Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުދާނޭ ތިހަނދާން ފިލާ 2

eysh Level 510 Stories100 Comments100 Login500 Comments
May 10, 2018 6 Mins Read
73 Comments

“ލަޔާލްގެ ކައިރިން ރައްޓެހިވާކަށް އަހަރެން ނާހާނަން…އަހަރެންނަށް ލަޔާލް ފެނުނު ފުރަތަމަ ދުވަހު ވެސް ވަރަށް ކަމުދިޔަ…. ސާދަ ވިލޭރޭގެ ފުރިހަމަ ހަނދު ހެކިކޮށް މަށާ އިންނަން އެއްބަސް ވެދާނަންތަ؟” އަހަރެންގެ އަތުގައި ހިފާލަމުން އަކިއަލް އެހެން އަހާލުމާއިއެކީ އުފަލުން ގޮސް އަހަރެންގެ ލޮލުން ކަރުނަ ނީރާލިއެވެ.

އަހަރެންގެ ހަޔާތުގައި މިވީހާ ތަނަށްވެސް މީހަކު އިންނަން އަހާފައި ނުވެއެވެ. އަހަރެންގެ ހިތަށް ލިބުނު އުފާވެރިކަން ބަޔާންކުރަން ދަތިވުމުން އަކިއަލްގެ ކޮންޑުގައި ބޯ އަޅާލަމުން ކައިވެންޏަށް އާބަސްބުނީމެވެ.

އަހަރެންނަށް ނޭނގުނުކަމީ މިވެވުނު ވަޢުދުގެ ސަބަބުން ހިތުން ނުފިލާވަރުގެ ހިތްދަތިކަމަކާއި ކުރިމަތިލާން ޖެހިދާނެކަމެވެ.

********

“މިރޭގެ އުފާވެރިކަން މިދުލުން ބަޔާންކުރާނެ ގޮތެއް ނޭނގޭ…އަހަރެންގެ ހަޔާތަށް އައި ފުރަތަމަ އިންސާނަކީ ތީ” ދެން ދުވަހަކުވެސް ދޫކޮށްނުލާނަމޭ ބުނާ ފަދައިން އަކިއަލް އަހަރެންގެ ގައިގައި އޭނާގެ ދެއަތް ވަށާލަމުން ބުނެލިއެވެ.

އަކިއަލްގެ އެގައިގޯޅިކަމުގެ ސަބަބުން އަހަރެންގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެއަތުގެ ތެރޭގައި ފިދާވުމަށް ބޭނުންވިއެވެ. އަހަރެންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އަކިއަލްގެ ހޫނުނޭވާ އެޅޭހާ ކައިރިއަށް ގެންދިޔުމާއިއެކު ދެލޯ މަރާލެވުނެވެ. ނަމަވެސް ހަމަ އެސިކުންތުގައި އަހަރެންނާއި ކުޑަކޮށް ދުރަށްޖެހިލަމުން އަކިއަލް ތެދުވެ ފުރަގަސްދިނެވެ.

އަކިއަލްގެ އެއަމަލުން ނަގަންވީ މާނައެއް ނޭނގި ކުޑައިރުކޮޅަކު އިނުމަށްފަހު އަހަރެން ތެދުވީމެވެ. އަދި އަކިއަލްގެ ފުރަގަހުން ގޮސް އެ ހަށިގަނޑުގައި ބައްދާލީމެވެ.

“އައި ލަވް ޔޫ” އެހުރިގޮތަށްހުރެ އަހަރެން ބުނެލީމެވެ.

“ލޫ….” އަހަރެންގެ ނަމުން ދުވަހަކު ވެސް މީހަކު ނުގޮވާހާ ލޯބިން އަކިއަލް އަހަރެންނަށް ގޮވާލުމަށްފަހު ފުންނޭވައެއް ދޫކޮށްލިއެވެ.

“ހޫމްމް..” އެފަދަ ފިނި މާހައުލެއްގައި އަކިއަލްގެ ކައިރިން ދުރަށް ދިއުމަށް ބޭނުންނުވާތީ އެހުރިގޮތަށް ހުރެ އަހަރެން ބުނެލީމެވެ. އަކިއަލްގެ ހަށިގަނޑުގެ ހޫނުކަމުން ލިބެމުންދިޔަ އަރާމުން އަހަރެން ހުރީ ދެލޯ ހުޅުވާލަންވެސް ބޭނުންނުވެފައެވެ.

“ލޫ…ކައިވެންޏަށް އެއްބަސްވީއިރު އަހަރެން މީ ކާކުތޯ ކޮންތާކުން އައިމީހެއްތޯ ވެސް ލޫ ބަލާކަށް ބޭނުމެއް ނުވޭތަ؟” އަކިއަލްގެ އަޑުގައިވި މަޑުމޮޅިކަން އަހަރެންނަށް ނަގައިގަނެވުނެވެ.

“އާލް…އަހަރެން ބޭނުމެއް ނޫން އާލްގެ މާޒީ އެނގޭކަށް…އަހަރެންނަށް ވަފާތެރިވީމަ އެނިމުނީ…ކޮންއިރަކުން ދެން އަހަރެމެން މެރީކުރާނީ؟…އައި ކާންޓް ވެއިޓް” އަހަރެން އަދިވެސް ހުރީހަމަ ކުރިންވެސް ހުރިގޮތަށެވެ. އަކިއަލްގެ ހާސްކަން ފިލުވާލުމަށް އަހަރެން މައުޟޫ ބަދަލުކޮށްލީމެވެ.

“ލޫ…އަހަރެންގެ އާއިލާ އެއް ނެތް…މި ކައިވެނި….ލޫ އަށް އަހަރެން ދައްކާ ކޮންމެ ތަނެއްގައި އުޅެވިދާނެތަ…އަހަރެން މީ…ލޫ..؟” އަކިއަލް އަށް ވާހަކަ ދައްކަން އުނދަގޫވުމުން ހުއްޓާލިއެވެ.

“އާލް…އަހަރެންގެ މައިންބަފައިން ކައިރީ ދެމީހުންނަށްވެސް އުޅެވޭނެ…އެހެން ނޫނަސް އަހަރެން ބޭނުމެއް ނޫން މަންމަމެން ދޫކޮށް ދާކަށް…..އަހަރެންގެ ގެއަކީ ހަމަ އާލްގެ  ވެސް ގެ…” އަކިއަލްގެ ކުރިމައްޗަށް އެރުމަށްފަހު ކޮލުގައި ހިފާލަމުން ހާސްކަން ކުޑަކުރެވޭތޯ އަހަރެން މަސައްކަތްކުރީމެވެ.

އަކިއަލްގެ ގެނައި ކުއްލި ހަރަކާތާއިއެކު އަހަރެންގެ އަތުގައި ހިފައި ދަމާލުމުން އަހަރެންގެ މޫނު ގޮސް  ޖެހުނީ އަކިއަލްގެ ތަނަވަސް މޭމަތީގައެވެ. އަކިއަލް ލައިގެން ހުރި ކަޅުކުލައިގެ ގަމީހުގެ މޭމަތިން ދެ ގޮށް ނައްޓާލާފައިވާއިރު އަހަރެންގެ ނޭފަތް އެއްވެސް ހުރަހެއްނެތި އަކިއަލްގެ މޭމަތީގައި ބީހިލިއެވެ.

އަހަރެންގެ ހަށިގަނޑުގައި ކަރަންޓްގެ އޮއެވަރެއް ދަތުރުކޮށްލުމާއިއެކު އަކިއަލްގެ ކަނދުރާގައި ދެއަތް ވަށާލީމެވެ. އަކިއަލްގެ ގައިން ދުވަމުންދިޔަ އާދަޔާ ޚިލާފު މީރުވަހުން އަހަރެންގެ ހިއްސުތައް ހޭލައްވަން ނެގީ މަދު ސިކުންތުކޮޅެކެވެ.

“ތީ މިހާރު ހަމައެކަނި އަހަރެންގެ ހައްގެއް…އަހަރެންގެ ހައްގަކަށް ހެދުމަށްފަހު ނޫނީ މިހަށިގަނޑުގައި ކުޑަމިނުން އަތް ވެސް ޖައްސާނުލުމަށް އަހަރެން ހުރީ އަމިއްލަ ނަފްސަށް ވައުދުވެގެން…އަހަރެން ލޫ އާއި ދުރުގައި އުޅުނީ އެހެންވެ…އެކަމަކު އެދުވަހުގެ ފަހުން ލޫ އަށް ނޭނގުނަސް އަހަރެން އަބަދުވެސް ލޫގެ ކައިރީގައި ވީން…އަހަރެން ދުވަހަކުވެސް ލޫ ދޫކޮށްފައެއް ނުދާނަން” އަހަރެންގެ ގައިގައި ބާރަށް ބައްދާލައިގެން ހުރެ އަކިއަލް ބުނެލީ އޯގާތެރިކަމާއި އެކީގައެވެ.

އަހަރެން ސިހުނީ ފޯނު ރިންގުވާން ފެށުމުންނެވެ. އަކިއަލް އާއި ދުރަށް ޖެހިލުމަށްފަހު ފޯނުގެ ސްކްރީނަށް ބަލާލީމެވެ. ފިޒާލްގެ ނަން އަރާފައި އިނުމުން ވަގުތުން ބަލާލެވުނީ ގަޑިއަށެވެ.

“އޯހް ނޯ….އައި ހޭވް ޓު ގޯ…” އަހަރީ ޖަލްސާގައި އަހަރެން ވާހަކަ ދައްކަން ޖެހޭކަން ހަނދާންވުމާއިއެކު ބޮލުގައި އަތުން ހިފަހައްޓަމުން އަހަރެން ބުނެލީމެވެ. އަކިއަލް އާއިއެކު ހުރެވުމުން ވަގުތު ހިނގާދިޔަ ގޮތްވެސް އަހަރެންނަކަށް ނޭނގުނެވެ.

ދުވެފައިކަހަލަ ގޮތަކަށް ޖަލްސާ އޮތް ސަރަހައްދަށް އަހަރެންނަށް ދެވުނުއިރު އިންތިޒާރުގައި ފިޒާލް މަޑުކޮށްލައިގެން ހުއްޓެވެ. މާބާރަށް ދުވުމުގެ ސަބަބުން އަހަރެން ހުރީ ހަމަ ރަގަޅަށްވެސް މާނޭވާ ލެވިފައެވެ.

“ލަޔާ…އަވަހަށް އާދޭ…ކޮންތާކު އުޅެފަ ތި އައީ؟” އަހަރެންގެ އިސްތަށިގަނޑުގައި ހަރުލާފައި އިންއެތިކޮޅެއް ނަގައިދެމުން ފިޒާލް ކަންބޮޑުވުން ފާޅުކުރިއެވެ. ފިޒާލް އަށް ހިނިތުންވެލުމަށްފަހު ހޯލުގެ ތެރެއަށް އަހަރެން ވަދެގެން ދިޔައީ ފަހަތް ބަލާލާފައެވެ.

********

އަހަރީ ޖަލްސާ ނިމުމާއިއެކު ނިދިއައިސްފައި ހުރިވަރުންނާއި މާގަދަޔަށް ބޮލުގައި ރިއްސާތީ އަހަރެން ބޭނުންވީ ވީހާވެސް އަވަހަކަށް ގެއަށް ދާށެވެ.

“ޑްރޮޕް ކޮށްލަދީފާނަން” ސައިކަލުގެ ބަރުގޮނު އަޅާލަމުން ފިޒާލް ބުނެލިއެވެ.

ގެއަށްދާން ބޭނުންވެފައި ހުރިވަރުން ފިޒާލްގެ ސައިކަލު ފަހަތަށް އަހަރެން އެރީމެވެ.

“ގުޑް ނައިޓް” ގޭގެ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލަމުން ފިޒާލް ބުނެލިއެވެ. އަހަރެން ބަލާލިއިރު ފިޒާލް އިނީ ހިނިތުންވެލައިގެންނެވެ.

“ތޭންކްސް” އަހަރެން ހިނިތުންވެލަމުން ފިޒާލްއަށް ޝުކުރު އަދާކުރީމެވެ.

ފިޒާލް ދިޔުމާއިއެކު ގޭތެރެއަށް ވަންނަން އެނބުރުމަށްފަހު އަޅާލި ފުރަތަމަ ފިޔަވަޅާއިއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ.

“އަޅެ މަންމާ…ސިއްސައިގެންނޭ އެދިޔައީ” ކުރިމަތީ ހެވިފައި ހުރި މަންމަ ފެނުމާއިއެކު ސިހުނުވަރުން އަހަރެންނަށް ބުނެވުނެވެ.

“ދަރިފުޅާ…އެއީ ސާމިޔާ މެންގޭ ފިޒާލުތަ؟” އަހަރެން ދެއްކި ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ މަންމަ ފެށީ މުޅިން އެހެން ވާހަކައެކެވެ.

“އާނ…” މަންމަގެ މޫނުމަތީގައި ދުވެލި ހިނިތުންވުން ފެނި އަހަރެން ކަންބޮޑުވިއެވެ. ފިޒާލް ފެނި ގޯސްގޮތަކަށް ވިސްނީކަން އެނގި ބޯ ހޫރާލެވުނެވެ.

“ކައިގެންތަ ދަރިފުޅު ތިއައީ؟” މަންމަ ސުވާލުކޮށްލުމުން ބޯޖަހާލުމަށްފަހު އަހަރެން ކޮޓަރިއަށް މިސްރާބުޖެހީމެވެ.

މަންމަގެ ގާތު އަކިއަލްގެ ވާހަކަ ބުނަން އަހަރެން ބޭނުންވި ނަމަވެސް ދަންވެފައި ހުރުމުން ރަގަޅު ވަގުތެއްގައި އެވާހަކަ ދައްކާލާނީއޭ ހިތާ އަހަރެން ކޮޓަރިއަށް ވަންނަން ތަޅުގައި ހިފާލީމެވެ.

ހުޅުވުނު ދޮރާއި އެއްވަރަށް އަހަރެންގެ އަނގަވެސް ދިޔައީ ހުޅުވެމުންނެވެ. ކޮޓަރި ތެރޭގައިވާ އުއްބައްތީގެ ފަނޑު އަލިކަމުގެ ސަބަބުން މަސްތުކުރުވާ ކަހަލަ ގޮތެއް ހުއްޓެވެ. އެނދުމަތީގައި އަޅާފައި އޮތް ހުދު ބެޑުސީޓުގެ މަތީގައި ހުރި ފިނިފެންމަލުގެ ފިޔަތަކުގެ ސަބަބުން އަހަރެންނަށް އަނގަމަތީ އަތްއަޅާލެވުނެވެ. ފަހަތް ބަލާލުމަށްފަހު އަވަސް އަވަހަށް ކޮޓަރިތެރެއަށް ދެމިގަންނަމުން ދޮރު ތަޅުލީމެވެ. މިފަދަ ކަމެއް ކުރާނީ ކާކުބާއޭ އަހަރެންގެ ހިތަށް އެވަގުތު އެރިއެވެ.

ކޮޓަރިތެރެއަށް ވަދެވުމާއިއެކު ހީވީ އަލަތު ކައިވެނީގެ ރެއަށް ތައްޔާރުކުރެވިފައިވާ ކޮޓަރިއެއްގައި ހުރެވުނު ހެންނެވެ. އަލަތު ކައިވެންޏެއް ކުރެވުނުކަމުގެ އިޙްސާސް އެވަގުތު ކުރެވުމުން އަމިއްލަ ބޮލުގައި އަތުން ޖަހާލީމެވެ. ކުރިޔަށް އަޅަމަންދިޔަ ކޮންމެ ފިޔަވަޅަކަށް ދެފަރާތުގައި ހުރި އުއްބައްތިތައް ނިވެމުން ގޮސް އެނދާއި ހަމައަށް ދެވުނުއިރު ކޮޓަރިތެރޭގައި ވަނީ ހަމައެކަނި އެނދުގެ ސައިޑް ޓޭބަލްގެ މަތީގައި ބަހައްޓާލާފައިވާ އުއްބައްތީގެ ފަނޑު އަލިކަން އެކަންޏެވެ. ލައިގެން ހުރި ބޮޑު ހެދުމާއިއެކީ ގޮސް އެނދުމައްޗަށް އަހަރެންނަށް ވެއްޓިގަނެވުނީ ހިތަށް ލިބުނު އުފާވެރި ކަމަކުންނެވެ. އިސާހިތަކު ތުނޑި މަތީގެ ހިތްގައިމު މާހައުލުގައި އަކިއަލް އާއިއެކު ހޭދަކުރެވުނު ފޮނިފޮނި ވަގުތުކޮޅުގެ މަތިން ހަނދާންވެ ދެއަތުން މޫނު ފޮރުވާލެވުނެވެ.

އަހަރެން ސިހުނީ މީހަކު އަހަރެންގެ ކައިރީގައި އިށީއިނދެލި ކަހަލަ އިހުސާސެއް ކުރެވެމުންނެވެ. ފުންމައިގެން ތެދުވެ ހަޅޭއްލަވައިގަންނަން އަނގަ ހުޅުވާލި ނަމަވެސް އަޑު ބޭރުވާ ގޮތެއްނުވިއެވެ. ކޮޓަރިތެރެ އަނދިރިކަމުން ކައިރީގައި އިން މީހެއްގެ މޫނު ވަކިނުވާތީ އަހަރެން އެނދުން ތެދުވަން މަސައްކަތްކުރި ނަމަވެސް އެކަމެއް ނުވިއެވެ. ގުޑިނުލެވިފައި އަހަރެން އިންދާ އެމީހަކު އަހަރެންގެ ކައިރިއަށް އަންނަމުން ދިޔައެވެ.

“އަކިއަލް…އާލް” އަހަރެންނަށް އަކިއަލް ފެނުމުން ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. ވީއުފަލެއްގެ ބޮޑުކަމުން އަކިއަލްގެ ގައިގައި ބާރަށް ބައްދާލެވުނެވެ.

“ޕްލީޒް ދެން ތިކަހަލަ ކަންތައް ނުކުރައްޗޭ…ހާދަ ބިރެއްގަތޭ…ވާހަކަ ވެސް ނުދެއްކުނު” އަކިއަލްގެ މޭގައި މަޑުމަޑުން ޖަހާލަމުން އަހަރެން ސަކުވާ ކޮށްލީމެވެ. އަހަރެންގެ ސަކުވާތަށް އިވުމުން އަކިއަލް މަޑުމަޑުން ހީލިއަޑު އިވުމުން އަހަރެންގެ ހިތަށް ފިނިކަން ލިބުނެވެ.

“އާލް…ކިހިނެތް… މިހުރިހާ ކަމެއް ކުރީ އާލްތަ؟…” އަހަރެންގެ ހިތުގައިވި ސުވާލުތައް އަކިއަލްގެ ކުރިމަތީގައި ބަންޑުންކޮށްލީމެވެ. ރައްދުގައި އެއްވެސް އެއްޗެއް ބުނުމެއް ނެތި އަކިއަލް އަހަރެންނާއި ދިމާއަށް ގުދުވެލިއެވެ.

އަހަރެންގެ އުނަގަނޑުގައި އެއްއަތުން ހިފަހައްޓާލަމުން އަނެއް އަތުން ބޮލުގެ ފުއްކިބައިގައި އަކިއަލް ހިފަހައްޓާލިއެވެ. އެއަށްފަހު މަޑުމަޑުން ވަރަށް ފަރުވާތެރިކަމާއިއެކީ އަހަރެންގެ ހަށިގަނޑު އެނދުމަތީ ބާއްވާލިއެވެ. އަކިއަލްގެ ތޫނު ނަޒަރު އަމާޒުވެފައިވާ ތަން ފެނި އަހަރެން ލަދުގަންނަ ގޮތްވިއެވެ. ވަގުތުން އަނެއް ފަރާތަށް މޫނު އަނބުރާލައި މޫނުމަތީގައި ބާލީސް އެޅީމެވެ.

ލައިގެން ހުރި ކަޅުކުލައިގެ ގަމީހުގެ ގޮށްތައް ނައްޓުވަމުން އަކިއަލް އަހަރެންނާއި ދިމާއަށް ގުދުވެ އަހަރެންގެ މޫނުމަތީގައި އަޅާފައިވާ ބާލީސް ދުރުކޮށްލިއެވެ. ކުޑަކޮށް ގަދަ ދައްކާލުމަށްފަހު ބާލީހުން އަހަރެން ދޫކޮށްލީ އަކިއަލްގެ ފިރުމުންތަކުން ލިބެންފެށި އުފަލަކުންނެވެ.

“އައި ލަވް ޔޫ” އަކިއަލްގެ ކޮންމެ ހަރަކާތަކާއި އެކު ލޯބިވާ ވާހަކަ ހާމަކުރަމުން ދިޔައެވެ.

ލިބެމުންދިޔަ ލޯބީގެ ހަދިޔާތަކާއި ފިރުމުންތަކުން އަހަރެންގެ ހިތް ފުރިގެން ދިޔައެވެ. މީގެކުރިން އިޚްސާސް ކޮށްފައިނުވާ އެތަށް އަރާމަކާއި އުފާ މިވީ ވަގުތުކޮޅުގެ ތެރޭގައި ހާސިލް ކުރެވިއްޖެއެވެ. އަކިއަލްގެ ކޮންމެ ބީހިލުމަކަށް ވެސް އަހަރެންނަށް މަރުހަބާ ކިޔެމުންދިޔައީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. އިސާހިތަކު ދެހަށިގަނޑު އެއްހަށިގަނޑަކަށްވެ އަހަރެންގެ ނަފުސު އަކިއަލްއަށް ހަދިޔާކުރީމެވެ.

ލިބުނު އަރާމާއި ލައްޒަތަށްފަހު އަކިއަލްގެ އަތުގެ ތެރޭގައި އޮވެ އަހަރެންގެ ލޯމެރެން ނެގީ މަދު ސިކުންތުކޮޅެކެވެ. ލޯ މެރެމުންދިޔަ ވަގުތު އަހަރެންގެ ނިތުގައި އަކިއަލް ބޮސްދިން ކަހަލަ އިހުސާސެއް ކުރެވުނެވެ.

********

އަހަރެންނަށް ހޭލެވުނީ މަންމަ ދޮރުގައި ޓަކިޖަހާ އަޑަށެވެ. ކަންނެތްވެ ލޮޑުވެފައި ހުރިވަރުން އެނދުގައި އިށީއިންދެ މޯޅިއަކަށް ދެމިލަމުން ހޭލެވިއްޖެކަމުގައި ބުނެލީމެވެ. އެއާއިއެކު އަވަސްކޮށްލައިގެން ނުކުތުމަށް އެދެމުން މަންމަ ދިޔައެވެ. ރޭގެ ހާދިސާ ލޯކުރިމަތީ ސިފަވުމާއިއެކު އަކިއަލް ކޮބައިތޯ ހޯދާލެވުނެވެ. ނަމަވެސް އަކިއަލް ކީއްކުރަން ރޭގައި ކޮޓަރިތެރޭގައި ހުރި އުއްބައްތި އެއްގެ އަސަރު ފެންނަން ނެތްއިރު ފިނިފެންމަލުގެ ފިޔައެއްގެ އަސަރު ވެސް ފެންނަންނެތެވެ. އަމިއްލަ ހަށިގަނޑަށް ބަލާލެވުމާއިއެކު އިތުރަށް ހައިރާންވީ އަހަރެންނަށް ނިދިފައި އޮތީ ރޭގައި ލައިގެން ހުރި ބޮޑު ހެދުމާއިއެކީ ކަމުގައި ވާތީއެވެ.

ރޭގެ މަންޒަރުތައް ފިލްމެއްގެ ސިފައިގައި ލޯ ކުރިމަތީ ނިއުޅެމުން ދިޔަ ވަރަކަށް ހިތުގައި އުފެދުނު ސުވާލުތައް ދިޔައީ އިތުރު ވަމުންނެވެ. ނަމަވެސް އަހަރެން ނިންމީ އެއީ އަކިއަލް އާއިއެކު ތުނޑީގައި ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅަށްފަހު އެކަމާއި އަހަރެން މާބޮޑަށް އުފާވެފައި ހުރުމުން ފެނުނު ހުވަފެނެއް ކަމަށެވެ.

********

ސައި ބޮއެގެން އައިސް ބޯގަންވީލާ ގަސްދަށުގައި ހުރި ޖޯލީގައި އަހަރެން އޮތީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ރޭގެ ހާދިސާ ކުރިމަތީ ސިފަވާހެން ހީވަނީއެވެ. ނަމަވެސް ކޮންމެ ދިމާލަކަށް ވިސްނާލި ނަމަވެސް ބުރަވެވެނީ އެހީ ފެނުނު ހުވަފެނެއް ކަމަށެވެ. ހަށިގަނޑު ލޮޑުވެފައި ހުރުމުން އެއްވެސް ކަމެއް ކުރާހިތް ނުވެފައި އަހަރެން އޮތީ މިއަދަކީ ބަންދުދުވަހަކަށް ވުމުން އޮފީހަށްވެސް ނުކުންނަން ނުޖެހޭނެތީއެވެ.

“ލަޔާ” އަހަރެންގެ ނަމުން މީހަކު ގޮވާލުމުން ބަލާލިއިރު ގޭފާރުކައިރީ ހިނިތުންވެފައި ފިޒާލް ހުއްޓެވެ. ރައްދުގައި އަހަރެން ވެސް ހިނިތުންވެލީމެވެ.

“އަހަނ…އެކޮއެ..ކޮބާ މަންމަގެ ހާލު ރަގަޅުތަ؟ އާދޭ އާދޭ…އިށީއިނދޭ” މަންމަގެ އަޑު އިވުމުން އަހަރެން ބަލާލިއިރު ފުޅާ ހިނިތުންވުމެއްގައި ފިޒާލް އާއި ދިމާއަށް ބަލަހައްޓައިގެން ދާދި ގާތުގައި މަންމަ ހުއްޓެވެ.

“ވަރަށް ރަގަޅު” ހުރިހާ ދަތެއް ފެންނަވަރަށް ހީލަމުން މަންމައަށް ޖަވާބު ދިނުމަށްފަހު ފިޒާލް އައިސް އަހަރެންގެ ކައިރީ ހުރި ޖޯލީގައި އިށީއިނެވެ.

ފިޒާލް އިށީއިނުމާއިއެކު މަންމަ އެތަނުން ދިޔައީ އަހަރެމެން ދެމީހުންނަށް ވަގުތު ދިނުމައްކަން އަހަރެންނަށް އެނގުނެވެ. ފިޒާލް ލާފައިހުރި ކަޅުކުލައިގެ ގަމީސް ފެނުމާއިއެކު އަކިއަލްގެ މަތިން އަހަރެން ހަނދާންވިއެވެ. އަކިއަލް ފެންނަ ކޮންމެ ފަހަރަކު ވެސް ހުންނަނީ ކަޅު އެއްޗެހި ލައިގެންނެވެ.

“ކަޅު ގަމީސް ލީމަ ފިޒާލް އާއި ވަރަށް ގުޅޭ” އަހަރެންގެ އަނގައިން އެބަސްތައް ބޭރުވީ އަމިއްލަ އިޙްތިޔާރަކު ނޫނެވެ. ހިތުގައި އޮތީ އަކިއަލްގެ ނަން ނަމަވެސް ދުލުން ނުކުތީ ފިޒާލްގެ ނަމެވެ. ބުނެވުނު އެތި ރޭކާލުމުން އަހަރެން ހަމަ ރަގަޅަށްވެސް ރަކިވިއެވެ.

“ހާދަ އުފާވެއްޖެއޭ ލަޔާ ތިހެން ބުނީމަ…ދެން އެހެންވީމަ ހުސްކަޅަށް ބަދަލުކޮށްލަންވީތާ ދޯ މި ހިސާބުން” ފިޒާލް އެހެން ބުނެލީ ގިރުވާން ކޮޅަށް ޖަހާލަމުންނެވެ. އެހެން ކަމުން އަހަރެންނަށް ކުޑަކޮށް ހެވުނެވެ.

“ސޮރީ” އަހަރެން ލަދުން އިނދެ ބުނެލީމެވެ. ދުރުހިލޭ ފިރެހެނަކަށް ތައުރީފުކުރެވުމުން އަމިއްލަ ނަފުސު ކުއްވެރި ކުރެވުނެވެ.

“ދެން އަނެއްކާ ނުބުނައްޗޭ އިދިކޮޅަށޭ ބުނީ….އޭރުން ވަރަށް ދެރަވާނެ” ގިރުވާން ރީތިކޮށްލަމުން ލާނެތް ރާގަކަށް ފިޒާލް ބުނެލިއެވެ.

“ލަޔާ ބަލީތަ؟ އަހަރެންނާއި ދިމާއަށް ފުންކޮށް ބަލާލަމުން ފިޒާލް ސުވާލު ކޮށްލުމުން އަހަރެން ކުޑަކޮށް ސިހުނެވެ.

“ނޫން…ކިހިނެއްވީ؟” ފިޒާލް އެހެން އަހާލުމުން އަހަރެން ހާސްވާގޮތްވި ނަމަވެސް އެކަން ފޮރުވަމުން ވަގުތުން މޫނުމަތީގައި އަތް ކާއްތާލާ އިސްތަށިގަނޑުވެސް ރަގަޅުކޮށްލީމެވެ.

“މާ ޓަޔަރޑްވެފަ ކަހަލަ ގޮތަކަށް އިންނާތީ…އެނީވޭސް…މިދަނީ އަސްލު ބޮޑުދައިތަމެންގެ ގެއަށް ވަދެލަން…މިހެން ދަމުން ލަޔާ ފެނުނީމަ މި މަޑުކޮށްލީ…ދެން ގޮސްލީ އިނގޭ” ފިޒާލް ދާން ތެދުވަމުން ބުނެލިއެވެ.

ބޯ ޖަހާލަމުން އަހަރެން ފިޒާލް އާއި ދިމާއަށް ބަލާލީމެވެ. އެވަގުތު ފިޒާލް އާއި އަކިއަލްގެ އެއްގޮތް ސިފަތަކެއް ހުރިކަން އަހަރެންނަށް ފާހަގަވިއެވެ. ފިޒާލްގެ ލޮލުގެ ކަޅީގެ ކުލަ އާއި އަކިއަލްގެ ލޮލުގެ ކަޅީގެ ކުލަ ހަމަ އެއްގޮތެވެ. ހީލާއިރު އަދި ވަކިން ބޮޑަށް ވައްތަރުކަމަށް ފާހަގަވިއެވެ. މީގެ ކުރިން ފިޒާލް އާއި ދިމާއަށް އަހަރެންނަށް އެހާ ފަރުވާތެރި ކަމާއިއެކު ބެލިފައެއް ނުވެއެވެ.

އަކިއަލް އާއި ފިޒާލް އެހާ ވައްތަރުވާންވީ ކީއްވެ ހެއްޔެވެ؟ އަކިއަލް ބުނާ ގޮތުންނަމަ އަކިއަލްގެ އާއިލާ އެއްވެސް ނެތެވެ. އަނެއްކާ އަކިއަލް އަހަންނަށް ދޮގުހަދާ އޮޅުވާލީ ހެއްޔެވެ؟

އަހަރެންގެ ހިތުގައި އުފެދުނު ސުވާލުތަކާއިއެކު ކުއްލިއަކަށް ޖޯލިން ތެދުވެވުނެވެ. (ނުނިމޭ)

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ލޯބި ނުވިޔަސް ފިރުމާލަދީ…..35

Next

ލޯބި ނުވިޔަސް ފިރުމާލަދީ….36

Next
May 11, 2018

ލޯބި ނުވިޔަސް ފިރުމާލަދީ….36

Previews
May 10, 2018

ލޯބި ނުވިޔަސް ފިރުމާލަދީ…..35

73 Comments!

  1. Shiman says:
    May 10, 2018 at 5:42 pm

    Yey me first

    1. eysh says:
      May 10, 2018 at 5:55 pm

      Yeyyyy shiman dear mifaharuves first. ????? ?????❤❤❤❤❤❤

  2. Axy says:
    May 10, 2018 at 5:43 pm

    Thanks Eysh mi kiyaa lanee igey

    1. eysh says:
      May 10, 2018 at 5:56 pm

      Axy dear so happy dhuvaskolhakah fahu dhimaaveema.??? avahah kiyaalaa?? ?????❤❤❤❤❤❤

  3. Ree? says:
    May 10, 2018 at 5:49 pm

    Nice and let me guess aikal is half human and half jihhni eh dhw aikal and fixaal is half sibblings maybe there mother or father are same anyway v intresting waiting ???? lysm

    1. eysh says:
      May 10, 2018 at 5:59 pm

      Ree dear thank u so much ????????? v ufaavehje kiyaalaathee and kamudhiyaeema ???? hehe. Lets c dho. ??? thihen ves hama vedhaane faharegga ???? lysm dear ???????❤❤❤❤❤❤❤❤

  4. Shiman says:
    May 10, 2018 at 5:51 pm

    Masha Allah mi part hama obiness to the mex❤?????❤❤u are the best.. Love you??

    1. eysh says:
      May 10, 2018 at 6:01 pm

      Shiman dear thank u so much ???????? vvvv ufaavehje story kamudhiyaeema nd cmnt kiyaalaafa ?????? alhey vvvv ufaavehje dear. ???? Thank u so much???? ly too?❤❤❤❤❤❤❤❤❤❤

  5. eysh says:
    May 10, 2018 at 6:04 pm

    Assalaam alaikum
    My dear readers miothee mi story ge second part. Hope huriha kudhinnah ves kamudhaane kamah ??
    Thi huriha kudhinge faraathunves eysh ah libemundha support asha loabi loabi cmnt thakah vvvv bodah shukuru adhaakohllan. Thank u so much ?
    Lots of love ????❤

  6. Rash says:
    May 10, 2018 at 6:10 pm

    Woww.. this part is v nice… waiting for next…thank you

    1. eysh says:
      May 10, 2018 at 6:26 pm

      Rash dear thank you so much ???????? vvv ufaavehje story kamudhiyaeema ????? ?❤❤❤❤❤❤❤

  7. ???ashko says:
    May 10, 2018 at 6:18 pm

    Vrh vrh reethi
    Anehkaa aneh part ah wait kuraanan
    Ummeedh kuran vrh avahah next part nukuhnaane kamah???????

    1. eysh says:
      May 10, 2018 at 6:28 pm

      Ashko dear thank you so much ???????? vvv ufaavehje story kamudhiyaeema. Insha Allaah i will try my best????? ?❤❤❤❤❤❤❤

  8. mai says:
    May 10, 2018 at 6:47 pm

    V reethi cant wait for next part love you so much???❤

    1. eysh says:
      May 10, 2018 at 6:56 pm

      Mai dear thank u so much ???????? v ufaavehje story kamudhiyaeema ?????❤❤❤❤❤❤❤❤

  9. Aesh says:
    May 10, 2018 at 7:01 pm

    Maa sha Allah.. ?❤️??? ekkala eysh ge loabi loabi vaahaka thakuge therein vaahaka eh dhw miee… ?☺️☺️? Vrh Vrh Vrh reethi mi part Ves… ?❤️❤️❤️ Maa sha allah, eysh Hama aslugaves haadha molhey story Liyan… ☺️ Anekkaa kihinehbaa dhn vaany? Anekkaa akiyal aa fixaal aa siblings ah vehjiyyaa? ????? when is next part eysh? Curiously waitingggggg….. ☺️??❤️❤️❤️???????

    1. eysh says:
      May 11, 2018 at 4:46 pm

      Aesh dear loabi loabi cmnt kiyaalaafa haadha happy vehjey ??????? Awwwnn dear haaadha haaadha haadhahaa happy vehjey thihen buneema. ?????? lets c dho dhen vaa gotheh ves ??????? Next part may b sunday ga. Ekam eysh balaanan eyge kurin ves type kurevijjehya upkohla dheveytho ????? thiha support dheythee haaadha happy vey dear frnd. ????? thank u so much my dear ??❤?❤❤❤❤❤❤❤❤?❤

  10. Anonymous says:
    May 10, 2018 at 7:23 pm

    Yeeyyyy 2vana baivves up kollee.dhw.. vvvvvvv reethi. Alhe eyeh biruveri vaahakaeh nooney bunyas yageen e aal akee jinni eh. Noonee vampire eh. Mashah mihaaru egothah gaboolukoh nimijje. Dhen eysh ae insaanakah hedhi dhuvahakun mashah gaboolu kureveynee jinni eh noonkan. Maa.gina dhuvahu muthalhuvaa vaanuvaa ingeyvaru hadhaalaathi ingey eysh darling. Bas ahaakujennu dhw..

    1. eysh says:
      May 11, 2018 at 4:51 pm

      Anonymous dear yeyyy 2 vana part ves upkohlevijje ????? thank u so much dear ?????? vvv ufaavehje story kamudhiyaeema ??????? hehe. Hingaa dho dhen balamaa ??? thihen ves hama vedhaane ingey. hehehe. Maa ginadhuvaheh nuve dhen engidhaane hageegaiy ???? hehe. Eysh v bas ahaane asluves ? thank u so much dear. ???????❤❤❤❤❤❤❤❤❤❤

  11. Blackaholic says:
    May 10, 2018 at 7:27 pm

    Masha Allah… mi part ves v furihama… this story is getting more interesting.. can’t wait for the next part… ?????????

    1. eysh says:
      May 11, 2018 at 4:56 pm

      Blackaholic dear thank u so much ???????? vvvvv ufaavehje story kamudhiyaeema ????????????❤❤❤❤❤❤❤❤❤

  12. Inoo says:
    May 10, 2018 at 7:28 pm

    Eysh is back yeyyy…first part ah comment nukurevunas Inoo keen e part vx….mi sry vx varah fab….my fav writer Eysh♥♥v v miss vi Eysh mathin

    1. eysh says:
      May 11, 2018 at 5:01 pm

      Inoo dear yeyyy im back hehe ????? so happy first part ves kiyaaleema ???thank u so much dear.???? awwwn favorite writer ey buneema vvvvv ufaavehje ????????? miss u too inoo dhooni ?????❤❤❤❤❤❤❤❤

  13. mishy says:
    May 10, 2018 at 7:49 pm

    Woww… eyshhh…. vrh vrh vrh vrh vrh reethi…. ham buneveynii best eyyy…. yuh r 1 of the bst writer in this site… miadh striii up khliim vrh happi vejje… thnx a lot… nxt prt tmrw genesdhhhcheyyy… curiouslii waitin… ly.. ♥♥♥♥♥♥

    1. eysh says:
      May 11, 2018 at 5:06 pm

      Mishy dear thank u so much ??????? v v v v v ufaavehje story thihaa bodah kamudhiyaeema ??????????? awwwn one of the best writer ey buneema vvvv ufaavehje dear. ????????? dear eysh miulheny v balivegen ehenve miadhu story heenuvey type kohlleveynehen. Ekam ves try kuraanan mirey namaves upkohla dheveytho. V vv ufaavey thihaa support dheythee.???? thank u so much my dear frnd. ????????????❤❤❤❤❤❤❤❤❤❤❤❤

  14. Axy says:
    May 10, 2018 at 7:59 pm

    Eysh dhooni yageen mi story ves v v reethi vaane. Mihaaru ves hithah aranee dhen kihiney vaane baaey ☺☺☺
    Eysh dhooni haalhu kihiney tha? dhuvas kolhakah fahu
    Mi dhimaa v dhw v ufaaveyjje Eysh aa dhimaa v ma ☺☺Aslu mee Axy ah v v bxy dhuvas kolhey e henve baeh part thakah
    comment nukurevi hunnaane ??? v dheravi comment nukurevuneema ?? ekamu ves vaguthey vaa irah story kiyaalan ☺☺
    Waiting for next part ???????????????

    1. eysh says:
      May 11, 2018 at 5:13 pm

      Axy dear v ufaavehje dhuvaskolhakah fahu dhimaaveema ?????? thank u so much dear ????????? Eysh miulheny mihaaru miulhey virah fever ga lahvvaalaigen. Haalu ehaa ragalheh noon dear ????
      awnnn dear. Its ok dear. Eysh ahves gabool kurevey bxy vaane kan. Eysh hama v happy story thah kiyaalaathee ingey dear ????????? v ufaavey anehka ves dhimaa v ma.???? thank u so much dear ????????❤❤❤❤❤❤❤❤❤❤❤

  15. Shann says:
    May 10, 2018 at 8:22 pm

    Wow wow eysh v v rythi mibaives… Haadha molhey dhoonyaa… Sifakohdhinun hama habeys… Kuriah gendhaa goeh ves hama ehvanaey buneveyny

    1. eysh says:
      May 11, 2018 at 5:16 pm

      Shann dear thank u so much dear ?????????? awwwnnn so happy to kno that dear
      ???????❤ haaadha hppy ey thihaa support dheythee ???????? thank u so much dear ???❤❤❤❤❤❤❤❤❤❤❤❤❤

  16. lotus says:
    May 10, 2018 at 8:46 pm

    Alhey my dear sis.. mihaa interstin gotha story genesdhenyya kihine vaanee… annekka aneh fahara eneh story ge avaiga hama ragalha vx jehijje.. and so, m in soooo much troubl AGAIN… hehe story v fakka..???

    1. eysh says:
      May 11, 2018 at 5:26 pm

      Lotus dear thank u so much sis ????????? haha. Eysh v goas dho ?? vvvv ufaavehje story kaudhiyaeema ?????????????❤❤❤❤❤❤❤❤❤❤❤❤

  17. Naju says:
    May 10, 2018 at 9:01 pm

    Masha Allah vvvvvvvvvvvv salhi mi partvx n akial eyee jinni eh dhw dhn me ah hyvany layaal preg vaany hen… Waiting 4 next dear…. N kyve tha me ge mail ah rply nukurany

    1. eysh says:
      May 11, 2018 at 5:28 pm

      Naju dear thank u so much dear ??????????? hingaa dho balamaa vaagotheh ???????? vvvv ufaavey thihaa support dheythee ???? mail balalaalaafa rply kohllaanan ingey dear. ????????❤❤❤❤❤❤❤❤❤❤❤

  18. Xxxx says:
    May 10, 2018 at 10:58 pm

    Darling story v. Reethi..
    . ❤️???

    1. eysh says:
      May 11, 2018 at 5:30 pm

      Xxxx dear thank u so much ??????????? vvvv ufaavehje story kamudhiyaeema ?????????❤❤❤❤❤❤❤❤❤❤

  19. MIXA?? says:
    May 11, 2018 at 7:20 am

    ??????????Eysh liyaa vaahaka hama reethi eyy…keep it up …??????????

    1. eysh says:
      May 11, 2018 at 5:45 pm

      Mixa dear thank u so much ?????????? vvvvv ufaavehje cmnt kiyaalaafa. Awwwnnn vvv ufaavehje huriha story eh ves kamudha vaahaka buneema ??????????❤ thank u so much dear ?????❤❤❤❤❤❤❤❤❤❤❤❤

  20. Anonymous says:
    May 11, 2018 at 8:17 am

    Varah salhi aneh bayah wait kurany ??

    1. eysh says:
      May 11, 2018 at 6:43 pm

      Anonymous dear thank u so much ????????? v ufaavehje story kamudhiyaeema ????????????❤❤❤❤❤❤❤❤❤

  21. Sana says:
    May 11, 2018 at 9:48 am

    Wow!varah varah varah reethi????????
    Kon duvas thakeh ga mi vaahaka up vany
    Waiting for next part?

    1. eysh says:
      May 11, 2018 at 6:44 pm

      Sana dear thank u so much ????????? v ufaavehje story kamudhiyaeema ????
      Eysh balaanan v haaves avahah upkohla dheveytho. Next part Sunday ga insha Allaah. Ekam v try kuraanan eyge kurin upkohla dheveytho.????????❤❤❤❤❤❤❤❤❤

  22. Meee says:
    May 11, 2018 at 9:55 am

    Yey eysh is back ???….I love to read ya story’s ??????????? love you

    1. eysh says:
      May 11, 2018 at 6:47 pm

      Meee dear yeyyy im back hehe ????? thank u so much dear ????????? v ufaavehje story kamudhiyaeema and vvvvvv ufaavehje eysh ge stories thah kiyaalA hih vaa vaahaka buneema ????
      Ly too dear????????❤❤❤❤❤❤❤❤❤

  23. Azka says:
    May 11, 2018 at 10:08 am

    Waau varah reethi bunaane ehcheh ves neh varah furihama???????
    Waiting for next part ??

    1. eysh says:
      May 11, 2018 at 6:48 pm

      Azka dear thank u so much dear ????????? v ufaavehje story kamudhiyaeema ????????????❤❤❤❤❤❤❤❤❤

  24. Layaal says:
    May 11, 2018 at 12:58 pm

    Nothing to say varah reethi
    Kon irakun next part kiyaalan libeynee???????????????

    1. eysh says:
      May 11, 2018 at 6:50 pm

      Layaal dear mee story ga ulhey layaal tha anehka ?? thank u so much dear ????????? v ufaavehje story kamudhiyaeema ????
      Next part insha Allaah sunday ga. Ekam eysh v try kuraanan eyah vure avahah genesdheveytho. ????????❤❤❤❤❤❤❤❤❤

  25. Aphro grl says:
    May 11, 2018 at 1:14 pm

    Wow? v v rythi. Yagynunves akiyal a e jinni eh.. vedhane fixal ge sifaiga annany kamahves.. heheh.. balamaa dhw vaagotheh?

    1. eysh says:
      May 11, 2018 at 6:52 pm

      Aphro girl dear thank u so much ????????? vvvv ufaavehje story kamudhiyaeema ????
      Hehe yes hingaa dho balamaa vaa gotheh ????????❤❤❤❤❤❤❤❤❤

  26. Shafa says:
    May 11, 2018 at 1:33 pm

    Awwwwnn so nice this story..❤❤eysh ge storythah haadha reehchey Masha Allah. Waiting for the next part…gud luck????

    1. eysh says:
      May 11, 2018 at 6:53 pm

      Shafa dear thank u so much ????????? vvvv ufaavehje story kamudhiyaeema ????awwwnnn so happy storythah reethi vaahaka buneema. Thank so much dear for the support ????????❤❤❤❤❤❤❤❤❤

  27. Any says:
    May 11, 2018 at 2:08 pm

    Eysh dhoonikolhu liya vahaka hama mabodahves vreethy masha Allh ummm ???eyshkolhu miharu any ge favourite thy?❤???

    1. eysh says:
      May 11, 2018 at 6:55 pm

      Any dear thank u so much ????????? vvvv ufaavehje story kamudhiyaeema ????awwwnnn so happy storythah reethi vaahaka buneema. ?????????Thank so much dear for the support. ??Alhey haaaaaadha bodakah ufaavehjey Any dhooni thihen buneema. ????❤❤?Dear ge favourite ah v ma vvvvvv happy vehje. ???????Thank u so much my dear frnd????????❤❤❤❤❤❤❤❤❤

  28. sheen says:
    May 11, 2018 at 4:55 pm

    What..me ge comment eynee alhe fahe kon namehgatha? Ajaibu antharees..pis pis dhuvahaku meehaku aduves naahaa kahala nameh huvaa

    1. eysh says:
      May 11, 2018 at 6:58 pm

      Sheen dear anehka kon name ehga cmnt kohlaigen thiulheny????????
      Hahahaa. Vedhaane dho dear hama ekahala gothehves. Hehe.???
      V happy vehje ingey. Thank u so much my dear frnd ??????????

  29. Dhonthxxx says:
    May 11, 2018 at 7:27 pm

    Eysh dhooni??? adhi kiriyaa time mi v comment kohllan actually children’s day v ma vvvvv busy ☺️☺️☺️hiyeh vex nukuran eysh dhooni??? ge new stry eh ehaa avahah up vedhaane kamakah story is so beautiful ??????Ekam heevany horror story eh hen dhonthxxx meee horror stories like vaa kuhjjeh noon bt eysh ge story eh veema kiyaa hithun mi story kiyaanan ❤️❤️❤️❤️eysh kurin in dhw ehen story eh ?Day ga up kohdhenamey e vaahaka up kohdheynantha desperately waiting for that story and the next part of this story love u❤️❤️❤️
    U r the best writer I know✍?✍?✍?❤️❤️

    1. eysh says:
      May 11, 2018 at 7:41 pm

      Dhonthxxx dhoonee dear yes dho. Childrens day v ma hama v gina kudhin bxy vaane kan eysh ah engey ???????????
      Thank u so much dear ????????? hama thi huriha kudhin miss vaa varun upkohllanee mi hehe ??????? dear mee horror story eh noon. Vvvv ufaavehje kiyaalaane kan enguneema ?????? thank u so much dear. ????????haadha happy vehjey?????yes dear e story v avahah upkohla dheynan. ??????? vvvvvv ufaavey thihaa support dheythee. ????? awwwn vvvv ufaavehje best writer ey buneema ?????? ly too dear ?????????❤❤❤❤❤❤❤❤❤

  30. CYntHia says:
    May 11, 2018 at 8:07 pm

    Cynthia ge eyshoo vv salhi kyp it up eyshoo dhoony ?????❤

    1. eysh says:
      May 11, 2018 at 9:01 pm

      Cythia dear thank u so much ?????????? vvvvv ufaaaaavehje story kamudhiyaeema ???????❤❤❤❤❤❤❤

  31. Dhonthxxx says:
    May 11, 2018 at 10:09 pm

    cover badhalu kohba

    1. eysh says:
      May 11, 2018 at 10:20 pm

      Insha Allaah Next episode ga change kohllaanan ingey dear ???????❤❤

  32. Shaaa... says:
    May 11, 2018 at 10:48 pm

    When next part….

    1. eysh says:
      May 12, 2018 at 2:25 pm

      Insha Allaah Sunday ga genesdheveytho balaanan ????❤❤

  33. Dhonthxxx says:
    May 11, 2018 at 11:06 pm

    Dhonthxxx ge namuga cover badhalu kohllan edhifa eyneee kaaku kameh neynge alsu varah dheravey dhonthxxx ge name beynun kohggen egothah comment kuraathy

    1. eysh says:
      May 12, 2018 at 2:26 pm

      Awwwnn Dhonthxxx eh noon dho eiee. ?? cover pic ok tha dear ah?

  34. aai?? says:
    May 12, 2018 at 12:09 pm

    What is the name of the series in cover someone pls tell

    1. eysh says:
      May 12, 2018 at 2:26 pm

      Twilight ???

  35. Dhonthxxx says:
    May 12, 2018 at 8:03 pm

    Yaaaa dhonthxxx ah salhi hama cover vx and this story vx

    1. eysh says:
      May 13, 2018 at 12:04 am

      Thank u so much dear ???????????❤❤❤❤❤❤❤

  36. luba says:
    May 12, 2018 at 8:32 pm

    when next part waiting

    1. eysh says:
      May 13, 2018 at 1:04 am

      Next part insha Allaah tmrw ???

  37. Maahy?✨ says:
    May 13, 2018 at 2:57 pm

    Heyy eysh❤❤❤❤❤❤❤ I missed you sweetie?????????? Alhe hama busy kamun mi site balaa nulevigen mi ulhuny?????????? And hama dhnme mi story mi kiyaalee????????? And it’s was mind blowing?????????
    ❤❤❤ماشاء الله❤❤❤
    Varah varah reethi mi 2 part ves???????????? Heevany varah interesting vaane hen????????? eysh, mee biruveri story eh tha????????????? ehn vejjeyyaa nukereyne kiyaakah ves????????? Maa bodah biru nugannavahche ingey eysh??????????? hehehe♥♥♥♥♥♥♥♥♥♥ Curiously waiting for the next part????????????? All the best????????????????????? Love you❤❤❤❤???????????????

  38. ???ashko says:
    May 13, 2018 at 3:41 pm

    Eysh kobaatha meege3rd vana part
    Mihaaru e part kiaalaa hithun keii madhuvefaaa
    ?❤❤???????✋??????????????????

Comments are closed.

Next Episodeނުދާނޭ ތިހަނދާން ފިލާ 3←


All Right Reserved!