ޒޭންގެ ލޮލުން ވެއްޓުނު ކަރުނަތިކި ލިޔަމުން ދިޔަ ޖުމުލައިގެ މުހިއްމު ބައެއް މަދުކޮށްލި ކަހަލައެވެ. އެރި އައްސީގައި ކަރުދާސްގަނޑު ބޮނޑިކޮށް އެއްލާލީ ކުޑަދޮރުން ބޭރަށެވެ. ދެން އިވެންފެށީ އަޑުން އަޑުނަގައި ރޯންފެށި އަޑެވެ. އަދި “ޝޫރާ” އޭ ކިޔާ ހަޅޭއްލަވައި ގަތެވެ. “އަހަރެން އެކަނި ވެެއްޖެ… ލޯބި އެއީ އަހަރެންގެ ހަތުރަކަށް ވެއްޖެ…” ޒޭން ކިޔަމުން ދިޔައެވެ. “އަހަރެން ދޫކޮށްލީ ކީއްވެ…؟ ކީއްވެ ހިތުގައި ޖެއްސީ…؟ މިވަރުގެ ބޮޑު އަނިޔާއެއް ތިދިނީ ކީއްވެ…؟” ޝަކުވާތަށް އެހެރަ ބަންޑުން […]
“ފިހާރަ ހުންނަ ތަން އިނގޭ ދޯ ޒެލް އަށް”ޔޫހާ ގެއިން ނުކުން ނަމުން އެހެން އެހުމުން ޒެލް ބޯޖަހާލިއެވެ.ފިހާރައަށް ވަދެ ބޭނުންވާ ސާމާނު ގަނެލައިގެން ތިން މީހުން ފިހާރައިން ނުކުންނަން ދިޔައެވެ.އެންމެ ފަހަތުގައި ހުރީ މާޔާއެވެ.އިސްޖަހައިގެން ހިނގާފައި އައި މާޔާ މީހެއްގެ ގައިގައި އަޅައިގަނެފައި ވެއްޓެން ދިޔައެވެ.އެވަގުތު އަތުގައި ހުރި ކޮތަޅުތަށް ތިރިއަށް ވެއްޓުނެވެ.ނަމަވެސް އެމީހަކު މާޔާ ހުޝިޔާރުކަމާއި އެކު ހިފެހެއްޓިއެވެ.އެވަގުތު ދެޒުވާނުންގެ ހަތަރުކަޅި ހަމަވިއެވެ.ދެޒުވާނުންގެ ހިތަށް ވެސް ވެގެން ދިޔައީ ބުނެދޭން ނޭންގޭ ގޮތެކެވެ. “އުހޫމް…”މީހަކު […]
އަހަރެންގެ ހިޔާލީ ޙިޔާލްތަކުން ނިކުމެވުނީ އަހަރެންގެ ކަންފަތް ކައިރިން އަހަރެން އަޑު އެހުމަށް ބޭނުންވާ އެ އަޑު އިވުުމުންނެވެ. އަހަރެންގެ އަތްފައި ފިނިވެ ތެޅިތެޅި އޮތް ހިތަކާއެކު މަޑުމަޑުން އެނބުރިލީމެވެ. އެމޫނު ފެނުމާއެކު އަހަރެންނަށް ލަދުން އިސްޖަހާލެވުނީ ބޭއިޙްތިޔާރުގައެވެ. “ކޯއްޗެއް ތި ހޯދަނީ، ބޭނުން އެއްޗެއް އެބަހުރިތަ” އެ ޒުވާނާގެ އެ ސުވާލުން އަހަރެންނަށް ތެޅިގަނެވުނެވެ.ހީވީ ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާއެރިހެންނެވެ. ” އާނ. އަހަރެން ހޯދަމުންމިދާ ފަރާތަކީ ރޭގަނޑު ހަތަރުދަމު އެ ޙިޔާލުތަކުގެ ސަބަބުން އަހަރެންގެ […]
ދެމީހުން އެހެން ތިއްބާ ޔައީޝްއަށް ފޯނުކޯލެއް އައެވެ. ޒިވާވެސް ޔައީޝްއާއި ކުޑަކޮށް ދުރަށް ޖެހިލިއެވެ. ޔައިޗް އޭނާގެ ޖީބުން ފޯނު ނެގުމަށްފަހު ސްކްރީނަށް ބަލައިލިއެވެ. އަދި ދެބުމަ ގާތްކޮށްލިއެވެ. ޔައީޝްގެ މޫނަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތައް ބަލަން އިން ޒިވާވެސް ދެބުމަ ގާތްކޮށްލިއެވެ. “ހެލޯ..” ޔައީޝް ފޯނު ނެގުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. “ހޫމް.. އޯކޭ..” އެމީހެއް ގާތު ދެތިން ބަހެއް ބުނެލުމަށްފަހު ޔައިޗް ފޯނު ކަނދާލިއެވެ. އެވަގުތު ވެގެން ދިޔައީ މަޣްރިބް ނަމާދަސްވެސް ބަންގި ގޮވި […]
ފޯނުގެ ސްކްރީނަށް ބަލައިލި އައިލީންއަށް ލިބުނީ ހައިރާންކަމެވެ. ގުޅަމުން އެ ދަނީ ޔޫހާންއެވެ. ރޭގަ ވެސް އަދި މިއަދުވެސް އެއްވެސް ޚަބަރެއް ނުވެ ހުރެ ކުއްލިއަކަށް ގުޅުމުން ހައިރާންވާނެ ނޫން ހެއްޔެވެ. އޭނާ އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ” ހަލޯ އައިލީ… ކޭން ޔޫ ޑޫ މީ އަ ފޭވާ ޕްލީޒް… ވަރަށް ބޮޑު ކަމެއް ކޮށްދޭން ވެއްޖެ ” އައިލީން ފޯނު ނެގުމާއެކު ޔޫހާން ބުންޏެވެ. އައިލީން ހުރީ ބުނާނެ އެއްޗެއްވެސް […]
ދުވަހަކީ ސްކޫލް ދުވަހެއް ކަމުން މަގުމަތީގައި ސްކޫލް ދަރިވަރުން ހަރަކާތްތެރިވަމުން ދިޔައެވެ. އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ދިހަ ބުރީގެ ބޮޑުގޭގެ ދޮރުމަތީ އިޝްމާ ހުއްޓިލައިގެން ހުރީ މާނީ އަންނަން ދެނެވެ. ގަޑިން ހަ ގަޑި ތިރީސް ހަތެއްވީ އިރު މައިލޯ ޕެކެޓެއް ބޮމުން މާނީ ގެއިން ނުކުތެވެ. އިޝްމާއެކޭވެސް އެއްފަދައިން މާނީ ހުރީ ގަދަ އޮރެންޖް ކުލައިގެ ބުރުގާއަކާ އެކު މަޑު އޮރެންޖްކުލައިގެ އަތްދިގު ގަމީހާއެކު ކަކުލާ ހަމައަންނަ ސްކާރޓަކާ ކަޅުހަރުވާޅެއް ލައިގެންނެވެ. ހަލުވި ހިނގުމެއްގައި […]
މާލެ ގެނެވުމާއެކު މިރްޒާލް ވަގުތުން ހައްޔަރު ކުރެވުނެވެ. ތަފާތު އެތަކެއް ކުށުގެ ރިކޯޑު އޮންނަ މިރްޒާލް ހައްޔަރު ކުރަން ހުއްދަ ހޯދާކަށް މާބޮޑު ކަމެއް ކުރާކަށްވެސް ނުޖެހުނެވެ. ޒަކްޔަންމެންވެސް ދަބަސްތަކާއެކު އޮފީހަށް ދިޔައެވެ. ލިޝާންއާ ދަތުރު ރިޕޯޓުހަވާލު ކުރަމަށްފަހު ޒަކްޔަން ވަނީ މިރްޒާލްއާ ސުވާލުކުރާށެވެ. “އޯކޭ އޯކޭ..އަހަންނަށް ތަގުރީރު ތަކެއް ނުދިނަސް. ތިވެސް ދެން ކޮންމެސް ޕޮލިހެކޯ އެންޑް ބްލާބްލާބްލާ..ކޮބާ ސުވާލަކީ؟ އަހަރެން ފަހަތުން ތިއުޅެނީ ކީއްވެ؟” ޒަކްޔަން އަނގަ ހުޅުވާލުމާއެކު މިރްޒާލް ބުނެލިއެވެ. އޭނާއަށް އެތަނަކީ […]
ޓްރާންސް ޕޭރެންޓް ފައިލް އެއްތެރޭގައި އޮތް ގަނޑުގައި އިން ލިޔުން ކޮޅު ފެނިފައި އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގަތް ހެން ހީވިއެވެ. ވަރީގެ ފޯމެއް އޭނާ ނިދާ އެނދުގެ އެއްފަރާތުގައި އޮންނަން ވީ ސަބަބަކީ ކޮބާތޯ އަމިއްލަ ނަފްސާ ސުވާލުކޮށްކޮށް ރާސިލް އަށް ހުރެވުނީއެވެ. އަތުގައި އޮތް ޑިވޯސް ޕޭޕަރުތަކަށް ބަލަހައްޓައިގެން އެތަށް އިރަކު އިން ރާސިލް ގެ ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ކަރުދާސްތަކުގެ މައްޗަށް ފައިބައިގެން ދިޔައެވެ. […]
އާޔާގެ މަރުގެ ހަބަރު ލިބުމާއެކު ސީމާގެ ހާލަތުކުއްލިއަކަށް ދަށަށް ދިޔަނަމަވެސް މިހާރުވަނީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައެވެ. ވުމާއެކު މިއަދު ސީމާއެދަނީ ޖައިލަމްގެ މަންމަ ނައީމާއާއި ބައްދަލުކޮށްލަން ދިއުމަށް ތައްޔާރު ވަމުންނެވެ. ނައީމާގެވެސް އެދުމުގެމަތީންނެވެ. ކުރިމަތިވަމުން އަންނަ ހަގީގަތް ނޭންގޭހާލު އައިރާ އާއި އައިކާ އާއި އެކުގައި ޓެކްސީއެއްގައި ސީމާ ދަތުރުކުރަމުންދިޔައިރު އަދިވެސް އާޔާގެ ހަނދާންތަށް ހިތުގައި އާލާވަމުން ދެއެވެ. އެކުއްޖާއަށް ޖެއްސުނު ނިކަމެތިހާލާއިއެކު އުޅުން ބަދަލުވެގެން ދިޔަގޮތް ކުލަތަސްވީރެއްގޮތެއްގައި ސީމާގެ ލޯކުރިމަތީން ފެންނަމުން ދިޔަފަދައެވެ. ބޭރަށް […]