Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބާ ދުރަށް (5)

Nanni Level 210 Stories100 Comments100 Login
May 9, 2018 2 Mins Read
26 Comments

ޝައިމަންގެ ބައްޕަ ހިނިތުންވެލީ ދަރިފުޅުގެ އުފަލަށްޓަކައި މިފަދަ ބޮޑު ކަމެއް އޭނާއަށް ކޮށްދެވޭތީއެވެ.

” ދެން މީ މިދެމަފިރިންގެ ދޮށީ ދަރިފުޅު ޝައިމަން. އަދި ހުންނާނެ އަންހެން ކުއްޖެއް. ޝައިމަންއަށް ވުރެ ކުޑަވާނީ އެންމެ 2 އަހަރު. އެކަމަކު ބައްޕަމެން މާލެ ބަދަލުވުމާއި އެކު ޚަބަރު ލިބުނީ މީހަކާއި އިނދެގެން 2 ދުވަސްނުވެ ފިލައިގެން ދިޔަ ޚަބަރު. ދޯ އަދުހަމް.” އަދުހަމަށް ދޯ އަޅާލަމުން ޝާފީ ބުންޏެވެ. ” ކީއްކުރާނީ ޝާފީ؟ އެއީ މިޒަމާނުގެ ހާލަތު. މައިންބަފައިންނަކީ މުޙިއްމު ބައެއް ނޫން. އަހަރެމެންގެ ބަދުނަސީބު އެއީ އެކަންތައް ގަނޑު ހިނގި އިރު މިދަރިފުޅު އެތާ ނެތްކަން. ޝައިމަން އޭރު މުހިއްމު ކަމަކު ވިލިނގިލީގަ ހުރީ. މިހާރު ހިތައް އަރާ ވަލީނުދެވުނު ނަމައޭ. ވަލީ ނުދިން ނަމަވެސް ގޯސް ވާނީ އަހަރެމެން. އެގޮތް ނޭދޭތީ ވަލީ ދިނީ. އިނދެގެން ދެދުވަސް ނުވެ ފިލައިފި. އަހަރެމެން ނުރުހޭތީއޭ ކިޔާފަ” ” ބައްޕާ! ދެން އެވާހަކަ ހުއްޓާލާ. ވީ ކަމެއް ނުވާ ކަމަކަށް ނުހެދޭނެ.” އަދުހަމްގެ ލޯ ކަރުނައިން ފުރުންތަން ފެނި ޝައިމަން ބުންޏެވެ. ތެދެކެވެ. ރިފާވަނީ މީހަކާއި އިނދެގެން ފިލާފައެވެ. އުޅެނީ ކޮންތާކު ކަމެއް ދުނިޔޭގަ ހުރިކަމެއް ނެތްކަމެއްވެސް ޝައިމަންއަކަށް ނޭނގެއެވެ. އިނީ ކާކާ ކަމެއްވެސް ޝައިމަންއަކަށް ހަމަހިލާ ނޭނގެއެވެ. އެއީ ބެލުން މުހިއްމު ކަމެއްގެ ގޮތުގައި އޭނާވެސް ނުދެކެއެވެ. އޭނާ ދެކޭ ގޮތުގައި މައިންބަފައިން ދޫކޮށްފައި ދާނީ ވަރަށް ހިތްހަރު، ރަހުމުކުޑަ، ގޮތެއް ފޮތެއްނެތް މީހެކެވެ. އެއީ ތުއްތު އިރުއްސުރެ ލޯތްބާއިއެކު ބަލާބޮޑުކުރީތީ ދޭންޖެހޭނެ ބަދަލެއްނޫނެވެ.

” ބައްޕަ ދަރިފުޅާއީ ޝައިމަންގެ ޢާއިލާއާއި މިބައްދަލުކޮށްލީ ދަރިފުޅުގެ މުސްތަޤްބަލަށްޓަކައި ބައްޕަ ތިދެކުދިންގެ ކައިވެނި ހަމަޖެއްސި ވާހަކަ ބުނެލަން. މީހަކާއި ނީނދެ މާ ގިނަ ދުވަހު ހުންނަންވަންޏާ ކަމަކު ނުދާނެ. ފާފައަކަށް އަރައިގަނެވިދާނެ. އެހެންވީމަ ތިދެކުދިންގެ ޚިޔާލަކީ ކޮބާ؟” ޝާފީ މިދެއްކި ވާހަކައިން ޝާނާ އިނީ ހަމަ އަޖައިބުވެ އަންތަރީސް ވެފައެވެ. މިހާބޮޑު ނިންމުމެއް ނިންމި އިރު އޭނާ ކައިރި ބުނެވެސް ނުލުމުންނެވެ. ނަމަވެސް އެދެމަފިރިންގެ އުފަލަށްޓަކައި އޭނާ މިކައިވެނި ކުރާނެއެވެ. އެއަށްފަހު ޝައިމަންއާއި ވާހަކަދައްކާނީއެވެ.

ޝައިމަންއާއި ޝާނާގެ އެއްވެސް އުޒުރެއް ނެތުމުން ވީހާވެސް އަވަހަކަށް ކައިވެނި ކުރަން ނިންމިއެވެ. ޝާނާ ހިތާއި ދެކޮޅަށް ނިންމި ނިންމުމެއްކަމުން އޭނާ އެފަލެއްނުވެއެވެ. އޭނާ ލޯބިވަނީ ފިޔާމް ދެކެއެވެ. ނަމަވެސް އެލޯތްބަށްޓަކައި އޭނާގެ މައިންބަފައިން ދޫކޮށް މައިންބަފައިންގެ އެމާތް ލޯތްބާ ދުރަށް ދާކަށް އޭނާ ނޭދެއެވެ. ނަމަވެސް ފުރަތަމަ ޖެހޭނީ ހުރިހާ ކަމެއް ކުރުމުގެ ކުރިންވެސް މައިންބަފައިން އިސްކުރާށެވެ. ޝައިމަންގެ ކޮއްކޮ ކަންތައްކުރި ގޮތަށް މައިންބަފައިންނާއި ދޭތެރޭ ކަންތައް ކުރާކަށް އޭނާ ނޭދެއެވެ.

ރިފާ އޮތީ ފިޔާމްގެ އުނގުގައި ބޯ އަޅައިލައިގެންނެވެ. ހުއްޓުމެއްނެތި އެލޮލުން ކަރުނަ އޮހޮރެއެވެ. ފިޔާމް ވީ ކީއްތޯ އެހުމުން ބުނަނީ އެއީ ދޮންބެއާއި މަންމަމެން މަތިން މާބޮޑަށް ހަނދާންވަނީ ކަމަށެވެ. ފިޔާމަށް ވަނީ ރިފާގެ މައިންބަފައިންނާއި ބައްދަލުވެފައެވެ. ނަމަވެސް ރިފާގެ ދޮންބެއާއި ދިމާވާ ގޮތް ނުވީ އެދުވަސްކޮޅު އޭނާ ރަށުން ބޭރުގައި ހުރުމުންނެވެ. ރިފާގެ ވާހަކަތަކުން އެއީ ފުލުހެއްކަމާއި އޭނާގެ ނަމަކީ ޝައިމަންކަން އިނގިގެން ދިޔައެވެ. އެހެން ނަމަވެސް ފިޔާމް ކިޔާ ކިޔާވެސް ޝައިމަންގެ ފޮޓޯ އެއްހާ ހިސާބުވެސް ދައްކާކަށް ރިފާ އެއްބަހެއް ނުވިއެވެ. ހުރިހާ ކަމެއް ހަމައަކަށް އެޅުމުން ބައްދަލުކުރުވާނަން ކަމަށް ބުންޏެވެ. އެހެން ކަމުން ފިޔާމްވެސް އިތުރަކަށް އެކަން ކުރާކަށް މަސައްކަތެއް ނުކުރެއެވެ. އެއަށްވުރެ އޭނާ ރިފާ ދެކެ ލޯބިވެއެވެ. ރިފާގެ ވިސްނުން ހުރީ އަދިވެސް މިއަދުވީ ކަންތަކާއި ދިމާލުގައެވެ.

މަގުމަތިން ހިނގާފައި ދަނިކޮށް ފިޔާމްގެ ގައިގައި ޝައިމަން ޖެހިފައި ޝައިމަން ވެއްޓުނެވެ. ރިފާއަށް ޝައިމަން ފެނުމާއި އެކު އަނެއް ފަރާތަށް އެނބުރިލީ ޝައިމަންއަށް ފެނިދާނެތީއެވެ. ކިތަންމެ ހިތް އެދުނަސް ގޮވާލާކަށް އޭނާއަކަށް ނުކެރޭނެއެވެ. ފިޔާމްގެ ރުޅިގަނޑު ހުންނަ ގޮތުން ޝައިމަންއަށް ގޮތެއް ހަދާފާނެތީވެސް އޭނާ ހުރީ ބިރުން ތުރުތުރުލައެވެ. ނަސީބަކުން މަޢާފުކުރާށޭ ބުނެފައި ޝައިމަން ދިޔައެވެ. ރިފާއަށް މައި ނޭވާއެއް ލެވުނީ ބޭއިޚްތިޔާރުގައެވެ. ވާނީވެސް އެހެންތާއެވެ. ފިރިމީހާގެ ލޯތްބަށްޓަކައި އޭނާވަނީ މައިންބަފައިންގެލޯތްބާއި ވަރަށް ދުރަށް އާދެވިފައެވެ. މިފަދަ އެތަކެއް ތަފާތު ޚިޔާލުތަކުގައި ރިފާ އޮއްވައި ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގެއެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެނި ކުރާ ދުވަސް ޖެހިއްޖެއެވެ. މިރޭ އޮންނަ ކައިވެނީގެ ޙަފްލާއަށް ޝާފީ މެންގެ ޢާއިލާއާއި ޝައިމަންގެ ޢާއިލާ، އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން ދިޔައީ ޝާފީމެންގެ ގޭގައެވެ. މިކައިވެނީގެ ޙަފްލާއަކީ ހަމައެކަނި ދެފަރާތުގެ ޢާއިލާއާއި ރަޙުމަތްތެރިން ބައިވެރިކޮށްގެން ފާހަގަ ކުރެވޭ ކުޑަ ޙަފްލާއަކަށްވީ ނަމަވެސް މުޅިތަންވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްފައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (29)

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 4

Next
May 9, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 4

Previews
May 8, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (29)

26 Comments!

  1. Fai says:
    May 9, 2018 at 9:11 am

    Haadha kurey but v reethi

    1. naf nanni says:
      May 9, 2018 at 10:11 am

      Thn q fai. v gothaky bxy kh ulhemun vs up kollan beynun v readers maayoos nukollan vgn

  2. Shiman says:
    May 9, 2018 at 9:12 am

    Me first

    1. naf nanni says:
      May 9, 2018 at 10:11 am

      hahah unfortunately its second

  3. Zoya says:
    May 9, 2018 at 9:15 am

    Hama bala balaa hihtaa thi up kohlee
    Varh reethi
    Ekamu haadha kurey

    1. naf nanni says:
      May 9, 2018 at 10:12 am

      Thn q Zoya

    2. Reena says:
      May 17, 2018 at 3:43 pm

      Yap aslu ves
      Varah kuru
      Ekam v v reethi❤❤

  4. neelaa says:
    May 9, 2018 at 10:23 am

    Dhera vaa varah kuru ekm vx dhn OK up kollyma v happy thnkx…Ava’s avaha up vas stories than me kiyan fashany vx

  5. naf nanni says:
    May 9, 2018 at 12:23 pm

    yh. i knw maalasvanyrr readers bored vaanekan.ehnve kuru kh vs upkolly.next part vrh dhigu vaane insha allah

  6. Aish says:
    May 9, 2018 at 12:35 pm

    Mee kohme partakah eh fotoeh laaba

    1. naf nanni says:
      May 9, 2018 at 12:49 pm

      kihineh v?undhagu vanythr?

    2. Someone says:
      May 9, 2018 at 4:27 pm

      Asluves it is not nice ehaa avahah photo change kuryma. Mulhi story ah one photo select kohffa e photo eh laaba. Mi ve hiyaaleh

  7. Aesh says:
    May 9, 2018 at 12:52 pm

    Vrh reethi.. Maa sha Allah… ❤️❤️?❤️❤️ 10 ga ehaa bxy koh kiyevumaigen ulhemun ves mi episode up kohladhinyma vrh ufaa vehje.. ?☺️ Vrh reethi vaahaka.. Hama superb!!!! ????? dhn oiyy bai kon irakun??

    1. naf nanni says:
      May 9, 2018 at 1:53 pm

      sry bt m nt in 10. skool nimijje. lol. young kh nimmaaly. btw thn q Aesh

  8. Shafa says:
    May 9, 2018 at 1:11 pm

    Vv reethi mi part..this is the first time I’m commenting this story..guy luck and waiting for the next part..?❤?

    1. naf nanni says:
      May 9, 2018 at 1:53 pm

      Thnk u alot Shafa.

  9. Aish says:
    May 9, 2018 at 1:13 pm

    Nooney udagoo vaneekeenoo kohme partakah vaki fotoeh laathee

    1. naf nanni says:
      May 9, 2018 at 1:54 pm

      owkeii.. so kuriah oiithaanga rangalhu kollaaanan.Thn q Aish for the suggestion

  10. rrrrraaa says:
    May 9, 2018 at 1:50 pm

    It is good but than kolhehkuru love the stry

    1. naf nanni says:
      May 9, 2018 at 1:55 pm

      Thn q alot “rrrrraaa”

  11. thaara says:
    May 9, 2018 at 2:41 pm

    wowwwwwoowwww! vvvvvv reethi but maa kuri.

    1. naf nanni says:
      May 9, 2018 at 2:49 pm

      Thnk u. Next part dhiguvaane insha allah. keep waiting

  12. Naju says:
    May 9, 2018 at 4:25 pm

    Alhey naf haadha varah kahshey thi pic change kurany ????? n story hama v salhi

    1. naf nanni says:
      May 9, 2018 at 4:45 pm

      hehehehehe. sry. dhn faharakun rangalhu vaane.thn q Naju

  13. unoosha says:
    May 9, 2018 at 9:18 pm

    V reethi mi story and thanks kiddy ge song ea leema☺

    1. naf nanni says:
      May 9, 2018 at 9:44 pm

      Thanku alot

Comments are closed.

Next Episodeތިޔަ ލޯތްބާ ދުރަށް (6)←


All Right Reserved!