“ލަޔާލްގެ ކައިރިން ރައްޓެހިވާކަށް އަހަރެން ނާހާނަން…އަހަރެންނަށް ލަޔާލް ފެނުނު ފުރަތަމަ ދުވަހު ވެސް ވަރަށް ކަމުދިޔަ…. ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު ހެކިކޮށް މަށާ އިންނަން އެއްބަސް ވެދާނަންތަ؟” އަހަރެންގެ އަތުގައި ހިފާލަމުން އަކިއަލް އެހެން އަހާލުމާއިއެކީ އުފަލުން ގޮސް އަހަރެންގެ ލޮލުން ކަރުނަ ނީރާލިއެވެ. އަހަރެންގެ ހަޔާތުގައި މިވީހާ ތަނަށްވެސް މީހަކު އިންނަން އަހާފައި ނުވެއެވެ. އަހަރެންގެ ހިތަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ދަތިވުމުން އަކިއަލްގެ ކޮންޑުގައި ބޯ އަޅާލަމުން ކައިވެންޏަށް އާބަސްބުނީމެވެ. އަހަރެންނަށް ނޭނގުނުކަމީ […]
“މަންމީ!! ކޮންތާކު. ހާދަ އަނދިރިއޭ. މިޝްކޮ ވަރަށް ބިރުގަނޭ.. ދިއްލަބަ. ބައްޕީ!! މަންމި އުޅެނީ ތަން ނިއްވާލައިގެން. މަންމީ ބައްޕި ގޮވަނީ ފޯނުން” މިޝްކުގެ ވާހަތަކުން ރިމީޝާ އަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އަނދިރީގެ ތެރޭގައި ހުރި އައްޔަދަށް ބަލާލީ ޝައްކުން ފުރިގެންވި ނަޒަރަކުންނެވެ. ނަމަވެސް އެމޫނުން އެއްވެސް އެއްޗެއް އޭނާ އަށް ނުފެނުނެވެ. އިތުރަށް އެންމެ ހިނދުކޮޅަކަށް ވެސް އެތާ މަޑުނުކޮށް އޭނާ ދުވެފައި ގޮސް ދޮރުމަތީގައި ހުރި މިޝްކު ގޮވައިގެން ކޮޓަރިއަށް […]
“ކޮން ވާހަކަ އެއްދައްކަން؟” ދާނިޝް އަހާލިއެވެ. އޭނާ ރާސިލް އާ ކުރިމަތިލިއެވެ. “މާދަން… މާދަން އަހަރެން މިއުޅެނީ އަންޖުމް އައިލީ އާ ބައްދަލު ކުރަން ގެންދަން” ރާސިލް ފުރަތަމަ އަޅައިގަތަސް ފަހުން ޖުމްލަ ފުރިހަމަ ކޮއްލީ ޔަގީންކަމާއެކުގައެވެ. “އާރ ޔޫ ޝުއާ” ވެރިވި ހައިރާންކަމާއެކު ދާނިޝް އަށް އަހާލެވުނެވެ. “ޔެސް އައި އޭމް… އަންޖު އަބަދު މަންމަ ގެ ވާހަކަ ދައްކާއރު އަހަރެން ހުންނަނީ ދޭނެ ޖަވާބެއް ނޭނގިފަ… އައިލީ ފެނުމުގެ ނަސީބު އަންޖުމް އަށް ވެސް […]
ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެނި ކުރާ ދުވަސް ޖެހިއްޖެއެވެ. މިރޭ އޮންނަ ކައިވެނީގެ ޙަފްލާއަށް ޝާފީ މެންގެ ޢާއިލާއާއި ޝައިމަންގެ ޢާއިލާ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން ދިޔައީ ޝާފީމެންގެ ގޭގައެވެ. ގަޑީގެ ސިކުންތު ކަށި އެނބުރެމުން ގޮސް ވަގުތު ކުޑަތަން ކުރަމުން ދިޔައީ ޝައިމަންގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދެމުންނެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެއޭ ބުނެވެނީ މިހެންވެގެނެވެ. ކައިވެނީގެ ފަހުން ޝިނާންގެ މައިންބަފައިންވެސް ޝާނާމެން ގެއަށް ބަދަލުވުމަށް ޝާފީ ބުނެފައިވާތީ އޭނާ ވަނީ ފުދޭވަރަކަށް ހިތްހަމަޖެހިފައެވެ. […]
އަހަރެންނަށް ހޭލެވުނީ މީހަކު އަހަރެންގެ ގައިގައި ބީހޭ ކަހަލަ އިޚްސާސްއެއް ކުރެވެމުންނެވެ. ހަތަރެސްފައިކޮޅަށް ޖެހުމާއިއެކު ކޮޓަރިތެރެއަށް ވެރިވެފައިވާ އަނދިރިކަމަށް ލޯ ހޭނެން ވަގުތުކޮޅެއް ނެގިއެވެ. ދެލޯ އުނގުޅާލަމުން އެނދުގެ ހެޑްބޯޑުގައި ލެނގިލުމަށްފަހު ބޮކި ދިއްލާލީމެވެ. “ބޮޑުބޭބޭ…” އަހަރެންގެ ހައިރާންކަން އިންތިހާއަށް ދިޔައީ ކޮޓަރި ދޮރުކައިރީ ފުރަގަސްދީގެން ހުރި ބޮޑުބޭބެ ފެނުމުންނެވެ. ބޮކި ދިއްލާލުމާއިއެކީ ބޮޑުބޭބެ އަހަރެންނާއި ދިމާއަށް ބަލާލީ ނުރައްކާތެރި ނަޒަރަކުންނެވެ. މަޑުމަޑުން އައިސް އަހަރެންގެ ކައިރީ އިށީއިނުމަށްފަހު އަހަރެންގެ ދަތްދޮޅީގައި ހިފައި އޮބައިލިއެވެ. ވީތަދުން ވަގުތުން […]
“އަހަރެން އަތުގައި ބޭސްތިއަޅަނީ ކީއްކުރަން . ލޭ ހުސްވެގެން މަރުވެގެން ވެއްޓެންދެން ބެހެއްޓިނަމަ….” ކުއްލިއަކަށް އައްޔަދުގެ ތުންފަތުގައި ރިމީޝާ އިނގިލިތަކުން ބައްދާލިއެވެ. އެވަގުތު ރިމީޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި ބަސްމޮށުންތެރިކަމާއި ނުލާ އެތައް ވާހަކައެއް ދެއްކި ކަހަލައެވެ. “އަޔާ މަރުވަން ނޭދޭ އެތައް ބައެއް ތިބޭނެ. ކުޑަކުޑަ ދަރިއަކު ވެސް އެބައޮތްދޯ” ރިމީޝާ އިސްޖަހާލަމުން ބުނެލިއެވެ. “އަހަރެން ބޭނުމެއްނޫން ދުނިޔޭގައި އުޅޭކަށް. އަހަރެންދެކެ ލޯބިވާ އެކަކު ވެސް ނެތް” އައްޔަދު ބުނެލިއެވެ. ރޮވިފައިވާ އަޑަކުންނެވެ. “ތިހެން […]
ބުނާނެ އެއްޗެއް ނޭންގި ހުއްޓުން އަރާފައި އަހަރެންނަށް ހުރެވުނީއެވެ. އަހަރެން ނުވެސް ދެނެހުރިކަމެއްގައި ޙަޤީގަތް ބަލާލުމެއްނެތި އިބާ އެދިޔައީ އަހަރެން ކުށްވެރި ކޮށްފައެވެ. އިބާގެ އަނގައިން ބޭރުވިކޮންމެ ބަހެއްމެ އަހަރެންގެ ހިތް ފޫއަޅުވަމުންދިޔަ ތީރުތަކެއްފަދައެވެ. އަހަރެން ކިތަންމެ ދެރަވި ނަމަވެސް ހިތާމައިގެ މައްޗަށް ރުޅިވެރިކަން ކުރިހޯދިއެވެ. ދެއަތް މުށްކަވާލާފައި ފަޔަށްލެވުނުހާ ބާރެއްލަމުން ގެޔާއި ދިމާލަށް މިސްރާބުޖެހީމެވެ. ގެއަށްވަދެވުމާއެކު، ޔުނީފޯމާއެކު ސޯފާގައި އޮށޯވެ ބޯމަތީގައި އަތް ބާވާލައިގެން އޮތް އަދުހަމް ފެނި އަހަރެން އެހުރިހާއިރު ހިފަހައްޓައިގެންހުރި ކަރުނަތައް އޭގެ […]
ދަތުރު ވަރުބަލިކަން ހުރުމުގެ ސަބަބުން ކޮންމެ މީހަކުވެސް އިޝާާ ނަމާދު ކޮށްގެން އަވަސްވެގަތީ ނިދާށެވެ. ނިދަން އޮށޯވެ އޮތް އިރުވެސް ކޮންމެ މީހެއްގެ ހިޔާލުގައިވެސް ވަނީ ދަތުރުގެ އެކިއެކި ހަނދާންތަކެވެ. އައިލީން އާއި ޔޫހާން އެކަކު އަނެކަކުގެ ހިޔާލުގައި އޮތް އިރު ރިފްޝާ އާއިި އިފާންވެސް ދިޔައީ އެދެމީހުންގެ ހިޔާލުތަކުން ހިތަށް ހަމަޖެހުން ހޯދަމުންނެވެ. ޔައިޝްއަށް ޝައުނާ އާއި އޭނަގެ އެކިއެކި ކޯޅުންގަނޑުތައް ހަނދާންވެ ހެވޭ ފަހަރުވެސް އާދެއެވެ. ނަމަވެސް ޔާފިއުގެ އަމަލުތައް ހުންނަގޮތް ސިފަވުމާއެކު އޭނަގެ […]
ޝައިމަންގެ ބައްޕަ ހިނިތުންވެލީ ދަރިފުޅުގެ އުފަލަށްޓަކައި މިފަދަ ބޮޑު ކަމެއް އޭނާއަށް ކޮށްދެވޭތީއެވެ. ” ދެން މީ މިދެމަފިރިންގެ ދޮށީ ދަރިފުޅު ޝައިމަން. އަދި ހުންނާނެ އަންހެން ކުއްޖެއް. ޝައިމަންއަށް ވުރެ ކުޑަވާނީ އެންމެ 2 އަހަރު. އެކަމަކު ބައްޕަމެން މާލެ ބަދަލުވުމާއި އެކު ޚަބަރު ލިބުނީ މީހަކާއި އިނދެގެން 2 ދުވަސްނުވެ ފިލައިގެން ދިޔަ ޚަބަރު. ދޯ އަދުހަމް.” އަދުހަމަށް ދޯ އަޅާލަމުން ޝާފީ ބުންޏެވެ. ” ކީއްކުރާނީ ޝާފީ؟ އެއީ މިޒަމާނުގެ ހާލަތު. މައިންބަފައިންނަކީ […]