“” އަހަރެންނަށް އަމްނާގެ ދުލުން އާބަސް އިވުމަށްފަހު އަހަރެން އަބަދުވެސް އަމްނާ ގެ ހިޔަނި ފަދައިން ގާތުގައި ހުންނާނަމެވެ. އަހަރެން ދުވަހަކުވެސް އަމްނާގެ ވިސްނުމާއި ބުއްދިއަކާއި ނުކުޅޭނަމެވެ. އަހަރެން އަމްނާއަށް ދެރަ ގޮތެއް ވިޔަކަ ނުދޭނަމެވެ. އަހަރެންގެ އުފަލަށްވުރެން އަމްނާގެ އުފަލަށް އިސްކަންދޭނަމެވެ. އަމްނާއާއި ދުވަހަކުވެސް އަހަރެން ވަތްކެއް ނުވާނަމެވެ. އަދި މިދެމެދަށް ވަންނަން މަސައްކަތް ކުރި ކޮންމެ މީހެއްގެ ވަސްވެސް ފުހެލަން އަތުކުރި އޮޅާލާނަމެވެ. މިއީ އަހަރެން ކުރާ ވަޢުދެއް ކަމަށް ބަލާށެވެ. އަދި މިވަޢުދުތަކަށް […]
ޑޮކްޓަރ ޒަކްޔަންގެ ގައިގައި ބައްދާލުމަށްފަހު އެތަނުން ދިޔައެވެ. ޒަކްޔަންއަށް ހުރެވުނީ އަޑުއިވުނު ވާހަކަ ގަބޫލު ނުކުރެވިފައެވެ. މިވީ ކިހިނެއްބާއެވެ. މި ލިބުނީ ކޮންކަހަލަ މައުލޫމާތެއްބާއެވެ. މި ހުރިހާ ކަމެއް މިކުރަނީ ކާކު ބާއެވެ. އެ ދަރިފުޅުގެ ބައްޕަބާއެވެ. ޒަކްޔަން ވެއްޓުނީ ސުވާލުގެ ވަޅުގަނޑަކަށެވެ. މި ސުވާލުތަކުގެ ޖަވާބު ހޯދަން އެހީވެވޭނީ ސަންޔާއަށެވެ. އަދި އިރިންއަށެވެ. އެތަނުން އެކަކުވެސް ތެދުބުނާނެބާއެވެ. ޒަކްޔަން ވިސްނާލިއެވެ. ޒަކްޔަން އޮފީހަށް ދިޔަތާ މާ ގިނައިރެއް ނުވެ ލިޝާންވެސް އައެވެ.”ސާރ. ޖައިރާ ވަޒް ޕްރެގްނެންޓް. […]
“އޭތް…ވިޝް….ކީއްވެ ތި ބަލަނީ ވައްތަރަކަށް”މާޔާ އަށް އޭނަ އާއި ދިމާ އަށް ވިޝާލް ބަލަހައްޓައިގެން އިންތަން ފެނުމުން ވިޝާލްގެ އަތުގައި ބޮނޑިއެތް އަޅައިލިއެވެ. ހދ.ކުޅުދުއްފުށީ ފަޅު ތެރެއަށް ބާރު ސްޕީޑް ގައި ދުއްވާފައި އައިސް ވަން ހުދު ކުލައިގެ ލޯންޗްއަށް ވަނީ ގިނަ ބައެތްގެ ލޯތަށް އަމާޒުވެފައެވެ.ބަލާ ބެލުމަށް ވައްތަރީ ޕްރައިވެޓް ލޯންޗަކާއެވެ.ލޯންޗު އައިސް ބަނދަރާއި ކައިރި ކުރި ވަގުތު ކަޅު ކުލައިގެ ދެކާރު އައިސް އެތާ ކުރި މައްޗަށް ހުއްޓިއެވެ.ލޯންޗުން ފޭބީ ހަވަރަކަށް ޒުވާނުން ނާއި […]
ކުޑަ ހިނދުކޮޅެއް އެގޮތުގައި ހޭދަވެގެންދިއެވެ. ނަމަވެސް ދާނިޝްއަށް އޭނާގެ ހަރަކާތްތައް ބެހެއްޓުނުު ގޮތް އިހްސާސް ވުމުން ހަނާއާއި ދުރަށް ޖެހިލިއެވެ. ލިބުނު ހިތްދަތިކަމެއްގެ ސަބަބުން ދާނިޝް ހުރީ ވާނުވާ ނޭނގޭ ވަރުވެފައެވެ. ހަނާއާއި އެފަދަ ގޮތަކަށްް ގާތް ވެވިފައި ހުރުމުން ހަނާގެ ކިބައިން ދާނިޝް މަޢާފަަށް އެދުނީީ އިސް ޖަހައިގެންހުރެއެވެ. އެކަމުގެ ސަބަބުން ދާނިޝް ހުރީ ހިސާބަކަށް ލަދުވެސް ގަނެފައެވެ. ނަމަވެސް ހަނާގެ ފަރާތުން އަޑުއިވުނު ބަސްތަކުން ދާނިޝްއަށް ހަމަޖެހުުމެއް ލިބިގެންދިއެވެ. ބޭއިޚުތިޔާރުގައި ހިނގައިދިއަ އެ ޢަމަލާއިމެދު […]
“ޔާނީ ދައްކާ ވާހަކަ.. އާދެވުނު ފުރަތަމަ ދުވަހުވެސް ތިއުޅެނީ މިގެއިން ނުކައި ދާން.. އެހެނެއް ލާހިކެއް ނޫން ދާކަށް.. ބަނޑު ފުރޭވަރަށް ކާންދީފަ ފޮނުވާލާނީ.. ހެހެހެ..” ޒިވާ އަނެއްކާވެސް ހިނިތުންވަމުން ބުނެލިއެވެ. މިފަހަރު ޒިވާ އައިސް އަލަމާރިން އެއްޗެއް ނެގުމަށްޓަކައި ފަހަތަށް އެނބުރިލިއެވެ. އެވަގުތު އަޔާނީއަށް ޒިވާގެ މޫނުފެނި ދެލޯ ބޮޑުކޮށްލެވުނެވެ. އަނގަ ތަންމިމނަށް ހުޅުވުނު އިރު އޭނާއަށް އަނގަމަތީ އަތްވެސް އަޅާލެވުނެވެ. ގުޑިލަންވެސް ނޭނގިފައި އަޔާނީއަށް ހުރިތާ ހުރެވުނީއެވެ. ނޫނެކެވެ. މިހެން ވާންވީ ކީއްވެހެއްޔެވެ؟ ޒިވާ […]
“އެއްވެސް ކުއްޖަކު އަދި މާޔޫސްވާނެ ކަމެއްނެތް. ބާކީ ތިން މެޗު އެބައިން. މިއަދު ހެދުނު ގޯސްތަަކަކީ ކޮބައިކަން ބެލުމަށްފަހު ދެން އޮތް މެޗަށް މަސައްކަތް ކުރަންވީ. މިއަދުގެ މެޗު މަތިން ހަނދާންނައްތާލަންވީ. ކުރިއަށް އޮތް މެޗަށް ވިސްނަންވީ. ދެން އެންމެ ރަނގަޅު ހުރިހާ ކުދިން އެ ކުއްޖެއްގެ ރޫމްއަަށް ދިޔަސް. އެކަމު އާރާޝް އެހަށް މަޑުކޮށްލާ” މިއަދު ކުޅެވިގެންދިޔަ މެޗާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު އެ ކުޅުންތެރިން ތިބެން ހަމަޖެހިފައިވި ރޫމްއަށް ދިއުމުގެ ހުއްދަ […]
“މަންމާ ދެން ބުނެބަލަ ވީ ގޮތެއް” ދާނިޝް ދެންވެސް ކަންބޮޑުވުމަކާ އެކު އަހާލިއެވެ. “ދަރިފުޅަށްވެސް އެނގެއެއްނު ހުރިހާކަމެއް” ހިޝްމާ ބުނެލިއެވެ. “މަންމާ މީހަކު އެއްޗެކޭ ކީތަ؟” ދާނިޝް ހިސާބެއްގެ ކަންބޮޑުވުމަކާ އެކީ އަހާލިއެވެ. “ނޫން” ހިޝްމާ ނޫނެކޭ ބުނަމުން ދެފަރާތަށް ބޯ ހޫރާލިއެވެ. އެއާއެކު ދާނިޝް ހިޝްމާގެ އަތް އޭނާގެ އަތުގެ ތެރެއަށް ލަމުން އެއަތަށް ބާރަށް ފިތާލިއެވެ. ބުނާކަހަލައެވެ. މަންމާއެވެ. އެކަމާ ނުވިސްނާށެވެ. “ދަރިފުޅަށްވެސް އެނގެއެއްނު މަންމަ އަކީ ތި ދެކުދިންގެ ވެސް އަސްލު މަންމަ […]
އުމުރުން ފަންސަވިސް އަހަރުގެ އައިރީންއަކީ އޭނާގެ ބައްޕަ އަމީންގެ ވިޔަފާރި ކުންފުނީގެ ދަށުން ހިނގާ ކްލިނިކްގައި މަސަތްކަތް ކުރަމުން އަންނަ ހީވާގި ކުޑަކުދިން ޙާއްސަ ޑޮކްޓަރެކެވެ. ކުޑަކުދިންނާ ގުޅޭ މަޖާ އަދި އެހާމެ ހިތްހެޔޮ ޑޮކްޓަރެކެވެ. އޭނާއަކީ އަމީންއާއި އޭނާގެ އަންހެނުން ނާއިފާއަށް ލިބިފައިވާ ހަމައެކަނި އަންހެން އަދި އެންމެ ހަގު ދަރިފުޅެވެ. އެހެންކަމުން މުޅިއާއިލާ އެންމެންގެ ހިތްތަކުންވެސް އޭނާއަށް ލިބިފައިވަނީ ޙާއްސަ މަގާމެކެވެ. އައިރީންގެ ދޮށްޓައް ލިބިފައިވަނީ ދެ ފިރިހެން ކުދިންނެވެ. ދޮށީ ފިރިހެން ދަރިފުޅުގެ ފަރާތުން އަމީންއަށާއި ނާއިފާއަށް މާމައާއި […]
އައިލީންއަށް ހޭލެވުނީ އޭނަގެ ފޯނުން ބަންގީގެ އަޑު އިވުމުންނެވެ. ކަންނެއްކަނާއެކު ދެ ލޯ ހުޅުވާލަމުން އޭނާ އެ އޮފް ކޮށްލިއެވެ. އޭނާ ބަލައިލިއިރު ުފްޝާ އޭރުވެސް އޮތީ ގަދަ ނިދީގައެވެ. ޝައުނާ އޭރު ފާޚާނާއަށް ގޮސް ވަންނަނީއެވެ. އައިލީން ވައިފައި އޮން ކޮށްލީ ޔޫހާންގެ މެސެޖެއް އައިސްފައި އިންތޯ ބަލާށެވެ. އޭނާ ބަލައިލިއިރު ޔޫހާންފެ އެއްވެސް މެސެޖެއް އައިސްފައެއް ނެތެވެ. ރޭގަވެސް ޔޫހާންގެ މެސެޖެއް ނުލިބުނެވެ. މީގެކުރިން ކޮންމެ ރެއަކުވެސް ޔޫހާން މެސެޖުކުރެއެވެ. ރޭގަ މެސެޖެއް ނުލިބުމުން އޭނަގެ […]