Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 2

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
June 13, 2018 6 Mins Read
23 Comments

ދުވަހަކީ ސްކޫލް ދުވަހެއް ކަމުން މަގުމަތީގައި ސްކޫލް ދަރިވަރުން ހަރަކާތްތެރިވަމުން ދިޔައެވެ. އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ދިހަ ބުރީގެ ބޮޑުގޭގެ ދޮރުމަތީ އިޝްމާ ހުއްޓިލައިގެން ހުރީ މާނީ އަންނަން ދެނެވެ. ގަޑިން ހަ ގަޑި ތިރީސް ހަތެއްވީ އިރު މައިލޯ ޕެކެޓެއް ބޮމުން މާނީ ގެއިން ނުކުތެވެ. އިޝްމާއެކޭވެސް އެއްފަދައިން މާނީ ހުރީ ގަދަ އޮރެންޖް ކުލައިގެ ބުރުގާއަކާ އެކު މަޑު އޮރެންޖްކުލައިގެ އަތްދިގު ގަމީހާއެކު ކަކުލާ ހަމައަންނަ ސްކާރޓަކާ ކަޅުހަރުވާޅެއް ލައިގެންނެވެ. ހަލުވި ހިނގުމެއްގައި ދެކުދިން ގޮސް އޭކިއު ސްކޫލްގެ ގޯތި ތެރެން ވަދެގެން ދިޔައެވެ. އޭރު ގޭޓާ ތަންކޮޅެއް ދުރުގަ ހުރި ބެންޗެއްގައި އިސްރާއާ ނަވްޔާ އެ ދެ ކުދިންގެ އިންތިޒާރުގަ ތިއްބެވެ. އިސްރާއަށާ ނަވްޔާއަށް ހަނަ އަޅަމުން ދެ ކުދިން ބެންޗާ ދިމާއަށް ދިޔައެވެ. “މާނީ މާއިޒްގެ ޚަބަރެއް ވިތަ؟” މާނީ ގޮސް ބެންޗާ އަރާ ހަމަވުމުން އެންމެފުރަތަމެވެސް ނަވްޔާ އަހާލީ އެހެންނެވެ. މާނީ ނޫނެކޭ ބުނުމުގެ ގޮތުން ދެ ފަރާތަށް ބޯ ހީރުވާލިއެވެ. “އަޅޭ ދެން މާނީ ނުވެސް ގުޅަންތަ؟ މާއިޒް ނުގުޅިކަމަށް މަ ގުޅީމަ ފޯނެއްވެސް ނުނަގާ އަނެއްކާ މާއިޒްއަށް ކަމެއްވީތަ؟” މާއިޒްގެ ޚަބަރެއް ނުވުމުން ނަވްޔާ ހުރީ ވަރަށް ކަންތައްބޮޑުވެފައެވެ. “ސާބަސް އިނގޭ ނަވްޔާއަށް މާއިޒްގެ ކޮއްކޮ ކަންތައް ބޮޑު ނުވާވަރަށް މީނަ އެބަ ކަންތައްބޮޑުވޭ. އަހުސަމް  ބުނީ މާއިޒްގެ ފޯނަށް ކޮންމެވެސް ގޮތެއްވެގެންނޯ އުޅެނީ އެހެންވެޔޯ ޚަބަރެއް ނުވަނީ” ނަވްޔާ ކަންތައްބޮޑުވެގެން އުޅެންފެށުމުން އިސްރާބުނެލިއެވެ. “އޭއި ތެދެކޭ އަހުސްމް އިން އެހެން ކިޔާފަ މާނީއަށް މެސެޖް ކޮށްފަ. އެހެންވެ އަޅާ ނުލީ މާނީ ހީކުރީ ނަވްޔާއަށް ވެސް އަހުސަމް މެސެޖް ކުރާނެކަމަށް” ނަވްޔާގެ ކޮނޑުގައި އަތް އަޅުވާލަމުން މާނި ބުންޏެވެ. “އަދިވެސް މިތާ ތިބެނީތަ ހިނގާ ކްލާހަށް ދާން އެއޮށް ފަންސާސް ތިނެއްވީ. ދެން ކިރިޔާ އެސެމްބްލީ ފެށެންވާއިރަށް ކްލާހަށް ދެވޭނީ!” ބެންޗުން ތެދުވެ އިސްރާ ކްލާހަާ ދިމާއަށް މިސްރާބުޖެހިއެވެ. އިސްރާގެ ފަހަތުން އަނެއް ތިން ކުދިންވެސް ކްލާހާ ދިމާއަަށް ހިނގާގަތެވެ.

އިޝްމާ އަދި މާނީއަކީ ދެބޭންގެ ދެދަރިންނެވެ. އެއް އުމުރެއްގެ ދެ ކުދިން ކަމުން ކުޑައިރުއްސުރެ ދެކުދިން އުޅުނީ ވަރަށް އެއްކޮށެވެ. ނަވްޔާއާ އިސްރާއަކީ ގުރޭޑް އެކަކުން ފެށިގެން އިޝްމާ އަދި މާނީއާ އެއްކުލާހެއްގައި އުޅޭ ދެކުދިންނެވެ. އެކަކުން ފެށިގެން އެއްކުލާހެއްގައި އުޅުމުން އެ ހަތަރު ކުދިންވަނީ “ބެސްޓް ފްރެންޑްސް” އަށް ވެފައެވެ. އެ ހަތަރު ކުދިންގެ ތެރެެއިން އެންމެ ދޮށި ވާނީ އިޝްމާއެވެ. އެހެންވެ އިޝްމާ އަނެއް ތިން ކުދިންނާ މެދު ދެކެނީ އެއްބަނޑު އެއްބަފާ ކޮއްކޮއިންގެ ގޮތުގައެވެ. އިޝްމާ އަބަދުވެސް އަނެއް ތިން ކުދިންނަށް ނަސޭހަތްދީ ހަދައެވެ. ކިޔެވުމުގައިވެސް އެހީވެދީ ހަދައެވެ.

ހަތަރު ކުދިންއެކީ ގޮސް ކުލާހަށް ވަނެވެ. އެންމެ ކުރީ ބަރީގައި ހުރި ހަތަރު ގޮނޑީގައި ދަބަސް ބޭންދުމަށްފަހު ހަތަރު ކުދިން ވެސް ކުލާހުން ނުކުތީ އެސެމްބްލީއަށެވެ. އެހެން ކުދިންވެސް އޭރު ސަފަށް ނުކުމެ ތިއްބެވެ.

” އިއްޔެގެ މެޗު ބެލިންތަ އޯ ގޯޑް އާރާޝް މިހާރު ހާދަ ހޮޓޭދޯ. މަ ހުރީ މޮޔަވާން ކާރިވެފަ. އެ އޮށް އިސްތަށިގަނޑެއްވެސް އޯ މައި ގޯޑް..” އެސެމްބްލީ ނިންމާފަ ކުލާހަށް ވަދެވުމާއެކު ސުމާ އާރާޝްގެ ވާހަކަަ ދައްކަންފެށިއެވެ. ސުމާއާ ބައިވެރިވެގެން ކުލާހުގައި ތިބި އެހެން ކުދިންވެސް އާރާާޝްގެ ވާހަކަ ދައްކަންފެށިއެވެ. އާރާޝް އެގާރަ ބާރަ ކިޔެވީ އޭކިއު ސްކޫލުން ކަމުން އެ ސްކޫލްގެ ހުރިހާ ކުދިންވެސް އޭނާ ދަނެއެވެ. އާރާޝް އޭގަރައަށް ވަނީން ސުރެ އެ ސުކޫލްގެ އަންހެން ކުދިން ތިބެނީ މަށަށް މަށަށް ކިޔާލައެވެ. އާރާޝް ފެންނަން ހުރެއްޖެނަމަ ނިކަން ތުއިވެގެން އުޅޭނެއެވެ. ސުމާއަކީ އޭގެ ތެރެއިން އަރާ ހުރި ކުއްޖެކެވެ. އާރާާޝް ފެނިއްޖެނަމަ އުޅެވޭ ގޮތްވެސް ނޭންގޭނެއެެވެ. އެހާވެސް ތުއިވާނެއެވެ.  އާރާޝްގެ ނަން އަޑު އިވުމާއެކު އިޝްމާގެ މޫނު މައްޗަށް ހިތާމައިގެ އަސަރު ފާޅުވިއެވެ. ލޮލަށް ކަރުނަތައް ޖަމާވީ އެއްވެސް އިޚްތިޔާރަކާނުލައެވެ. އަނެއްތިން ކުދިންނަށް އެ މަންޒަރު ފެނިދާނެތީ އަވަހަށް އިސްޖަހާލިއެވެ. ނަމަވެސް މާނީއަށް އެ މަންޒަރު ރީއްޗަށް ފެނުނެވެ. އިޝްމާގެ އަތުގަ ހިފާ ބާރުކޮށްލީއެހެންވެއެވެ. އަނެއް ދެ ކުދިންވެސް އިޝްމާއަަށް ބަލާލުމަށްފަހު މަޑުމަޑުން ބޯ ޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާ ފަދައަކުންނެވެ.

*****************

ޕްރެކްޓިސް ނިންމާލުމަށްފަހު އާރާޝް ދަނޑު މަތީގައި އިށީންދެލީ ވަރުބަލި ފިލުވާލުމަށްޓަކައެވެ. ކުރީ ދުވަހަށްވުރެ ރަނގަޅަށް މަސައްކަތް ކުރެވުމުން އޭނާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. ވެފައި ހުރި ހޫނެއްގެ ސަބަބުން ފެންފުޅި ނަގާ ބޮލާ މޫނާއެކީ އޮއްސާލިއެވެ. އެއާކު އެނާގެ އިސްތަށިގަނޑު ނިތްކުރި މައްޗަށް ފޭބިއެވެ. އަންހެންކުއްޖަކަށް އޭނާ އިން ގޮތް ފެނިއްޖެނަމަ މޮޔަވާވަރުވީސްކަން ޔަގީނެވެ. ދެލޯ މަރާލުމާއެކު ފެނުނު ސޫރައިން އާރާޝް އަވަހަށް ދެލޯ ހުޅުވާލިއެވެ. އެއަށްފަހު އަނެއްކާވެސް ބޮލަށް ފެންފުޅި އޮއްސާލިއެވެ. އެއަށްފަހު އިސްތަށިގަނޑު ތެރެއަށް އަތްމަހާލީ ވިސްނަަން ބޭނުންނުވިއަސް އޭނާއަށް ވިސްނޭތީއެވެ. “އާރާާޝް އަދިވެސް އެކަމާތަ ތި ވިސްނަނީ؟” އާރާޝްއާ ނުހަނު ގާތުން އިވުނީ މާއިޒްގެ އަޑެވެ. އާރާޝް ބަލާލިއިރު މާއިޒްހުރީ އޭނާއާ ނުހަނު ގާތު ވިނަގަނޑު މަތީ އިށީންދެލާގެންނެވެ. ދެ ޒުވާނުން ކައިރީ ތިބި އިރު މޫނު މަތިން އެއްގޮތް ސިފަތަކެއް ހުރިކަން ބަލާލި މީހަކަށް ފާހަގަވާނެއެވެ. މާއިޒްއަކީ ވެސް އާރާޝްއެކޭ އެއްފަދައިން ރީތި ސިފަތަކެއް ލިބިފައިވި ޒުވާނެކެވެ. މާއިޒްކުރި ސުވާލަށް އާރާޝްގެ ފަރާތުން ޖަވާބެއްނުލިބުނެވެ. އޭގެ ބަދަލުގައި އޭނާ އިސްޖަހާލީއެވެ. އެހެން ކަމުން މާއިޒް އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “ލައިފްގަ ދިމާވާނެ އެކި ކަހަލަ ކަންތައް. އެހުރިހާ ކަމަަކަށްވެސް ޖެހޭނެ ކެރިގެން ކުރިމަތިލާން. އިނގޭ އާރާޝްއަށް އުނދަގޫވާނެކަން ހަގީގަތް ގަބޫލުކުރަން އަދިވެދިޔަ ކަންތައްތައް ހަނދާންނައްތާލަންވެސް  އެކަމުވެސް އޭނުންގޮތެއް ނޯންނާނުދޯ! އެކަން އެހެންވިޔޭ ކިޔާފަ އާރާޝްގެ މުޅި ކެރިއާ އަދި ލައިފް ހަލާކުރަންތަ އާރާޝް ބޭނުމީ؟” އާރާޝްއަށް ވިސްނަދޭ ފަދައަކުން މާއިޒް ވާހަކަ ދެއްކިއެވެ. “އަހަރެން ބޭނުމެއް ނޫން އެކަމާ ވިސްނާކަށެއް އެކަމުވެސް ހަމަ ވިސްނެނީ! އަށާރަ އަހަރު އެއީ މަދު ދުވަސްކޮޅެއްތަ؟ އަށާރަ އަހަރު” އަޑަށް ބާރުލާފާ އާރާޝް އެހެން ބުނިއިރު އެ އަޑުގައިވި ހިތާމައާ ރިހުން މާއިޒްއަށް ފާހަގަވިއެވެ. އެކަމާ މެދު ނުވިސްނާށޭ ބުންޏަސް އެއީ ކިހާ އުނދަގޫކަމެއްކަން މާއިޒްއަށްވެސް އެނގެއެވެ. ނަމަވެސް އާރާޝް އެކަމާ މެދު ވިސްނާ އޭނާގެ ކުޅުމަށް އަސަރު ކުރާކަށެއް މާއިޒް ބޭނުމެއް ނޫނެވެ.

******************

ގޭގެ އެންމެ ތިރީގައި ދެ ކޮޅަށް ހިނގާލަ ހިނގާލަ ހުރި އަފްރާ އިރު އިރު ކޮޅާ ގަޑިއަށް ބަލާލައެވެ. ހީވާ ގޮތުން އޭނަ ހުރީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ. ފައިތިލާއާ ހަމައަށް އަންނަ ކަޅު ހެދުމަކާއެކު ކަޅު ބުރުގާއެއް އަޅާގެން ހުރިއިރު އޭނާގެ މޫނު ވަނީ ހަމައެކަނި ލޯފެންނަ ގޮތަށް ނިވާކޮށްފައެވެ. ހަމައެކަނި އޭނާގެ ލޯ ފެންނަންހުއްޓަސް  އެހުރީ ވަރަށް ކަންބޮޑުވެފައިކަން އެނގެއެވެ. އަފްރާގެ ހިނގުން ހުއްޓުނީ އެތެރެއަށް ވަދެގެން އައި މާނީއާ އިޝްމާފެނުމުންނެވެ. އޮލަވާހަކައިގައި ތިބެ ލިފްޓަށް އަރަންދިޔަ ދެކުދިންނަކަށް އަފްރާއެއް ނުފެނެއެވެ. “އިޝޫ ނުންނު” އެކުދިންނަށް އޭނާ ނުފެންނާތީ އަފްރާ ގޮވާލިއެވެ. އަފްރާ ގޮވާލި އަޑު އިވުނު ދިމާއަށް ދެ ކުދިން ބަލާލިއެވެ. އޭނާހުރީ ވަރަށް ހާސްވެފަކަން އެދެކުދިންނަަށް ވެސް އެނގުނެވެ. އެހެންކަމުން އަފްރާގާތަށް ދެ ކުދިންވެސް ދިޔައެވެ. “އާރާޝް ގުޅިތަ؟” އެންމެ ފުރަތަމަވެސް އަފްރާ އަހާލީ އެހެންނެވެ. އާރާޝްގެ ވާހަކަ ބުނުމުން އިޝްމާއަށް އުނދަގޫވިއެވެ. ނަމަވެސް އަފްރާއަށް އެކަން ނުދައްކާވެތޯ ބެލިއެވެ. މާނީ އިޝްމާއަަށް ދިމާއަށް ބަލާލުމަށްފަހު ނޫނެކޭ ބުންޏެވެ. އިޝްމާވެސް ނޫނެކޭ ބުނުމަށްފަހު ދެން ދަނީ ކަމަށްބުނެ އެތަނުން އަވަހަށް ދިޔައެވެ. އަފްރާއަށް ހިނިތުންވުމެއް ހަދިޔާ ކުރުމަށްފަހު މާނީވެސް އޭނާގެ އެޕާރޓްމެންޓަށް ދާން މިސްރާބްޖެހިއެވެ.

*******************

” ތީތަ އަހުސަމް ކާ އެތިކޮޅަކީ؟ ތިވަރު އެތިކޮޅެއް ކާގެން ކިހިނެއް ކުޅެނީ؟ އަދި ދޭ އެކަތި ކޮޅު އަޅައިގެން އަންނަން” އަހުސަމް ތަށްޓަަށް އަޅާފަހުރި އެތިކޮޅު މަދު ކަމުން އިތުރަަށް ކާއެއްޗިހި އެޅުމަށް ޓީމްގެ ކޯޗު އަހުސަމް ފޮނުވާލިއެވެ. ފުސް މޫނު ހަދާގެން ގޮސް އަހުސަމް އޭނާގެ ތަށްޓަށް ފުދޭވަރަކަށް ގިނައިން ޕާސްތާއާ ސެލެޑް އަޅާލިއެވެ. އޭނާއަކީ އާންމުކޮށް ވަރަށް ރަނގަޅަށް ކާ ކުއްޖެކެވެ. ނަމަވެސް އެތަނުގަ ހުންނަ އެއްޗިހި އޭނާއަކަށް އެހާކަމަކު ނުދެއެވެ. އެހެންވެ ގިނައިން ކާހިތެއް ނުވެއެވެ. ތަށްޓަށް އެއްޗިހި އެޅުމަށްފަހު އޭނާ އިށީންނަންދާނެ ތަނެއް ހޯދާލިއެވެ. އެވަގުތު އަކުމަލްއާ މާއިޒްގެ އިތުރުން އާރާޝް އިށީންދެގެން ހުރި މޭޒު އޭނާގެ ލޮލުގައިއަޅާގަތެވެ. “ހައި ޕީޕަލް.” އެ މޭޒުގައި ހުރި ހަމަ އެކަނި ހުސް ގޮނޑީގައި އިށީންދެލަމުން އަހުސްމް އެންމެނަށް “ހައި” ޖަހާލިއެވެ. “ބަލާބަލަ މިހިރެ ކޭމާޓެއް ގައިމު ބުނި މިތާ ހުންނަ އެއްޗިހި ކަމަކު ނުދެޔޯ އެކަމު ތަށިފުރާ ޕާސްތާ އަޅާގެން” އަހުސަމްގެ ތަށި ފެނުމާއެކު އަކްމަލް އޭނައާ ދިމާކޮށްލިއެވެ. “މަ މަދުން އެޅީމަ ކޯޗު އަނެއްކާ ފޮނުވާލީ ގިނައިން އަޅަން . ކޯޗު ބުނީމަ ދެން ޖެހޭނީ ގިނައިން އަޅާކައްނު” ޕާސްތާ ކޮޅެއް އަނގައަށް ލަމުން އަހުސަމް ބުނެލިއެވެ. އެއާކު އަނެއް ތިންކުދިން ހޭންފެށިއެވެ. ކަމުން ދިޔައިރު ތިންމީހުން ވެސް ދިޔައީ މާދަން އޮތް މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުންނެވެ. އެމީހުން ވާހަކާގަ ތިއްބާ އާރާޝްގެ ފޯންރިންގްވާން ފެށިއެވެ. ފޯނު ނަގާބެލިއިރު ގުޅަނީ މާނީއެވެ. ” ކާކު ގުޅަނީ؟” އާރާޝް ފޯނު ނުނަގައި ބަލަހައްޓާގެން ހުންނަން ފެށުމުން އަކްމަލް އަހާލިއެވެ. “މާނީ” މަޑުމަޑުން އާރާޝް ބުންޏެވެ. ” ނުންނު އެ ގުޅަނީ މަށަށް ނުގުޅިގެން ކަންނޭންގެ. މަބުނިން މަށަށް ނުގުޅެންޏާމުން އާރާޝް އަކްމަލް ނޫނީ އަހުސަމްއަށް ގުޅާށޭ. އޯކޭ ތަ ފޯނު ނެގިއަސް އިއްޔެވެސް ނުންނުއަކާ ވާހަކައެއް ނުދެއްކުނު މަގޭ ފޯނަށް ފާޑެއްގެ ގޮތެއްވެގެން” އާރާޝް މާއިޒްއަށް ފޯނު ދިއްކުރިއެވެ. ފޯނު ކެނޑެންވާއިރަށް މާއިޒް ފޯނު ނަގައި ހަލޯއޭ ބުނެލިއެވެ.

******************

މާނީ ގެއަަަށް ވަދެވުމާއެކު ފޯނު ނަގައި ވައިފައި ޖެއްސުމަށްފަހު މެސެންޖާއިން އާރާޝްއަށް ގުޅިއެވެ. އޭނާ ހުރީ ނުހަނު ރުޅިއައިސްފައިކަން ރަތްވެފައި ހުރި އެ ދޮން މޫނު ފެނުނުމީހަކަށް އެނގޭނެއެވެ. އާރާޝް ފޯނު ނެގުން ލަސްވާތީވެ އޭނާގެ ރުޅި ދިޔައީ އިތުރުވަމުންނެވެ. އާރާޝް ފޯނު ނެގުމާއެކު އެއްޗިހި ކިޔާލާނީއޭ އޭނާގެ ހިތަށް އެރިއެވެ. އެ ކޮޅުން ފޯނު ނެގުމާއެކު މާނީ އެއްޗިހި ކިއުމަށް އަނގަހުޅުވާލިއެވެ. ނަމަވެސް ހުޅުވާލި އަނގަ ލެއްޕާލީ އޭނާގެ ދޮންބެ މާއިޒްގެ އަޑު އިވުމުންނެވެ. ” ހަލޯ. ނުންނު ވަރަށް ބޮޑަށް ސޮރީ އިނގޭ ދޮންބެ ފޯނު ހަލާކުވެގެން އިއްޔެވެސް ނުގުޅުނީ. އެންޑް މެޗަށް ފަހު ވަރަށް ވަރުބަލިވެފަ ހުރީމަ ނިދުނީ އަހޫ ގާތު ބުނިން ނުންނުއަށް މެސެޖެއް ކޮށްލާށޭ އެ މެސެޖް ލިބުނުދޯ” މާއިޒް އެއްނޭވައިން ފައްޗަކަށް އަމުނާލިއެވެ. ހަގީގަތުގައިވެސް އޭނާ ހުރީ މާނީއަަށް ނުގުޅުމުން އިންތިހާއަށް ދެރަވެފައެވެ. މާނީވެސް އޭނާގެ ދޮންބެގެ ހިތާމަވެރި އަޑު އިވުމުން އާރާޝްއަށް ގުޅި އަސްލު ބޭނުން ހަނދާންނައްތާލުމަށްފަހު މާއިޒްއާ ވާހަކަ ދެއްކިއެވެ. “މްމް އަހުސަމްގެ މެސެޖް ލިބުނު ދެން އިއްޔެ މެޗުން ބަލިވީމަ ދެރަވާނެކަން އެނގޭތީ ފަހުން ނުގުޅީ. އިއްޔެ ދޮންބެގެ ޚަބަރެއް ނުވެގެން ކުއްޖަކު ވަރަށް ކަންބޮޑުވެގެން އުޅުނު” މާއިޒްއާ ދިމާ ކުރާ ފާޑަކަށް މާނީ ބުނެލިއެވެ. މާނީ އެބުނި ކީކޭކަން އެނގުމާއެކު މާއިޒްއަަށް ނިއްކުރީގައި ޖަހާލެވުނެވެ. އެއަށްފަހު އަކްމަލް އަހުސަމް އަދި އާރާޝްގެ މޫނަށް ވަކިވަކިން ބަލާލިއެވެ. “އަޅޭ ނާޔާ ގާތު ބުނައްޗޭ ދޮންބެ ބުންޏޭ ވަރަށް މިސްވެޔޭ. އަދި ބުނާތި އެހާ ކަންބޮޑު ނުވައްޗޭ. ފޯނު ހަލާކުވީމައޭ ނުގުޅެނީ. ނުންނު މި ގަޑީ ކަނީ އިނގޭ ފަހުން ގުޅާނަން ޓޭކް ކެއާރ ބާއި” “ބާއި” މާނީ އެހެން ބުނުމާއެކު މާއިޒް ފޯނު ކަނޑާލިއެވެ. ފޯނު ބޭއްވުމާއެކު އަހުސަމްމެން ހޭންފެށިއެވެ. ނަވްޔާގެ ވާހަކަ ދެއްކުމުން އެމީހުން ދިމާކުރާނެކަން މާކުރިންވެސް މާއިޒްއަށް އެނގުނެވެ. “ހޭނެކަމެއް ނެތް އިނގޭ ކޮންމެހެން ތީ މާރަނގަޅު ބައެއް ނޫން އިނގޭ މަށާ ދިމާކުރާކަަށް” މާއިޒް ދެރަ ނުވާންވެގެން އެ މީހުންނާ ދިމާއަށް ބުންޏެވެ.

******************

މާއިޒްއާ ވާހަކަ ދައްކާލެވުމުން މާނީ ހިތްހަމަޖެހުނެވެ. ނަމަވެސް އާރާޝްއާ ދައްކަން ބޭނުންވި ވާހަކަ ނުދެއްކުމުން ކުޑަކޮށް ދެރަވިއެވެ. އާރާޝް ފްރީވި އިރަކުން އޭނާއަށް ގުޅާށޭ ކިޔާފަ މެސެޖެއް ކޮށްލިއެވެ. އިރުކޮޅަކުން އޯކޭއޭ ޖަހާފަ އާރާޝްގެ ރިޕްލައި އައެވެ. އާރާޝް ރިޕްލައިކުރުމުން މާނީ ހިތްހަމަޖެހުނެވެ. ފޯނު ބޭއްވުމަށްފަހު އޭނާ އަވަސްވެގަތީ ތާޒާވެލުމަށެވެ.

*******************

އިޝްމާ ފެންވަރައިގެން މެންދުރު ނަމާދުކޮށްގެން ކާގެއަށް ދިޔައީ ބަނޑުހައިވެފައި ހުރިލެއް ބޮޑުކަމުންނެވެ. ކާގެއަށް ވަންއިރު އޭނާގެ ބައްޕަގެ އިތުރުން އޭނާއަށްވުރެ ފަސް އަހަރު ހަގު ކޮއްކޮ އަޝްވާ ކާމޭޒު ދޮށުގަ ތިއްބެވެ. އަޝްވާ ދިޔައީ އޭނާގެ ބައްޕަ އަރްޝާދް ގާތު ކޮންމެވެސް ވާހަކައެއް ދައްކަމުންނެވެ. އަރްޝާދްވެސް ހިނިތުންވެހުރެ އަޝްވާގެ ވާހަކަ އަޑުއަހަމުންދިޔައެވެ. އިޝްމާވެސް ގޮސް ކާމޭޒު ދޮށިގަ އިށީނެވެ. އަރްޝާދް އިޝްމާއާ ދިމާއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ. އިޝްމާވެސް އޭނާގެ ބައްޕައަށް ހިނިތުންވެލިއެވެ. އެއަށްފަހު ވަރަށް ރަނގަަޅަށް އަރްޝާދްއާ ދިމާއަށް ބަލާލިއެވެ. އެހެންނާ ފާހަގަ ނުވާކަމެއް އަރްޝާދްގެ މޫނު މަތިން އިޝްމާއަށް ފާހަގަވިއެވެ. އެވަގުތު އޭނާގެ މަންމަ އަފްރީން ކާތަށިތައް ހިފައިގެން ކާގެއަށް ވަނެވެ. ފަހަރަކު މީހެއް ގާތު ތަށިތައް ބެހެއްޓުމަށްފަހު އަޝްވާއިން ގޮނޑިއާ ޖެހިގެން ހުރި ގޮނޑީގަ އަފްރީން އިށީނެވެ. އިޝްމާ އަފްރީންއަށް ބަލާލިއެވެ. އެހެންނާ އަަބަދުވެސް އުޖާލާވެފަ ހުންނަ އަފްރީންގެ މޫނު ވަނީ މިލާފައެވެ. އަފްރީންގެ ހިތާމަވެރި މޫނު ފެނުމާއެކު އިޝްމާގެ ހިތުގަ ޖެހުނެވެ. އޭނާގެ ބައްޕަވެސް ހުރީ ވަކި އުފަލުގަ ނޫންކަން އިނގުމުން އިތުރަށް ދެރަވިއެވެ.

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ހައިރާ? (ފަހުބައި)

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 17

Next
June 13, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 17

Previews
June 13, 2018

ހައިރާ? (ފަހުބައި)

23 Comments!

  1. Ehlee says:
    June 13, 2018 at 2:56 am

    Me first dhw. V loabi mih part vax. When next.

    1. Kiyara says:
      June 13, 2018 at 3:05 am

      Congrats Ehlee and thanks ISA fridayga

  2. Kiyara says:
    June 13, 2018 at 3:07 am

    Slm hurihaa kudhin miothy mi vaahakaage dhevana part. Hurihaa kudhinnah vx mi bai kamu dhaane kamah ummedhu kuran

  3. eekko says:
    June 13, 2018 at 3:11 am

    me second…waiting 4 the nxt part

    1. Kiyara says:
      June 13, 2018 at 11:38 am

      Congrats eekko

  4. raifa says:
    June 13, 2018 at 3:22 am

    vaagotheh neygey

    1. Kiyara says:
      June 13, 2018 at 11:56 am

      Vaahaka ge kuriah oii bai thakun vaagoi ingeyne ISA.

  5. Amee says:
    June 13, 2018 at 4:09 am

    Varah salhi.. when nxt part

    1. Kiyara says:
      June 13, 2018 at 11:57 am

      Thanks Amee next part firdayga ISA

  6. Eenoo says:
    June 13, 2018 at 4:18 am

    Salhi ekam adhi Gina characters v ma adjust vefa nan thah dhaskolleveyny dhethin partun.. Story varah reethi.. ?❤?❤

    1. Kiyara says:
      June 13, 2018 at 11:58 am

      Thanks Eenoo ❤️

  7. hajam says:
    June 13, 2018 at 4:33 am

    Kiyara mi story ge main character akee koba
    Story ge couples tha kiyaala dhee bala
    Vara reethi
    When is nxt part

    1. ?? says:
      June 13, 2018 at 9:12 am

      story ge couples ehery mathyga in pic ga.. couples ehery column koh..getu?

    2. Kiyara says:
      June 13, 2018 at 12:00 pm

      Mm main character aky aaraash . Dhen couples dho , adhi ehah suprise eh gothuga bahvaany dho? E goi kihineh vaany????

    3. Kiyara says:
      June 13, 2018 at 12:01 pm

      Also thank u hajam. Next part friday ga ISA

  8. unique says:
    June 13, 2018 at 11:26 am

    vv reethi just luv it

    1. Kiyara says:
      June 13, 2018 at 12:02 pm

      Thanks unique

  9. Nunnu says:
    June 13, 2018 at 12:55 pm

    Vv reethi
    Masha Allah
    When next part

    1. Kiyara says:
      June 14, 2018 at 2:19 am

      Thanks Nunnu next part fridayga ISA

  10. Mate says:
    June 13, 2018 at 2:52 pm

    Vrh reethi…..waiting for next part……

    1. Kiyara says:
      June 14, 2018 at 2:20 am

      Thanks mate

  11. Shawa says:
    June 15, 2018 at 1:24 am

    When next part

  12. $@@t#!! says:
    June 15, 2018 at 11:18 am

    When next part???
    Today??

Comments are closed.

Next Episodeރާސްތާ 3←


All Right Reserved!