
ޝަޒުރާ އިނީ ރޭގެ ފޮނިފޮނި ޚިޔާލުތަކަށް ގެއްލިފައެވެ. ދެ އަހަރު ދުވަހު ދެކެމުން އައި ހުވަފެނެއް ހަޤީޤަތަކަށް ވުމުންނެވެ. ވެހުނުހާ ވާރެއަކާއި ދިންހާ އަތްވެއްގައި ދުވާލެއް ރޭގަނޑަކަށް ބެލުމެއްނެތި ހުކުރަކަސް ހޮނިހިރަކަސް ބުރަ މަސައްކަތް ކޮއްގެން އަލަތު ލޯބިވެރިޔާކަމަށްވާ ޝާމްގެ ޙަޔާތަށް ރޭގެ ވަގުތެއްގައި އައީ އުއްމީދުގެ ހުޅުކޮޅެއް، އަމިއްލަ މަސައްކަތުން ދިއްލައިގެންނެވެ.
ކުއްލިއަކަށް އޭނާގެ ހަނދާންތަކުން ދުރުކޮށްލީ ޝާމް ފާޚާނާއިން ނުކުތް އަޑަށެވެ. ޝާމް އެންމެ ކުޑައިރުއްސުރެން ބަލަމުން އައީ އޭނާގެ ބައްޕަ އަށްވެފައި ދާދި އިހަކަންދުވަހު އެ ބައްޕަގެ ފުރާނަވެސް މި އަނިޔާވެރި ދުނިޔެއާއި ވަކިވެފައި ވާތީ ޝާމްގެ ދެމަފިރިން އުޅެން ނިންމީ ޝާމް ގެ ބައްޕަމެން ގޭގައި އެކަނިމާ އެކަންޏެވެ. ޝާމް އައިސް ޝަޒުރާގެ މަގަތުގައި އިށީނދެ ގެނައި ކުއްލި ހަރަކާތަކާއިއެކު ދެވަނަ ސިކުންތުގައި ޝަޒުރާ ވީ ޝާމްގެ ބާރުގަދަ ދެ އަތުގެ ހިމާޔަތުގައެވެ. ޝާމް އޭނާގެއަތުގެ ނުފުށުން ޝަޒުރާގެ ކޯތާފަތުގައި ބީއްސާލުމާއިއެކު އިސްޖަހާލީ ލަދުގަތްވަރުންނެވެ. “ޝާމް! ޝެޒް ބޭނުން ބޭބީއެއް. ވަރަށް އަވަހަށް” ޝަޒުރާ އަބަދުވެސް ޝާމްގާތު ދައްކަމުން އަންނަ ވާހަކަ މިފަހަރުވެސް އިސްނަގައިގެން ޝާމްގާތު ބުންޏެވެ.
ނަމަވެސް……
ކަންތައްވީކީ ޝަޒްރާ ހީކުރި ގޮތަކަށް ނޫނެވެ.
ކައިވެނީގެ ކުރިން މިކަމަށް އެއްބަސްވި ޝާމް ގާތަށް މިފަހަރު އައީކީ އަމަށަކު ރުޅިއެއްނޫނެވެ. ދަރިއެއް ހޯދައިގެން ޚަރަދުކުރާނެ ވަރަށް ފައިސާ ނުލިބޭ ވާހަކަ އޭނާ ބުންޏެވެ. ޝަޒްރާ ބުނި ޖުމްލަ އަކުން އަލަތު ކައިވެނި ކުރި ދެމަފިރިންގެ ކައިވެނީގެ ފުރަތަމަ ރެއަށް ޝާމް ރަވާފައި ހުރި ކަންތައްމަތިން ހަނދާން ނައްތާލުމަށްފަހު، ޝާމް އޮފީހަށޭ ކިޔަފައި ގެއިން ނުކުމެގެން ގޮއްސި އެވެ. ވަގުތަކީ ދަން ވަގުތެއްކަމުން ޝަޒުރާ އިނީ ޝާމް އޮފީހަށޭ ކިޔާފައި ދިޔަ ތަނެއް ބަލަން ކެއްމަދުވެފައި ނަމަވެސް، އެކަމަށް ހުރަސް އެޅީ އޭނާގެ މޭތެރޭގައި ފޮރުވިގެން ބިރުން ވިރިވިރި އިން ހިތެވެ. އޭނާ އިނީ ޝާމް ކަންތައްކުރި ގޮތުން ރޯންވެސް ނޭނގިފައެވެ. ޝާމް ޢަމަލް ކުރިރުންކުރު ގޮތުން މީހާ ގެ ސިކުނޑި ސުމަކަށް ގޮސް މީހާ ގަނޑުވެފަ ކަހަލަ ގޮތަކަށެވެ.
ފަތިސްވީ އިރުވެސް ޝަޒުރާ އޮތީ ފިކުރަކަށްގޮސް ހުސްވެފައެވެ. އެންމެ ފަހު ވަގުތު ޝާމް ޝަޒުރާގެ އެދުމަށް ފުރަގަސް ދިން ސަބަބު އެއްގޮތަކަށްވެސް ކަމަކުނުދިޔައެވެ. ކޮންމެ އަންހެން ކުއްޖަކަށްވެސް ކައިވެނީގެ ފުރަތަމަ ރޭ ކުރެވޭނެކަމަށް ބުނާ އިޙުޞާސްގެ ބަދަލުގައި އޭނާއަށް ކުރެވުނީ މިއޮއްހުރިހާ ދުވަހު ޝާމް ދެކެ ވީ ލޯބީގަ އެއްވެސް އަގެއް އަދި ޤަދަރެއް ނެއް ކަމުގެ އިޙުޞާސެވެ. އެންމެ ރެއަކުންވެސް ޝާމްގެ އުޅުމަށް އައިއްސަހުރި ބަދަލު ޝަޒުރާއަށް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ގަޑީގެ ސިކުންތު ކަށްޓަށް ބަލަބަލާ އޮތް ޝަޒުރާއަށް ނިދުނީ ފަތިސްނަމާދު ކުރުމުންނެވެ.
އިންސާނެއްގެ ބާރަކާއި ނުލައި ދުވަސްތައް ފާއިތުވަމުންގޮސް ޝަޒުރާމެން ދެމަފިރިންގެ ގުޅުމަށް 6 މަސް ފުރުނު އިރު އެގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ކޮންމެ ދުވަހަކުވެސް ޝަޒުރާއަށް އިހުސާސްކުރެވެނީ އެކަނިވެރިކަމެވެ. ޝާމްވެސް ގިނަ ވަގުތު އުޅެނީ ބޭރުގައި ކަމުން ޝަޒުރާ އެގަޑިތަކުގައި އުޅެނީ އޭނާގެ ބޮޑުދައިތަމެން ގޭގައެވެ. ފަހަކަށް އައިސް ޝަޒުރާއަށް ޝާމް އާއި ބެހޭ ގޮތުން ތުންތުން މަތިން އިވޭ އަޑަކުން ހުންނަނީ އަބަދުވެސް ބޮލުގަ ރިއްސާފައެވެ. އެކުވެރިއަކަށް ގުޅިއަސް އާއިލާމީހަކަށް ގުޅިއަސް ޝަޒުރާއާއި ކުރިމަތިވާ ސުވާލުތަކަށް ފަހެ އޭނާ ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ ޚުދު އޭނާވެސްމިހުންނަނީ އެސުވާލު ޝާމްއާއި ކުރަން ބޭނުންވެފައެވެ. މީހުން ދައްކާ ވާހަކަ ތަކުގެ ތެދު ދޮގު ބަލާފަ ނޫނީ ޤަބޫލު ނުކުރެވެނީ ޝާމް ދެކެ ވާ ތެދުވެރި ލޯތްބާއި ކުރާ އިތުބާރުގެ ބޮޑުކަމުންނެވެ.
ހުކުރު ދުވަހެއްގެ ހަވީރު ޝަޒުރާ އޭނާގެ މަންމަމެން ގެއަށް ގޮސް އައި އިރު 6 ޖަހަނީއެވެ. އާންމުކޮށްވެސަ މިވަގުތަކީ ޝާމް ގޭގައި ނޫޅޭ ވަގުތެއްކަމުން ޝާމް އުޅޭނެކަމަށް އެއްވެސް އުއްމީދެއް ނުކުރެއެވެ. ގޭތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ޝަޒުރާއަށް އިވިގެން ދިޔައީ އަންހެނެއްގެ ހުނުމުގެ އަޑެވެ. އަޑު އަންނަނީ އޭނާއާއި ޝާމްގެ ކޮޓަރިންނެވެ. ޝަޒުރާގެ ހިއްތެޅެންފެށީ އެޔެއް މިއެއް ބަލާފަ އެއްނޫނެވެ. ލަސް ފިޔަވަޅުތަކެއްގައި އޭނާ ގޮސްތަޅުގައި ހިފާލިއެވެ. ތަޅު ނުލާ ހުރިކަމީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ދޮރު ހުޅުވާލުމާއި އެކު ޝަޒުރާއަށް ފެނުނު މަންޒަރަކުން ލަދުން ހަލާކު ނުވީ ކިރިޔާއެވެ. ޝާމްގެ އުނގު ތެރޭގައި ބޮނޑިވެލައިގެން އަންހެނެއް އޮތްތަން ފެނިފައި ޝަޒުރާއަށް އަޑުން އަޑު ނަގާ ރޯން ފެށުނެވެ. މިމަންޒަރު ފެނުމުގެ ކުރިން އޭނާ މަރުވިނަމަ އޭހިތައް އެރިއެވެ. ހިތައް ހީވީ ތޫނު ހަންޖަރެއް ހަރާލި ހެންނެވެ. ދެފައި ދަށުން ބިންގަނޑު ދަމައިގެންދިޔަ ކަމުގެ އިހުސާސެއް ކުރެވި މޫނު މައްޗަށް އަނދިރިވާން ފެށިއެވެ.
ޝަޒުރާ ދުވެފައި ގޮސް އަލަމާރި މަތިން އޭނާގެ ދަބަސް ނަގައި އޭނާގެ ހުރިހާ ތަކެތި އަޅައި ދަބަސް ހިފައިގެން ގޮސް ޝާމްގެ ކުރިމައްޗަށް އެރިއެވެ. ދެއަތް ޖޯޑޫ ކޮށްގެން ހުރެ ވަރިއަށް އެދިފައި މިސްރާބުޖެހީ މަންމަމެން ގެއަށް ދިއުމަށެވެ. ޝާމްގެ އެއްވެސް އިޢުތިރާޒެއް ނެތުމުން އަނެއް ދުވަހު ދެމީހުން ކޯޓަށް ގޮސް ވަރިވީ އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ދެމީހުންނަށް ވެސް ފެނުމުންނެވެ.
މީގެ އަހަރެއްހާ ކުރިން ހިނގި މި ހާދިސާ ގެ ހަނދާން ތަކުގެ ފުންމިން ނޭންގޭކަނޑަކަށް ޣަރަޤުވެފައި އިން ޝަޒުރާ އަށް ހަމަހޭވެރިކަންވީ އޭނާގެ މަންމަ އޭނާއަށް ގޮވާލުމުންނެވެ. “ދަރިފުޅާ! އައުން އަތުވެއްޖެ. ޤާޟީ ވެސް އިރުކޮޅަކުން އަތުވެދާނެ.” އެވަގުތު އައުން އައިސް ބުންޏެވެ.”ކޮބާ މިނިމުނީތަ؟ ޤާޞީ އަތުވެއްޖެ.” ޝަޒުރާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލުމަށްފަހު އައުން ގެ ފަހަތުން ދިޔައެވެ.
މައިންބަފައިންގެ އެދުމުގެ މަތިން ޝަޒުރާ ކުރި މިކައިވެނީގެ ކަންތައް ނިމުމުން އައުން ގެ އާއިލާ ކައިރިއަށް ލަންކާއަށް ފުރުމުގެ ކުރިން ޝަޒުރާ އޭނާގެ ބޮޑުދައިތަ މެން ގެއަށް އައުންއާއި އެކު ދާން މިސްރާބުޖެހީ ޝާމް ގެ ޚަބަރެއް ވެއްޖެނަމަ ދިނުމަށް އޭނާ ބޭނުންވާ ސިޓީއެއް ބޮޑުދައިތައާއި ހަވާލުކުރުމަށެވެ. ގޯޅިއަކަށް އަޅާލުމާއެކު ކުރިމަތިން ފެނިގެންދިޔަ ސޫރަ ފެނިފައި ސިހުމެއް ލިބުނެވެ. ނަމަވެސް އަމިއްލަ ނަފްސު ހަމަޔަކަށް އެޅުވުމަށްފަހު ޝަޒުރާ އޭނައަތުގައި އޮތް ސިޓީ ހަވާލުކުރުމަށް ކުރިއަށްއެޅި ފިޔަވަޅާ އެކީ ހައިރާންކަމެއް ލިބުނީ ކުރިމަތީ ހުރި ޝާމް އޭނާގެ ދެފައި ދޮށަށް ތިރިވެ މާފަށް އެދި ސަލާން ޖަހަން ފެށުމުންނެވެ. ޝަޒުރާފަހަތަށް ބަލާލީ އައުން ކައިރިން އެހީއަކަށް އެދޭފަދަ ގޮތަކަށެވެ. ރައްދުގައި އައުން ހަމަ އެކަނި ހިނިތުން ވެލީއެވެ.
ޝަޒުރާ ފަހަތަށް ޖެހިލުމަށްފަހު ސިޓީ ޝާމް އަށް ދިނުމަށްފަހު އައުންގެ އަތުގައި ހިފައިގެން އަނބުރާ ގެއާއި ދިމާލަށް ހިނގައިގަތެވެ. އަދިވެސް ޝަޒުރާގެ ހިތުގައި ޝާމް އަށްޓަކައި އަދިވެސް ވާލޯބި ވަންހަނާ ކުރުމަށެވެ. ލައްކަ ދުވަހު ކެއްކުރެވިއްޖެއެވެ. ޝަޒުރާގެ ހުވަފެންތަކެއްވެސް ވެއެވެ. ޝާމްގެ ލޯމަތިން ޝަޒްރާ ގެއްލުމުން އަވަސް އަވަހަށް ސިޓީ ނަގައި ކިޔަން ފެށިއެވެ. އޭގައި ވެއެވެ.
ލޯބިވާއަށް،
ހެޔޮދުޢާ ސަލާމަށްފަހު ލިޔަމެވެ.
ކަލާއެވެ. މިއަދު އަހަންނަށް އެނގިއްޖެއެވެ. ކަލާއަށް އަހަރެން ފުރިހަމަ އިތުބާރު ކުރީތީ ކޮޅުފައިން ޖެހީއެވެ. ކަލާ ކޮންމެ ރެއަކު އަންހެނަކާއެކީ ހޮޅިދަނޑި ގުދުކުރަން އިންނަކަން އަހަންނަށް އެނގެއެވެ. ކަލާގެ ހުރިހާ ކަމަކަށްވެސް އަހަރެން މުގޯލި އެޅީމެވެ. ކަލާއަކީ ފެންނަހާ ކާށްޓެއްހޮވާ މީހެކޭ ބުނާބަސް އެތައް ފަހަރަކު ތުންތުންމަތިން އަހަރެން އެހީމެވެ. ނަމަވެސް ވިދާހާ އެއްޗަކީރަނެއްނޫނޭ ބުނާ ބަސް ޤަބޫލު ނުކުރީ ކީއްވެތޯއެވެ؟ އާނއެކެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއެވެ. އަހަރެން އެބަސްތައް ދޮގު ކުރީ ކަލާއަށްކުރި އިތުބާރެއްގެ ބޮޑުކަމުންނެވެ. ކަލާއެވެ. ދެން ވެސް ވިސްނާށެވެ. އަނބި ރީތީ ހެވިއްޔާއެވެ. ވަޅި ރީތީ ތޫނިއްޔާއެވެ.
ކަލާއެވެ. ވެހޭތާ ފެންނެގިނަމަ މިދުވަހަކާ ކުރިމަތިލާކަށް ނުޖެހުނީހެއްނުންހެއްޔެވެ؟ ނަމަވެސް ބަޅެއްގެ ނަގޫ ސަންފާ އޮނަކަށްލިޔަސް ތެދެއް ނުވާނެއެވެ. އެކަން އަހަރެންނަށް ކަލާ ވަރަށް ރަނގަޅަށްވެސް ސާބިތު ކޮށްދީފިއެވެ. މިއޮއް ހުރިހާ ދުވަހު ހިރުވާތާ ކަހާވެސް ނުލީ ހަމަކަލާނޫން ދެވަނަ މީހެއްނޫނެވެ.14 ވިލޭރޭގެ ހަނދަށް ބަލަމުން ކަލާކުރި ވަޢުދާއި ހުވާތަކަށް މިއަދު ތިވަނީ އިންކާރު ކޮށްފައެވެ.އެއީ ވަފާތެރިވުންތޯއެވެ؟ ނޫނެކެވެ. އެއަށް ކިޔާ އުޅެނީ ބޭވަފާތެރިވުމެވެ. ކަލާ ތިގޮތުގެ މަތިން މިއަދާ ހަމައަށް އަޔަތީ ކަލާ ތިވަނީ ދުނިޔަވީ އުފާތަކުން މަހްރޫމުވެފައެވެ. ވާނީވެސް އެހެންތާއެވެ. އަބަދު އަޅަންޏާ ޅަކޮށްވެސް އެޅޭނެއެވެ.
ކަލާއެވެ. ވިސްނާލިނަމަ ކިހާ ރަނގަޅު ވީސްހެއްޔެވެ؟ އޭރުވެސް ބުނީމެވެ. ކެހި ދީފައި އަހަރެންގެ ފައިދޮށަށް ކަލާ ތިރިވާ ދުވަހަކީ ކަލާގެ ގައިގައި އަހަރެން ކޮޅުފައިން ޖަހާނެ ދުވަހެވެ. ފާއިތުވެއްޖެ ވަގުތެއް އަނބުރާ ނުލިބޭނެއެވެ. ވަގުތު އޮއްވައި ވަގުތު ފަހަތުން ދުވަން ޖެހޭނީ އިންސާނުންނެވެ. ވަގުތު އިންސާނުންގެ ފަހަތަކުންނުދުވާނެއެވެ. މާޒީ ބަދަލުކުރެވޭނެ ނަމައޭ މިހާރު ހިތަށް އަރާ ދޯއެވެ. ކުރާނީ ކީއްހެއްޔެވެ؟ މިއޮއް ހުރިހާ ދުވަހު އަހަރެން ޚިޔާލީ ފޮލާތަކެއް ކެއްކިޔަސް ކަލާއަށް ނަމައިގަ ރިހަނުކެއްކޭނެއޭ ހިތައް އެރުމުން މިހާރު މިހިތައް ހަމަ ޖެހުމެއް ލިބެއެވެ.
ކަލާއެވެ. ހީކުރީ ތޯއެވެ؟ ކަލާ ޖަހާހާ ބެރަކަށް އަހަރެން ނަށާނެއެވެ. ނޫނެކެވެ. ފެތުނު އޮޑީގެ ރިޔަލު ދަށުވިޔަސް ކަނަކު އަތްދަށު ނުވާށޭ ބުނާ ބީދައިން އަހަރެން ކަލާގެ ދަށެއް ނުވާނަމެވެ. ގިނި ދުއްމީހާ ރަތްމަލަށް ބިރު ގަންނަ ފަދައިން އަހަރެން ކަލާދެކެ ބިރު ގަނެއެވެ. ޖެހިލުންވެއެވެ. މަކުނުވެސް ދަރި އެއްލާލީކީ ލޯބި ނުވާތީކީ ނޫނެވެ. އެމީހަކު ފޭހުނު އިލޮއްޓެއް ހެރޭނީ ހަމައެމީހެއްގެ ލޮލަށެވެ. ކަލާދެކެ އިއްޔެވީ ލޯބި މިއަދުވެސް އަހަރެން ވެޔެވެ. ނަމަވެސް ދުވަހަކުވެސް ކަލާ ހިނގާ މަގަކުންވެސް ހިނގާކަށް މި ނިކަމެތި ހިތެއް ނޭދެއެވެ. “އެއްފުޅަށް މތިން ފުންމާލާ ބަކަރި ދެވަނަ ފުޅަށްމަތިންވެސް ޖެހިނުލާ ފުންމާލާނެއޭ” ބުނާ ބަސް ރަނގަޅަށްވެސް މިހިތުގައި ބިންވަޅު ނަގައިފިއެވެ.
ކަލާއެވެ. ފަހު ބަހަކަށް އަހަރެން ބުނެލަން އޮތީ ކަލާގެ ޙަޔާތުގެ ހިކިދަނޑުގައި ކަލާ ރޯކުރި ހުޅުގަނޑު ނިއްވުމުގައި މިއަތުން އަހަންނެއް އެހީއެއްނުވާނެއެވެ. ދުވަހަކުވެސް ތި ދަނޑުގައި އަލުން ގަހެއްރުވާކަށް އަހަންނެއް ނޭދެމެވެ. ކަލާ ތީ ފުޅަށް މަތިން ފުންމަމުންދާ ބަކަރިއެއް ފަދަ އިންސާނެކެވެ.
11 Comments!
Comments are closed.
Yeyyy me first ☺☺☺☺
ehehehe………. great..
Alhe haadha reehthi vaahaka ekey masha allah ❤
Thank you Roo…
Masha Allah ???
Beautiful????????
Thank you Riyaa<3…….
Naf nanni kon rasheh tha?
ehehehe….. sorry but i dn share my info with strangers…….
School dhauru mathin miss veh je… Ahren ves hama mi feshumah story liunih … Ekam mihaa furiham eh nuh … Story is fabulous ….. Nice story
I mean mi haadhisaa ah
thn q shinaasha