ޖެހިގެންއައިދުވަހު އަރައިގެންއައި އިރާއެކީ ނަތާޝާ އަހަރެންގެ ގެއަށް ޒިޔާރާތްކުރިއެވެ. ބެލްޖެހުމުން ދޮރުހުޅުވީ އަހަންނެވެ. އަހަންނަށް އައިސްފައިވާ ބަދަލުފެނި އޭނާހުރީ އަނގަ ހުޅުވިގޮތަށް ލައްޕާލަންވެސް ހަނދާންނެތިފައެވެ. އައީ ވަރަށް އުފާވެރި ޚަބަރަކާއި އެއްކޮށޭ ބުނީ ދެޚިޔާލެއްގައިހުރެކަން ނަތާޝާގެ މޫނުމަތީގައިހުރި ކުލަވަރު ފެނުނު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. މަޝްހޫރު ބަޠަލަކާއިއެކު އިޝްތިހާރެއްކުޅެން އަހަންނަށް ފުރުޞަތު ލިބުނުކަން ހާމަކުރުމުން ވަގުތުން އަހަރެން ދެކޮޅުހެދީމެވެ. އެއީ އިރެއްގައި އަހަރެން ދެކުނު ހުވަފެނަކަށްވިއަސް މިހާރު އެއީ އަހަރެން އުޅެން ބޭނުންވާގޮތެއްނޫނެވެ. ނަތާޝާ އިތުރަށް އެކަމަށް […]
އާލިކްގެ ދެލޮލުން ނިއުޝާއަށް ފެނުނީ ލޯތްބާއި އޯގާތެރިކަމެވެ. އާލިކްއަށްވެސް އެ ދެލޮލެއް ނޯޅޭނެއެވެ. އެއީ ހަމަ އެދެލޮލެވެ. އެ ޖާދުވީ ބެލުމެވެ. ނިއުޝާ ދުރުވާން މަސައްކަތް ކުރަން ފެށުމުން އާލިކް ނިއުޝާގެ ގައިން އަތް ދޫކޮއްލިއެވެ. ކެބިންގެ ދޮރު ހުޅުވާލާފާ އާލިކް އެތެރެއަށް ވަތްއިރު ނިއުޝާހުރީ ހުއްޓުން އަރާފައެވެ. ” ނިއުޝާ. އާދޭ އެތެރެއަށް” ހުއްޓުން އަރާފައި ހުރި ނިއުޝާއަށް ސިހުމެއް ލިބުނީ އޭނާ ލަސްވެގެން އާލިކް ނުކުމެ އޭނާއަށް ގޮވާލުމުންނެވެ. “އަހަރެން މި ވާހަކަ ނިއުޝާއާ […]
ވަރަށް ހިތްވަރުކޮށްފައި މައި އާ ދެމީހުން ފިހާރަޔަށް ވަނީމެވެ. އޭރުވެސް އަހަރެންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ފިހާރަޔަށް ވަދެ ފަރާތް ފަރާތަށް ބަލާލީމެވެ. އަހަރެންގެ ލޮލުން ކަރުނަ ނިރާލީ މިގަޑީގައިވެސް އަޝްފާން ނެތުމުންނެވެ. އަހަރެން ގޮތް ހުސްވެ ކަރު އެލުވާލެވުނެވެ. އަޝްފާން ހޯއްދަން އަހަރެން ވަކި ދާނީ ކޮންތާކަށް ބާއޭ ހިތަށްއެރިއެވެ. ނަން ފިޔަވައި އިތުރުއެއްޗެއް ނޭނގެއެވެ. އަހަރެންގެ ގައިން ވަރުދާހެންވެސް ބައެއް ފަހަރު ހީވެއެެވެ. އަހަރެންގެ އަރުތެރެއިން އެންމެ އެތިކޮޅެއްވެސް ދިރޭނީ އަޝްފާން އަހަރެންގެ […]
މާމައަކީ ވަރަށް ހިތްވަރުގަދަ ކެތްތެރި އިންސާނެކެވެ. ބޮޑު ކަމެއް ދިމާވެގެން ނޫނީ މާމަ އެވަރަކަށް ނުރޯނެކަން އަހަންނަށް އެނގެއެވެ. ކާފައަށް ކަމެއްވީތޯ އަހަރެން ސުވާލުކުރުމުން ދެފަރާތަށް ބޯހޫރާލިއެވެ. އެއަށްފަހު ތުރުތުރު ލަމުންދިޔަ އަތުން އިޝާރާތްކުރީ ހުޅުވާފައިހުރި ޓީވީއާއި ދިމާއަށެވެ. އަހަރެން ހައިރާންކަމާއިއެކު ޓީވީއަށް ބަލާލީމެވެ. އޭރު ދިގު ތުނބުޅިއެއްގެ ވެރިއެއް ޕޯޑިއަމްއެއްގެ ކައިރީގައިހުރެ ވާހަކަ ދައްކަމުން ދާ މަންޒަރު ޓީވީއެމްއިން ދައްކަމުންދެއެވެ. އަހަރެން ވާނުވާ ނޭނގިފައި އަނެއްކާވެސް މާމައާއި ސުވާލުކޮށްލީމެވެ. މާމަ އަހަރެންގެ ކިބައިން އެދުނީ އެދައްކާ […]
ޒިވާ އާއި މައިހާ ސުމައްޔާ ގޮވައިގެން ކުރިން ދިޔައިރު ޔައިޝް އާއި ޒަޔާން އެމީހުންގެ ފަހަތުން ދިޔައެވެ. އެންމެންގެ މޫނުމަތިވެސް ވަނީ މިލާ މޯޅިވެފައެވެ. ކާރަށް މައިހާ އަރައިފަ ސުމައްޔާ އަރުވަން އުޅެނިކޮށް ޒިވާ އަރިއަޅާލިއެވެ. “ޒިވް.. ކިހިނެއް ތިހެދީ؟” ޔައިޝް މަޑުމަޑުން ޒިވާ ގާތު އަހާލިއެވެ. ޒިވާ ކަމެއް ނުވާކަމަށް ބުނެ ކާރަށް އެރަން އުޅުނެވެ. ޔައިޝްވެސް ޒިވާ އަވަހަށް ކާރަށް އެރުވީ ގިނައިރު ނުކޮށް އެމީހުން ގެއަށް ގެންދިޔުމަށެވެ. ހޮސްޕިޓަލުން ފެށިގެންގޮސް ގެއަށް ވަދެވޭންދެން […]
“މަންމާ ކިހިނެއް ވީ؟” ޒިވާވެސް ސުވާލުގެ ނަޒަރަކުން ސުމައްޔާއާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. “ދަރިފުޅާ.. މިހާރު އަށެއް ޖަހާ ބޮޑުވީ.. އަދިވެސް ބައްޕަ ނާދެޔޭ ގެޔަކަށް.. ކޮން އިރެއް މިހާރު.. މަންމަގެ ހިތް ބިރުގަންނަނީ ފާޑަކަށް.. ހިތް ބުނަނީ ބައްޕައަށް ކޮންމެވެސް ކަމެއް ވިއޭ..” ޒިާ ގާތު އިށީންނަމުން ކަންބޮޑުވެފައި ހުރެ ސުމައްޔާ ބުނެލިއެވެ. “މަންމާ.. ކޮންމެ ކަމެއް ފުރަތަމަވެސް އެންމެ ގޯސްކޮށް ނުވިސްނަބަލަ.. އިރާދަކުރެއްވިއްޔާ ހުރިހާކަމެއްވެސް ރަނގަޅުވާނޭ..” ޒިވާ ވިސްނައިދޭ ފަދައަކުން ސުމައްޔާގެ ކޮނޑުގައި ހިފާލަމުން […]
ރޭގަނޑުގެ ވަގުތު އަމްނާ ފެންވަރަން ހުރި ވަގުތެވެ. ބަނޑަށް ތޫނު ތަނދެއް ވާން ފެށިއެވެ. ބައެއް ފަހަރު ބަނޑު ފަޅާފައި އެއްޗެއް ނުކުންނަން އުޅޭ ކަހަލަ އިހުސާސެއްވެސް ކުރެވުނެވެ. އެއާ އެކު ހުރި ތަނުން މަޑު ފިޔަވަޅުތަކެއްގައި ފަހަތަށް ޖެހެމުން ޖެހެމުން ގޮސްފާރުގައި ޖެހުމުން ފާރުގައި ކޭއްތެމުން ކަހަލަ ގޮތަަކަށް ތިރީގައި އިށީނދެލީ ބަނޑަށް ވަމުން ދިޔަ ތަދުން ބަނޑުގައި ދެއަތުން އަތް އަޅައިގެން ހުރެއެވެ. ދެން ފެނުނީ ބަނޑު ފުފެމުން ދިޔަ ތަނެވެ. ވަކި ވަރަކަށް […]
އަހަންނަކީ ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ލޯތްބާއި އެކު ލޮލުގެ ކޮއި ފަދައިން ބަލާބޮޑުކުރި ކާމިޔާބު ފިރިހެން ކުއްޖެކެވެ. މާތް ﷲ އެންމެ ފުރިހަމަ ސޫރައިގައި ލެއްވި އިންސާނަކީމެވެ. މީހުންގެ ނަޒަރުގައި އަހަންނަކީ އައިބުކަމެއް ހުންނަ ކުއްޖެކެވެ. އަހަރެންގެ ދެފައިގެ ބޭނުން ނުކުރެވޭތީއެވެ. އާނއެކެވެ. އަހަންނަކީ ހިނގާ ބިނގާވެ އުޅުމުގެ ނިޢުމަތުން މަހުރޫމުވެފައިވާ މީހެކެވެ. ދެފައިގެ އެއްވެސް ބޭނުމެއް ނުކުރެވެއެވެ. ފެށުމުގައި ދަތިތަކާއި ކުރިމަތި ލިޔަސް ބޮޑު ވަމުން އައި ވަރަކަށް އަހަންނަށް އެކަން އިހުސާސް […]
އިޝްމާ އަފްރީންއަށް ބަލާލިއެވެ. އެހެންނާ އަަބަދުވެސް އުޖާލާވެފަ ހުންނަ އަފްރީންގެ މޫނު ވަނީ މިލާފައެވެ. އަފްރީންގެ ހިތާމަވެރި މޫނު ފެނުމާއެކު އިޝްމާގެ ހިތުގަ ޖެހުނެވެ. އޭނާގެ ބައްޕަވެސް ހުރީ ވަކި އުފަލުގަ ނޫންކަން އިނގުމުން އިތުރަށް ދެރަވިއެވެ. “ދޮންތާ ކިހިނެއްވެފަ ތިހުރީ؟” އިޝްމާ ސިހުނީ ނުހަނުގާތުން މާނީގެ އަޑު އިވުމުންނެވެ. “ކަމެއްނުވެ. ކޮން އިރަކު ނުންނުއައީ؟” މާނީ އެތަނަށް އައިކޮންއިރަކުކަން ނޭންގުމުން އިޝްމާ ސުވާލުކުރިއެވެ. “ހަމަ ދެންމެ ދޯ ނުންުނު އެއައީ!” އިޝްމާ ކުރި ސުވާލަށް […]