Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 2

ifoo Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments
May 1, 2018 9 Mins Read
31 Comments

ފޯނުން އިވެމުންދިޔަ ފަތިސް ނަމާދުގެ ބަންގީގެ އަޑައް ނިދާފައި އޮތް އައިލީންއަށް ހޭލެވުނެވެ. އަވަހަށް ތެދުވެ ފާޚާނާއަށް ވަދެ ފެންވަރައިލައިގެން ފަތިސް ނަމާދު ކުރުމަށް އަވަސްވެގަތެވެ.                                ގޭ ކައިރީގައި ހުރި މިސްކިތުން އިވެމުން ދިޔަ ބަންގީގެ އަޑަށް ޔޫހާން އާއި އެހެން ބައިވެރިންވެސް ތެދުވެ ތާޒާވެލައިގެން މިސްކިތައް ދިއުމަށް ނުކުތެވެ. އެކުދިންނާއި އެކުއެކީހެން ޒާހިރުވެސް އޭނަގެ ކޮޓަރިން މިސްކިތައް ދިއުމަށް ނިކުތެވެ. ކޮންމެ މީހަކުވެސް އެކަކު އަނެކަކަށް ހިނިތުންވުމެއް ހަދިޔާކުރަމުން މިސްކިތައް ދިއުމަށް އެކުއެކީގައި ހިނގައިގަތެވެ.                                        ގަދަ ނިދީގައި އޮތް ރިފްޝާއަށް އާފިޔާ މިހާރު އެ ގޮވަނީ ތިންވަނަ ފަހަރަށެވެ. ކޮންމެ ފަހަރަކުވެސް މި ތެދުވަނީ ކަމުގައި ބުނެ އޮންނަނަނީއެވެ. މިއީ ކޮންމެ ރެއެެއްގެވެސް އާދައެވެ. އިފްޝާއަކީ ވަރަށް ނިދި ގަދަ ކުއްޖެކެވެ. ނިދާތަނުން ތެދުވާނީ ތިން ހަތަރު ފަހަރު ގޮވާފަހުންނެވެ.                                              އެންމެ ފަހުން އާފިޔާ ގޮވާގޮވާ ނުތެދުވުމުން އޭނާ ރިފްޝާގެ ކޮޓަރީގެ ޑަބަލް ތަޅުދަނޑިން އެ ކޮޓަރީގެ ދޮރު ހުޅުުވިއެވެ. އޭނާ އެންމެ ފުރަތަމަވެސް ކޮޓަރިއައް ވަދެފައި ފަންކާ ނިއްވާލިއެވެ. ” ރިފޫ… ދެން ތެދުވާށޭ ދަރިފުޅާ… އަވަހަށް ދޭ ނަމާދުކުރަން…” ރިފްޝާާގެ ގައިގައި ކޮށްޓަމުން އާފިޔާ އޭނައަށް ގޮވަމުންދިޔައެވެ. ކަންނެތް ކަމާއެކު ދެލޯ ހުޅުވާލަމުން ރިފްޝާ މޯޅިއަކަށް ދެމިލިއެވެ. އަނެއްކާވެސް އާފިޔާ ހުއްޓުމެއްނެތި ގޮވަންފެށުމުން ކަންނެތް ކަމާއެކު ތެދުވެ ފާޚާނާއަށް ވަނެވެ. އަވަސްކުރާށޭ ބުނަމުން އާފިޔާ އެ ކޮޓަރީގެ ދޮރި ލައްޕާލުމަށްފަހު ގޮސް ބަދިގެއަށް ވަނެވެ.                                           ނަމާދުކޮށް ނިންމާލުމަށްފަހު އާދައިގެ މަތިން އައިލީން ތިރިއަށް ފޭބިއެވެ. ކާބަޔަށް ވަދެ އޭނަ ކޮފީއެއް ތައްޔާރިކޮށްލިއެވެ. ކޮފީ މަގު ހިފައިގެން އައިލީން ނިކުންނަނިކޮށް ޒާހިޔާ އައިސް ކާބަޔަށް ވަނެވެ. ” ދަރިފުޅާ… ކޮފީ ހަދާލީ ދޯ މިހާރު… މަންމަވެސް މިއައީ ބައްޕަ އާއި ދޮންބެ އަންނަންވާއިރަށް ކޮފީ ތައްޔާރު ކޮށްލަން…” ލޮއެބާއެކު ޒާހިޔާ އެހެން ބުނުމުން އައިލީން ހިނިތުންވެލަމުން ބޯޖަހާލިއެވެ.                                      ކޮފީ މަގު ހިފައިގެން އައިލީން މިއަދުވެސް  ނިކުތީ ގޭގެ ކުރިމަތީގައިވާ ހުސްޖާގައިގެ އެއް ފަރާތުގައި ހައްދާފައިވާ ބަގީޗައަށެވެ. ބަގީޗާ ތެރޭގައި ބެހެއްޓިފައިވާ ބެންޗު ތަކުގެ ތެރެއިން ބެންޗެއްގައި އިށީންދެ އިދެ ކޮފީބޮމުން ގެންދިޔައެވެ. ރަތާއި ފިޔާތޮށި އަދި ހުދު ކުލައިގެ ފިނިފެންމާ ގިނަ އަދަދަކަށް ހައްދާފައިވީއިރު އޭގެެ އިތުރުން ސައިމަލާއި ސަންފްލާވާާއާއި ދެތަނޑި ރަތްމާގެ އިތުރުން އޯކިޑްމާާވެސް ފުދޭވަރަކަށް ހަައްދާފައިވެއެވެ. ބަގީޗާ ހެއްދުމަކީ އައިލީން އަބަދުވެސް ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. ފޮޅިފައިވި މާތަކުން ދުވަމުންދިޔަ މީރުވަހުން ހިތަށް ހަމަޖެހުން ގެނެސްދީ ސިކުނޑި ތާޒާކޮށްދެއެވެ.                             ގޭގެ ކުރިމަތީގައިވާ ހުސްޖާގައިގެ އަނެއް ފަރާތުގައި ބިޔަކޮށް ހެދިފައިވި އަނބު ގަހެއްގެ އިތުރުން ފޭރު ގަހެއްވެއެވެ. އަނބުގަހުގައި ހެއްލާ ޖޯއްޔެއް އެލުވައިފައިވީއިރު އިށީންދެ ތިބުމަށް ހަދައިފަވާ ތަންކޮޅެއް އަނބުގަހާއި ތަންކޮޅެއް ދުރުގައި ހުއްޓެވެ. އެތަން ވަނީ ވާރޭ ވެހުނަސް ތިބެވޭނޭ ފަދައިން ހިޔާކޮށްފައެވެ. ލަކުނޑިން ހަދައިފައިވި ވައް މޭޒަކާއި އުކެ ހަތަރު ގޮނޑި އެތަނުގައި ވެއެވެ.                                            އެ ހިތްގައިމު މާހައިލުގައި އިނދެ ކޮފީ ބޮމުން ދަނިކޮށް ގޭގެ ބޮޑު ދޮރާށި ހުޅުވާލި އަޑު އިވުމުން އައިލީން އެ ދިމާލަށް ބަލައިލިއެވެ. އޭރު ޒާހިރު އާއި އައިހަމް ދޮރާށިން އެތެރެއަށް ވަންނަނީއެވެ. ދެ މީހުންވެސް އައިލީންއަށް ހިނިތުންވެލަމުން ގޮސް އިށީނީ އެއްކަލަ މޭޒު ކައިރީގައެވެ. އައިލީންވެސް ހިނިތުންވެލަމުން ގޮސް އައިހަމް އާއި ޖެހިގެން އިން ގޮނޑީގައި އިށީނެވެ. އޭރު ޒާހިޔާ ހޫނު ތިން ކޮފީ މަގު ތަބަކަކަށް ލައިގެން އެދިމާލައް އާދެއެވެ. އެކި ވާހަކަ ތަކުގައި ތިބެ އެމީހުން ކޮފީ ބޮއެ ނިންމާލިއެވެ. އައިހަމް އާއި ޒާހިރު ކޮފީ ބޮއެ ނިންމާލުމަށްފަހު އެމީހެއްގެ ކޮޓަރިއައް ގޮސް ވަނެވެ. އައިލީން ހެނދުނުގެ ސައި ތައްޔާރު ކުރުމަށްޓަަކައި އޭނަގެ މަންމަ އާއި އެކު ބަދިގެއަށް ވަނެވެ. ކުޑަ އިރުކޮޅެއް ފަހުން ފަޒްލީނާވެސް އައިސް ސައި ހެދުމުގައި އެމީހުނާއި ބައިވެރިވިއެވެ.                                              ނިދިފައި އޮތް ޝައުނާއަށް ނިދިން ހޭލެވުނީ ބާރަކަށް އޭނަގެ ކޮޓަރީގެ ދޮރުގައި ތަޅައިގަން އަޑަށެވެ. އަވަސް އަވަހަށް ތެދުވެގެން ގޮސް ދޮރު ހުޅުވާލި އިރު ކުރިމަތީގައި ރުޅިވެރި މޫނަކާއި އެކު ހުރި އޭނަގެ މަންމަ ފެނުމުން ޝައުނާއަށް ހިންދިރުވާލެވުނެވެ. ” އެހެރަ ހައެއް ޖަހަނީއޭ… އަދިވެސް ނިދާތަނުން ތެދުވާކަށް ނުވޭތަ…  ހަމަ މިހާރު ދޭ ސައި ހަދަން…” އާމިރާ އެހެންބުނުމުން  ޝައުނާ ބޯ ޖަހާލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުކުރެއެވެ. އާމިރާ ދިޔުމުން އަވަސް އަވަހަށް ދޮރު ލައްޕާ ތަޅުލުމަށްފަހު ފާހާނާއަށް ވަދެ މޫނު ދޮވެލައި ހަދައިގެން އައިސް ނަމާދު ކޮށްލިއެވެ. އެއަށްފަހު އަވަހަށް ސައި ހަދަން ބަދިގެއަށް ބަދިޔައެވެ. ބަދިގެއަށް ދިޔައިރު ޝާދިޔާ ރިހަކައްކަން ބޭނުންވާ ބައެއް ތަކެތި ކޮށަން އިނެވެ. ޝައުނާ  ފެނުމާއެކު އޭނާ ހިނިތުން ވެލިއެވެ. ޝައުނާވެސް ހިނިތުންވެލިއެވެ. މަންމަ އޭނަ ދެކެ ކިތަންމެ ރުޅިއަޔަސް ބައްޕަ އާއި ދޮންބެ އަދި ދޮންބެދައްތަ އޭނަދެކެ ވަރަށް ލޯބިވެއެވެ. އެ ތިން މީހުންވެސް އޭނަށް ވަރަށް ރަނގަޅެވެ. ޝައުނާ އައިސް ހުއްޓުމާއެކު އާމިރާ އޭނަ ހަދަން ހުރި ފުށްގުޅަ ތަށިތެރެއަށް ޖެހުމަށްފަހު ބަދިގެއިން ނުކުމެގެން ހިނގައްޖެއެވެ. އާމިރާ ދިޔަ ދިމާލައް ބަލަންހުރި ޝައުނާ އަށް ސިހުންލިބުނީ ޝާދިޔާ އައިސް އޭނަގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ. ޝާދިޔާ އަދި ހުރިހާ ކަމެއްވެސް ރަނގަޅު ވާނެކަމަށް ބުނެ ޝައުނާގެ ބޮލުގައި ފިރުމާލިއެވެ. ޝައުނާ ގަދަކަމުން ހިނިތުންވެލަމުން ބޯޖަހާލިއެވެ.                                      ދެ މީހުންވެސް އަވަހަށް ސައި ހެދުމައިގެން ކުރިއަށް ދިޔައެވެ. ރޮށި ފިހަންހުރި ޝައުނާގެ ހިޔާލުގައި ވަނީ ޔާފިއުއެވެ. ޔާފިއު މިހާރު އެއްވެސް ވަރަކަށް އޭނައަކަށް އަޅައެއްނުލައެވެ. ރޭގަވެސް އޭނައަށް ލަހުން ނިދުނީ އެކަމާ ވިސްނަން އޮވެވުނީމައެވެ. ގުޅާ ގުޅާ ފޯނެއްވެސް ނުނެގިއެވެ. ބައެއް ފަހަރު މި ގުޅުން މިހިސާބުން ނިންމާލަންވެސް ހިތަށް އަރައެވެ. މިހާރު އައިލީން އާއި ރިފްޝާވެސް އެތައް ފަހަރަކު އެހެން ބުނެފިއެވެ. އެހެނަސް އޭނަ ޔާފިއު ދެކެވާ ލޮއެބެއްގެ ބޮޑުކަމުން އަދިވެސް އެ ލޮއެބާއި އަޅާލުން ލިބޭނެ ދުވަހަކަށް އިންތިޒާރުގައި ހުރީއެވެ.                                                 އައިލީން ސައި ތައްޔާާރުކޮށް ނިންމާލުމަށްފަހު ކުޑަކޮށް ރީތިވެލައިގެން ފިނިކޮށްލަން ދާން ނިކުތެވެ. އޭނަގެ މިސްރާބު ހުރީ ގޭ ކައިރީގައިވާ އަތިރިމައްޗެވެ.                                              ފަތިސް ނަމާދުން އައިސް ކޮފީ ބޯންތިބި ހަތަރު ޒުވާނުން ކޮފީބޮއެ ނިންމާލުމަށްފަހުވެސް ވާހަކައިގައި ތިބީއެވެ. އެހެން ތިބިއިރު އެމީހުން ދިޔައީ ދަތުރެއް ރާވަމުންނެވެ. ގުރޫޕު ބޮޑުކޮށް ދަތުރުގެ ފުރިހަމަ މަޖާ ހާސިލްކުރުމުގެ ގޮތުން އެ މީހުން ނިންމީ މިކޮޅުގައި ތިބި ލިޝާންގެ ރައްޓެހިންވެސް ބައިވެރިކުރުމަށެވެ. އަދި ގޭ ކައިރީގައި އުޅޭ ކުދިންވެސް ދާން ބޭނުންނަމަ ބައިވެރިކުރުމަށެވެ. އެތައް އިރަކު ވާހަކައިގައި ތިބުމަށްފަހު ޔޫހާން ބޭރަށް ނިކުމެލުމަށްފަހު އެބައަންނަން ކަމަށް ބުނެ ހިނގައިގަތެވެ. ލިޝާން ކޮން ތަނަކަށްތޯ އެހުމުން އަތިރިމައްޗަށް ކަމަށް ބުޏެވެ.                                                 މަޑު ހިނގުމެއްގައި އެއް ޖީބައް އަތްޖަހައިލައިގެން ޖެޓީއަށް އަރަމުންދިޔަ ޔޫހާންއަށް ހުއްޓެވުނީ އަތިިރިމަތީގައި މޫދަށް ނަޒަރުހުއްޓައިލައިގެން ހުރި އަންހެން ކުއްޖާފެނިފައެވެ. އެކުއްޖެއްގެ މޫނު ނުފެނުނު ކަމުގައިވިޔަސް އެ ދިގު ފަން އިސްތަށިގަނޑާއި ލައިފައިވި ދޮން ކުލައިގެ މަތި ކޮޅާއި ހުދު ކުލައިގެ ފައިތިލަ އާއި ހަމައަށް އަންނަ ފުޅާ ދިގު ސްކާޓުން އެއީ އައިލީން ކަމުގައި އޭނަގެ ހިތް އޭނައަށް ތަކުރާރުކޮށް ވިސްނައިދެމުން ދިޔައެވެ. ޖެހެމުންދާ ފިނި ވައި ރޯޅިތަށް ދަނީ އައިލީންގެ އެ ހާމައަށް ދޫކޮށްލެވިފައިވި ފަން އިސްތަށިގަނޑާއި ސަމާސާ ކުރަމުންނެވެ.                                               ފަހަތުގައި މީހަކު އޭނަގެ ހަރަކާތްތަކަށް ބަލަން ހުރި ކަމެއް އައިލީންއަކަށް ނޭނގެއެވެ. ޔޫހާން ތަންކޮޅެއް ކުރިއަށް ޖެހިލާ ބަލައިލިއެވެ. އޭރު ބަލައިލި ވަގުތު ކަރުގައި އަޅާފައިވި ސްކާފް ފެނި އެއީ އައިލީން ކަމުނުގައި އޭނައަށް ޔަގީންކުރެވުނެވެ. އޭނަ އެ ހުރި ހިސާބުގައި ހުރެ އަރިމަތިން އައިލީންގެ ދެތިން ފޮޓޯ ޔޫހާން ނެގިއެވެ. އަދި ތަންކޮޅެއް ފަހަތަށް ޖެހިލާ ފަހަތުންވެސް ފޮޓޯއެއް ނަގާލިއެވެ. ޖެހިލި މަޑު ވައިރޯޅި އާއި އެކު ކުރުކޮށް ކޮށާ ލެވިފައިވި އިސްތަށިކޮޅުތައް މޫނުމައްޗައް ވެއްޓުމުން އައިލީންގެ އެ ދިގު ހިމަ އިނގިލިތަކުން އެއްފަރާތް ކޮށްލި މަންޒަރު ބަލަން ޔޫހާންއަށް ހިނިތުންވެފައި ބަލަން ހުރެވުނެވެ.                                           ގެއަށް ދިޔުމަށް އެނބުރި ހިނގައިގަން އައިލީންއަށް ނެގި ފުރަތަމަ ފިޔަވަޅާއެކު ހުއްޓެވުނީ އޭނާއަށް ނަޒަރުހުއްޓާލައިގެން ހުރި ޔޫހާން ފެނިފައެވެ. އައިލީން އެނބުރި ބަލާލުމުން ލިބުނު ސިހުމުގައި އޭނަ އަތުން ފޯނު ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އަވަސްއަވަހަށް ފޯނު ޖީބައްލައި އޭނަ ހަމަޖެހެން މަސައްކަތް ކުރިއެވެ. ޔޫހާން އަށް ވީގޮތް ފެނި އައިލީންގެ ގާތައް ހިނިވެސްއައެވެ. ނަމަވެސް އޭނަ ހިނިގަނޑު ހިންދާލަމުން ޔޫހާންއަށް ހިނިތުންވުމެއް ރައްދުކުރުމަށްފަހު ގެއަށް ދިޔުމަށް ހިނގައިގަތެވެ. އައިލީން އޭނަގެ ލޮލުކޮޅަށް ގެއްލެންދެން ޔޫހާން ބަލަހައްޓައިގެން ހުއްޓެވެ.                                       ގެއަށް ވަންނަނިކޮށް ލިޝާން ގޮވާލުމުން އައިލީން މަޑުކޮށްލިއެވެ. ރަޙްމަތްތެރިންކަމުން އިރުކޮޅަކު ވާހަކަ ދައްކާލަން މަޑު ކޮށްލިއެވެ. ވާހަކައިގެ ތެރެއިން މާދަމާ ދަތުރުދާ ވާހަކަ ބުނެ އައިލީންވެސް ރިފްޝާ އާއި ޝައުނާ އާއި އެކު ބައިވެރިވުމަށް ލިޝާން އެދުނެވެ. އެދެ އެކުވެރިންގެ ގާތު އަހާ މަންމަމެންގެ ހުއްދަ ލިބިއްޖެނަމަ ދާނެކަން އަންގާލާނެ ކަމުގައި ބުނެ ގޭތެރެއަށް ވަނެވެ.                                                  އައިލީން ގެއަށް ދިޔަ ގޮތައްގޮސް އެންމެ ފުރަތަމަވެސް ދަތުރު ދިޔުމުގެ ހުއްދައަށް އެދުނެވެ. އައިލީންއަށް ކުރާ އިތުބާރާއި އައިލީން ދުވަހަކުވެސް އެމީހުން ލަދުގަންނަން ޖެހޭފަދަ ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އޮތުމުން އޭނަގެ މަންމައާއި ބައްޕަވެސް ހުއްދަދިނެވެ. އައިލީން އުފަލާއި އެކު ޝުކުރު އަދާކުރަމަށްފަހު އޭނަގެ ކޮޓަރިއަށް ގޮސް އޭނަގެ ރައްޓެހިންނަށް ގުޅާ ދަތުރުގެ ވާހަކަ ބުންޏެވެ. އަނެއް ދެ ބައިވެރިންވެސް ތިބީވަރަށް ދަތުރު ދާހިތުންނެވެ. ހުއްދަ ހޯދުމަށްފަހު ގުޅާނަން ކަމުގައި ބުނެ ދެ ބައިވެރިންވެސް ފޯނުކޯލު ކުރުކޮށްލިއެވެ.                                  ރިފްޝާ ފޯނު ބޭއްވުމަށްފަހު އަވަހަށް ދިޔައީ ދަތުރު ދާން ހުއްދަ ހޯދާށެވެ. އޭނާ ބަދިގެއަށް ވަންއިރު އާފިޔާ ސިންކު ކައިރީގައި ތަށިތަކެއް ދޮންނަން ހުއްޓެވެ. ރިފްޝާ ގޮސް ހުއްދައަށް އެދުމުން އެންމެ ފުރަތަމަވެސް އާފިޔާ ހެދީ ދެކޮޅެވެ. ދެވަނަ ފަހަރަށް އެދުމުންވެސް އާފިޔާ ދިނީ އެއް ޖަވާބެކެވެ. އޭރު ބަދިގެ ދޮރުމަތީގައި އެ މަންޒަރު ބަލަން ރިޝްފާ ހުއްޓެވެ. އެންމެ ފަހުން އޭނާ ގޮސް އާފިޔާގެ ކައިރީގައި ގޮސް ހުއްޓުނެވެ. އަދި އާފިޔާގެ ކޮނޑުގައި ހިފާ އޭނައާވީ ފަރާތައް އަނބުރާލިއެވެ. ” މަންމާ… ޕްލީސް ރިފޫ ފޮނުވަބަލަ… އަޅުގަނޑުމެން ދެ ކުދިންނަށްވެސް އިނގެޔޭ މަންމަ އަޅުގަނޑުމެން ދެ ކުދިން ދެކެވެސް ވަރަށް ލޯބިވާކަން… އަދި އަބަދުވެސް މަންމަ ގާތުގަ ބަހައްޓަން ބޭނުންވާކަން… އެކަމަކު ރިފޫ ފުރަތަމަ ފަހަރަށް އެ އެދެނީ އެކަހަލަ ކަަމަކަށް… ރިފޫ ވެސް ބޭނުންވާނެއެއްނު ރައްޓެހިންނާއެކު މަޖާ ކޮށްލާ ހަދާލަން…. ރިފޫ ނޫޅޭނޭ ގޯސްތަކަށް މަންމާ… އަދި އައިލީ އާއި ޝައުވެސް ދާނެއެއްނު…. އިފޫ އަކަށް އެއްވެސް ދެރަގޮތެއް ނުވާނެ އިންޝާﷲ.. ރިޝްފާ ބެލީ އޭނަގެ މަންމައަށް ވިސްނައިދެވޭތޯއެވެ. އެންމެ ފަހުން އާފިޔާ އެއްބަސްވިއެވެ. އުފަލާއެކު ދެކުދިންވެސް އާފިޔާގެ ގައިގައި ބައްދާލިއެވެ. އާފިޔާ ބިރުގަންނަނީ ކަމެއްވެދާނެތީއެވެ. އޭނަގެ ހުރި ހަމައެކަނި ބަޔަކީ މި ކުޑަކުޑަ އާއިލާއެވެ. އާމިރު މަރުވުމަށްފަހުވެސް އާފިޔާ ވަނީ އޭނައަށް ބެލުނު އެންމެ ރަނގަޅަކަށް އޭނަގެ ދެ ދަރިން ބަލާފައެވެ. އަދި ކުރިޔަށް އޮތްތާވެސް އޭނަ ބަލާނެއެވެ. އާމިރު މަރުވުމަށްފަހު އާފިޔާއަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ އައިލީންއާއި ޝައުނާގެ މައިންބަފައިންގެ ފަރާތުންނެވެ. އެ އެހީތެރިކަމާއި އިޙްސާންތެރިކަން އޭނަ ދުވަހަކުވެސް ހަނދާން ނައްތައެއްނުލާނެއެވެ. ކަރުނައިގެ ތެރެއިންވެސް އޭނައަށް ހިނިތުންވެވުނީ އޭނަދެކެ އެ ދެ ދަރިން ވާ ލޯބިފެނިފައެވެ. އަދި ދިމަަވާ ކޮންމެ ކަމެއްގައިވެސް އެހީތެރިވާނޭފަދަ ހިތްހެޔޮ ރަޙްމަތްތެރިންތަކެއް ލިބުމުންނެވެ. އެކަކު އަނެކަކުގެ ގައިގައި ބައްދަައިލައިގެން ތިބި ތިން މީހުން ދުރުވެލީ އެތަނަށް މާނިއު މާނީ ގޮވައިގެން އައުމުންނެވެ. އޭރު މާނީ އޭނަގެ ތުއްތު އަޑުން ކޮންމެވެސް އެއްޗެކޭ ކިޔަމުން ދިޔައެވެ. އާފިޔާ ގޮސް އޭނަގެ މާމަ ދަރިފުޅު އުރާލައި ލޯބިކޮށްލިއެވެ. މާނީ ގެ ހަރަކާތްތަކުން އެންމެންވެސް ތިބީ ހިނިއައިއްސައެވެ.                                  ދެއަތް ދެއަތާއި މޮޑެމުން ސިޑިން ފައިބައިގެން އައިސް ޝައުނާ ސިޓިންރޫމުގައި ހުއްޓުނެވެ. އޭރު އާމިރާ އާއި ޒުހޭރު ޓީވީ ބަލަން ސިޓިންރޫމުގައި ތިއްބެވެ.  ޝައުނާ އައިސް ހުއްޓުމުން ޒުހޭރު ހިނިތުންވެލިއެވެ. އާމިރާ ހަމަ އެއިން ގޮތައް ބަލައިވެސް ނުލާ އިނެވެ. ޝައުނާގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަމާއި ދެއަތް ދެއަތާއި މޮޑެންފެށި ގޮތުން އޭނަ އެއްޗެކޭ ބުނަން ބޭނުންވާކަން ޒުހޭރު އަށް ހީވިއެވެ. ” ދަރިފުޅާ… ކިހިނެއްވެފަތަ ތިތައި ތިހުންނަނީ… އާދޭ މިތާ އިށީންނަން…” ޒާހިރު މިހެންބުނުމުން ޝައުނާ ގޮސް ޒުހޭރު އާއި ޖެހިގެން އިން ސޯފާގައި އިށީނެވެ. ” ދަރިފުޅާ.. ބައްޕައަށް ހާދަ ހީވެޔޭ ދަރިފުޅު އެއްޗެކޭ ބުނަން ބޭނުންވާހެން ” ޒާހިރު އެހެން ބުނުމުން ޝައުނާއަށް އޭނަގެ ވާހަކަ ކުރިއަށް ގެންދަން ލިބުނު ހިތްވަރަކަށްވިއެވެ.                              ” މަންމާ… ބައްޕާ… އަޅުގަނޑު ރައްޓެހި ކުދިންތަކަކާއިއެކު… ކައިރީގައި އޮތް ފަޅުރަށަށް ދަތު… ދަތުރު ގޮސްލިޔަސް ހެޔޮތޯ އަހާލަން ބޭނުންވީ… ” ވަރަށް ހިތްވަރުން ޝައުނާ އޭނަގެ ވާހަކަ ފުރިހަމަ ކުރިއެވެ. ” ދަތުރޭ … ކީއްކުރަން ދާ ތަނެއް އެއީ… ސަކަރާތްތަކެއް ޖަހާކަށް ކޮންމެހެން ދަތުރު ދާނެކަމެއް ނެތް… ” އާމިރާާގެ ރުޅިވެރި ބަސްތައް އަޑުއިވިފައި ޝައުނާއަށް ކުއްލިޔަކަށް އިންތަނުން ތެދުވެވުނެވެ. އޭރު އެދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. ކީއްވެތަ މަންމަ އެންމެ ފަހަރަކުވެސް އަހަރެންގެ އުފާތަކަށް ނުވިސްނަނީ… ދޮންބެއާއި ވާހަކަދައްކާހެން އަހަންނާާާއި ކީއްވެތަ ރީިތިކޮށް ވާހަކަ ނުދައްކަނީ.. ކީއްވެތަ މަންމަ ތަފާތު ކުރަނީ… ކޮބާތަ އަހަރެންގެ ކުށަކީ… ” މި ޝަކުވާތައް ވީ ޝައުނާގެ ހިތުތެރޭގައެވެ. އޭނަގެ ދުލާހައަކަށް އެއިން އެންމެ ބަހެއްވެސް ނައެވެ. ” ނޫނޭ ދަރިފުޅާ… ހަމަ ދަތުރު ދާންވީ.. ބައްޕަ މި ހުއްދަ ދިނީ ދަތުރު ދާން… ” ބައްޕަގެ އެބަސްތައް އަޑުއިވި ރޮވެންކައިރިވެފަައިވި ޝައުނާއަށް ހިނިތުންވެލެވުނެވެ. ” އެއީ ތެދެއް ޝައު… ދޮންބެއާއި އާއި ދޮންބެދައްތަ ބުނާނީ ދަތުރު ދާން ވާނޭ… ޔޫ ޝުޑް ގޯ އެން އެންޖޯއި … ”ޝާދިންގެ އަޑު އިވުމުން އެމީހުންނަށް ދޮރާާދިމާލައް ބަލައިލިެއެވެ. އޭރު ޝާދިން އޭނަގެ އަންހެނުންނާއި ދަރިފުޅު ޝިޔާ ގޮވައިގެން އެތެރެއަށް ވަންނަނީއެވެ. އެމީހުން ގެއަށް ވަންނަނިކޮށް އެތެރޭގައި ދެކެވެމުންދިޔަ ވާހަކަ އަޑުއިވުނީއެވެ. އޭނަގެ ނިންމުމާއި ދެކޮޅަށް ޝާދިންއާއި ޒުހޭރު ނިންމުމުން އައި ރުޅީގައި އަތުގައި އޮތް ރިމޯޓް ސޯފާ މައްޗައް ހޫރާލުމަށްފަހު ސިޑިން އަރައިގެން ގޮއްސިއެވެ. ޝައުނާ އޭނަގެ ބައްޕަ އާއި ދޮންބެގެ ގައިގައި ބައްދާލަމުން ޝުކުރު އަދާކުރުމަށްފަހު އަވަހަށް ކޮޓަރިއަށް ދިޔައީ ދަތުރުދެވޭ ކަމުގެ އުފާވެރި ޚަބަރު އޭނަގެ ރައްޓެހިންނާއި ހިއްސާ ކުރުމަށެވެ.                                   ރިފްޝާ އެމީހުން ދަތުރުދާ ވާހަކަ ލިޝާން ގާތުގައި ބުނުމަށް އެގެއަށް ދިޔައެވެ. ގޮސް ބޮޑު ދޮރާށި ހުޅުވާލަން ދޮރުގައި އަތްލި ވަގުތު  އެތެރޭން މީހަކު ދޮރު ހުޅުވާލިއެވެ. އެއާއެކު ރިފްޝާ އެ މީހެއްގެ ގައިގައި ޖެހިފައި ވެއްޓެންދިޔައެވެ. ވެއްޓުމުގެ ކުރިން އެމީހަކު އޭނަގެ އުނަގަނޑުގައި ހިފާ އެމީހަކާއިވީ ފަރާތައް ދަމާލިއެވެ. ރިފްޝާ ގޮސް ޖެހުނީ އެމީހެއްގެ މޭމަތީގައެވެ. އިސްއުފުލާލި ރިފްޝާގެ އަޅި ކުލައިގެ  ދެލޮލަށް ބަލަން އިފާންއަށް ހުރެވުނީ ކިހާ އިރަކުކަމެއްވެސް ނޭނގެއެވެ. ދެމީހުންގެ ހިތުގެ ހިނގުންވެސް ވަނީ އަވަސްވެފައެވެ.                                    އެކަކު އަނެކަކުގެ ހޫނު ނޭވާ އިޙްސާސްވާހާ ގާތުގައި އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައިތިބި ދެމީހުންނަަށް ސިހުންލިބި ދުރަށް ޖެހިލެވުނީ ފަހަތުން ލިޝާން ކަރުކެހިލުމުންނެވެ. ދެ މީހުން ހަމައަކަށް އެޅިލަން ވަގުތުކޮޅެއް ނެގިއެވެ. ލިޝާން އޭރުވެސް ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން އެދެމީހުންގެ ހަރަކާތްތަކަށް ބަލަން ހުއްޓެވެ. ” މި.. މި ދަތުރު ދާ ވާހަކަ ބުނަން އައީ… އައިލީ އެން ޝައުވެސް..” ރިފްޝާ އަޅައަޅައިގަންނަމުން އެހެން ބުނެލުމުން ލިޝާން ހިނިތުންވެލަމުން އެންމެ ރަނގަޅު ކަމުގައި ބުންޏެވެ. ރިފްޝާ ގަދަކަމުން ހިނިތުންވުމެއް ރައްދުކުރަމުން އަވަހަށް އެތަނުން ދިޔުމަށް ހިނގައިގަތެވެ. އިފާންވެސް ނޫންކަމަށް ހަދައިފައި އެބައަންނަންކަމަށް ބުނެ ހިނގައްޖެއެވެ.                                             ޔާފިއުއަށް ގުޅާގުޅާ ފޯނު ނުނެގުމުން ޝައުނާ ހުރީ ހިތްހަމަނުޖެހިފައެވެ. މިއަދުވެސް އެންމެ ފަހަރަކު މެސެޖެއް ކޮށްލިގޮތައް ހަބަރެއްނުވެއެވެ. މެސެޖެއް ލިޔަމުން ފިހާރައަށް ވަންނަން އައި ޝައުނާ މީހެއްގެ ގައިގައިޖެހި ބިންމައްޗައް ވެއްޓުނެވެ. ލިބުނު ސިހުމުގައި އޭނާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ.                                         އޭރު ހުރި ފިޔަވަަޅު މަތީ އެއްވެސް ހަރަކާތެއް ގެންނަން ނޭނގިފައި ޔައިޝް ހުއްޓެވެ. އެއްފަހަރު އަތުގައި އޮތް ފެންފުޅިއަށް ބަލާލާނެއެވެ. ދެވަނަ ސިކުންތުގައި ލައިގެންހުރި ޓީޝާޓަށް ބަލައިލާނެއެވެ. އޭރު ލައިގެންހުރި ޓީޝާޓުގެ ބޮޑުބައެއް ވަނީ އޭނާ ބޯންހުރި ފެންފުޅި ވެރުމުގެ ސަބަބުން ތެމިފައެވެ. ޔައިޝް އަނގައަށް ފެން އަޅައަޅަ ހުއްޓާއި ޝައުނާ އައިސް އޭނަގެ ގައިގައި ޖެހުނީއެވެ. ޔައިޝް އަވަސް އަވަހަށް ޝައުނާއަށް އޭނަގެ އަތް ދިއްކޮށްލިއެވެ. ނަމަވެސް ޝައުނާ އައިސްފައިވާ ރުޅީގައި ޔައިޝްގެ އަތް ފޮޅުވާލިއެވެ.                            ޝައުނާ އަވަސް އަވަހަށް ތެދުވެ ގައިން ވެލިތައް ފޮޅާލިއެވެ. ” އޭ.. ތަންކޮޅެއް އެއްކައިރިއަށް އަރާ ފެންބޯން ހުންނާކަށް ނޭނގޭތަ…” ދެބުމަ ގޮއްޖަހައިލައިގެން ހުރެ ޝައުނާ ޔައިޝްއާ ދިމާލަށް އެއްޗެހި ކިޔައިގަތެވެ. ” އޭ ޔޫ ކާލީ ހެއާ…. ތިހެންތި ބުނާ މީހާ އައީ ވރަށް ބަލައިގެނޭދޯ… މަގުމަތީ ހިނގާނީ ފޯނާ ކުޅެމުންނެއްނޫނޭ…” ޔައިޝްވެސް ވަކި ދޫކުރާކަށް ބޭނުމެއްނުވިއެވެ. ”ކާލީ ހެއާ” އޭ ކިޔާ އޭނައަށ މުހާތަބުކުރުމުން ޝައުނާގެ ރުޅިގަނޑު ހައްތަހާ ގަދަވިއެވެ. ދެވަނަ ފަހަރަށް އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ޔައިޝް އޭނައާއި ދިމައަށް ވައްތަރެއް ޖައްސާލުމަށްފަހު ދާން ހިނގައިގަތެވެ. ޝައުނާވެސް އަވަހަށް އެތާތިބި މީހުންގެ ނަޒަރުން ސަލާމަތްވުމަށް ފިހާރައަށް ވަނެވެ.                                    ޔައިޝް ގެއަށް ދިޔައިރުވެސް ދިޔައީ ޝައުނާ އަށް ކުދިކިޔަމުންނެވެ. ގެއަށް ދިޔައިރު އެކަކުވެސް ފެންނާާކަަށް ނެތެވެ. ޔައިޝް އަވަސްވެގަތީ މީހަކަށް ފެނުމުގެ ކުރިން އެއްޗެހި ބަދަލުކުރާށެވެ.

Share Article

Follow Me Written By

ifoo

Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ނޫރު (ފަހުބައި – 1)

Next

ޖާދޫވި މޫނު (3)

Next
May 2, 2018

ޖާދޫވި މޫނު (3)

Previews
May 1, 2018

ނޫރު (ފަހުބައި – 1)

31 Comments!

  1. Ifoo ifoo says:
    May 2, 2018 at 2:59 am

    Salaam all ??????… Here is the 2nd part ?????… Ifoo havyru 6 ge kurin submit kurin bt adhi kiriyaa mi publish vee ???… Hope you guys will like this part too ??????… Point out the mistakes so that I can improve ???… N do comment your views about the story ❤️❤️❤️ ❤️❤️???… Thank you so much for the support ❤️❤️❤️ ❤️???????????????

  2. Shiman says:
    May 2, 2018 at 4:12 am

    Yey me first dhw

    1. Ifoo ifoo says:
      May 2, 2018 at 1:14 pm

      Yesss… Mifaharu shiman first ???

  3. Shiman says:
    May 2, 2018 at 4:15 am

    Mi part hama obiness to the mex..❤❤❤??

    1. Ifoo ifoo says:
      May 2, 2018 at 1:17 pm

      Awwww ???❤️❤️❤️… Thank you soooooo much shiman ????

  4. Inoo says:
    May 2, 2018 at 5:47 am

    Mi parr vx varah reethi…adhivx stry dhigu kohlaba pls…varah kiyaa hithun hutta mi nimuny..
    all the best Ifoo Ifoo…luv u♡waiting 4 the next part

    1. Ifoo ifoo says:
      May 6, 2018 at 2:17 pm

      Thankyou soooooo much Inoo❤️❤️❤️❤️????????… V ufaavehje story kiyaalaafa comment eh kohlyma ????… Love you too ❤️❤️❤️???… Mihaaru next part kiyaaleveyne

  5. Shinaasha? says:
    May 2, 2018 at 9:19 am

    Yes i am second dhow?❤❤ this story is very nice ???? i love this story ?❤? varah khiyaa hithun mi khiyani ?? ekam aasha v dherave ma lahun up vaathi ?? plxx ifoo dhooni thankolheh avahah up kohdhibaa ??eyrun readers khiyaa hih vaani …
    ??? plxx igey fast ???waiting for the next part ❤❤❤❤?

    1. Ifoo ifoo says:
      May 2, 2018 at 1:29 pm

      Aashaa ❤️❤️❤️❤️❤️… Ifoo v v v v happy vehje Aashaa ge mi loabi comment kiyaalaafa ????… N v dheravehje readers dherakohleveythy ?????… Ifoo ah hama time vaavarakun story genesdheynan In Sha Allah ???… V bxy miadhu vx bt hama timeh vyma mi reply mi kohly… Sorry aasha… I will try my best… V v ufaavehje story kiyaahithun kiyaakan ingunyma ????????????????… Thank you soooooo much aasha ???????❤️❤️❤️❤️

  6. lotus says:
    May 2, 2018 at 9:28 am

    Wow.. v salhi.. relationx tha strt vaan dhw mi ulhenee.. waitin fr the nxt prt

    1. Ifoo ifoo says:
      May 2, 2018 at 1:32 pm

      So happy to see ur comment lotus??????… Higaa balamaa dhw relations start veythr ???… Thank you so much lotus ❤️❤️❤️???

  7. lotus says:
    May 2, 2018 at 9:30 am

    N pls avaha up kolladheeba.. v kiyaa hivvey

    1. Ifoo ifoo says:
      May 2, 2018 at 1:33 pm

      Will try my best ???

  8. Stry kiyaa man says:
    May 2, 2018 at 9:44 am

    Masha allah stry vvv reethi.adhi bodah dailogue ithuru kohlaa eyrun vakin furihama vaane.keep it up ifoo.
    Thikuraa bura mashah kah ufalaa eku balaa gannan.waiting 4 nw part … – salaam-???

    1. Ifoo ifoo says:
      May 2, 2018 at 1:42 pm

      Awww????… Thank you soooooo much man ????.. Ifoo v v ufaavehje ???… N ithuru hihvarehvx libihje ???… Thi hiyaalu hama ufalaaeku eku balaigannan ???… Mi part ifoo rough koh liyunu iru v gina dialogues himenin bt avaskuran hadhaigen gina dialogue thah miss kohlaafa mi up kohly… In Sha Allah next part ga dialogue thah gina kohlaanan ???… Once again thankyou so much ❤️❤️❤️?????

  9. Aesh says:
    May 2, 2018 at 10:26 am

    Maa shaa allah.. vrh reethi story… vrh kiyaa hiyy vaa gothah mi story kuriyah mi dhany.. vrh vrh vrh furihama mi story… kon irakun dhn oiyy bai? vrh avahah genesdhehchey ifoo.. good job and keep it up.. :-)<3<3<3

    1. Ifoo ifoo says:
      May 2, 2018 at 1:47 pm

      Aesh ❤️❤️❤️❤️❤️… V v v v ufaavehje Aesh ge comment kiyaalaafa ????… Hama speechless ifoo ???… Hehe… V ufaavehje Aesh kiyaa hihvaa gothah mi story genesdheveykan ingunyma ???… It means a lot for me ????… Next part typ kurevunuhaa avahah up kohladheynan In Sha Allah ???… Once again thankyou so much for the lovely comment ❤️❤️❤️?????????

  10. Rishy says:
    May 2, 2018 at 12:23 pm

    Mi part vx vvvvvvv reethi…??when next part?☺

    1. Ifoo ifoo says:
      May 2, 2018 at 1:48 pm

      Rishy ????❤️❤️… Thank you soooooo much ???.. So happy to see you comment again ????… Next part typ kurevunuhaa avahah up kohladheynan In Sha Allah ???…

  11. Naju says:
    May 2, 2018 at 2:23 pm

    V reethi story eh mee n v kiyaa hithun mikiyany mi story n ifoo plx daily up kohladhevey dhw try kohbr plx

    1. Ifoo ifoo says:
      May 2, 2018 at 7:00 pm

      sooo happy to see your comment Naju ?????… thank you soooooo much Naju ?????❤❤❤❤… Ifoo hama try kuran bt time nuvany ???… sorry ???… adhivx hama try kuraanan ???… v ufaavey story kiyaalaafa comment kohlaathy ?????????

  12. Nakhla says:
    May 2, 2018 at 5:09 pm

    ??

    1. Ifoo ifoo says:
      May 2, 2018 at 7:08 pm

      thankyou so much Nakhla ????????

  13. Lam says:
    May 2, 2018 at 6:12 pm

    Varah rythiii….?????.. Waiting for next part…

    1. Ifoo ifoo says:
      May 2, 2018 at 7:09 pm

      thankyou so much Lam ???????❤❤❤????

  14. ish says:
    May 3, 2018 at 5:58 pm

    mi vaahaka varah salhi…waiting 4 next part

    1. Ifoo ifoo says:
      May 6, 2018 at 2:19 pm

      Thankyou ish ❤️❤️❤️???… Now next part kiyaalan libeyne

  15. Zull says:
    May 3, 2018 at 10:24 pm

    Ifoo dear cover pic change kohbah.. I don’t like it.. Eythi mihaa reethi story akaa nuves gulhey..
    BTW story is awesome ingey ifoo.. Mee vvv kiyas hithun kiyaa story eh..??

    1. Ifoo ifoo says:
      May 6, 2018 at 2:22 pm

      Thankyou so much Zull❤️❤️❤️❤️❤️… N thanks cover pic aa behey gothun Zull ge hiyaalu bunelyma ????… Gina kudhin like vaa gothakah cover pic ifoo baidhaany… Thank you soooooo much once again ❤️❤️❤️????

  16. Dhonthxxx says:
    May 5, 2018 at 5:33 pm

    Kobaa ifooo when is the next part??
    Thankolheh lahy up kohdheyleh

    1. Ifoo ifoo says:
      May 6, 2018 at 2:24 pm

      Mihaaru next part kiyaalan libeyne ???… Sorry Dhonthxxx ???… Ifoo balikoh ulhunyma up nukoh lasvy…

Comments are closed.


All Right Reserved!