ ތިހިރީ އުފަލުންތަ؟ އެއްވެސް ކަމެއް އަހަރެންގެ ފަރާތުން ބޭނުންތަ؟” ލޯތްބާއެކު ރިމީޝާގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. ރިމީޝާ އިސްއުފުލާ ޝިނާނާއި ހަތަރުކަޅި ހަމަކުރިއެވެ.
“އަހަރެން މިހުރީ އުފަލުން. އަދި ކިރިޔާ އަހަރެންނަށް ދިރިއުޅުމެއް މިފެނުނީ. އަހަރެންދެކެ ނިހާޔަތަށް ލޯބިވާ އަޅާލާ އޯގާތެރިއެއް ލިބުނީމަ ކާކު އުފާނުވާނީ” ރިމީޝާ ބުނެލިއެވެ.
“އިތުރު ކަމެއް. ވަރަށް އަހާ ހިތުން މިއިނީ…” ލާނެއް ކަމާއެކު ޝިނާން އަހާލިއެވެ.
“އަހަރެން ކުރިން ކައިވެނި ކުރިޔަސް އެ ކައިވެނިން އަހަރެންނަކަށް އިހުސާސެއް ނުވި އަހަރެންމީ އަންހެނެއްކަން. އަހަރެން ހުރީ އަމިއްލަ ހަށިގަނޑު މަތިން ވެސް ހަނދާންނެތިފަ. އެކަމަކު ރޭގައި އަހަންނަށް ހުރިހާ ކަމެއް އިހުސާސްވެއްޖެ. އަހަރެންނަށް ފިރިއެއްގެ ލޯބި ލިބިއްޖެ” ރިމީޝާ އިސްޖަހާލިއެވެ.
“އޯވް…. އަދި ބޭނުންތަ އިހުސާސް ކޮށްލަން” ޝިނާން ގަސްދުގައި ރިމީޝާ ރަކިކޮށްލިއެވެ. ޖަވާބުގައި ރިމީޝާ ޝިނާންގެ އަތުގައި ޖަހާލިއެވެ.
އަހަރެން އެދޭ އެދުމެއް އެބައޮތް. ދުވަހަކު ވެސް އަހަރެން ދޫކޮށްނުލައްޗެ. އަހަރެން ބޭނުމީ މި ކައިވެންޏަކީ އަހަރެންގެ އެންމެ ފަހު ކައިވެނި ކަމުގައި ހަދަން. ޝިނާން އަހަރެން ދޫކޮށްލައިފިއްޔާ އަހަރެން ހަލާކުވެދާނެ. ލައްކަ މަސައްކަތުން އަހަރެންނަށް މި ހިސާބަށް އާދެވުނީ…..” ރިމީޝާ ބުނެލިއެވެ.
“އަހަރެން ހުވަފެނުން ވެސް ދެކެން ބޭނުންވާ ތަނެއް ނޫން އެއީ އަހަރެން އަތުން ރިމީ ދޫވެގެންދާތަން. އެދުވަހަކުން ރިމީ އަށް ވުރެ ކުރިން އަހަރެންގެ ދުވަސްދާނެ. އަހަރެންނަށް އެނގޭ ރިމީ އަހަރެންދެކެ ލޯބިނުވާކަން. އެއީ މައްސަލައެއްނޫން. އަދި ލޯބިވެވޭނެ. ރިމީ ނަގާނެ ވަރަކަށް ވަގުތު ނަގަންވީ. ރިމީގެ ތި ދުލުން އަހަރެންދެކެ ލޯބިވެޔޭ ބުނާ ދުވަހަކުން އަހަރެން އުފަލުން މޮޔަވާނެ. ޔަގީން. ބުނެބަލަ އެދުވަސް އަންނާނެތަ؟” ޝިނާން އަހާލިއެވެ. ރިމީޝާ ހީލަމުން ބޯ ޖަހާލި ވަގުތު އޭނާގެ ދެލޮލުން ކަރުނައެއް ވެއްޓިގެން ދިޔައެވެ. ރިމީޝާގެ މޫނުމަތިން ފެނުނު މައުސޫމް ކަމަކުން ޝިނާނަށް ކެތެއް ނުވިއެވެ. ރިމީޝާގެ ހަށިގަނޑުގައި ބާރަށް ބައްދައިގަތީ އެހިތުގައި ލޯބި އުތުރި އަރަން ފެށުމުންނެވެ.
“ދެން ހިނގާކާން. އަހަރެން މިހާރު ހަލާކުވަނީ މިޝްކު ދެކޭ ހިތުން. ޔަގީން ވަރަށް ޝަކުވާކުރާނެ ފެނިއްޖިއްޔާ…..” ރިމީޝާ ތެދުވެގެން ގޮސް ސަމްސަލުން ޝިނާނަށް ކާންދޭން ފެށިއެވެ. ޝިނާން ސަމްސަލުގައި ހިފެހެއްޓިއެވެ. ހީލުމަށްފަހު އެ ސަމްސަލުން އޭނާގެ އަތުން ރިމީޝާގެ އަނގައަށް ވެސް ބަތް ސަމުސަލެއް ލަވާލިއެވެ.
***********************************
ރިމީޝާގެ ހަޔާތަށް އައި އުފާވެރި ދުވަސްތަކަށް ނިމުން އައިސް ޝިިނާން ވަޒީފާއަށް ނިކުންނަން ފަށައިފިއެވެ. އާދައިގެ މަތިން ޝިނާނަށް ގޭގައި މަޑުކޮށްލަން ލިބެނީ މަދު ފަހަރަކުއެވެ. ނަމަވެސް ފޯނުގައި ދެމަފިރިން ވެސް ގިނަ ވަގުތުތަކެއް ހޭދަކުރަމުން ދިޔައެވެ. އަލްވީރާގެ އާއިލާ އެނބުރި ރަށަށް ދިޔުމުން ރިމީޝާ އާއި މިޝްކު ގޭގައި އެކަނިވިއެވެ. ހަފްތާ ބަންދެއް އަތުވެއްޖެނަމަ ރިމީޝާ އާއި މިޝްކު އާއި އެކުގައި ޒޯހަލް ވަގުތު ހޭދަކުރަމުން ދޭއެވެ. އެހުރިހާ ދުވަހަކު ވެސް އައްޔަދުގެ ފަރާތުން އެއްވެސް އުނދަގުލެއް ނުވާތީ ރިމީޝާ ހުންނަނީ ވަރަށް ހަމަޖެހިފައެވެ. އައްޔަދާއި ކުރިމަތިލާން ބޭނުންނުވާތީ ރިމީޝާ އެބަޔަށް ވެސް ގޮސް އުޅެނީ ވަރަށް މަދުފަހަރަކުއެވެ.
*****************************
މިޝްކު ސްކޫލަށް ދިޔުމުން ރިމީޝާ ގޭގައި އޮންނަން ފޫހިވެގެން ކާއެއްޗެއް ކެއްކުމަށް ތައްޔާރުވަމުން ދިޔައެވެ. ކުއްލިގޮތަކަށް ފިރިމީހާ ގެ ރަށަށް ދާންޖެހުމުން ޒޯހަލް އަށް ވަނީ ރިމީޝާގެ ކައިވެނީގައި ބައިވެރިނުވެވިފައެވެ. އެހެންކަމުން ހަވީރު ޒޯހަލް އަންނާނެ ކަމަށް ބުނެފައި އޮތުމުން ރިމީޝާ އުޅުނީ ޒޯހަލް އަށް އެންމެ މީރު ޕިއްޒާ އަޅާށެވެ. ވަގުތަކީ ނަމާދު ވަގުތަށް ވުމުން ފިހާރަތައް ބަންދުކޮށްފައި ހުރުމުން ޕިއްޒާ ތައްޔާރުކުރުމަށް ހަމައެކަނި މަދުވި އެއްޗެއް ބަލާ ދިޔުމަށް ޝަނުމް އަށް ގުޅާލިއެވެ. ފޯނު ނެގުމުން އެންމެ ފުރަތަމަ ވެސް ޝަނުމް ކައިރީގައި އަހާލީ ގޭގައި އައްޔަދު އުޅޭތޯއެވެ. ޝަނުމްގެ ވާހަކަތަކުން އައްޔަދު ގޭގައި ނެތްކަން އެނގުމުން ބުރުގާ އަޅާލައިގެން ރިމީޝާ ގެއިން ނިކުތީ މައްޗަށް ދިޔުމަށެވެ. ލިފްޓް ހަލާކުވެފައި ހުރުމުގެ ސަބަބުން ރިމީޝާ އަށް ޖެހުނީ ސިޑި ހުރަސްކޮށް އަރާށެވެ. ފަހަތުން މީހަކު ކަރުކެހިލި އަޑު އިވުމުން ބަލާލިއިރު ދާދި ކައިރީގައި ހުރީ އައްޔަދެވެ. އެހާ ދުވަސްކޮށްފައި އައްޔަދު ފެނުމުން ރިމީޝާގެ ހިތަށް ގޮތެއްވެގެން ދިޔައެވެ. އަވަސް އަވަހަށް އެހެން ދިމާލަށް ނަޒަރު ހުއްޓާލިއިރު އަދި އެއްފަހަރު އައްޔަދުގެ މޫނަށް ބަލާލުމަށް ހިތްއެދުނެވެ.
“ރިމީ މިހާރު ވަރަށް ލޯބި. ވަރަށް އުފާވެރިދޯ…” އައްޔަދުގެ ޖުމްލަ އާއި އެކު ރިމީޝާ އަށް އައްޔަދުގެ މޫނަށް ބަލާލެވުނެވެ.
“އޯވް ސޮރީ… މީހެއްގެ އަންބެއް” ހީލަމުން އައްޔަދު ބުނެލިއެވެ. ރިމީޝާ ވަކި އެއްޗެއް ނުބުނެ ފިޔަވަޅުތަކަށް ތަންކޮޅެއް ބާރުކޮށްލިއެވެ. ދޮރާއި ހަމައަށް ދެމީހުންނަށް އާދެވުނީ ދާދި އެކުއެކީގައެވެ.
“ރިމީ!!!!” ކުއްލިއަކަށް އައްޔަދު ރިމީޝާގެ އަތުގައި ހިފިއެވެ. ވަގުތުން ރިމީޝާ އައްޔަދުގެ އަތް ފޮޅުވާލިއެވެ.
“ސޮރީ… ރިމީ!!! ޕްލީޒް! އެންމެފަހަރަކު މަޑުކޮށްލަބަ. އަހަރެން މިދައްކާ ވާހަކަ އަހާލާފަ ދާން މަޑުކޮށްބަ” އައްޔަދުގެ އަޑުގައިވި މަޑުމައިތިރި ގޮތެއްގެ ސަބަބުން ރިމީޝާ އަށް ނޫނެކޭ ބުނެ ދެކޮޅު ހަދާކަށް ނުކެރުނެވެ.
“ރިމީ!!! އަހަރެންނަށް ވަރަށް އުނދަގު ދުވަސްތަކެއްމީ. އަހަރެންނަށް ވަރަށް ބޮޑަށް ރިމީގެ އެހީ ބޭނުން. ރިމީ ބުނިހެން މިހާރު އަހަރެންވެސް ދިރިތެޅެނީ. ކޮންމެ މިނިޓެއް ކޮންމެ ސިކުންތެއް އަހަރެންނަށް ރިމީގެ ހަނދާންތައް އާކޮށްދެނީ. ރިމީ!!! ޕްލީޒް އާދޭ… އަލުން އާދޭ އަހަރެން ކައިރިއަށް. ވަރަށް ލޯބިދޭނަން” އެވާހަކަތަކުގެ ތެރެއިން ރިމީޝާ އެއްފަހަރު އައްޔަދުގެ މޫނަށް ކަތި ނަޒަރެއް ދިނެވެ. އެވަގުތު އައްޔަދުގެ ފެންކަޅިވެފައިވާ ދެލޯ ރިމީޝާގެ ހިތް ޒަހަމްކުރުވިއެވެ. އޭނާ އަށް ވެސް ރޮވުނީ އައްޔަދު ރޯތަން ފެނުމުންނެވެ. އަވަހަށް އައްޔަދަށް ފުރަގަސްދިނީ ވަގު ފަޅާއަރާފާނެތީއެވެ.
“އަހަރެންދެކެ ތިހާ ލޯބިވާ ކަމަށްވަންޏާ އަހަރެން މަތިން ހަނދާންނައްތާލާ. އަހަރެން ވެސް އައްޔަދު މަތިން ހަނދާން ނައްތާލައިފިން. އަހަރެންނަކީ މީހެއްގެ އަންބެއް. ޝިިނާން އަހަރެންދެކެ ވަރަށް ލޯބިވޭ. އަހަރެން ބޭނުމީ ޝިނާނާއި އެކުގައި އުޅެން” ރިމީޝާ ބުނެލިއެވެ.
“ރިމީ ޝިނާންދެކެ ލޯބިވޭތަ؟” އައްޔަދު އަހާލިއެވެ. ރިމީޝާގެ ދެލޯ މެރިގެން ދިޔައީ އައްޔަދު އަމާޒުކޮށްލި ސުވާލުގެ ޖަވާބެއް އޭނަ އަށް ވެސް ނޭނގޭތީއެވެ.
“މިހުރިހާ ވާހަކައެއް އަހަރެން އައްޔަދު ކައިރީގައި ދައްކަންވީ ކީއްވެ؟ ތީ ކާކު؟ އަހަރެން ލޯބިވާ ވާހަކަ ބުނަންޖެހޭނީ އަހަރެންގެ ފިރިމީހާ ކައިރީގަ. އަހަރެން އަބަދުވެސް އެވާހަކަ އޭނަ ކައިރީގައި ބުނަން” ރިމީޝާ ބުނެލިއެވެ.
“ހުސް ދޮގު. ރިމީ އަށް ނޭނގޭނެ އަނެއްމީހާ އަށް ފަޅާނާރާނެ ގޮތަކަށް ދޮގު ހަދަން. ރިމީ އަދިވެސް ލޯބިވަނީ އަހަރެންދެކެ. އެހެންވެ ރިމީ އަށް ތި ރޮވެނީ. ރިމީ މަސައްކަތް ކުރަނީ މޫނުމަތިން އެކަން ނުދައްކަން. އެހުރިހާ ފަހަރަކު ވެސް ރިމީ އަށް ނާކާމިޔާބު ތިވަނީ” ރިމީޝާގެ މޫނަށް ބަލަން ހުރެ ސާބިތުކަމާއެކު އައްޔަދު ބުނެލިއެވެ. އައްޔަދުގެ އެ ވާހަކަތަކުން އޭނާގެ މޫނަށް ބަލާލަން ރިމީޝާ އަށް މަޖްބޫރުވިއެވެ. ހަމަ އެހިނދުގައި ރިމީޝާ އޭނާގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ.
“ތި ހީކުރެވެނީ މުޅިން ގޯސްކޮށް. އާނ. އަހަރެން ލޯބިވިން ތި އައްޔަދު ދެކެ. ހީކުރިން ދުވަހަކުވެސް ތި ނޫން މީހަކު ދެކެ ލޯބިނުވެވޭނެކަމަށް. އެކަމަކު އަހަންނަކަށް ނޭނގެ އަހަރެން ކޮންމެހެން މިވާހަކަތައް އައްޔަދު ކައިރީގައި ދައްކަންޖެހޭ ކަމެއް” ރިމީޝާ އެބަޔަށް ނުވަދެ އަނބުރާ ސިޑިން ފައިބަން ތައްޔާރުވަމުން ބުނެލިއެވެ.
“ހެހެހެ… ނޭނގޭ އެކްޓް ކުރާކަށްވެސް. އެންމެރަނގަޅު. ރިމީއަށް ކެރޭނެތަ އަހަރެންނާއި ހަތަރުކަޅި ހަމަކޮށްފަ ތިވާހަކަތައް އަލުން ތަކުރާރުކުރަން” އައްޔަދު ބުނެލިއެވެ. ރިމީޝާ އަށް ދެލޯމަރާލެވުނެވެ.
“ބުނަން. އަހަރެން ނުޖެހޭ ހިލޭ ފިރިހެނަކާ ހަތަރުކަޅި ހަމަކުރާކަށް. ހަތަރުކަޅި ހަމަކުރިޔަސް އަދި ނުކުރިޔަސް އަހަރެންގެ ދުލުން ބޭރުވާނީ ހަގީގަތް. އަހަރެންނަކީ ތިކަހަލަ އިލްމު ލިބިފައިވި ޖާހިލެއްނޫން” ރިމީޝާ ފޮނުވާލި ހަމަލާއިން އައްޔަދުގެ ހިތުގައި ޖެހުނެވެ. ވަގުތުން ދެލޯ ފުރިގެން އައެވެ. ސިޑިން ފައިބައިގެން ރިމީޝާ އަށް ވަކި ހިސާބަކަށް ދެވުނުތަނާ ދެފައިގާ ކަސްތޮޅު އެޅުނީ އައްޔަދު ބުނެލި ޖުމްލަ އަކުންނެވެ. ރޮވިފައިވި އަޑަކުންނެވެ. އެ އަޑުގައި އެތަކެއް ވޭނާއި ކެކުޅުން އެކުލެވިފައިވިއެވެ. އިވުނު ކޮންމެ މީހެއްގެ ހިތަށް އަސަރު ކުރާނެކަން ކަށަވަރެވެ.
“ޕްލީޒް ރިމީ!!! ލޯބިނުވިޔަސް ފިރުމާލަދީ….. ޕްލީޒް…..” ރިމީޝާ ހިތުގައި ޖެހުނެވެ. އައްޔަދު އެހާލުގައި ހުއްޓާ އޭނާ އަށް ފެނިދާނެކަމަށް ދުވަހަކު ވެސް ހީކުރެވިފައެއްވެސް ނެތެވެ. ހިނދުކޮޅަކަށް އޭނާގެ ހިތް މަޑު ކަފަކޮޅަކަށް ވެގެން ދިޔައެވެ. ހިތުގައި ރަހުމް އުފެދި ކަރުނަތައް ފޮހެދިނުމަށް ހިތް އެދުނެވެ. ނަމަވެސް އޭނާ އެނބުރި ބަލާނުލިއެވެ. ހިތުގައި އޮތްނޫން ގޮތަށް ކަންތައް ކުރެވިދާނެތީއެވެ. ކުރެވޭ ކަމަކުން އައްޔަދަށް އިތުރު ފުރުސަތެއް ދެވިދާނެތީއެވެ. ޝިނާނަށްޓަަކައި ހިތުގައި ހަދަމުން އައި ޖާގައަށް ބަދަލެއް ގެންނަން ބޭނުންނުވާތީއެވެ. ފަހަތް ބަލާވެސްނުލާ ބަހެއްވެސް ނުބުނެ ރިމީޝާ ދުވެފައި ސިޑިން ފައިބައިގެން ދިޔައިރު އައްޔަދުގެ ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ.
***********************************
މިޝްކު ނިދުމުން ރިމީޝާ ކޮޓަރިން ބޭރަށް ނިކުމެލީ ޝިނާން އަންނަން ބުނެފައި އޮތް ގަޑި ކައިރިވާތީއެވެ. މިއަދަކީ ހަފްތާއެއް ފަހުން ޝިނާން ގެއަށް އަންނަ ބުނި ރެއެވެ. ކުއްލިއަކަށް ރިމީޝާ ސިހިގެން ދިޔައީ ފަހަތުން އޭނާގެ ލޯމަތީގައި މީހަކު އަތް އެޅުމުންނެވެ. ގަދަހެދުމެއް ނެތި ރިމީޝާ އަށް ހެވުނީ ޝިނާންގެ އެ ސަމާސާ އޭނާ އަށް ކަމުދިޔަ ވަރުންނެވެ.
“ސާބަސް…. އެނގިއްޖެ. ދެން ދޫކޮށްލާ….” ރިމީޝާ ބުނެލިއެވެ. އެމީހަކު ލޯމަތިން އަތް ނުނެގުމުން ލޯމަތީގައި އަޅާފައި އޮތް އަތްމަތީގައި ރިމީޝާގެ އަތް ބާއްވާލިއެވެ. އަދި ގަދަކަމުން ލޯމަތިން އެމީހަކުގެ އަތް ނެގުމަށްފަހު ފަހަތަށް ޖެހުނީ ހަމަ ކުއްލިއަކަށެވެ.
“އަޔާ!!! މޮޔަވީތަ؟” ރުޅިއާއި ސިހުން އެކުލެވޭ ރާގެއްގައި ރިމީޝާ ބުނެލިއެވެ.
“އާނ… އަހަރެން މޮޔަ މިވަނީ. ރިމީ އަހަރެންނަށް ތިހާވަރު ތިކުރަނީ. މޮޔަކޮށްފަ މަރާލާ. އަން. ހިފާ ކަރުގަ. މަރާލާ…. އޭރުން ދުވަހަކުވެސް ނާންނާނަން އުނދަގުކުރަން” ރިމީޝާގެ ދެއަތުގައި ހިފާ ގަޔާ ކައިރިކުރަމުން އައްޔަދު ބުނަމުން ދިޔައެވެ.
“ހަމަ ރަނގަޅަށް ވެސް މޮޔަވެފައި ތިހިރީ. އެބައަންނަން” އައްޔަދުގެ އަތުން ގަދަކަމުން ވީއްލިގަނެގެން ރިމީޝާ ބަދިގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ދެއުކުޅުގައި އަތް ވިދެލައިގެން ރިމީޝާ ދިޔަ ދިމާލަށް ބަލަހައްޓައިގެން މާޔޫސްވެފައި އައްޔަދު ހުއްޓެވެ.
“އަން. މި ބޯލާ…. ދެން މަޑުމަޑުން މިތަނުން ނިކުމެގެންދޭ… މިހާރު ޝިނާން އަންނާނެ. އައްޔަދު މިބައިން ޝިނާނަށް ފެންނާކަށް އަހަރެން ބޭނުމެއްނޫން” އައްޔަދާއި ދިމާލަށް ފެންތަށި ދިއްކޮށްގެން ހުރެ ރިމީޝާ ބުނެލިއެވެ. ކުއްލިއަކަށް އެފެންތަށި އައްޔަދު އަތުން ޖަހާ ދުރަށް ހޫރާލިއެވެ. އިވުނު އަޑުފަށްގަނޑާއެކު ކޮޓަރިން މިޝްކު ބާރަށް މަންމި އޭ ކިޔާފައި ގޮވާލި އަޑު އިވުނެވެ. ރިމީޝާ އަވަސްވެގަތީ ކޮޓަރިއަށް ވަނުމަށެވެ. ނަމަވެސް އޭގެ ކުރިން އައްޔަދު ރިމީޝާ ދެއަތުގައި ހިފާ ގެނެސް ހައްޔަރުކޮށްލިއެވެ.
“އަހަރެން މިއުޅެނީ ފެނަށް ކަރުހިއްކައިގަނެގެނެއް ނޫނޭ. އަހަރެން ބޭނުމީ ރިމީގެ ލޯބި. ޕްލީޒް މި ފެންވަރަށް އަހަރެން ވެއްޓެން މަޖްބޫރު ނުކުރޭ… ހާދަ ލޯތްބެއްވެޔޭ ރިމީދެކެ” ރިމީޝާ ގަދަހަދަމުން އައްޔަދުގެ އަތްދަށުން ސަލާމަތްވުމަށް މަސައްކަތްކުރަމުން ދިޔައެވެ. އެހެން ހުރިއިރު ރުޅި އައިސްގެން ދަތްކުނޑި ވިކެމުން ދިޔައެވެ. ބިިރު ގަންނަން ފެށީ މިވަގުތު އައްޔަދުގެ އަމަލުތައް ހުރި ގޮތުންނެވެ.
“ދޫކުރޭ… މިބުނީނު ދޫކުރާށޭ…..” ރިމީޝާ ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
“ޕްލީޒް ރިމީ. އައި ލަވް ޔޫ….. މޮޔަމިވަނީ…. ނޫޅެވޭނެ ރިމީ އާ ނުލާ. ޝިނާނާ ދެމީހުން އެކީގައި އެއްތަނެއްގައި ނިދާއިރު އަހަރެން ކިހިނެއް ކެތްކުރާނީ. އަލުން އާދޭ ޕްލީޒް… ފަހު ޗާންސް ދީ” ދީވާނާ ވެފައިވާ މޮޔައެއް ފަދައިން ރޮމުން ކިޔަމުން ދިޔައެވެ.
“އަށްދޯއި. ތަދުވެޔޭ… ދޫކޮށްލާ” އައްޔަދު ހިފަހައްޓައިގެން ހުރިލެއް ބާރުކަމުން ރިމީޝާގެ ނޭވާ ހާސްވަމުން ދިޔައެވެ. ކޮޓަރި ދޮރުމަތީގައި ބަލަހައްޓައިގެން ހުރި މިޝްކު ރިމީޝާ އަށް ފެނުނީ އެދިމާލަށް ކަޅިއެއް އެއްލި ވަގުތުއެވެ. ހިތުގައި ހިފާފައި ހުރި ބިރަކުން ރިމީޝާ ބަލާލުމާއެކު މިޝްކު ފާރާއި ނިވާވެލިއެވެ. އެވަގުތު ރިމީޝާ ހަށިގަނޑުގައި ދައުރުވަމުން ދިޔަ ލެއަށް ނޭނގޭ ބާރެއް ވެރިވެގެން ދިޔައެވެ. އަމިއްލަ ހަށިގަނޑަށް ބެލުމެއްނެތި އައްޔަދުގެ އަތުން އެގޮތް މިގޮތުން ސަލާމަތްވިއެވެ. އެންމެ ވަގުތުކޮޅެއްވެސް ވިސްނަން ނަހަދާ އައްޔަދުގެ ކޯތާފަތް މައްޗަށް އޭނާގެ އަތްތިލައިގެ ހޫނުކަން އަރުވާލިއެވެ. އައްޔަދުގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ.
“އަހަރެން ރިމީ އަށް ދިން އަނިޔާތަކަށް ބަލާފައި މީ އަދި އެއްވެސް އެއްޗެއްނޫން. ހެހެހެ…. އަމިއްލަ ފުރާނަދޭން ވެސް ތައްޔާރު. އަހަރެން މިވަގުތު ދިޔަސް އަދި އަންނާނަން. ތިލޯބި ލިބެންދެން ހިތްވަރު ކުރާނަން…ފަހަތަށް އެންމެ ފިޔަވަޅެއް ވެސް ނާޅާނަން” ރިމީޝާ ނުބަލާ ހުރި ވަގުތު އައްޔަދު ކުރިއަށް ޖެހިލާ ރިމީޝާގެ އަތްތިލަ ނަގާ ބޮސްދިނެވެ. އެމަންޒަރު އެވަގުތު ހުޅުވާލާފައި ހުުރި ދޮރުމައްޗަށް އެރި ޝިނާނަށް ރަނގަޅަށް ފެނުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
92 Comments!
Comments are closed.





🙂 salaam all
mi bai ves huriha kudhinnah kamudhaane kamah heekuran. adhi ushaali ah support dhey huriha 🙂 kudhinnah varah bodah shukuriyya.
kiyuntherin thi dhevva supportakee ushaali ge hiyvvaru…. varah varah ufaavey thi kahala kiyuntherin kolheh libunyma….. i love you all…..
dhn in bai maadhama genesdheveytho vr try kuraanan. insha allah 🙂 🙂 🙂
Yeyy me first
🙂 yes Shiman first
Jumaana Naeem
Kiyaifin
🙂 thankyu dhekudhin
Wow . So touching. Wait for next part
🙂 thankyou so much What
Adhi alah mi comment kohly. Mi vaahaka reethi kamun
🙂 thanks What… keep reading…..
Haadha reechey. V v v loabi vaahaka. Heevani nimeyni rimee ayyadhu ah libigenhen. Ushaali e aslu name thr?
🙂 thanks Aashi. lets see balan nimey goi
Masha Allah mi part ves vvv reethi❤❤❤??
🙂 thanks Shiman
Ma varan foohi mi haaru ma beynumee rimee ayaa guluvan
🙂 🙂 alhey… rimee dhiyaeh nu ayaa kairiah ves. mifaharu dhn rimee kanthah kuraa goi hingaa dhw balan
What the…. mi v kihine??? Why does wrong peopl come to wrong places at the wrong time n wrong peopl c wrong things in wrong ways… OMG! mi ulhenee haguraama feshen tha… writr v molhu vaahaka genesdhey goi?..
😀 🙂 yes lotus… hanguraama fesheny mi… lets see vaa gotheh….
V reethi mibai ves thankolheh avahah up kohdheeba v kiyaahithun mihuri……. keep it up dear?
emme avaskoh ves maadhama 🙂 🙂 genesdheveynee Riyaa… inthizaaru 🙂 kurahche…..
BTW, pls explain the new cover pic..
🙂 cover ga mathyga eynee shinan and 🙂 rimeesha… thireega eynee ayyadh… dhn in 🙂 girl v avahah engeyne
BTW, pls explain the new cover pic..
🙂
Wow.. dhen vaany kihinehba
🙂 🙂 hingaa dhn vaa goi balan dhw jee
Oh god ! Ayaa ge kanthah dho… Haadha rulhi aadhe ey e ayaa dheke hama aslahves
🙂 🙂 ayaa ves vr loabi vey mihaaru rimee dheke
wow. this part also very nice . keep it up.
🙂 thanks mal
Woww..♥♥♥♥…. ushrliii… bt nooooo…. e ulhey ahyadhu dheke vrh vrh rulhi rdhey… rimee nd shinaan happy life eh ukhn nudhenii kiivve thrr?????… vrh vrh fuhi vey…. nxt prt kn irkn..???? Curiouslii waitinnn…. ly…♥♥♥♥
🙂 vr rulhi gadha vefa dhw mishy…. ayyadh :-)ves loabivaathy ey ehen eulheny… next part 🙂 🙂 maadhama. insha allah
Very nice please upload next part fast
thanks Nunama 🙂
I am also waiting for next part so upload next part fast
thankyu Tushaa… maadhama next part. 🙂 🙂 insha allah…..
alhey ayaa shinaan aar rimee aar dheme dhah nuvadhe ba plx
🙂 🙂 dhw thoo… hingaa balamaa vaa gotheh….
Alhey dhen rimee aa shinaan vaki nukurahchey… vvv reethi mi part ves
🙂 🙂 thanks hajja…. higa balan vaa gotheh….
Mi stry alhe haadha reehchey..V v reethi ingey..Ekm plx ayaa ah rimee nudheythi..Ushaali ge stry thah v reethi.
🙂 🙂 thankyou so much Araash…..
Mi part vx varah ?reethi….ushaali you are the best…curiously waiting for the next part ❤ ❤
🙂 🙂 thanks so much Inoo….
Hageegathugaves v reethi mivaahaka ayaa aai rimee gulheynetha upload next part fast
thanks junaa… hingaa balan dhw vaa 🙂 :-)gotheh….
Inoo ah heevany stry nimey iruga Rimee libeynee Ayaa ah heh♡♡stry vv fab
Shinaan aai rimee vakinukuràthi ushaa v molhu vaahakaliyan
🙂 thankyou junaa 🙂 hingaa balan vaa goi
Hageegathugaves Varah vvv reethi konme kamakah nimumeh annane eybunaafadhain mivaahakaves nimen varah kaarivehjehen heevanee.. please next part upload kohdheeba please vvv loabi ???I want say loabi nuviyas firumaaladhee
yes Ainy… kuriah dhn hury nisbathun varah madhu baeh….. next part maadhama. insha 🙂 🙂 allah…
Hmm dhn ayaa e ulhenyy mihaaru kihineh vegn tha… v foohivey ayaa ulhey gothun.. sinaan n rimee dhuru nukurahcheyy… v reethi mi partves… ❤❤❤
🙂 thakyou Sai…
ayaa ah visni rimee dheke vevunu loabi 🙂 ihusaas v ma ehen dhw ulheynee….
V reethi mi baii.. ayyadhu kihineh vegentha eulheny…plxxx ushaali rimee aa shiyaan dhurunukuraathi
Varah reethi……shinaan aa rimee aa dhuru nukuraathi
🙂 thankyou Shaa shaa….
Pis pis mi ayyadh gandu ulhey gotheh dhen v foohi. Ushaali ves dhen story dhigu kuran shinan n rimee dhemedhu massala jassan ulhey hen heevany. Ayyadhu dheybala janan kairiyah
Emme curious vi hisaabun thi nimmaaly☹
Story varah nice❤❤❤love it??
🙂 thanks Eleven….
maadham dhn engeynenu vaa gotheh dhw….
Varah foarigadhavaan ulheyhen haadha heeveyey….
soooo sad… alhe plz rimee n shinan dhuru nukuruvahchey….touching story……my heart is full of pain shinanahtakaa..?????
🙁 🙁 thihaa dhera nuvey sweet…..
fahun huriha kameh ves rangalhuvaane 🙂
Alhey varah reethiii…avahah upkh dheeba ..Pls…pls…kiyaa hithun keii nuvey mihaaru
So covr pic ga ey new girl eh vejjiyaa it means ayaa aa gulhey kujjaa e ee ey dhw?! Zaahtha hoadhaidhey kujjehtha aee?..?lets see dhw vaagothehh
Btw story hama perfect
Ayaa dheykey varah foohivey dhen nugulhuvathi rimee a ayaa
Cover pic ga inn new girl eii janaan tha???
Maashaalhaah vaahaka kuriyah dhaagoi varah kamudhey. Kuriyah oi bayah varah inyhixaaru eba kureve.
Alhe beynunvani gulhuvan rimee and shinaan. Adhekudhin haadha loabinney ulheni. Ayaa aaa nugulhuvahchey. Ayaa haadha gohey.pls pls pls pls ayaa aa nugulhuvahchey arun adivaane. Mihaaru rimee dheke nulaahiku loabivaa hus ah libifa aheei. Rimee abadhuves happy kohfa bahatachey pls pls pls dhooni kolhaaaaaa.
Vaahaka varah varah reethi ☺️…alhe mi vaahakaiga e kiyaa lava “ andhiri rey rey” eii kon lavaehge thankolhehtha?.. varah adu ahaalaa hiyyvey ?
އުޝާލީ ހަމަ މޮޅިއްޔޭ ދޯ ވާހަކަ ލިޔަން މިބައި ވަރަށް ރީތި
ayyadh aa rimee gulhuvaani kameh nei… Shinan n rimee maagulheyy
Kobaa miadhuge part avaskurey ushaa
mihaa hisaabah ahnan dhn ves abadhuves mivaahaka kiyan .. ekm comment eh nukuran buxy kamun …… ek dhn nuhureveyne … ushaalii ge thi sifakurumah hama ehvana masha allah …. varah furihama bunaane ehchehves neygifa
Kobaa next part?
Kobaa
Kn irakn nxt prt?
Kobaaa nxt partt???
Alhey haadha dhera ey haadha dhigu inthizaareh kùran ebajehe a ??
☹☹mirey up nukurevenytha??
Kobaa story……… ?
kobaa next part ushaali??
Ushaaly haadha fake ey dhoo, miadhu genwsdhwynamey kiyaafa balaalabala hedhi dhogu, v foohi
Adhi baaky vaguthu kolheh eba oii…. Ehen noonas ishali ah vs kameh dhimaavegen upload nukurevi vs gosdhaane …. Eii ushali dhoguhedhumeh noon….. I trust u Ushali…. Luv u bodu bodu koh… Waiting waiting……
Miadhu ushaali ah ehgothakah ves login nuvevunu. Massala ulheny kannenge….. V try kurin….. Anekka maadhama hendhunu vr try kuraanan upkollan….. Vr bodah sorry alhe dheravehjje baeh kudhin rulhi aima 🙁 🙁
ushaali dont be sad ehen vex vaane…..actually that was not ur mistake insha allah adhi vaane big fan of u
Waiting
Kobaaaaa next part… haadha inthizaarekey kuran mijeheny
Muslimun ney…..keikohbala..Allah vany keitherin naa eky ga☝?
Waiting
im waiting ushaali mihaaru heart beat vex avs vhje
Ushaali.. koba next part??