އާދޭސް ކުރާ ހޮތްވޭ ރޮމުން 30 (ޕާރޓް 1)
“ކޮން ވާހަކަ އެއްދައްކަން؟” ދާނިޝް އަހާލިއެވެ. އޭނާ ރާސިލް އާ ކުރިމަތިލިއެވެ. “މާދަން… މާދަން އަހަރެން މިއުޅެނީ އަންޖުމް އައިލީ އާ ބައްދަލު ކުރަން ގެންދަން” ރާސިލް ފުރަތަމަ އަޅައިގަތަސް ފަހުން ޖުމްލަ ފުރިހަމަ ކޮއްލީ ޔަގީންކަމާއެކުގައެވެ.
“އާރ ޔޫ ޝުއާ” ވެރިވި ހައިރާންކަމާއެކު ދާނިޝް އަށް އަހާލެވުނެވެ.
“ޔެސް އައި އޭމް… އަންޖު އަބަދު މަންމަ ގެ ވާހަކަ ދައްކާއރު އަހަރެން ހުންނަނީ ދޭނެ ޖަވާބެއް ނޭނގިފަ… އައިލީ ފެނުމުގެ ނަސީބު އަންޖުމް އަށް ވެސް ލިބެންޖެހޭނެ… އަހަނރެންނަށް ކިތަންމެ ހިތްދަތިކަމަކާ ކުރިމަތި ލާން ޖެހުނަސް އަންޖުމް ގެ ސުވާލުތަކާ ކުރިމަތިލާން ޖެހުނަސް ހެޔޮ… އައިލީ ދައްކާލަން ބޭނުން” ރާސިލް ބުނެލިއެވެ. އެއާއެކު ދާނިޝް އަށް ބުނާނެ އެއްޗެއް ނޭނގި ހުރެވުނީއެވެ.
“ރާސިލް އަށް މިހާރު ވިސްނޭތަ؟” ދާނިޝް މާނަފުން ސުވާލެއް ކޮށްލިއެވެ.
“އަހަރެންނަށް ވިސްނުނީ މާފަހުން… އެއީ އައިލީ އާދޭތެރޭ ކަންތަށް ކުރެވުނު ގޮތް ކަމަށް ވިޔަސް… ނޫނީ ދޮންބެ އާ ދޭތެރޭ ދެކެވުނު ގޮތް ކަމަށް ވިޔަސް… އައި ރިގްރެޓް އިޓް ނައު” ރާސިލް ބުނެލިއެވެ.
“މާދަން އަންޖު ގެންދަން ވެގެން އެ ވާހަކަ ބުނަން ވެގެން މިއައީ” ރާސިލް ދެންވެސް ދާނިޝް އެއްޗެކޭ ނުބުނުމުން ބުނެލިއެވެ.
“ރާސިލް… އަހަރެންނަށް އޯކޭ… އެކަމަކު ވިސްނަން ޖެހޭނެ… އެ ހާލުގަ އައިލީ އޮތުމަކީ އަންޖުމް އަށް ގަބޫލް ކުރެވޭނެ ކަމެއްނޫން… އެންމެ ފުރަތަމަ ފެންނަ އިރު ބިރުވެސް ގަނެފާނެ… ބީ ވިތް ހާރ… އައިލީ ބިރިގަނެއްޖެނަމަ އެ ބިރު ފިލުވަދީ… އެއްވެސް ވަރަކަށް އަވަސް އަރުވާ ނުލާތި. މަޑުމަޑުން އަންޖުމް އަށް ވިސްނަދޭނީ ރާސިލް… އަހަރެން ވެސް މާދަން އަންނަން ބޭނުން އެކަމަކު އަހަރެންނަކަށް ދެވޭކަށް ނެތް… މާނިއު އާ ދިމާކުރަން ދާން ޖެހޭނެ. އަހަރެންނަށް އެނގޭ އަންޖުމް އަސް ދެރަ ގޮތެއް ރާސިލް ނަހަދާނެކަން…” ދާނިޝް ބުނެލިއެވެ.
ދާނިޝް އާ ވާހަކަ ދައްކާލާފައި ރާސިލް ނުކުމެގެން ދިޔައެވެ. ދާނިޝް ފުންނޭވާއެއް ދޫކޮށްލިއެވެ.
ކޮޓަރިއަށް ވަތް އިރު ޒީޝާ އަންޖުމް ރީތިކޮށް ނިމެނީއެވެ.
ރާސިލް އައުމާއެކު ޒީޝާ ހީލުމަށްފަހު ނުކުމެގެން ދިޔައެވެ. “ޑެޑީ އަށް އެނގޭތަ… މިއަދު ސްކޫލުގަ ވެސް އާންޓީ ފެމެލީ ކިޔަވާދިނީ… ކީއްވެ ކޮއްކޮ މަންމަ އެއް ނެތީ… ހުރިހާ ކުދިން ކޮއްކޮއާ ދިމާލަށް ބުނީ ކޮއްކޮ ބަސް ނާހާތީ އޭ މަންމަ ނުހުންނަނީ…” އަންޖުމް ރާސިލް އާ ސުވާލުކޮށްލިއެވެ.
“ނޫން… އެހެނެއް ނޫން…” ރާސިލް އަންޖުމް ގެންގޮސް އެނދުގައި ބައިންދަމުން ވާހަކަ ދެއްކިއެވެ.
“ޑެޑީ ވެސް ގޯސް ވަރަށް… ކޮއްކޮ އަށް މަންމިއެއްވެސް ހޯދާނުދޭ” އަންޖުމް ދެއަތުން ދެއަތުގައި ހިފާލަމުންބުނެލިއެވެ. އަދި މޫނު އަނބުރާލިއެވެ.
ރާސިލް އަށް ބުނާނެ އެއްޗެއް ނޭނގި ތެދުވެ އަންޖުމް އަށް ފުރަގަސް ދެވުނެވެ.
“ޑެޑީ ކޮއްކޮ ބޭނުން މަންމަ… ދެން ކޮއްކޮއަށް މަންމަ ގެގެންދީ… ” އަންޖުމް އެދުން ތެދުވެގެން އައިސް ރާސިލް އަށް ކުރިމަތިލަމުން ބުނެލިއެވެ. “އަންޖޫ… ޑެޑީ ދައްކާ ވާހަކަ އަޑު އަހާބަލަ” ރާސިލް ބެލީ އަންޖުމް އަށް ވިސްނަދޭވޭތޯއެވެ.
އެހެންނަމަވެސް އަންޖުމް ހުރީ އެ ވާހަކަ ތަށް ގަބޫލް ކުރާ ގޮތަކަށް ނޫނެވެ. އޭނާ ގާތަށް ރުޅިވެރިކަމެއް ވެރިވީ ކެނޑި ނޭޅި އަންޖުމް މަންމަ ގެނެސް ދޭށޭ ކިޔުމުންނެވެ.
“ޑެޑީ ވަރަށް ގޯސް… މަންމި ގެނެސް ދީ… ވަރަށް ވަރަށް ވަރަށް ގޯސް…” އަންޖުމް ބުނެލިއެވެ.
“އަންޖުމް… ކިހާދެރަކަމެއްތަ… ބުނެފީމެއްނު މަންމަ އަންނާނޭ… މަޑުން ހުރެބަލަ” ރާސިލް އަށް ހަޅެއްލަވައިގަނެވުނެވެ. ރާސިލް ގެ ބާރު އަޑު އިވި އަންޖުމް ފަހަތަށް ޖެހިލިއިރު އެ ބޮޑު ލޮލުގައި ބޮޑެތި ކަރުނައިގެ ތިކިތަށް ވިދަމުން ދިޔައެވެ. ރާސިލް ގެ އަތުގައި ހިފައްޓާލެވިފައިވާ އަންޖުމް ގެ އަތް ތިލަ ދުރުކޮށްލިކަމުގެ އިހްސާސް އާ އެކު ރާސިލް އަށް އަންޖުމް އާ ދިމާލަށް ބަލާލެވުނީ ބޮލުގައި އަތް އަޅާލައިގެން ހުރެއެވެ. އެވަގުތު އިސްޖެހިފައި ހުރި އަންޖުމް ގެ ލޮލުން ކަރުނަ އަންނަތަން ފެނި އޭނާ އަށް ފުންނޭވާއެއްދޫކޯށްލެވުމާއެކު ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އެ ހިނދު އަންޖުމް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. އެ ތުއްތު ދަރިފުޅު ސިހި ބިރުގަނެފައި ހުރި މިންވަރު ރާސިލް އަށް އިހްސާސް ކުރެވުނީ ދެނެވެ. “އަންޖު… ” ރާސިލް ގޮވާލިއެވެ.
އަންޖުމް ގެ ކަރުނަތަކަށް ހުއްޓުމެއް ނަޔެވެ. ބޮޑަށް ރޮވެމުން ގޮސް މަޑުމަޑު ގިސްލުމަކަށް ބަދަލް ވެގެން ދިޔުމާއެކު ރާސިލް އަށް ކެތް ކުރަން ދަތިވިއެވެ. މިއިން ދުވަހަކު ބާރަށް އެއްޗެއް ނުބުނާ ދަރިފުޅާ ދިމާލަށް ހަޅޭއްލަވައިގަނެވުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ.
“އައި އެމް ސޮރީ” ރާސިލް އަންޖުމް ގާތަށް ގޮސް އިށީންނަމުން ވާހަކަ ދެއްކިއެވެ. ތަޅުން މަތީ ކަކޫ ޖައްސައިލައިގެން އިން އިރު އެ ލޮލުން ވެސް ހިތާމައިގެ އަސަރު ފާޅުވަމުން ދިޔައެވެ.
“ޑެޑީ… ވަރަށް…. ގޯސް… ކޮއްކޮ… ބަސް ވެސް…. އަހަން… އެކަމަކު ވެސް… ހަޅޭއްލެވީ” ގިސްލެމުން ދިޔަވަރަކުން އަންޖުމް ގެ ބަސްތަށް އައީ ވެސް ކެނޑެމުން ކެނޑެމުން ކަމަށް ވާތީ ރާސިލް އަށް އެ އަޑުތަށް ދެނެގަންނަން އުނދަގޫވިއެވެ. އެހެންނަމަވެސް އަންޖުމް އެ ބުނި ބަސްތަކުން އޭނާ އަށް ވެސް އަސަރުކުރިއެވެ.
“ޑެޑީ… ވަރަށް ބޮޑަށް ސޮރީ… ޑެޑީ ބޭނުން މި ލޯބި ލޯބި ޕްރިންސެސް އާ ވާހަކަ އެއް ދައްކާލަން. ހިގާބަލަ ޑެޑީ އާއެކު” ރާސިލް އަންޖުމް ގެންގޮސް އެނދުގައި ބައިންދަމުން އޭނާ ތިރީގައި އިށީނެވެ. އަންޖުމް އާ ކުރިމަތި ލައިގެންނެވެ. އޭރު ރާސިލް ގެ ވާހަކަތަކުން އަންޖުމް ގެ ރުއިން ހުއްޓި ހަމަޖެހިފައި ވި ނަމަވެސް އަދިވެސް އެ މޫނުމަތިން މާޔޫސްކަން ފާޅުވޭވޭ ހުއްޓެވެ.
“ޑެޑީ ގެ ޕްރިންސެސް… ސްމައިލް ކުރާނެ ވާހަކަ އެކޭ ބުނަން މިއުޅެނީ… މާދަން… މާދަން… ޑެޑީ ޕްރިންސެސް ގެންދާނަން މަންމި ކައިރިއަށް… އެކަމަކު އަންޖު ޖެހޭނެ ޑެޑީ ދައްކާ ވާހަކަ ވަރަށް ރަނގަޅަށް އަޑު އަހަން”
“އަސްލު” އަންޖުމް ގެ މޫނު އުޖާލާވެގެން ދިޔަގޮތުންނާ އެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔަ ގޮތުން ރާސިލް އަށް އަންޖުމް މަންމަ އަކަށް އެދޭވަރު އިނގިގެން ދިޔައެވެ.
އެ ހިނދު ޖަޒްބާތުތަކުން އޭނާ ގެ ހިތާ ނަފްސު ފުނިޖެހެމުން ދިޔަ އިހްސާސް ކުރެވުމާއެކު އޭނާ އަށް އިސްތަށި ގަނޑު ގައި އަތް ހިންގާލެވުނެވެ.
ރާސިލް ހަމަޖެހިލިއެވެ. އަދި އަންޖުމް އާ ވާހަކަ ދައްކަން ފެށިއެވެ.
“މާ ވާހަކަ ގިނަ ވަނީ މިހާރު ދަރިފުޅާ… އަވަހަށް ނިދަމާ… އޭރުން މަންމި ކައިރިއަށް ދާން ހޭލެވޭނީވެސް… ދޮންބެ ދައްތަވެސް ބުންނެއްނު ނަމާދުކުރުން އަންޖު ދޮންބެ ދައްތަ ކޮޓަރިއަށް ދާށޭ” ރާސިލް ލޯއްބާއެކު ވިސްނަ ދިނުމުން އަންޖުމް އުފަލާއެކު އޭނާ ނިދާ ބަޔާ ދިމާލަށް ދުއްވައިގަތެވެ.
ރާސިލް ވެސް އަންޖުމް ފަހަތުން ހިގަންނަމުން ދިޔައެވެ.
އަންޖުމް އެނދުގައި އިށީނދެ އިނދެ އެއްފަރާތުގައި ހުރި ކުޑަ މޭޒުމަތީގައި އިން ފޮޓޯ ފްރޭމް ނެގިއެވެ. އެ ފޮޓޯ ފްރޭމް އާއްމުކޮށް އޭނ ގެންގުޅޭނީ ކަބަޑަށް ލައިގެން ފޮރުވައިގެން ކަމަށް ވިޔަސް ކުރިން ދުވަހު ބޭއްވިގޮތަށް އެތަނުގައި އޮތީއެވެ.
“މަންމި ހުންނާނީ މިހެންތަ ޑެޑީ” އަންޖުމް މައުސޫމް ކަމާއެކު އަހާލުމުން ރާސިލް ބޯ ޖަހާލިއެވެ.
ދާނިޝް އެރޭ ހަތަރު ދަމު ވިސްނިއެވެ. އިޒިކް އެ ވާޙަކަ ކިޔައިދިން ގޮތުން ކުރިން ސުރެ ވެސް މާނިއު ރާއިދާ އާ ގުޅުން އޮންނަކަން އެނގުނެވެ. އެހެންނަމަވެސް މާނިއު އާއި އޭނާ އާއި ދެމެދު އޮތް ގުޅުން އެހާ ކުރިއަށް ދިޔައީ ކޮން އިރަކުކަމެއް ދާނިޝް އަކަށް ނޭނގެއެވެ. އިނގޭ ހާވެސް ކަމަކީ އެ އޮފީހުގައި އުޅުނު އިރު ރާއިދާ އޭނާ އާއި ހެދި މޮޔަވެފައި ހުރި ކަމެވެ. ޒީޝާ ނިދީގައި ކުޑަކޮށް ފުރޮޅި ލުމާއެކު ދާނިޝް ސިއްސައިގެން ދިޔައެވެ. އޭނާ ޒީޝާ އަށް ބަލާލަމުން ހިނިތުންވަމުން ހިޔާލްތަކުން ނުކުމެލާ އެ ނިތުގައި ބޮސްދިނެވެ.
އަދި ނިދޭތޯ މަސައްކަތް ކުރިއެވެ.
ހެނދުނު އިރު އެރިއިރުވެސް ފަތިހު ހޭލިގޮތަށް އަންޖުމް ނިދާކަށް ނޫޅުނެވެ. ރާސިލް ފަތިސް ނަމާދުން އައިސް އަރާމްކޮށްލަން ޖައްސާލިކަމުގައި ވިނަމަވެސް ނިދޭ ގޮތް ނުވީ ސިކުނޑީގައި ދައުރުވަމުން ދިޔަ ހިޔާލްތަކެއްގެ ސަބަބުންނެވެ. މިއަދު އޮފީހަށް ނުދާނޭ ވާހަކަ ދާނިޝް ގާތު ބުނެފައި ވުމާއެކު އޭނާގެ ހުރިހާ ވިސްނުމެއް ހުރީ އަންޖުމް އާއި އައިލީޝް އާ ގުޅިފައެވެ.
އެންމެ ފުރަތަމަ އައިލީޝް ފެނުމުން އަންޖުމް ގެ އަމަލް ތަށް ހުންނާނީ ކިހިނެތްކަން ނޭނގޭ ހާލު އޭނާ އެ ތައްޔާރުވަނީ ފުރަތަމަ ފަހަރަށް އައިލީޝް އަންޖުމް އަށް ދައްކާށެވެ. އަންޖުމް އައިލީ ދެކެ ބިރުގަންނާނީ ހެއްޔެވެ؟ ނޫނީ އެ ހާލުގަ އަންޖުމް އަށް އައިލީޝް ފެންނާނޭ ނަމަ ދެރަވާނީ ހެއްޔެވެ؟. ހައްތަހާވެސް ޖަވާބު ނުލިބޭ ސުވާލުތަކެކެވެ.
އެސުވާލް ތަކުގެ ޖަވާބު ހަމަ އެކަނި ލިބޭނެގޮތަކީ އަންޖުމް ގޮވައިގެން އައިލީޝް ގާތަށް ދިޔުމެވެ. ރާސިލް ވިސްނީ ހަވީރު ގަޑީގައި އަންޖުމް ގޮވައިގެން ދާށެވެ. އެ ހުރިހާ އިރު އަދިވެސް އޭނާގެ ސިކުނޑީގައި ހައިޖާން ގަނޑެއް އުފެދިފައި ވެއެވެ.
ރާސިލް ފެންވަރާ ތާޒާ ވެލައިގެން ތިރިއަށް އައިއިރު އަންޖުމް ޒީޝާ އާ އެކީ ކިރުތަށްޓަކާ އާފަލެއް ކަނީއެވެ. ހިނިތުންވުމެއް ތުންފަތަށް ވެރިވެފައި ވުމާއެކު އޭނާ އެ ދިމާލަށް މިސްރާބުޖެހިއެވެ.
“ދޮންބެ ދައްތަ އަށް އެނގޭތަ… ކޮއްކޮ މިއުޅެނީ މަންމި ކައިރިއަށް ދާން… ހެހެ. މަންމި ގޮވައިގެން ދެން ކޮއްކޮ އަންނާނީ… މިލްކް ތަށީވެސް ހުސްކޮށްލާފަ އެޕަލް އެއްވެސް ކާނަން އެއްކޮށް… އޭރުން މަންމި ހެޕީ ވާނެ… ކޮއްކޮ ބުނީ މަ އަންނަން ވެސް އަންނާނެ… ހެހެ” އަންޖުމް ހީހީފައި ވާހަކަ ދައްކަމުން ދިޔައިރު އެހެން ދުވަސް ދުވަހަށް ވުރެ އަނގަ ގަދަކަން ރާސިލް އަށް ވެސް ފާހަގަ ކުރެވުނެވެ.
އޭނާ ހުރީ އަންޖުމްގެ ފަހަތުގައި ކަމުން އަންޖުމް އަށް ރާސިލް އެއް ނުފެނެއެވެ އެހެންނަމަވެސް އަންޖުމް ގެ އެއްފަރާތުގައި ކާމޭޒު ދޮށުގައި އިން ޒީޝާ ގެ ލޮލުގައި ރާސިލް އަޅައިގަތެވެ.
ވާހަކަ ދައްކަ ދައްކާ އިން އަންޖުމް ޒީޝާ ބަލަން އިން ދިމާލަށް މޫނު އަނބުރާލިއެވެ. އެއާއެކު އޭނާގެ ލޮލުގައި ރާސިލް އަޅައިގަތުމާއެކު ފުޅާ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އޭރު މަތިމަހެއްހެން އަނގަ ދޮށުގައި އޭނާ ބުއި އެއްޗެހި އުނގުޅިފައި ވިއެވެ. އަންޖުމް އިންލެތް ލޯބިކަމުން ރާސިލް އަށް ބޭ އިޚްތިޔާރުގައި ހީގަނެވުނެވެ. އެއާއެކު ވާނުވާ ނޭނގޭ ހާލު އަންޖުމް ވެސް ހީގަތެވެ. މިތަން ފެނި ޒީޝާ ގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ.
“ޑެޑީ ކޮން އިރަކު މަންމި ކައިރިއަށް ދާނީ… އަންޖުމް އަހާލިއެވެ. “ހަވީރު” ރާސިލް ޖަވާބުދިނެވެ. އޭރުވެސް ހިނިތުންވުމެއް އެ ތުންފަތުގައި ވެއެވެ. “ނޫން ޑެޑީ މިހާރު” އަންޖުމް ބޮޑާ ހާކާ ގޮތަކަށް ބުނެލިއެވެ. މަންމަ ދުށުމަށް އެ ކުޑަ ކުޑަ ފުރާނަ ބޭގަރާރު ވެފައި ވާވަރު ރާސިލް އަށް އެނގުމުން ނާ އެކީ އަންޖުމް ކުރުނުކުރުމުން އޭނާ ނިންމީ ހެނދުނު ރީތިވެގެން އަންޖުމް ގޮވައިގެން ދާށެވެ. “އޯކޭ” ރާސިލް ބުނެލިއެވެ.
“އަންޖު… އާދޭ ތުން ދޮންނަން… ތުން ދޮވެގެން ހިނގާ ފެންވަރަށް ދާން” ޒީޝާ އަންޖުމް ރާސިލް އާ ދިމާލަށް ދުއްވައިގަތުމާއެކު ބުނެލިއެވެ. އެއާއެކު އަންޖުމް އެނބުރި ޒީޝާ ގާތަށް އައިސް ތުން ދޮވެލަމުން ހިނގާށޭ ބުނެލިއިރުވެސް އެ އަޑުގައިވަނީ އުފާވެރިކަމެވެ.
ރާސިލް ލޯގަނޑު ކުރިމަތީ ހުރެ އޭނާގެ އަމިއްލަ ސޫރައަށް ބަލާލިއެވެ. އަތްދިގު އަޅިކުލައިގެ ޓީޝާޓް އެއް ލިޔެވެ. އޭގެ މަތިން އަނެއްކާ އަތް ދިގު ޖެކެޓެއް ލިޔެވެ. ގޮށް ނާޅުވާ ހުރުމުން ވަރަށް ސްމާޓް ކަމަށް ދައްކައެވެ. ތިރިން ގަދަ ނޫކުލައިގެ ޖީންސްއެއްލީ ޖެކެޓް ކަޅު ކުލައިން އިނީތީ ގުޅުވާލާފައެވެ.
އިސްތަށިގަނޑު ތަފާތު ރީތި ގޮތަކަށް ސްޓައިލް ކޮށްލަމުން ސެންޓް ކޮޅެއް ބުރުވާލިއެވެ. އެ ވަގުތު އަންޖުމް ދުވަމުން އައިސް ކޮޓަރިއަށް ވަނެވެ. އޭނާގެ ފަހަތުން އައި ޒީޝާ ހުރީ ހިނިތުންވެލައިގެންނެވެ. “ޑެޑީ.. ނިމުނީތަ ހިނދާ ދާން…” އަންޖުމް އުފަކުން އެނބުރިލަމުން ބުނެލިއެވެ. އެއާއެކު އަންޖުމް ގެ ހަރަކާތް ތަކަށް ބަލަން ހުރި ރާސިލް ހިނިތުންވެލިއެވެ.
އަންޖުމް ގެ އަތުގައި ހިފާލައިގެން ރާސިލް ދިޔައިރު ދޮރާ ހިސާބަށް ޒީޝާ ވެސް އައެވެ. އެ ހިސާބުން ރާސިލް ހުއްޓި ދާނިޝް ކޮބާހޭ އަހާލިއެވެ.
“ނިދާފަ ކަންނޭގެ ގޮވާލަން މިދަނީ…” ޒީޝާ ބުނެލިއެވެ. އެއާއެކު ރާސިލް ބޯ ޖަހާލިއެވެ.
އެނބުރި ޒީޝާ ފަތަތަށް އެނބުރުނުއިރު ދާނިޝް ހުރިތަން ފެނުނެވެ.
ޒީޝާ އެނބުރުނުއިރު ދާނިޝް ފެނިގެން ހިނިތުންވެވުނެވެ.
“އަދި ދާން އަށް ގޮވަން ދާން ވެގެން މިއުޅުނީ…” ޒީޝާ ފުރަތަމަ ވާހަކަ ދެއްކިއެވެ. “ދޮންބޭ… އަހަރެން މިދަނީ އަންޖު ގޮވައިގެން ދާން… އައިލީ ކައިރިއަށް ދާން މިދަނީ… ” ރާސިލް ގެ އަޑުގައި ޖެހިލުންވުމެއް ވިއެވެ. ދާނިޝް އަންޖުމް އަށް ބަލާލާފައި ބޯ ޖަހާލީ އެ ތުންފަތުގައި ވި ހިނިތުންވުމުން އޭނާގެ ހިތަށް ފިނިކަން ލިބުނީތީއެވެ.
ދާނިޝް ގާތުވެސް ބުނެލާފައި ރާސިލް އަންޖުމް ގޮވައިގެން ގޮސް ކާރަށް އަރާ ދުއްވާލިއެވެ. އޭރު އޭނާގެ ހިތާ ހަށިގަނޑުގައިވެސް ނޭނގޭ ބިރުވެރިކަމެއް އުފެދިފައިވެއެވެ.
“ދާން… ކޮންތާކަށް ދާން ރީތިވީ… ބުނީމެއްނު މިއަދު އޮފީހަށް ނުދަމޭ…” ޒީޝާ އަހާލިއެވެ. “ޒީ… އަހަރެން ދައްކާ ވާހަކަ އަޑުއަހާ” ދާނިޝް ބުނެލިއެވެ. “ހުމް. ބުނެބަ” ޒީޝާ ދާނިޝް އަށް ސަމާލުކަން ދިނެވެ.
“ޒީ… އަހަރެން މާނިއު އާ ކުރިމަތިލާން ނިންމައިފިން… ޒީ އަށް އެނގޭނެ އިފޫ އަކީ އަހަރެންގެ ކާކުކަން… އިފޫ އާ އަހަރެންނާ އޮތް ގުޅުން ވަރަށް ރަނގަޅަށް ޒީ އަށް އެނގޭނެ… ޒީ… އެކަން ކުރި މީހުންގެ ފަހަތުގަ ވެސް ހުރީ މާނިއު… އިފޫ އަށް އެލިބުނު އަނިޔާ އަކީ މާނިއު ގެ ފަރާތުން ލިބުނު އަނިޔާތަކެއް…. އިފޫ އަށް އިންސާފުލިބެން އަހަރެން ބޭނުން…” ދާނިޝް ޒީޝާގެ ދެކޮޑުގައި ހިފަމުން ވާހަކަ ދެއްކިއެވެ. އެއާއެކު ޒީޝާ ބޯ ޖަހާލީ ހިނިތތުންވަމުންނެވެ.
“އަހަރެންނަށް އެނގޭ އިފޫ އަކީ ދާން ގެ ކާކުކަން… އިފޫ އާ ދޭތެރޭ ތި ހުތުގަ ކޮންމެ އެއްޗެއް އޮތަސް އަހަރެން ރުޅިއެއް ނާންނާނަން… އިފޫ ދެކެ ދާން އަދިވެސް ލޯބިވިޔަސް… އަހަރެން ނަށް އިނގޭ އަހަރެން ދެކެ ވެސް ލޯބިވާކަން… އާނ… ޒީ ބިރެއްނުގަނޭ… ދާން ގެއްލިދާނެތީ ބިރެއްނުގަނޭ… އަހަރެންނަށް އެނގޭ ދާން އަހަރެން ދޫކޮށްލާފަ ނުދާނެކަން…” ޒީޝާ ވާހަކަ ދެއްކިއެވެ. އެ އަޑުގައިވަނީ ޔަގީންކަމެވެ.
“ޔެސް ބޭބީ… އިންޝާ ﷲ ” ދާނިޝް ބުނެލިއެވެ. އޭނާ ޒީޝާ ގެ ގައިގައި ބައްދާލިއެވެ.
“އައި އޭމް ލަކީ ދެޓް އައި ގޮޓް ޔޫ… ” ދާނިޝް އުފަލުން ބުނެލީ ޒީޝާ ގެ ހުންނަ މަޑޫމައިތިރިކަމާ ކެތްތެރިކަމުގެ ސަބަބުންނެވެ. އޭނާގެ ހިތް އެ އަންހެން ކުއްޖާ އަށްދެވުނު އެއްސަބަބަކީވެސް އެއީއެވެ.
ޒީޝާގެ ކޯތާފަތުގައި ފިރުމާލާފައި ދާނިޝް ނުކުމެގެން ދިޔައެވެ. ދާނިޝް ދިޔުމާއެކު އެނބުރިލިއިރު ޒީޝާގެ ލޮލުގައި މިފަހަރު އަޅައިގަތީ ޒާހިދުއެވެ.
“ބައްޕަ…” އޭނާ އަށް މަޑުމަޑުން ބުނެވުނެވެ. “ބައްޕަ ކޮން އިރަކުތޯ ދުރުވީ” ޒީޝާ އާދައިގެ މަތިން އޭނާ ޒާހިދު އާ މުހާތަބް ކުރާ ގޮތަށް އަހާލިއެވެ. އެހެންނަމަވެސް ޒާހިދު ގެ ފަރާތުން އޭނާ އަށް މާ ބޮޑު ސަމާލްކަމެއް ނުލިބުނެވެ. އާދައިގެ މަތިން ޒާހިދު ބަލާލާ ނުރުހުންތެރިކަމުގެ ނަޒަރު ޒީޝާ އަށް މިފަހަރުވެސް އަމާޒުވިއެވެ.
“ބައްޕަ ސައި ހަދާދޭން ވީތަ؟” ޖެހިލުންވެފަ ހުރެވެސް ޒީޝާ ސުވާލުކޮށްލިއެވެ އެހެން ނަމަވެސް އެ ސުވާލް ގެ ޖަވާބު ނުދީ ޒާހިދު ނުކުމެގެން ދިޔައިއެވެ. ޒީޗާ ވެސް ދެފަރާތަށް ބޯ ހޫރާލަމުން ފުންނޭވާއެއްލަމުން ގޭތެރެއަށް ވަނެވެ.
ދާނިޝް ދިޔައީ އެންމެ ފުރަތަމަ އިޒިކް މެން ގެއަށެވެ. އޭނާ ދުވެފައި ގޮސްދޮރުން ވަދެ ލިފްޓަށް އެރީ އިޒިކް ތަންކޮޅެއް ކަސްވާނޭކަމަށް ބުނުމުން ބޭރުގައި ނުހުންނާށެވެ.
ޒާހިދު ބާރު ސްޕީޑް ގައި ކާރު ދުއްވަމުން ގޮސް މަޑުކޮށްލި އެޕާރްޓްމެންޓެއްގެ ކުރިމަށްޗަށެވެ. އަވަސް އަވަހަށް ފައިބާ އަވިއައިނު ނަގަމުން ވަށައިގެން އެ އިމާރާތުގެ މައްޗަށް ބަލާލިއެވެ. އަދި ގޮސް ވަނެވެ.
އަންޖުމް ގޮވައިގެން ކާރުގައި ދިޔަ ރާސިލް އާ އަންޖުމް ތަފާތު ގިނަ ވާހަކަ ދައްކަމުން ދިޔަނަމަވެސް އެއިން ކޮންމެ ވާހަކަ އަކަށް ގިނަ ފަހަރު ރާސިލް އަށް ދެވޭ ޖަވާބަކީ ހަމައެކަނި އާ ނުވަތަ ހޫމް އެކެވެ.
ސިކުނޑީގައި ދައުރުވަމުން ދިޔަ ސުވާލްތަކެއްގެ ސަބަބުން އެއްވެސް ކަމަކަށް ސަމާލް ކަން ދެވޭ ގޮތެއް ރާސިލް އަކަށް ނުވެއެވެ. “ޑެޑީ… ” އަންޖުމް ގޮވާލީ އޭނާ އަށް އެއްވެސް ސަމާލުކަމެއް ރާސިލް ގެ ފަރާތުން ނުފެންނާތީއެވެ. “ޔެސް ޕްރިންސެސް” ރާސިލް ވެސް ހިނދުކޮޅަކަށް އަންޖުމް އަށް ޖަވާބުދެމުން އެ ހިޔާލް ތަކާ ދުރުވެލަން މަސައްކަތް ކުރީ އަންޖުމް ދެރަވެފައި ގޮވާލީތީއެވެ.
“ޑެޑީ… މަންމި ކައިރިއަށް ދާތީ އުފަލެއްނުވޭތަ… ޑެޑީ ދެރަވަންޏާ ކޮއްކޮ ވެސް ދެރަވާނެ… އޭރުން މަންމި ކައިރިއަށް ގޮސް ވެސް ހެޕީއެއްނުވާނެއެއްނު ޑެޑީ” އަންޖުމް އާދައިގެ މަތިން ލޯބިކޮށް ބުނެލިއެވެ. އެއާއެކު އިޚްތިޔާރުން ބޭރުގައި ރާސިލް އަށް ހިނިތުންވެވުނީ އަންޖުމް ގެ މައުސޫމް ކަން ހިތަށް އަރާފައެވެ. އިތުރަށް ކާރުތެރޭގައި ހޭދަވި ހުރިހާ ވަގުތުގައިވެސް ރާސިލް ބެލީ އަންޖުމް އަށް ސަމާލްކަން ދީގެން އިނދެވޭތޯއެވެ.
ވީވަރަކުން އަންޖުމް އާ ވާހަކަ ދައްކަން ރާސިލް މަސައްކަތް ކުރަމުން ދިޔައެވެ. “ޑެޑީ… މަންމި ހުންނާނީ ހަމަ ފޮޓޯ އިން އަންޖު އަށް މަންމި ފެނުނު ގޮތަށްތަ؟” އަންޖުމް ސުވާލުކޮށްލިއެވެ. އެއާއެކު ރާސިލް ހިތި ހިނިތުންވުމެއް އަންޖުމް އަށް ހަދިޔާ ކޮށްލިއެވެ. އެތަށް ހާސް ހިނިތުންވުމަކަށް ވުރެ އެ ހިނިތުންވުން ހިތްދައްޗެވެ. ބުނަން ބޭޏުންވާ އެތަކެއް ވާހަކަ ތަކެއް ހުރިނަމަވެސް އެއިން އެއްވެސް ވާހަކައެއް ނުބުނެވި އޭނާ ގެ ދަރިފުޅު ގާތުގައި ހުންނަން ވުމުން ހާދަ ހިތަށް ތަދުވެއެވެ. ރާސިލް ކާރު ޕާރކް ކޮއްލީ ކީ ޓޮޕް އެމް މެމޯރިއަލް ހޮސްޕިޓަލްގެ ޕާރކިން އޭރިއާގައެވެ. އާއްމު ކާރުރަށް ޕާރކްކުރަން ހަދާފައިވާ އޭރިއާގައި ޕާރކްކޮއްލުމަށްފަހު އޭނާ ކާރުން ފައިބައިގެން ގޮސް އަންޖުމް އިން ދޮރާ ދިމާ ހުޅުވާލިއެވެ. އަދި އުރާލައިގެން އަންޖުމް ތިރީގައި ބެހެއްޓިއެވެ. އަންޖުމް ވަށައިގެން ބަލާލިއެވެ.
“ޑެޑީ… މިއީ ހޮސްޕިޓަލެއްނު… މިއީ ބަލިވީމަ ކުދިން އަންނަ ތަނެއްނު… ކީކުރަން އަންޖު މިތަނަށް ގެނައީ” އަންޖުމް މައުސޫމް ކަމާއެކު ސުވާލްކޮށްލިއެވެ. އެއާއެކު ރާސިލް އަންޖުމް ގާތު ކުޑަކޮށް އިށީނދެލިއެވެ. “އަންޖު… ޑެޑީ އަންޖު ގެންދާނަން މަންމި ކައިރިއަށް… އިނގޭ… ބިރު ނުގަންނާތި ދެރަވެސް ނުވާތި އިނގޭ” ރާސިލް އަންޖުގެ ކޯތާފަތުގައި ފިރުމާލަމުން ބުނެލިއެވެ.
“މީ އަންޖުވެސްބަލިވެގެން އައި ހޮސްޕިޓަލެއްނު” ރާސިލް އިން ސަމާލުކަން ދުރުކޮށްލާ އަންޖުމް އަނެއްކާވެސް ސުވާލުކޮށްލިއެވެ. އޭރުވެސް އޭނާގެ ނަޒަރު ވަނީ ވަށައިގެން ހަރަކާޓްތެރިވަމުން ދިޔަ މީހުންނަށް ހުއްޓިފައެވެ.
“އަނެއްކާ މަންމި ވެސް ބަލި ވެފަ ތަވީ” އަންޖުމް ސުވާލުކޮށްލިއެވެ. އެއާއެކު ރާސިލް އަށް ދޭނެ ޖަވާބެއް ނޭނގިފައިއިރުކޮޅަކު ހުރެވުނެވެ. “އަންޖު މަންމި ކައިރިއަށް މިދަނީ ދަރިފުޅާ… މާ ވާހަކަ ގިނަ ވަނީ އިނގޭ މިހާރު. އަވަހަށް ދިޔާމަ އެއްނު އަވަހަށް ފެންނާނީ” ރާސިލް ބުނެލިއެވެ.
އަދި އަންޖުމް ގެ އަތުގައި ހިފަމުން ކުރިއަށް ހިނގައިގަތެވެ. ރާސިލް އަންޖުމް ގޮވައިގެން ލިފްޓަށް އަރާ ދިހަވަނަ ފްލޯއަށް ފިތާލިއެވެ. ވަގުތު ގެ ގޮތުން ކަންނޭގެއެވެ. ލިފްޓް އޮތީ ހުސްކޮށެވެ. ބިއްލޫރި ދޮރުން ވަތް އިރުވެސް ދިރާސާކުރާމީހެއްފަދައިން އަންޖުމް ގެ ނަޒަރު ފަރާޓް ފަރާތަށް ހުއްޓެމުން ދިޔައެވެ. “އެ ދޮރު އޮޓެމެތީކުން ހުޅުވުނީތީ އޭނާ އަށް ލިބިފައިވަނީވެސް އާދަޔާ ހިލާފު އުފާވެރިކަމެކެވެ. އެކަމާ ބެހޭގޮތުން އޭނާ ރާސިލް އާ ސުވާލުވެސް ކޮށްފިއެވެ. ޖެހިގެން ހުރި ބިއްލޫރި ދޮރު ކައިރިއަށް ހުއްޓުމާއެކު ރާސިލް އަންޖުމް އަށް ބަލާލިއެވެ. އަދި ދެވަނަ ފަހަރު ވޮލްޓް ނަގަމުން އޭނގައި އޮތް ކާޑް ނެގިއެވެ. އަދި އެ ކާޑް ދިއްކޮއްލާ ދޮރު ހުޅުވާލިއެވެ. އާއްމުކޮށް މި މަންޒަރު އަންޖުމް އަށް ފެނުނު ކަމުގައިވިނަމަވެސް އެ ފަދަ ތަނެއްގައި ރާސިލް އެހެން ހެދުމުން އޭނާ އަށް ހައިރާންކަން ލިބިފައިވިއެވެ.
ދޮރުން އެތެރެއަށް ވަދެ އޭނާ އައިލީޝް އޮތް ރޫމާ ހިސާބަށް އައެވެ. އަންޖުމް އަށް ބަލާލާއަދިވެސް އެއްފަހަރު ބިރު ނުގަތުމަށް ބުންޏެވެ.
އެފަދަ ކުޑަ ކުއްޖެއްގެ އަމަލް ތަށް ހުންނާނީ ކިހިނެތްކަން އޭނާ އަކަށް ނޭނގޭ ވިއްޔާއެވެ.
“ދޮރު ހުޅުވާލާ ބޯ ދިއްކޮއްލީ ހިޝްމާ އިނީމައެވެ. އޭނާ އިޝާރާތް ކޮށްލުމާއެކު ހިޝްމާ ނުކުތެވެ. އޭނާ ނުކުތުމާއެކު ރާސިލް އާއެކު ހުރި އަންޖުމް ފެނި ހައިރާން ކަން ލިބުނެވެ. ރާސިލް އަވަސް ގޮތަކަށް ހިޝްމާ އަށް ކަންތަށް ތަށް އޮޅުން ފިލުވާ ދިނުމަށްފަހު އަންޖުމް އަށް ބަލާލިއެވެ. “މިތާތަ ކޮކީ މަންމި ވީ” އެއްފަހަރު ހިޝްމާ ގެ މޫނަށް ދެވަނަ ފަހަރު ރާސިލް ގެ މޫނަށް ބަލާލާފައި އަންޖުމް އަހާލިއެވެ. ރާސިލް ބޯ ޖަހާލިއެވެ.
ހިޝްމާ ވެސް އިތުރު ފުރުސަތެއްނުދީ ރާސިލް އަންޖުމް ގޮވައިގެން ވަންނަން ފުރުސަތު ދިނެވެ. ރާސިލް އަންޖުމް ގެ އަތުގައި ހިފާލައިގެން ވަނެވެ. އަދި ދޮރު ލައްޕާލިއެވެ.
އަންޖުމް މަޑުމަޑުން ވަށައިގެން ނަޒަރު ހުއްޓާލިއެވެ. ތަފާތު ވައްތަރުގެ ހޮޅިތަށް ގުޅާފައިވާ އައިލީޝް ފެނި އޭނާ އަށް ރާސިލް ގެ އަތަށް ބާރުކޮށްލެވުނެވެ. ކެނޑިނޭޅި މެށިންތަކުގެ ބީޕް އަޑު ތަށް އިވެމުން ދިޔައެވެ. އަންޖުމް ރާސިލް އަށް ބަލާލިއެވެ. “ޑެޑީ” އެ ތުއްތު ކުއްޖާ އަށް ބުނެވުނެވެ. އަދި މަޑުމަޑުން ރާސިލް ގެ ފުރަގަހަށް ވަނެވެ.
“ޑެޑީ… ނުކުންނަން” އަންޖުމް އެހެން ބުނެލިއިރު އެ އަޑުގައިވި ބިރުވެރިކަމާ ތުރު ތުރު ރާސިލް އަށް ފާހަގަ ވިއެވެ. އޭނާ އަންޖުމް އަށް ބަލާލަމުން އަންޖުމް އާ އެއްހަމައެއްގައި އށީނެވެ. “އެއީ ކޮއްކޮ މަންމި އޭ… ބިރު ނުގަންނޭނޭ ޑެޑީ ގެ ޕްރިންސެސް” ރާސިލްބުނެލިއެވެ.
“ޑެޑީ ނުކުންނަން” އަންޖުމް ދެންވެސް ބުނެލިއިރު އޭނާ ހުރި ރޮވެން ކައިރި ވެފައިކަން ރާސިލް އަށް އެނގެއެވެ. ރާސިލް ހަނދާންވީ ދާނިޝް ދެއްކި ވާހަކަ މަތިންނެވެ. އޭނާ ޖެހޭނީ ކެތްތެރިވާށެވެ. އަންޖުމް އަކީ ކުޑަކުއްޖެކެވެ. ކަންތައްތަށް ގަބޫލް ކުރަން ވަގުތު ބޭނުންވާނެއެވެ.
“މަންމި އަށް ކިހިނެތްވެތަ ތަ އެ އޮތީ ޑެޑީ” އަންޖުމް އެހެން ބުނެލިއިރު އެ އަޑު ކުރެހި ކަރުނަތަށް ލޮލަށް ޖަމާވެފައި ވެއެވެ.
“އަންޖު… ކީއްވެ ބިރުގަންނަން ވީ… މަންމި ކުޑަކޮށް ބަލިވީ… އެއީ އެއްވެސް މައްސަލައެއްނޫނޭ… މަންމި ވެސް ދެރަވާނެ އެއްނު އަންޖު ތިހެން ނުކުންނަން އުޅުނީމަ… ތީ ޑެޑީ ގެ ޕްރިންސެސް އެއް ގޮތަށް މަންމި ގެ ވެސް ޕްރިންސެސްއެކޭ… އެހެންވީމަ ކޮއްކޮ ކީއްވެ ބިރުގަންނަން ވީ… މަންމި ކައިރިއަށް ގޮސް މަންމި އަށް ގޮވާލަބަލަ. ބުނޭ މަންމި ގެ ޕްރިންސެސް އައިސް ފީމޭ… އަންޖު ބިރުން ދިޔައީމަ މަންމި ވެސް ދެރާވެނެ… އަންޖު ދެރަވެ ޑެޑީ ރުޅިއައިމަ… އެހެން ވީމަ މަންމި ވެސް ދެރަވާނެއެއްނު އަންޖު މަންމި ގާތަށް ނުދިޔައިމަ” ރާސިލް އަންޖުމް އަށް ވިސްނަދޭން ކިތަންމެ މަސައްކަތެއް ކުރިއަސް އިރުއިރުކޮޅަކާ އެ ސިހުމާ ބިރުވެރިކަން އެކުލެވޭ ލޮލުން އަންޖުމް އައިލީޝް އަށް ބަލާލާގޮތް އޭނާއަށް ފާހަގަވިއެވެ.
“އަންޖޫ…” ރާސިލް އަންޖުމް އަށް ގޮވާލީ އަންޖުމް ގެ ފުރިހަމަ ސަމާލް ކަން ހޯދުމަށެވެ.
“ސޯ ބިރުނުގަނޭ އަންޖޫ… ޑެޑީ ވެސް ހުންނާނެމޭ ގާތުގަ… ހިނގާ މަންމި ކައިރިއަށް” ރާސިލް ތެދުވަމުން އަންޖުމް ގެ އަތުގައި ހިފާލަމުން ކުރިއަށް ފިޔަވަޅެއް އެޅިކަމުގައިވިނަމަވެސް އަންޖުމް އެ އަތަށް ދަމާލުމާއެކު ހުއްޓެވުނެވެ.
އެނބުރި ބަލާލިއިރު އަންޖުމް ހުރީ ދެފަރާތަށް ބޯ ހޫރާށެވެ. އަންޖުމް ގެ އެ އަމަލުންވެސް ބިރުގަނެ ހާސްވެފައި ހުރި ވަރު ރާސިލް އަށް ނަގައިގަނެވުނެވެ. “އަންޖޫ… ބިރެއް ނުގަންނާނޭ ދޫނީ…” ރާސިލް ބެލީ ވީހާވެސް އޯގާތެރިމަކާއެކު އަންޖުމް އަށް ވިސްނަދެވޭތޯއެވެ. އޭނާ ހީކުރިގޮތާ އެއްގޮތަށް އެ ގޮތަށް ވާހަކަ ދައްކަން ފެށުމުން އަންޖުމް ގެ މޫނުމަތިންފެންނަމުން ދިޔަ ނުތަނަވަސް ކަމުގެ އަސަރުތަށް މަޑުވިއެވެ.
އަންޖުމް އާއި އެއްހަމައެއްގައި އިށީނދެ އިނދެފައި ދެން ރާސިލް ތެދުވެ އަންޖުމް ގެ އަތުގައި ހިފާލަމުން ހިނގައިގަތް އިރު އަންޖުމް ރާސިލް މަޑުކުރުވަން ނޫޅުމުން ރާސިލް ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
އެހެންނަމަވެސް އައިލީޝް ގެ އެނދާ ހިސާބުން ކުޑަމަޑުޖެހުމެއް އަންޖުމް އަށް އައިކަން ރާސިލް އަށް ދެނެގަނެވުނެވެ.
އޭނާ އަންޖުމް އަށް ބަލާލިއެވެ. އެ މޫނުމަތިން ދެރަވެފައި ހުރި ކަމުގެ އަސަރުތަށް ވެސް ފާޅުވާން ހުއްޓެވެ. ރާސިލް މަޑުމަޑުން ކައިރިވެފައި އައިލީޝް ގެ އަތުގައި ހިފާލިއެވެ. އަންޖުމް ހުރީ ރާސިލް ގެ ފަހަތުން އެއްފަރާތުގައެވެ. ހަދަންވީ ގޮތެއް ނޭނގިފައި ހުރިރިހެން އަންޖުމް ހުރިއިރު އެ މޫނުމަތިން މިހާރު ފެންނަމުން ދަނީ ބަޔާން ކުރަން ދަތި އަސަރުތަކެކެވެ. އަންޖުމް އަށް ބަލާލި ރާސިލް އަށް މިކުރެވެނީ އަނެއްކާ ރަނގަޅު ކަމެއްބާ އޭ އެ ވަގުތު ކޮޅު ހިތަށް އެރިއެވެ. އެހެންނަމަވެސް އެ ހިޔާލް ތަށް ސިކުނޑިން ނެރެކަމުން އޭނާ އަންޖުމް އަށް ވެސް މިގޮތް ރަނގަޅުވާނެޔޭ ހިތާ ހިތުން ބުނެލިއެވެ. “އަންޖު… ބަލަ މަންމި އަތުގަ އަތް ލަބަ. ޑެޑީ ވެސް އަތް ލީނު” ރާސިލް އަންޖުމް އާ ދިމާލަށް އަތް ދިއްކޮށްލިއެވެ. އެހެންނަމަވެސް ރާސިލް ގެ އަތުގައި އަތް ލުމުގެ ބަދަލްގައި އަންޖުމް އަޅާލީ ފަހަތަށް ފިޔަވަޅެކެވެ.
“އައިލީ… މި އަހަރެމެންގެ ދަރިފުޅު. ދެކިލަން ދެދުނުވާނަންތަ؟ ދަރިފުޅުގެ އުމުރުން ހަތަރު އަހަރު ވީ އިރުވެސް އައިލީ އަށް އެންމެ ފަހަރަކު ވެސް ދަރިފުޅުގެ ސޫރައެއްނުފެނުނު… ދެން ދެތުވޭ” ރާސިލް އަށް މަޑުމަޑުން ބުނެވުނެވެ.
އޭނާ ދެންވެސް ފަހަތަށް ބަލާލާ އަންޖުމް އާ ދިމާލަށް އޭނާގެ އެއްއަތް ދިށްކޮއްލިއެވެ. އޭރު ވެސް އަނެއްއަތުން އޭނާ ހުރީ އައިލީޝް ގެ އަތުގައި ހިފައްޓާލައިގެންނެވެ. ރާސިލް އަންޖުމް އާ ދިމާލަށް ދިއްކޮއްލައިގެން ހުރި އަތަށް ލޮލުން އިޝާރާތް ކޮށް އަންޖުމް އާ ދިމާލަށް ބަލާލާ މަޑުމަޑުން ބޯ ޖަހާލިއެވެ. އެއާއެކު އަންޖުމް މަޑު މަޑުން ފިޔަވަޅެއް ކުރިއަށް އަޅާލާ ރާސިލް ގެ އަތުގައި ހިފާލިއެވެ. ރާސިލް ހިނިތުންވެލިއެވެ. އޭރު ކޮންމެވެސް ވަރަކަށް ކަރުނައިގެ އަސަރުވެސް އެ ލޮލުގައި ވިއެވެ.
“މަންމި ގައިގައި އައްލާ ދަރިފުޅާ” ރާސިލް ބުނެލިއެވެ. އެއާއެކު އަންޖުމް ދެފަރާތަށް ބޯ ހޫރާލިއެވެ. “އެއްވެސް ކަމެއް ނުވާނެ ދަރިފުޅާ… ޓްރަސްޓް މީ” ރާސިލް ބުނެލިއެވެ. އެއާއެކު އަންޖުމް ރާސިލް ގެ ދެލޮލަށް ބަލާލިއެވެ. ރާސިލް އައިލީޝް ގެ އަތުން ދޫކޮއްލާ އަންޖުމް ގާތަށް ޖެހިލިއެވެ. އަންޖުމް މަޑުމަޑުން އަތް ގެންދިޔައެވެ. އެހެންނަމަވެސް އެ އަތުގައި ނުޖެހެނީސް އަތް ދަމައިގަތެވެ. ދެވަނަ ފަހަރު އެ އަތް ގެންގޮސް ކިރިއާ ޖެހިލީއިރަށް ދަމައިގަތީއެވެ. “ޑޫ އިޓް” ރާސިލް ބުނެލިއެވެ. އެއާއެކު އަންޖުމް ތިންވަނަ ފަހަރަށް އަތް ޖައްސާލިއެވެ. އަދި އިރުކޮޅަކުން ނައްޓާލިއެވެ. ހަތަރު ވަނަ ފަހަރު އަތް ލާ އަނެއްއަތް ވެސް އޭނާ ގެންގޮސް އެ އަތުގެ މަތީގައި ބާއްވާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
59 Comments!
Comments are closed.








haadha rangalhey writer
Thanks aki. Kiyaalaifintha?.
Salaam. All. 30 th ep ge part 1 miothy. Himi beynun vi anjum ailee gaathah dhaa ep ehkoh 30 th vana ep ga gennan. And mi part haassa kohlan ingey mi story ah support comment and kiyaa hurihaa kudhinnah. ? E bai maa bodah dhigu v ma. Mi hen mi hedhy. Mi part ga anjum and raasil ge bai fedheyvarakah detail koh genesfa hunnaane. Eyi bodah raasil and anjum ge relation bodah feel kohdheyn. And anjuge feelings thah ves. Thankyou for ur support love and care.
Jazakallah Khairan. ❤❤❤???
Next part koniraku? Miadhu adhi ithuru eh part kiyaalan libeyne kamah ummeedhu kuran. Varah reethi mi part ves ❤️ Hi Mi kurin liyefa vaa story thah kiyaalan libeyny kihineh? Varah beynun kiyaalan. Love your story dear ❤️
Hello. Dear. V ufaavehjje. Next part In Sha Allah. Tomo saturday ga libeyne. Ingey. Himi ge name ah click kohlaigen ves evaahaka thah kiyaaleveyne. Ithurah beynun vaa nama mail eh kohlima ves libeyne. In Sha Allah. Thankyou for ur support. ????
V v reethi keep it up hi mi
thankyou Niky. v ufaavehjje. 🙂
Vvv reethi..hama bunaane ehchehves neynge..baeh typing mistakes thah hurikan faahaga kurevey…sifakurun..hyvany hama filmeh balaalaahen…I love this story ????
alheyh. thanks chim. varah ufaavehjje himi ingey. sorry dear. for the typing mistakes. and sifakurunthakah… himi beynun vani e bai thah feel vaa varah kiyawidheyn. film eh balaileveyhen heevanyaa gabool mikurani himi ah ebai deliver kohdhevunukamah. thanks a lot for the support. 🙂
Wowww… vrh vrh reethi,… mirey 30th ep ge 2 nd prt up khleveythww balahcheyyy… ly…♥♥♥♥♥♥♥
thanks mishy. dorry dear. tomorw libeyne ingey next ep kiyaalan. In Sha Allah…
Wowwww ?????… It’s full of emotions ❤️❤️❤️❤️❤️?????… Hama rovihje Hi Mi ?????… Haadha furihama ey mi part vx ??????????… SUPERB ?????… FABULOUS ?????… Hi Mi vareh nethey buneveynee hama ?????… Hi Mi is the best ?????… Vaahakaige thereyah gos gehlifaa hama indheveny vaahaka kiyaairu ?????… One of the best story that I have been reading ❤️❤️❤️❤️❤️?????… Dhen neynge bunaane ehcheh vx… U made me speechless… Hehe… Keep up the good work ❤️❤️❤️?????????… Lots of love Hi Mi ❤️❤️❤️❤️❤️???????????????????????????????????
heyllo. my dear dear pinky dear. vvv ufaavehjje. shahkei nei gothugawi pinky aki himi ge hageegee support ter eh. sababaki himi story liyan feshifahun enme story ge enme part ehves nei himi ah pinky ge comment eh nufenna. ekamun ves pinky ge support feney. vvv ufaavey. and ur comments are so colurful that after seeing that makes me happy too hehe. vvv ufaavey dear. much more loves from me. 🙂
HIMI DHOONI v reethi mih part vaxx. Vv intersting… when next.. aleyy dhen vaanee kihineii..????
alheyh dear dear shaa. vvv ufaavehjje comment fenifa. next ep on sat. hingaa balamaa dw dhen vaani kihineh thoa. surprisng kanthah thakeh eba huri ingey. 🙂
thanks himi dear
dhenme e kiyaalevunee
and varah reethi mi part ves
so when next part
Friday or saturday
saturday ge ingey nonni. v ufaavey thidhey support ah. thi dhey suppory aki shahkei nei gothugai himi ah libey ithuru hiyy vareh. In Sha Allah. 🙂
alhey vrh reethi <3 <3 kiyaa hithun indha nimunee.. waiting for the nxt part
alheyh naa. next ep ves In terresting vaane ingey In Sha Allah. varah baivaru kanthah takehe ge hageegawi ingigendhaane. In Sha Allah. 🙂
Mi part vx v v v rythi.. maasha allah…. ???
thankyou. Ahu. Jazakallah Khairan. 🙂
Mi part ves v v reethi.but v rovijje
alheyh. nadhee. In Sha Allah adhi ufalun rovvaalaanan ingey. hehe. mifaharu dheravegen rovunas. thankyou for the support. 🙂
Alhey hadhamolhey himi v furihama mi part ves ❤ ❤
thankyou any. vvv ufaavehjje himi ah thidhey support aki libey ithuru hiyy vareh. In Sha Allah. 🙂
Wowowow haadha reethi mi part ves…waiting for next part…Hi Mi haadha molhey dhooni..masha
.. allah..??❤ ailee ragalhu kohba pls pls Hi Mi dhooni. airun dhw anjum happy vanee…happy family akah vaany dhw…Blue beauty varah dheravey ???ailee komaga onnathee….ok keep it up
blue beauty bunithy himi thikamaa vinanthaa mi jehuni dw hehe. In Sha Allah. ailee ah vaagotheh balamaa dw. kuri ah in part in ves baivaru hageegai thakeh ingigen dhaane ingey, In Sha Allah. anju happy kohdheyn himi masaikai kuraanan ingey blue beauty bge request ah. hehe. vvv ufaavey my dear loabi loabi reader Blue beauty thi gotthah himi aa aku hunnaathy. eyi hama libey hyy vareh ingey. vvv ufaavehjje. thanks… 🙂
Vvvvvvv reethi mi part vx ???????
Kn iraku next part????
saturday ga igey shif. v ufaavehjje. :):):):):)
oh my god hi mi i am so excited. finally i am really sure fourth touch in aili wake vaane hen. hehe anju is soo cute ehaa loabi ulhe goiy ves. varah reethi. but so many mistakes eba huri mi part ga. like zeesha ge name jahan v thanuga ifsha jehifa ves eba huri. anyway i think zahid ah adu ivijje hen dhanish and zeesha ge conver. if so he went to warn maniu but plzz hi mi let dhanish and izik caught them ? waiting for the next part
alhey… annoying reader, vvv ufaavehjjey dear. yh annoying reader. anju ves meet v. dhen kihinehbaa vaani. uare oe of my fav dear. abadhuves thigothuga himi ah support kuraathy vvv ufaavey. hingaa balamaa dhaanish and izik thikamaa kaamiyaab veythoa. dua kurey annoying readerailee ves rangalhu veytho hehe. vvv ufaavehjje. thanks again. 🙂
Wooooow woooooow himi dhooni mi partves Masha Allah vvvv reethi v furihama???????❤❤❤hey himi dhooni xaannah heevany aily v avahah dhen heylafaanehen?????waiting next part nw maa bodah kiyaa hihvehje kehkuran dhathivaane hen heevany v misve himi mathin ❤❤❤❤❤❤❤❤❤❤❤❤
xaaaan. ge loabi comment eh. himi ge aneh dhe story in feshigen xaaaan ge comment thah fennaathy vvv ufaavey. v happy. himi ah libey vvv bodu hiyy vareh xaaaan ge thi loabi comment aki. vvv ufaavey. awwwn. miss yh too. thanks a lot. much loves. 🙂
Wow hi mi hama rangalhah ves rovihje… Hyvy aslu manzareh fenigen dhiyahen… V ves furihama sifakohdhinun… Hama ehvanaey buneveyny… Hi Mi haadha molhey story liyan n sifakohdheynves hama ehaa molhu… Luv n miss u ??????❤❤❤????
shann. vvv ufaavey shann thidhey support ah. one of my best reader ey bueveyni ves hehe. vvv ufaavehjje. shann ge haal and babies kihineh. himi ge salaam. 🙂
omg nice keep it up love ☺?????
thanks shaan. vvv ufaavehjje. thanks ingey. 🙂
Vvv reethi hama rohvalaifi keep it up ?????????
thanks aysh. vvv ufaavehjje like vaathy story ah. dheravehjje rovaalevunima. avahaha hutaalaa dear hehe.
For some reason ailee reminds me of asuna in sao like she was in the same state ailee aa i love the storyy
awwn. kitty. eyi series eh tha? himi akah neygey. hehe. thanks for ur support dear v bodu hiyy vareh. 🙂
Wow…Awsome…love it ??❤?❤?
thanks areen. v ufaavey mihaar konme part akun areen ge comment fennaathy. hehe. 🙂
Wow wow wow.. sifakurun hama habeys??? finaly anju is meetin hr mom.. i can almost c the pictures infront of me… so emotional.. keep up the gud wrk himi
yh. lotus finally shes meeting. what do u think will hpn next. hehe. vvv ufaavehjje. sifavanyaa eyge maana aki himi beynun vigohah deliver kohdhevijjey ingey. ehen kamun mirey lotus ge comment fenifa vvv ufaavehjje. thanks alot dear. for ur support. 🙂
Awwwww… Haadha loaiyybey mi part ves… ???? Vrh Vrh Vrh reethi… Maa sha Allah…???❤️❤️❤️❤️????????anju haadha cute ey… ❤️❤️??????????❤️❤️??? mi part reethi kamun Hama Bunaane ehcheh ves neynge… Bey ikhthiyaaruga hinithun vefa indheveny ves kiyaali iru… I mean story.. ☺️?? ufaaveri kamuge karuna anna haa vey… Ekam Vrh Vrh Vrh dhera vey ailee ehn onnaathy… Plus raasil e kuraa hithaamaegge bodukamun..?? shafakillah khairan ailee… ☺️?❤️❤️❤️ Nxt part ves Hama mihaa reethi koh genesdhehchey Hi Mi.. Ingey…☺️?❤️❤️ When is nxt part? Curiously waiting… ☺️?☺️?☺️?☺️?❤️❤️❤️❤️
aesh. ge loabi comment un himi ah v hiyy varu libey. hama gaimuves vvv ufaavey. ailee In Sha Allah rangalhuvaane dear. hingaa balamaa dw. anju ge charecter himi balan eba varah reethikoh genevythoa. thiya kudhin ge faraathun libey thifadha comment thakun himi ah akn kurevey kan ingemundhani. vvv ufaavey opinion dheythy. In Sha Allah. next ep ves hama mihaa reethikoh geneveythoa himitry kuramun gendhaanan. keep waiting. jazakillah for the support. 🙂
V nice when nxt part…. keep it up dear u r a gud writer… mi story nimunee ma ves Himi ge ehn story eh kiyaalan libeyne kamah heekuran…. i love u r storys… lvu HIMI?
thanks riyaa. himi ge new story eh dw. dhe kiyaaln libeyne vaki dhuvaheh bunan varah dhathi. hehe. vvv ufaavey thidhey suport ah. jazakilah Khairan for the support. 🙂 much loves. 🙂
Wow alhe fourth touch in aili wake up vaanama vv reethi. Vaane.. Alhe. HiMi u r the best.. Vvvvvvv salhi awesome
thankyou maya. ailee wake up vun ves nuvunves ekasheegne vey. hingaa balamaa dw.v ufaavehjje. thanks dear. 🙂
Himiiiiiiiiiiiiiiiiii..hama rovijje anjel ahh…….you are very telented Ma Sha Allah….?. Varh salhi kohh feelings genes dheefa ebahuri. Ekam anjel varah alhaigen thankolhehh Mee..
Ethah has hinithun vumakahh vure e hinithun hicchey….don’t you think it should be ..ethah has karuna akahh vure e hinithun vun hicchey…..ehen story thanks hunnany ehen ..hama gaimu ves anjel liyani ehen….. story hama as always.. fantastic
…..hama heevany story therey ulhevey hen…..?????????????? Ekam himi DHEN HEYO NUVAANE ….mihaaru anjel ves AADHEYS KURAA HIYY VEY ROMUN….aily hey aruvadheytho…please please dhen kethen nuvaane. Raasil ge e haal balaakah ….mihaaru e fakeeru vaavarahh rovvijje….anju.ahh takaa vias…himi aily hey aruvadhy….varah miss vey aily mathin….hey by the way key top memorial hospital akii yuan menn ge hospital dhw …aww..miss vejje yashuu a yuaan a Maileen mathin…..hey himi adhives nubunamehh nu xaan a kiaa ge baby ahh kee name ehh kameh….vara salhi ingey ur stories … waiting for you ur reply….your fan anjel???????????????????????????????❣
Kingsangel dear. Thankyou so much. Ohkayh. Dear. E thankolhu faahaga kohla dhinithy dhen fahrakun visnaanan. Ingey. In Sha Allah. Migaar dhen himi ah edit ves kohnuleveyne. Dhen faharakun dw. Hehe. Thi comment fenifa himi ah bunaane ehchei ves neygey. Angal aadheys kuranyaa dhen jeheyni thikamaa ulhenthaa dw. Ekamakuves hingaa vaa gotheh balamaa dw. And yh. Eyi hithaa furaanain ga yuan men ulhey hospital ingey dear. ? miss them too. Hehe. Xaaaan and kiyaa ge baby ah kiyaa nan ves ingigen dhaane kamah balamaa. E story ge dhevana ba eh genesdheyn himi bunefa vaane. Ekam hama miulheny bixi kamun ingey dear. Dhen ehen vaahaka akaa eki dhimaavaaane dhuvaheh bunan dhathi. ? ekamakuves In Sha Allah. Konneves dhuvahakun fenidhaane. Ekamakuves vvv ufaavey angal ge thi comment fenifa. Much more loves from me dear. ???❤❤❤?
wow <3 v v reethi mi part vx 🙂 kwn iraakun next part up kuranee .. dhen vaaneh goi balan cant wait .. one of my fav story me :* Hi mi assu vx v molhu waahaka liyan <3 i love your story's keep it up girl <3 much love :* best 🙂
vvv ufaavehjje nau. himi hama hageegathugaves v ufaavehjje. it means a lot. eyi himi ah libey varah bodu hiyy vareh thi support aki. IN SHA ALLAH. mihaa reechah story gengos numaaleveythoa ves himi try kuraanan ingey. much loves. 🙂
Kobaa next part
Miadhug3 vagutheh ga. In Sha Allah. ??
Alhey himi dear inthizaarukohkoh varubali vaagoiy vejje.. story reethi kamun hama kiyaahithun keiy nuvey ingey
Sorry sheen. Himi just nw type koh mi nimuni. Mirey 6 ga In Sha Allah. Up vefa innaani. ??