Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތިޔަ ލޯތްބާ ދުރަށް (6)

Nanni Level 210 Stories100 Comments100 Login
May 9, 2018 5 Mins Read
27 Comments

ދުވަސްތައް ފާއިތުވަމުން ގޮސް ކައިވެނި ކުރާ ދުވަސް ޖެހިއްޖެއެވެ. މިރޭ އޮންނަ ކައިވެނީގެ ޙަފްލާއަށް ޝާފީ މެންގެ ޢާއިލާއާއި ޝައިމަންގެ ޢާއިލާ އެންމެ ފަހުގެ ތައްޔާރީތައް ކުރަމުން ދިޔައީ ޝާފީމެންގެ ގޭގައެވެ.

ގަޑީގެ ސިކުންތު ކަށި އެނބުރެމުން ގޮސް ވަގުތު ކުޑަތަން ކުރަމުން ދިޔައީ ޝައިމަންގެ ހުވަފެން ޙަޤީޤަތަކަށް ހަދައިދެމުންނެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނިވާނެއޭ ބުނެވެނީ މިހެންވެގެނެވެ. ކައިވެނީގެ ފަހުން ޝިނާންގެ މައިންބަފައިންވެސް ޝާނާމެން ގެއަށް ބަދަލުވުމަށް ޝާފީ ބުނެފައިވާތީ އޭނާ ވަނީ ފުދޭވަރަކަށް ހިތްހަމަޖެހިފައެވެ. ލޯގަނޑު ކުރިމަތީގައި ހުއްޓިލައިގެން ޝައިމަން ހުރީ މިރެއަށް އޭނާ ތއްޔާރުވެފައިވާލެއް ފުރިހަމަ ކަމުން އަޖައިބުވެފައެވެ. ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައި ހުންނަ އިރު ހާދަ ފުރިހަމައޭ އޭނާ ހިތަށް އެރީ ފަޚުރުވެރި ވެލާފައެވެ.

ކައިވެނި ކުރާ ވަގުތު ކައިރިވީ ވަރަކަށް ޝާނާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. މަންމަ ގޮވާލުމުން ޝާނާ މަޑުމަޑުން މިސްރާބުޖެހީ ކައިވެނި ކުރާ މޭޒުގެ އެއްފަޅީގައި އިށީނދެލައިގެން އިން ޝައިމަންގެ ކައިރީ އިން ހުސް ގޮނޑިއާ ދިމާލަށެވެ. އެވަގުތަކީ ދަޢުވަތު ދިން މެހުމާނުންވެސް ކައިވެނި ކުރާ ތަނަށް ހާޒިރުވި ވަގުތު ކަމުން، ހުދުކުލައިގެ ވެޑިންގް ޑްރެސްގައި ހުރި ޖިންސުއްލަތީފާއި ދިމާއަށް ހާޒިރުވެ ތިބި އެންމެން ކަހަލަ ގޮތަކަށް ދިޔައީ ބަލަމުންނެވެ. ޝައިމަންވެސް ހައިރާންވެފައި ބަލަމުންދިޔައީ ކުރިމަތިން ފެންނަން ހުރި ހޫރުޕަރީއާއި ދިމާލަށެވެ. ތަލިން ކުޅުހިކިފައިވާ މީހެއްފަދައިންނެވެ.

ކުޑަ ކުޑަ ސާޝާ ނީނާ ކައިރީ ހުރީ މިވަނީ ކިހިނެއްކަން ނަގައިގަންނަން ނޭނގިފައި ނަމަވެސް އެންމެންގެ މޫނު މަތިން އުފާވެރިކަން ފެންނާތީ ހިނިތުންވެލައިގެންނެވެ. ސާޝާ ލައްވާފައިވާ ހުދު ކުލައިގެ ހެދުމުގައި ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. އުޑުމަތިން ނެއްޓިގެން އައިސް ހުރި ތަރިއެއް ފަދައެވެ.

“އަނބި ޤަބޫލު ކޮށްފިން” ޝައިމަންގެ ދުލުން މިހެން ބުނުމާއެކު ޝާނާ އިސްޖަހާލައިފައި ދެލޯ މަރާ ބާރުކޮށްލިއެވެ. ޝައިމަން ހިނިތުންވެލާ ޝާނާއާއި ދިމާލަށް ބަލާލީ ލޯބީގެ ނަޒަރަކުންނެވެ. ޝާނާ އަކީ މިހާރު ޝައިމަންގެ ހަލާލު އަނބިމީހާއެވެ. ޝައިމަންގެ މިލްކެކެވެ. ނަމަވެސް ޝާނާ އިސްޖަހައިގެން އިންތަން ފެނިފައި އޭނާގެ ހިތަށް ތަދުވިއެވެ. ޝާނާ މިކައިވެނި މިކުރަނީ އޭނާގެ މައިންބަފައިންގެ އެދުމުގެ މަތިންކަން ހަނދާންވުމުން އޭނާގެ އުފާވެރި މޫނު މޯޅިވީނމަލެއް ފަދައިންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ދެމީހުންވެސް ހިނިތުންވެލީ ތަނުގައި ގިނަ އަދަދެއްގެ މެހުމާނުން ތިބިކަން ހަނދާންވުމުންނެވެ.

ކައިވެނި ކޮށް ނިމުމުން ދެމީހުންވެސް ދިޔައީ އަލަތު ކައިވެނިކުރި ދެމަފިރިން ތިބުމަށް ހަމަޖެހިފައިވާ ތަނަށެވެ. އުފާވެރި ހިނިތުންވުމަކާއިއެކު އަންނަ ކޮންމެ މެހުމާނަކާއި ސަލާމްކުރަމުން ދިޔައިރު މިއީ ހަމަ ދެލޯބިވެރިންނޭ ކޮންމެ މީހެއްގެވެސް ހިތަށް އަރާނެ ކަމީ އެއްވެސް ޝައްކެއްވެސް އޮންނާނެ ކަމެއް ނޫނެވެ. ކައިވެނީގެ ޙަފްލާ ނިމުމުން ދެމަފިރިން ދިޔައީ ޝާނާމެންގެ ކޮޓަރިއަށެވެ. މިރޭ ސާޝާ ވަނީ ޝާފީގެ ދެމަފިރިންގާތު ނިދަން ގެންގޮއްސައެވެ. އަލަތު ކައިވެނީގެ ރޭކަމުން އެދެމަރިންނަށް މިނިވަންކަން ދިނުމުގެ ގޮތުންނެވެ. ސާޝާ ސުވާލުކުރުމުން މާމައާއި ކާފަ އެކަނިވީމަކަމަށް ޝާފީ ބުންޏެވެ.

ކޮޓަރިއަށް ވަތް އިރު މުޅި ކޮޓަރި ވަނީ ރަތްކުލައިގެ ފިނިފެންމަލާއި އުއްބައްތި ތަކުން ޖަރީކޮށްފައެވެ. ޝާނާގެ މޫނު މަތިން އުފާވެރިކަން ނުފެނުނު ނަމަވެސް ޝައިމަން ހުރީ ކިތަންމެހާވެސް އުފާވެފައެވެ. ދުވަހަކުވެސް ޝާނާ ދޫކޮށްނުލާނެކަން ސާބިތުކަމާއެކު އެހިނިތުންވުމުން ދޭހަކޮށްދެއެވެ. ޝާނާ ފާޙާނާއަށް ވަނުމުން ޝައިމަން ވެސް އޭނާގެ ފޮށިން ޓީޝާޓަކާއި ސޯޓެއް ނަގައިގެން އެއްޗެހި ބަދަލުކޮށްލިއެވެ.

ފާޙާނާއަށް ވަތް ޝާނާ ހުރީ ހެދުމުގެ ޒިބު ނުނެއްޓިގެން ހާސްވެފައެވެ. އެތައް މަސައްކަތެއް ކޮށްގެންވެސް ކާމިޔާބުވާ ގޮތެއް ނުވިއެވެ. މިހާރު ދެއަތް ވާޅު ވެއްޖެއެވެ. ހަދާނެ ގޮތް ހުސްވެފައި ހުރެ ބޭރަށްނިކުތް ޝާނާ ފެނިފައި ޝައިމަން ހައިރާންވީ މިއޮއް ހުރިހާ އިރުވީ އިރުވެސް އަދިވެސް އޭނާ ވެޑިންގް ޑްރެސް ބަދަލުނުކޮށް ހުރުމުންނެވެ. ދެން ފެނުނީ ޝާނާ ގޮސް ކޮޓަރި ކަނެއްގަ އިން ސޯފާއެއްގައި އިންތަނެވެ. ޝައިމަން ތެދުވެ އައިސް ސޯފާ ކައިރީ އިން ގޮނޑި އެއްގައި އިށީނެވެ.

” ޝެން. އަހަންނަށް އެނގޭ މީ ޝެންގެ މައިންބަފައިން ބުނެގެން ކުރި ކައިވެންޏެއްކަން. އެކަމަކު ބުނަންތަ؟ އަހަންނަށް ޝެން އިނގޭ ޝެންގެ އުމުރުން 13 އަހަރުއްސުރެ. އެއީ އަހަރުމެން ކިޔެވީ އެއް ސުކޫލެއްގަ ކަމުގައި ވާތީ. ދުވަސްކޮޅަކުން އަހަރެންގެ ހިތް މަޑުމަޑުން ޝެން އަށް ލެނބުނީ. އަހަރެން އެންމެ ހިތްވަރުކޮށްގެން ލޯބި ހުށައަޅަން ދިޔަ ދުވަހު ޝެން މެލޭއަށް ކިޔަވަން ފުރރައިފި. އަހަރެން ވަރަށް ދެރަވި. ނަމަވެސް އުއްމީދު ކަނޑައެއްނުލަން. އިންތިޒާރު ކުރިން. ދެން ޝެން މާލެ އަިއކަން އެނގުނީ ޝެން ގެއްލިގެން ޝެންގެ ބައްޕަ ފުލުހުންގެ އިދާރައަށް މައްސަލަ ހުށައެޅުމުން. އެއީ އަހަރެން ޑިއުޓީގަ ހުއްޓަ. އަހަރެން އެމައްސަލަ އަވަހަށް ބަލަން ފެށީ. އެއީ އަހަރެން ޝެންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން… ޝެން ފެނުނު ޚަބަރު ލިބުމާއި އެކު އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނު. ދެން ލިބުން ޚަބަރު މާ ދެރަ. އަހަރެންގެ ލޮލުން ކަރުނަ ނާޅާ ދުވަހެއް މަދުވާނެ.. އެހެނަސް މަހެއް ނުވެ ޝެން އަނެއްކަވެސް މެލޭއަށް ފުރިޚަބަރު ލިބުނީ. އަހަރެންގެ ހިތަކަށް ކެތެއް ނުވި ދުރުގަ ހުންނާކަށް. އެހެންވެ އަހަރެން ކޮންމެ ދުވަހަކުވެސް މިގޭ ދޮރުމަތީ ހުންނަން. އެހެން ހުއްޓަ އެއްދުވަހަކު ފެނުނީ ކާރެއްގަ ގެއަށް އައިތަން. އަހަރެން ހިތް އުފަލުން ނަށަން ފެށި.. އަހަންނަށް ހުރެވުނު ތަންވެސް ނޭނގުން. އަހަރެން ވަރަށް ލޯބިވޭ. އެތައް ޒަމާނަކަށްފަހު އަހަރެންގެ ހިތުގެ ހާލު ބަޔާންކުރާނެ ފުރުސަތެއް ލިބުނީތީ އަހަރެން ﷲ އަށް ޙަމްދު ކުރަން.. އަހަންނަށް ޝެންގެ ލޯބި ލިބޭނެ ދުވަހަކަށް އަހަރެން އިންތިޒާރު ކުރާނަން. ޝެން ދެކެވާ ތެދުވެރި ލޯބި ތުއްތު ދަރިފުޅު ސެޝް ދެކެ ވެސް ވާނަން. ބައްޕައެއްގެ ލޯބި އެދަރިފުޅަށް ދޭނަން..” ޝައިމަންގެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. ނަމަވެސް ހުވަފެނުގެ ރާނީއަށް ހިތުގެ ޙާލު ބަޔާން ކޮށްދެވުނީތީ އޭނާ ވަނީ ހިތްހަމަޖެހިފައެވެ.

ޝާނާ އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ރޯންވީކަމެއް ނޫނީ ހޭންވީ ކަމެއްވެސް ނޭނގިފައެވެ. އޭނާ ލޯބިވަނީ ފިޔާމް ދެކެއެވެ. ފިޔާމް އެފަދަ ބޮޑު ލަނޑެއް ދޭން ޖެހުނު ސަބަބު ވެސް އަދި ހޯދަން އެބަ ޖެހެއެވެ. އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް ހީލުމަށްފަހު އިސްޖަހާލިއެވެ. މިހާ ލޯބިވާ މާތް އިންސާނެއްގެ ލޯތްބަށް ފުރަގަސް ދޭން ޖެހުނީތީ ދެރަ ވެގެންނެވެ.” އަދި ބުނަން. އަހަރެން ޝެންގެ ގައިގަ ޝެންގެ ނުރުހުމަކު ނައިއްލާނަން. ” ޝައިމަން މިހެން ބުނެ ލޯ ފޮހެލުމަށްފަހު ދާން ހިނގައިގަތެވެ. ޝެން އިނީ ހެދުން ބަދަލު ނުކުރެވިފައެވެ. ދެން އިތުރު ގޮތެއް ނެތެވެ. މިޖެހުނީ ޝައިމަންގެ އެހީއަކަށް އެދޭށެވެ.
“ޝައިމަން.” ޝާނާ ގައިގައި ހުރި ހިތްވަރެއް ނެރުމަށްފަހު ގޮވާލިއެވެ. ޝައިމަންގެ ދެފައިގައި ތަޅުއެޅުވުނު ކަހަލައެވެ. ހުއްޓުމެއް ވީ ފުރަތަމަ ފަހަރަށް ޝާނާ އޭނާއާއި ވާހަކަ ދެއްކުމުންނެވެ. ޔަޤީން ކޮށްލުމުގެ ގޮތުން އަޅާނުލާ ދަނިކޮށް އަނެއްކާވެސް ޝާނާ ޝައިމަންގެ ނަމުން ގޮވާލިއެވެ. ފަހަތަށް އެނބުރުމަށްފަހު ހިނިތުން ވެލިއެވެ.

ޝާނާގެ ހިތަށްއަރަމުން ދިޔައެވެ. ޝައިމަންއަކީ ސިފަ ހުތުރު މީހެއް ނޫނެވެ. ފިޔާމަށްވުރެ އެތައް ގޮތަކުން ރަނގަޅެވެ. އަޚްލާޤު ރަނގަޅު މާތް މީހެކެވެ. ޝައިމަން ޝާނާއަށް ގޮވާލުމުން، ޚިޔާލުގެ ދުނިޔެއިން ނުކުތުމަށްފަހު ޝައިމަން ގާތު އާދެބަލާށޭ ބުނެލިއެވެ. ޝައިމަން އައިސް ހަމަ ކުރިން ވެސް އިން ގޮނޑީގައި އިށީނދެލިއެވެ. އަދި ލޮލުގެ އިޝާރާތުން ކީއްވީތޯ ސުވާލުކުރިއެވެ. ” އަ… އަހަ…..އަހަ….ޒި…ޒިބު” ފަސްޖެހެވުނު ވަރުން ބުނަން އުޅުނު ޖުމްލަ ޝެން އަށް ބުނެވޭ ގޮތެއް ނުވިއެވެ. ޝާނާ ކޮޅަށްތެދުވުމުން ޝައިމަން ޝާނާގެ ހެދުމުގެ ޒިބު ކަހާލިއެވެ. ޝާނާ ހެދުމުގައި ހިފަހައްޓައިގެން ހުރެ ފާޙާނާއަށް ވަނެވެ. ޢާއްމުކޮށް ލާއުޅޭ ކަހަލަ ޓީޝާޓަކާއި ހަރުވާޅެއް ލައިގެން ޝާނާ ނިކުތް އިރު ޝައިމަން ސޯފާގައި ނިދާލާފައި އޮތްތަން ފެނުނެވެ. ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު އޭނާވެސް ދިޔައީ ނިދާށެވެ.

ޝައިމަންއަށް ނިދާ ހޭލެވުނީ ފޯނު އެލާރމް ވާ އަޑަށެވެ. ފާޙާނާއަށްްގޮސް ފެންވަރައި ވުޟޫކޮށްލައިގެން ނުކުމެ ޝާނާއަށް ގޮވިއެވެ. ޝާނާގެ ހިލަމެއް ނުވުމުން ނަމާދު ކޮށް ދުޢާ ކުރުމަށްފަހު ބޭރަށް ނުކުތް އިރު ގޭތެރޭގައި އެކަކުވެސް ފެންނާކަށްނެތެވެ. އެހެން ކަމުން ބަދިގެއަށް ވަދެ ކޮފީއެއް ތައްޔާރުކޮށްގެން ބެލްކަންޏަށް ދިޔައެވެ. ކޮފީ ބޮއެ ނިމުމުން ފަހަތަށް އެނބުރިލި ވަގުތު ކުރިމަތީ ހުރި ޝާފީގެ ދެމފިަރިންނާއި ސާޝާ ފެނުމުން ސިހިގެންގޮސް  އަތުގައި އޮތް މަގު ބިންމައްޗަށް ވެއްޓި ތެޅިއްޖެއެވެ. ޝައިމަން އެ މުށިކޮޅުތައް ނަގަން އުޅުމަށް އެކަން މަނާކުރީ ނީނާއެވެ. ” ދަރިފުޅަށް އެނގޭތަ؟ މީ ދަރިފުޅުގެ ބައްޕައޭ.”ޝާފީ ޝައިމަންއާއި ދިމާއަށް އިޝާރާތް ކުރަމުން ސާޝާ ގާތު ބުންޏެވެ. ޝައިމަން ހައިރާންވެހުރެ ޝާފީއާއި ދިމާއަށް ބަލާލިއެވެ. ” ބައްޕަ ޝައިމަންއަށް ވަރަށް އިތުބާރުކުރަން. ބައްޕަ އުއްމީދުކުރަން ޝައިމަން މި ތުއްތު ސެޝްއަށް ބައްޕައެއްގެ ލޯބި ދީގެން ބަލާދޭނެކަމަށް.” ޝައިމަންގެ ހައިރާންކަން ފެނި ޝާފީ ބުނެލިއެވެ. ޝައިމަން ޝާފީއަށް އެކަމުގެ ޔަޤީންކަން ދިނުމަށްފަހު ސާޝާ އުރާލިއެވެ. އަދި އެތައް އިރެއް ވަންދެން ސާޝާއާއި އެކު ސަކަރާތް ޖަހަން ތިބުމަށްފަހު ދިޔައީ ޝާނާ ހޭލައިފިތޯ ބަލާށެވެ.

ޝާނާއަށް ހެނދުނު ހޭލެވުމާއި އެކު އިޚުތިޔާރަކާއި ނުލާ ބަލާ ލެވުނީ ސޯފާއާއި ދިމާއަށެވެ. ޝައިމަން ފެންނަން ނެތުމުން ފާޙާނަ ވެސް ބެެލުނެވެ. ޝައިމަން ފެންނާކަށް ނެތެވެ. ފޯނު ނެގުމަށްފަހު ގަޑިބަލާލިއެވެ. 10 ޖަހަނީއެވެ. ދެން އިވިގެން ދިޔައީ ދޮރުގައި ޓަކި ޖަހާ އަޑެވެ. އެއަޑު މެދު ކެނޑުމަށްފަހު ސާޝާ ގެ ލޯބި އަޑުން މަންމީއޭ ކިޔާ ގޮވާލި އެވެ. ޝާނާ ހިނިތުންވެލުމަށްފަހު އަވަސް އަވަހަށް ދޮރު ހުޅުވާލީ ދަރިފުޅު ދެކިލާ ހިތުން ކެތްނުވެގެނެވެ. އެއާއި އެކު ކުރިމަތީ ހުރި ޝައިމަންގެ އުރުގައި ހެވިދިއްލިފައި އިން ސާޝާ ފެނިފައި ހިތް ފުރިގެން ބަންޑުން ނުވީ ކިރިޔާއެވެ. “މަންމީ ކާފަ ބުނީ މީ ސަޝްގެ ބައްޕިއޯ” ހިނިތުންވެފައި ހުރި ޝައިމަންއަށް ބަލާލަމުން ސާޝާ ބުނި ޖުމްލައިން ޝާނާ ސާޝާއާއި ދިމާއަށް ގެންގޮސްހުރި އަތަށްހުއްޓުމެއް އައެވެ. އަދި ވަކި އެއްޗެއް ނުބުނެ ހިނިތުންވެލުމަށްފަހު ސާޝާ އުރާލިއެވެ.

ކައި މޭޒުދޮށުގައި ޝައިމަންގެ ދެމަފިރިންގެ އިންތިޒާރުގައި އިން ޝާފީގެ ދެމަފިރިންނާއި އަދުހަމްގެ ދެމަފިރިންއަށް ސިޑިން ފައިބައިގެން އަންނަ ޝައިމަންގެ ދެމަފިރިންނާއި ސާޝާ ފެނުމުން ހިނިތުންވެލިއެވެ. ސާޝާ ކުޅެން ދޫކޮށްލުމަށްފަހު ޝާނާ ދިޔައީ ހެނދުނުގެ ނާސްތާ އަށް އިންސާފުކުރާށެވެ. ކެއުމުގެ ތެރެއިން ޝާފީ އޭނާ ދައްކަންއުޅޭ ވާހަކަ ފެށިއެވެ.” ދަރިފުޅާ ޝެން! ބައްޕަ ސަޝް ކައިރި ބުނިން ޝައިމަންއަކީ ސަޝްގެ ބައްޕައޭ. އެއީ ބައްޕަ ހުރިހާ ގޮތަކުންވެސް ވިސްނާފަ ޝައިމަންއަށް ވަރަށް އިތުބާުކުރުމަށްފަހު ނިންމި ނިންމުމެއް. 555 ރުފިޔާ ދީފައި ޝައިމަންގެ މިލްކަކަށް ދަރިފުޅު ވިޔަސް ސަޝް ހަވާލުމިކުރީ ބައްޕަ ވަރަށް ވިސްނާފަ.”

ބޮޑު ޢާއިލާއެއްގެ ހުވަފެން ދެކެމުން އައި ޝާފީގެ ދެމަފިރިން ތިބީ ވަރަށްްވެސް އުފާވެފައެވެ. އެތައް ދުވަހަކަށްފަހު އެ ހުވަފެން ޙަޤީޤތަކަށް ވުމުންނެވެ.

ދަންވަރުގެ ވަގުތެވެ. ޝައިމަން އިނީ ގޭތެރޭގައި ޓީވީ ބަލާށެވެ. މީހަކު ވާހަކަ ދައްކާ ހެން ހީވެގެން ކޮޓަރިތައް ހުރި ދިމާއަށް ދިޔައެވެ. އަޑު އަންނަމުން ދިޔައީ އޭނާގެ މައިންބަފައިން އުޅެމުންދާ ކޮޓަރިއާއި ދިމާލުންނެވެ.

“އަދުހަމް. އަހަރުމެންގެ ދަރިފުޅު ރިފާ ބަނޑު ބޮޑޯ. 6 މަސް ވެއްޖެޔޯ. މިއަދު އަހަރެން ސަޝް ގޮވައިގެން އިންދަ އޭނަ ފިރިމީހާ ގުޅީ. އަޅެ ހިނގާބަ އެމީހުން ގެންނަން. އަހަރެންގެ މިމައި ލަގޮނޑިއަކަށް ކެތެއް ނުވާނެ.”

“އަހަރެންވެސް ދެރަވޭ. އެކަމަކު އަހަރެމެން މީހަކު ބުނެގެންތަ އޭނަ ދިޔައީ.”

“އެކަމަކު އަދުހަމް. ހެޔޮނުވާނެ. މަގޭ ދަރިފުޅި. އެދަރިފުޅު ހާދަ ވޭނެއްގައޭ އުޅޭނީ. އަހަންނަށް އެނގޭނީ އެއަޅާ ވޭންް. އަދުހަމް.”

“އެންމެ ރަނގަޅު އަހަރެން ޝާފީއާއި ވާހަކަ ދައްކާނަން. ރިފާ އަންނަން ހުރިއްޔާ ގެނެވޭނީ ދޯ. ދެން ހުއްޓާލާ.”

ކިތަންމެ ހިތް ހަމަ ނުޖެހިފައި ހުއްޓަސް ލޯބިވާ ކޮއްކޮ ވޭނުގައި އުޅޭއިރު ޝައިމަންއަކަށް އުފަލެއްގަ ނޫޅެވޭނެއެވެ. ރަޙިމުގެ ގުޅުމަކީ އެއަށްވުރެ މާތް މަތިވެރި ގުޅުމެކެވެ.

ފިޔާމް ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.

 

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

ޖިންނި ބުޅާ

Next

ލާރާ

Next
May 10, 2018

ލާރާ

Previews
May 9, 2018

ޖިންނި ބުޅާ

27 Comments!

  1. Navii says:
    May 9, 2018 at 10:05 pm

    Me first

    1. Navii says:
      May 9, 2018 at 10:12 pm

      Wow wow.. Mi part ves hama awsome.. ?? Next part ge inthizaaruga… ???

    2. naf nanni says:
      May 9, 2018 at 10:27 pm

      Yh of cos. Thn q Navii

  2. Jenna says:
    May 9, 2018 at 10:20 pm

    Awsome

    1. naf nanni says:
      May 9, 2018 at 10:29 pm

      Thn q Jenna

  3. Aesh says:
    May 9, 2018 at 11:01 pm

    Vrh reethi.. Ekam nxt part miahvure dhigukollahchey… ?☺️?

    1. naf nanni says:
      May 9, 2018 at 11:54 pm

      Yh owkeii. for sure. thnxx

  4. shaan says:
    May 10, 2018 at 12:30 am

    nice☺?

    1. naf nanni says:
      May 10, 2018 at 10:07 am

      Thn q Shaan

  5. Shafaq says:
    May 10, 2018 at 12:35 am

    Next part avahah genesdhehchey plz.. vvv salhi

    1. naf nanni says:
      May 10, 2018 at 10:08 am

      Thn q Shafaq. Yh hope for the best

  6. juma says:
    May 10, 2018 at 10:17 am

    haadha kurey
    next part avahah genes dheeba vvvv reethi vaahaka eh meeee

    1. naf nanni says:
      May 10, 2018 at 11:43 am

      Thn q
      Juma

  7. Naju says:
    May 10, 2018 at 9:18 pm

    V nice bt maakury

    1. naf nanni says:
      May 10, 2018 at 10:06 pm

      Thnk u Naju

  8. thaara says:
    May 11, 2018 at 9:28 am

    oh naf oh my god it’s beautiful.v loabi then mihen buniyas aslu reethi varu then neynge bunedheykah maasha allah keep it up naf!

    1. naf nanni says:
      May 11, 2018 at 7:24 pm

      Thnk u thaara

  9. Zeev says:
    May 11, 2018 at 3:31 pm

    My favourite story
    Vvvvvlike mistory ah plx plx plx plx up koddee vvinthizaaru koffin kon irakun up kollaanee plx?

    1. naf nanni says:
      May 11, 2018 at 7:24 pm

      sry bt m hving a problem with my internet connection. possible vi avahakah upkolladheynan

  10. uahs says:
    May 11, 2018 at 7:44 pm

    Miige nxt part up vanii kn irakun thrr ? can’t wait anymore ❤

    1. naf nanni says:
      May 11, 2018 at 8:38 pm

      Mrninga. sry bt internet massala eh

  11. saSha says:
    May 12, 2018 at 12:14 am

    Story vrh vrh reethi naf… cant wait for the next part… lysm…. u r my favourite writer…..
    N cover pic hama vrh reethi……

    1. naf nanni says:
      May 12, 2018 at 12:28 am

      Thn q saSha. m glad to knw tht u liked the cover pic….. ly too…..

  12. kkkrrrr says:
    May 12, 2018 at 12:17 am

    Dhn kihinehbaa vaany? Next part avahah up kollaba. vrh inthixaaaru kurevijje….

    1. naf nanni says:
      May 12, 2018 at 12:30 am

      Next part submit kollaaafa innaany…. adhi kudakh inthixaaaru kollaaaa… vaa goiy balamaaa dhw

  13. @®¥ says:
    May 12, 2018 at 9:49 am

    Love it…kobaa 7 vans part. Can’t wait to read it…

    1. Nanni says:
      June 12, 2018 at 4:32 am

      thn q ary

Comments are closed.


All Right Reserved!