ބުނާނެ އެއްޗެއް ނޭންގި ހުއްޓުން އަރާފައި އަހަރެންނަށް ހުރެވުނީއެވެ. އަހަރެން ނުވެސް ދެނެހުރިކަމެއްގައި ޙަޤީގަތް ބަލާލުމެއްނެތި އިބާ އެދިޔައީ އަހަރެން ކުށްވެރި ކޮށްފައެވެ. އިބާގެ އަނގައިން ބޭރުވިކޮންމެ ބަހެއްމެ އަހަރެންގެ ހިތް ފޫއަޅުވަމުންދިޔަ ތީރުތަކެއްފަދައެވެ. އަހަރެން ކިތަންމެ ދެރަވި ނަމަވެސް ހިތާމައިގެ މައްޗަށް ރުޅިވެރިކަން ކުރިހޯދިއެވެ. ދެއަތް މުށްކަވާލާފައި ފަޔަށްލެވުނުހާ ބާރެއްލަމުން ގެޔާއި ދިމާލަށް މިސްރާބުޖެހީމެވެ.
ގެއަށްވަދެވުމާއެކު، ޔުނީފޯމާއެކު ސޯފާގައި އޮށޯވެ ބޯމަތީގައި އަތް ބާވާލައިގެން އޮތް އަދުހަމް ފެނި އަހަރެން އެހުރިހާއިރު ހިފަހައްޓައިގެންހުރި ކަރުނަތައް އޭގެ މަޤާމުން ދޫވެ ކޯތާފަތުގައި ބީހެންފެށިއެވެ. އަދުހަމް ބަލާލުމާއެކު އަހަރެން އިސްޖަަހާާލީ ކަރުނަތައް ފޮރުވުމަށްޓަކައެވެ. އޭރު ސިލްމާ ދައްތަ ބަދިގޭގައި އުޅޭ އަޑުއިވެއެވެ. އަދުހަމްއަށް އަހަރެން ރޯތަން ބަލަން ކެތްނުވީ ކަންނޭންގެއެވެ. ތެދުވެގެންއައިސް ބަދިގެއާ ދިމާއަށް ބަލާލާފައި އަހަރެންގެ އަތުގައި ހިފައިގެންގޮސް ކޮޓަރިއަށްވަނެވެ. އަހަރެންވެސް ބަސްއަހާ ކުޑަކުއްޖެއް ފަދައިން އަދުހަމްއާއިއެކު ދިޔައީމެވެ. ” އަހަރެންނަށް އެނގޭ ކީއްވެކަން ތިރޮނީ. އެކަމަކު އަހަރެން ހިއެއްނުކުރަން ނާއްޓެ ތިހާ ދެރަވާނެކަމަކަށް. ” އިސްޖަހާލަމުން އަދުހަމް ބުންޏެެވެ. ” އެކަމް އަދުހަމް ކީއްވެ ތިހެން ކަންތައް ކުރީ؟ އަހަރެންގެ ހިތުގެ ހާލު އެންމެ ރަނގަޅަށް އެނގޭ މީހަކީތީ. އަހަރެން އިބާ އޭ ކިޔައިގެން ދޮގުހެދިއްޔޯ ކިޔާފަ އިބާ އަހަރެންނާ ދިމާއަށް ވަރަށް އެއްޗެހި ކީ. އެކަމް އަހަރެން ކުރިކަމެއްނޫން އެއީ. އެހުރިހާ ވާހަކައެއް އިބާގާތު ދެއްކީ އަދުހަމްއެއްނު. ” ނުރުހިފައިވާ ރާގަކަށް އަހަރެން ބުނީމެވެ. “އަހަރެން އެހުރިހާާ ކަމެއްކުރީ އިބާއަށް ލަނޑެއް ދޭންވެގެން. މިދިޔައަހަރު އަހަރެން އިބާއަށް ޕްރޮޕޯސްކުރީމަވެސް އޭނަ ފޮނިވެފަ އަހަރެންނާ ރައްޓެހިނުވީ. އަހަރެން ނާޝިއުއަށް ހިތްވަރުދީ ހެދިއިރުވެސް ހިއެއްނުކުރަން އެއީ ސީރިއަސްކޮށްވެސް ކުރަންއުޅުނު ކަމެއްކަމަކަށް. އެކަމަކު ތިދެމީހުން ރައްޓެހިވެގެން އުޅޭތަން ފެނުނީމަ އަހަރެން ބޭނުންވީ ތިދެމީހުން ދުރުކުރުވަން. އަހަރެންނަށް ދެރަދީފައި އިބާާގޮސް އުފަލުގަ އުޅޭތަން ދެކޭކަށް އަހަރެންގެ ހިތެއް ނުރުހުން. އެހެންވެ އަހަރެން އެހުރިހާ ކަމެއް ޕްލޭންކުރީ. އަހަރެން އިބާގެ ބެސްޓް ފްރެންޑް ނަޖުލާ ގާތު ބުނީ އިބާާ އުޅެނީ ނަޖުލާއަށް އޮޅުވާލާފަ އޭނަގެ ބީއެފް އާާ ރައްޓެހިވެގެންނޭ. އަދި ވަރަށް ލޯބިވާ ވާހަކަވެސް ބުންޏޭ. އެވާހަކަތައް ކިޔާާދިނީ އަހަރެންކަން ނުބުނުމަށް ނަޖުލާ ލައްވާ ހުވާވެސް ކުރުވިން. ފަހުން އަހަރެން އިބާގާތު ބުނީ އެހުރިހާ ވާހަކައެއް ނަޖުލާގާތު ދެއްކީ ނާޝިއުއޭ. އައިމް ރީލީ ސޮރީ ބަޑީ. އަހަރެންނަށް މިހާރު ވިސްނެއްޖެ އަހަރެންނަށް ކަންތައް މިކުރެވުނީ ރަނގަޅަށްނޫންކަން.” ވޭން އެކުލެވިގެންވާ އަޑަކުން އަދުހަމް އަހަރެންނަށް ކިޔާދިނެވެ. އަދުހަމްގެ ވާހަކަ ނިމުންއިރު އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އަހަރެންނަށް އަދުހަމްދެކެ އިންތިހާއަށް ރުޅިއާދެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އަދުހަމްގެ މޫނުމަތިން ފެންނަމުންދިޔަ މޮޅިވެރިކަމުގެ ސަބަބުން އަހަރެންގެ ހިތް މަޑުކަފަކޮޅަކަށްވިއެވެ. އިރުކޮޅެއްފަހުން އަހަރެން ވާާހަކަ ދައްކަން ފެށީމެވެ. ” އަދުހަމް! އަހަރެމެން ދެމީހުން އުޅެނީ ރައްޓެހިވެގެންނެއް ނޫން. އަހަރެން އިބާދެކެ ކިތަންމެ ލޯބިވިޔަސް އަދިއަދަށްވެސް އިބާ ގާތު އެކަހަލަ ވާހަކައެއްނުދައްކަން. އަހަރެމެން ދެމީހުންގެ މެދުގައި ރަޙުމަތްތެރިކަން ފިޔަވާ އަދި އިތުރު ގުޅުމެއް ނެތް. އަހަރެން އަދުހަމްއަށް މާފްވެސްކޮށްފިން.” އަދުހަމް އައިސް އަހަރެންގެ ގައިގާ ބައްދާލިއެވެ. “އެހެންމީހަކު ނަމަ އަހަރެން މިފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލީމަ މާފް ކިއްކުރަން ، އަހަރެންނާއި ދިމާއަށް ބަަލާވެސްނުލީސް. ވަރަށް ބޮޑަށް ތޭންކްސް. އަހަރެންނަށް މިހާރު ހީވަނީ ބޮލުން ބަރު ހިލަގަނޑެއް ނެގުންހެން.” އަދުހަމް އެހެން ބުނިއިރު ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ. އަހަރެން ހިނިތުންވުމަކުން ފުއްދާލީއެވެ. އަހަރެން ފަހުން އެކަމާ އަޅާނުުލީ މައްސަލަ ހައްތަހާ ބޮޑުވެދާނެތީއެވެ. އަދި އަދުހަމް ބަދުނާމްވުމަށް ނޭދޭތީއެވެ.
************************
އޭގެ ދެތިން ދުވަސްފަހެވެ. އަހަރެން ސެޝަން ނިންމާލާފައި ގެއަށް ދަނިކޮށް އިބާ ވަރަށް މައުސޫމްގޮތަކަށްގޮވާލިއެވެ. އަހަރެން ފަސްއެނބުރި ބަލާލުމާއެކު އިސްޖަހާލަމުން އަހަރެންގެ ގާތަށްއައެވެ. ” ކީއްވެ އަހަރެން އެހުރިހާ އެއްޗެއް ކީ އިރުވެސް އެއްޗެކޭ ނުބުނީ؟ އަދުހަމް ފަހުން އަހަރެންގާތު ބުނި އެހުރިހާކަމެއް އޮޅުވާލައިގެން އަހަރެންގާތު ދޮގުހެދީ އޭނައޭ. އެކަމް ކީއްވެކަމެއްނުބުނި. ވަރަށް ބޮޑަށް ސޮރީ ނާޝިއުގެ އެއްވެސް ކުށެއްނެތި އެއްޗެހިކިޔުނީމަ.” ވަރަށް އަސަރާއެކު އިބާ ކިޔާލިއެވެ. އަހަރެން ހުރީ އަދުހަމް އަމިއްލައަށް އޭނާކުރި ކަންތައްތައް އިބާާޔަށް ކިޔާދިން ވާހަކަ ބުނުމުން ޤަބޫލުކުރަންވެސް ދަތިވެފައެވެ. އިބާގާތު އެކަމާމެދު މާބޮޑަށް ނުވިސްނުމަށާއި އަހަރެންގެ ހިތް ހަމަ ސާފުކަމަށްބުނެ ގެއަށް ދިޔައީމެވެ. ގެއަށްގޮސް އަދުހަމްއާއި ސުވާލުކުރުމުން ބުނީ އޭނާާ މިހާރު ބޭނުންވަނީ އަހަރެންނާއި އިބާ ގުޅެން ކަމަށެވެ. އަދި އަހަރެން އިބާދެކެ ލޯބިވާ ވާހަކަ ނުބުނީ ޙުދު އަހަރެން އިބާ ގާތު އެވާހަކަ ބުނުމަށް ފުރުސަތުދިނުމަށްކަމަށެވެ. އަހަރެންނަށް ހީވީ ދެއީދު އެއްފަހަރާ ލައިގަން ހެންނެވެ. ވީ އުފަލުންގޮސް އަދުހަމްގެ ގައިގާާ ބައްދާލީމެވެ. އެވަގުތު އަދުހަމް އަހަރެންގާތު ބުނީ އަދަބީ ބަހެކެވެ. ” ވެހޭތާ ފެންނަގާށެވެ” އަދުހަމް އެބުނީ އިބާ ހާސިލުކުރެވެންއޮއްވާ އަވަހަށް ލޯބިވާ ވާހަކަ ބުނާށޭކަން ވިސްނުމާއެކު އަހަރެން ހިނިތުންވެލަމުން ބޯ ޖަހާލީމެވެ. ކުރިއަށް އޮތީ އޯލެވެލް އިމްތިޙާނަށްވުމާއެކު އަހަރެން ނިންމީ އޭގެ ފަހުން އިބާގާތު ބުނާށެވެ. ކުޑަދުވަސްކޮޅަކަށް އަހަރެންގެ ސިކުނޑިން އިބާ އެއްފަރާތްކޮށްލާާ ކިޔެވުމައިގެން އުޅުމަށް ވިސްނި ނަމަވެސް އަހަރެންގެ ހިތުގައި އިބާގެ ނަން ވަނީ ފަނޑުވުމެއްނެތި ރަން އަކުރުން ފެވިފައެވެ.
****************************
އޯލެވެލްގެ ނަތީޖާ ލިބިއްޖެއެވެ. އެތައް ރެއެއްގެ އަރާމުނިދިކޮޅު ޤުރުބާންކޮށް ހިތްވަރާއިއެކު ކުރި މަސައްކަތުގެ ނަތީޖާ ނުހަނުފޮންޏެވެ. އަހަރެންނާއި އިބާ އަދި އަދުހަމްވެސް ރާއްޖޭގެ ގަދައެކެއްގައި ހިމެނުނެވެ. މަންމަމެން ދެކެމުންދިޔަ ހުވަފެންތަކުގައި ކުލަޖައްސާދީ ޙަޤީގަތަކަށް ހަދާދެވުމުން ހިތަށްލިބުނު އުފާވެރިކަން ބަޔާންކުރަންވެސް ދައްޗެވެ. އިމްތިޙާނަށްފަހު ރަށަށްގޮސް އަހަރެން މާލެ އައީ އިނާމުދިނުމުގެ ރަސްމިއްޔާތަށެވެ. މާލެއަށް އާދެވުމާއެކު އިބާޔާ ބައްދަލުވާން އުޅޭކަން ހަނދާންވުމާއެކު ހިތް އުފަލުން ނަށާލިއެވެ. އަހަރެން އިންތިޒާރުކުރަމުންދިޔަ ވަގުތުޖެހޭކަށް ދެން މާކަ ގިނައިރެއްނެތެވެ. އަހަރެން ރާވައިގެންހުރިގޮތަށް މާލެ އައުމަށްފަހު އިބާ ގާތު ބައްދަލުކުރަން ބޭނުން ވާހަކަ ބުނީމެވެ. ހަވީރު ހަތަރެއްޖަހާއިރު ރަސްފަންނަށޭ ބުނިއިރު ހިތް ތެޅެމުންދިޔަލެއް ބާާރުކަމުން ހީވަނީ މޭފަޅާފައި ނުކުމެދާނެހެންނެވެ. ވަގުތުން އިބާ ދާނަމޭ ބުނެލިއިރު އޭނަގެ އަޑުންވެސް އުފާވެފައިހުރިވަރު ފާހަގަވިއެވެ.
ހަވީރު ހަތަރެއްޖަހަންދެން އަހަަރެންނަށް ކެތްކުރެވޭވަރެއްނުވިއެވެ. ތިންގަޑިބައިވިއިރު އަހަރެންހުރީ ރަސްފަންނުގައެވެ. އަހަރެން ވިސްނަމުންދިޔައީ އިބާގާތު ލޯބިވާ ވާހަކަ ބުނާނެ ގޮތަކާދޭތެރޭގައެވެ. އެހެން ހިތަށް އެރުމާއެކުވެސް އަހަރެންގެ އަތްފައި ފިނިވާންފެށިއެވެ. ފެންވަރާލައިފެން އައި ނަމަވެސް މޫނުމަތީގައި ދާތިކިތައް ބަބުޅަންފެށީ ހާސްވާގޮތްވުމުންނެވެ. އަހަރެން އެވިސްނުމުގައިހުއްޓާ ހަތަރެއްޖަހާ ބޮޑުވެއްޖެއެވެ. ކެތްތެރިކަމާއެކު އަހަރެން ވަގުތުތައް ގުނަމުންދިޔައީ އިބާގެ އިންތިޒާރުގައެވެ. އަހަރެންގެ ކެތްތެރިކަން ކޮޅުންލީ ފަހެއްޖަހައިގެން ދިޔަ އިރުވެސް އިބާގެ ހަބަރެއް ނުވުމުންނެވެ. އަހަރެން ކުޑަކޮށް ރުޅިއައެވެ. އިބާ އެގޮތަށް ކަންތައް ކުރާކަށް ނުޖެހޭނެއެވެ. އަންނަން ބޭނުންނުވާނަމަ ރީތިކޮށް އަހަރެންގާތު އެވާހަކަ ބުނިނަމަނޫންހެއްޔެވެ. ހިތާހިތުން އަހަރެން ކުދިކިޔާލަކިޔާލަ އިންދާ އަދުހަމްގެ ފޯނެއް އައެވެ. ވެފާހުރި ފޫއްސެއްގެ ބޮޑުކަމުން އަހަރެން ފޯނުނަގާ ބާރުބާރަށް ” ހަލޯ” އޭ ބުނީމެވެ. އެކޮޅުން ޖަވާބެއް ނައުމުން އަހަރެންގެ ރުޅިގަނޑު ވީއިތުރެވެ. ” އި..އި..އިބާ އެކްސިޑެންޓެއްވެގެން ހޮސްޕިޓަލަށް ގެންގޮއްސި. އަހަރެން އާނިފްމެންގެއަށް ދަނިކޮށް ފަހަތުން ބާރު އަޑުފައްގަނޑެއް އިވިގެން ބަލައިލިއިރު ކާާރެއްގައިޖެހި އިބާ ވިއްސައިގެން ދިޔަތަން ފެނުނީ. އަހަރެން ވަގުތުން އެމްބިއުލާންސް އަށް ގުޅިން. އެކަމަކު އިބާއަށް އޮތީ ވަރަށް ބޮޑުވަރުވެފަ. ” އަދުހަމްގެ ވާހަކަ ނިމުމާއިއެކު އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލަ އިހްސާސެއް ކުރެވިގެންދިޔައެވެ. ގައިހުރި ބާރެއްލާފައި ދުވަމުންގޮސް އަހަރެން ހޮސްޕިޓަލަށްވަނީމެވެ. އޭރު އޮޕަރޭޝަން ތިއޭޓަރުގެ ބޭރުގައި އަދުހަމް ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭރު ހުއްޓުމެއްނެތި ރޮވެމުންދިޔަ އިބާގެ މަންމަގެ ގައިގާ ހިފަހައްޓާލައިގެންހުރި އިބާގެ ބައްޕަގެ ދެލޯވެސްވަނީ ފެންކަޅިވެފައެވެ. ތެޅިތެޅި އޮތް ހިތަކާއިއެކު އަހަރެން އަދުހަމްގެ ގާތަށް ދިޔައީމެވެ. އަދުހަމް އަހަރެންގެ ކޮނޑުގައި ހިފާލަމުން ބޯޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނެއޭ ބުނާ ފަދައަކުންނެވެ. ކެތްތެރިކަމާއެކު މަޑުކޮށްލައިގެން ހުރިއިރު އެތަނުގައި ހޭދަވި ކޮންމެ ސިކުންތެއްމެ އަހަރެންނަށް ޤަރުނެކޭ އެއްވަރެވެ. ޑޮކްޓަރު ނުކުތުމާާއިއެކު އަހަރެމެން އެންމެންނަށް އެދިމާއަށް ދުއްވައިގަނެވުނީ އެއްފަހަރާއެވެ. ” އައިމް ސޮރީ. ވީ ކުޑުންޓް ސޭވް ހާރ” އިސްޖަހާލައިގެންހުރެ މަޑުމަޑުން ޑޮކްޓަރު ބުނެލި ޖުމްލައިން އަހަރެންގެ ދުނިޔެ އެފުންމިފުށަށްޖެހުނު ކަހަލައެވެ. ހުރިތަނަށް ތިރިވެވުނުއިރު އެހެން އެންމެން އަޑުން އަޑުނަގާ ރޮމުންދިޔައެވެ. ގަބުވެފައި އިން މީހަކު ފަދައިން އަހަރެން އިންއިރު ރޯންވެސް ހަނދާންނެއްކަހަލައެވެ. ކުރަމުންދިޔަ ދިގު އިންތިޒާރު ނިމުމަކަށް އަންނަން ދެތިން މިނެޓަށްވެފައި އޮއްވާ މިވީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހަޔާތަށް މިފަދަ ބޮޑު ހިތާމައެއް މިއައީ އަހަރެންގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ؟ އެތައް އިރެއް ވަންދެން އެހެން އިނުމަށްފަހު އަހަރެން އެތެރެއަށް ވަނީ އަހަރެންގެ ފުރާނަފަދަ ލޯބިވާ އަންހެންކުއްޖާގެ މޫނު ފަހުފަހަރަށް ދެކިލުމަށެވެ. އެތެރެއަށްވަނުމަށްފަހު އަހަރެން އިބާއަށް ފަރުވާތެރިކަމާއެކު ބަލާލީމެވެ. ހަށިގަނޑުގައި ފުރާނެތް އިރުވެސް އެމޫނުމަތިން ފެންނަ މައުސޫމްކަމަކަށް އެއްވެސް ބަދަލެއް ނާދެެެއެވެ. އަހަރެން މަޑުމަޑުން އިބާގެ އަތުގައި ހިފާލީމެެވެ. އެވަގުތު އެއަތުތެރޭގައި ބޮނޑިކޮށްލާފައި އޮތް ކަރުދާސްކޮޅެއް ވެއްޓުނެވެ. އަހަރެން މަޑުމަޑުން އޭގައިވާ އިބާރާތްކޮޅު ކިޔާލީމެވެ. ” ނާޝިއު. އަހަރެން ނާޝިއު ދެކެ ވަރަށް ލޯބިވެ. ފުރަތަމަ ފެނުނު ދުވަހުންސުރެންވެސް އަހަރެންގެ ހިތުގައި ނާޝިއުއަށްޓަކައި ހާއްސަ މަޤާމެއް ދެވުނު. ކިތަންމެ ފަހަރަކު ބުނަން އުޅެފައިވެސް ނާޝިއުގެ ހިތުގައިވާ އެއްޗެއް ނޭންގޭތީ އަހަރެންނަށް ފަސްޖެހެވެނީ. ކުރިމަތީގައިހުރެ ބުނާާނެހާ ހިތްވަރު ނެތުމުން މިއަދު އަހަރެން ނާޝިއުއަށް އަހަރެންގެ ހިތުގެ ހާާލު މިއަންގައިދެނީ މިކަރުދާސްކޮޅުގެ ޒަރިއްޔާއިން. އަހަރެންގެ ލޯބި ޤަބޫލުކުރާނެކަމަށް އުންމީދުކުރަން.” އަހަރެންނަށް އަޑުން އަޑުނަގާ ރޯންފެށުނެވެ. މޭގައި އަތް އަޅާލެވުނީ ހިތަށްކުރަމުން ދިޔަ އަސަރަށް ކެތްނުވުމުންނެވެ. އެއަޑެއް އަހާލުމަށްޓަަކައި ކެތްމަދުވެފައިވަނިކޮށް އިބާ މިދުނިޔެ ދޫކޮށް އެދިޔައީ އަހަރެންގެ ހިނިތުންވުންވެސް ހިފައިގެންނެވެ. އަހަރެންނަކަށް ދެން ދުވަހަކުވެސް އުފަލެއް ނުލިބޭނެއެވެ. ދުނިޔެމަތިން މުޅިންފޫހިވެއްޖެއެވެ.
މަޑުމަޑުން ހިނގަމުން އަހަރެން ގެއާއި ދިމާލަށްދިޔައިރު އުޑުމަތީގައި ރަތް ވިލާތައް ގިނަވެއިރުއޮއްސުމުގެ އަލާާމާތްތައް ފެންނަން ފަށައިފިއެވެ. އަހަރެން ހުރިގޮތް ފެނިއްޖެ ކޮންމެ މީހަކުމެ ހައިރާންވާނެކަން ޔަޤީނެވެ. މޫނުމަތި މިލާ މޯޅިވެފައިވާއިރު ރޮއިރޮއި ދެލޯ ވަނީ ދުޅަވެފައެވެ. ވަކި ހިސާބަކަށް އަރާފައި އަހަރެންގެ ހަރަކާތްތައް ގަނޑުވިއެވެ.
” ވަކިވެދިޔަޔަސް އަދުމިދުނިޔޭން ސޫރަަތީ މިހިތުން ނުދާނޭ ތިޔަހަނދާންތައް އާވެއާލާ މިހިތުގައި އަބަދަންމެ ވާނޭ އެކަނިވެރިވީ ހަޔާތުން ދެން ތިޔަ ލޯތްބެއް ނުލިބޭނޭ ”
ގެއެއްގައި އަޑުހަރުކޮށްޖަހަމުންދިޔަ ލަވައިގެ ކޮންމެ ކަޑިއެންމެ ހީވަނީ އަހަރެންގެ ހަޔާތާ އަމާޒުކޮށްފައި ވާހެންނެވެ. އަހަރެންގެ ހިތުގެ ގޮވުން ކަންފަތާއި ހަމައަށް އައި ކަހަލައެވެ. އަހަރެން ކުރިޔަށް ފިޔަވަޅެއްއެޅީ މިހަށީގައި ފުރާނަ ހުރިހާ ހިނދަކު އިބާއަށްޓަކައި މިހިތުގައިވާ ލޯތްބަށް ކުޑަވެސް ފަނޑުކަމެއްވެރިވެނުދިނުމަށްޓަކައި ހިތުގެ އެންމެ އަޑިން ވައުދުވަމުންނެވެ.
….. ނިމުނީ…….
28 Comments!
Comments are closed.



Me first
Story vv reethi?❤?
Thanks
This is the last part. Hope all the readers like this part
Masha allah. V reethi.? Can’t wait fr the next story . ??
Thanks
no one. v v v reethi ingeyy hama hevanee asluhen ☺???????❤?????
Thanks
Masha Allah….vrh salhi story..??
Thanks
Thihaa riithi story eh dhen nukyeyne vvvvvv riithi maasha allah
Wowww.. no onee… this is an amazing strii… curiouslii waitinnn 4 ur new striii…ly… ♥♥♥♥♥♥♥♥♥♥♥
Maa sha Allah… vrh furihama.. vrh vrh vrh reethi.. Nxt story eh avahah genesdhehchey… Gud luck!!! 🙂
Thank u… Insha allah varah avahah ehn story eh upkohla dheynan
Neyge bunaane ehcheh ves ….varah reethi mi part ves…..waitting for next part ….keep it up ….???????
Oh thank u but this is the last part
So touching?
❤V reethi❤
V.V.V salhi…Waiting for next story
Oh thanks vaahaka kiyaali hurihaa kudhinnahvx
Haadha dhera vehjeyeah mi part kiyaafa n story hama v obi
Awwn thanks. Sad ending eh vma dhw
Ya
Heekuri gothakah noon nimmaalaafa thi iny..stry varah reethi
Crying
Alhey mi story nimunii tha ?????
Yes mixa .. ekm ehn story eh up kohladheynan vr avahah.. insha allah
its very very nice
Hama ashko ah roenee??????????????
Thank you ashko vaahaka kiyaalyma