ދުވަހަކަށްފަހު ދުވަހެއް ފާއަތުވެގެން ހިނގައްޖެއެވެ. އަހަރެންވެސް ދިރިއުޅުމައިގެން އިތުރަށް ކުރިއަށް ދެވޭތޯ މަސައްކަތް ކުރަމެވެ. ނަމަވެސް ކޮންމެދުވަހަކުވެސް ޔާއިންއާ ކައިސާ އެކި އުޅޭތަން ފެނުމުން ހިތަށްތަދުވެއެވެ. އަހަރެންގެލޯ ކުރިމަތީގައި ޔާއިން ކައިސާއާ ލޮބުވެތި ސަމާސާކުރާތަން ބަލާކަށް ކެތެއްނުވެއެވެ.
އަހަރެން ރުފިޔާހޯދުމަށް ގޭގެއަށް ގޮސް ޓިއުޝަން ނަގައިދެމެވެ. އަބަދު ގޭގައި އިނދެގެން ޔާއިން މަތިން ހަނދާންކުރުމަށްވުރެ ފައިދާހުރިކަމެއް ކުރަންބޭނުންވާތީއެވެ. ކުދިންނަށް ކިޔަވައިދިނުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަމެކެވެ. ކޮންމެދުވަހަކުވެސް މަދުވެގެން ދިހަ ކުދިންނަށް އަހަރެން ކިޔަވައިދެމެވެ.
އާދައިގެ މަތިން ރޭގަނޑު އަށެއްޖެހިއުރު އަހަރެން ގެއިން ނުކުތީ ޓިއުޝަންދޭ ގެއަށް ދިޔުމަށްޓަކައެވެ. ކުޑަކޮށް ވާރެ ކަނި ޖަހާތީވެ އަހަރެން ގަސްތުކުރީ ކާރެއްގައި ދިޔުމަށެވެ. ނަސީބަކުން ވަރަށް ފަސޭހައިން ކާރެއްވެސް ލިބުނެވެ. ކާރުގައި ދިހަވަރަކަށް މިނެޓުން އަހަރެން ބޭނުންވާ މަންޒިލަށް ދެވޭނެއެވެ. ނަމަވެސް ގަޑިޖެހުނު އިރުވެސް ޑްރައިވަރަށް ދެވުނު ކަމަކަށް ނުވިއެވެ. “އަޅޭ ކިހިނެއް ތިދުއްވަނީ އަދިވެސް ނުދެވޭ! މިހާރު އެއޮއް ގަޑި ޖެހުނީ!” ގަޑިޖެހުމުން އަހަންނަށް ރުޅިއާދެވުނެވެ. “މަންޖެ ހާދަ ރުޅިއައީ؟ މިކާރަށް މަންޖެއެރުވީކީ މަންޖެ ބޭނުންވާ ތާކަށް ގެންދާކަށް ނޫނޭ! އަހަރެން ބޭނުންވާ ތަނަށް މަންޖެގެންދަން ވެގެން!” ނުލަފާ ވައްތަރަކަށް ހީގަންނަމުން ޑްރައިވަރު ބުނެލިއެވެ. އަހަރެން ވަރަށް ބޮޑަށް ބިރުގަތެވެ. އެ ނުލަފާ މީހާ އަހަންނަށް ހަދާނީ ކިހިނެއްކަމެއްވެސް ނޭންގެއެވެ. “މީހުން ޓެކްސީ ދުއްވަނީ ތިހެން ހަދާކަށް ނޫން ހަމަ މިހާރު ކާރު ހުއްޓާ އަހަރެން ފައިބަން ވެއްޖެ!” ބާރުބާރަށް އަހަރެން ބުނީމެވެ. “ތި ބުނީ ރަނގަޅު ވާހަކައެއް. ބުނަން މީ ޓެކްސީއެއް ނޫން މީ ޕްރައިވެޓް ކާރެއް. މަންޖެ އަމިއްލައަށް ދޯ ބަލާ ނުލާ އެރީ! ދެން އެހެންވީމަ ކުރާނެ ކަމެއް ނެތެއްނު!” އެ މީހާ ބުނެލިއެވެ. އަވަސްކުރަން ހަދައިގެން އެރުނީ ޕްރައިވެޓް ކާރަކަށްކަން އެނގުމުން ބިރުންފިތް ކަނޑައި ގެންދިޔައެވެ. ހާދާނެ ގޮތް ހުސްވިއެވެ.
ވެހެމުން ދިޔަ ވާރޭ ބޯކޮށްލިއެވެ. ކާރު ދުއްވަން ހުރި މީހާ އަނދިރިމަގަކަށް ކާރުހުއްޓިއެވެ. އޭނާ ކާރުން ފައިބާފަ އަހަރެން ބާލުވަން އުޅުނެވެ. ނަމަވެސް އަހަރެން ނުވައިބަން ގަދަހެދުމުން އަތުގައި ލުތްކެއްޖަހާ އަހަރެންބޭލުވިއެވެ.
ބޯވާރޭ ތެރޭގަ އެމީހާ އަހަރެން ދަމާފަ ގެންދިޔައެވެ. މަގުމަތިން މީހެއްގެ ހިލަމެއް ވެސް ނުވެއެވެ. ވެހެމުން ދިޔަ ބޯވާރޭގެ ސަބަބުން މުޅިމީހާ ތުރުތުރުއަޅަމުން ދިޔައެވެ. އެމީހަގެ ކިބައިން ސަލާމަތްވޭތޯ ހަޅޭއްލަވަންފެށިމެވެ. “މިޝްކާ ކިތަންމެ ބާރަށް ހަޅޭއްލެވިއަސް އެކަކުވެސް ނާންނާނެ. އެހެންވީމަ އެންމެ ރަނގަޅުވާނީ މަ ބުނި ގޮތެއް ހަދައިގެން މަޑުން ހުރިއްޔާ” އެ މީހާ ބުންނެވެ. އަހަރެންގެ ނަން އެމީހާއަށް އެނގުމުން އަހަރެން ހައިރާންވިއެވެ. އަހަރެން ދަމާ ކޫތަމުން ގޮސް ވެއްދީ ފަޅުގެއެއް ކަހަލަ ތަނަކަށެވެ. އެމީހަ ގޮސް އެގޭގެ މެދަށް އަހަރެން ހޫރާލިއެވެ. އެވަގުތު މުޅި ތަނަށް އަލިވެގެން ދިޔައެެވެ. އަހަރެން ވެއްޓިފާ އޮތީ ހަތްވަރަކަށް ފިރިހިނުންގެ މެދަށެވެ. ކޮންމެ މީހެއްގެ އަތާފައިގަ ވަނީ އެކިކަހަލަގެ ގަހަނާ އަޅާފައެވެ. އެތަނުން ތަންކޮޅެއް ބިޔަކޮށް ހުރި ފިރިހިނަކު އަހަންނާ ދިމާއަށް ގުދުވިއެވެ. އަދި އަހަރެންގެ މޫނުގައި އޭނާގެ އަތުން ބީހިލިއެވެ. ރުޅިއައސް ރަތްވެފާ ހުރެ އޭނާގެ އަތް އަހަރެން ފޮޅުވާލީމެވެ. “އޯ މިޝޫބޭބް ހާދަ ރުޅިއައަސްފައޭ ދޯ ތިހުރީ. ޔާންޓެއަށް އެކަނިތަ ހުއްދައޮތީ ތި ރީތި މޫނުގަ އަތްލުމުގެ؟” އެމީހާ ބުނި ވާހަކައިން އަހަރެން ހައިރާންވެގެން ދިޔައެވެ. ކާރުގައި އިން މީހާއަށް އަހަރެންގެ ނަންއެނގުނެވެ. މިމީހާއަށް އަހަރެންގެ ނަމުގެ އިތުރުން އަހަރެންނާ ޔާއިންއާ ދެމެދު އޮތް ގުޅުންވެސް އިނގޭކަން އަހަންނަށް އެނގުނެވެ. އެމީހާ “ޔާންޓެ”އޭ ކިޔާ އެ މިޚާތަބު ކުރީ ޔާއިންއަށްކަން އަހަންނަށް އެނގުނެވެ.
އަހަރެން ނުވިސްނާ ހުއްޓާ އެކަކު އައގޮތަށް އައިސް އަހަރެންގެ ޝޯލަށް ދަމައިގަތެވެ. ލިބުނު ސިހުމައިއެކު އަހަންނަށް ހަޅޭއްލަވައިގަނެވުނެވެ. އެ މީހާ ޝޯލް ދާމާގަތްލެއް ބާރުކަމުން ހެދުމުގެ އެއްބަޔާއެކު އިރައިގެން ދިޔައައެވެ. މިރޭ ދެން އަހރެން ސަލާމަތް ނުވާނެކަން އެނގުމުން ލޯ މަރާ ބާރުކޮށްލެވުނެވެ. ޖާނުން ވަރުގަދަ ހަތް ފިރިހިނުން ކުރިމަތީ އަހަރެންކަހަލަ ނިކަމެތި އަންހެންކުއްޖަކަށް ކުރެވޭނީ ކީއްހެއްޔެވެ. “ޚަބަރުދާރު އެކަކުވެސް މިޝޫގައިގަ އަތްލާގެން ނުވާނެ! މިޝޫއާ ކައިރީވާ މިހަކަށް ވެސް އަހަރެންމީ ނުބައި މީހެއްކަން ދައްކާނަން” އަވިގެން ދިޔައީ ޔާއިންގެ އަޑެވެ. ގަބޫލުކުރަން ދަތިވެފައި ހުރެ އަހަރެން ލޯ ހުޅުވާލީމެވެ. އަހަރެންގެ ކުރިމަތީގައި ތެމި ފޯވެގެން އެހެރީ ޔާއިން ނޫން ދެވަނަ މީހެއްނޫނެވެ. ޔާއިން ހީވަނީ ރުޅިއައިސްގެން ގޮސް ފަޅައިގެން ދާންކައިރިވެފަ ހުރި ހެންނެވެ. ކުއްލިއަކަށް އިވުނީ އަހަރެންގެ މޫނުގަ ބީހުނު މީހާ ހީގަތް އަޑެވެ. މުޅިތަނުގައިވެސް އޭނާގެ އަޑުވަނީ ގުގުމާފައެވެ. “ޔާންޓެ ކައޭ ތީ ބޮޑު ފިނޑިއެއް. ކައޭ ތީ އެއްކަމެއްވެސް ކުރެވޭނެ މީހެއްނޫން!” އަނެއްކާވެސް އެމީހާ ބާރަކަށް ހޭންފެށިއެވެ. ޔާއިން އަހަންނާ ދިމާއަށް ބަލާލިއެވެ. ޔާއިންގެ ލޮލުގައި ވީ ދިހޔން އަހަންނަށް ފާހަގަވިއެވެ. އެދެލޮލުން އަހަންނަށްޓަކައި ވާ ސާފު ލޯބިފެނުނެވެ. ” އަހަރުމެން ހެދި ޑީލްމަފިން ކަލޭމެން ހަދާންނެތުނީތަ؟ މިޝޫއަށާ އަހަރެންގެ އާއިލާއަށް އެއްވެސް ގެއްލުމެއް ނޫދޭ މަތިން ދޯ މަ ކަލޭގެ ކޮއްކޮއާ އިނީ” ޔާއިން ރުޅިއައސްފައި ބުނެލިވާހަކައިން އަހަރެންގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. ޔާއިން ކައިސާއާ ކާއިވެނި ކުރީ އަހަންނަށް ގެއްލުމެއް ވެދާނެތީހެއްޔެވެ.؟ “ކަލޭތީ ބޮޑު މޮޔައެއް! ކަލޭ ހިކުރީތަ ވަކި ކަލޭ ކައިއާ އިނީމަ ކަލޭގެ އައިލާ ސަލާމަތްވީއޭ ހެހެހެެހެހެ. ނޫން. އަހަރުމެން ދުވަހަކުވެސް ކަލޭގެ އައިލާ އަދި ކަލޭވެސް ހަމަޖެހިގެން އުޅުނަކަ ނުދޭނަން! ޔާއިން ކަލޭއަށް އިނގޭތަ ކަލޭ އަހަރުމެންނާ ވަކިވުމުން ކިހާ ގެއްލުމެއް ލިބުނުކަން؟ ކަލޭ އަމިއްލައަށް ކުށަށް އެއްބަސްވުމުން އަހަރުމެންގެ ކިތައް މީހުން ޖަލަށްދާން ޖެހުނުކަން؟ އެމީހުން މިވީ ހައަހަރު ދުވަހު ޖަލުގަ ގަނަތެޅުނުއިރު ކަލޭ ޖަލުން ސަލާމަތްވެގެން ގޮސް ޔޫރަޕުގަ އުޅެފަ އައިމަވެސް އަހަރުމެން ކަލޭ އުޅުނަ ދޭނެކަމަށްތަ ހީކުރީ؟ ނޫން ކަލޭ ބަލަން ހުންނާތި ކަލޭގެ ލޯ ކުރިމަތިގަ މިހިރަ އަންހެނާއަށް އަހަރުމެން ބޭނުންގޮތެއް ހަދާނީ! އޯ އަދި ކަލޭތީ ހާދަ ރަހުމެއް ނެތް ބޭބެއެކޭ ސައްޓުމެން ކަލޭގެ ކޮއްކޮއާއެކު އެންޖޯއީ ކުރާއިރު ކަލޭތީނީ ލޯބިވެރިޔާ ސަލާމަތްކުރަން ހިހިހިހިހ” އެމިހާ ދެއްކި ވާހަކައިން އަހަރެން ގަނޑުވިއެވެ. ޔާއޖން ކައިސާއާ އިނީ މަޖުބޫރުވެގެންކަން އެނގުނު ހިނދު ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހަމަޖެހުން ގެއްލުނީ ނައިރާ ވެސް ހުރީ އެމިހުންގެ އަތްދަށުގައިކަން އެނގުމުންނެވެ.
ގޭތެރޭގާ ތިބި އެންްމެން ސިހުނީ ފުލުހުންގެ ބައިވަރު މީހުން އެއްފަހަރާ އައިސްވަނުމުންނެވެ. ކޮންމެ މީހަކުވެސް ބެލީ އަވަހަށް ސަލާމަތްވެވޭތޯއެވެ. އެންމެން އެއްފަހަރާ އެކި ދިމާއަށް ދުއްވައިގަތެވެ. ދަނޑިވަޅުގެ ބޭނުންހިފައި ޔާއިން އަހަރެންގާތަށް އައެވެ. ގާއިން އައުމުން އަހަންނަށް ރޮއެގަނެވުނެވެ. “މިޝޫ ޝްޝްޝް ނުރޮއެ” ޔާއިން އެހެންބުނުމަށްފަހު އޭނާ ލައިގެން އަޖން ގަމީސް ބާލާފަ އަހަރެން ލެއްވިއެވެ. އަދި ދުރުގައި އޮތް ޝޯލްނަގައި އަހަރެންގެ ބޮލުގައި އޮޅާލަ ދިނެވެ. އަދި އަތުލަފިކޮށްގެން އަހަރެން ނަގައިދިނެވެ. އެ ވަގުތު އަހަރުމެން ގާތަށް ފުލުސް އޮފިސަރަކުއައެވެ. “ޔާއިން ވަރަށް ބޮޑަށް ޝުކުރިއްޔާ. މިގައުމު ބޭނުންވަނީ ތިކަހަލަ ކެރޭ ޒުވާނުން. މިއަދު ޔާއިންގެ ސަބަބުން މިގައުމުގެ އެންމެ ބޮޑު އެއްގޭންގު ލީޑަރު މިހައްްޔަރު ކުރެވުނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ!” “ސަރ އަޅުގަނޑު ކޮއްކޮ؟” “ޔާއިން ހާސްނުވޭ ޔާއިންގެ ކޮއްކޮ އަރިދަކުރެއްވީތީ އެމިހުންގެ ކިބައިން ސަލާމަތްކުރެވުނު. އަދި ހަނދާންނެތުނީ ޖިޔާންއަށް ވެސް އަޅުގަނޑުމެންގެ ފަރާތުން ޝުކުރު ދަންނަވާތީ! ދެން އެންމެ ރަނގަޅު ދިޔަޔަސް” ފުލުސްމީހާ ޔާއިންއަށް ޝުކުރު އަދާކުރުމުން ޔާއިން އަހަރެން ގޮވައިގެން އެތަނުން ނިކުތެވެ. ނައިރާ ސަލާމަތްވީތީވެ އަހަރެން އުފާވިއެވެ.
“ޔާން ތެން..” “މިޝޫ ދެން ވާހަކަ ދައްކާނީ ގެއަށް ގޮއްސަ” ޔާއިން އެހެން ބުނުމަށް ފަހު އަހަރެން ގޮވައިގެން ގޮސް ކާރަކަށް އެރިއެވެ.
*******************
ޔާއިން ގެ ނަޒަރުން
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.






Wow…varah reethi mi part vx..waiting 4 the next part♡♡
Yey me first
V salhi
Number one ge stroy ai mee
Thanku im
Wow nice stry…waiting for the next part ❤ ❤
Thanks inoo
alhe miadhu one part up kohla dheebaa pls pls
Anonymous eba try kuran miadhu genesdheveytho adhi 1part
Haadha kurukoh thigenes dhinee mi bai… V salhi
Eii miadhu adhi 1part genesdheyn vegen thanks Hajja
Varah kuru mih part
Aww.. mihaaru reykaa laifi mi v gotheh.. eyruves heeviey e kaisa ehge kamekey miee.. hama ehenennu e vee… argh!!! Boa halaaku e anhenaa akaa hedhi… anyways, maa shaa Allah! vrh vrh vrh reethi mi part ves.. ingey kiyaaraa… hama heevany story thereyga ulheveyhen.. vrh reethi.. bunaane ehcheh neiyy hama.. when is next episode? Curiously waiting.. <3<3<3<3<3
Awwwn thanks dear. Miadhu adhi 1 part up kohdheveytho balaanan ISA
Wowww…. kiyaaa…. this prt is amazing… avahhh nxt prt up khla dhiiba plxxxxx….. vrh vrh kiyr hithun mihurii….
Awwn thanks mishy miadhu genesdhebeytho eba balan
Amazing..can’t wait to read the next part.luv u?
Luv u 2 Aishy? and thanks