Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބި ނުވިޔަސް ފިރުމާލަދީ…..35

Ushaali Level 810 Stories100 Comments100 Stories500 Comments
May 10, 2018 9 Mins Read
44 Comments

“މަންމީ!! ކޮންތާކު. ހާދަ އަނދިރިއޭ. މިޝްކޮ ވަރަށް ބިރުގަނޭ.. ދިއްލަބަ. ބައްޕީ!! މަންމި އުޅެނީ ތަން ނިއްވާލައިގެން. މަންމީ ބައްޕި ގޮވަނީ ފޯނުން” މިޝްކުގެ ވާހަތަކުން ރިމީޝާ އަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެންނެވެ. އަނދިރީގެ ތެރޭގައި ހުރި އައްޔަދަށް ބަލާލީ ޝައްކުން ފުރިގެންވި ނަޒަރަކުންނެވެ.

ނަމަވެސް އެމޫނުން އެއްވެސް އެއްޗެއް އޭނާ އަށް ނުފެނުނެވެ. އިތުރަށް އެންމެ ހިނދުކޮޅަކަށް ވެސް އެތާ މަޑުނުކޮށް އޭނާ ދުވެފައި ގޮސް ދޮރުމަތީގައި ހުރި މިޝްކު ގޮވައިގެން ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. މިޝްކު އެނދުގައި ބާއްވާފައި ކައިރީގައި އޮށޯވެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. ޑިސްޕްލޭއަށް އަރާއިން ޝިނާންގެ ފޮޓޯއާއެކު އަދިވެސް އެކޮޅުން ފޯނުގައި އިންކަން އެނގުމުން ދެތުންފަތް ޖައްސާ ބާރުކޮށްލީ ޝިނާނަށް އޭނާ ރޯކަން ނާންގަން ވެގެންނެވެ. އެންމެފަހުން ޝިނާން ރިމީޝާ އަށް ތަކުރާރުކޮށް ގޮވަމުން ދަނިކޮށް ފޯނު ކަނޑާލިއެވެ. މިޝްކު ނިދީކަން ޔަގީންކޮށްފައި ރިމީޝާ ތެދުވެ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ.

އޭނާ ހުރި ހާލު ފެނުމާއެކު މޫނުމަތީގައި އަތް އެޅިއެވެ. އާއެނކެވެ. ކިތަންމެ ހިތް ނޭދުނަސް ނޭނގުމުގެ ތެރެއިން އައްޔަދު އޭނާގެ ހަށިގަނޑުގައި ބީހިއްޖެއެވެ. އެކަމު އަނދިރީގެ ތެރެއިން ވެސް ޝިނާންކަން ޔަގީން ކުރުމަށް އޭނާ އައްޔަދު އަތުގެ މުލައްދަނޑީގައި ހިފާލިއެވެ. ރިމީޝާގެ އަތުގައި ޖެހުނީ ޝިނާންގެ އަތުގައި ވެސް އޮންނަ ރިހިކުލައިގެ ގަޑިއެވެ. އެހެންކަމަށްވާނަމަ އައްޔަދު އެއައީ ފުރިހަމަ ތައްޔާރީގަތާއެވެ. އެކަމަކު އަހަރެންނަކީ މޮޔައެއް ހެއްޔެވެ؟ އަބަދުވެސް ވިސްނަންވީ ކަންވެ ނިމުނީމަ ހެއްޔެވެ؟ އެއީ ޝިނާން ނޫންކަން ނޭނގެން އަހަރެން ހުރީ ބީތާވެފައި ހެއްޔެވެ؟ ދެން ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ ދެލޮލުން ފޭބި ކަރުނަތަކާއި އެކު ރިމީޝާގެ ހިތުގައި އައްޔަދާއި މެދު އިންތިހާ އަށް ރުޅިވެރިކަމާއި ފޫހިކަން އުފެދިގެން ދިޔައެވެ. މިއަދު މިޝްކުގެ ސަބަބުން ނޫންނަމަ އޭނާ ވެއްޓިގެން ދާނީ ކޮންފަދަ ބޮޑު އަނދަވަޅަކަށް ކަން ވެސް ނޭނގެއެވެ.  އަލަމާރި ކައިރީގައި ހުރެ ލައިގެން ހުރި ހެދުން ބަދަލުކޮށްގެން ރިމީޝާ ކޮޓަރިން ބޭރަށް ނިކުތެވެ. ސިޓިންގްރޫމަށް ވަނީ ކުރިއެކޭ އެއްގޮތަށް އަނދިރިކަން ފެތުރިފައެވެ. ރިމީޝާ މިފަހަރު އަނދިރި ތެރެއަށް ލޯ ހާނުވަން މަސައްކަތް ނުކޮށް ހިތުގެ ލަފައަށް ހިނގަމުން ގޮސް ލައިޓްތައް ޖައްސާލިއެވެ. މުޅިތަން ކުއްލިއަކަށް އަލިވެގެން ދިޔުމާއެކު ސޯފާގައި އިން އައްޔަދު ސިހިގެން ދިޔައެވެ. ކަޅު ހެދުން ލައިގެން ބުރުގަލަކުން ބޯ ނިވާކޮށްގެން ހުރި ރިމީޝާ ފެނުމުން އައްޔަދު ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. މަޑު ހިނގުމެއްގައި ރިމީޝާ އާއި ދިމާލަށް ހިނގާފައި އަންނަން ފެށި މިވަގުތު ރިމީޝާގެ ހިތުގައި އޭނާއަށްޓަކައި އަނދަމުން ދިޔަ އަލިފާނުގެ ހިލަމެއްވެސް ނުވާ ހާލުގައެވެ.

ކުރިމަތީގައި އައްޔަދު ހުއްޓުމުން ރިމީޝާ މޫނު އަނބުރާލިއެވެ. އައްޔަދަށް ހެވުނެވެ. “ލެޓްސް ކޮންޓިނިއު ބޭބީ” ރިމީޝާގެ އަތުގައި ހިފާލަމުން އައްޔަދު ބުނެލިއެވެ. ރިމީޝާ އަށް ހީވީ އެތެރެހަށީގައި އަނދަމުން ދިޔަ ރުޅިވެރި އަލިފާނުގައި ހުޅުހިފި ހެންނެވެ. އެނބުރިފައި އައްޔަދުގެ މޫނު މައްޗަށް އެތިފަހަރެއް ވީއްލާލީ ފަހުން ވާނެ ގޮތެއް ވިސްނާވެސް ނުލައެވެ. ބޮލަށް އަރައިގެން ދިޔަ އެނބުރުމާއެކު ރިމީޝާ ޖެހި ތަނުގައި އައްޔަދު އަތް އަޅާލިއިރު ތުންފަތުގެ އެއް އަރިމަތިން ކުޑަކޮށް ފަޅައިގެން ގޮސް ލޭ ފޭދިފައި ހުއްޓެވެ. އައްޔަދުގެ ތުންފަތުގައިވާ އެ ޒަހަމް ފެނުމުން މިވަގުތު ރިމީޝާގެ ހިތަށް އެއްވެސް އަސަރެއް ނުކުރިއެވެ. އައިއްސާ ހުރި ރުޅިގަނޑު ކޮންޓްރޯލް ނުވެ އައްޔަދުގެ މޭގައި އަތް އަޅާ ދުރަށް ކޮށްޕާލެއެވެ. އިސާހިތަކު ރިމީޝާގެ އެތެރެހަށީގައި އަނދަމުން ދިޔަ ރުޅިގަނޑު ކަރުނައިގެ ސިފައިގާ ދެލޮލުން އޮހެން ފެށިއެވެ. ވާހަކަދެއްކިއިރު އަޑު ވެސް ތުރުތުރު އަޅައެވެ.

“ކަލޭ ދުވަހަކު ވެސް އިސްލާހެއް ނުވާނެ. ހީކުރީތަ މަށަކީ ޖަނާނޭ… އިރެއްގައި ކަލޭގެ ލޯބީގެ ދަޅައިގާ ޖެހި ބޮޑެތި ފާފަތަކުގައި ބަނދެވިފައި ހުއްޓަސް ހީނުކުރާތި މިހާރު މި ރިމީޝާ ކަލޭގެ ބީހުންތަކަށް މަރުހަބާ ކިޔާނޭ. ނުކިޔާނަން. ހާދަ ގޮތެއް ފޮތެއް ވެސް ނެތޭ ދޯ. ބަލަ މަށަކީ މީހެއްގެ އަންބެކޭ. މީހެއްގެ އަންބެއް އުޅޭ ތަނަކަށް ދަންވަރު ތިގޮތަށް ވަދެ ހުންނާނެތަ ރަނގަޅު މީހަކު. ތީތަ ކަލޭ ނަފްސު އިސްލާހު ކުރި ގޮތަކީ. ޗި…. އަހަރެން މިހާރު ދެރަވޭ ތިކަހަލަ ގޮތެއްފޮތެއް ނެތް އިންސާނެއްދެކެ އަހަރެންނަށް ލޯބިވެވުނީތީ. ބުނަން ރަނގަޅު ވާހަކައެއް. އަހަރެންގެ އަތުން ފައިން ގޯހެއް ނަހަދަނިސް ހަމަ މިހާރު މިވަގުތު މިތަނުން ނިކުމޭ. އެހެންނޫނީ އަހަރެން ސަލާމަތްކުރަން މިގުޅަނީ އަހަރެން ފިރިމީހާ އަށް” އައްޔަދު އެއްވެސް ހަރަކާތެއްނުކޮށް ރިމީޝާ އަށް ބަލަން ހުއްޓެވެ. ރިމީޝާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއި އެކު މޫނުމަތިން ފެންނަން ހުރި ރުޅިވެރިކަން އައްޔަދުގެ ހިތް ޒަހަމް ކުރަމުން ދިޔައެވެ. އައްްޔަދު ހުރި ތަނުން ގުޑާ ވެސް ނުލުމުން ރިމީޝާ ފޯނު ނަގާ ޝިނާންގެ ނަންބަރު ޑަޔަލް ކޮށްލިއެވެ.

އެކޮޅަށް ކޯލް ލިބުމުގެ ކުރިން ރިމީޝާގެ އަތުގައި އޮތް ފޯނު އައްޔަދު ޖަހައިގަތެވެ. ބިންމަތީގައި ފޯނު ޖެހިޖެހީނުން އެއްކޮށް ފުނޑުފުނޑުވެގެން ދިޔަ އަޑާއެކު ރިމީޝާ އަށް އޭނާގެ ކަންފަތުގައި އަތް އެޅުނެވެ. އެއަޑަށް މިޝްކު ވެސް ހޭލާނެކަން އެނގުނު ހިނދު އޭނާ ކޮޓަރިއަށް ދިޔުމަށް ދުއްވައިގަތެވެ. ނަމަވެސް އައްޔަދު ބާރުގަދަ ދެއަތުން ރިމީޝާ ހިފަހައްޓާލިއެވެ.

“އެހާ ފަސޭހައިން އަހަރެންގެ ދެއަތުގެ ތެރެއިން ސަލާމަތެއް ނުވެވޭނެ. ތީ ހަމައެކަނި އަހަރެންގެ ހައްގެއް. ތި ހަށިގަނޑުގައި ކުރިން ވެސް އަހަރެން ހުންނާނީ އެތައް ފަހަރަކު ބީހިފަ. އަހަރެން ނުދެކޭ އެއްވެސް އެއްޗެއް ނޯންނާނެ. މިހާރު ކޯއްޗެއް ފޮރުވަން ގައިގަ ފޮތި އޮޅައިގެން ތިއައީ” އައްޔަދު މޮޔައެއްހެން ރިމީޝާގެ ކަންފަތް ދަށުގައި ކިޔަމުން ދިޔައެވެ.

“ކަލޭ ތިހިރީ ހަމަ ރނގަޅަށް ވެސް މޮޔަވެފައި. ދޫކުރޭ. އަހަރެން ކަލޭ ދެކެ ލޯތްބެއްނުވޭ. އަހަރެން ލޯބިވަނީ ޝިނާން ދެކެ އަބަދުވެސް ދާއިމަށް ވެސް ޖަންނަތުގައި ވެސް އަހަރެން ވާނީ ޝިނާނާއި އެކު. އަހަރެންގެ ދިރިހުރުމަށްޓަކައި އެތެރެއަށް ދަމާލާފައި ބޭރަށް ދޫކޮށްލާ ނޭވާ އެއީ. ދެން ކިހިނެއް އޭނަ އާއި ނުލާ އަހަރެން އުޅޭނީ” ރިމީޝާ އެންމެ ތަންފުކެއް ވެސް ދޫނުކޮށް ރައްދުގައި ބުނަމުން ދިޔައެވެ.

“އެހެންތަ! ދުލެއް ނުކުރާނަން. މިރޭ އަނެއްކާ ވެސް ތި ހަށިގަނޑު ނޮޅާ ކާނަން. ބޭނުންތަ އެގޮތް. ކާކު ސަލާމަތް ކުރަން އަންނާނީ. އެކަކު ވެސް ނެތް. އަހަރެން ކައިރީގައި ރިމީ އަށް ދެއްކޭނެ އެއްވެސް ގަދައެއް ނެތް” އައްޔަދު ބުނެލިއެވެ.

“ހެޔޮނުވާނެ އަހަރެންނަށް ތިހެން ނަހަދާ. އަހަރެންގެ ކުޑަކުޑަ ދަރިއަކު އެބައޮތް. އަހަރެންނަށް ރަހުމްކުރޭ” ރިމީޝާ އަށް އެންމެފަހުން ރޮވުނެވެ. އޭނާ މުޅިން ގޮތް ހުސްވިއެވެ.

“އަހަރެން ވަރަށް ރަހުމް ކުރަން….. ރިމީ ނުރޮއި ހުއްޓާލާ…. އަން. މިދޫކޮށްލީ. އެކަމަކު ހުރި ތަނުން ގުޑާނުލާތި. އަހަރެން ކިހާ ރަނގަޅު. ރިމީ ބުނާއިރަށް ދޫވެސްކޮށްލީ މި. ދެން ބުނޭ އަހަރެން ދެކެއޭ ލޯބިވަނީ. ބުނޭ” އައްޔަދު ރިމީޝާގެ ވަށައިގެން ހިނގަންފެށިއެވެ. ރިމީޝާ ހުރީ ޖެހިލުންވެފައެވެ. މިހާރު އޭނާ އަށް ފެންނަމުން އެދަނީ ކުރިން ފެނިފައިނުވާ އައްޔަދުގެ މުޅިން އާ ސިފައެކެވެ. އަމިއްލަ ހާލާއި މެދު ހިތާމަކޮށް ރުއިން ނޫން ކަމެއް ނުކުރެވި ހިތާއި ހިތުން ސަލާމަތަށް އެދިއެދި ހުރެވުނީއެވެ.

“ފޮ…ފޯނު ލިބިދާނެތަ؟” ރިމީޝާ ލަސްލަހުން ބުނެލިއެވެ. އައްޔަދު ކޮށްފާނެ ކަމެއް ނޭނގޭތީ އޭނާގެ ހިތް ވަނީ އިންތިހާ އަށް ބިރުގަނެފައެވެ.

“ކީއްކުރަން. ޝިނާނަށް ގުޅަން. ޝިނާން ރިމީ އާއި ތިބުނާހާ ވަރަކަށް ވިސްނާނަމަ ހަމަ ކަމެއް ވާއިރަށް ނުއެއްދާނެ ދޯ. ކަމަކާއި ހިތްހަމަނުޖެހުނަސް މިތާ ވެސް އޭނާ އަށް މަޑުކުރެވޭނެދޯ. އަންބަކާ ކުޑަކުއްޖަކު މިކަހަލަ ތަނަކަށް ދޫކޮށްލާފައި ދާން އޭނާ އެއީ ކުޑަކުއްޖެއްނޫން ދޯ. މިސާލަކަށް ކަމެއް ނުހިނގާނެ ކަމެއްވެސް ނޭނގޭދޯ. މާލޭގައި އެއްވެސް އަންހެންކުއްޖަކަށް ރައްކާތެރިކަމެއް އެބައޮތްތަ؟ ޝިނާން ގާޒީ ކައިރީގައި ނުބުނޭތަ ރިމީ ބަލާނަމޭ. އަހަރެން މާ ރަނގަޅެއްނު. މިހިރީ މިތާ މިގަޑީގައި ވެސް ނުނިދާ ރިމީ އަށް ބަލަން. އުމުރު ހުސްވަންދެން މިހެން ހުރެފާނަން” އައްޔަދު ދައްކަމުން ދިޔަ ވާހަކަތަކަށް ރިމީޝާ އަށް އެއްބަސް ވެވުނެވެ. ޝިނާނާއި މެދު ހިތުގައި ޝަކުވާ އުފެދުނެވެ. ކިތަންމެ ހިތްހަމަނުޖެހިފައި ހުއްޓަސް މިރޭ ޝިނާން މިތާ މަޑުކުރިނަމަ ގައިމުން ވެސް ރައްކާތެރިކަން އިހުސާސް ކުރެވުނީހެވެ.

“އަހަރެން ވަރަށް ނިދި އެބައާދޭ. ނިދަން ބޭނުން” އިރުކޮޅަކަށްފަހު ރިމީޝާ ބުނެލިއެވެ.

“ތީ އެއްވެސް ކަމެއް ނޫނެއްނު. ހިނގާ ކޮޓަރިއަށް” އައްޔަދު ބުނެލިއެވެ.

“ނޫން. އަހަރެން މިޝްކު ކައިރީގައި ނިދާނީ. އަޔާ ވެސް ނިދަންވާނެއްނު. އަޔާ މިތާ ސޯފާގައި ނިދާލާ. އަހަރެން ކޮޓަރީގައި އޮންނާނަން” ރިމީޝާ މަޑުމައިތިރިކަމާއެކު ބުނެލިއެވެ.

“ނޫން. ނޫން. އަހަރެން ކިހިނެއް ރިމީ އެކަނި ކޮޓަރިއަށް ދޫކޮށްލާނީ. ރިމީ ނިދާ މިޝްކު ކައިރީގަ. އަހަރެން އިންނާނަން ދުރުގައި ރިމީ އަށް ބަލަން. އަހަންނަށް ނޭނގި ފަންކާ އިން އަންނަ ވަޔަށް ވެސް ރިމީގެ ގައިގަ ބީހޭކަށް ނުކެރޭނެ. ހިނގާ” ރިމީޝާގެ އަތުގައި ހިފާލަމުން ގަދަކަމުން ގެންދަން އުޅޭހެން ކުޑަކޮށް ދަމާލިއެވެ.

“އަހަރެން އަތުން ދޫކޮށްލާ. އަހަރެން ދާނަން ރީތިކޮށް” ރިމީޝާ ބުނެލިއެވެ. އައްޔަދާއި އެއްވަރަށް މަޑުމަޑުން ހިނގާފައިކޮޓަރިއަށް ވަދެ ހުރި ގޮތަށް މިޝްކުގެ މަގަތުން އޮށޯވެލިއެވެ.

“އަހަރެންނަށް ނިދުނީމަ އަޔާ ވެސް ނިދައްޗެ. އަހަރެންނަށް ނިދުނަސް އެއްވެސް ގޯސްކަމެއް ކުރަން ނޫޅޭތި” ވަކިން ހުރި ސޯފާ ގޮނޑީގައި އިށިން އައްޔަދަށް ބަލާލަމުން ރިމީޝާ ބުނެލިއެވެ.

“އަހަރެން އަތްނުލާނަން. ހަމަ ހުވާ މިބުނީ. އަހަރެންނަށް ވެގެން ވަންޏާ އަތްނުލާ ބިއްލޫރި ކޮށްޓެއްގައި އަބަދުވެސް އަހަރެންނަށް ފެންނަން ގޮތަށް ބައިންދާނީ” އައްޔަދު ހަށިގަނޑު ތެދުކޮށްލަމުން ބުނެލިއެވެ. ރިމީޝާ މަޑުމަޑުން ދެލޯ މަރާލިއެވެ. އޭރު ތިންގަޑި ބައިވެ ބޮޑުވެއްޖެއެވެ. ދެލޯ މަރައިގެން އޮތަސް ހިތަށް ވެރިވެފައިވި ނުތަނަވަސް ކަމުގައި ރިމީޝާ އަށް ނިދޭ ގޮތެއް ނުވިއެވެ. މަޑުމަޑުން އައްޔަދަށް ބަލާލަނީ ސިއްރުންނެވެ. އައްޔަދު ކަމެއް ކޮށްފާނޭ ހިތަށް އަރަނީއެވެ. އެއިން ކޮންމެ ފަހަރެއްގައި ދެލޯ ދެ ކާށި ވަރު ކޮށްގެން އައްޔަދު އިންނަނީ އޭނާ އަށް ބަލާށެވެ. ކިތަންމެ ފަހަރަކު ތެދުވެގެން ގޮސް އައްޔަދާއި ތަޅާފޮޅާ ގަނެފާނަމޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް މިވަގުތު އޭނާ ބާރު ދައްކައިގެން އައްޔަދުގެ ކިބައިން ސަލާމަތް ނުވާނެކަން އިނގޭތީ ހިމޭނުން އޮތުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި އޭނާ ނިންމިއެވެ.

ފަތިސް ނަމާދު ބަންގީގެ އެންމެ ފުރަތަމަ ކަލިމަ ވެސް އިވުނީ ރިމީޝާ ދެލޯ މަރައިގެން ހޭލާ އޮށްވައެވެ. ބަންގި ގޮވާ ނިމެންދެން މަޑުކޮށްލައިގެން އޮތުމަށްފަހު ރިމީޝާ ތެދުވީ އައްޔަދު އެހާއިރު އޮންނާނީ ނިދާފައި ކަމަށް ހީކޮށްފައެވެ. ނަމަވެސް އޭނާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައީ ހީލައިގެން ބަލަން އިން އައްޔަދު ފެނިފައެވެ.

“ގުޑްމޯނިންގް” ހީލަމުން އައްޔަދު ބުނެލިއެވެ.

“ނުނިދަންތަ؟ ނިދަންވާނެއްނު” ރިމީޝާ ބުނެލިއެވެ.

“ނިދިން. އެކަމަކު ދެލޯ ހުޅުވައިގެން އިނދެ” ގޮނޑީގައި ލެގިލަމުން އައްޔަދު ބުނެލިއެވެ.

“މިދަނީ ފާހާނާއަށް. މިއަންނަނީ ވުޟޫ ކޮށްލައިގެން ނަމާދުކުރަން” ރިމީޝާ ފާހާނާ އަށް ވަންނަންދެން އައްޔަދު އިނީ ބަލަހައްޓައިގެންނެވެ. ކުއްލިއަކަށް ރިމީޝާ ސިހުނީ ފަހަތުން އައްޔަދު އަންނަކަން އެނގުމުންނެވެ.

“ކޮންތާކަށް” ޖެހިލުންވެފައި ރިމީޝާ އަހާލިއެވެ.

“ރިމީ އާއެކު ފާހާނާ އަށް” ޖެހިލުމެއްނެތި އައްޔަދު ބުނެލިއެވެ. ރިމީޝާ އައި ރުޅިން ދެއަތް މުށްކެވިގެން ދިޔައެވެ. ނަމަވެސް އޭނާ ހިތްވަރު ކުރިއެވެ.

“އަހަރެން މީ ކުޑަކުއްޖެއްނޫން. މިހާރު އައްޔަދު ކޮންބޭނުމަކު މަށާ އެކު ފާހާނާ އަށް ވަންނަނީ” ހިތްހަމަނުޖެހިފައި ރިމީޝާ ބުނެލިއެވެ.

“ސޮރީ ސޮރީ… މަޑުކުރޭ….” ރިމީޝާ އަށް ވުރެ ކުރިން އައްޔަދު ފާހާނާ އަށް ވަދެ ތަންތަން ރަނގަޅަށް ބެލުމަށްފަހު ނިކުތެވެ.

“ވަދޭ… ރިމީ އަށް ފިލޭ ކަހަލަ ތަނެއް ހުރިތޯ ބަލާލީ…” އައްޔަދު ގޮނޑީގައި އިށީންނަމުން ބުނެލިއެވެ.

“މޮޔަތަ؟ ފިލަން އުޅެންޏާ އަހަރެން ފާހާނާ އަށް ވަންނާނި މަގޭ ދަރި ގޮވައިގެންދޯ. އޭނަ ދޫކޮށްފަ އަހަރެން ދާނެ އެއްވެސް ތަނެއް ނޯންނާނެ” ހީލައިގެން އިން އައްޔަދަށް ބަލާވެސް ނުލާ ރިމީޝާ ފާހާނާ އަށް ވަނެވެ.

“އަޔާ ނަމާދު ނުކުރަނީތަ؟ މަށަށް ވަރަށް އުނދަގު ނަމާދު ނުކުރާ މީހުންނާއި ވާހަކަދައްކަން” ފާހާނާ އިން ނިކުމެ ނަމާދު ކުރުމަށް ތައްޔާރު ވަމުން ރިމީޝާ ބުނެލިއެވެ.

“ނުކުރެވޭ ނަމާދު. މިވަގުތު ޗުއްޓީ….” އައްޔަދު ބުނެލިއެވެ. ރިމީޝާ ލިބުނު ހައިރާންކަމުގައި އައްޔަދުގެ މޫނަށް ބަލާލިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އައްޔަދު ލާނެއް ސަމާސާއެއް ކުރަނީކަމަށް ހީކޮށް ހިތްހަމަވެސް ނުޖެހުނެވެ.

“ހާދަ ތަފާތު ގޮތަކަށް ތިބަލަނީ. އަހަރެން މިބުނީ މިވަގުތު އަހަރެން ނަމާދުކުރަން ފަށައިފިއްޔާ ރިމީ ފިލާފާނޭ. އެހެންވެ ނަމާދު ނުކުރެވޭނެ ވާހަކަ މީ. މިހާރު ވެސް އެކަހަލަ ފާޑަކަށް ވިއްޔާ ތިބަލަނީ” އައްޔަދު ބުނެލިއެވެ. އައްޔަދަށް ވެފައި އިން ގޮތަކާއި މެދު ރިމީޝާ ވިސްނާލިއެވެ. ވާހަކަދެއްކުމުގެ ރާގާއި މިޒާޖު މުޅިން ބަދަލުވެއްޖެއެވެ. ޔަގީނުން ވެސް މިހާރު ފެންނަން އިން އައްޔަދަށް ފަރުވާ ބޭނުންވާކަން ކަށަވަރެވެ.

“މަ ނޫޅޭން ފިލާކަށް. މިތަނުން މަގޭ ދަރި ނިދާފައި އޮށްވާ ނަގައިގެން ގޮސް މަ ކޮންތާކަށް ވަންނަނީ. ތިހެރީ އަޔާ ދައްކާ ވާހަކަ. ފިލާނަމަ މިހުރިހާ އިރު އަހަރެން ކީއްވެ އެއްވެސް ގަދައެއް ނުދައްކާ ހިމޭނުން އޮތީ” ހިތްހަމަނުޖެހިފައި ރިމީޝާ ބުނެލިއެވެ.

“އޯވް… ސޮރީ… ރުޅި ނާންނައްޗޭ. ރިމީ ފަށާ. އަހަރެން އިންނާނަން މިތާ ބަލަން” އައްޔަދު ބުނެލިއެވެ. ރިމީޝާ ނަމާދު ކުރަން ފެށިއެވެ. އައްޔަދު ބަލަން އިންކަން އެނގުމުންނާއި ހިތުގައި ހިފާފައިވާ ބިރުވެރިކަމެއްގެ ސަބަބުން ނަމާދަށް ދޭންވާ ސަމާލުކަން ނުދެވުނެވެ.

“މިއަންނަނީ ފާހާނާ އަށް ވަދެފައި. ޔަގީން ދޯ ނުފިލާނަން ދޯ” މުސައްލަ ނަގާ ދުރުގައި ބާއްވާފައި އައްޔަދާއިވީ ދިމާލަށް އެނބުރުނު ރިމީޝާ ދިޔައީ ސިހިގެންނެވެ. އައްޔަދު ހުރީ އެންމެ ފިޔަވަޅެއް ކުރިއަށް އެޅިޔަސް މޫނު ޖެހޭހާ ކައިރީގައެވެ.

“ފިލާނަން….. ވަދެބަލަ….. އާނ އެހެންޏަ….” ރިމީޝާ ރުޅިއައެވެ. އައްޔަދު ރިމީޝާ އަށް ވަރަށް ފާޑަކަށް ބަލާލުމަށްފަހު ފާހާނާ އާއި ދިމާލަށް ދިޔައެވެ. ފާހާނާއިގެ ދޮރުމަތީގައި ހުއްޓުމަށްފަހު އެނބުރި މުޅި ކޮޓަރިއަށް ލަސްލަހުން ނަޒަރު ހިންގާލިއެވެ. އެއަށްފަހު ރިމީޝާ އަށް ހިނިތުންވުމެއް ދެމުން ފާހާނާ އަށް ވަދެ ދޮރުޖެހިއެވެ. ހަމަޖެހިލުމަށްޓަކައި އެތެރަށް ދަމާލި ނޭވާ ރަނގަޅަށް ދޫކޮށްނުލެވެނީސް ކުއްލިއަކަށް އައްޔަދު ފާހާނާއިގެ ތަންޑު ނައްޓާލާފައި ދޮރުހުޅުވާލިއެވެ. އެހުރި ގޮތަށް ކުރިމަތީގައި ހުރި ރިމީޝާ ފެނުމުން އައްޔަދު ރަކިވިއެވެ.

“ޔަގީންކޮށްލީ” ރިމީޝާ އެއްޗެއް ނުބުނުމުން އައްޔަދު ބުނެލިއެވެ. ރިމީޝާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. ފަނަރަ ވަރަކަށް މިނިޓް ވަންދެން ރިމީޝާ ހަށިގަނޑަށް އެއްވެސް ހަރަކާތެއް ނުގެނެސް ހުއްޓެވެ. ދެންވެސް އައްޔަދު ނުކުމެދާނެ ކަމަށްޓަކައެވެ. މަޑުމަޑުން ހިނގާފައި އެނދުގެ މިޝްކު އޮތް ދިމާލަށް ދާންފެށީ ފިޔަވަޅުތަކުގެ އަޑު ވެސް ނީއްވައެވެ. މިޝްކުގެ ބޯކޮޅުގައި ހުއްޓުމަށްފަހު ބޯލައިގެން އޮތް ބާލީސް ދަށަށް އަތް ލައްވާލިއެވެ. އަތް ނެގިއިރު އަތުގައި މިޝްކުގެ ޓެބްލެޓް އޮތެވެ. ވަގުތުން ފޭސްބުކަށް ވަދެ ބަލާލީ ޒޯހަލް އޮންލައިންގަ އިންތޯއެވެ. ހެއްދެވިި ފަރާތަށް ޝުކުރު ކުރެވުނީ އެވަގުތު ޒޯހަލް އޮންލައިންގަ އިން ތަން ފެނިފައެވެ. ދިމާވެގެން އުޅޭ ކަންތައް ޒޯހަލް އަށް ކިޔާދިނުމަށްފަހު ޖަވާބުގައި ޒޯހަލް ބުނީ ކީކޭތޯ ވެސް ނުބަލާ ރިމީޝާ އޮފްލައިން ވިއެވެ. އޮތް ތަނުގައި ޓެބްލެޓް ބޭއްވުމަށްފަހު އެދިމާލުން އެނދުގައި އިށީނދެވުނީ ހަމަ ކިރިޔާއެވެ. އައްޔަދު ފާހާނާއިން ނިކުތެވެ. އެނގޭ ކަމަށް ހަދާވެސް ނުލާ ރިމީޝާ ނިދާފައި އޮތް މިޝްކުގެ ބޮލުގައި ފިރުމާލަ ފިރުމާލަ އިނެވެ.

“ރިމީ! އާދެބަ މިތާ އަހަރެން ކައިރީގައި އިށީންނަން.” އައްޔަދު ބުނެލިއެވެ. ރިމީޝާ ހާސްވިއެވެ. އެއްގޮތަކަށް ވެސް އައްޔަދު ކައިރިއަށް ދާކަށް އޭނާ ބޭނުމެއްނުވެއެވެ. ތެދުވެގެން އައްޔަދު ކައިރިއަށް ދާން ހިނގައިގަތް ވަގުތު މިޝްކު ގޮވާލިއެވެ. ރިމީޝާ ހިތާހިތުން ހަމްދު ކުރިއެވެ.

“އަޔާ ބޭރުގަ މަޑުކޮށްލަން ވީނުން. އަހަރެން މިދަނީ މިޝްކު ރީތިކޮށްލައިގެން” ރިމީޝާ އަވަސް އަވަހަށް ބުނެލިއެވެ.

“ނޫން. އަހަރެން ރިމީ ނުފެންނަ ހިސާބުގަ ނީންނާނަން. ގުޑްމޯނިން ޕްރިންސަސް” އެއްފަރާތަކަށް ބޯއަރިކޮށްލަމުން އައްޔަދު އެނދުގައި އިން މިޝްކު އަށް ބުނެލިއެވެ.

“މަންމީ! އަޔާބެ މިގަޑީގަ މިތާ ކީއްކުރަނީ” މިޝްކު ބުނެލިއެވެ. ރިމީޝާ އަށް ބުނާނެ އެއްޗެއް ނޭނގުނެވެ.

“އަޔާބެ ދޯ. އަޔާބެ މިއުޅެނީ މަންމި ގެންދަން އެއްކޮށް. މިޝްކޮ ދާނީ ނޯޔާމަންމި ކައިރިއަށް” އައްޔަދު ހީލަމުން ބުނެލިއެވެ.

“އައްޔަދު!!!!!!….. ހިމޭނުން ތިމާ އަށް ނީނދެވޭ ކަމަށްވަންޏާ އަނގަ މަޑުންލައިގެން އިނދެފާނަންތަ” ރިމީޝާގެ ހަރުކަށިކަން ފެނިފައި ހިނދުކޮޅަކަށް އައްޔަދު ހިމޭންވިއެވެ.

“އެދޮގެއް ދަރިފުޅާ…ދަރިފުޅު ދޭ ދަތްއުނގުޅައި މޫނު ދޮވެގެން އަންނަން. މަންމި މިދަނީ ބުށްތަށި ހަދަން” ރިމީޝާގެ ބަސް ގަބޫލުކޮށް މިޝްކު ތެދުވެގެން ގޮސް ފާހާނާ އަށް ވަނެވެ. ރިމީޝާ އައްޔަދަށް ދެލޯ އަޅާލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ފަހަތުން އައްޔަދު ވެސް ދިޔައެވެ. ބަދިގެއަށް ވަދެ ފެން ހޫނުކުރާ ޖަގަށް ފެން އެޅުމަށްފަހު ކަރަންޓަށް ޖައްސާލިއެވެ. އެހުރިހާ އިރަކު އައްޔަދު ރިމީޝާގެ ފަހަތުގައި ހުއްޓި ހުރެއެވެ.

“ވަރަށް ރުޅި އައިއްސަ ދޯ….. ހޫނުކުރަން ތިޖެއްސި ފެނަށް ވުރެ ކުރިން ރިމީ ކެކިދާނެއްނު” އައްޔަދު ބުނެލިއެވެ. ރިމީޝާ ދެލޯ އަޅާލަމުން އައްޔަދާއި ދުރަށް ޖެހިލިއެވެ.

“ކޮންއިރަކުން ގެއަށް ދާން ތިހުންނަނީ. ނިދަން ވެސް ވާނެއްނު. ދެން ދޭ. ފަހުން އާދޭ” ރިމީޝާ މަޑުން ބުނެލިއެވެ. އޭރު ވެސް ހިތާ ހިތުން ޒޯހަލްގެ ހަބަރެއްވެތޯ ދުއާ ކޮށްލެވެއެވެ.

“ރިމީ ކީއްވެ އަހަރެން ފޮނުވާލަން ތިއުޅެނީ. އަހަރެން ނުދާނަން ރިމީ ދޫކޮށްފައެއް” ފަހަތުން ރިމީޝާގެ ހަށިގަނޑުގައި އޮޅުލައިގަންނަމުން އައްޔަދު ބުުނެލިއެވެ.

“ކީއްތިކުރަނީ. ދުރުގަ ހުރެގެން ވެސް ވާހަކަދެއްކޭނެ” ރިމީޝާ ހިތްހަމަނުޖެހިފައި އައްޔަދު ފަހަތަށް ކޮށްޕާލިއެވެ.

“އެއީ ކީއްވެ؟ ކިހާ ދުވަހަކު ދެމީހުން ދުރުގައި ތިބެފިން. ދެން ނުހުރެވޭނެ” ދެވަނަ ފަހަރަށް ވެސް އައްޔަދު ކައިރިވެ ބުރުގާ މަތިން ރިމީޝާގެ ކަރުގައި ބޮސްދޭން ފެށިއެވެ.

“ކިހާ ދެރަކަމެއް. ހިތަށް ނާރުވާތީ ބޭނުންގޮތެއް ހެދިދާނޭ. އަހަރެންމީ ޝިނާންގެ މިލްކެއް. ދުރަށްދޭ. އަހަރެން އައްޔަދު ދެކެ ލޯތްބެއްނުވޭ” ރިމީޝާ ބާރަށް ގަދަހަދަމުން ދިޔައެވެ.

“ކީކޭ ތިބުނީ. އަދި އެއްފަހަރު ބުނެބަލަ. ޝިނާނަށް ވުރެ ކުރިން ރިމީ ލިބުނީ މަށަށް. ރިމީ ލޯބިވާނީ މަދެކެ. ރިމީ ތީ ހަމައެކަނި މަގޭ މީހެއް. ދެން ނުބުނައްޗެ ތިހެން. އަހަރެން މޮޔަވެދާނެ” މޮޔައެއްހެން ރިމީޝާ ގެ ގައިގާ ބައްދަމުން އައްޔަދު ބުނަމުން ދިޔައެވެ. ރިމީޝާ އަށް ރޮވެމުން ދިޔައިރު އިންތިހާ އަށް ކަންބޮޑު ވަމުން ވެސް ދިޔައެވެ. މިޝްކު އަށް އެމަންޒަރު ފެނިދާނެތީ ހިތް ބިރުގަންނަމުން ދިޔައެވެ. އައްޔަދުގެ ބާރުގެ ދަށުގައި އެގޮތަށް ތެޅެމުން ދަނިކޮށް ކުއްލިއަކަށް ދޮރުގެ ބެލް އަޅާލި އަޑު އިވުނެވެ. އެ އަޑަށް އައްޔަދު ސިހިފައި ރިމީޝާ ދޫކޮށްލިއެވެ. ދުމެއް ޖަހާފައި ރިމީޝާ ދޮރާއި ދިމާލަށް ދިޔުމަށް ދުއްވައިގަތެވެ. ފަހަތުން އައްޔަދު ދުރުދުރުގައި ފިޔަވަޅު އަޅަމުން ދުއްވައިގަތުމަށްފަހު ޖެހިގެން އައި ސިކުންތުގައި ރިމީޝާ އޭނާގެ ދެއަތް ތެރޭގައި ހައްޔަރުކޮށްލިއެވެ. ރިމީޝާ އަށް ގޮތް ހުސްވިއެވެ. ރޮވެމުން ދިޔައިރު ބެލެނީ ހުއްޓުމެއް ބެލް އަޅަމުން ދިޔަ ދޮރާއި ދިމާލަށެވެ. ރިމީޝާގެ އަޑު ނިކުންނަން އުޅޭހެން ހީވުމުން އައްޔަދުގެ އެއް އަތް ރިމީޝާގެ އަނގަ މަތީގައި އަޅާލިއެވެ.

“މަކަރު ހެދީނު ކީއްވެ؟ ކީއްވެ ރިމީ. ކާކު އެއައީ. ބުނޭ. ކާކަށް ގުޅީ” ރިމީޝާގެ އަނގަ މަތީގައި އަތް އަޅައިގެން ހުރެ އައްޔަދު އެހިއެވެ. އަނގަމަތީގައި އަޅާފައި އޮތް އައްޔަދުގެ އަތްތިލައިގާ ރިމީޝާ ބާރަަށް ދަތްއެޅުމާއެކު އައްޔަދު ތެޅިގަނެފައި އަތް ދަމައިގަތެވެ. އައްޔަދު ކައިރިން އެގޮތަށް ކަންތައް ކުރުމުން ސަލާމަތް ނުވާނެކަން އެގުމުން ރިމީޝާ އިހްތިޔާރުކުރީ ހިމޭންކަަމެވެ.

“އަނގަމަތީގައި އަތް އަޅާފައި ހުރީމަ އަހަރެން ވާހަކަދައްކާނީ ކިހިނެއް؟ ސޮރީ…” ރިމީޝާ މަޑުމަޑުން ބުނެލިއެވެ. އައްޔަދު ބަލާލުމާއެކު މޫނު ދުރަށް އަނބުރާލިއެވެ.

“އެއައީ ޒޯ. ރޭގައި އަޔާ މިގެއަށް އައުމުގެ ކުރިން އަހަރެން ޒޯ ކައިރީގައި ބުނިން މިޝްކު ބަލާ މިގެއަށް އަންނަން. އެއީ އަހަރެން މިބައި ތަންތަނުގަ ހިރަފުސް ފޮޅަން ވެގެން. ޒޯ ވެސް ބޭނުންވެގެން. އެހެންވީމަ ބުނި ގަޑިއަށް ޒޯ އެއައީ މިޝްކު ބަލާ” ދުލަށް އައި ގޮތަށް ރިމީޝާ ދޮގު ބަސްތައް ވަރަށް ރީއްޗަށް އަތުރާލިއެވެ. ރިމީޝާގެ ވާހަކަތަކުން އައްޔަދަށް ހީނލެވުނެވެ. ކޮންމެ ގޮތެއް ވިޔަސް މިޝްކު ޒޯހަލް އާއި ހަވާލުކޮށް ފޮނުވާލެވުމުން އެގޭގައި އޭނާ އާއި ރިމީޝާ އެކަނިވީއެވެ. އޭރުން ރިމީޝާ އަށް ވެސް އަދި އޭނާ އަށް ހުރަހަކަށް ވާނޭ އެއްވެސް ފަރާތެއް އެގޭ ހަތަރު ފާރުން އެތެރޭގައި ނުވާނެއެވެ.

“ކުރިން ބުނިނަމަ… ކުޑަކޮށް ދޮރު ހުޅުވާލާފައި މިޝްކު ދީ. އަހަރެން ހުންނާނަން ދޮރު ބިތްދޮށުގަ. ނަމަނަމަ މިކަމާއި ބެހޭ ގޮތުން ޒޯހަލް އާއި އެއްވެސް ވާހަކައެއް ނުދައްކާތި. އެއޮށް ނިކުތީ މިޝްކު” އައްޔަދު އިނގިލި ދިއްކޮށްލަމުން އިންޒާރެއް ދޭ ފަދައިން ރިމީޝާ އަށް ބަލަން ހުރެ ބުނެލިއެވެ. ރިމީޝާ ބޯޖަހާލިޔަސް ހުރީ ވަރަށް އުފަލުންނެވެ.

“މަންމީ!! މިޝްކުގެ ބުށްތަށި…..” މިޝްކު ފަރާތުން އައްޔަދަށް އެއްޗެއް އެނގިދާނެތީ ރިމީޝާ ތެޅިގަތެވެ.

“ދަރިފުޅު. ހިނގާ. ޒޯދައްތަ އައިއްސި ބަލާ. ބުށްތަށި ބޯނީ އެގެއިން” އެއްފަހަރު އައްޔަދަށް ބަލާލުމަށްފަހު ރިމީޝާ މިޝްކުގެ އަތުގައި ހިފައިގެން ދޮރާއި ދިމާލަށް ދިޔައެވެ. އައްޔަދު ބުނި ގޮތަށް ރިމީޝާ ކުރިމަތީގައި މިޝްކު ބަހައްޓައިގެން ކުޑަކުޑަކޮށް ދޮރު ހުޅުވާލިއެވެ. ކުރިމަތިން ފެންނަން ހުރި ޒޯހަލް ކުޑަކޮށް ބޯއަރިކޮށްލާ އެތެރެއަށް ބަލާލިއެވެ. އެވަގުތު ރިމީޝާ އާއި ޒޯހަލް ލޮލުގެ އިޝާރާތުން ވާހަކައެއް ދައްކާލިއެވެ.

“މަންމީ!! އަޔާބެ ކީއްވެ ފަހަތުގައި ފިލާ ހުރީ” މިޝްކު ބުނެލިއެވެ. އެވަގުތު ލިބުނު ސިހުމުގައި އައްޔަދު ރިމީޝާ އަތުގައި ހިފައި އެތެރެއަށް ދަމައިގަތެވެ. ރިމީޝާ ކުރިމަތީގައި ހުރި މިޝްކު ވެސް ދިޔައީ އައްޔަދުގެ ހަރަކާތުން ދުރަށް ވިއްސައިގެންނެވެ. އައްޔަދު ފައިން ދޮރު ޖަހަން ކުރި މަސައްކަތް ހުއްޓުވީ ޒޯހަލް އެވެ. ބިރުގަނެފައި ޓައިލްސް މަތީގައި އޮތް މިޝްކު ރޮވެން ނެގީ ކުޑަ ހިނދުކޮޅެކެވެ. ރޮމުން ދިޔަ ރިމީޝާގެ ކަޅި ގިނަ ފަހަރަށް ހުންނަނީ މިޝްކު އަށް ހުއްޓިފައެވެ.

“ކަމެއް ދިމާވެގެން ގުޅީމަ ވެސް މި ޝިނާނަކަށް ނޭނގޭނެ އަވަހަކަށް އަންނާކަށް. ކަމެއް ވާއިރަށް ދެކޮޅު ނުބަލާ އަނބިން ދޫކޮށްފައި ދާއިރު ވެއްޖެ ވިއްޔާ މައިތިރިނުވެގެން އިންނަން. ދެން މަ ކިހިނެއްތަ މި ދޮރު ލެއްޕިޔަނުދީ ހިފަހައްޓާނީ…. ” އެތެރޭގައި ހުރެ ދޮރުލައްޕަން މަސައްކަތް ކުރަމުން ދިޔަ އައްޔަދު ބަލިކޮށްލުމަށް ދޮރުން ބޭރުގައި ހުރެ ހަށިގަނޑުގައި ނެތް ބާރު ދައްކަމުން ދިޔަ ޒޯހަލް އަމިއްލަ ނަފްސަށް އިވޭ ވަރަށް ޝިނާނަށް އަޑު ލަމުން ދިޔައެވެ. އައްޔަދުގެ އެއް އަތް ތެރޭގައި ގަދަހަދަމުން ރިމީޝާ ރޮމުން ދިޔައިރު ދެލޯ ހުއްޓިފައި ހުރީ ދުރުގައި ބިރުގަނެފައި ހުރެ ރޮމުން ދިޔަ މިޝްކު އަށެވެ. އެހެން ހުރި އިރު އޭނާގެ ހިތުގައި އައްޔަދަށް އުފެދިފައިވާ ރުޅީގެ އަލިފާން ގަނޑު އިތުރަށް ހުޅުފަޅާ ރޯވަމުން ދިޔައެވެ.

ނުނިމޭ

 

ނޯޓް:

މިހާރު އަޅުގަނޑު ވާހަކަ ކުރިއަށް ގެންދާ ގޮތާއި މެދު ބައެއް ކިޔުންތެރިން ހިތްހަމަނުޖެހުން ފާޅުކުރާތީ ދަންނަވާލަމެވެ. މި ވާހަކަ މިވަނީ މިހާރު އެއްކޮށް ލިޔެ ނިމިފައެވެ. އަދި މިވާހަކަ ކުރިއަށް މިގެންދަނީ ކުރިން ވެސް އަޅުގަނޑު ރާވާފައިވާ ގޮތަށެވެ. އަދި މި ވާހަކައަކީ އެއްގޮތަކަށް ވެސް ހަގީގީ ވާހަކައެއް ނޫނެވެ. މީ އަޅުގަނޑުގެ އަމިއްލަ ވިސްނުމަކަށް ލިޔާ ހިޔާލީ ވާހަކައެކެވެ. އަދި މިވަގުތު ވާހަކައަށް އެއްވެސް ބަދަލެއް ގެނެވެން ނެތް ވާހަކަ ވެސް މި ފުރުސަތުގައި ދަންނަވާލަމެވެ. އަދި ކިޔުންތެރިންގެ ފަރާތުން ލިބިފައިވާ ކޮމެންޓްސް ތައް ވެސް އުފަލާއެކު އަޅުގަނޑު ބަލައިގަންނަމެވެ. އަދި ހަމަ އެހެންމެ ހުރިހާ ކިޔުންތެރިން ހިތްހަމަޖެހޭ ގޮތަކަށް ވާހަކަ ކުރިއަށް ނުދާނެކަން ވެސް މި ފުރުސަތުގައި ދަންނަވާލަމެވެ.

ޝުކުރިއްޔާ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

އާދޭސް ކުރާ ހޮތްވޭ ރޮމުން 30 (ޕާރޓް 1)

Next

ނުދާނޭ ތިހަނދާން ފިލާ 2

Next
May 10, 2018

ނުދާނޭ ތިހަނދާން ފިލާ 2

Previews
May 10, 2018

އާދޭސް ކުރާ ހޮތްވޭ ރޮމުން 30 (ޕާރޓް 1)

44 Comments!

  1. Ainth says:
    May 10, 2018 at 4:58 pm

    My first

  2. Shiman says:
    May 10, 2018 at 5:00 pm

    Yey me first

  3. Araash says:
    May 10, 2018 at 5:07 pm

    Thankolheh kuruhn hyve..Maa kiyaa hithun huryma kanneyge..V salhi..Alhe shinan ah aadheveyne thr?

  4. Ushaali says:
    May 10, 2018 at 5:08 pm

    Salaam all?
    Mi bai huriha kudhinnah kamudhaane kamah heekuran.
    ❤❤❤
    36 vana bai maadhan mendhuru kurin up kolleveytho vr try kuraanan. Vahaka mihaaru baaky inee dhe thin bai. ❤?

  5. Chim says:
    May 10, 2018 at 5:13 pm

    Yaarahbee..mihira ulhey ayaaeh dhw..alhey shin avahah ardhebala rimee salaamaiy kuran… story vvvv reethi..

  6. Shai says:
    May 10, 2018 at 5:15 pm

    Wow varah reethi

    1. Ushaali says:
      May 10, 2018 at 6:04 pm

      🙂 thankyou Shai

  7. lotus says:
    May 10, 2018 at 5:18 pm

    nafsaanee gothun v boda sakaraivefa dhw aya eheree.. i agree that its his fault but feel sry him too.. Btw, koba tha shinan.. he wil come soon dhw rimee n mishku save kuran n i think aya wil end up bein compltly syko

    1. Ushaali says:
      May 10, 2018 at 6:04 pm

      thankyou lotus. yes ayyadh evany mentaly sakaraai vefa. fahu vaguthu vaa goi hingaa 🙂 balan dhw

  8. Zai says:
    May 10, 2018 at 5:20 pm

    Vrh reethi vhk midhaa goyy

    1. Ushaali says:
      May 10, 2018 at 6:03 pm

      🙂 thankyou Zai

  9. Azuna says:
    May 10, 2018 at 5:34 pm

    Varah Reethi mihaar kuriah dhaa goiy?

    1. Ushaali says:
      May 10, 2018 at 6:02 pm

      🙂 thankyou Azuna

  10. Ainthu says:
    May 10, 2018 at 5:44 pm

    Masha allah vrh reethi

    1. Ushaali says:
      May 10, 2018 at 6:02 pm

      🙂 thankyou Ainthu

  11. Mixuhan says:
    May 10, 2018 at 6:00 pm

    Alhey haadha reeiichey
    Next part kn iraku? Avahah up khdhehchey pls pls ..varah kiyaa hiyy vey eba ..

    1. Ushaali says:
      May 10, 2018 at 6:01 pm

      thankyou Mixuhan. next part maadhan. 🙂 insha allah

  12. Zee says:
    May 10, 2018 at 6:17 pm

    Mi part warah nice . Maadhan ahwaha 36 part up kohladhehcheyy.

  13. sweet says:
    May 10, 2018 at 6:20 pm

    Vaahaka Varah reethi. ushali darling keep it up. luv u

  14. ss says:
    May 10, 2018 at 6:30 pm

    v reethi. shinaan ais save kuraanee dho

  15. Aayan says:
    May 10, 2018 at 6:33 pm

    Avahah upload koh ninmmaali nama??

  16. Liusha says:
    May 10, 2018 at 6:37 pm

    Masha allah..ur so talented ?

  17. mai says:
    May 10, 2018 at 6:49 pm

    Hurihaa kiyuntherinnah kamudhaa gothakah nuliyeveyne. But vaahaka varah reethi waiting…

  18. Nadhee says:
    May 10, 2018 at 7:08 pm

    Vvvvv reethi..

  19. Jenna says:
    May 10, 2018 at 7:09 pm

    Alhey shinan aa rimi aa gulhuva Che?

  20. axoo says:
    May 10, 2018 at 7:10 pm

    varah reethi mipartves kuriyah gendhaa goiyy v dheravey vaahaka avahah nimeythee v molhu vaahakaliyan

  21. Airaa says:
    May 10, 2018 at 7:16 pm

    aslhu. v v reethi

  22. luba says:
    May 10, 2018 at 7:18 pm

    ayaa eherii hama ragalhahves moya vefa ….. varah thafaathu mibai hiikuri gothaa mulhin thafaathu…. salhi varah

  23. Junaa says:
    May 10, 2018 at 7:35 pm

    V salhi igey ushaa v molhu
    vaahaka liyan masha allah vaahaka konme dhuvahaku up kohdheythi

  24. E.P.S says:
    May 10, 2018 at 7:52 pm

    Vaahaka dhaagoiy hama varah salhi…ekakah kamunudhiyas mashah varah salhi liushaage hurihaa vaahaka ehves…

  25. afoo says:
    May 10, 2018 at 8:13 pm

    Suprise part eh ves nethytha

  26. Aphro grl says:
    May 10, 2018 at 8:16 pm

    V rythi?

  27. Faathun says:
    May 10, 2018 at 8:38 pm

    Midhen alhugandah vaaahakaiega kiya nimuniruga faahaga vi thankolheh, rimeemen ereyga iruossun fahun geah aee kamah writers liyefa iny sababakah rimeeah nmaadhu nukureveythy kamah bune, adhi shinaan ayyadhuge vaahaka gaboolukoh geyndhiya haadhisaa ga writer buny enme edhevey gothah e ufaaa nudhevunasvs shinaan ge meyga ove nidhaalan rimeesha beynunvi kamah , ekam hama kuhliakah ayyadhu e dhanvarehga aiss mikan thakeh hingaa rimeesha ah fathis nmaadhu vs kurevey, anehkaa abdhuvs writer bunaane rimeesha ah shinaange vas faahaga kuran ingeyey jahaafa hunna sent in, ekam mi part ga ayyadhu aa evarah clox veeirivs vaheh nudhuvi????? Mikan kan oslaahuvinama mibaie adhi ithurah furihama vis, miah vure reethivis, ekamvs reethi adhi thikuraa hiyyvarah saabas adhi ushaali ah abadhuvs kaamiyaabee ah edhen

  28. Nagma says:
    May 10, 2018 at 9:15 pm

    Dhen kn iraku mivaahakaige aneh bai upload kuraany ??

  29. Anonymous says:
    May 10, 2018 at 10:11 pm

    esfiyaaga in enme favourite vaahaka v reethi vaahakaeh

  30. Ina says:
    May 10, 2018 at 10:42 pm

    Reethi. Vv reethi

  31. Nemo says:
    May 10, 2018 at 11:03 pm

    Vaahaka vvvvvv rythi. Dhaa goii hama habeys. Every story doesn’t have to have the same type of endings or plots.
    Keep up the good work ushaali!
    Thivareh nethey hama bunaany ?

  32. Mishel says:
    May 11, 2018 at 12:06 am

    Dhen ajaibeih hama eyna beynun vaairah e aprtment ah vadheveytha? Hama jehey gothah liyan neyngeny?

  33. ma ry says:
    May 11, 2018 at 12:16 am

    Asluves vvvv reethi story eh mi. Masha Allah

  34. Halaf says:
    May 11, 2018 at 7:59 am

    Kuryrey buni rimy hury period vefaey bt mibaiga namaadh kuri?????
    Rimy libenjeheyny sinaan ah, ayaa ahlibigen nukiuaanan mi Story eh

  35. Elena says:
    May 11, 2018 at 8:33 am

    Okay so I’ve been reading the stories you write.
    I must say that you are a good writer.
    This story is also awesome.
    Furathama faharu comment eh kohlee mi?
    But Rimee ah ehen nuhadhabala?
    Shinan aa dhuru nukurahchey Rimee?
    Ayyadhu dheke foohi vehje huvaa?
    Aisbala nikan Bondi eh alhan?
    Eagerly waiting for the next part?

  36. Abo maadhih says:
    May 11, 2018 at 10:15 am

    Haadha avahakah vaahaka nimmany

  37. Ooi says:
    May 11, 2018 at 10:51 am

    Rimeesha ah vx firiheneh vihyaa kamu dhany. Moya vefa rimeesha vx hunnaany ayaa noonas. V foohi vey dhn. Kon iraku vx ais ayyadh ah e apartment ah vadhevey. Anehkaa rimeesha ah vx olhifa ey kiyaafa beynun kameh kurey sinaan noonas. Heybali vefa rimeesha hunnaany

  38. Abdulla says:
    May 11, 2018 at 3:00 pm

    V rangalhu vaahakaeh… ekm dheena beerahtehi vamun dhhathy eyee massalaeh… v bodu massalaeh…

Comments are closed.

Next Episodeލޯބި ނުވިޔަސް ފިރުމާލަދީ….36←


All Right Reserved!