Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ނުވިޔަސް ފިރުމާލަދީ….29

Ushaali Level 810 Stories100 Comments100 Stories500 Comments
April 30, 2018 9 Mins Read
77 Comments

“ބޭކާރު ވާހަކަނުދައްކާ ތަން ސާފުކުރޭ. އެހެންނޫނީ ޒާއްތަ ނިކުންނަ ގޮތަށް ރޭސްވާނެ” އައްޔަދު ބުނެލިއެވެ. ޝަނުމް މޮޕް ބަލާ ދިޔުމުން އައްޔަދުގެ ނަޒަރު ސީދާކޮށްލީ ޓީވީއަށެވެ. އެވަގުތު ސިޓިންގްރޫމް ދޮރު ހުޅުވާލާފައި ވަން ރިމީޝާ އަށް އައްޔަދު ފެނި ހިނދުކޮޅަކަށް ނަމަވެސް ހިތަށް ގޮތެއްވިއެވެ. އައްޔަދުވެސް އެސްފިޔަ ޖަހާނުލާ ރިމީޝާ އަށް ބަލަން އިނެވެ. އަތުގައި އޮތް ޓީވީ ރިމޯޓް ޓީވީ އަށް އަމާޒުކޮށްފައި ހުއްޓަސް އޭނާގެ ނަޒަރު ވަނީ ރިމީޝާ އާއި ދިމާލަށެވެ. ރިމީޝާގެ ހިމަ އިސްކޮޅަށް ހެޔޮވަރުކޮށްލާފައި ހުރި ކަޅު ހެދުމާއެކު ބޮލުގައި އަޅާފައި ހުރި ފިޔާތޮށި ކުލައިގެ ކުދި މާތަކެއްޖެހި ބުރުގާ ގައި ފާޅުވާން ހުރި ރިމީޝާގެ ފުރިހަމައަށް ތަސްވީރަށް އައްޔަދުގެ ހިތް ހުއްޓުމެއްނެތި ތަޢުރީފް ކުރަމުން ދިޔައެވެ. ހިޔާލުތަކަށް ގެއްލިފައި އިން އައްޔަދުގެ ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމުގެ ބަދަލުގައި ރިމީޝާ ގޭތެރޭ އެތަންމިތަނަށް ނަޒަރު ހިންގާލީ އިތުރު މީހަކު ފެނޭތޯއެވެ. މަޑުމަޑުން ހިނގާފައި ކުރިއަށް އައި ރިމީޝާ އަށް އެރުނީ ޝަނުމް ބުރުވާލި ފެންތަކުގެ މައްޗަށެވެ. ސްޓާކީނަށް އެރިގެން ހުއްޓަސް ރިމީޝާ އަރިއަޅާލީ އައްޔަދު ބަލަން އިންގޮތުން ދެފައި އޮޅިގެންނެވެ. އެވަގުތު ރިމީޝާގެ އަނގައިން އަޑެއް ބޭރުވެގެން ދިޔައެވެ. އެގޮތަށް އޭނާ ވެއްޓިއްޖެނަމަ ތަދުވާނީ ކޮންތާކަށްކަން އެނގުނު ހިނދު މޭގައި ތަދެއް ހިފާލިއެވެ. ނަމަވެސް ބިންމަތީގައި ޖެހުމުގެ ކުރިން އައްޔަދު ދިއްކޮށްލި އަތުގައި ރިމީޝާ އަށް ހިފުނެވެ. ކޮޅަށް ތެދުވި އައްޔަދުގެ ހަށިގަނޑު ބެލެންސް ނުކުރެވި ދެމީހުން އެކީގައި ފެންތަނުގެ މެދަށް ވެއްޓިގެން ދިޔައެވެ. ރިމީޝާގެ ހަށިގަނޑު ކާޕެޓްމަތީގައި ޖެހުނު ިއރު އައްޔަދު ވެއްޓުނީ ޓައިލްސްތައް މައްޗަށެވެ.

 

“އަސްތާ ކީއްތިކުރީ” އެއިވުނީ ޒާއިރާގެ އަޑެވެ. އަޑު އައި ދިމާލަށް ބަލާލެވުނީ ދެމީހުންނަށް އެކީގައެވެ. ދެމީހުން ވެސް މަސައްކަތްކުރީ އަވަހަށް ތެދުވުމަށެވެ.

“ކައްސާލީނު. އެހެންވާނީ ޝައްނު ފެންތައް ފުހެން މޮޕް ބަލާދިޔަ ގޮތަށް މޮޕަކަށްވީ ކަންނޭނގެ” އައްޔަދު ދެ އުކުޅުގައި އަތް އަޅުވާލަމުން ބުނެލިއެވެ. އޭރު ރިމީޝާ ދެއަތުން ހެދުން ފޮަޅަމުން ޒާއިރާ އާއި ދިމާލަށް ދިޔައެވެ.

“ތަދުވިތަ އަނެއްކާ” ޒާއިރާ އަހާލިއެވެ. ރިމީޝާ ދެފަރާތަށް ބޯހޫރާލިއެވެ.

“ޒާއްތަމެން ކައިރީގައި ވާހަކައެއް ބުނަންވެގެން އައީ” ސޯފާގައި އިށީންނަމުން ރިމީޝާ ބުނެލިއެވެ. އޭރު ޝަނުމް މޮޕް ހިފައިގެން އައިސް ތަން ސާފުކުރަން ފަށައިފިއެވެ.

“މިއުޅެނީ ކައިވެނިކުރަން. ވަރަށް އަވަހަށް” ރިމީޝާ ބުނެލިއެވެ. ޝަނުމް އަށް ވީއުފަލުން އަނގަމަތީގައި އަތް އަޅާލެވުނެވެ. އާގަމަވެފަ ރިމީޝާ އަށް ބަލަހައްޓައިގެން އިނީ އައްޔަދެވެ. ދެން ފެނުނީ ހަމަޖެހިލާފައި ގޮނޑީގައި ލެގިލިތަނެވެ. އިތުރު މީހަކު ހަޔާތަށް ނުގެނެސް ރިމީޝާ އާއި އިނދެވޭކަށް އޭނާއަކަށް ނެތެވެ. އެހެންކަމުން މި ކައިވެނި ރިމީޝާ ކުރިޔަސް އޭނާ އަށް އެއްވެސް ފާޑެއް އެކަމުގައި ކިޔޭކަށް ނެތެވެ. އޭނާ އަކީ ކުށްވެރިއެކެވެ.

“ޒާއްތަ ވަރަށް އުފާވެއްޖެ. ހަގީގަތުގައި ވެސް ރިމީ އަށް ތިނިންމުނީ ވަރަށް އުފާވެރި ނިންމުމެއް” ރިމީޝާގެ ބޮލުގައި ފިރުމާލަމުން ޒާއިރާ ބުނެލިއެވެ.

“ކާކާ އިންނަނީ. ހެހެހެ… މިބުނީ އެނަސީބުވެރިޔަކީ ކާކުހޭ؟” ހިނިތުންވެލައިގެން އިން ރިމީޝާ އައްޔަދުގެ އަޑަށް އެދިމާލަށް ބަލާލިއެވެ. އޭނާ އިންނަން އުޅޭ މީހަކު ކޮންމެހެން ބަލަން އައްޔަދަށް ޖެހޭ ހެއްޔެވެ؟ ހިނދުކޮޅަކު އައްޔަދުގެ މޫނަށް ބަލަހައްޓައިގެން ރިމީޝާ އަށް އިނދެވުނެވެ.

“ޝިނާން” އައްޔަދަށް ބަލާލާފައި ވެސް ޖަވާބުދިނީ ޒާއިރާގެ މޫނަށް ބަލާލަމުންނެވެ. ރިމީޝާގެ ޖަވާބު އަޑުއަހާފައި އައްޔަދުގެ ހިތް އުފަލުން އުދުއްސައިނުގަތީ ކިރިޔާއެވެ. ޝިނާނާއި އިންނަން އުޅޭކަން ނަސީބޭ ހިތަށް އެރިއެވެ. އެހެންމީހަކާއި ރިމީޝާގެ އެކައިވެނި ކުރެވިއްޖެނަމަ ޔަގީނުން ވެސް އަލުން އައްޔަދަށް ނުލިބޭނެކަން އޭނާ އަށް އެނގޭއެވެ. ނަމަވެސް ޝިނާން އެހުރިހާ މީހުންނާއި ތަފާތެވެ. އައްޔަދަށްޓަކައި ކައިވެނިކުރުމަށްފަހު ރިމީޝާ ދޫކޮށްލާނެކަން ކަށަވަރެވެ. އޭރުން އޭނާ ރިމީޝާ އާއި ކައިވެނިކުރުމަށް އެއްވެސް ހުރަހެއް ނެތެވެ. އޭނާގެ ފަރާތުން ރިމީޝާ އަށް ލިބުނު ވޭނާއި ކެކުޅުންތައް ހިތުން އެންމެ ސިކުންތެއްގެ ތެރޭގައި ފިލައިގެންދާވަރަށް ލޯބިދޭނަމެވެ. ގެންގުޅޭނީ ވެސް ދެލޮލުގެ އެސްފިޔަތައް މަތީގައޭ ހިތަށް އަރަމުން ދިޔައެވެ. ރިމީޝާ އެބައިން ނިކުމެގެން ދިޔަ އިރުގައި ވެސް އައްޔަދުގެ ހިތަށް ލިބިފައިވާ އުފާވެރިކަން އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ.

 

ރޭގަނޑު ނިދަންއަރާ ރިމީޝާ އޮތެވެ. މިޝްކުގެ ބޮލުގައި ފިރުމާލަ ފިރުމާލަ އޮތްއިރު އޮތީ ހިޔާލަކަށް ގެއްލިފައެވެ. އަނގައިން މަޑު ރާގެއް އަޅުވާފައި އޮތެވެ. ކުއްލިއަކަށް ތަނަށް އައި ހަމަހިމޭންކަން ނަގާލީ ކައިރީގައި އޮތް ފޯނަށް މެސެޖެއް އައި އަޑުންނެވެ. ރިމީޝާ އަވަހަށް މެސެޖް ހުޅުވާލިއެވެ. އައްޔަދުގެ މެސެޖެކެވެ. ލިޔެލާފައި އިނީ ހަމައެކަނި ގުޑްނައިޓްއެވެ. ރިމީޝާ ހިތަށް އަސަރެއް ކުރިކަން ޔަގީނެވެ. ނަމަވެސް އަމިއްލަ ހިތުގެ މައްޗަށް ބާރުފޯރުވާ ފޯނު ދުރުގައި ބޭއްވިއެވެ. ހިޔާލުތަކާއި ވިސްނުންތަކަށް ސިކުނޑި ގެނބެމުން ދިޔަ ވަގުތު ސިހުނީ ދެވަނަ ފަހަރަށް ފޯނަށް މެެސެޖެއް އައި އަޑަށެވެ. ކައިރީގައި ބަންޑުން ބާއްވާފައި އޮތް ފޯނަށް ބަލާލަފައި ވެސް އަޅާނުލީ އެއީ އައްޔަދު ފޮނުވި މެސެޖެއް ކަމަށް ހީކޮށްފައެވެ. އިރުކޮޅަކުން ފޯން ރިންގުވާން ފެށިއެވެ. މިޝްކުގެ ނިދި ހަލާކުވެދާނެތީ ރިމީޝާ ފޯނު ނަގާ ބަލާލިއެވެ. ގުޅަނީ ޝިނާނެވެ. އަވަސް އަވަހަށް ފޯނު ނަގާފައި ކަންފަތުގައި ޖައްސާލިއެވެ.

“ކީއްވެ ރިޕްލައިއެއް ނުދިނީ؟ ހިޔާލު ބަދަލުވީތަ؟” ޝިނާން އަހާލިއެވެ. ރިމީޝާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިއެވެ.

“ޝިންތަ މެސެޖްކުރީ؟” ރިމީޝާ އަހާލިއެވެ.

“އާނ. ކިހިނެއްވީ؟ އިތުރު މީހެއްގެ އިންތިޒާރުގަތަ އަނެއްކާ” ޝިނާން އަހާލިއެވެ.

“ނޫން. ދެންމެ އައްޔަދު މެސެޖްކުރި. އެހެންވެ ހިތަށް އެރީ ދެވަނަ ފަހަރަށް ވެސް އޭނައޭ ކުރީ. އެހެންވެ ބަލާނުލީ” ރިމީޝާ އޮޅުންފިލުވާދިނެވެ.

“އައްޔަދޭ. ކީކޭ ކިޔާފައި މެސެޖްކުރީ” ޝިނާން އަވަސް އަވަހަށް އަހާލިއެވެ. ރިމީޝާ ހީލިއެވެ.

“ގުޑްނައިޓް އޭ ބުނީ. ނަންބަރު ބަދަލުކުރަންވީތަ؟” ރިމީޝާ ބުނެލިއެވެ.

“ނޫން. ރިމީ އަށް ސަތޭކަ ޕަސެންޓް އިތުބާރުކުރަން. ރިމީ ބުނެފިއްޔާ އަހަރެން އަދިވެސް ހުރެދާނަން ހެޔޮއެދޭ ރައްޓެއްސެއްގެ ގޮތުގަ. އައްޔަދާއި އިންނަން ބޭނުމިއްޔާ އަހަރެން އެހީވެދޭނަން. ވަރަށް ލޯބިވޭ ރިމީދެކެ” ޝިނާން ބުނެލި އަޑު އިވުނެވެ.

“މޮޔަވީތަ؟ ކީއްވެ ތިއުޅެނީ އަހަރެން އައްޔަދު ކައިރިއަށް ފޮނުވާނުލެވިގެން. އަހަރެން އިންނަން ބޭނުމީ ޝިނާން އާ. އަހަރެން އިންނާނަން. އަހަރެން ކޮންމެސް ދުވަހަކު ލޯބިވެސްވާނަން. ޝިން އެހީވެދެއްޗެ” ރިމީޝާ ބުނެލިއެވެ. ޝިނާންގެ ހިތް އުފަލުން ފުރުނެވެ.

“އަހަރެން ރިމީދެކެ ވަރަށް ލޯބިވޭ. އަބަދުވެސް މިހެން ބުނާހިތްވޭ. ކުރިއަށް މިއޮތް ހަތްދުވަސްތެރޭ އަހަރެންގެ އަންބަކަށް ރިމީވާނެ. އަބަދުގެ އަބަދަށް. ދުވަހަކު ވެސް ރިމީ ދޫކޮށްނުލާނަން” ޝިނާން ބުނަމުން ދިޔައެވެ. ރިމީޝާ ހީލިއެވެ. ކަންފަތާއި ފޯނު ދުރުކޮށްލާފައި ފޯނަށް ބަލާލީ ހިނިތުންވެލަމުންނެވެ. ޝިނާންގެ ސޫރަ ލޯމައްޗަށް ސިފަވުމާއެކު ހިނިތުންވުން ފުންވިއެވެ. މާގިނަ ވަގުތު ފޯނުގައި ހޭދަނުކޮށް ދެމީހުން ވެސް އެކަކު އަނެކަކަށް ރޭގަނޑުގެ ވަދާޢީ ސަލާމްކުރުމަށްފަހު ދެލޯ މަރާލީ މާދަމާގެ އުފާވެރި ވަގުތުތަކަށް އިންތިޒާރު ކުރަމުންނެވެ.

 

ރަށުގައި ތިބި އަލްވީރާގެ އާއިލާ އައީ ރިމީޝާގެ ކައިވެންޏަށް ތިން ދުވަހަށް ވެފައި ވަނިކޮށެވެ. ކުރިން ނޫރާނާއި ދެ އަންހެންދަރިން ދިރިއުޅުނު ބައި އަލްވީރާ އާއިލާ އަށް ހާއްސަކޮށްފައި ހުރުމުން މާބޮޑު ދަތިތަކަކާއި ކުރިމަތިލާކަށް ނުޖެހުނެވެ. ކައިވެނީގެ ކުރިން ކުރަންޖެހޭ އެންމެ ކުޑަ ކަންތަކުން ފެށިގެން އެންމެ ބޮޑު ކަންތަކާއި ހަމައަށް މަޑުމަޑުން އެއާއިލާ ތައްޔާރުވަމުން އާދޭއެވެ. ވާން އުޅެނީ ކީއްކަން ނޭނގުނަސް މަންމި އާއި ބައްޕި އަށް ވަރަށް ހާއްސަ ދުވަހެއް އަންނަކަން އެނގި މިޝްކު ހުންނަނީ އަބަދު ހެވިފައެވެ.

 

ރިމީޝާ ކައިވެންޏަށް އެއްބަސްވި ފަހުން ވެސް ޝިނާން ނޫރާނަށް ގުޅާފައި އެވާހަކަ ބުންޏެވެ. އަދި ނޫރާން ނުގަބޫލުގައި ނަމަވެސް އޭނާ ރިމީޝާ އާއި ކައިވެނި ކުރާނެކަމަށް ބުންޏެވެ. ނޫރާންގެ ފަރާތުން ދެކޮޅަށް އެއްވެސް ބަހެއް ނުބުނުމުން ޝިނާން ފަހުން އަޅައެއް ނުލިއެވެ. ފުރައިގެން ދިޔަ ދުވަހު ނޫރާނާއި ، ނޫރުލްހުދާ އަދި ނިބްރާސް ކަންތައް ކުރި ގޮތުގެ ވާހަކަ ޝިނާނަށް ރިމީޝާ ކިޔާދިނުމުން ދެރަވެ ރުޔެވެ. އަލުން ނޫރާނަށް ގުޅާފައި ޝިނާން މާފަށް އެދުނެވެ. އޭނާގެ ކައިވެނިކުރެވޭ ދުވަހު ކައިރީގައި ހުރުމަށް އެދުނެވެ. ނޫރާން ވަކި ޖަވާބެއް ނުދިނެވެ.

 

އާދުވަހަކަށް އިރު ފެނުން ތޮޅިލީ ޝިނާންގެ ހާޔަތުގެ ހުސްވެފައިވާ ތަން ފުރައި ދެމުންނެވެ. މިއަދަކީ އޭނާގެ މުޅި ހަޔާތުގައި ވެސް އަންނާނެ އެންމެ އުފާވެރި ދުވަހެވެ. އޭނާގެ ނަމާއި ހިތާ އެހެން ނަމެއް ގުޅިލާ މެހިގެންދާން ދެން އޮތީ މަދު ވަގުތުކޮޅެކެވެ. ދުވަހުގެ ހޫނުގަދަ ވަގުތުތައް ނިމި ބިންމަތި ހިހޫވަމުން އައި ވަގުތު ޝިނާނަށް ހައިރާންކަމެއް ލިބުނީ އޭނާގެ އެއްބަނޑު އެއްބަފާ ދެ ދައްތަ ގޭތެރެން ފެނުމުންނެވެ. ހާއްސަކޮށް އޭނާގެ ކައިވެންޏަށޭ ބުނެ ނޫރުލްހުދާ އާއި ނިބްރާސް ވަނީ ކިޔުނު އެއްޗިއްސާއި ކުރެވުނު ކަންތަކަށް މާފަށް އެދިފައެވެ. ފަހަރިއެއްގެ ގޮތުގައި ރިމީޝާ ބަލައިގަތް ވާހަކައާއި ކޮންމެސް ދުވަހަކު އުފާވެރި އާއިލާއެއްގެ ގޮތުގައި އެއްގޭތެރޭގައި އުޅެވޭނެ ކަމަށް ބުންޏެވެ. ޝިނާންގެ ހިތަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ވެސް ދައްޗެވެ. ނަމަވެސް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ހިތަށް ލިބުނު އުފާވެރިކަން ފިލައިގެން ދިޔައީ އެ ކައިވެނީގައި ނޫރާން ބައިވެރިނުވާކަން އެނގުމުންނެވެ. ނަމަވެސް ނޫރާން ވެސް ފޯނުން ގުޅައިގެން ޝިނާންގެ ހިތްހަމަޖައްސައިދިނެވެ. މަންމަގެ ދުއާތައް ވަނީ އަބަދުވެސް ޝިނާންގެ އާއިލާއާއި އެކުގައި ކަމަށް ބުނެ އުއްމީދުތައް އާކޮށްދިނެވެ. ދެ ދައްތަގެ ފަރާތުން ނޯޔާ ދުވަހަކު ވެސް އެނބުރި ރާއްޖެ ނާންނަ ގޮތަށް ފިލިޕީންސަށް ބަދަލުވި ވާހަކަ އެނގުމުން ޝިނާނަށް އެއްވެސް އަސަރެއް ނުކުރިއެވެ.

ރޭގަނަޑު އަށެއްޖެހީއިރު ދެ އާއިލާގެ މެންބަރުންނާއި އަދި އެކުވެރިން ވަނީ ޝިނާންމެން ދިރިއުޅޭ އިމާރާތުގެ ޓެރަސް މައްޗަށް ޖަމާވެފައެވެ. ހިތްހަމަޖެހިލާ ވަރަށް ވައިރޯޅިން ހަންގަނޑުގައި ބީހިލާފައި ދާއިރު އެވައިރޯޅިން ކޮންމެ މީހެއްގެ ހިތަށް ވެސް ހިތްހަމަޖެހުން ގެނުވަމުން ދިޔައެވެ. އުޑުމަތީގައި ފިޔަޖަހަމުންދާ ތަރިތައް އެތުރިލާފައި ހުރި ގޮތުން ތަލިން ކުޅުހިކޭހާ ވެއެވެ. މިރެއަށްޓަކައި ހާއްސަކޮށް އުޑުމަތި ވެސް ޖަރީކޮށްފައިވާ ކަހަލައެވެ. އަޅި ކުލައިގެ ވެޑިނގްޑްރެސްގައި ރިމީޝާ ގެ ފުރިހަމަކަން އިންތިހާއެވެ. ހެދުމުގެ ފަހަތުން މާދުރަށް ފެތުރިފައިވާ ހަމަ އެކުލައިގެ ލޭސްފޮތިގަނޑާއެކު ބޮލަށް ހެޔޮވަރުކޮށްފައިވާ ބުރުގާ ރިމީޝާ ކޮށްފައިވާ މޭކަޕާއި ނުލާހިކު ގުޅެއެވެ.

ހާޒިރުވެފައި ތިބި މެހެމާނުންގެ މެދުތެރެއިން ލާފައި ލައިގެން ހުރި ހެދުމުގެ ދެފަރާތުން ހިފާ ކުޑަކޮށް ހިއްލާލައިގެން ހަމަ އެކުލައިގެ ކޯޓް ފަޓްލޫނުގައި އިން ޝިނާންގެ ވައަތް ފަރާތުން ހުސްކޮށް ހުރި ގޮނޑީގައި އިށީން ރިމީޝާ އަށް ހުރިހާ މީހުންގެ ލޯތައް ވަނީ އަމާޒުވެފައެވެ. ބައެއް މީހުން ހިތާއި ހިތުން ތައުރީފް ކުރަމުން ދިޔައިރު ޝިނާން އިނީ ރިމީޝާގެ މޫނުން ނަޒަރު ވަކިކޮށްލަން ހަނދާން ނެތިފައެވެ. ތަންކޮޅެއް ދުރުގައި ކޯކް ތައްޓެއް ހިފައިގެން ހުރި އައްޔަދު ވެސް ހުރީ ރިމީޝާ އަށް ބަލަހައްޓައިގެންނެވެ. އެހެން ހުރިއިރު އޭނާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ހިތުގައި ވަނީ އެތައް ޝަކުވާއެކެވެ. ސިކުންތަކު އެއްފަހަރު ޝިނާނަށް ހަސަދައިގެ ބެލުމަކުން ބަލާލިޔަސް ގިނަފަހަރު އެދެލޯ ހުއްޓެނީ ރިމީޝާ އަށެވެ. ޖަވާހިރުކޮޅެއް ފަދައިން ވިދާ ބަބުޅަމުން އެދާ އަންހެންކުއްޖާ ވަނީ އޭނާގެ މުށު ތެރެއަށް ހަމައެކަނި އޭނާގެ މީހެއްގެ ގޮތުގައި ހާސިލް ވެފައެވެ. އެދުވަހު އޭނާ އަށް އެ އަންހެންކުއްޖާ ސިފަވީ އަނދާފައިވާ ދެލި ބުރިއެއް ފަދައިންނެވެ. އެހެންކަމުން އެދެލި ބުރި ފައިދަށަށް ވައްޓާލާ އެއަށް ފައިން އަރާ ޗިސްކޮށްލީ ވެސް އޭނާގެ ދެއަތުންނެވެ. ވިސްނުނީ ފަހުންނެވެ. އެއްލޮލުން ވެއްޓެން ތައްޔާރުވި ކަރުނަތިކި އަތުގެ ބޮޑުވާ އިނގިލިން ފޮހެލުމަށްފަހު އައްޔަދު އަމިއްލަ ނަފްސަށް ހީލިއެވެ.

“އަނބިގަބޫލުކޮށްފިން” ޝިނާން އެބަސް ދުލުން ބޭރު ކޮށްލުމަށްފަހު ލައްޕާލައިގެން އިން ލޯ މަޑުމަޑުން ހުޅުވާލާ ކައިރީގައި އިން ރިމީޝާ އަށް ބަލާލިއެވެ. ލަދުރަކި ހިނިތުންވުމެއްގައި އިން ރިމީޝާގެ ތުންފަތަށް ޝިނާންގެ ނަޒަރު ސީދާ ވުމާއެކު ދެލޯ ފުރިގެން އައެވެ. ރިމީޝާގެ ދެއަތްތިލަ މަޑުމަޑުން އުފުލާ ޝިނާން އެދެއަތުގައި ބޮސްދިނެވެ. އަދި ރިމީޝާގެ ނިތުގައި ބޮސްދިނީ ހާޒިރުވެ ތިބި ހުރިހާ މެހެމާނުން ކުރިމަތީގައެވެ. ކައިވެނި އަގުދު ކޮށްދިން ގާޒީންގެ ތުންފަތަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. އެތައް ބައެއްގެ ކެމެރާތަކުން އެލޯބިވެތި މަންޒަރުތައް ރައްކާކުރަމުން ދިޔައިރު އެތަނުގައި ހޭދަވާ ކޮންމެ ވަގުތަކަށް ވަކިވަކިން ގަޑި ގުނަމުން އައްޔަދު ދިޔައެވެ. ޕާޓީ ފެށިގެން ކުރިއަށް ދިޔުމުން ތަން މަޑުމަޑުން ހަލަބޮލިވެގެން ދިޔައެވެ. ރައްޓެއްސަކާއި ވާހަކަދައްކާލުމަށް ޝިނާން ދުރަށް ޖެހިލި ވަގުތު އައްޔަދު އައިސް ހުއްޓުނީ ރިމީޝާ ކުރިމަތީގައެވެ. ރިމީޝާ ސަލާމަށް އަތް ދިއްކުރީ އާދައިގެ މަތިން ކުރިމަތީގައި އައިސް ހުއްޓޭ ކޮންމެ މެހެމާނަކާއި ސަލާންކުރާ އުސޫލުންނެވެ. ނަމަވެސް އައްޔަދުގެ މިލާފައިވާ މޫނުމަތި ފެނި ރިމީޝާ ދިއްކޮށްގެން ހުރި އަތްތިލަ މުށްކަވާލިއެވެ. މަޑުމަޑުން ތިރިކޮށްލިއިރު ދެވަނަ ފަހަރަށް އައްޔަދުގެ މޫނަށް ކަޅިއެއް އެއްލިއެވެ.

“މަރުހަބާ! ރިމީ ވަރަށް ލޯބި މިރޭ…. އަހަރެން ވަރަށް އެބަ އިންތިޒާރުކުރަން” އައްޔަދުގެ އެކުރު ޖުމްލަތަކުން ރިމީޝާގެ ހިތުގައި ރިއްސާލިއެވެ. މިހާރު އައްޔަދު އެއުޅެނީ ކިހިނެއްވެގެން ހެއްޔެވެ؟ އިތުރަށް ރޮށްވަން ހެއްޔެވެ؟ އެކުގައި ވީއިރު ހިޔާނަތްތެރިވެފައި  މިހާރު ކޮން އިންތިޒާރެއް ހެއްޔެވެ؟ މަޑުމަޑުން އޭނާ އާއި ދުރަށް ހިނގަމުން ދިޔަ އައްޔަދަށް ބަލަހައްޓައިގެން ހުރީ ޝަކުވާގެ ނަޒަރަަކުންނެވެ. އެދެމެދުގައި ދެކެވުނު ވާހަކައެއް ނޭނގުނަސް އެމަންޒަރު ދުރުގައި ހުރި ޝިނާނަށް ފެނުނެވެ. އައްޔަދު ދިޔަ މަންޒަރު ބަލަން ހުރި ރިމީޝާގެ މޫނުމައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ވެސް ޝިނާނަށް ރަނގަޅަށް ފެނުނެވެ. ޝިނާންގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ކުޑަކުޑަ އަޅިކުލައިގެ ވެޑިންގް ޑްރެސްގައި ހުރި މިޝްކު އުރާލާފައި ރިމީޝާ ބައްދާލި މަންޒަރު ފެނުމުންނެވެ. މިޝްކު ހީވަނީ ހަމަަ ކުޑަ ރިމީޝާއެއް ހެންނެވެ. އެދެމައިންގެ އެލޯބިވެތި މަންޒަރު ފެނުމުން ޝިނާންގެ ހިތުގައި މީގެ އިރުކޮޅެއްކުރިން އެނބުރެމުން ދިޔަ ކަންތައްގަނޑު މަތިން ހަނދާންނެތުނެވެ.

ރިމީޝާ އާއި ޝިނާން ހުންނަން ހަމަޖެހުނީ އެންމެ ތިރީ ބައިގައެވެ. އަލްވީރާ އާއި އެކުގައި ޖެހިގެން ހުރި ބަޔަށް މިޝްކު ނިދަން ގެންދިޔުމުން މިޝްކު ޝަކުވާ ކުރިއެވެ. ނަމަވެސް އަންޖަލް އާއި ނޫރުލްހުދާ އަދި ނިބްރާސް ކިޔާދިން މަޖާ ވާހަކަތަކުން ރިމީޝާ މަތިން ހަނދާންނެތި ވަރަށް ފަސޭހައިން ނިދަން އެނދަށް އެރިއެވެ.

ކޮޓަރިއަށް ވަނުމަށްފަހު ރިމީޝާ އޭނާ އާއި އެއްހަމައެއްގައި ހުރި ޝިނާނަށް އިސްއުފުލާ ބަލާލިއެވެ. ޝިނާންގެ ތުންފަތްމަތީގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. ރިމީޝާ އިސްޖަހާލިއެވެ.

“ޖެހިލުންވަނީތަ؟” ޝިނާން ރިމީޝާގެ އުނަގަނޑުގައި އަތް އަޅުވާލަމުން އަހާލިއެވެ.

“އާނ…. އެނ؟ ނޫން…. އޯކޭ ހަމަ….” އަވަސް އަވަހަށް ރިމީޝާ ބުނެލިއެވެ.

“ހެހެހެ…. އެބައެނގޭ…. އާދެބަ މަގޭ އުނގުގަ އިށީންނަން” އެނދުގައި އިށީންނަމުން ޝިނާން ރިމީޝާ އަށް ދައުވަތެއް ދިނެވެ. ހިތުގައި ނުތަނަވަސްކަމެއް ވިޔަސް ރިމީޝާ މަޑުމަޑުން ފިޔަވަޅު އަޅަމުން ގޮސް ޝިނާން ކައިރީގައި އެނދުގައި އިށީނދެލިއެވެ.

“އަހަރެން ބުނީ އުނގުގައޭ…” ޝިނާން ރިމީޝާގެ ކަންފަތާއި އަނގަ ކައިރިކޮށްލާފައި ބުނެލިއެވެ. ރިމީޝާ ފުންމައިގެން ތެދުވިއެވެ. ނަމަވެސް ޝިނާންގެ އުނގުގައި އިށީންނާކަށް ނުކެރުނެވެ. ޝިނާންގެ މޫނަށް ބަލަން ލަދުގަނެފައި ހުރީއެވެ. ޝިނާން ރިމީޝާގެ ދެއަތުގައި ހިފާ މަޑުމަޑުން އޭނާގެ އުނގުގައި ބޭންދިއެވެ. އަދި ރިމީޝާގެ ދަތްދޮޅީގައި ފަސް އިނގިލީގެ ކޮޅުން ހިފާ އޭނާ އާއި ވީ ދިމާލަށް އަނބުރާލިއެވެ. އެހިނދު ރިމީޝާ މަޑުމަޑުން އޭނާގެ އެސްފިޔަތައް އުފުލާލަމުން ޝިނާނަށް ބަލާލިއެވެ. ހަމަ އެހިނދުގައި ހަމަ ލަސްލަހުން އެސްފިޔަތައް ތިރިކޮށްލިއެވެ. ހީލާފައި ޝިނާން ރިމީޝާގެ ކޯތާފަތުގައި ތުންފަތް ޖައްސާލިއެވެ.

“ޝިން” ދެލޯމެރިގެން ދިޔަ ވަގުތު ރިމީޝާގެ ދެތުންފަތް ދޭތެރެއިން ޝިނާންގެ ނަން ނިކުމެގެން ދިޔައެވެ. އެހާ ކައިރިން ރިމީޝާގެ މޫނު ފެނުމުން ޝިނާނަށް އިނދެވުނީ އެމޫނަށް ބަލަން ގެއްލިފައެވެ. ރިމީޝާ ދެލޯ ހުޅުވާލިއިރު ޝިނާން އިނީ ސީރިޔަސް ކަމާއެކު އޭނާގެ މޫނަށް ނަޒަރު ހުއްޓާލައިގެންނެވެ. ރިމީޝާގެ ތުންފަތަށް ވެރިވީ ލަދުވެތި ހިނިތުންވުމެކެވެ. ޝިނާނަށް ހަމަހޭވެރިކަންވީ ރިމީޝާ ޝިނާންގެ މޫނަށް ފުމެލުމުންނެވެ.

“ހެހެހެ…. މުށުތެރެއަށް ލިބުމުން ވެސް ހިޔާލީފޮލާ ކެއްކެނީ…. ކީއްކުރާނީ….” ޝިނާން ރިމީޝާ ގަޔާ ދުރުކޮށްލަމުން ދަށްބޮލުގައި ޖަހާލަމުން ބުނެލިއެވެ.

“މިއަންނަނީ” ޝިނާން އިންތަނުން ތެދުވެގެން ގޮސް ހުޅުވާލީ އަލަމާރިއެވެ. ރިމީޝާ އިނީ ޝިނާންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ.

“މީ ރިމީ އަށް އަހަރެންދޭ ހަދިޔާއެއް. އަހަރެން މި އަންނަނީ ފާހާނާ އަށް ވަދެލާފަ. ރިމީ މީތި ކަނޑާނީ އަހަރެން ފާހާނާ އަށް ވަނުމުން. މި ކައިވެނި ދަމަހައްޓަން އަދި ރިމީގެ ހަޔާތުގެ ބައިވެރިއަކަށް ދާއިމީ ގޮތެއްގައި އަހަރެން ބަހައްޓަން ބޭނުމިއްޔާ އަހަރެން ނިކުންނައިރު ރިމީ ހުންނާނީ މި ބޭނުންކޮށްގެން. ހަޔާތުގެ ބައިވެރިއަކަށް މިފަހަރު އަހަރެން އިހްތިޔާރު ތިކުރީ ރިމީގެ މާޒީގެ މަތިން ހަނދާން ނައްތާލުމަށް ބޭނުންވި ބޭސްގުޅައެއް ފަދައިން ދެކުނިއްޔާ މި ހަދިޔާ ބޭނުންނުކުރިޔަސް ހެޔޮވާނެ. އަހަރެން ރުޅިއެއްވެސް ނާންނާނަން. އަދި މަޖްބޫރެއް ވެސް ނުކުރާނަން. ރިމީ ބުނެފިއްޔާ މިހާރު ވެސް ރިމީ މިނިވަން…….” ޝިނާނަށް ބުނަން އުޅުނު އެއްޗެއް ފުރިހަމައެއް ނުކުރެވުނެވެ. ރިމީޝާ ޝިނާންގެ ދެތުންފަތް ދޭތެރޭގައި އިނިގިލި ހުރަސްކޮށްލީއެވެ. އެ އިނގިލީގައި ބޮސްދިނުމަށްފަހު ޝިނާން ރިމީޝާގެ މޫނުގައި ފިރުމާލިއެވެ. އެއަށްފަހު ފާހާނާ އަށް ވަދެގެެން ދިޔައެވެ.

“ހެޔޮކަމުން އޯވަރވެފަ” ހީލަމުން ރިމީޝާ ބުނެލިއެވެ. ނަމަވެސް އެ އަޑެއް ޝިނާނަށް އިވުނު ހެނެއް ހިއެއް ނުވެއެވެ.

 

ހިތްކަކުން ޖަރީކޮށްފައިވާ ލޭ ރަތްކުލައިގެ ކަރުދާހަކުން ޕާރުސަލްކޮށްފައި އޮތް ހަދިޔާ ރިމީޝާ ކަނޑާލިއެވެ. އެތެރޭގައި އޮތް އެތި ފެނުމާއެކު ރިމީޝާގެ މޫނު މައްޗަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ. ރަތްކުލައިގެ ލޭސްފޮތީގެ ކުރުކުރު ނައިޓީ ކޮޅު ފަތުރާލާފައި ރިމީޝާ އެއަށް ބަލާލިއެވެ. އެލައިގެން ޝިނާން ކުރިމައްޗަށް އަރަން ނުކެރޭނޭ ހިތަށް އަރަނީއެވެ. ޝިނާން ފާހާނާއިން ނިކުތުމުގެ ކުރިން އޭގެ ބޭނުން ނުކޮށްފިނަމަ ހަލާކުވާނީ ޝިނާންގެ ހިތޭ ހިތަށް އަރަން ފެށިއެވެ. ރިމީޝާ މަޑުމަޑުން ހެދުން ބަދަލުކޮށްލިއެވެ. ނައިޓީ ގަޔަށް ހެޔޮވަރު ކޮށްލުމަށްފަހު ލޯގަނޑު ކުރިމައްޗަށް ހުއްޓި ބަލާލިއެވެ. ގައިގާ ފޭރާމެއް ހުރި ކަހަލަ އިހުސާސެއް ރިމީޝާއަށް އެ ނައިޓީ ލައިގެން ހުންނަ އިރު ނުކުރެވެއެވެ. އެކަމަކު ވެސް އޭނާ ކޮންމެހެން ވެސް އެ ނައިޓީ ލާން ބޭނުންވެއެވެ. އެހެނީ އެ ކައިވެންޏަކީ އައްޔަދު މަތިން ހަނދާން ނައްތާލުމަށް އޭނާ ބޭނުންކުރި ބޭސްގުޅައެއް ނޫންކަން ޝިނާނަށް ސާބިތުކޮށްދޭން ޖެހެއެވެ. ފާހާނާއިގެ ތަންޑު ނައްޓާލި އަޑު އިވުމާއެކު ރިމީޝާ އަށް ތެޅިގަނެވުނެވެ. ހަށިގަނޑަށް އިތުރު ހަރަކާތެއް ގެނައުމުގެ ކުރިން ފާހާނާއިގެ ދޮރުމަތީ ހުރި ޝިނާންގެ ނަޒަރު އޭނާ އަށް އަމާޒުވިއެވެ. ވަގުތުން ރިމީޝާ އަށް މޫނުގައި ދެއަތް އެޅުނެވެ. އެހާ ނިވާކަން ކުޑަ ގޮތަކަށް ރިމީޝާ ހުއްޓާ ފެނުމުން ޝިނާންގެ މުޅި ހަށިގަނޑުން އެނގުންވެލައިގެން ދިޔައެވެ. ނަމަވެސް އޭނާ ކެތްކުރިއެވެ. ހިއްސުތައް ހަމައަކަށް އަޅުވާލުމަށްފަހު މަޑުމަޑުން ގޮސް ހުއްޓުނީ ރިމީޝާ ކުރިމަތީގައެވެ. ކޮނޑުމަތީގައި އޮތް ހުދު ކުލައިގެ ބޮޑު ތުވާލިން ރިމީޝާގެ ހާމަވާން ހުރި ހިސާބުގައި އޮޅާލިއެވެ. އޭރުވެސް ރިމީޝާ އެހުރި ގޮތަށް ހުއްޓެވެ.

“ލަދުވެތި ތިމޫނު ފޮރުވަން މިހާރު ދެން ނޫޅެބަލަ” ރިމީޝާގެ ކަންފަތްދަށަށް ކުޑަކޮށް ގުދުވެލުމަށްފަހު ވައި އަޑުން ޝިނާން ބުނެލިއެވެ. ރިމީޝާގެ މޫނުމަތިން ދެއަތް ނެއްޓުވީ ޝިނާނެވެ.

“ވަރަށް ހޮޓް ވައިފީ…. ” ޝިނާން ގަސްދުގައި ރިމީޝާ ލަދުގަންނަވާލިއެވެ. ރިމީޝާ އަށް އެއްޗެއް ބުނަން ނުކެރުމުން އެހެން ދިމާލެއް ބަލަން ފެށިއެވެ.

“ވަރަށް އުފާވެއްޖެ މިރޭ. އެނގިއްޖެ ރިމީ ބޭނުންވާގޮތް. އެކަމަކު ކައިވެނި ބާއްޖަވެރި ކުރުމަށްޓަކައި މި ދިރިއުޅުން އަހަރެމެން ފަށާނީ މާތް ރަސްކަލާނގެ އަށް ކުރެވޭ އަޅުކަމަކުން. ރިމީ ގޮސް ތައްޔާރުވެލައިގެން އާދޭ. އަހަރެން މަޑުކޮށްލާނަން” ރިމީޝާގެ ނިތުގައި ބޮސްދެމުން ޝިނާން ބުނެލިއެވެ.

ރިމީޝާ ފާހާނާއަށް ވަދެފައި ނިކުތްއިރު ލައިގެން ހުރީ އާންމުކޮށް ލައި އުޅޭ ކަހަލަ ކަޅު ހެދުމެކެވެ. ހެދުމުގެ ކަރުވަޅު ކައިރިން ނައިޓީގެ ތުނި ފަށް ހާމައަށް ފެންނަން ހުރުމުން ހެދުން ދަށުން އަދިވެސް ނައިޓީ ލައިގެން ހުރިކަން އެނގޭއެވެ. ބޮލުމެދަށް ޖަހާފައި ހުރި ހުޅި ނައްޓުވާލުމާއެކު ނިއުޅުވިގެން ރިމީޝާގެ އުނަގަނޑާއި ހަމައަށް ތިރިކޮށްލިއެވެ. އެ މަންޒަރު ބަލަން ޝިނާން ހުރީ ސޮނި ވެއްޓިފައެވެ. ޝިނާނަށް ހިނިތުންވުމެއް ދިނުމަށްފަހު ހުދުކުލައިގެ ނަމާދު ބުރުގާ މަހާލިއެވެ. އެއަށްފަހު އިމާމުވެ ނަމާދު ފަށަން ތައްޔާރުވަމުން ދިޔަ ޝިނާން ފަހަތުން ހުއްޓުނެވެ. ދެރަކްޢަތުގެ ނަމާދެއް ކޮށްނިމިގެން ދެމަފިރިންވެސް އަތް އުފުލާ ދުޢާ ކުރިއެވެ. ރިމީޝާގެ ބޮލުގައި އަތް އެޅުމަށްފަހު ޝިނާން އަނބިމީހާ އަށް ހެޔޮދުއާ ކުރިއެވެ. ރިމީޝާ މުސައްލަ އޮޅާލާފައި އޭގެ ޖާގައިގާ ބޭއްވާފައި ބަލާލިއިރު ޝިނާން އަދިވެސް ދުޢާ އަށް އަތްނަގައިގެން މުސައްލަ މަތީގައި އިނެވެ. ރިމީޝާ އަލަމާރި ކައިރިއަށް ހުއްޓި ލައިގެން ހުރި ކަޅު ހެދުން ގަޔަށް ދޫ ހުދުކުލައިގެ ގަމީހަކަށް ބަދަލުކުރިއެވެ. ޝިނާން މުސައްލަ އޮޅާލުމުން ހިތްބިރުގަނެފައި ބަލަހައްޓައިގެން ރިމީޝާ އަށް ހުރެވުނީއެވެ.

“ރިމީ އާދެބަ މިތާ އިށީންނަން” އެނދުގައި އިށީނދެލުމަށްފަހު ޝިނާން ބުނެލިއެވެ. ރިމީޝާ އައިސް އިށީނެވެ. ޝިނާން ބަހެއް ނުބުނެ އިންނަން ފެށުމުން ރިމީޝާ ޝިނާންގެ މޫނަށް ބަލާލިއެވެ. ޝިނާން އިނީ ކަޅި ޖަހާވެސް ނުލާ ރިމީޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. ރިމީޝާ ހިނިއައެވެ.

“ދެން ބަހެއް ނުބުނެ ތިބޭނީތަ؟” ޝިނާން އެއްޗެއް ނުބުނުމުން ރިމީޝާ އެންމެފަހުން ބުނެލިއެވެ.

“އަލްހަމްދުލިއްލާހް. ނަސީބެއް. އަހަރެން ހީކުރީ މިކައިވެންޏަށްފަހު ރިމީގެ އަޑު ވެސް ކޮންމެސް ސަބަބަކާއި ހުރެ ގެއްލުނީކަމަށް. އެކަމު މިހާރު ޔަގީންވެއްޖެ” ޝިނާން ސަމާސާ ރާގަކަށް ބުނެލިއެވެ. ރިމީޝާ ހީލަމުން ޝިނާންގެ ބަނޑުގައި ޖަހާލިއެވެ.

“ރިމީ!! އަހަރެންގެ ހަޔާތަށް އައިސްދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން ދުވަހަކު ވެސް ރިމީ ދޫކޮށްނުލާނަން. ރިމީ އަބަދުވެސް ތިގޮތުގައި ހުންނާނަންތަ؟” ޝިނާން ބުނެލިއެވެ. ރިމީޝާ ބޯޖަހާލީ ޝިނާންގެ ދެލޮލަށް ބަލަހައްޓައިގެން އިނދެފައެވެ. އެގޮތުގައި ދެމީހުންގެ މޫނަށް ބަލަހައްޓައިގެން ދެމީހުންނަށް ތިބެވުނީ އިރުކޮޅަކުއެވެ. ޝިނާންގެ ދެލޯ މަޑުމަޑުން ތުރުތުރު އަޅަމުން ދިޔަ ރިމީޝާގެ ރަތްކުލައިގެ ތުނި ތުންފަތަށް ހުއްޓުނެވެ. އެތުންފަތުން އޭނާ އަށް މަރުހަބާ ކިޔާ ކަހަލައެވެ. ކަނާއަތުގެ އިނގިލި ތަކުން ކުޑަކޮށް ހުޅުވިފައި ހުރި ރިމީޝާގެ ތުންފަތުގައި ބީއްސާލުމާއެކު ރިމީޝާ އަށް ދެލޯ މެރިގެން ދިޔައެވެ. ޝިނާން އަށް އެކަން ހިތްވަރަކަށް ވިއެވެ. ހިނދަކަށް ފަހި ހިނދެއް ދެހިތް ކައިރިކުރަމުން ގޮސް މަޑުމަޑުން ރިމީޝާ ގެނެސް ޝިނާންގެ ދެއަތް ތެރޭގައި ހައްޔަރުކޮށްލިއެވެ. ދެހިތުން ދެހިތަށް ބަދަލުކުރަމުން ދިޔަ ހަދިޔާތަކުން ދެހިތް ވެސް މަސްތުކުރުުވަމުން ދިޔައެވެ. ފުރަތަމަ ފަހަރަށް ދެ ހަށިގަނޑު ގުޅިލާމެހިގެން ދިޔަ ވަގުތު ދެހިތް ވެސް އެކަކު އަނެކަކަށް ބަސްމޮށުންތެރިކަމާއި ނުލާ އެތައް ވައުދުތަކެއް ވަމުން ދިޔައެވެ. އެތައް ދުވަހަކަށްފަހު ހަށިގަނޑަށް ލިބުނު އަރާުމުގައި ބެހިގެން ގޮސްފައިވާ ދެހަށިގަނޑަށް ވެސް ލޮޑުކަމެއް އިހުސާސްވެ ވަރުބަލިވެ އެކަކު އަނެކަކު އަތު ތެރޭގައި ތިބެ ކުރިން ދެލޯ މެރިގެން ދިޔައި ކާކަށް ކަމެއް އެކަކަށް ވެސް ބުނާކަށް ނޭނގެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ޔާއިން 12

Next

ޔައިން 13

Next
May 1, 2018

ޔައިން 13

Previews
April 30, 2018

ޔާއިން 12

77 Comments!

  1. Ushaali says:
    April 30, 2018 at 5:36 pm

    salaam all 🙂
    mi bai ves huriha kudhinnah kamudhaane kamah heekuran. next part maadhama. insha allah 🙂 thi huriha kudhin ushaali ah thi dhey support ah hama hithuge emme fun minun shukuruverivan….. luv you all 🙂 🙂 🙂

  2. Lau says:
    April 30, 2018 at 5:36 pm

    Yeyy. This time i got first dhw. Vhk kiyaalafa comment eh kohlaanan

    1. Ushaali says:
      April 30, 2018 at 5:57 pm

      yes mifaharu Lau first…. 🙂

  3. thoo says:
    April 30, 2018 at 5:43 pm

    me second dhw

    1. Ushaali says:
      April 30, 2018 at 6:01 pm

      hmmm… thoo second 🙂

  4. lai says:
    April 30, 2018 at 5:46 pm

    vrh salhi.. anekka ayyadhu aa rimee aa gulhuvan shinaan maraanulaathi

    1. Eleven says:
      April 30, 2018 at 5:48 pm

      I agree with lai

    2. Ushaali says:
      April 30, 2018 at 6:03 pm

      ushaali kuda iru vahaka liyaa iru thigothah hadhany. vahaka ninmaane gotheh neyngigen vahakaige lead dhe myhun maraalany konmes gothakah… bodu vissaara gandegga noony kandah vehttigen…. 😀 😀
      ekamu mi vahaka eheneh nuvaane. nimun annaaru thafaathu gothakah varah reethikoh. insha allah 🙂

    3. miya says:
      April 30, 2018 at 8:36 pm

      Saaaaaame. Pls shinaan aa rimee vaki nukuraathi dhen. Ayyadh doesnt deserve rimee after all he did

  5. Eleven says:
    April 30, 2018 at 5:47 pm

    Varah reethi??

    1. Ushaali says:
      April 30, 2018 at 6:04 pm

      thankyu Eleven 🙂

  6. Araash says:
    April 30, 2018 at 5:50 pm

    Alhey…Ayaa ah rimee dhn nudheythi..Mihaaru stry v salhi…Waiting 4 nxt prt

    1. Ushaali says:
      April 30, 2018 at 6:05 pm

      thankyou Araash 🙂 hingaa kuriah vaan huri goi balan dhw 🙂

  7. Riyaa says:
    April 30, 2018 at 5:52 pm

    Story nimen tha miulhenee USHA v reethi mi part ves waiting for tha nxt part love u ushaa dhoonee❤?

    1. Ushaali says:
      April 30, 2018 at 6:06 pm

      awwwww….. luv you toooo Riyaaa 🙂
      vahaka adhi fudhey varakah baaky eba oi 🙂

  8. ss says:
    April 30, 2018 at 5:58 pm

    shinaan mee hama best. rimee ufaakuray

    1. Ushaali says:
      April 30, 2018 at 6:07 pm

      dhw ss…. shinan emme furathama rimee fenuneessure ves loabivey rimee dheke. ehen v ma shinan ah rimee hahggeh nun dhw 🙂

  9. Liusha says:
    April 30, 2018 at 6:07 pm

    Love it..♡♡♡ dhn ayaa ah rimy nudhehcheyy..plxx..dhn ehn hadhaifiyyaa story hadi vaane! Rimy dhn shin dheke loabi vaagoi hadhaidhyy..plxx…shin deserves rimy more than ayaa..

    1. Ushaali says:
      April 30, 2018 at 6:09 pm

      omg…. liusha…. ushaaly ge ves aslu name…. reethi dhw aharemen dhekudhin ge name 🙂 😀
      lets see dhw dhn huri baithakun vaa goi goi

    2. Liusha says:
      April 30, 2018 at 6:10 pm

      Yaa dhw?

  10. Kiddy says:
    April 30, 2018 at 6:12 pm

    Wow v v v habeys vahaka…… Luv u Ushali….. ?????

  11. aasha says:
    April 30, 2018 at 6:20 pm

    its v nice…awsome story i like it.keep it up ushaali..

    1. Ushaali says:
      April 30, 2018 at 8:24 pm

      thanks aasha 🙂

  12. Mixuhan says:
    April 30, 2018 at 6:29 pm

    Ayyadhu ah rimeesha dheefiyyaa story mulhin hadi vaane…shinaan aa rimeesha yaa gulheny vx ..dhn nudheythi ehn myhakah …i hate ayyadhu ..anyway story hama habeys. ..Kiyaahithun keii nuvey mihaaruvx..

    1. Ushaali says:
      April 30, 2018 at 8:26 pm

      hehehe… ekamu ehaa foohi nuvey ayaa dheke.. ayaa mihaaru rangalhehnu 🙂
      thankyou Mixuhan 🙂

  13. mishy says:
    April 30, 2018 at 6:33 pm

    Wowww…. ushaali… this prt is awesomee…. vrh vrh happy vejje shin nd rimii gulhuniim….. curiously waitin… plxxx avahh up khdhhcheyy….

    1. Ushaali says:
      April 30, 2018 at 8:27 pm

      thankyou mishy… vr happi vehjje thihaa kiyaa hithun ineema… vr avahah gennanan ingey dhn in part 🙂 keep waiting…

  14. shaa says:
    April 30, 2018 at 6:43 pm

    Obiness to the max…….kiya hithun indha mifaharuves nimuneemi very v v reethi…. Shin haadha kehkohfiye dhw natheejaa ves ehaafoni kohdhw mi fenanee

    1. Ushaali says:
      April 30, 2018 at 8:28 pm

      dhw shaa 🙂 meehun buney dhw dhigu
      🙂 inthizaaru ge nimun fonivaaney 🙂

  15. Lau says:
    April 30, 2018 at 7:02 pm

    Alhey. Ushaali hama molhy ey buneveynee. Thi varu ge vhk liyuntheri eh adhi nudheken. Mi part vx v v v v v v reethi. When next part?

    1. Ushaali says:
      April 30, 2018 at 8:31 pm

      awwww… vr happi vehjje thi comment kiyaalaafa. thankyou so much Lau 🙂 next part maadhama insha allah 🙂

  16. Lau says:
    April 30, 2018 at 7:03 pm

    Alhey. Ushaali hama molhy ey buneveynee. Thi varu ge vhk liyuntheri eh adhi nudheken. Mi part vx v v v v v v reethi. When next part??

    1. Ushaali says:
      April 30, 2018 at 8:32 pm

      🙂

  17. shaan says:
    April 30, 2018 at 7:07 pm

    wow salhe ingeyy ☺????

    1. Ushaali says:
      April 30, 2018 at 8:33 pm

      thankyou shaan 🙂

  18. mal says:
    April 30, 2018 at 7:15 pm

    woow ,very nice ingeyy. when is next part??

    1. Ushaali says:
      April 30, 2018 at 8:34 pm

      🙂 thankyou mal. maadhama insha allah 🙂

  19. Shin says:
    April 30, 2018 at 7:17 pm

    Dhen ayyadhu akah magey rimee eh dhookosheh nulaanan. Love u rimee

    1. Ushaali says:
      April 30, 2018 at 8:38 pm

      yes… shin ge hithuga oi gothah thi buny 🙂

  20. swyt says:
    April 30, 2018 at 7:17 pm

    wow it’s awesome story…kiyaa hithun abadhu inthizaaruga indhevènee..keep it up ushaali. luv u dear.

    1. Ushaali says:
      April 30, 2018 at 10:08 pm

      luv you too swyt.. and thanks alot 🙂

  21. Junaa says:
    April 30, 2018 at 7:18 pm

    Vvv salhi

    1. Ushaali says:
      April 30, 2018 at 10:09 pm

      thanks junaa 🙂

  22. Shaa shaa says:
    April 30, 2018 at 7:37 pm

    Wow varah reethi ighey ….dhn shinaan aa rimee aa vaki nukurahchey

    1. Ushaali says:
      April 30, 2018 at 10:10 pm

      thanks Shaa shaa 🙂 lets see dhw kuriah huri kanthahthah 🙂

  23. Reader says:
    April 30, 2018 at 7:49 pm

    Adhivess rimeeshaa loabi vanee hama ayaa dheke ey dhw. Shin aa marry kurias. Keekuraanee dhuvahakuvess rimeeshaa akah nuvisneyne.

    1. Ushaali says:
      April 30, 2018 at 10:11 pm

      noon mihaaru eba visney eh nu rimee ah. rimee hithuga rissany ayyadh fenunyma.
      and thankyu Reader 🙂

  24. Meee says:
    April 30, 2018 at 7:50 pm

    ?????????????????????

    1. Ushaali says:
      April 30, 2018 at 10:11 pm

      🙂 🙂 🙂 :->

  25. Ina says:
    April 30, 2018 at 7:54 pm

    Wow nice

  26. Flower says:
    April 30, 2018 at 7:54 pm

    Shin drama thakeh kulhegen rimee aa marry kuriyas adhives rimeege loaibeh nulibe ehnu.

    1. Ushaali says:
      April 30, 2018 at 10:12 pm

      hehehe… lets see Flower 🙂

  27. lotus says:
    April 30, 2018 at 7:58 pm

    Wow.. v salhi.. writr ah hama saabas.. v molhu…
    alhe dhen hama rimee n aya nugulheyne tha..

    1. Ushaali says:
      April 30, 2018 at 10:13 pm

      thankyu lotus 🙂 konme gotheh viyas mihaaru ethibee merry kurevifa 🙂

  28. Ainy says:
    April 30, 2018 at 8:02 pm

    Varah varah reethi asluves heevanee hama real hen konmedhuvahakuvess busy noonnama vaahakaage been genesdhehchey..

    1. Ushaali says:
      April 30, 2018 at 10:14 pm

      vr try kuran dhuvaalaku parteh geneveytho. ekamu ehen kanthah ves kuran hunnaathy baehy faharu lasvany. vahaka liyumuga heydha kuran jehey vaguthaky vr gina vaguthu 🙂
      and thankyu Ainy 🙂

  29. Nunama says:
    April 30, 2018 at 8:16 pm

    Very nice Waiting for next part please upload next part fast

    1. Ushaali says:
      April 30, 2018 at 10:15 pm

      thankyou and yes… madhama next part 🙂

  30. Aphro grl says:
    April 30, 2018 at 8:19 pm

    Awesome as always ?? ekam v alhaigah thankolheh ebain “dhabbolugai jahaalieve” rangalhu gothaky bolugefukkiba.. kury partakunves fenunu.. rangalhu kollaane kamah ummydhu kuran?

    1. Ushaali says:
      April 30, 2018 at 10:16 pm

      alhey sorry Aphro grl. dhn faharakun liyaany vr visnaigen. abadhu kiyevey goi v ma egothah liyevuny 🙂 and thankyu ekanthah faahaga kolla dhineema 🙂

  31. Fathun says:
    April 30, 2018 at 8:21 pm

    Dhen ayaa ah rimee nudheythi..shinan ah rimeesha haggu….v v reethi

  32. Rimee says:
    April 30, 2018 at 8:43 pm

    Bunan nukerunas.. Love u too shin.. Ummuah..

    1. Ushaali says:
      April 30, 2018 at 10:17 pm

      😀 …. rimee ge role kulhely dhw 🙂

  33. Shai says:
    April 30, 2018 at 9:02 pm

    Haadha vaa reehchey mihira fashuvikameh bunaane ehchehves neygun ?????

    1. Ushaali says:
      April 30, 2018 at 10:17 pm

      🙂 thankyou so much shai 🙂

  34. Lulua says:
    April 30, 2018 at 9:13 pm

    Adhives mishkuge manma aky kobaikan yageeneh nuvey.

    1. Ushaali says:
      April 30, 2018 at 10:19 pm

      alhey Lulua… kurin genessa in partegga innaane vr saafukoh kiyaadheefa. misku ge aslu mamma akee noya ey. noya misku dhookolli goi ves innaane. mishku akee noya and shinan ge dharifulhu. e bai kiyaalaba adhi rangalhah 🙂

  35. Hau says:
    April 30, 2018 at 9:20 pm

    Vaahaka vv reethi???

  36. Inoo says:
    April 30, 2018 at 9:25 pm

    Stry thiothy hama roolha iraa kudhi kohfa…hehe…stry varah fab…waiting 4 the next part♡♡

  37. Hajja says:
    April 30, 2018 at 9:26 pm

    V v molhukujjeh thee story liyan… MAASHAA ALLAH?
    V reethi mi vaahaka gendhaa goiyy… best of luck dear..

  38. Xxxx says:
    April 30, 2018 at 11:06 pm

    Yay.. V nice. Emme fahun shinan ah rimee darling libihjje.. Woow..❤️

  39. Shiha says:
    May 1, 2018 at 12:02 am

    Mihaa riithi thafaathu haadhisaathah himeney vaahakaeh adhi nukiyan varah lobi hama anthariissvaavaruvey varah molhu “Masha Allah”??

  40. KAISHAL says:
    May 1, 2018 at 10:12 am

    wow love you ushaali ur the best……..

  41. Aish says:
    May 1, 2018 at 11:05 am

    Varah reethi. Heevanee dhn ahyadhu edheythereyah fanivahtaane hen

  42. maya says:
    May 1, 2018 at 1:25 pm

    wow.. v habeys …..dhen nudheythi ayyadh ah rimy ..he dont deserve…rimy shin dheke lwbi vaagoih hadhaadhy vvv reethi hama ..luv u ushaali

  43. Lulua says:
    May 1, 2018 at 11:36 pm

    Vaahaka mihaa hisaabah ai iruves mishku ge mamma aky kaakukan yageen kuraakah neyngun. Ehfaharu eii rimeesha ge dhariyekey bunefiyyaa aneh faharu eii noyage bandun vihey dhariyekey ovedhaane. Dhn ovedhaane anehkaa rimeeshaageyey bunefa. Vaanuvaaga mihury adhives….

  44. Ieem says:
    May 10, 2018 at 8:39 am

    Wow?

Comments are closed.

Next Episodeލޯބި ނުވިޔަސް ފިރުމާލަދީ….30←


All Right Reserved!