“އަހަރެން އަތުގައި ބޭސްތިއަޅަނީ ކީއްކުރަން . ލޭ ހުސްވެގެން މަރުވެގެން ވެއްޓެންދެން ބެހެއްޓިނަމަ….” ކުއްލިއަކަށް އައްޔަދުގެ ތުންފަތުގައި ރިމީޝާ އިނގިލިތަކުން ބައްދާލިއެވެ. އެވަގުތު ރިމީޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި ބަސްމޮށުންތެރިކަމާއި ނުލާ އެތައް ވާހަކައެއް ދެއްކި ކަހަލައެވެ.
“އަޔާ މަރުވަން ނޭދޭ އެތައް ބައެއް ތިބޭނެ. ކުޑަކުޑަ ދަރިއަކު ވެސް އެބައޮތްދޯ” ރިމީޝާ އިސްޖަހާލަމުން ބުނެލިއެވެ.
“އަހަރެން ބޭނުމެއްނޫން ދުނިޔޭގައި އުޅޭކަށް. އަހަރެންދެކެ ލޯބިވާ އެކަކު ވެސް ނެތް” އައްޔަދު ބުނެލިއެވެ. ރޮވިފައިވާ އަޑަކުންނެވެ.
“ތިހެން ނުބުނޭ. އަޔާ ދެކެ ލޯބިވާ ކިތަންމެ ބައެއް މިދުނިޔޭގައި އެބަތިބި. އަޔާ އަށް ކީއްވެ ނުވިސްނެނީ” ރިމީޝާ ބުނެލިއެވެ. ފޮތިގަނޑު އަތުގައި އައްސާފައި ވިޔަސް ރިމީޝާ އަދިވެސް އިނީ ސޯފާގައި އިން އައްޔަދު ކުރިމަތީގައި ތަށުމުށިތައް މަތީގައި އިށީނދެގެން އިސްޖަހާލައިގެންނެވެ.
“ޒާއްތަތަ؟ ޝައްނުތަ؟ ބުނެބަލަ. ރިމީ އަށް އެނގެންޏާ ބުނެބަލަ ކޮންބައެއް އަހަރެންދެކެ ލޯބިވަނީ” އައްޔަދު ބުނެލިއެވެ.
“ތި ހުރިހާ އެންމެންވެސް އަޔާ ދެކެ ލޯބިވާނެ……… އަހަރެންވެސް…….” ކުއްލިއަކަށް އައްޔަދު އިންތަނުން ތެދުވިއެވެ. ރިމީޝާގެ ދެކޮނޑުގައި ހިފާ ކޮޅަށްނަގާ ރިމީޝާގެ ހަށިގަނޑުގައި ބައްދާލިއެވެ. ހުއްޓިފައިވާ ބުދެއްހެން މިވަނީ ކީއްކަން ނޭނގި ރިމީޝާ ހުއްޓެވެ.
“ދެންހެޔޮ. އަހަރެން ބޭނުންވި ސުވާލުގެ ޖަވާބު އަދި އެލިބުނީ. ރިމީގެ ތި ޖަވާބުން އަހަރެންނަށް އިތުރު ހިތްވަރެއް ލިބިއްޖެ. އަހަރެން ދެން ދަނީ… އަހަރެން ވަރަށް ވަރަށް ލޯބިވޭ ރިމީދެކެ” އައްޔަދު އެހުރިހާ ވާހަކައެއްވެސް ހުއްޓުވަން ރިމީޝާ މަސައްކަތް ކުރިއެވެ. ނަމަވެސް އައްޔަދު އެފުރުސަތު ނުދީ އޭނާ ދައްކަން ބޭނުންވާ ވާހަކަ ދެއްކުމަށްފަހު ނިކުމެގެން ދިޔައެވެ.
“ނޫން އަޔާ!!! ތި ހީކުރެވުނީ އަދި ރަނގަޅަކަށްނޫން. ޖުމްލައިގެ އެއްބައި އަޑު އަހާފައި ގޮތް ނުނިންމާ. އަހަރެން ބުނަން އުޅުނީ އަހަރެންވެސް ތިގޮތަށް ހީކުރި ދުވަސްތަކެއް އައޭ. އެކަމު އަމިއްލަ މަސައްކަތުން ހަރުފަތަކަށް ފަހު ހަރުފަތެއް ކުރިއަށް ދިޔައީޔޭ….. ހަގީގަތަކީ އަހަރެންންގެ ހިތުގައި މިހާރު އައްޔަދަށް އެއްވެސް އިހުސާސެއް ނުވާކަން. އަހަރެންގެ ހިތް އެދި ގޮވަނީ ޝިނާނަށް. ހަމައެކަނި ޝިނާނަށް” އައްޔަދު ދިޔަ ދިމާލަށް ބަލަން ހުރެ ރިމީޝާ އަމިއްލަ ނަފްސަށް ބުނެލިއެވެ.
އަންނަން ބުނި ދުވަހަށް ނާދެވުމުން ޝިނާން ހުރީ ރިމީޝާ އާއި މިޝްކު ދެކިލާހިތުން ކެތްމަދުވެފައެވެ. ޖެޓީ މައްޗަށް ފޭބި ގޮތަށް މިސްރާބު ޖެހީ ސައިކަލް ޕާރކް ކޮށްފައި ހުރި ދިމާލަށެވެ. އޭނާ މާލޭގައި ހުރި ވާހަކަ ރިމީޝާ ކައިރީ ބުނުމަށްޓަކައި ޖީބުގައި އޮތް ފޯނު ނެގި ވަގުތު ކޯލެއް އައެވެ. ޑިސްޕްލޭ އަށް އައްޔަދުގެ ނަން އަރާ އޮތުމުން ކުޑަ ހިތްނުތަނަވަސް ވުމެއް ޝިނާނަށް ލިބުނެވެ. ނަމަވެސް މާގިނަ އިރު ނުކޮށް ފޯނު ނަގާފައި ކަންފަތުގައި ޖައްސާލިއެވެ. ކުޑައިރުކޮޅަކުން ފޯނު ކަންފަތާއި ދުރުކޮށް ވިސްނާލިއެވެ. އައްޔަދު ބައްދަލުކުރަން އެބުނީ ކީއްކުރަން ހެއްޔެވެ؟ އަނެއްކާ ރިމީޝާ ގެއްލެން އުޅެނީ ނޫން ބާއެވެ؟ ހިތަށް އަންނަން ފެށި ނުބައި ވަސްވާސްތަކުން ހިތް ރޯލިއެވެ. އަވަހަށް ގެއަށް ދިޔުމަށްޓަކައި ސައިކަލް ޕާރކިންގް ޒޯނުން ނެރެގެން ދުއްވާލިއެވެ.
ޝިނާން ގެއަށް ވަންއިރު ސިޓިންގްރޫމުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކޮޓަރިއަށް ވަންއިރު އެނދުކައިރީގައި ކޮޅަށް ރިމީޝާ ހުއްޓެވެ. ފާހާނާ ތެރެއިން ފެންއޮހޭ އަޑު އިވިއިވި ހުރުމުން އެއީ މިޝްކު ކަން ޝިނާނަށް އެނގުނެވެ. ފިޔަވަޅުތައް މަޑުން އަޅަމުން ޝިނާން ގޮސް ހުއްޓުނީ ރިމީޝާ ފަހަތުގައެވެ. ކޮނޑުގައި އޮތް ދަބަސް ތިރިއަށް މަޑުމަޑުން ދޫކޮށްލުމަށްފަހު ޝިނާން ރިމީޝާގެ ފަހަތުން ވަރަށް ލޯބިން ބައްދާލިއެވެ. އަދި އެއްފަރާތުން ހާމައަށް ފެންނަން ހުރި ރިމީޝާގެ ކަނދުރާގައި ބޮސްދިނެވެ. ފުރަތަމަ ރިމީޝާ އަށް ސިހުމެއް ލިބުނަސް ޝިނާންގެ ވަސް އެނޭފަތުގައި ޖެހުމާއެކު ތުންފަތަށް ލަދުރަކި ހިނިތުންވުމެއް ވެރިވިއެވެ. ކުއްލިއަކަށް ޝިނާން ކޮށްލި ހަރަކާތަކާއެކު ރިމީޝާގެ ހަށިގަނޑު އޭނަ އަށް ކުރިމައްޗަށް ވާގޮތަށް އަނބުރާލިއެވެ. ރިމީޝާ ދެއަތް އަޅުވާލީ ޝިނާންގެ ކަރުގައެވެ. ޝިނާންގެ މޫނަށް ބަލަން ރިމީޝާ އަށް ހުރެވުނީ ބޭއިހްތިޔާރުގައެވެ. ތިންދުވަހަށް ފަހު ޝިނާން ފެނުމުން އެހިތަށް ވަރަށް އަރާމުު އިހުސާސް ކުރެވެމުން ދިޔައެވެ. ރިމީޝާ ބަލާވަރުން ޝިނާން ލޯބި ސަމާސާއެއް ކޮށްލަން ހިތަށް އެރިއެވެ. ކުއްލިއަކަށް ލަދުރަކި އަންހެންކުއްޖެއްހެން ޝިނާން ތުންފަތް ހަފާލަމުން މޫނު އަނބުރާލިއެވެ. ރިމީޝާ ކައިރިއަށް ހިނިއައިސްގެން ޝިނާންގެ ބަނޑުގައި ވިކާލިއެވެ.
“އައުޗް! ކިހިނެއްވީ؟ ކީއްވެ ވިކާލީ…” ޝިނާން ބުނެލިއެވެ.
“އާނ ލަދުރަކި މަލެއްހެން ވިއްޔާ ހީވީ” ރިމީޝާ ހީލަމުން ބުނެލިއެވެ.
“އެހެންޏަ. ދުވަހަކުވެސް ރިމީ މަށަށް ނުބަލާ ވަރަށް ބަލަންފެށީމަ މަވެސް ލަދުގަތީ” ޝިނާން ރިމީޝާ ގަޔާ ކައިރިކޮށްލަމުން ބުނެލިއެވެ. މަޑުމަޑުން ރިމީޝާގެ މޫނާއި މޫނު ކައިރިކުރަމުން ގޮސް ދެމީހުންގެ ނޭވާ އިހުސާސްވާހާ ކައިރިއަށް ދެވުމުން ލޯބީގެ ހަދިޔާ ދެފަރާތުން ބަދަލުކުރަން ފެށިއެވެ. އެތައް ވަގުތަކަށް ދެމިގެން ދިޔުމަށްފަހު ދުރުވެލީ ރިމީޝާއެވެ.
“މިޝްކު ނިކުންނާނެ އިރުކޮޅަކުން” ރިމީޝާ ތަންކޮޅެއް ދުރަށް ޖެހިލަމުން ބުނެލިއެވެ.
“އަދި ނުނިކުމޭނު” ރިމީޝާ ކައިރިއަށް ފިޔަވަޅެއް އަޅަމުން ޝިނާން ބުނެލިއެވެ.
“ފަހުން ދެން” ރިމީޝާ ފަހަތަށް ޖެހެމުން ގޮސް ހަރުލީ އަލަމާރީގައި ޖެހިފައެވެ.
“ޕްލީޒް. އަދި އެއްފަހަރު. ދެ މިނިޓް” ޝިނާން ރިމީޝާ އާއި ގާތަށް ޖެހިލަމުން މޫނު ކައިރިކޮށްލިއެވެ. ރިމީޝާ ދެލޯ މެރުނު ވަގުތު ސިހުނީ މިޝްކުގެ އަޑުންނެވެ.
“މަންމީ.. ބައްޕީ… ކީއްތިކުރަނީ ދެކުދިން” ފާހާނާ ކުރިމަތީގައި މުޅި ގައިގާ ތުވާލި އޮޅާލައިގެން ހުރި މިޝްކު އަށް ބަލާލެވުނީ ދެމީހުންނަށް އެއްކޮށެވެ. އެއްޗެއް ބުނުމުގެ ކުރިން އަދި އެއްފަހަރު އެކަކު އަނެކަކަށް ނަޒަރެއް ދިނީ ދޭނީ ކޮންޖަވާބެއްކަން ނޭނގުނީމައެވެ.
“މިޝްކޮ އަށް ނާންގާ ކޮންކަމެއް ތިކުރަނީ” އަނެއްކާ ވެސް މިޝްކު ބުނެލިއެވެ.
“ހެހެހެ… ބައްޕިގެ ޕްރިންސަސް….. މަންމި ލޮލަށް އަމިއްލަ އަށް ސެންޓްޖެހީނު. އެހެންވެ ބައްޕި ބަލާލީ ލޮލަށް ކަމެއްވިތޯ. މަންމި ވަރަށް ކެއަރލެސް ދޯ… ބަލާބަ ހުރި ވައްތަރު. ހީވަނީ ސިއްރު ކަމެއް ކުރަން އުޅެނިކޮށް ފަޅާއެރީހެންދޯ މަންމި ހުރި ގޮތުން” އެނދަށް ފުންމާލަމުން ޝިނާން ބުނެލިއެވެ. މިޝްކު އަށް އަނގަމަތީގައި އަތް އަޅާފައި ހެވެން ފެށުނެވެ. ރިމީޝާ ދެލޯ އަޅާލީ ޝިިނާނަށެވެ.
“މިޝްކޮ ހެދުން ބަދަލުކުރަންދެން ބައްޕި ދޭ ބޭރަށް. އެކީގައި ބޭރަށްދާން ޕްރޮމިސް ވެފައެއްނު ތިހިރީ…. މިޝްކޮ އާއި މަންމި މިދަނީ ފަސްމިނިޓް ތެރޭގައި ރެޑީ ވެގެން” މިޝްކު ކައިރިއަށް ޖެހިލަމުން ރިމީޝާ ބުނެލިއެވެ.
“އޯކޭ… ފަސްމިނިޓް. އެއަށްވުރެ ގިނަވެއްޖިއްޔާ ޕްލޭން ކެންސަލް” ކަންނެތް ގޮތަކަށް ތެދުވެ ހިނގައިގަންނަމުން ޝިނާން ބުނެލިއެވެ.
************************************
ހަވީރު ގެއިން ނިކުތް ޝިނާންގެ ފެމެލީ ގެއަށް އައިސްވަނީ ރޭގަނޑު އަށެއްޖަހަން އުޅެނިކޮށެވެ. ރިމީޝާ އަށް ނަމާދު ނުކުރެވޭ ދުވަސްކޮޅަކަށް ވީތީ ނަމާދުވަގުތަށް ގެއަށް އަންނަން ބޭނުންނުވީއެވެ. ގެއަށް ވަންގޮތަށް ރިމީޝާ އަވަސްވީ މިޝްކޮ ހެދުންބަދަލުކޮށް ނިދަން އެރުވުމަށެވެ. ސޯފާގައި ވިސްނުމަކަށް ގެއްލިފައި އިން ޝިނާން އައްޔަދާއި ބައްދަލުކުރުމަށް ގެއިން ނިކުތީ ރިމީޝާގެ ފޯނަށް މެސެޖެއް ކޮށްފައެވެ. ރައްޓެއްސަކާއި ބައްދަލުކުރުމަށްފަހު ވަރަށް އަވަހަށް އަންނާނަން ކަމަށް ބުނެ ގެއިން ނިކުތްއިރު ހިތުގައި ވަނީ ނޭނގޭ ނުތަނަވަސްކަމެއް އުފެދިފައެވެ.
އައްޔަދު ބުނި ކެފޭއަށް ޝިނާން ގޮސް ވަނުމާއެކު ވަކިން މޭޒެއްގައި އިން އައްޔަދު އަތުން ހަނާ އަޅާލީ އޭނާ އިންތަން ޝިނާނަށް އަންގައިދިނުމުގެ ގޮތުންނެވެ. ޝިނާން އެދިމާލަށް ގޮސް އައްޔަދު ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ. އައްޔަދަށް ނަޒަރެއް ދިނީ އެއްޗެއް ދެނެގަންނަން އުޅޭ ކަހަލަ ގޮތަކަށެވެ.
“ކިހިނެއްތަ؟ ކައިވެނީގެ ފަހުން ހާދަ ފިލައިގެންނޭ ތިއުޅެނީ” އައްޔަދު ހަމަޖެހިލާފައި ބުނެލިއެވެ. ވެއިޓަރ ދެތަށި ކޮފީ ގެނައުމުން އެއް ކޯވަރު ބޯލިއެވެ. ޝިނާނަށް ބަލާލީ އަވަހަށް ފަށާށޭ ބުނާ ކަހަލަ ގޮތަކަށެވެ.
“ދިމާނުވަނީ. އެކަމު ނުއެއްފިލަން” ޝިނާން ކުރު ޖަވާބެއްދިނެވެ.
“ހެހެހެ… މަ ހީކުރީ ބިރުންކަމަށް” އައްޔަދު ބުނެލިއެވެ.
“ކޮންކަމަަކާ” ޝިނާން ވެސް ބުނެލިއެވެ.
“އެއެއް އެނގޭނީ ނާނުއަކަށްނު” އައްޔަދު ބުނެލިއެވެ.
“އަހަރެން ބިރުނުގަނޭ އެއްވެސް އިންސާނެއްދެކެ” ޝިނާން ބަލަން އިނީ އައްޔަދުގެ މޫނަށެވެ.
“އަންހެނުންނަށް ކިހާ ވަރަކަށް އިތުބާރުކުރަން” އައްޔަދު އަހާލިއެވެ.
“ތިބުނީ ރިމީގެ ވާހަކަތަ؟” ޝިނާން އަހާލިއެވެ.
“އެހެން” އައްޔަދު ބުނެލިއެވެ.
“ބުނަން. އަހަންނަކަށް ނޭނގޭ އަޔާ ކިޔަން ތިއުޅެނީ ކީކޭ ކަމެއް” ޝިނާން ހަށިގަނޑު ސީދާކޮށްލަމުން ބުނެލިއެވެ.
“ހެހެހެ… ހާދަ ރުޅިއެއް ބުރޯ. ހަމަޖެހިބަލަ. އަހަރެން ބުނީ ކޮންއިރަކުންހޭ ރިމީ މިނިވަންކުރާނީ” އައްޔަދު ހަމަޖެހިލާފައި ބުނެލިއެވެ.
“އަހަރެން ރިމީ އާއި އިނީވެސް އަޔާ ބުނެގެނެއްނޫން. އަހަރެން އިންތިހާ އަށް ލޯބިވާތީ. ކުރީގައި ވެސް އަދި މިހާރު ވެސް” ޝިނާން ބުނެލިއެވެ.
“އަހަރެން މިވާހަކަ މިބުނަނީ އެއްވެސް ވަރަކަށް ގޯހަކަށް ނޫން. އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެ ހިތާއި ފުރާނައިން ލޯބިވަން. އަހަރެންނަށް ރިމީ ލިބިފައި ވެސް ދޫކޮށްލެވުން އެއީ އަހަރެންނަށް ނުވިސްނުނުކަން. މިހާރު އަހަރެން ރިމީ ބޭނުން. ހުރަހަކަށް މިހާރު ހުރީ ނާނު ކަލޭ. އެހެންވީމާ ނާނު ޖެހޭނީ އެއްފަރާތްވެލަން. އަހަރެމެން ދެމީހުންނަށް ފުރުސަތުދީ.” އައްޔަދު ބުނެލިއެވެ. ޝިނާން ރުޅިއާއެކު ދެއަތްތިލަ މުށްކެވެމުން ދިޔައެވެ.
“އަހަރެންނަށް އެނގޭ ކަލޭގެ ނުބައި ހިޔަނި ރިމީ އަށް އަބަދުވެސް ފާރަލާނެކަން. ރިމީ މިހާރު ކަލޭ ބޭނުމެއްނޫން. އަހަރެމެން ދެމީހުންގެ ގުޅުން ވަރަށް ބޮޑުތަން ކުރިއަށް ޖެހިލައިފި. އަދި އަހަރެމެން ދެމީހންގެ ދަރިއަކު ވެސް ދުނިޔޭގައި އެބަހުރި….. އެހެންނޫނަސް ކަލޭ ހަމަ ކުޑަކޮށް ވެސް ލަދެއް ނުގަނޭތަ؟ ރިމީ އެއީ ކަލޭ ހަދާނެ ގޮތެއް ހަދަން ހުރި ބުދެއްތަ؟ އަހަރެން ކައިރިން ރިމީ މިނިވަން ވެގެން ދިޔަސް ކަލޭ އާއި ކައިރިވާކަށް ރިމީއަކަށް ނުކެރޭނެ” ޝިނާން ރުޅިއައެއްކަމަކު ވާހަކަ ދެއްކުމުގެ އިހްތިޔާރުކުރީ މަޑުމައިތިރިކަމެވެ.
“ހެހެހެ… ދުނިޔޭގައި ހުރި ދަރިއަކީ ނާނު އާއި ނޯޔާގެ ދަރިއެއްނު. ރިމީ މިދުނިޔެއަށް އުފަންކުރީ މަގޭ ދަރިއެއް. އެނގޭ ރިމީ މިޝްކު ދެކެ ވަރަށް ބޮޑަށް ލޯބިވާކަން. ރިމީއަށްޓަކައި އަހަރެން ވެސް މިޝްކު އަމިއްލަ ދަރިއެއްގެ ގޮތުގައި ބަލައިގަންނާނަން” އައްޔަދު ބުނެލިއެވެ.
“ދައްކަންބޭނުން ވާހަކަ ނިންމާލާ. އަހަރެންނަށް ވަގުތެއްނެތް” ޝިނާން ކޮފީތަށި ދުރުކޮށްލިއެވެ.
“މަޑުކުރޭ އަދި. ބަލާބަ މަގޭ އަތް. އެނގޭތަ މިތާ ބޭސްއަޅާދިނީ ކާކުކަން. ރިމީ. މިއަދު ރިމީ އިއުތިރާފްވެއްޖެ އަހަރެންދެކެ ލޯބިވާކަމަށް. ސާބިތުކޮށްދޭންވީދޯ” އައްޔަދު ނެގީ ފޯނެވެ. ރިމީޝާގެ ނަންބަރަށް ގުޅާލުމަށްފަހު ފޯނު ސްޕީކަރ އަށް ލިއެވެ.
“ހަލޯ!!” ކުއްލިއަކަށް ޝިނާންގެ ކަންފަތުގައި ޖެހުނީ ރިމީޝާގެ އަޑެވެ. އެހެންކަމުން ޝިނާން އަށް އިތުރަށް މޭޒުމަތިގައި އޮތް ފޯނާއި ދިމާލަށް ގުދުވެލިއެވެ.
“ރިމީ! ބޭބީ ކީއްކުރަނީ” އައްޔަދު އަހާލިއެވެ.
“އިނީ ހަމަ. އަދިވެސް ތަދުވޭތަ؟” ރިމީޝާ ބުނެލި އަޑު އިވުނެވެ.
“ހޫމް… ކުޑަކޮށް….ބޭސް ކެއިމަ ވަރަށް ލުއިވި” އައްޔަދު ބުނެލިއެވެ.
“ގުޑް. ކީއްކުރަނީތި. އަހަރެން ވަރަށް ބޮޑު ވާހަކައެއް އަޔާ ކައިރީގައި ބުނަންވެފައި އެބައޮތް ” ރިމީޝާގެ ވާހަކަތައް ހުރި ގޮތުން ޝިނާންގެ ހިތް ތެޅެންފެށީ އެއް މިއެއް ބަލާފައެއް ނޫނެވެ.
“ބުނީމެއްނު އަހަރެންދެކެ ލޯބިވާ މީހުން ވަރަށް ގިނައޭ. ރިމީ ކިޔާބަލަ އެމީހުން” އައްޔަދު ބުނެލިއެވެ.
“އަޔާގެ އާއިލާ. ޝައްނު އައިކު ޒާއްތަ” ރިމީޝާ ބުނެލިއެވެ.
“ދެން ރިމީއޯ” އައްޔަދު ބުނެލިއެވެ. ރިމީޝާ ދޭނެ ޖަވާބެއް ނޭނގޭތީ ޝިނާން ހިތް ބިރުގަތެވެ.
“އަޑުއަހާބަލަ….. ވާހަކައިގެ އެއްބައި އަޑުއަހާފައި ގޮތް ނުނިންމަބަލަ…… އަހަރެންވެސް…..” މިފަހަރުވެސް ރިމީޝާ ޖުމްލަ ފުރިހަމަ ކުރިޔަ އައްޔަދު ނުދިނެވެ. ކާމިޔާބީގެ ހިނިތުންވުމެއް ތުންފަތަށް ވެެރިކޮށްލައިގެން އިނދެ ފޯނު ނަގާ ޖީބަށް ލިއެވެ.
“އަދިވެސް އިތުރު ހެކި ބޭނުންތަ؟” އައްޔަދު ބުނެލިއެވެ.
“އަހަރެންނަށް އެނގޭ ރިމީގެ ފުރަތަމަ ލޯތްބަކީ ތީކަން. އެކަމު މިހާރު ރިމީ އުޅެން ބޭނުމީ އޭނާ އަށް އެދޭ މިހާ އާއި އެކު. އެހެންނޫނަސް ދެއްކި ވާހަކަތަކުން ރިމީ އެންމެ ފަހަރަކު ވެސް ތިމަންނަ އައްޔަދު ދެކެ ލޯބިވެޔޭ ބުނާ އަޑެއް ނާހަން” ޝިނާން ވެސް ހަމަޖެހިލަމުން ބުނެލިއެވެ.
“ތިހެންވިއްޔާ ނާނު ގެއަށް ގޮސް އަހާބަލަ. ކެރޭނެތަ؟” އައްޔަދު ޔަގީންކަމާއެކު ބުނެލިއެވެ. ޝިނާން ވަކި އެއްޗެއް ނުބުނެ އިންތަނުން ތެދުވިއެވެ.
“މަޑުކޮށްބަ. ރިމީގެ ދުލުން ޝިނާން ދެކެ ލޯބިވާ ވާހަކަ ނުބުނެފިއްޔާ އަހަރެންނަށް ލިބޭނެ ދޯ. އެއްބަސްތަ އެގޮތަށް” އައްޔަދު ވެސް ތެދުވިއެވެ. ޝިނާން އައްޔަދަށް ޖަވާބެއްނުދީ ހިނގައިގަތެވެ. އޭނާގެ ހިތާއި ސިކުނޑީގައި ވަނީ އޮޅުންބޮޅުން ގަނޑެއް އުފެދިފައެވެ. ސައިކަލް ނަގައިގެން ވަކި މިސްރާބެއްނެތި ދުއްވާލިއިރު ޖަވާބު ނުލިބޭ އެތައް ސުވާލެއް އޭނާގެ ހިތުގައި އެނބުރެމުން ދިޔައެވެ. އޭނާ ސައިކަލް މަޑުކޮށްލީ ތިން ރުއް ޕާރކް ކައިރިއަށެވެ. ސައިކަލުން ފައިބައިގެން މަޑިމަތީގައި އިށިން އިރު ދެލޯ ވަނީ ކަރުނުން ފުރިފައެވެ. ނަޒަރު ސީދާވެފައި ވަނީ މާލޭ ފަޅަށް ވަންނަން އައި ފެރީ އަކަށެވެ. އުޑުގައި ރަނިކަން ކުރާ ރާނީ ނެތްކަމުގެ އިހުސާސް ކަނޑުގެ ލޮނުގަނޑު ވެސް ކުރާ ކަހަލައެވެ. އެހެންކަމުން ކަނޑަށް ވެސް ވަނީ އާދަޔާހިލާފް އަނދިރިކަމެއް ވެރިވެފައެވެ.
“ރިމީ!! ވަރަށް އިތުބާރުކުރަން. ދުވަހަކު ވެސް ރިމީ ދޫކޮށްލަން ބޭނުމެއްނޫން. ތީ މުޅި ހަޔާތް. އެތައް މަސައްކަތަކާއި ދުޢާ އަކަށްފަހު ރިމީ ލިބިފައި ތިހެރީ. ކައިވެނީގެ ފަހުން އައްޔަދު ކިތަންމެ ކުޑަ އެއްޗެއް ބުންޏަސް ބުނަމެއްނު. ކީއްވެ؟ ކީއްވެ އެހާދިސާ ކިޔާނުދިނީ. ފޫހިވީތަ؟ ރިމީގެ ދެލޯ އަހަރެންނަށް ބުނެދޭ ރިމީ އަށް އަހަރެން ހާއްސަކަން. އަހަރެންދެކެ ލޯބިވެޔޭ ހިތް ބުނޭ. ކީއްވެ ރިމީ ނުބުނަނީ. އަހަރެން މިދަނީ ގެއަށް. ރިމީ އާއި ސުވާލުކުރަން. ޕްލީޒް… އަހަރެން ހިތް ކުދިކުދިވާ ކަހަލަ ޖަވާބެއް ނުދެއްޗެ. އަހަރެންނަށް ނޫޅެވޭނެ ރިމީ އާއި ނުލާ. އައްޔަދު ދެއްކި އެއްވެސް ވާހަކައެއް ގަބޫލެއްނުކުރަން. އެކަމަކު މިއަދު ރިމީގެ ހިތުގައި ރަސްކަން ކުރަމުން ދަނީ ކާކުތޯ ބަލަން ބޭނުން…..” ހިތާއި ހިތުން ވާހަކަދައްކަމުން ޝިިނާން ސައިކަލަށް އަރާ ގެއާއި ދިމާލަށް ދުއްވާލިއެވެ.
ސިޓިންގރޫމް ދޮރު ހުޅުވާލި އަޑަށް ދެކޮޅަށް ހިނގަން ހުރި ރިމީޝާ ދިޔައީ ސިހިގެންނެވެ. ފާރުގައި ހުރި ގަޑިއަށް ބަލާލިއިރު އެގާރަ ޖަހަނީއެވެ. ރިމީޝާ އަށް ބަލާވެސްނުލާ ޝިިނާން ސޯފާގައި އިށީނުމަށްފަހު ދެއަތްތިލަ ތެރޭގައި މޫނު ފޮރުވާލިއެވެ. ރިމީޝާ ޝިނާނަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު އައިސް ކައިރީގައި އިށީނެވެ.
“ކޮންތާކު އުޅެފައި ތިއައީ. އަހަރެން ކިހާ ވަރަކަށް ގުޅައިފިން. މެސެޖް ވެސް ކުރިން. އަޅެ ޖަވާބެއްދިންނަމަ…. ނޭނގޭތަ ހަބަރެއްނުވީމަ އަހަރެން ބިރުގަންނާނެވަރެއް” ރިމީޝާ ޝަކުވާ ކޮށްލިއެވެ.
“ކީއްވެ ބިރުގަތީ. މަރުވިއްޔާ ހަބަރު ލިބޭނެއްނު” ޝިނާން ބުނެލިއެވެ.
“ކީކޭ ތިކިޔަނީ. ކިހިނެއްވެފަ ތީނީ” ރިމީޝާ އަހާލިއެވެ.
“އަހަރެން ސުވާލެއް ކޮށްފިއްޔާ ތެދުބަހުން ޖަވާބުދޭނަންތަ؟” ޝިނާން އަހާލިއެވެ. އެންމެފަހަރަކު ވެސް އޭނާ ރިމީޝާގެ މޫނަށް ބަލާނުލައެވެ. ރިމީޝާގެ ހިތް ތެޅިލިއެވެ. ޝިނާން އަހަން އުޅޭ ސުވާލެއް ނޭނގޭތީ ފިކުރުބޮޑުވިއެވެ.
“ކޮ…ކޮން…. ކޮށްބަލަ. އަހަރެންނަށް ޖަވާބުދެވޭވަރުގެ ސުވާލެއް ވިއްޔާ ޖަވާބުދޭނަން” ރިމީޝާ ލަސްލަހުން ބުނެލިއެވެ. ޝިނާން ރިމީޝާ އާއި ވީ ދިމާލަށް އެނބުރުނެވެ. އަދި ރިމީޝާގެ ދެއަތްތިލަ އޭނާގެ އަތްތިލަ ތެރޭގައި ފޮރުވާލިއެވެ.
“ރިމީ!! އަހަރެން ރިމީ ދެކެ ވަރަށް ލޯބިވަން. ވަރަށް ބޮޑަށް. ރިމީ އަށް ވަރަށް އިތުބާރު ވެސް ކުރަން. ރިމީ އަހަރެންނަށް އެއްވެސް ކަމެއް ނުފޮރުވާނޭ އަހަރެންގެ ހިތް ބުނޭ. އަހަރެމެންގެ ކައިވެންޏަށް ތިންމަސް ފުރި މިދަނީ. މިވީ ދުވަސްތަކުގައި ރިމީގެ ހިތުގައި އަހަންނަށްޓަކައި ލޯބީގެ ޒައްރެއްގެ މިންވަރު ވެސް އުފެދިއްޖެތަ؟ ކުޑަކޮށް ވެސް އަހަރެންނަށް އެދެވޭތަ؟” ޝިނާންގެ ސުވާލުން ރިމީޝާ ގަނޑުވިއެވެ. އެހާ ސީދަލަށް ޝިނާން އެސުވާލު ކުރުމުން ރިމީޝާ ބަސް ހުއްޓުނެވެ. ފޮރުވައިގެން އުޅުނު ހަގީގަތެއް މީހަކަށް ފަޅާއެރުމުން އެމީހެއްގެ މޫނުން ފެންނާނެ ކުލަވަރުތައް މިވަގުތު ރިމީޝާގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ޝިނާން ދެކެވާ ލޯބި ހާމަކުރާނެ ވަގުތު އައިސް ޖެހުނީއޭ ހިތަށް އެރިއެވެ. އެހެނަސް އޭނާ ނިންމައިގެން ހުރީ ވަރަށް ހާއްސަ ގޮތަކަށް ޝިނާނަށް އެކަން އަންގާށެވެ. ޝިނާންގެ މޫނަށް ބަލަހައްޓައިގެން އިންއިރު އެއްޗެއް ބުނަން އަނގަ ކުޑަކޮށް ހުޅުވާލިއެވެ. ދެތުންފަތަށް ހަރަކާތެއް އަޔަސް ރިމީޝާ އަށް ކުރިއަށް ނުގެންދެވުނެވެ. ކުޑަކޮށް ހެވެން އުޅުނު ވަގުތު އަނެއްކާ ވެސް އިވުނީ ޝިނާންގެ އަޑެވެ.
“ރިމީ!! އަހަރެންދެކެ ލޯބިވޭތަ؟” ދެވަނަ ފަހަރަށް ޝިނާން ސުވާލުކުރިއެވެ.
“އަހަ…އަހަރެން….ބުނަން ހުރީ…..” ރިމީޝާ އެއްޗެއް ބުނަން މަސައްކަތް ކުރިއެވެ.
“އޯކޭ. އަހަރެންނަށް ޖަވާބު ލިބިއްޖެ. އަހަރެން ރިމީގެ ލޯބި ކުރިން ވެސް ވާނީ ރިމީ އަށް ހޯދަދީފަ. އަދިވެސް އެހިތްވަރު އަހަރެންގެ އެބަހުރި. ރިމީގެ އެއްވެސް ކުށެއްނެތް. އަހަރެން ނަސީބު ދެރައީ…. މިރޭ އަހަރެން ކައިރީގައި އައްޔަދު ދެއްކި ހުރިހާ ވާހަކަތަކެއްް މިހާރު ގަބޫލުކުރެވިއްޖެ. އަހަރެން ނިންމަންޖެހޭ ހުރިހާ ކަމެއް ނިންމާނަން. ތައްޔާރުކުރަން ޖެހޭ ހުރިހާ ކަމެއް ރިމީ ތައްޔާރުކުރޭ. އަހަރެން މިދަނީ ގިރިފުށްޓަށް ދާން ފުރަން. އާދެވޭނީ ހުރިހާ ކަމެއް ރިމީ ތައްޔާރުކޮށްފައި އެންގީމަ. މިޝްކޮ އާއި ދެމީހުން ބަލައިގެން އުޅޭތި…” ދައްކަން ބޭނުންވި ހުރިހާ ވާހަކަތަކެއް ރިމީޝާ އަށް އިއްވާލުމަށްފަހު ޝިނާން ނިކުމެގެން ދިޔައެވެ. ކުރިމަތިން ނިއުޅެމުން ދިޔަ މަންޒަރު ގަބޫލުނުކުރެވިފައި ރިމީޝާ ހުއްޓެވެ. އެއީ ހުވަފެނެއް ކަމަށް އެތައް ފަހަރަކު އެދެވުނެވެ. ޝިނާން އެހާ ފަސޭހައިން އޭނާ ދޫކޮށްފައި ނުދާނެއެވެ. އެއީ ހަގީގަތެއް ނޫނެވެ. ޝިނާނަކީ އެހާ އަވަހަށް ގޮތް ނިންމާނެ މީހެއް ނޫނެވެ. މިރޭ ޝިނާންގެ މޭމަތީގައި އޮވެ ނިދާލަން އޭނާ ކިހާ އެދުނު ހެއްޔެވެ؟ ހިތުގައި އުފެދުނު ޝަކުވާ ތަކަކުން ރިމީޝާ އަށް ހުރި ދިމާލުން ތިރީގައި އިށީނދެވުނެވެ.
“އައްޔަދު އަހަރެން ދުވަހަކު ވެސް ކަލެއަށް މާފެއް ނުކުރާނަން. އަހަރެންގެ ދިރިއުޅުން ހަލާކުތިކުރީ ކީއްވެގެން. ކީއްވެ އަހަރެން ފަހަތުން ނެއްޓެން ނޭނގިގެން ތިއުޅެނީ. އަހަރެން ކަލޭ ދެކެ ލޯތްބެއްނުވޭ. އަހަރެން ލޯބިވަނީ އަހަރެންގެ ޝިން ދެކެ. އާނ… ވަރަށް ބޮޑަށް ލޯބިވެވިއްޖެ. ދުވަހަކު ވެސް ވަކިވަން ނޭދޭ ވަރަށް ލޯބިވެވިއްޖެ. އަހަރެންނަކީ ހިއްސުތައް ސަލާމަތުން ހުރި އަންހެނެއްކަން އިހުސާސް ކޮށްދިނީ ޝިނާން. ލޯތްބަކީ ކޯއްޗެއްކަން އަންގައިދިނީ ޝިިނާން. އަންހެންކުއްޖެއްގެ ހިތުގައި ދެވަނަ ފަހަރަށް ވެސް ލޯތްބޭ މިކިޔާ ޖަޒްބާތު އުފެދިދާނެކަން އަންގައިދިނީ ޝިނާން. އަހަރެން ބޭނުމީ ޝިނާން” ސޯފާގައި ބޯއަޅައިގެން އިނދެ ރިމީޝާ ރޮވެމުން ދިޔައެވެ.
ކުއްލިއައަކަށް ރިމީޝާ އިންތަނުން ތެދުވިިއެވެ. ސޯފާގެ އެއްފަރާތުގައި އޮތް އޭނާގެ ފޯނު ނަގާ ޝިނާންގެ ނަންބަރަށް ގުޅާލިއެވެ. ފޯނު ނިއްވާލާފައި ކަމަށް ބުނުމުން ރިމީޝާގެ ހިތް ފަޅައިގެންދާވަރު ވިއެވެ. ނަންބަރަށް ގުޅުނު އަދަދެއް ވެސް ނޭނގެއެވެ.
“ތީތަ ޝިިން ވި ލޯތްބަކީ. އިތުބާރު ކުރަމޭ ބުނެފައި ފަހު ވަގުތުގައި ތި ދިޔައީނު. ކީއްކުރަން އަމިއްލަ ހިތުން ގޮތް ނިންމަނީ. ރުޅި އައިއްސަ ހުންނަ ވަގުތުގައި ވެސް އަދި ހިތްދަތިވެފައި ހުންނަ ވަގުތެއްގައި ވެސް އެއްވެސް އިންސާނަކަށް ރަނގަޅު ނިންމުމެއް ނުނިންމޭނެ. އަލުން އާދޭ. ލޯބިން ތި ހިތް ފުރާލަދޭނަން” ރިމީޝާ އަމިއްލަ ހިތާއި ޝަކުވާ ކުރަމުން ދިޔައިރު އެދެލޮލުން އެންމެ ހިނދުކޮޅަކަށް ވެސް ކަރުނަ ފޭބުން ނުހުއްޓެއެވެ.
ދަންވަރު ދޭއްޖެހީ އިރު ވެސް ރިމީޝާ އެނދުގައި އޮތީ ދެކޮޅަށް ފުރޮޅި ފުރޮޅިއެވެ. ޝިނާންގެ ހަބަރެއްވޭތޯ ސިކުންތަކު ދެފަހަރު އެ ނަންބަރަށް ގުޅާލައެވެ. ވިސްނުންތަކާއި ފިކުރުތަކުގެ ސަބަބުން ދެލޮލަށް ނިދި ބަރުވެ ނިދެމުން ދިޔަ ވަގުތު ސިޓިންގްރޫމުން މީހަކު އުޅޭ ކަހަލަ އަޑެއް ރިމީޝާގެ ކަންފަތުގައި ޖެހުނެވެ. ފުންމައިގެން ތެދުވީ ޝިނާން އައީ ކަމުގައި ނިންމައިގެންނެވެ. ނިދަންލާ އަތްކެނޑި ތުނި ނައިޓީ އާއި އެކު ބުރުގާ ވެސް ނާޅާ ކޮޓަރީ ދޮރު ހުޅުވާލިއެވެ. ސިޓިންގްރޫމަށް ވެރިވެފައިވީ އަނދިރީ ތެރެއަށް ލޯ ހޭނުމާއެކު ސޯފާ ކައިރީގައި ކޮޅަށް ހުރި މީހަކު ފެނި އޭނާގެ ދެލޯ ވިދައިގަތެވެ. ދުވެފައި ދިޔައިރު މަޑުމަޑުން ހެވެން ވެސް ހެވުނެވެ.
ފަހަތުން ރިމީޝާ ބައްދާލުމާއެކު އައްޔަދު ހިތަށް ލިބުނު އުފާ އިންތިހާ އަށް އިތުރުވިއެވެ. މޭގައި ރިމީޝާ ފޮރުވާލީ ދުވަހަކު ވެސް ދޫކޮށްނުލަން އަޒުމް ކަނޑައަޅައިގެންނެވެ.
“ވަރަށް ލޯބިވޭ… ވަރަށް ބޮޑަށް ލޯބިވޭ. ދުވަހަކުވެސް ދޫކޮށްނުލާނަން. ކުރިން ހުރީ ވަރަށް ހާއްސަ ގޮތަކަށް ބުނަން. އެކަމަކު އަހަރެން މުޅިން ބިރުގަންނުވާލައިފި،.” ޝިނާން ކަމަށް ހީކޮށް ރިމީޝާ ބުނަމުން ދިޔައެވެ. އައްޔަދު ބަހެއް ވެސް ނުބުނެ ހުރީ ލިބުނު އުފާވެރިކަމުގައި ބުނާނެ އެއްޗެއް ދުލައް ނައުމުންނެވެ. ޝިނާން އެއްވެސް އެއްޗެއް ނުބުނުމުން ރިމީޝާ އަނދިރީގެ ތެރެއިން އެމޫނަށް ބަލާލިއެވެ. މުޅި މޫނަށް އަނދިރިކަން ވެރިވެފައިވާއިރު ފެންނަން ހުރީ ހުދު ދަތްތަކެވެ. ޝިިނާން ހީލައިގެން ހުރުމުން ރިމީޝާގެ ހިތަށް ހަމަޖެހުން ލިބުނެވެ. ކުއްލިއަކަށް އައްޔަދު ނުވިސްނާ ހުއްޓާ ރިމީޝާ ކުރި ކަމަކުން ހިއްސުތައް ކޮންޓްރޯލެއް ނުކުރެވުނެވެ. ރިމީޝާ އިސްނަގާ އައްޔަދުގެ ތުންފަތުގައި ބޮސްދޭން ފެށުމުން އައްޔަދު ރިމީޝާ ގައިމަތީގައި ބާއްވާލަމުން ސޯފާގައި ދިގަށް އޮށޯވެލިއެވެ. ރިމީޝާގެ ހަށިގަނޑުގައި އައްޔަދު ބީހޭން ފެށުމުން އެކަމަށް ރިމީޝާ އަށް ވެސް އެއްބާރުލުން ދެވެން ފެށިއެވެ.
“ހިނގާ ކޮޓަރިއަށް. މިތާ ތިއްބާ މިޝްކޮ ނިކުމެދާނެ” އައްޔަދުގެ ބީހުން ތަކުގެ ތެރޭގައި ގައިދުވެފައި އޮތް ރިމީޝާ ބުނެލިއެވެ. ރިމީޝާގެ ބަސް ގަބޫލުކޮށް އައްޔަދު ރިމީޝާގެ އަތުގައި ހިފާލައިގެން ތެދުވިއެވެ. އަދި ރިމީޝާ ނުވިސްނާ ހުއްޓާ އަތްދަނޑި މައްޗަށް އުފުލާލިއެވެ. ކޮޓަރިއަށް ދާދި ކައިރިވެފައި ވަނިކޮށް ދެމީހުން ވެސް ކުއްލިއަކަށް ސިހުނީ މިޝްކުގެ ކޮޓަރި ތަންޑު ނައްޓާލި އަޑަށެވެ. އެދިމާލަށް ދެމީހުންނަށް ވެސް ބަލާލެވުނީ އެކީގައެވެ. އައްޔަދު އަވަހަށް ރިމީޝާ ތިރީގައި ބެހެއްޓިއެވެ.
“މަންމީ!! ކޮންތާކު. ހާދަ އަނދިރިއޭ. މިޝްކޮ ވަރަށް ބިރުގަނޭ.. ދިއްލަބަ….. “ބައްޕީ މަންމި އުޅެނީ މުޅިތަން ނިއްވާލައިގެން. މަންމީ!!! ބައްޕި ގޮވަނީ ފޯނުން” މިޝްކޮގެ ވާހަތަކުން ރިމީޝާ އަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އަނދިރީގެ ތެރޭގައި ހުރި އައްޔަދަށް ބަލާލީ ޝައްކުން ފުރިގެންވި ނަޒަރަކުންނެވެ.
ނުނިމޭ
92 Comments!
Comments are closed.
Salaam all!!!
mi bai ves huriha kudhinnah kamudhaane kamah heekuran. 35 vana bai ves maadhama hama migadyga. insha allah 🙂 🙂
Thanks dear adhi nuves kiyan mee 1st dw
thankyou Siyaa… ummeedhu kuran Siyaa ah 🙂 ves mi bai kamudhaane kamah
me second dhw
yes thoo… ummeedhu kuran mi bai 🙂 kamudhaane kamah
Mee third dhw
🙂 yes Hafeez. ummeedhu kuran mi bai kamudhaane kamah
Vr salhi mi part vx
🙂 thankyou Lau
Jumaana Naeem
🙂 thankyou dhe kudhin
Kiyaifin
Woowwww… mee first thrr..??? Vrh vrh salhi.. curiouslii waitinn 4 the nxt prt… ly…
🙂 thankyou mishy…
Ayaaa gandu…vv foohivey ulhey vahtharun…alhey shin ah ehen nuhadhaabala…e ayaa ah varugadha filaavalheh dheynvaane..rimee ah neyngeytha shin aa aya vakikuranves..story hama habeys ???
Dhn abadhu thi ayyadhu kairin salaamaeh nuvegen abadhu rimyysha and shinaan mahsala gadehge thereyyga???
thankyou Snow… fahun vaan oi rangalheh 🙂 ge bodu kamun kannenge dhw
Varah salhi waiting for next part
Alhe dhen Ayyadh beyzaaru kohlabala.. abadhu shinaan ah ehen hadhaakah nuvaane …
Varah varah salhi mi part vess please next part upload kohdheeba please..
🙂 thankyou so much ainy
Mashaa Allah❤❤❤❤ mi part vx v v v salhi… v interesting nest part ah…
🙂 thankyou so much Yash
Alhey avahah next part upkhdheeba..dhn abadhu rimeege life aa nukulheba
thankyou Mixuhan.. rimee ah adhi emme 🙂 rangalhu goi vaane
alhay rimee aa shinaan dhuru nukurachey
thankyou ss. lets see dhw 🙂
v v v salhi but shin fakeeru ge haalah visneny shin ge num dheeba usha……
9199999
thakyou shaa 🙂 ekamu adhi kiriya ushaali ah ves mi enguny shinan ge number 😀
V reethi..❤
🙂 thankyou ma ry
Ushaali ge vaahaka v reethi sifakurumuga vex hama enme furihama…. Can’t wait next part ??❤❤
thankyou so much Shayaany… varah happi 🙂 vehjje
alheyy..keethikuree ehen nahadhaa i hate that ayyad..
sorry niz
🙂 ehaa rulhi naadhey
yes fainally
dhen vaanee kihineh baa
thanks ushaali
vvvv reethi mi part ves masha allah
dhenme ekiyaalevunee school in aima
🙂 thankyou nonni. dhn vaa goi balamaa dhw
ahcheedi, Rimy hunnanee hissukedifa dhw. Ayyadhu aai evarah olhulee iruvx Shin kan neygenee. Gaimu evaruvaairu engeyne dhw aee Shin noonkan, v foohivey dhn.
yes Anaa rimee ves moya kamun dhw evaru 🙂 nuvisneynee…. sorry hiyhama nujehuneethee
V fooohi vey mi ayyadh dheke…Ayyadhu ah landeh dhybala rangalhu..
🙂 thakyou Araash
Dhen thi ayyadh kairin salaamaiy veveykah nehtha..varah foohi dhen shinan ah ehen hadhaathy
shai vahakaiga adhi ebain 5 varakah bai. e 🙂 baithakah fahu hingaa ehcheh bunan dhw
writr ge sifakurun v salhi… waitin fr the nxt prt
🙂 thankyou so much truth
dhen varah foohi mi vaahaka dhen ehen myheh kaariah dheveytha olhigen? Dhigu kuran vegen dhen foohikoh thi gehnnany
nooney Mishel. e bai eynee vahaka dhigu kuran ushaaly himanaafa in baeh 🙂 heevaanama varah bodah sorry
adhiriyas evarah meehun olheynebaaa???????
misaalakah olhidhaane dhw evarah meehakah edhevifa huryma. rimee hury shinan gennan nulaahiku beynun vefa. dhn rimee ah kuda faahaga eh vefa 🙂 innaane. ebai annaane next part ga
Mi ayyadhu ulhey gothun now v v foohi vey mi vaahaka kiyan.. abadhuves eyna ah hurihaa molheh libeny.. dhen Rimy n shinn dhuru kuryma mi story v v Hadi vaane
sal koba ayyadh an molhu libifa. ekamu ves kur9iah huri bai thah kiyaafa hingaaba judge 🙂 kollan dhw
varah foohi. mujuthamah nuragalhu mesg dheny… frimihaa hutaa hiley meehaku dheke loabi vegen eynaai eku ulheny. rimysha aky hisu kedifai vaa meeheh hen heevany.
sorry mm… vahakaiga mi hisaabun bunefa inaaany rimeesha ayyadh dheke loabi nuvaa vahaka. ushaly liyaa evves vahaka akun wrong msg eh nudheynan. insha 🙂 allah
Story nimen dhw mi ulhenee…
🙂 yes lotus. mihaaru midhany nimen
Foohi
🙂 thanks neelaa….
Dhemeedhaa fehi bulhalah v varu vx ayyadhaka nuvaane mivaahakaiga… Ekm adhi vx hurihaa molheh vany hama ayyadhah ehnve foohi… Rimyge bayah eynayah vadhevuny kyve thalhunulaatha hury… Misku hospaka vx nugndhey adhi dhuvahakuvx dhw ekm thi apartment ga ethibeny dokah dhahkan faseyha aka nun tha
neelaa thanks…. misku bali kuhjjakah vefai eh faharu hospitalun nimunu baeh innaane genesdheefa. dhn mishku hospitalah dhaa bai himenu ehaa muhimmu kamakah noon v ma ushaaly nuhimeny. 🙂 dhn aneh kamaky ayyadh e hunnany mihaaru rimee r hedhi heybali vefa. ekahala myhaku visnaane dhw kiriyaa furusatheh libunas rimeesha kairyga hureveytho + ayyadh akee ves e gey verieh v ma double key ves 🙂 ovedhaanenu
Plxxcccxxx plxxxxxxxc mirey adhi 1 part genesdheeeba.vr foohivey ayyadhu dheke
vr bodah sorry Neem…. maadhama insha 🙂 allah new parteh genesdheynan.
Vaahaka goaheh noon..ekamaku anhenunnaky ehaa ageh nei bayakah nuhadhaa ???
alhey dheravehjje thi gothah heekuryma 🙁 alhe ushaaly ves mee anhenekey….
vahakaiga e gothah genesdheefa 🙁 neennaane Aimina
Yeah dhn huri part thah kiyaahithun moya vefa Ava’s kollaathi
thankyou neelaa. next part maadhama. insha 🙂 allah
Aww..noon ehn nahadhaa shinaan ah heyonuvaanr??
Sorty dear…. Lets see kuriah huri bai thakun vaa gotheh❤❤❤
Shinange vas jeheyiru rimeesha ah ingey kamah oiy kurin… ekamaku mihaaru neygunu dho???? Varah foohivey….
Vasvjehunyma ves neyngunythaa rimeesha ah… Sorry dear?
Ushaali plx plx rimy aa shin aa dhuru nukohlahche plx plx plx ……..kurin comment nukuriyas stroy gavaa idhun kiyan vvvvvvvvv reethi mi stroy…hama obi…ushaali varah molhu aslu stroy liyan…adhi bunantha mi stroy varah thafaath ehen ve enme salhee…once again I am telling you darling plx plx plx plx plx ea 2 kudhin dhuru nukoh lahche…me ah heevany eagothah kuriyah gen dhiyaama hen salhi vaany ves..plx plx plx plx ushaali dhoony ???????
Alheyy, shinan ah ehn nuhadhaa ?? Rimeesha ves alhe moya vefa tha e hunnany ? story is awesome? varah varah reethi sifa kohdhinun ❤❤❤
Thankyou so much shyn… ❤❤❤
Alhe haadha reechey next part kiyaahithun moyananihyey ushaali loabi kolhaa rimeeyah dheragothe nahadhachey rimee and shin dhurunukurachey. Arun rish v v v dheravaane. Haadhaloabinulhey couple akey. Ushaali loabi kolhaa adhekudhin dhuru nukurachey dhurunukurachey pls pls pls.
vahaaka hamaeh nujehey. hiley firihenun geah vadhany … mi vahaka liyaa liyun theriyaa ge naagaabil kan egigen dhey. rimeesshaky ayya ge pupet eh gothah sifa kohadheny …..rimysha aky thun fuseh hen sifa koh dheny
Thankyou so much sinan
Iraadha kurehvvyythy ushaaly vahaka liyany ekamuge hunaru huregen. Fahareggaa sinan ah vure molhu nuvedhaane.
Adhi bunelan beynun mee hiyaaly vahaka eh. Mi vahaka genevidhaane konme gothakah ves. Dhn havaru thunfuhinnaky koba kan sinan ah neyngunu kan faahaga kollan. Mi vahakaiga ayyadh aky kurin rimeesha r gulhun oi myhaky. Fahun e aee shinan. Ehen v ma rimeesha hayaatjah aer jumla dhe firihenun. Mi vahaka kuriah midhany ushaaly kurin ves beynun vi gothah. Ushaaly gaboolu kuran eki kiyuntheringe hiyaalu thafaathu vaanekan. Huriha emmen hiy edhey gothah vahaka gendhaany kihineh?
Varah bodah shukuruverivan ushaaly akee nagaabil meeheh kan engi hure ves vahaka kiyaaleethy ?
Miadhu vaahakaiga kanthah veegothun varan dhera vehjje. Vaahakaige gina baithah dhookohllaafa gos fahu line mi kiyaaly. Hama dhera vedhaanethy kiyan beynun nuvee 🙁 anyways hope the story will end in a happy note with rimee & shinaan.
Sorry Reader… Fahun rerthivaane adhi❤❤
V v v foohivey.. rimeesha thalhu nulaa hama ayyadh vahdhaa hithun hunnaathy ennu eynayah dhanvaru 2 jahaairu egeyah vadheveynee.. vahaka kiyaa hih kedijje abadhu ayyadh ah ragalhu goi vany
Ayyadh ah ebayah vadhevunu goi next part ga innaane ?
Rimeesha kon vahtharakah e ulheny. Firihenaku fenna irah moya vefa hunna hn hyvany. V foohi vey rimeesha dheke. E varuge myhakah shinan kahala rangalhu myhaku libunyma hama jehign ulheynama dw. Shinan beynun vaathy rimeesha n shinaan gulhen beynun. Ehn noon nama rimeesha ah varu huri landeh dheynvy. Dhn vx rangalhah rimeesha n shinaan gulhuvaba. V foohivey ayyadh dheke vx ??
Sorry ooi… Fahun vaa gotheh hingaa balan dhw❤❤
Keehve riny ah ahyad ge vas neyguny….
Hama gaimu vex shin ge vaheh ahyad gaiga nudhivaane…..
Rimy ah ingen jeheyne dhw boskuraa iru eiy shin noon kan ….
Shin ge vas rimy ah varah rangalhah vaki kuran ingey kan mi part in hama ingeyba…….
Dhn why……..
Huvaa varah foohi thi hedhi gothun……
vvvv salhiiii
eh geah ga ulhenchaamu rimeesha ah ehen vun vx ekasheegen vey
bt vvvvvv salhi story
ekam mi part maakuru
please next part up ladheeba avahah
Writer ge sifa kurun ragalhu… ekm vaahakaige misraabu dheena v dhurah dhany… visnaalan jehey kameh… vaahakaeh liyunas jeheyne mujuthamau ah faidha huri msg eh genesdheyn… faidha kiraany dheeny msg akun…
ތިޔަހެން ނުހަދާ ޝީން އަހަރެން އޮންނާނީ ކާވެނިކުރިރޭ އިހުބަހާއި ފަހުބަސް ބުނެފައި
Ehntha.. thanx ushaali thivareh hama neh.. story v v v nice hama.. baeh faharu thankolheh negative koh comment kollevenee ves shinan aa rimee dhuruvedhaane kamah heekoh.. ushaali vahaka genesdhey gothunnaai sifa kohdheefa hunna gothun hiyeh nuvey mee hiyaaly vahaka eh hen hama aslu story eh hen vahaka kiyaavarakh kurimathin sifa vamun dhany.. ????
Alhe v v v molhu ushaali thivareh hama neh.. kuriah hurin part thah ves v reethi vaane kamah ummeedhu kuran
wow vv reethi,,bt shinaan ah thihen nuhadhaba …mi ayadh dheke haadha foohi vey ..rimy ehury hama rangalhah ves shinaan dheke lwbi vevifa..vv reethi mi prt ves..bt rimy and shin dhen dhuru nukuraathi eyrun story hadivaaane,.,.,.,
varah reethi vaahaka liyaameehunah ingeynee bodhah kanthah vaagoyy kehmadhuvefa hunnagadheega meehakah inthizaarukuraaeru mehenves vedhaane ragalhah visnaalaa
Rimeesha aharen hieh nukuran thihen hadhaanekamakah. Aharen mihaa lwbi vaairu nuvaane dhw thihen ulheykah. Atleast aharen ge vas ves engunnama dhw. Rimeesha you are just too much. Aharen ge keiytherikan kolhun lain hingaadhaane
Nice. Varah reethi mivaahaka konmeakas. Liumuga alhaiganevunu baeh thankolhuthah gossa eba huri but kurin comment kuri baeh kudhin ethankolhuthah faahaga kohdheefa eba huri. So i hope you will improve in next part.
kaivenyah 3 months vii iru ves rimii akah neygeytha ayaa aa shaan vaki kuraakah varah hehvaa…. aslu ayaa ulhey goiyy ehaa salhi eh noon mi baiga .. ehnn miihun ge geyah neygei vanun eii salhi kameh noon … dhn ahna part ga huri haakameh ragalhu kohba ehn nahadhaa shaan ah … ushaa plx