Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 4

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
May 9, 2018 7 Mins Read
20 Comments

ދަތުރު ވަރުބަލިކަން ހުރުމުގެ ސަބަބުން ކޮންމެ މީހަކުވެސް އިޝާާ ނަމާދު ކޮށްގެން އަވަސްވެގަތީ ނިދާށެވެ. ނިދަން އޮށޯވެ އޮތް އިރުވެސް ކޮންމެ މީހެއްގެ ހިޔާލުގައިވެސް ވަނީ ދަތުރުގެ އެކިއެކި ހަނދާންތަކެވެ. އައިލީން އާއި ޔޫހާން އެކަކު އަނެކަކުގެ ހިޔާލުގައި އޮތް އިރު ރިފްޝާ އާއިި އިފާންވެސް ދިޔައީ އެދެމީހުންގެ ހިޔާލުތަކުން ހިތަށް ހަމަޖެހުން ހޯދަމުންނެވެ. ޔައިޝްއަށް ޝައުނާ އާއި އޭނަގެ އެކިއެކި ކޯޅުންގަނޑުތައް ހަނދާންވެ ހެވޭ ފަހަރުވެސް އާދެއެވެ. ނަމަވެސް ޔާފިއުގެ އަމަލުތައް ހުންނަގޮތް ސިފަވުމާއެކު އޭނަގެ ގާތަށް އަންނަނީ ރުޅިއެވެ. ޝައުނާ ދެރަވެފަ ހުރުމުން އޭނަގެ ހިތް މާޔޫސްވާކަން ޔައިޝައަށް އިނގެއެވެ. އެހެނަސް އޭނައަށް ނޭނގޭ ކަމަކީ އެހެން ވާންވީ ސަބަބެވެ. ޝައުނާވެސް އޮތީ ހިޔާލުތަކައް ގެއްލިފައެވެ. ދަތުރުގައި ޔާފިއުގެ ހަރަކާތްތަކާއި އަޅާލުން ކުޑަކަމާއި އެ ރުޅިވެރި ބަސްތައް ހަނދާން އާވުމުން އެ ދެލޯ ކަރުނައިން ފުރާލައެވެ. އެހެނަސް ޔައިޝްގެ އެކިއެކި ހަނދާންތަކުން އޭނަގެ ތުންފަތައް ހިނިތުންވުމެއް ވެރިވެގެންދެއެވެ. ހިޔާލުތަކުގައި އޮވެ ނިދޭކަށް އެމީހުނަކަށް މާގިނަ ވަގުތެއް ނުނެގުއެވެ.                               އިރު އޭގެ ވާޖިބު އަދާކުރުމައިގެން ކުރިއަށް ދެއެވެ. ހެނދުނުގެ ނާސްތާއަށް ފަހު އައިލީން އާއި އޭނަގެ އެންމެ ގާތް ދެ އެކުވެރިން ހަރަކާތްތެރިވަމުން ދިޔައީ މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ކައިވެނި ޕާޓީގެ އެކިއެކި ތައްޔާރީތަކުގައެވެ. އާއިލާގެ ފަރާތެއްގެ ކައިވެނި ޕާޓީއަށް ވުމުން އެމީހުން ދިޔައީ ވެވުނު މިންވަރަކުން އެހީތެރިވަމުންނެވެ. ޕާޓީގެ ބަައެއް ކަންތައްތައް ނިންމާލުމަށްފަހު އެމީހުން ގެއަށް އައީ މެންދުރު ދެ ގަޑި ތިރީސް ހާއިރިއެވެ. މެންދުރު ކައިގެން އަރާމުކޮށްލަން ޖައްސާލީ ހަވީރު ހިނގާލަން ދާން ރާވައިފައި އޮތުމުންނެވެ.                               އަސްރު ނަމާދުގެ ބަންގީގެ އަޑަށް ނިދިފައި އޮތް އައިލީންއަށް ހޭލެވުނެވެ. ތެދުވެ ފެންވަރައިގެން އަވަހަށް އަސްރު ނަމާދު ކޮށްލިއެވެ. ނަމާދުކޮށް އަވަދިވެގެން ހިނގާލަން ދާން ތައްޔާރުވާން ފެށިއެވެ. ތައްޔާރުވެގެން ތިރިއަށް ފޭބިއިރު އައިހަމް އާއި ފަޒްލީނާ އަލްޔާ ގޮވައިގެން ސިޓިންރޫމް ސޯފާގައި ތިއްބެވެ. އަދި ހަތަރެއް ނުޖަހާތީ އައިލީންވެސް އެމީހުނާއި ބައިވެރި ވެލިއެވެ. އަލްޔާ އާއި އެކީ ސަކަރާތްޖެހުުގައި އެތިން މީހުން ދިޔައީ އުފާވެރި ވަގުތުކޮޅެއް ހޭދަކުރަމުންނެވެ. ހަތަރެއް ޖަހާ ބޮޑުވިއިރުވެސް ރިފްޝާ އަދި ޝައުނާގެ އެއްވެސް ހަބަރެއް ނުވުމުން އައިލީން ދެތިން ފަހަރު ގުޅަންވެސް ގުޅިއެވެ. ނަމަވެސް އެކަކުވެސް ފޯނެއް ނުނެގިއެވެ.                                         އެންމެ ފަހުން އައިލީން ގޯތިތެރޭގައި ހައްދައިފައިވާ ބަގީޗާގެ ތެރެއަށް ނިކުތެވެ. ހަވީރުގެ މިހިތްގައިމު ވަގުތުގައި ބަގީޗާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ފޮޅިފައިވި ރީތި މާތަކުގެ މީރުވަސް ވަނީ މުޅި ފަޒާގައިވެސް ހިފާފައެވެ. އެތަން ފެންނަ ކޮންމެ މީހެއްގެ ހިތަށްވެސް ހަމަޖެހުން ގެނެސްދޭނެކަން ޔަގީނެވެ. މާހައުލައް އަނދިރިކަން ވެރިވާހެން ހީވާންފެށުމުން އައިލީން އުޑަށް ނަޒަރު ހުއްޓާލިއެވެ. އޭރު އުޑުމަތި ދިޔައީ ކަޅު ވިލާތަކުން ބައްދަމުންނެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ ވެެހެފާނެ ހެންނެވެ. އިރުކޮޅެއްގެ ތެރޭގައި ވާރޭ ވެހެންފެށިއެވެ. ފޯނު ހިފައިގެން ހުރުމުގެ ސަބަބުން އައިލީން އަވަސް އަވަހަށް ގޮސް ގެއަށް ވަނެވެ. އަދި ފޯނުން ރިފްޝާއަށާއި ޝައުނާއަށް މެސެޖެއް ކޮށްލުމަށްފަހު ކޮޓަރީގައި ފޯނު ބޭއްވުމަށްފަހު ތިރިއަށް ފޭބިއެވެ. އޭރުވެސް އައިހަމް އާއި ފަޒްލީނާ އަލްޔާ އާއި އެކު ސިޓިންރޫމްގައި ތިއްބެވެ. ” ދޮންބޭ… އައިލީ މިދަނީ ވާރޭ ތެމެން އިނގޭ… މަންމަ އައިމަ ބުނެލައްޗޭ… ” އައިލީން އޭނަގެ ދޮންބެ ގާތު އެހެން ބުންޏެވެ. ” އޯކޭ މައި ޕްރިންސެސް ” ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން އައިހަމް އެންމެ ރަނގަޅު ކަމުގައި ބުންޏެވެ. އައިލީންވެސް ހިނިތުންވެލިއެވެ. އައިހަމް އޭނަދެކެ ވާ ލޯބި އެއްވެސް މީހަކަށް އޮޅިފައެއް ނޯންނާނެއެވެ. އަބަދުވެސް އައިލީންގެ އުފާތަކަށް އިސްކަންދެއެވެ. އައިލީންވެސް އޭނަގެ ދޮންބެ ދެކެ ވަރަށް ލޯބިވެއެވެ. އައިލީން އޭނަގެ ދޮންތައަށް ވުރެވެސް ގާތީ އައިހަމް އާއެވެ. އުފާވެރި ކަމެއް ދިމާވިޔަސް ނޫނީ ހިތާމަވެރި ކަމެއް ދިމާވިޔަސް އައިލީން އޭނަގެ ދޮންބެއާ ހިއްސާކުރެއެވެ. އެދެ މީހުންގެ ގުޅުމަކީ ވަރަށްވެސް ވަރުގަދަ ގުޅުމެކެވެ.                           އައިލީން ބޭރަށް ނިކުތްއިރު ވާރޭ ވަނީ ބޯކޮށްލާފައެވެ. އޭނަގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ވާރެއަކީ އައިލީން އަބަދުވެސް ވަރަށް ގަޔާވާ އެއްޗެކެވެ. ގޭގެ ބޮޑު ދޮރާށިން ނިކުމުގެން އައިލީން މިސްރާބު ޖެހީ ގޭ ކައިރީގައި އޮންނަ އަތިރިމައްޗައް ދިޔުމަށެވެ. އޭރު މަގުމަތީގައި ފުދޭވަރަކަށް ކުޑަކުދިން ހަރަކާތްތެރިވަމުން ދިޔައެވެ. އެކުދިންވެސް ދިޔައީ ވާރެއާ ތެމެމުންނެވެ. އެއްކުއްޖަކު އަނެއް ކުއްޖަކު ގަޔަށް ފެން އުކާ ހަދަމުން ދިޔައިރު ކޮންމެ ކުއްޖެއްގެ މޫނުމަތިންވެސް ފެންނަނީ އުފާވެރިކަމެވެ. އެ މަންޒަރުތައް ފެނި އައިލީންއަށް ވެސް ހިނިތުންވެލެވުނެވެ.                                       ބެލްކަނީގައި ބޭރަށް ނަޒަރު ހުއްޓައިލައިގެން ހުރި ޔޫހާން ސިހުނީ އޭނަގެ ގައިގައި ބީހެންފެށި ވާރޭގެ ތިކިތަކުންނެވެ. ބޭރަށް ނަޒަރު ހުއްޓައިލައިގެން ހުރި ކަމުގައިވިޔަސް އޭނަގެ ހިޔާލުގައި އޭރުވެސް ވަނީ އައިލީން އެވެ. ވާރޭ ވެހޭކަން އިނގުމުން އޭނައަށް ބޭއިހްތިޔާރިގައި ހިނިތުންވެލެވުނެވެ. ވާރޭ ތެމުމަކީ އޭނަ އަބަދުވެސް ވަރަށް ކުރާ ހިތްވާ ކަމެކެވެ. ގިނަ ދުވަސްތަކަކަށްފަހު ވާރޭ ތެމިލުމުގެ ފުރުސަތު ލިބުމުން އޭނާ އެ ފުުުުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ނިންމިއެވެ. އޭނާ ކޮޓަރިން ނިކުުތުމަށްފަހު ގޮސް ވަނީ އިފާން އާއި ޔައިޝް އުޅޭ ކޮޓަރިއަށެވެ. އޭރު ޔައިޝް އާއި އިފާންގެ އިތުރުން ލިޝާންވެސް ސީރީޒްއަކަށް ގެއްލިފައި ތިއްބެވެ. އޭނާ ގޮސް އެމީހުނަށް ގޮވާލުމަށްފަހު ވާރެ ތެމެން އަތިރިމައްޗައް ދަނީ ކަމުގައި ބުންޏެވެ. އެ ތިން މީހުނަށް ވާރޭ ވެހޭކަން އެނގުނީވެސް ޔޫހާން އައިސް އެހެން ބުނުމުންނެވެ. އެތިން މީހުންވެސް އިރުކޮޅަކުން ދާނެކަމަށް ބުނުމުން ޔޫހާން ގެއިން ނިކުތެވެ. ގެއިން ނިކުތުމަށްފަހު އޭނަގެ މިސްރާބު ހުރީ އަތިރިމައްޗަށެވެ.                                             ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭގައި ހިނގަމުން ގޮސް ޔޫހާން އަތިރިމައްޗައް ނަޒަރު ހުއްޓައިލިއެވެ. އެއާއެކު އޭނައަށް ފެނިގެން ފިޔައީ މިހާރަކަށް އައިސް އޭނަގެ ހިތް އަބަދުމެ ދުށުމަށް އެދޭ ސޫރައެވެ. ދޮން ފަސްގަނޑުގައި ވެހެމުންދިޔަ ބޯ ވާރޭގެ ތެރޭގައި ދެއަތް ކުޑަކޮށް ހިއްލައިލައިގެން މޫނު މައްޗައް ނަގައި ދެ ލޯ މަރައި ލައިގެން އެ ހުރީ އައިލީން އެވެ. ލައިފައިވި ހުދު ކުލައިގެ ސްކިނީ އާއި ޕީޗް ކުލައިގެ ޝޯލްޑާލެސް ޓޮޮޕް ކޮޅުގައި އައިލީން ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ވާރެ އާއި ތެމުމުގެ ސަބަބުން ޓޮޕްކޮޅު ވަނީ ގަޔަށް ހިފައިފައެވެ. އެ ތުންފަތުގައިވި ހިނިތުންވުން ފެނި ޔޫހާންއަށް ވެސް ހިނިތުންވެވުނެވެ. ޝަބުނަމް ތިކިތަކެއް ފަދައިން ވާރޭގެ ފެން ތިކިތައް އެ ދޮން މޫނުގައި ބޮސްދޭ މަންޒަރު ބަލަން ކަޅާ ޖަހާނުލައި ޔޫހާންއަށް ހުރެވުނެވެ. އައިލީން އެހެން ހުރެ މަޑުމަޑުން އެނބުރެންފެށިއެވެ. ހީވަނީ ހިޔާލީ ދުނިޔެއެއްގައި އުޅޭ ކުއްޖެއްހެންނެވެ. ބޭއިހްތިޔާރިގައި ޔޫހާންއަށް އައިލީން ކައިރިއަށް ހިނގައިގަނެވުނުވެ.                                 ހިޔާލީ ދުނިޔޭގައި ހުރެ މަޑުމަޑުން އެނބުރެމުން ދިޔަ އައިލީން އޭނަގެ ދާދި ގާތުގައި ހުއްޓުނު ޔޫހާންގެ ގައިގައި ޖެހިފައި ވެއްޓެންދިޔަ ވަގުތު ހިޝިޔާރުކަމާއެކު ޔޫހާން އޭނަގެ ބާރުގަދަ ދެއަތުން އައިލީންގެ ހިމަ އުނަގަނޑުގައި ވަށާލިއެވެ. ކިބުނު ސިހުމަގައި އައިލީންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އައިލީންގެ ދެއަތް ޔޫހާންގެ ކަރުގައި ވަށާ ލެވިފައިވީ އިރު ދެ މީހުނަށްވެސް ތިބެވުނީ އެކަކު އަނެކަކުގެ ހޫނު ނޭވާ އިހްސާސް ކުރެވޭހާ ގާތުގައެވެ. ޔޫހާންގެ އެ ތޫނު ދެލޮލުގައިވި ބެލުމަކުން އައިލީންގެ އަތްފައި އިހުނަށްވުރެ ފިނިވެގެން ދިޔައެވެ. އައިލީންގެ ފިޔާތޮށި ކުލަ އަރާ ތުންފަތުގައި ވާރޭގެ ތިކިތައް އެއްވެސް ހުރަހެއްނެތި ބޮސްދެމުންދިޔަ މަންޒަރު ފެނި ޔޫހާންއަށް އޭނަގެ އިހުސާސްތައް ކޮންޓްރޯލް ކުރުންވީ ދަތިކަމަކަށެވެ. އޭނަގެ ހިތް ގޮވަމުން ދިޔައީާ އެ ލޯބި ތުންފަތުގައި ބޮސްދިނުމަށެވެ. ދެމީހުންވެސް ދިޔައީ އެމީހެއްގެ ހިތުގައި އުފެދެމުންދިޔަ އިހްސާސްތަކަށް ބާރު ފޯރުވަމުންނެވެ.                                             އެކަކު އަނެކަކަށް ގެއްލިފައިވި ތިބި ދެ މީހުން ސިހުނީ ދާދި ގާތުން މީހަކު ކަރުކެހެލި އަޑަށެވެ. ދެ މީހުންވެސް އަވަސް އަވަހަށް އެކަކު އަނެކަކާ ދުރުވެލަމުން ބަލައިލިއިރު ޝައުނާ ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން ހުއްޓެވެ. ” މިތާ ރޮމޭންޓިކް ފިލްމެއްގެ މަންޒަރެއް ނަގަނީތަ؟؟؟ ހެހެހެ… ” ޝައުނާ ބުނެލި ބަސްތަކުން އައިލީން ހުރީ ވަރަށް ލަދުގަނެފައެވެ. ޔޫހާން ޝައުނާ އެހެން ބުނުމުން ހިނިތުންވެލިއެވެ. ” އަދިވެސް އެ ރިފޫ ނާދޭ ދޯ… ސޮރީ އައިލީ… އޭރު ފާހާނައިގަ އުޅުނީމަ ފޯނު ނުނެގުނީ… އަންނާނަން އެ ރިފޫ ކޮބައިތޯ ބަލއިލާފަ… ” އައިލީން އެންމެ ރަނގަޅު ކަމުގައި ބުނުމުން ޝައުނާ ހިނގައިގަތީ ރިފްޝާ ކޮބައިތޯ ބަލައިލުމަށެވެ.                                         ”ސޮރީާ” ޝައުނާ ދިޔުމާއެކު ދެ މީހުނަށްވެސް އެއްފަހަރާ ބުނެވުނެވެ. ދެން އިވުނީ ދެ މީހުންގެވެސް ލުއި ހީލުމުގެ އަޑެވެ. އޭރު ވަނީ ވެހެމުންދިޔަ ވާރޭ ވެސް ވަރަށް ބޮޑަށް ތުނިކޮށްލައިފައެވެ. ” އަމްމް… ޔޫހާން މިތާ… ކީއްކުރަނީ؟؟؟… ” އައިލީން ލަދުން ހުރި ނަމަވެސް އިސްވެ ވާހަކަ ދެއްކިއެވެ. ” މީ ހަމަ ވާރޭ ތެމޭހިތުން ހަމަ ނިކުމެލީ… ވަރަށް ދުވަސް ވެއްޖެ މިގޮތައް ވާރެ ތެމިލަން ނުލިބޭތާ… އައިލީ ވަރަށް ވާރެ ތެމޭ ހިތްވާހެން ހީވޭ… ” ޔޫހާން އައިލީންގެ ސުވާލުގެ ޖަވާާބު ދިނެވެ. ” ޔެސް…. އައި ލަވް ރެއިން…. ވާރެ ތެމޭހިތް ވޭ ވަރަށް… ވާރެ ވެހޭތަން ބަލަންވެސް ހުންނަހިތްވޭ ވަރަށް… ނޭނގޭ ހިތްހަމަޖެހުމެއް ލިބިގެންދޭ އެކަމުން… ” ދެއަތް މައްޗައް އުފުލައިލައިގެން ހުރެ ހުވަފެނީ ގޮތަކަށް އައިލީން ބުންޏެވެ. ޔޫހާންއަށް އައިލީންގެ މައުސޫމްކަން ފެނި ހިނިތުންވެލެވުނެވެ.                                 މަގުގެ އެއްފަރާތުން އިސްޖަހައިލައިގެން ހުރެ ޝައުނާ ހިނގަމުންދިޔައެވެ. ހިނގަމުން ދިޔަ ޝައުނާ ގޯޅިން ލަބައިލި ވަގުތު އަނެއް ފަރާތުން އައި ޔައިޝްގެ ގައިގައި ޖެހިފައި މަގުމަތީގައި ހެދިފައިވި ފެންގަނޑަކަށް ދެ މީހުން ވެއްޓުނެވެ. ވަގުތުން ކައިރީގައި ތިބި ރިފްޝާއާއި ލިޝާންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ޝައުނާ ހުއްޓުނީ ޔައިޝް ފެނުމުންނެވެ. ” މިހިރީ ދޯ ކަމަކާ ޖެހިފަ…. ކާލީ ހެއާ އާ ދިމާވާާ ކޮންމެ ފަހަރަކު މަށަށް މިކަހަލަ ކޮންމެވެސް ކަމެއް ދިމާވޭ… ” ޔައިޝް ބުނި އެއްޗަކުން މިފަހަރުވެސް ޝައުނާގެ ގާތަށް އައީ ރުޅިއެވެ. ” ޔައިޝް… އަހަރެންގެ އިސްތަށިގަނޑު ބުޅި ވީމަ ކޮބާތަ ޔައިޝްއަށް މައްސަލަ އަކީ؟؟؟ އަހަންނަށްވެސް ނަމެއް އޮވެޔޭ… މިކަހަލަ ކަންތައް ވަނީ ޔައިޝްވެސް ނުބަލައި އުޅޭތީ ދޯ…. ” ދެބުމަ ގޮށްޖަހާލަމުން ޝައުނާ ބުންޏެވެ. ” އޭ… ދެން ތި ދެބަސްވުން ހުއްޓާލައިފައި ތިތަނުން ތެދުވާކަށް ނުވޭތަ ދެ މީހުން… މިހާރުވެސް އައިލީ ހުންނާނީ ލަސްވެފަ… ” އެއްޗެކޭ ބުނަން އުޅުނު ޔައިޝް ހުއްޓުނީ ރިފްޝާ އެހެން ބުނުމުންނެވެ. ރިފްޝާ އެހެން ބުނުމުން އޭނަގެ ފަހަތުން ލިޝާން ހެމުންހެމުން ހިނގައިގަތެވެ. ޔައިޝް އާއި ޝައުނާ ވެސް ތެދުވެ އެދެ މީހުންގެ ފަހަތުން ހިނގައިގަތެވެ. ޔައިޝް ބަލައިލާ ކޮންމެ ފަހަަރަކު ޝައުނާ އޭނަގެ މޫނުމަތިން ރުޅިވެރިކަން ދައްކާލައެވެ. ދެބުމަ ގޮށް ޖަހާލަމުން އަނގަޔަށް އެ ހަދާލާ ގޮތުން ޔައިޝްގެ ގާތަށް އަންނަނީ ހިންޏެވެ.                                               އެމީހުން ގޮސް އައިލީން އާއި ޔޫހާން ގާތު މަޑުކޮށްލިއެވެ. އޭރިވެސް ދިޔައީ ތުނިތުނިކޮށް ވާރޭ ވެހެމުންނެވެ. އައިލީންގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ބަދަލުވެފައިވާ ޝައުނާގެ މޫނުގެ ކުލަވަރެވެ. ” ޝައު…. މިހާރު ކިހިނެއްވެފަ ތިހިރީ؟؟؟ ހާދަ އެހެން ކަހަލަ ގޮތަކަށް ތިހިރީ… ” އައިލީން އެހެން އަހާލުމާއެކު ރިފްޝާ އާއި ލިޝާންއަށް ނުހީ ނުހުރެވުނެވެ. ” އެއީ ޝައުއަށް މިހާރަކަށް އައިސް ދިމާވާކަހަލަ އެކްސިޑެންޓެއް ދިމާވީ ދެންމެވެސް… ހެހެހެ.. ” ލޮލުން ޔައިޝް އަށާއި ޝައުނާއަށް އިށާރާތް ކޮށްލަމުން ހެމުންހެމުން ރިފްޝާ ބުންޏެވެ. އައިލީން އާއި ޔޫހާންއަށް ވެސް އެބުނީ ކޮންކަހަލަ އެކްސިޑެންޓެއްކަން އެނގުމުން އެދެ މީހުނަށްވެސް ހެވުނެވެ. އެންމެ ފަހުން ލިޝާން އާއި ޔައިޝް ވެސް ހުނުމުގައި ބައިވެރިވިއެވެ. ޝައުނާ ހުރީ ތުންފިއްތާލައިގެންނެވެ.                                         ހެމުން ދިޔަ ރިފްޝާ ސިއްސައިގެން ދިޔައީ އޭނަގެ ގައިގައި ޝައުނާ ވެލި ގުޅަ އަކުން ޖެހުމުންނެވެ. ވަގުތުން އެހެން މީހުންގެ ހުނުންވެސް ހުއްޓުނެވެ. ރިފްޝާ ވެސް ބަލާކަށް ނުހުރެ ވެލި ގުޅައެއް ޝައުނާގެ ގައިގައި ޖަހަން އެއްލިއެވެ. ނަމަވެސް ޝައުނާގެ ގައިގައި ޖެހުމުގެ ކުރިން އެ ވެލި ގުޅަ ޖެހުނީ ޝައުނާގެ ދާދި ގާތުގައި އައިސް ހުއްޓުނު އިފާންގެ މޭމަތީގައެވެ. ސިހިފައި އިފާން ރިފްޝާ އަށް ބަލައިލިއެވެ. އޭނާ ހުރީ ކުރާނެ ކަމެއް ނޭނގިފައެވެ. ރިފްޝާ އާއި އިފާން ފިޔަވައި އެހެން އެންމެން އޭރުވެސް ހެނީއެވެ. ” މީ އަޅެ އެއްޗެއް ޝޫޓު ކުރަންވެސް ނޭނގޭ ކުއްޖެއްތަ؟؟ މިފަހަރުވެސް އެހެން މީހަކަށް އަމާޒުކޮށް އެއްލި އެތި މިލިބުނީ މަށަށް ދޯ ” އިފާން އެހެންބުނުމުން ރިފްޝާ ކުރިއަށްވުރެވެސް ބޮޑަށް ލަދުގަތެވެ. ” ތިކަހަލަ ހަމަލާއެއް ކުރިންވެސް ރިފޫގެ ފަރާތުން ލިބުންތަ؟؟ ” ހެމުންހެމުން ޝައުނާ އެހެން އަހާލުމާއެކު ލިޝާން ދަތުރު ދިޔަ ދުވަހު ކަންތައް ވީ ގޮތް ކިޔާދިނެވެ. އޭރު އެންމެން ތިބީ ހީހީ ބަނޑަށް ތަދުވެފައެވެ. އޭރު އަނެއްކާވެސް ތުނިކޮށް ވެހެމުންދިޔަ ވާރޭ ބޯކޮށްލަނީއެވެ. އެ ބޯ ވާރޭގައި ހީ ސަކަރާތް ޖަހަން އުޅުނު ހަތް ޒުވާނުން ހީވަނީ ކުޑަކުދިންތަކެއް ހެންނެވެ. އެ މަންޒަރު ބަލައި ފޫހިނުވާނެއެވެ.                                             ވާރޭ ހުއްޓާލުމުން އެންމެންވެސް ގެއަށް ދިޔުމަށް ހިނގައިގަތެވެ. ރިފްޝާގެ ގެ ހުންނަނީ ލިޝާންގެ ގެއާއި ވަރަށް ކައިރީގައި ކަމުން އެ ފަސް މީހުން ދިޔައީ ވާހަކައިގައި ތިބެގެންނެވެ. ބޮޑު ދޮރު ހުޅުވައިލައިފައި ބޭރަށް ނިކުތް އާފިޔާއަށް ނިކުމެވުނީ އެމީހުންގެ ކުރިމައްޗަށެވެ. ރިފްޝާގެ ކައިރީގައި ހުރި ޔޫހާން ފެނި އާފިޔާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. މަންމައަށް ވީގޮތުން ރިފްޝާ ހުރީ ހައިރާންވެފައެވެ. އާފިޔާއަށް ހިޔާލީ ދުނިޔެއިން ނިކުމެވުނީ ރިފްޝާ ދެތިން ފަހަރަކު ގޮވާލުމުންނެވެ. ރިފްޝާ މަންމަ އެހެން އެހުރީ މަންމައަށް ނޭނގޭ ކުދިންތަކެއް ގާތު އޭނާ ހުރުމުންކަމަށް ހީކޮށް އޭނާ ޔޫހާން މެން ތައާރަފު ކޮށްދިނެވެ. ގަދަކަމުން އާފިޔާ ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެމީހުންވެސް ހިނިތުންވުމެއް ރައްދުކޮށްލަމުން ދަނީ ކަމުގައި ބުނެ ހިނަގައިގައިވެ. އާފިޔާ އާއި ރިފްޝާވެސް ގެއަށް ވަނެވެ.                                               ރިފްޝާ ގާތު ފެންވަރަން ދާށޭ ބުނެ އާފިޔާ ގޮސް ވަނީ އޭނަގެ ކޮޓަރިއަށެވެ. ކޮޓަރިއަށްވަދެ ދޮރު ތަޅުލުމަށްފަހު އަލަމާރީގައި އިން ވަތްގަނޑެއް ހުޅުވާލުމަށްފަހު ފޮޓޯ ގަނޑެއް ނެގިއެވެ. އޭނާ އެ ހިފައިގެން ގޮސް އެނދުގައި އިށީނެވެ. ފޮޓޯ ގަނޑަށް ނަޒަރު ހުއްޓައިލައިގެން އިން އާފިޔާގެ ލޮލުން ހޯސްލައިފައި ކަރުނަތައް ފައިބައިގަތެވެ. އޭނަަ މަޑުމަޑުން އެ ފޮޓޯ ގަނޑުގައި ފިތުމާލިއެވެ. އޭރު އެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. އެއީ ހަމަ އެ އަޅި ކުލައިގެ ދެލޮލެވެ. މޫނުމަތިންވެސް ހާދަ ވައްތަރެވެ. އާފިޔާއަށް އޭނައަށް ހީކުރެވުނީ ރަނގަޅަށްކަން ޔަގީންވީ ރިފްޝާ ޔޫހާން އަކީ މާލޭ ކުއްޖެއްކަން ބުނުމުންނެވެ. އެތައް އިރަކު އެ ފޮޓޯއަށް ބަލަން އިނުމަށްފަހު ކުރިންވެސް އެ އޮތްތަނަށް ލިއެވެ. އަދި ލޮލުން އައިސްފައިވި ކަރުނަތައް ފޮހެލިއެވެ. ބަންގި ގޮވަން ފެށުމުން އޭނާ އަވަހަށް ނަމާދުކުރުމަށް އަވަސްވެގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ތިޔަ ލޯތްބާ ދުރަށް (5)

Next

ވަކިވެދިޔަޔަސް….(4)

Next
May 9, 2018

ވަކިވެދިޔަޔަސް….(4)

Previews
May 9, 2018

ތިޔަ ލޯތްބާ ދުރަށް (5)

20 Comments!

  1. Ifoo ifoo says:
    May 9, 2018 at 9:04 am

    Salaam all ?????… Here is the 4th part ????… Hope u guys will like this part too ❤️❤️❤️❤️????… Ifoo mi part iyye havyru submit kurin bt adhi kiriyaa dhw mi publish vee… Mistakes huredhaane…. V avas avahah typ kohfa check vx nukohlaa submit kohlee… Point out the mistakes so that I can improve ????… How was the cover pic??? ?????… Mi part kuruvedhaane ingey bt this is how I have planned… Waiting for the comments ????… Thank you soooooo much readers those who read n like my story ❤️❤️❤️❤️????????????… Love u all ❤️❤️❤️❤️???????????????????

  2. Shiman says:
    May 9, 2018 at 9:07 am

    me first

    1. Ifoo ifoo says:
      May 9, 2018 at 3:53 pm

      Yess mifaharvx Shiman first ???

  3. lotus says:
    May 9, 2018 at 9:48 am

    omg…. yoohan akee rifsha ge mamma ge kujjeba… nxt prt pls pls avaha up kolladheeba

    1. Ifoo ifoo says:
      May 9, 2018 at 3:57 pm

      Heheheh ???… Lets see lotus ???… thankyou so much storykiyaalafa comment kohlaathy❤❤❤❤❤????????????????? Next part vx typ kurevunuhaa avahah gebesdheynan.. next part dhigu vaane In Sha Allah … ???

  4. Stry kiyaa man says:
    May 9, 2018 at 10:22 am

    Masha allah vv salhi. Kykey dhw bunaany vex mihaa furihama koh stry genass dhey iru .reethi maana kuraa konme baheh vex bunun hahgu stry eh miyy.keep it up.
    Ekamm e bahuri kuda kon typing mistake jehifa ingey .v balaa gen mi mistake faahaga huriy. Stry furihama kamun ehen kameh faahaga eh nuvey. V nice.rifshaa ge beybe dhw yoohan eii.mi buny same dad.v salhi vaane kan nyge ehen vihyaa.rifsha v molhu dhw sheedha kuran abadhu ifaan meah.haha.e dhari fakyru hithah v hama laa fonuvaa eba dhw….
    When next part.waiting
    -salaam-????

    1. Ifoo ifoo says:
      May 11, 2018 at 2:00 pm

      Hey story kiyaa man ?????… Ifoo v v v v v ufaavehje man ah thihaa story reethi v ma n mihaa loabi loabi comment eh knme faharakuvx kohlaathy ❤️❤️❤️❤️????????… U are one of my best reader ❤️❤️❤️❤️????????????… V v v ufaavehje aslu vx… Heheheh… Mibai avas kohlaafa check nukoh up kuryma typing mistakes eba huri dhw… Thanks bunela dhinyma ????… Let’s see dhw yoohaan n rifshaa ge onna gulhunvx ????… Story kuriah dhaa varakun ingeyne ????… Hehe… Rifoo varah molhu ifaange meah hamalaa fonuvan… Dhw… ????… Next part now ifoo submit kohlaifinn ????… Keep waiting ????… Once again thankyou soooooo much for the lovely comment n support ❤️❤️❤️❤️?????????????

  5. Aesh says:
    May 9, 2018 at 1:07 pm

    Maa sha Allah… ?❤️?Vrh reethi. Anekkaa yoohan aa rifsha mennaa kon gulhumehbaa othy?????? avahah genesdhehchey nxt part… Ingey ifooooooooooo… ??☺️☺️?

    1. Ifoo ifoo says:
      May 11, 2018 at 2:04 pm

      Aesh ❤️❤️❤️❤️… Thank you soooooo much ❤️❤️❤️❤️????????????????… Let’s see dhw yoohaan n rifsha mennaa othy kn gulhumehthr… Story kuriah dhaa varakun ingeyne ????… Next part submit kohlaifinn ????… Keep waiting ????… V v ufaavehje Aesh ah story reethi v ma ❤️❤️❤️❤️???????…

  6. Livy says:
    May 9, 2018 at 2:43 pm

    Ifooo! ❤❤ Haaaadha reeehchey story ingey.. Ekam yoohan aa rifshaa aa kon gulhumeh baa.. ? yoohan and aily vaarey themun ethankolhu hama heevy fenun hen ? varah interest vefa hutta e nimuny.. And yes thankolheh kuru dhw mi part. ? ekam ves varah reethi.. Emme kiyaalaa hithun kiyaalavey eh story mee mihaaru hama.. Really looking forward ??❤ v v reethi ingey.. Keep up the good work ifoo dear ? when is next part?? Lotsss of love ???????

    1. Ifoo ifoo says:
      May 11, 2018 at 2:16 pm

      Awwww ????… Livy dear ❤️❤️❤️❤️????… Sooo happy to see ur comment ?????… Ifoo meenee bunaane ehcheh vx neyngifa comment kiyaalaafa ufalun ????… Enme kiyaahithun kiyaalevey eh story ey bunyma adhi v v v v v v v v v ufaavehje ❤️❤️ ❤️❤️❤️????????????????????… Aslu ifoo hithakah naaraa ifoo ge story mivarahvx kudhin kiyaane kamakah n mihaa reethi vaane kamah vx ??… Sooo happy that u guys like this Story ????… Yoohaan n Ailee vaarey themey scene aee ifoo enme liyaa hithun liyunu scene mi part ga ???? n v v v try kurin e scene hama loa kurimathin fennahen heevaa varah sifakohdheveythr ????… Finally ekan kaamiyaabu vehje ???… Soooo happy ????.. Thank you soooooo much for the support Livy ❤️❤️❤️❤️????????… Thikudhinge comments thakun ithurah kuriah dhiyumah hihvaru libey v v v v ufaavey ????❤️❤️❤️❤️????????????????… Next part submit kohlaifinn… Keep waiting ????… Lots of love Livy dear ❤️❤️❤️❤️????????????????????

  7. Najla says:
    May 9, 2018 at 3:40 pm

    yoohan n rifshaa aa siblings ??

    1. Ifoo ifoo says:
      May 11, 2018 at 2:18 pm

      Let’s see ????… Thank you so much story kiyaalaafa comment eh kohlyma ❤️❤️❤️????????????

  8. Rishy says:
    May 9, 2018 at 4:14 pm

    Wowwwwww..❤❤❤❤?? mi part vx varah reethi..??? emme reethee cover pic… emme vx laanveenu cover ah.. mibunee mihaaru ahaan akee yoohan and pankti akee Aileen dhw…… kobaa rifsha , Ifaan, yaish n Shauna?????? Anyways story vvvvvv reethi sifakurun vx varah furihama????… yoohaan n rifsha kon gulhumeh baa??

    1. Rishy says:
      May 9, 2018 at 4:15 pm

      Emmen*

    2. Ifoo ifoo says:
      May 11, 2018 at 2:26 pm

      Rishy ❤️❤️❤️❤️…. Thankyou soooooo much ❤️❤️❤️❤️❤️?????????????????… V v v v v ufaavehje story ehaa reethi v ma n cover pic vx ehaa reethi v ma n sifakurunthah vx kamudhiyaima ❤️❤️ ❤️❤️????❤️❤️❤️?????… Thank you soooooo much ????… Enmen leema aslu cover pic enme reethi vaanee n furihama vaaneevx bt ifoo akah neynge cover pic hadhaakah ???? so… Ehenve aslu enmenn nuleveny ???… Let’s see dhw yoohaan rifshage kn gulhumeh thr othy… Story kuriah dhaa varakun ingeyne ???… Next part submit kohlaifinn… Keep waiting ????❤️❤️❤️❤️… Once again thankyou ❤️❤️ ❤️❤️?????

  9. shaha says:
    May 9, 2018 at 4:23 pm

    Varah Varah Reethi

    1. Ifoo ifoo says:
      May 11, 2018 at 2:27 pm

      Thankyou so much Shaha ❤️❤️❤️❤️???????????????

  10. Naju says:
    May 9, 2018 at 5:16 pm

    Vvvvvv rythi mi partvx n next part avahah up kohladheachey ingey ifoo n cover pic v nice nw ??????

    1. Ifoo ifoo says:
      May 11, 2018 at 2:31 pm

      Naju ❤️❤️❤️❤️❤️… Thank you soooooo much ❤️❤️❤️❤️??????????? v v v v v ufaavehje Naju ah mi part vx reethi v ma n Cover pic vx reethi v ma ????????… U are one of my best reader ❤️❤️❤️❤️?????????… V v ufaavehje mi part invx Naju ge comment fenunyma ?????????????❤️❤️❤️❤️… Next part submit kohlaifinn… Keep waiting ???…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 5←


All Right Reserved!