” އެހެންވީމަ ތިބުނަނީ އަހަރެން ލޯބިވީ އަހަރެންގެ އެއްބަފާ ބޭބެ ދެކެއޭތަ؟ އެރޭ އަހަރެންގެ ހަށިގަނޑުން އަރާމާއި ލައްޒަތު ލިބިގަތީ އަހަރެންގެ ބޭބެއޭތަ؟ ސަޝް އަކީ އަހަންނާއި އަހަރެންގެ އެއްބަފާ ބޭބެގެ ދަރިއެކޭތަ؟” ޝާނާއަށް ހީވީ ދެފައިދަށުން ބިންގަނޑު ދަމައިގެން ހެނެވެ. “އަހަރެންގެ ދަރިއެކޭ؟” ފިޔާމަށް ބުނެވުނީ އެހިސާބަށެވެ. ތުއްތު ތުއްތު ސާޝާގެ ހަޅޭކާއިއެކު އެންމެންވެސް އަޑު އައި ދިމާއަށް ބަލާލިއެވެ. ކޮންމެ މީހެއްގެ މޭގަނޑުވެސް ހީވީ ބިރުން ބޭރަށް އައިސްދާނެ ހެނެވެ. ސިޑިން ވެއްޓިގެން ބިމާ […]
ރީޝާގެ މަންޒިލަށް އޭނާ ވާސިލް ކޮށްދިނުމަށްފަހު ދާނިޝް މިސްރާބު ޖެހީ ސައި ހޮޓަލަކާއި ދިމާއަށެވެ. އޭގެ ކުރިން އޭނާގެ އެންމެ ގާތް އެކުވެރިޔާ އަޒީލްއަށް ގުޅާފައި އެތަނަށް އައުމަށް އެދުނެވެ. ލަސްތަކެއްނުވެ އަޒީލް ވެސް އައިސް ދާނިޝް މަޑުކޮށްލައިގެން ހުރި މޭޒުދޮށުގައި އިށީންނަމުން ކޮފީ ތައްޓެއް ގެނެސްދިނުމަށް މާ ދުރުނޫން ހިސާބެއްގައި ހުރި ވެއިޓަރ ގާތު ބުނެލިއެވެ. “ކޮބާ ރީޝާ…؟ އޮފީހަށް ދިޔައީތަ..؟” ގޮނޑީގައި ހަމަޖެހިލަމުން އަޒީލް އަހާލިއެވެ. “އާނ..ހަމަ ދެންމެ މިއައީ ރީޝާ އޮފީހަށްލާފަ…މިއަދު އިނީ […]
ޝާފީއަށް ގޮނޑިބަރީގައި އިން ނޫރާ ފެނިފައި އެލޯބި ވެތި ހަނދާންތައް ފިލްމެއް ފަދައިން ކުރިމަތިން ދިޔައީ ސިފަ ވަމުންނެވެ. ނަމަވެސް ފިޔާމަކީ ނޫރާގެ ދަރިއެކޭ ބުނުމާއި އެކީ ހިތައް އެރީ ނޫރާވެސް މީހަކާއި އިނދެގެން ދަރިއަކު ހޯދީއެވެ. އަހަރެން އަދިވެސް ވަރަށް ހަނދާން ވެއެވެ. އެހެނަސް ތިޔަ ލޯތްބާ ދުރަށް… ޝާފީ ސިހުނީ ނީނާ އޭނާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތުމުންނެވެ. ޚިޔާލީ ދުނިޔެއިން ނިކުމެގެން ހަމަ ބިމަށް އާދެވުނު އިރު އެންމެންގެ ސުވާލުން ފުރިގެންވާ މޫނު ފެނިފައި […]
ލާންޗް އައިސް ބަނދަރާއި ކައިރިކުރުމާއިއެކު ހުރިހާ މީހުންގެ ނަޒަރު އެދިމާއަށް ދަތުރުކޮށްލިއެވެ. ބަނދަރުގައި ސަފަކަށް ވާގޮތަށް މީހުން އެތުރިލާފައި ވީއިރު ކައުންސިލަރުންނާއި ރަޔާންގެ އިތުރުން އެކި މުވައްސަސާތަކުގެ އިސްވެރިންނާއި އިދާރީ މުވައްޒަފުން ތިބީ ކުރީގައެވެ. މިނިސްޓްރީގެ ދެތިން މީހަކު ފޭބުމަށްފަހު ނިމާލްގެ ފަހަތުން ނުކުތް ޔަލްވީ ފެނިފައި ރަޔާންގެ ހިތުގެ ހިނގުން މަޑުޖެހިލިއެވެ. ******** “ތާކުން އަންހެނަކު ނުފެނިފަ ތިބޭނީ…ހުއް..ހާދަ ފޫއްސެއްވެޔޭ” ފިރެހެން ކުދިންގެ ކަތި ނަޒަރު އަމާޒުވެފައިވާ ތަން ފެނި ވީ ފޫއްސެއްގެ ބޮޑުކަމުން ޔަލްވީ […]
“ރުފޭ އަންނާނެ ޝައްނު ވައްޓާލާފަ. ކުޑަކަމަކު ހޮސްޕިޓަލަށް ވަދެލާފައި ދާން” އައްޔަދު ޖަވާބުދިނެވެ. ލަސްލަހުން ރިމީޝާ ޝިނާންގެ ފަހަތަށް އަރާ އިށީނދެލިއެވެ. ޝިިނާންގެ އުނަގަނޑުގައި ދެއަތް ވަށާލުމާއެކު ޝިނާން ދުއްވާލަންވީހޭ ރިމީޝާ ކުރެން އަހާލިއެވެ. ރިމީޝާ ބޯޖަހާލުމުން ޝިިނާން ސައިކަލް ކުރިއަށް ދުއްވާލިއެވެ. އެވަގުތު ރިމީޝާ އައްޔަދަށް ބަލާލިއެވެ. އައްޔަދު ވެސް ހުރީ ރިމީޝާ އަށް ބަލަހައްޓައިގެންނެވެ. އައްޔަދުގެ ދެލޮލުން ރިމީޝާ އަށް ހުރިހާ ކަމެއް އެނގި ސާފުވިއެވެ. އައްޔަދު އަދިވެސް އެދެނީ އޭނަ އަށް ކަމެވެ. […]
ބޯ ޖަހާލަމުން އަހަރެން ފިޒާލް އާއި ދިމާއަށް ބަލާލީމެވެ. އެވަގުތު ފިޒާލް އާއި އަކިއަލްގެ އެއްގޮތް ސިފަތަކެއް ހުރިކަން އަހަރެންނަށް ފާހަގަވިއެވެ. ފިޒާލްގެ ލޮލުގެ ކަޅީގެ ކުލަ އާއި އަކިއަލްގެ ލޮލުގެ ކަޅީގެ ކުލަ ހަމަ އެއްގޮތެވެ. ހީލާއިރު އަދި ވަކިން ބޮޑަށް ވައްތަރުކަމަށް ފާހަގަވިއެވެ. މީގެ ކުރިން ފިޒާލް އާއި ދިމާއަށް އަހަރެންނަށް އެހާ ފަރުވާތެރި ކަމާއިއެކު ބެލިފައެއް ނުވެއެވެ. އަކިއަލް އާއި ފިޒާލް އެހާ ވައްތަރުވާންވީ ކީއްވެ ހެއްޔެވެ؟ އަކިއަލް ބުނާ ގޮތުންނަމަ އަކިއަލްގެ […]
އިރުގެ އަލިކަން ފެތުރިފައިވިއެވެ. ހަމަ އެހެންމެ އޭގެ ދޯދި ތަކާއިއެކު ހޫނުކަން ވެސް އިހްސާސް ވާން ހުއްޓެވެ. ނަމަވެސް އެ ހޫނު ކަމާއިމެދު ފަރުވާއެއް ނުބަހައްޓައި ކޮންމެ މީހަކު ވެސް އެ މީހެއްގެ މަންޒިލަށް ވާސިލް ވެވޭތޯ ދަތުރު ކުރަމުންދިއެވެ. ބައެއްް މީހުން ފައިމަގުގައި އަނެއްބައި މީހުން ދުއްވާ އެއްޗެތީގައެވެ. އާދައިގެ މަތީން ދާނިޝް ވެސް އޭނާގެ ސައިކަލަަށް އެރީ އޭނާގެ ލޯބިވެރިޔާ ރީޝާ އޮފީހަށް ލައިދޭން ދިއުމަށެވެ. އެއިރު ގަޑިން އެއްގަޑި ބައި ވަނީއެވެ. ކޮންމެ […]
ލިޝާން އާއި އިފާން އެމީހުން ގެނައި ކާއެއްޗެހިތައް މޭޒު މަތީގައި ބެހެއްޓިއެވެ. އަދި ގޮނޑީގައި އިށީންދެ ހަމަޖެހިލިއެވެ. ” ހާދަ ލަހަކުންނޭ ތި އާދެވުނީ ” ޔޫހާން އަހާލިއެވެ. ” ލަސްވާނެ އެއްނު މި ފާން ރިފޫ ފެނުނީމަ ހުއްޓުން އަރަންޔާ… ދެންމެވެސް ކޯކު ތަށީގަވެސް ރިފޫގެ އަތުގަ އާ އެއްކޮށް ހިފީ… އަހަރުން ގޮސް ބޮނޑިއެއް އެޅީމަ އިނގުނީ ކޯކު ތަށިން އަތް ނައްޓުވާލަން… ” ޔައިޝް އެހުރިހާ އެއްޗެއް ކީިއިރު އިފާންް އޭނައަށް ބަލަހައްޓައިގެން […]
ވީ ކީއްތޯ ބަލައިލަން ސާޝާ ބޭއްވުމަށްފަހު ޝައިމަން ގެ ކައިރިއަށް ގޮސް ފަހަތުން ކޮނޑުގައި އަތް ބާއްވައިލިއެވެ. ޝައިމަންގެ ހިތަށް އިތުރަށް ތަދުވިއެވެ. ޝައިމަން ގެނައި ކުއްލި ހަރަކާތަކާއި އެކު ދެވަނަ ސިކުންތުގައި ޝާނާ ހުރީ ޝައިމަންގެ ބާރު ގަދަ އަތުގެ ހިމާޔަތުގައެވެ. އޭނާ ހުރީ ގުޑިލަންވެސް ނޭނގިފައެވެ. ކުއްލިއަކަށް ޝާނާ ކައިރިން ޝައިމަން ދުރަށް ޖެހިލީ ކަމެއްހަނދާން ވުމުންނެވެ. ” ސޮރީ. ދެރަ ވެފަ ހުރި ގަޑިއެއް ވީމަ ހަމަ ނުހުރެވުނީ. އަހަރެން ބުނިން ޝެންގެ […]