ޖާދޫވި މޫނު (2)
ރައްޔާން
ފާރުކައިރީގައި އިށީނދެގެން އިނުމަށްފަހުގައި ރައްޔާން މަޑުމަޑުން އަނެއްކާވެސް ބަލާލައިފިއެވެ. ފުން ނޭވާއެއް ދޫކޮއްލަމުން އޭނާ ހީޒަލްގެ މޫޒަށް ނަޒަރު ހުއްޓާލީ ޚިއްވެ ކަމެއް ނޭނގުނެވެ. ކޮންމެވެސް ތަނަކުން ދެނުކު ކުއްޖެކޭ ހިތް ބުނަނީ ކީއްވެ ހެއްޔެވެ؟ ސިކުނޑިއަށް ބާރުލަމުން ރައްޔާން އަދިވެސް ހުރީ އެ ހިޔާލުގައެވެ.
އެހެން އިނދެފައި ރައްޔާން ގޮސް އިށީނީ ދުރުގައި ބަހައްޓާފައި ހުރި ގޮނޑީގައެވެ. ފޯނު ވައިބްރޭޓް ވާން ފެށުމުން އޭނާ ފޯނަށް ނަޒަރު ހިންގާލައިފިއެވެ. ފޯނަށް އަރާފައިވާ ނަން ފެނުމުން ކަނޑާލުމަށްފަހު އޭނާ ހިނގައިގަތީ ތިރިއަށް ދާށެވެ. ތިރިން ފައިބައިގެން ދިޔަ ރައްޔާނަށް ތިރީގައި މާއަޑުމަޑުހެން ހީވުމުން އޭނާ ފިޔަވަޅުތަށް އަވަސް ކޮއްލަމުން ފައިބައިފިއެވެ.
“ރައްޔު..” ދުރުން ރަޒިއްޔާ ފެނުމުން ރައްޔާންގެ ބުމަ ކައިރި ކޮއްލައިފިއެވެ.
“ބައްޕާ..” ރައްޔާން އުނަގަނޑުގައި އަތް ވިއްދާލަމުން ހޯދާލީ ރިޔާޒެވެ. ކުރިމަތީގައި ހުރި ރަޒިއްޔާއަށް ބަލާކަށް އޭނާ ބޭނުމެއް ނުވިއެވެ.
“މަންމާ.. ކާކު މީނަ މިގެއަށް ވެއްދީ..” ދުރުގައި ހުއްޓިހުރި ސިޔާޒާއަށް ބަލާލަމުން ރައްޔާން ބުނެލިއެވެ.
“އެއްފަހަރުވެސް ރައްޔާންގެ މަންމަ ދައްކާ ވާހަކަ އަޑު އަހާލަބަ..” ސިޔާޒާ ބޭނުންވީ އެދެމައިންނަށް ފުރުސަތު ދޭށެވެ.
“މަންމަ މިއައީ ވަރަށް ބޮޑު ކަމަކު ކިޔަން ވެގެން.. މީތިމީ ރާއި” ކައިރިއަށް ޖެހިލަމުން ރަޒިއްޔާ އުޅުނީ ރައްޔާންގެ އެތުގައި ހިފާލާށެވެ. ނަމަވެސް ރައްޔާން ފަހަތަށް ޖެހިލަމުން ދެއަތް މައްޗަށް ނެގި ގޮތުން ރަޒިއްޔާ ފުންކޮށް ރައްޔާންގެ ލޮލަށް ބަލާލައިފިއެވެ. އެލޮލުން ފެންނަނީ އޭނާއަށްޓަކައި ނަފުރަތެވެ.
“އަހަރެންގެ މަންމަ އެހެރީ..” ދުރުގައި ހުރި ސިޔާޒާއަށް އިޝާރާތް ކޮއްލަމުން ރައްޔާން ބުނެލިއެވެ.
“ރައްޔާންއަށް ދޭން ރާއި އެއްޗެއް ދީފަ އޮތީމަ މިއައީ..” ރަޒިއްޔާގެ އަތުގައި އޮތް ކުޑަކުޑަ ފޮށި މޭޒުމަތީގައި ބާއްވަމުން ގެއިން ނިކުންނަން ހިނގައި ގަނެފިއެވެ. އޭނާ ދިރިއުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ދުނިޔޭގައި ލޯމަތީގައި ފެންނަން ހުރި ދަރިފުޅުވެސް އޭނާއަށް ކުރަނީ ނަފުރަތެވެ. އެހެން ނުވާންވި އެއްވެސް ސަބަބެއް ނެތެވެ.
ރަޒިއްޔާ ގެއިން ނިކުތްތަން ބަލަން ހުރެފައި ރައްޔާން މޭޒުމަތީގައި ބަހައްޓާފައި ހުރި ފޮށީގައި ބާރަށް އަތުން ޖަހާލައިފިއެވެ. ބުރައިގެންދިޔަ ފޮށީގެ ތެރެއިން އެއްޗެއް ޓައިލްސް މަތީގައި ޖެހިފައި ބުރައިގެން ގޮސް ޖެހުނީ އޭނާގެ ފައިގެ ބުޑުގައެވެ. ވިދަ ވިދައި އޮތް އޭތި ނަގަމުން ރައްޔާން އޭގެއަށް ފުންކޮށް ބަލާލައިފިއެވެ. އެއީ 4 ވަރަކަށް ކެރެޓްގެ މޮސަނައިޓްއެކެވެ. ޕިއަރ ކަޓްގައި އެއަގުހުރި ޖަވާހިރު ފެންނަލެއް ވަރަށްވެސް ލޯތްބެވެ. އޭގެ ވަށައިގެން ޖަހާލާފައިވާ ކުދިކުދި ޖަވާޖިރުތަކުން އޭގެއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. މިހާ އަގުބޮޑު އަނގޮޓިއެއް ރާއިފް އޭނާއަށް ދޭންވީ ކީއްވެ ހެއްޔެވެ؟ އޭނާއަކީ އަންހެން ކުއްޖެއްވެސް ނޫން ވިއްޔާއެވެ؟ ރައްޔާން އޭތި ވަށައިފެން ބަލައިލީ އޭގެއަށް ގޮތެއްވެފައި އޮތްތޯއެވެ. ނަސޫބަކުން ގޮތެއް ވެފައެއް ނެތެވެ.
“ވާއު ދޮންބޭ.. ހޫޒް ދަ ލަކީ ގަރލް” އީލާފް އައިސް ރައްޔާން އަތުން އަނގޮޓި ޖަހައި ގަންނަމުން ބުނެލިއެވެ.
“ލާފް.. ތީ ރާއީގެ އެއްޗެއް….” ރައްޔާން އޭތި ފަރުވާތެރި ކަމާއެކު އޭނާގެ ވޮލެޓަށް ލަމުން ބުނެލިއެވެ.
“އޯހް… އޭތި ހާދަ އަގުބޮޑު ވާނެއޭ.. މޮސަނައިޓް އަކީ ވަރަށް މަދުން ލިބޭ ޖަވާހިރެއް ދޯ…” ލާފް އެހެން ބުނެފައި ރައްޔާންގެ ފަހަތުން ހިގައިގަނެފިއެވެ.
“ޔެސް..” މީގެ ފޮށި ހޯދަ ދީބަލަ ލާފް..” ރައްޔާން އެހެން ކިޔާފައި ގުދުވެ އެކި ތަންތަން ބަލަން ފެށިއެވެ.
ފޮށި ނުފެނުމުން ރައްޔާން ވަނީ ކޮޓަރިއަށެވެ. އެހެން ފަހަރު ފަހަރާ ތަފާތަށް މިފަހަރު ރަޒިއްޔާ އޭނާއާއި ޒުވާބު ކުރާކަށް ނޫޅުނެވެ. އެހެންނާ ކޮންމެ ފަހަރަކު ރާއިފް ކައިރިއަށް ދިއުމަށް އެދި ނޫނީ އެއީ ކޮއްކޮ ކަމަށް ބުނެ އެއްޗެހި ކިޔާނެއެވެ. ރާއިފްގެ މަރުގެ ހަބަރު އޭނާއަށް ލިބުނީ ކޮއްކޮ މަރުވިތާ ދެދުވަސް ފަހުންނެވެ. ކޮއްކޮއާއި ރައްޔާގެ އުމުރުގައި 6 އަހަރުގެ ފަރަގު ހުރެއެވެ. ނަމަވެސް އެންމެ ކުޑަ ދުވަހުން ފަށައިގެންވެސް އޭނާ ބަލާ ބޮޑުކުރީ ބައްޕައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.ރަޒިއްޔާ ދެކެ ފޫހިވަނީ އެހެންވެއެވެ. ރާއިފްދެކެވެސް އޭރު އާދެވުނީ އެރުޅިއެވެ. ނަމަވެސް ރާއިފް އަބަދުމެ ދޮންބެ ވެގެން އުޅުމުގެ ސަބަބުން ރައްޔާންގެ ހިތް ކޮއްކޮއަށް މަޑުވިއެވެ. ނަމަވެސް އެކަން ރާއިފަކަށް އޭނާ ނުދައްކައެވެ. ރާއިފްގެ މަތިން ހަނދާން ވުމުން ރައްޔާން ބޭއިހްތިޔާރުގައި ހުނިތުން ވެވިއްޖެއެވެ.
ރައްޔާން ފޯނުން މެސެންޖަރ ހުޅުވާލަމުން ރައިފްގެ މެސެޖްތައް ހާވަންފެށީ ކީއްވެކަމެއް ނޭނގުނެވެ. އެތައް ސަތޭކަ މެސެޖް ތަކެއްގެ ތެރެއިން މީގެ ދެއަހަރު ކުރީގެ މެސެޖްތައް ރައްޔާން ބަލާލިއެވެ. ރާއި ޖަހާފައި ރައްޔާން އޭނާގެ ނަން ބަދަލު ކުރުމުން ރާއިފް އުފަލުން އުޅުނުގޮތް މަތިން ހަނދާންވުމުން ރައްޔާން ބޭއިހްތިޔާރުގައި ހިނިތުން ވެވިއްޖެއެވެ.
ރާއި: ދޮންބޭ…
ރާއި: ދޮންބޭ.. މިކޮޅަށް އަންނަނީ ކޮންއިރަކުންތަ؟
ރައްޔާން: ބޭނުމެއް ނޫން ދާކަށް…
ރާއި: ދޮންބެ ދެކިލާ ހިތްވަނީ.. ދޮންބެއަށް އޮތް އެއްޗެއްވެސް އޮންނާނެ.
ރާއި: ދޮންބެ ދެރަވާވަރުގެ ކަމެއް ކުރެވުނިއްޔާ މާފަށް އެދެން.
ރާއި: ވާހަކަ ދައްކަބަލަ ދޮންބޭ…
މެސެޖްތައް ކިޔަމުން ދިޔަ ރައްޔާނަށް ހުއްޓުމެއް އައީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އިވުމުންނެވެ. އެތެރެއަށް ވަދެގެން އައި ސިޔާޒާ ފެނުމުން ރައްޔާން ފޯނު ޖީބަށް ކޮއްޕާލިއެވެ. ސިޔާޒާއައިސް ކައިރީގައި ހުރި ސައިޑް ޓޭބަލް މަތީގައި ކުޑަ ފެހި ކުލައިގެ ފޮއްޓެއް ބަހައްޓަމުން ބޭރަށް ހިނގައްޖެއެވެ. ރައްޔާން އަވަހާއި ފޮށި ނަގަމުން އޭތި ހުޅުވާލައިފިއެވެ. ވަކި ހާއްސަކަމެއް ނެތުމުން ރައްޔާން ވޮލެޓުން އަނގޮޓި ނަގަމުން އެފޮއްޓަށް ލައިފިއެވެ.
ރައްޔާން އަނެއްކާވެސް ފޯނުން ރާއިފްގެ މެސެޖްތައް ހުޅުވާލިއެވެ. އެއީ ރާއިފް ގެ އެންމެ ފަހު މެސެޖެތަކެވެ. ރަޒިއްޔާ ބުނި ގޮތުގައި ރާއިފް އެންމެ ފަހުން ވާހަކަ ދެއްކީ އޭނާއާއެވެ. ނަމަވެސް އެ މެސެޖަށް ރައްޔާނަކަށް ޖަވާބެއް ނުދެނުވުނެވެ. ޓެސްޓު ދުވަސްކޮޅު ކަމުން އޭނާ އުޅުނީ އެދުވަސްތަކުގައި މުޅިންހެން ފޮތްތަކާއި ވެގެންނެވެ.
ރާއި: ބްރޯ.. އަމް ލީވިން ސަމްތިން އެންޑް ސަމްވަން ބިހައިންޑް.. މޭބީ ޔު ވިލްބީ އޭބަލް ޓު ކާމް ހަރ..
ރާއި: އައި ކުޑުންޓް ޕްރޮޓެކްޓް ހަރ
އެއީ އެންމެ ފަހު މެސެޖެވެ. ރައްޔާން އަދިވެސް އެއްފަހަރު އަނގޮއްޓިއަށް ބަލާލަމުން ހިނިތުން ވެލިއެވެ. ރާއިފް އެބުނާ އެއްޗަކީ މި އަނގޮއްޓި ހެއްޔެވެ؟ މީހެ ހައްޤު ވެރިޔާ ކޮބައިބާވައެވެ. އޭގެއަށް ބަލަން އޮތް ރައްޔާނަށް ނިދުނު އިރެއްވެސް ނޭނގުނެވެ. ކުއްލިއަކަށް ހޭލެވުނީ ގުގުރާ އަޑު ކަންފަތުގައި ޖެހުމުންނެވެ. މޫނުމަތީގައި ހުރި ދާތިކިތަކުން ރައްޔާންގެ ރީތިކަން ދެގުނަ އިތުރުވާ ކަހަލައެވެ. އަދިވެސް އެހަނދާންތައް އޭނާ ދޫކޮށް ނުދާފަދައެވެ. ވަޔާއެކު ކޮޓަރި ތެރެއަށް ވަންނަމުން ދިޔަ ފެންތިކިތައް ފައިގަޖެހުމުން ރައްޔާން އަވާހައި ތެދުވެގެން ގޮސް ފޮތިތައް ކަހާލައިފިއެވެ. ބިއްލޫރި ގަނޑުގައި ބޯ ޖައްސާލަމުން ރައްޔާން ވާރޭ ވެހެމުން ދިޔަ މަގަށް ނަޒަރު ހިންގާލިއެވެ.
# # # #
ކުޑައިރުއްސުރެވެސް ރައްޔާނަށް ފެންނަމުން ދިޔައީ މަންމަ އޭނާއާއި މެދު ފަރުވާ ކުޑަ ކުރާ މަންޒަރެވެ. އޭނާގެ ހުރިހާ ކަމެއްހެން ކުރަމުން އައީ ބައްޕައެވެ. ހަނދާން ހުންނަން ފެށީއްސުރެވެސް މަންމަ އަތުން ކޭ ހަނދާނެއް ނުވެއެވެ. ގޭގެ ޓައިލްސް ގަނޑުމަތީގައި އިށީނދެގެން އިން ރައްޔާން ދޮރާއި ދިމާލަށް ބަލާލީ މަންމަ ރޮމުން އަންނަތަން ފެނުމުންނެވެ. ވެގެން އުޅޭ ގޮތެއް އެޅަސިކުނޑިއަށް ނޭނގުނު ނަމަވެސް ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އެނގުނެވެ. ރާމިޒު އަވާހާއި އައިސް ރައްޔާން އުރުގައި ޖަހާލައިގެން ނިކުތީ ރަޒިއްޔާގެ ފަހަތުންނެވެ. ދެގަޑިއެއްހާއިރު ފަހުން ރައްޔާނަށް ފެނުނީ އޭނާގެ ކާފަ ހުދު ފޮތިން އެއްކޮށް ފޮރުވާލާފައި ވާތަނެވެ. ހަމައެކަނި މޫނު ފެންނަ ގޮތަށް އޮތްއިރު ކާފަގެ މޫނުގައިވަނީ ހިނިތުން ވުމެކެވެ.
ރަޒިއްޔާގެ ބައްޕަ ވަޅުލާފައި އައިސް އެންމެ ފުރަތަމަވެސް ރިޔާޒްގެ ކައިރިން އެދުނީ ވަރިއަށެވެ. މިވީ ހައަހަރު ދުވަހުވެސް އޭނާ ރިޔާޒްއާއެކު އުޅުނީ ބައްޕަގެ ނުފޫޒުންނެވެ. އެންމެ ފަހަރަކުވެސް ކުޑަކުޑަ ފަސް އަހަރަށްދާ ރައްޔާނެއް އޭނަގެ ހިތަކަށް ނޭރިއެވެ. ރިޔާޒް މާގަދަ ދައްކާކަށް ނޫޅުނެވެ. ދެމީހުން އަރާރުން ވުމުގެ ބަދަލުގައި ރިޔާޒް އަމިއްލައަށް ކޯޓަށް ގޮސް ވަރި ކޮއްދިނެވެ. ނަމަވެސް ރިޔާޒް ވަރިކޮށްދިނީ ރަޒިއްޔާ ރައްޔާން ބަލާ މަތިންނެވެ.
ރަޒިއްޔާ އާއިއެކު އާގެއަކަށް ދެވުނު ނަމަވެސް ރައްޔާނަށް އެއްވެސް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. ކިތަންމެ ކުޑަ ނަމަވެސް މަންމަ އޭނައަށް ބަލާ ފޫހި ނަޒަރު އެކުޑަ ސިކުނޑިއަށް ވިސްނެއެވެ. ނަމަވެސް ރައްޔާން މަންމައާއިއެކު އުޅެހިތުން ރައްޔާން އަބަދުވެސް ހުންނަނީ ހިނިތުން ވެފައެވެ. ރަޒިއްޔާއާއި ހިލާފަށް ރަޒިއްޔާގެ މިހާރުގެ ފިރިމީހާ ރައްޔާނާއި ވަރު ހުރެއެވެ. ކުޑަވެފައި ފުއްކޮށް އިންނަ ގޮތުން ލޯބު ނުވާނީ ކާކު ހެއްޔެވެ؟ ގިނަ ދުވަސް ވަމުން ދިޔަ ވަރަކަށް ރައްޔާނަށް ފާހަގަވީ މަންމަގެ ބޮޑު ވަމުންދިޔަ ބަނޑެވެ. މަންމަ އެކަމާއި އުފަލުން އުޅޭވަރެވެ. ނަމަވެސް އޭގެ ދެތިން ދުވަސް ފަހުމް ރިޔާޒް އެގެއަށް އަތުވެއްޖެއެވެ. އޭރު ހާމިދުވެސް ގެއަކު ނޫޅެއެވެ.
“ރިޔާޒް… އަހަންނަށް މިއުޅެނީ ދަރިއަކު ލިބެން..” ބަނޑުގައި ލޯބިން ފިރުމާ ލަމުން ރަޒިއްޔާ ބުނެލިއެވެ.
“އަހަންނަކަށް ރައްޔާނެއް ނުބެލޭނެ.. އަހަރެންގެ މި ދަރިފުޅަށް އެއްވެސް ކަމެއް އުނިވާކަށް ބޭނުމެއް ނޫން..”
“ބަލަ ދެން ރައްޔާނަކީ ކާކުގެ ދަރިއެއްތަ؟ އެކުއްޖާއަށް މިވީ ހައަހަރުގެ އުނިވި ކަންތަކޯ…” ދުރުގައި އެމަންޒަރު ބަލަންހުރި ރައްޔާނަށް އިޝާރާތް ކޮއްލަމުން ރާމިޒު ބުނެލިއެވެ.
“ރައްޔާން ބަލާކަށް އަހަރެން ބޭނުން ނުވާކަން އެންމެ ފިރަތަމަވެސް އެނގޭނެ ރިޔާޒަށް.. އޭނަ ދެކެ އަހަރެން ކުޑަކޮށްވެސް ލޯތްބެއް ނުވޭ…” ކައިރިއަށް ދުވަމުން އައި ރައްޔާނަށް އެއަޑު އިވުމުން މަޑު ޖެހިލައިފިއެވެ. ރައްޔާން އެހައި ބާރަށް ދުވެފައި ދިޔައީ މަންމަ ކައިރީގައި އަހާފައި ވާރެއާއި ތެމެން ދާށެވެ.
“ރަޒިއްޔާހައި ނުބައި މައެއް އަހަރެން ނުދެކެން.. ކައިރިން ނިކަން އެކުޑަ ފުރާނައަށް ބަލާލަބަ.. އޭނާ ހީވަނީ ރަޒިއްޔާހެން.. ކުޑަވެސް ތަފާތެއް ނެތް.. އަހަރެން ބަލާނަން ތިދަރިއަށް ރަޒިއްޔާއަށް ދެވޭ ލޯތްބެއް؟ ރަޒިއްޔާއަށް ވާނެ މޮޅެއް އަހަރެން ބަލާނަން އެހާ ކުޑަ ކުއްޖެއްގެ ހިތުގަ ޖައްސާފަ.. އަހަރެންގެ ލޮލުން ދެކެން މަންމާއޭ ކިޔާފަ ގޮވާލުމުން ރަޒިއްޔާ ރައްޔާން ދުރަށް ކޮއްޕާލާ މަންޒަރު.. ރަޒިއްޔާގެ ބައްޕަ ބުނެގެން އަހަންނާ އިނަސް ރައްޔާނަށް އެހެން ހެދުމުހެ ހައްޤެއް ނޯންނާނެސ” ލޮލުން ތިރިއަށް ވެއްޓުނު ކަރުނަތިކި ފުހެލަމުން ރިޔާޒް ރައްޔާން އަތުގައި ހިފާލަމުން އެގެއިން ނިކުމެގެން ހިނގައްޖެއެވެ. ފަހަތުން ރަޒިއްޔާވެސް ނިކުތީ ހާމިދުގެ އަޑު އިވުމުންނެވެ.
“ރަޒީ ކީއްވެ ރައްޔު އެގެންދަނީ..” އައްމާރު އެހެން ބުނަމުން ރައްޔާން ކައިރިއަށް ދާން ހިނގައި ގަނެއްޖެއެވެ. އޭރު ވާރޭ ތެރޭގައި ރާމިޒު ރައްޔާން ގޮވައިގެން ވަކި ހިސާބަކަށް ހިނގައްޖެއެވެ. އައްމާރުރުވެސް ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެހިސާބަށް ހުއްޓުނު ތަނާހެން ރައްޔާން އެމީހުންގެ އަތުން ނެއްޓި ގަނެގެން ދުއްވައިގަތީ ރަޒިއްޔާއާއި މިދާލަށެވެ. ކޮންމެ ގޮތަކަށް ކަންތައް ވިއަސް އަދިވެސް އޭނާ ބޭނުންވީ މަންމައެވެ. ދުރުން ދުވެފައި އައި ރައްޔާން ބައްދާލީ ރަޒިއްޔާގެ ބަނޑުގައެވެ. އޭރު ރަޒިއްޔާވެސް ހުރީ ކުޑައެއް ހިފައިގެން ނިކުމެއެވެ. ރައްޔާން އައިސް ބައްދާލި ވަގުތާއި ރަޒިއްޔާގެ ބަނޑު ތޮޅިލީ އެއްވަގުތެއްގައެވެ. އުފާވި ނަމަވެސް އޭނާ ފޫހިވީ ރައްޔާން އޭނާގެ ގައިގައި ބެއްދުމުންނެވެ. ވަގުތުން އެކުއްޖާގެ ކޮނޑުގައި ހިފާ މަގުމައްޗަށްވާ ގޮތަށް ރަޒިއްޔާ ފޮޅުވާލައިފިއެވެ. އަލި ގަދަގަދަކޮށް ވިދާލުމާއެކު ބަރަށް ދުއްވާފައި އައި ކާރެއްގައި ޖެހި ރައްޔާން ބުރައިގެންވެސް ދިޔައީ އެވަގުތުއެވެ. ހަމައެއާއެކު ބާރު ގުގުރިއެއްވެސް ޖަހާލައިފިއެވެ. ކާރުގައި ހުރި މީހާ ދުވަފައި ކަހަލަ ގޮތަކަށް އައިސް ކުޑަކުޑަ ރައްޔާންގެ ކައިރިއަށް ހުއްޓިއްޖެއެވެ. ހަރަކާތެއް ނުގެނިވިފައި ހުރީ ރަޒިއްޔާއަށެވެ. އައްމާރު ދުވަމުން އައިސް މީހަކަށް ބެލުމެއްނެތި ރައްޔާން ނަގައިގަނެގެން ދުއްވައި ގަނެއްޖެއެވެ. ރިޔާޒުވެސް އޭނާގެ ފަހަތުން އެބާރު މިނުގައި ހަމަ ދުއްވައި ގަނެއްޖެއެވެ.
“ރައް.. ރައް…” ރަޒިއްޔާއަސް ބެލެމުން ދިޔައީ އޭނާގެ ދެއަތަށެވެ.
ރަޒިއްޔާ ހޮސްޕިޓަލަށް ދިޔައީ ރައްޔާންގެ އޮޕްރޭޝަން ނިމި އެކުއްޖާ ހޭއަރާހައި އިރުންނެވެ. އައްމާރު އަދިވެސް ހުރީ ހޮސްޕިޓަލުގައެވެ. ރުއިމުގެ ސަބަބުން ރަޒިއްޔާގެ ބަނޑުގައިވެސް ވަނީ ކުޑަ ތަދެއް ހިފާފައެވެ. ފުރަތަމަ ފަހަރަށް ރަޒިއްޔާގެ ހިތުގައި ރައްޔާނަށް ގޮތެއް ވެދާނެ ކަމުގެ ބިރު ހީވާން ފަށައިފިއެވެ. ނަމަވެސް ހާމިދަކީ ރަނގަޅު ޑޮކްޓަރަކަށް ވުމުން ކުޑަކޮށް ނަމަވެސް ހިތްހަމަ ޖެހުނެވެ.
ރަޒިއްޔާއަށް އެހިސާބަށް ދެވުނު އިރުގައި އައްމާރުއާއި ރިޔާޒްހުރީ ޑޮކްޓަރާއި ވާހަކަ ދައްކާށެވެ. ރަޒިއްޔާއަކީވެސް ރަނގަޅަށް ކިޔަވައިގެން ހުރި މީހެއްކަމުން އެމީހުން ދައްކަމުން ދިޔަ ވާޙަކަ އެނގުނެވެ. ރަޒިއްޔާ ކިޔެވީ އެދާއިރާއިން ކަމުން އޭނާވެސް އައިސް ރައްޔާންގެ ވާހަކަ އަހައިލިއެވެ.
“ރިޔާޒް..” ރަޒިއްޔާއަށް ފުރިހަމަ ނުކުރެވިގެން އުޅެނިކޮށް ރިޔާޒް އަތުން މަނާ ކޮއްލައިފިއެވެ.
“މިއަދުން ފެށިގެން އަހަރެންގެ ރައްޔާންގެ ހުންނާނީ ހަމައެކަނި ބައްޕައެއް..” ރިޔާޒްގެ އެންމެފަހު އިއްވުން އިއްވާލިއެވެ. އެހެން ނުވާންވި ސަބަބެއްވެސް ނެތެވެ. ދޮންމަންމަ އެއްޗެސް ދޮންދަރިއަކާއި މެދު އެފަދައިން ކަންތައް ނުކުރާނެއެވެ.
” ރައްޔު ހޭއަރައިފި..” ރޮވިފައި ހުރި ސިޔާޒާ އެހެން ބުނުމުން އެންމެ ފުރަތަމަ ދޮރުން އެތެރެއަށްވަނީ ރަޒިއްޔާއެވެ. ކުޑަކުޑަ ރައްޔާން އޭރު ދެފައި ވައްކޮށް ލައިގެން އިނީ އަތަށް ބަލާށެވެ. ކަނާތުގެ ކޮނޑާއި ދިމާލުން ބަނދެލެވިފައިވާ ގޯޒް ފޮތިތަކުގައި ހިފަހައްޓައިގެން އިންއިރު އެކުއްޖާގެ ލޮލުގައިވަނީ ކަރުނައެވެ. ރަޒިއްޔާގެ ހިތް ފުރަތަމަ ފަހަރަށް ރޫރޫ އަޅައިގަތެވެ. ކިތަންމެ ކުޑަ ނަމަވެސް އެލޮލުން ފެންނަމުން ދިޔަ ރުޅި ވެރިކަން އޭނާއަށް ފާހަގަވިއެވެ. އަތަށް ބަލަމުން ދިޔަ ގޮތުން ހީވަނީ އެފޮތިތަށް ދެންމެ ދެންމެ ނައްޓާލަ ފާނެ ހެންނެވެ.
“ދަރިފުޅު..”
“އަތް ނުލާ…” ރަޒިއްޔާ ދިއްކޮލި އަތުގައި ނުޖެހެން ވެގެން ރައްޔާން ހަޅޭއްލަވައި ގަނެއްޖެއެވެ. ހީވަނީ ބިރެއް ފެނުނު ހެންނެވެ. ދުރުން ދުވެފައި އައިސް އައްމާރު މަޑުމަޑުން ތުރުތުރު އަޅަމުން ދިޔަ ރައްޔާންގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އެއާއެކު ރައްޔާންގެ މޫނަށް އަނދިރިވާން ފަށައިފިއެވެ. ނަމަވެސް އަދިވެސް ކުރިމަތިން އޭނާއަށް ފެންނަމުން ފިޔައީ އޭނާގެ ހިތްހަރު މަންމައެވެ.
# # # #
ގަދައަށް ވިދާލުމާއެކު މުނި ކޮޓަރީގެ ތެރެއަށް އަލި އެޅިގެން ދިޔައެވެ. ބިއްލޫރި ގަނޑުގައި ބޯ ޖައްސާލައިގެން ހުރި ރައްޔާން ބަލަމުން ދިޔައީ އޭނާގެ އަތުގައިވާ ލަކުނަށެވެ. ދުރުން ބަލާލާއިރު ހީވަނީ ވީދައިގެން ގޮސްފައިވާނެހެވެ. އެތަނުގައި ފިރުމާލަމުން ރައްޔާން އުޅުނީ ފޮތިތަށް ކަހާލާށެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެއަތަށް މަޑު ޖެހުމެއްއައީ ކުރިމަތިން ހުރި ގޭގެ ހަތްހަނަ ބައި މި ދަންވަރުގައި ދިއްލާފައި ހުރުމުންނެވެ. ގޮނޑިއެއް ބަހައްޓައިގެން ބޭރުގައި އިން އަންހެންކުއްޖާ އިންގޮތުން ހީވަނީ މީހަކު ގަލުން ހަދާފައި އިން ބުދެއް ހެންނެވެ. އެއްފައި މައްޗަށް އަނެއްފައި ލައިގެން އިންއިރު އެބުޅި އިސްތަށިގަނޑު ކޮނޑުމަތިން ދެފަރާތަށް ވިހުރިފައި އޮތެވެ. ވެހެމުންދިޔަ ވާރެއަށް އަތްނެރެގެން ހުރިއިރު އެމޫނުގައި އެއްވެސް ދިރުމެއް ނުވެއެވެ. އެހައި ދުރުންވެސް ރައްޔާނަށް އޭނާގެ ކޯތާފަތްމަތިން ތިރިއަށް ވެއްޓުނު ކަރުނަ ތިކި ފެނުނެވެ.
“ހީޒަލް..” ކުރިން ދުވަހަކު އީނާޝް އެނަން ބުނި ހަނދާންވެގެން ރައްޔާނަށް ބުނެވުނެވެ. އެނަމަކީ އޭނާ ދަންނަ ނަމެކޭ ހިތްބުނަނީ ކީއްވެ ހެއްޔެވެ؟
ގަޑިއަށް ބަލާލަމުން ރައްޔާން އަވަހަށް އެނދަށް އަރައި އޮށޯވެއްޖެއެވެ. އެނދުގައި ބުރަކަށި ޖެހުމާއެކު ރައްޔާންގެ ލޯ މެރިއްޖެއެވެ. ހެންދުނު ހޭލެވުނީ ސިޔާޒާ ދޮރުގައި ތަޅާއަޑަށެވެ. ފަޔަށް ލެވޭހައި ބާރެއް ލާފައި ދުއްވައިގައީ ފާހާނާ ދިމާއަށެވެ. ދޮރު ހުޅުވާކަށްވެސް ނޫޅޫނެވެ. އަވަހަށް ޔުނިފޯރމް ގަޔަށް މަހާލަމުން ރައްޔަން އެންކަލްއަށް އަރާލިއެވެ. ތޮފި ކިހިލިފަތްދަށަށް ޖަހާލަމުން ރައްޔާން ތިރިއަށްދާން ހިނގައި ގަނެއްޖެއެވެ. ސިޔާޒާ ގޮވާލުމުންވެސް މަޑު ކުރާކަށް ނޫޅޫނެވެ. އޮފިސަރއަކަށް ވިތާ މިވީ އަދި އެންމެ ދެ ހަފުތާއެވެ. މިހާ އަވަހަށް ގަޑިވެސް ޖެހުނީއެވެ. ހާސްވެފައި ހުރިވަރުން ރައްޔާނަށް ސައިކަލުވެސް ދުއްވުނީ ތަންކޮޅެއްބާރަށެވެ. ބަންޑާރަ ކޮށި ކައިރީގައި ސައިކަލު ޕާކުކޮއްލަމުން ރައްޔާން ފިޔަވަޅުތައް އަވަސް ކޮއްލީ ދެންވެސް އަވަހަށް އެތެރެއަށް ވަދެވޭތޯއެވެ. ނަމަވެސް އެ ފިޔަވަޅުތަކަށް ހުއްޓުމެއްއައީ ފިނިފިނި އަތަކުން އޭނަގެ މުލައްދަނޑީގައި ހިފެހެއްޓުމުންނެވެ.
“އެކްސްކި….” ފަހަތަށް އެނބުރުނު ރައްޔާންގެ ދުލުގައި ހީވީ ތަޅެއް ލެވުމު ހެންނެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. ހީޒަލްއެވެ. ކޮންމެ ދުވަހަކުހެން އޭނާ ވަގަށް ބަލާ އަންހެން ކުއްޖާއެވެ. އަނެއްކާ އެކަން އޭނާއަށް އެނގުނީ ބާވައެވެ.
“ތިއައީ ތަ؟؟” ލޮލަށް ފުރައި ކަރުނަ އަޅައިގެން ހުރެ ހީޒަލް އެހެން ބުނުމުން ރައްޔާން ދެބުމަ ކައިރި ކޮއްލިއެވެ. ހީޒަލްގެ އަތް އޭނަގެ އަތުން ނައްޓުވައިލަމުން ރައްޔާން އުކުޅުގައި އަތް ވިދެލިއެވެ.
“ކާކުތީ..؟” ނަން އެނގި ހުރެވެސް ރައްޔާން ކޮއްލީ ސުވަލެކެވެ. ހީޒަލް އަތް ނަގައި ރައްޔާންގެ މޫނުގައި އަތް ހިންގާލިއެވެ. މަގުމަތިން ހިނގަމުން ދިޔަ މީހުންތައް ލޯތައްވެސް ދިޔައީ އެދެމީހުން ހުއްޓެމުންނެވެ. ކުއްލިއަކަށް ރައްޔާން ހީޒަލްގެ އަތް އޭނާގެ މޫނާއި ދުރުކޮއްލިއެވެ. މަޑުމަޑު ގިސްލުމަކަށް ބަދަލުވެގެން ދިޔަ އެއަޑު ރައްޔާންގެ އެތެރެހަށި ރޫރޫ އަޅުވާލިއެވެ. ގައިގެ ހުރިހާ ލޯލިތައް ކޮޅަށްޖެހުނެވެ.
“އައި ޑޯންޓް ވޯންޓް ވޭކް އަޕް.. އަދި އެއްފަހަރު ބަލާލަން ބޭނުން…” ހީޒަލް ގޮވަމުން ދިޔަ މޮޔައެއް އެއްވެސް ވަރަކަށް ރެއަކާނުލައި ހުރި ރައްޔާން ވަށައިގެން ބަލާލައިފިއެވެ. ހީޒަލް މަޑުމަޑުން ރައްޔާންގެ މެދުހަށީގައި ބައްދާލަމުން މޭމަތީގައި މޫނު ފޮރުވާލައިފިއެވެ. އެކަމަކީ ހީޒަލަށް އާކަމެއް ހެނެއް ހިއެއް ނުވެއެވެ. ނަމަވެސް ރައްޔާން ހުރީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެހެން ނުވާންވި ސަބަބެއްވެސް ނެތެވެ. ނުވެސް ދަންނަ ކުއްޖަކު އެހެން ގާތް ވުމުން ކޮންމެ މީހަކުވެސް ހުންނާނީ އެފަދަ ހާލެއްގައެވެ.
“އޯ… ކޭ..” ބާރަށް ހިފަހައްޓައިގެންހުރި ހީޒަލްގެ ހަށިގަނޑު ކުރިއަށްވުރެ ބަރުހެން ހީވުމުން ރައްޔާން މަޑުމަޑުން ފަހަތަށް ޖެހިލައިފިއެވެ. އެއާއެކު ރުލެއްވެސް ނެތި ހީޒަލް ދެމުނީ ރައްޔާންގެ އަތުގެ ތެރެއަށެވެ. ސިފައިންގެއަށް ވަނުމުގެ ބަދަލުގައި މީހެއްގެ އެހީގައި ރައްޔާން މަސައްކަތް ކުރީ ހީޒަލް ހޮސްޕިޓަލަށް ގެންދާށެވެ.
ހޮސްޕިޓަލުގައި ހުރި ރައްޔާން މަޑުކޮއްލައިގެން ހުރީ ހީޒަލްގެ މައިންބަފައިން އަންނަ ދެނެވެ. ގޮނޑީގައި އިންއިރު ރައްޔާން ވިސްނެމުން ދިޔައީ ޙީޒަލްގެ ހަރަކާތްތަކާއި މެދުގައެވެ. ހީޒަލްއަށް އެއީ އާކަމެއްހެނެއް ހިއެއް ނުވެއެވެ. އަބަދުމެ ކުރާކަމެއްހެން އެކުއްޖާ ހުރީ އެކަމަށް އާދަވެފައެވެ.
“ރައްޔު..” ކުރިމަތީގައި ހުރިމީހާ އެހެން ގޮވާލުމުން ރައްޔާން އިސްއުފުލާ ބާލާލައިފިއެވެ. ރައްޔާނަށް އެމީހާ ނޭނގުނު ނަމަވެސް އެމީހަކަށް ރައްޔާން އެނގިއްޖެއެވެ.
“ނޭނގުނު..” ރައްޔާން ތެދުވަމުން ހިނިތުން ވެލިއެވެ. އެމީހާގެ އިސްތަށިގަނޑުގައި ނުރަ ޖަހައިފައި ހުރި ނަމަވެސް މޫނުމަތިން އެހާމެ ރީއްޗެވެ. ރައްޔާން ބުމަ ކައިރި ކޮއްލީ ނަން ހަނދާނަށ އަންނަން ފެށުމުންނެވެ. ނަމަވެސް ދުލަކަށް ނައެވެ.
“ހައުޒް މައި ފްލަފީ…” އެއަޑު އިވުމާއެކު ރައްޔާން އެމީހާގެ ގައި ބައްދާލިއެވެ.
“ކުޑަ ބައްޕާ…” އައްމާރު ގައިން ދޫކޮއްނުލާ ހުރެ ރައްޔާން ބުނެލިއެވެ. މަންމަ ކައިރީގައި އުޅުނު އިރުގައި ރައްޔާން އެންމެ ހިތްހަމަ ޖެހުނީ އައްމާރު އެހެން ގޮވަލުމުންނެވެ.
“ކިހިނެއް ކުޑަ ބައްޕައަށް އެނގުނީ؟ ” ހުރިހާ ދަތްތައް އެއްކޮށް ދައްކާލައިގެން ހުރެ ރައްޔާން އަހާލައިފިއެވެ.
“ކިހިނެއް ނޭނގި ހުންނާނީ.. ރާއި ހީވަނީ ހަމަ ރައްޔާންހެން.. އެއްވެސް ތަފާތެއެނެއް..” އެމޫނުގައިވި ހިނިތުންވުން ހިނދުކޮޅަކަށް ނަމަވެސް ގެއްލުނުހެން ހީވިއެވެ.
“ކުޑަ ބައްޕައަށް އެނގޭތަ އެކުއްޖާ؟” ރައްޔާންގެ އެސުވާލަށް ދޭނެ ޖަވާބެއް އައްމާރަކަށް ނޭނގުނެވެ. ހަޤީޤަތަށް ބުނާނެ ހިތްވަރެއްވެސް އޭނާގެ ނެތެވެ.
“ބައްޕަމީ އޭނާގެ ޑޮކްޓަރ އެހެންވެ އެނގުނީ..” ދެއަހަރު ފަހުން އަނެއްކާވެސް ކުއްޖަކު ބައްޕަ ކިއުމުން އައްމާރު އުފަލުން ފުރުނެވެ. އަލުން އެހަށިގަނޑުގައި ފުރާނަ އެޅުނު ފަދައެވެ.
ހީޒަލް
ދުރުން ސީމާ ވަދެގެން އައި މަންޒަރު ފެނުމުން އައްމާރު އެއީ ހީޒަލްގެ މަންމަ ކަމުގައި ބުނަމުން މަޑުކޮއްލާށޭ ބުނެލިއެވެ. ރައްޔާން ޖީބަށް އަތް ޖަހާލައިގެން އިނދެފައި ހިނގައިގަތީ ޑިއުޓީއަށް ނިކުންނަން ގުޅުމުންނެވެ. ރައްޔާން ހިނގާފައިދިޔަ ތަން ބަލަން އިން ސީމާވެސް ދެލޯ ބޮޑު ކޮއްލިއެވެ. ހިނދުކޮޅަކަށް ނަމަވެސް އެއީ ރާއިފް ކަމާމެދު ޝައްކުވާން އުޅުނެވެ. ލޯ ހުޅުވާލައިގެން އޮތް ހީޒަލް ފެނުމުން ސީމާ ހިނިތުން ވެލިއެވެ. މަންމަ ފެނުމުން ހީޒަލް އެންމެ ފުރަތަމަ ބޭނުންވީ ރާއިފް ފެނުނު ވާހަކަ ބުނާށެވެ.
“މަންމާ.. ރާއި..”
“އެއީ ރާއި އެއް ނޫން… ރައްޔާން..” ދުރުގައި ހުރެފައި އާދައިގެ ރާގެއްގައި އައްމާރު ބުނެލިއެވެ. ހީޒަލަށް ޔަޤީން ކޮއްދިނިމުގެ ގޮތުން އޭނާ މޫނަށް އެއްވެސް ކުލަވަރެއް ނުގެނެއެވެ.
“ރާއިގެ ދޮންބެ އެއީ… ރައްޔުއަކީ ރާއިފް މަންމަ އެހެން މީހެއްގެ ދަރިއެއް ކުޑަ ދުވަހުން ފެށިގެންވެސް ރާއްޖެއިން ބޭރުގައި އުޅުނީ..” އިތުރު ތަފްސީލެއް ބޭނުން ވާނެހެން ހީވުމުން އައްމާރު ކިޔާލިއެވެ.
“ހޫމް…” ހީޒަލް އެހެން ބުނަމުން އިސްޖަހާލިއެވެ.
“ހީޒަލް..” ހީޒަލް މާ ގިނައިރު ދުރު ބަލަހައްޓައިގެން އިންނަން ފެށުމުން އައްމާރު ގޮވާލިއެވެ. ހީލަމުން ހީޒަލް ބުނީ އޭނާ ވަރުބަލި ޥާހަކައެވެ.
ގެއަށް ދިޔަ ހީޒަލްގެ ހިތުގައިވީ އެންމެ ސުވާލެކެވެ. ދެމީހަކު އެހައި ވައްތަރު ވާންވީ ކީއްވެ ހެއްޔެވެ؟ އެއްބަނޑު ދެމީހުން ކަމުގައި ވިޔަސް ހަމަ އެހައި ވައްތަރުވާން ޖެހޭ ހެއްޔެވެ؟ އެކި ސުވާލުތައް ހީޒަލް ބޮލުގައި އެނބުރެމުން ދިޔައިރު އޭގެ ޖަވާބެއް އޭނާއަކަށް ނުލިބުނެވެ. ދެއަހަރު ތެރެއިން ފުރަތަމަ ފަހަރަށް އޭނާ އީނާޝްގެ ނަންބަރ ފޯނުގައި ޖަހާލައިފިއެވެ. ގުޅަން ނުގުޅަން ހުރެފައި އެންމެ ފަހުން ގުޅާލިއެވެ. ރަނގަޅަށް އެންމެ ފަހަރަކުވެސް ރިންގްވި ކަމެއް ނޭނގުނެވެ. އެކޮޅުން ފޯނު ނަގައިފިއެވެ. ހީޒަލް ބޭނުންވީ އެނގެއަށް ދާށެވެ. އީނާޝް ދެހިތެއްގައި ހުރެވެސް އާނއެކޭ ބުނެލައިފިއެވެ.
އީނާޝް މެންގޭގެ ކުރިމަތީގައި މަޑުކޮއްލައިގެން ހުރި ހީޒަލް ހީނިތުންވެލީ ދޮރު ހުޅޫވުނު އަޑު އިވުމުންނެވެ. މަޑުމަޑުން އެތެރެއަށް ވަންނަމުން ހީޒަލް ވަށައިގެން ހޯދާލިއެވެ. އެކަން ފާހަގަވި އީނާޝް ކައިރިއަށް އައީ އަމަށަކު ހިންޏެއް ނޫނެވެ.
“ދޮންބެތަ ތި ހޯދަނީ؟” ދަތްތައް އެއްކޮށް ދައްކާލަމުން އީނާޝް އަހާލިއެވެ. ހީޒަލްއަށް ވީވަރަކީ ދެލޯ ބޮޑުކޮއްލާފައި ހުއްޓުން އެރުމެވެ.
ދެމީހުން ވާހަކަ ދައްކާލަން ވެގެން އެރީ ޓެރެހަށެވެ. ނަމަވެސް ޓެރެހަށް ދެވެން އޮތީ ރައްޔާންގެ އެޕާރޓްމެންޓް ކަމުން އީނާޝް ކުޑަކޮށް ޖެހިލުންވިއެވެ. ދޮރު ހުޅުވާލާފައި އެތެރެއަށް ވަންނަން ބުނުމުން ހީޒަލް މަޑުމަޑުން އައިސް ވަނެވެ. ދެވަނަ ސިކުންތުގައި އޭނާގެ ހިތަށް ތަދުވިއެވެ. މުނިތަންވަނީ މަޑު މުށި ކުލައަކުން ޒީނަތްތެރި ކުރެވިފައެވެ. ކުރިމަތިން ދެކޮޓަރި ފެންނަން ހުރިއިރު އެއްފަރާތެއްގައި މައްޗަށް އަރާނެ ސިޑިއެއް ހުއްޓެވެ. ބޮޑު އެޕާރޓްމެންގެ އެއްފަރާތުގައި ފަތި ޓީވީއެއް ބަހައްޓާފައިވާއިރު އަނެއް ފަރާތުފައި އެހާމެ ހުރިހަމަ ސޯފާއެއް ބަހައްޓާފައި ހުއްޓެވެ. އެކިތަންތަނަށް ލޯ ހިންގާލަމުން ހީޒަލް ގަދަކަމުން ހިނިތުން ވެލިއެވެ. ހީޒަލަށް އެންމެ ފާހަގަ ކުރެވުނީ މުނިގޭގޭ ފާރުތަކުގައި ލާފައިވާ މަޑު ފެފިކުލައެވެ. އަދި ހާއްސަކޮށް ބެލްކަންޏަށް ޥާ ދިމާލުގައި ޖާޙާފައިވާ ބޮޑެތި ބިއްލޫރި ދޮރުތަކުން ދުވާލުގައި ގޭގައި އެއްވެސް ވަރަކަށް ލައިޓް ދިއްލަން ނުޖެނޭއެވެ.
# # # #
“ކޯއްޗެއް ތި ބަލަނީ..” ޙީޒަލް ދުރުގައި ބަލަން ހުރުމުން ރާއިފް އެންމެ ފަހުން އަހާލައިފިއެވެ.
“ރާއި.. ތިހުސް ބްރައުން ކުލައޭ ދެން..” ހީޒަލް އަނގަ ފާޑަކަށް ހަދައިން އިނދެ ބުނެލިއެވެ.
“ދެން… އަހަރެން ކިޔާތަ ހީޒް އަބަދު ފެހި ކުލަ ހިފައިގެން އުޅޭއިރު..” ރާއިފް ގަމީސްތަކުގެ ތެރެއިން މަޑުމަޑު މުށި ކުލައެއްގެ ގަމީހެއް ނަގަމުން ކައުންޓާރާއި ދިމާލަށް ހިނގައުގަތެވެ.
“ހެވޭ..” ފާޑަކަށް އިނދެގެން އަންނަމުން ހީޒަލް ބުނެލައިފިއެވެ.
“އަސްލު ކީއްވެތަ ރާއިއަށް ބްރައުން އެހާ ރީތީ؟” ހީޒަލް އެންމެ ފަހުން ނުހުރެވިގެން އަހާލައިފިއެވެ.
“ބިކަޒް އައި ވޮނަ ބީ ލައިކް ހިމް.. ޖަސްޓް ލައިކް ހިމް. ޕްލަސް މަށަށްވެސް ރީތި ބްރައިން.” ރާއިފް އެހެން ބުނެފައި ހިނިތުން ވެލިއެވެ. އެއީ އަބަދުވެސް ރާއިފްގެ އާދައެވެ. އަބަދުވެސް ކޮންމެވެސް މީހަކު ކޮޕީ ކުރާނެއެވެ.
“ކާކު؟ ތިމީހަކު ދައްކަންވީނު އަހަންނަށް..”ހީޒަލް ރާއިފްގެ އަތު ތެރެއަށް އަތް މަހާލަމުން ބުނެލިއެވެ.
# # # # #
ގޭގެ އެކި ތަންތަނަށް ބަލަންއިން ހީޒަލް ފެނުމުން އީނާޝް ކުޑަކޮށް މަޑު ޖެހިލިއެވެ. ބްރައުން ކުލައަކީ ރާއިފަށް ވެސް އެންމެ ރީތި ކުލަކަން ވިސްނުމުން ހީޒަލްގެ އަތުގައި ހިފާލިއެވެ.
“ހީޒޫ..” ނާޝް ހީޒަލް ގެނެސް ބައްދާލަމުން ބުނެލިއެވެ. އަދި ބުރަކަށީގައި ވަރަށް ލޯބިން ފޮރުމާލިއެވެ.
“އައި ފައިނަލީ މެޓް ހިމް..” ލޮލުން ތިރިއަށް ފޭބި ކަރުނަތިކި ފުހެލަމުން ހީޒަލް ބުނެލިއެވެ. އޭގެ މާނަ ނޭނގުނު ނަމަވެސް އީނާޝްވެސް ހިނިތުންވެލިއެވެ.
ދެމީހުން ޓެރެހަށް އެރުމާއެކު ފިނި ރޯޅިތަށް އައިސް ދެމީހުންގެ ގައި ފިރުމާލައިފިއެވެ. ހީޒަލް ލޯ މަރާލަމުން ހިނިތުން ވެލިއެވެ. އެއީ އަބަދުވެސް ރާއިފް ހަދާ ގޮތެވެ. ވައިޖެހޭ ތަނަކަށް ދެވިއްޖިއްޔާމު އަބަދުވެސް އުޅޭނީ އެހެންނެވެ.
“ކިތައް ދުވަސް ވެއްޖެ ދެމީހުން ވާހަކަ ނުދައްކާތާ؟” އެންމެ ފަހުން ހީޒަލް އަހާލައިފިއެވެ.
“ދެއަހަރު..” ޓެރެހުގައި ބަހައްޓާފައިހުރި ޖޯލިތަކުގައި އިށީންނަމުން އީނާޝް ބުނެލިއެވެ. އަދި ހީޒަލްއަށް އޭނާގެ އަތުގައި އޮތް ކޯކު ފުޅި ދިއްކޮށްލިއެވެ.
“ސޯ ޔޫ ނެވަރ މެންޝަންޑް އެބައުޑް ހިމް.. މިބުނީ ނުބުނަމެއްނު ރާއިގެވެސް ދޮންބެއޭ އެއީ..” ދުރުގައި ހުރި ކުޑަ ގޮނޑިއަކަށް ފައި ނަގަމުން ހީޒަލް ޖޯލީގައި ބުރަކަށި ޖައްސާލިއެވެ.
“އެއީ ދޮންބެ މެނާ ރާއި ގުޅުން އެހާ ރަނގަޅެއް ނޫން..” ރައްޔާންގެ ފޮޓޯތައް ފޯނުން ދައްކާލަމުން އީނާޝް ބުނެލިއެވެ.
“ދޮންބެ އެހާ ހިތްހަމަ އެއް ނުޖެހޭނެ ރައި މެންގެ ވާޙަކަ ދެކެވެންޏާމު..” ތުނބުގައި ކޯކު ފުޅި ޖައްސާލަމުން އީނާޝް ބުނެލިއެވެ.
ދެމީހުން އެތަނުގައި ވާހަކަ ތިބެވުނު އޮރެއްވެސް ނޭނގެއެވެ. އީނާޝް އެބަ އަންނަމޭ ކިޔާފައި ތިރިއަށް ފޭބުމުން ހީޒަލްވެސް އެތަނުން ތެދުވެއްޖެއެވެ. ޓެރެހުގެ ފާރުގައި ބަނޑު އަޅާލާފައި ތިރި ބަލާލަމުން ހީޒަލް ހިނިތުން ވެލިއެވެ. މިތަނުން އޭނާގެ އެޕާރޓްމެންޓް ވަރަށް ރީތިކޮށް ފެނެއެވެ. އީނާޝް ނައިސް ލަސްވާން ފެށުމުން ތިރިއަށް ދާން ހިނގައި ގަނެއްޖެއެވެ. ފޯނާއި ކުޅެމުން ތިރިއަށް ފޭބި ހީޒަލް ހުއްޓުނީ ހަރު އެއްޗެއްގައި ޖެހުމުންނެވެ. ތިރިން ފެންނަން ހުރި ދެފައިތިލަ ފެނުމުން ހީޒަލް ދެލޯ ބޮޑު ކޮއްލަމުން އަވަހަށް މައްޗަށް ބަލާލިއެވެ. ރައްޔާން ތުވާލި އޮޅާލައިގެން މެއާއި ދިމާލުން އަތް ހުރަސް ކޮއްގެން ހުރި ގޮތުން ހީވަނީ ހީޒަލްދެކެ ބިރުން ހުރި ހެންނެވެ. ނޫނީ ކުރިން ދުވަހުގައި ވީ ކަންތަކާއި މަލާމަތް ކުރަނީއެވެ. ހީޒަލް އެއްފިޔަވަޅު ފަހަތަށް އަޅާލަމުން ރައްޔާންގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލާލިއެވެ. ތުނިކޮށް ބަހައްޓާފައިވާ ތުނބުޅިއާއިއެކު އެމޫނު ފެންނަނީ ވަރަށްވެސް ފުރިހަމަ ކޮށެވެ. ތުނިކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑާއި ވަރުގަދަ ބުމަ ފެނުމުން ކޮންމެ މީހަކު ނަމަވެސް ހިތް ލެނބޭނެއެވެ. ރާއިފްއާއި ހިލާފަށް ރައްޔާން ހުންނަނީ ވަރުގަދަ ކޮށް މަސްތައް ޖަހާލައިފައެވެ. ނޫނީ ގަވާއިދުން ކަސްރަތު ކުރާތީއެވެ. އެގަޑީޣައި ހީޒަލް ޖެހުނު ހަރު އެއްޗަކީ ރައްޔާންގެ މޭކަން އެނގުމުން އެތުރަށް ދެލޯ ބޮޑުކޮއްލިއެވެ.
“ޓަޑާ…” ދުރުގައި ހުރެފައި އީނާޝް އެހެން ބުނުމުން ހިޒަލާއި ރައްޔާން ދެމީހުން އެއްކޮށް ބަލާލިއެވެ. އީނާޝް އެހެން ބުނި ގޮތުން ހީވަނީ ޕާޓީއެއްގައި ތިބި ހެންނެވެ.
“ހީޒް… ރައްޔާން.. މައި ބިލަވްޑް ދޮންބެ..” އަތުގެ އިޝާރާތުން ރައްޔާން ދައްކާލަމުން ހީޒަލް ބުނެލިއެވެ.
“ނާޝް ދޮންބެ ބުނަމެއްނު ނުދަންނަ މީހުން މިތަނަށް ނުގެންނާށޭ.. ކުރިއަށް ވުރެވެސް ބޮޑަށް ދެބުމަ ކައިރި ކޮއްލަމުން ރައްޔާން ބުނެލިއެވެ. އެމަންޒަރު ފެނުނު ހީޒަލްއަށް ނުރޮވުނީ ކިރިޔާއެވެ.
“ދޮންބޭ.. ހީޒްއަކީ މައި ބެސްޓް ފްރެންޑް.. ބީ ނައިސް..” ގަދަކަމުން ހީގަންނަމުން އީނާޝް ބުނެލިއެވެ. ކިތަންމެ ދުވަހެއް ވިއަސް އެ ގުޅުމަކީ ފަނޑުވާނެ ގުޅުމެއް ނޫނޭވެ.
“ނާޝްގެ ފްރެންޑް އިއްޔެވެސް ކިރިޔާ…” ރައްޔާން ވާހަކަ ފަށާފަވެސް މަޑުޖެހެލީ ހީޒަލްގެ މޫނު ފެނުމުންނެވެ. އެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފެނުމުން ރައްޔާން އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައި ގަނެއްޖެއެވެ.
ރައްޔާންގެ ކޮޓަރީގެ ދޮރު ޖެހުނު އަޑު އިވުމައެކު ހީޒަލްގެ ލޮލުގައިވާ ކަރުނަތައް ތިރިއަށް ފައިބައިގެން ހިގައްޖެއެވެ. ހުއްޓުން އަރާފައިވާ ހީޒަލް ފެނުމުން އީނާޝް ކޮނޑުގައި ހިފައި ތަޅުވާލިއެވެ. ފުން ނޭވާއެއް ދޫކޮއްލަމުން ހީޒަލް ލޮލުން ކަރުނަތައް ފުހެލިއެވެ. ކޮންމެ މީހަކަށްވެސް ދުލުން ބުނެލަން ފަސޭހަ ވާނެއެވެ. ނަމަވެސް އޭނާއާއި މެދު ކަންތައް ވީގޮތަށް ވެއްޖެނަމަ އެއްވެސް މީހަކު ދުނިޔޭގައި ހުންނާކަށް ބޭނުމެއް ނުވާނެއެވެ. ހީޒަލްގެ މައްސަލައަކީ އޭނާ އެކަންތައްތަކާއި ކުރިމަތިލާން ބޭނުން ނުވާ ކަމެވެ. ޤަބޫލު ކުރަން ބޭނުންނުވާ ކަމެވެ. އީނާޝްގެ އަތުގައި ހިފައިލި ހީޒަލް އަދިވެސް ހުރީ ރައްޔާންގެ ކޮޓަރިއާއި ދިމާލަށް ބަލަހައްޜައިގެންނެވެ.
ރާއިފް، ރައްޔާނާއި ކިތަންމެ ވައްތަރު ވިނަމަވެސް ދެތިން ފަހަރަކު ބަލާލުމުން ދެމީހުންގެ ހުރި ތަފާތުތައް ވިސްނުނެވެ. ރާއިފް ހުންނަނީ ވަރަށް ދޮންކޮށެވެ. ނަމަވެސް ރައްޔާން ހުންނަނީ ފާޑަކަށް ޓޭން ކުލައެއްގައެވެ. ހީޒަލް ހިންދިރުވާލަމުން ސޯފާގައި އިށީނީ އީނާޝް އާދޭސް ކުރަން ފެށުމުންނެވެ. އެހާ ދުވަސް ވުމުން ދައްކާނެ ވާހަކަވެސް އޮންނާނެތާއެވެ. ހީޒަލް އިނީ ފަށާނީ ކޮން ހިސާބަކުން ކަމެއް ނޭނގިފައެވެ. ހިތުގައި ފުނި ޖެހިފައިވި އެތައް ސުވާލު ތަކެއްގެ ޖަވާބު އޭނާ ބޭނުންވެއެވެ. އެންމެ ފަހަރަކު ރައިފް ކައިރިން އަހާ ލެވޭނެނަމަ އެވެ.
ނުނިމޭ
11 Comments
Comments are closed.
alhugandu mi vaahaka upload kuraany knme hafthaa eh ge monday and tuesday ga.. 🙂
me first dhw
Masha Allah mi part ves vvvv reethi❤❤??
Woww…. vrh vrh reethi…. jst awesomeee…. its okiih to up this strii on mon nd tue…. curiouslii waitin for mon…ly…♥♥♥♥
Varah reethi mi part vx….waiting 4 the next part
Wow… V nice story eh
Masha Allah… im in luv with this story… vv reethi….. curiously waiting for the text part???
Maasha Allah. V. Reethi vaahaka eh.. Hope nimendhen kiyaalan libeynekamah. ?❤️
Wow l hope next part will be awesome ?
Masha Allah beautiful story
Week eh ge two day veema varah sad??
Dheduvahun ehduvahu up eh nukureveenetha????
E thedheh alhe ehaa reethi story eh hama aslu koh v reethi avas kolladhenvnu plx